ބިރުގަތް ވަރުން އަހަންނަށް އެމީހާއާއި ދިމާލަށް ބަލާލާކަށްވެސް ނުކެރުނެވެ. މަލްހާ ވެސް ހުރީ ލަދުގަނެފައެވެ. އޭނާގެ ސަބަބުން އެވަރުގެ ކަމެއް އަހަންނަށް ލައިގަތީމައެވެ. އަހަރެން މަލްހާގެ އަތުގައި ބާރަކަށް ހިފާފައި ހިނގައިގަތީމެވެ. ފަސްއެނބުރި ބަލާވެސް ނުލަމެވެ. އެވަގުތު އެމީހާ ގޮވާލިއެވެ… “ހަލޯ އެކްސްކިއުޒް! ބަލަ މަގޭ އަތުގައޮތް ބިސް ކޮތަޅުގަ ތިބި ހުރިހާ ބިހެއް އެދިޔައީ ތަޅައިގެން. އެކަމަކުވެސް ތިދަނީނުން ހަމަ އަޅާވެސް ކަހާވެސް ނުލާ! ކީކޭދޯ ބުނާނީ. އެންމެ ކުޑަމިނުން ސޮރީއެއް ބުނެލި ނަމަވެސް..” އަހަރެން […]
މެންދަމުގެ ހިމޭން ވަގުތެކެވެ. އަހަންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނު އިރު މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އަވަހަށް ތެދުވެ ދެ ރަކްޢަތުގެ ނަމާދެއް ކޮށްލައިގެން އަނެއްކާވެސް އޮށޯތީމެވެ. ނިދާލެވެނީވެސް އެތައް އިރެއްގެ ސަކަރާތައްފަހުއެވެ. އެހެންކަމުން ދެން ހަމަ ހިލާ ނިދޭ ގޮތެއް ނުވިއެވެ. ކޮޓަރީގެ ކުޑަދޮރު ހުޅުވާލީމެވެ. ހަށިގަނޑަށް ވެރިވެގެން ދިޔައީ ތެތް ފިނިކަމެކެވެ. ޖައްވު ތެރޭގައި ހިފާފައިވަނީ އާދަޔާ ޚިލާފު މީރު ވަހެކެވެ. މަޑުމައިތިރި ކަމުގެ ވެސް އިންތިހާއެވެ. އުޑުމަތީގައި ވިދާ ތަރިތައް […]