Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ހިތޭ ގެންދެވީ މިތުރާ (2)

shappi Level 1
June 26, 2018 One Min Read
8 Comments

” ބަލާބަ އެހަރަ ކަމެއް! ހާދަ ރީއްޗޭ!” ލަމް ގެ އަތުގައި ކޮށްޓަމުން ނަފޫ ބުންޏެވެ. ލަމް އިސް އުފުލާލީ އެޒުވާނާގެ މޫނު ފެނޭތޯ އެވެ. އެހެން ނަމަވެސް މީހުން ގިނަ ކަމުން އޭނާގެ މޫނު  ފެންނަ ގޮތެއް ނުވިއެވެ. ހަމައެވަގުތު އާލިމް ރަށުގެ ފަސްގަނޑުގައި  ފައި ޖައްސާލިއެވެ. އާލިމްއަކީ މާލެއަށް އުފަން ކުއްޖެކެވެ. މިއީ އޭނާގެ ހަޔާތުގައިވެސް މާލެ ނޫން އެހެން ރަށަކަށް އައި ފުރަތަމަ ފަހަރެވެ. ނަމާދް ވަގުތު ކައިރި ވަމުންދާތީ ލަމް އާއި ނަފޫ ގެއަށް ދާން ހިނގައިގަތެވެ. ލަމް ފަސް އެނބުރި ބަލާލީ އާލިމް ގެ  މޫނު ފެނޭތޯއެވެ. އެހެން ނަމަވެސް މީހުން ތަކު ތެރެއިން އާލިމް ފެންނަ ގޮތެއް ނުވިއެވެ. އާލިމް އަކީ މީހުންނާ ވަރަށް ގުޅިގެން އުޅޭ މީހެކެވެ. މިއީ އާލިމް މިރަށަށް އައި އެންމެ ފުރަތަމަ ފަހަރު ކަމުގައި ވިޔަސް  އޭނާގެ ބިރައްޓެހި ކަމެއް ނުފެނެއެވެ. ވަރަށް އެކުވެރި އެވެ. އޭގެ އިރުކޮޅެއް ފަހުން މީހަކު ސައިކަލެއްގައި އާލިމް ބަލާ އަތުވެއްޖެއެވެ. ބަނދަރު މަތީ އެއްވެފަ ތިބި މީހުންނާ ސަލާމް ކޮށްލުމަށް ފަހު އާލިމް ސައިކަލަށް އަރާ މި ރަށުގައި ހުންނަ ގެއާ ދިމާލަށް ނައްޓާލައިފިއެވެ. އާލިމް މިރަށަށް އައުމުން މީހުން އެހާ އެއްވެ ސަލާމް ކުރީ އާލިމް މުއްސަދި ކުއްޖަކަށް ވީމަ އެކަންޏެއް ނޫނެވެ. އާލިމް ބައްޕައާއި މިރަށުގެ މީހުންނާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. އާލިމް ބައްޕަ އެރަށަށް ކޮށްދިން ރަގަނޅު ކަންތައް ތަކުގެ ސަބަބުންނެވެ.

” މިއީ ހާދަ ހިތް ހެޔޮ ބަޔެއް އުޅޭ ރަށެއް ދޯ؟” އާލިމް ސައިކަލަށް އެރުމާ އެކު ބުންޔެވެ. ” އާން ޝާފިއު ބެ ކަހަލަ ރަގަނޅު މީހެއްގެ ދަރިއަކަށް ހެޔޮ ނުވާނީ ކާކު؟” ތައުރީފް ގެ ރާގަކަށް ސައިކަލް ކުރީގައި އިން ހާމިދް ބުނެލިއެވެ. ނަފޫއަށް ގެއަށް ދެވުނު އިރު ހުރީ ކުޑަކޮށް ލަސް ވެފައި އެވެ. އެއީ ލަމް ގެއަށް ލާން ދާން ޖެހުނީމަ އެވެ. ގެއަށް ވަނުމާއެކު ނަފޫ އަށް އޭނާ ގެ މަންމަ ވަރަށް އަވަދި ނެތި އުޅޭތަން ފެނުމުން ސުވާލު ކޮއްލިއެވެ.” މަންމާ! ހާދަ ބުރަކޮށްލަިއިގެން؟ މާ ހާއްސަ ކަމެއް އޮތީތަ؟” ފަހަތުން މަންމަ ގައިގަ ބައްދަމުން ނަފޫ އަހާލިއެވެ.”އާން! މުޅިދުވަސް އެއްކޮށް ބޭރުގަ އުޅެންޔާ ގޭތެރޭގަ ހިންގާ ކަންތައް ތައް ނަފްހާ އަކަށް ނޭންގޭނެ” ހިތްހަމަ ނުޖެހިފަ ހުރި ގޮތަކަށް ނަފޫގެ މަންމަ ނަފީސާ ޖަވާބް ދިނެވެ. ” ދެން މަންމާ! އީދު އަންނާތީ ވަރަށް ބިޒީ… ބަށި ފަރިތަކުރުމުގަ މުޅި ދުވަސް ހޭދަަ މިވަނީ!! ދެން މަންމަ ރުޅި ނައިސް ބުނެބާ!! ނަފޫ އާދޭހާ އެކު އޭނާގެ މަންމަ އާއި ސުވާލު ކުރިއެވެ.””މިއުޅެނީ ދަރިފުޅުގެ ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅު މިގެއަށް ހުންނަން އަންނާތީ..އެކަމުގެ ތައްޔާރީތައް މި ވަނީ” ނަފީސާ ކިޔައި ދިނެވެ.” އަޅެ މިއީ އެ ބަނދަރު މަތިން ފެނުނު ޒުވާނާ އަށް ވާނެ ނަމަ ކިހާ ރަނގަޅު” ނަފޫގެ މަންމަ މިހެން ބުނުމާ އެކު އޭނާ ހިތާ ހިތުން އެދުނެވެ.

” މާމާ ހިނގާ އެއްޗެއް ކާލަން! ބޭސް ކައި ގަޑިވެސް ޖެހެނީ އެއްނުން! ނަމާދު ކޮށް ނިންމުމަށް ފަހު ލަމް އޭނާގެ މާމަ ކޮޓަރިއަށް ވަންނަމުން ބުންޔެވެ.އޭރު ލަމް ގެ މާމަ އޮތީ އެނދުގައި އޮށޯވެލަިގެންނެވެ. މާމަ އަކީ ހިނގޭ އަދި ވާހަކަ ދެއްކޭ މީހެއް ނޫނެވެ. މީގެ ދެއަހަރެއް ކުރިން މާމަ  އަށް ސިކުނޑި އަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެއްފަޅިން ވާގި ނެތި ވާހަކަ ދެއްކުން ވެސް ވަނީ ހުއްޓިފައި އެވެ. އޭގެ ފަހުން މާމަ ފެންވަރުވާ މާމަގެ ހުރިހާ ކަމެއް ބަލަހައްޓަނީ ލަމް އެވެ. މާމަ އަށް ކާން ދިމަށްޓަކައި ލަމް   ހިނގައި ގަތީ ބަދިގެއާ ދިމާލަށެވެ. ލަމް މެން ގެ ހުންނަނީ ވަރަށް އަދައިގެ ފެންވަރަށް ހަދާފައިއެވެ. ވާނީވެސް އެހެންތާ އެވެ.   މާލީ ހާލަތު ހުންނަ ގޮތުން ގެ ނުހެދެނީ އެވެ. ލަމް ބަދިގެ ދޮރު ހުޅުވާލި އިރު ބަދިގެއިން ވަރަށް ބާރަށް ބުޅަލެއް ނިކުތެވެ. ލަމް ދިޔައީ ސިއްސައިގެންނެވެ. ބަދިގެއަށް ވަދެ ތައްޓަށް ބަތް އަޅަން ބެލި އިރ،ު ބުޅާ އޮތީ ގަރުދިޔަ ތެލި ބަންޑުން ކޮށްލާފައެވެ. ލަމް އަށް ހަދާނެ ގޮތެއް ނޭންގުނެވެ. ގޭގައި ކައްކާނެ މަހެއް ނެތެވެ. ލަމް ހަދާނެ ގޮތް ނެގިފައި ހުރި ލަމް ނަފޫ އަށް ގުޅާލިއެވެ.ނަފޫމެން ގޭގައި ގަރުދިޔަ ހުރި ކަމުގައި ވިޔަސް، އެ ގެއަށް މެހެމާނަކު އަންނާތީ ނަފޫ އަށް އާދެވެން ނެތް ވާހަކަ ނަފޫ ބުންޏެވެ. އެހެން ކަމުން ލަމް އެ ގެއަށް ދާން ހިނގައި   ގަތެެވެ.

އާލިމް އަށް އޭނާ ހުންނަ ގެއަށް އާދެވުނީ ތަންކޮޅެއް ލަސް ވި ފަހުންނެވެ. އެއީ މިސްކިތައް ވަދެލާ ނަމާދު ކޮށްލުމަށް ފަހުގައިއެވެ. އާލިމް އާއި ޝާފިއު ގެއަށް ވަދެ ސޯފާގައި އިށިނެވެ. ހަމަ އެގަޑީގައި ނަފޫ ކޮޓަރިން ނުކުތީ ތުވާލިން ބޯ ހިއްކަމުންނެވެ. އަދި ކުރި ބަލާލުމެއް ނެތި ވަރަށް ބާރަށް ސޯފާއަށް ވެއްޓިޖެއެވެ. އެވަގުތު އޭނާ ގެ ތެތް އިސްތަށިގަނޑުން އާލިމްގެ މޫނޫގައި ވިހުރިލިޔެއެވެ. އެހިނދު ނަފޫ އަށް ސޯފާ ގައި އެހެން މީހަކު އިން ކަމުގެ ޢިހްސާސް ކުރެވުނެވެ. މަޑު މަޑުން އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ. އޭރު ކައިރީގައި އިން ޒުވާނަކު އޭނާ މޫނު މަތީ ހުރި ތެތް އިސްތަށި ނެގިއެވެ. އެެއީ ނަފޫއާއި އާލިމް ކަޅި އާއި ކަޅި ހަމަ ވި ވަގުތެވެ. ނަފޫ އަށް ހުރެވުނީ އާލިމް އަށް ގެއްލިފައި އެވެ.“ އާލިމް ކިހިނެތް؟ މިއީ ދައްތަގެ އެންމެ ހަގު ދަރިފުޅު.. ވަރަށް ސަކަރާތް ބޮޑުވާނެ!! އަނެއްކާ އާލިމް އަށް ޖެއްސުމެއް ކުރީތަ؟ފެންތައްޓެއް ދިއްކޮލަމުން ނަފީސާ އަހާލި އެވެ. “ ނޫނޭ ދައްތާ އެކަހަލަ  އެއްވެސް ކަމެއް ނުވޭ!!” އާލިމް ފެން ބޮމުން ބުނެލި އެވެ.ވަރަށް މަޑު މަޑުން ސޮރީ އޭ ބުނެލުމަށް ފަހު ސޯފާ އިން ތެދުވެގެން ނަފޫ ކޮޓަރި އަށް ވަނެވެ. ސައި ތައްޔާރު ވުމުން ނަފީސާ އާލިމް އާއި ޝާފިއު އަށް ސައި ބޯން ގޮވި އެވެ.

ރެއަކީ ހަނދުވަރު ދީފަ އޮތް ވަރަށް ހިތްގައިމު ރެއެކެވެ. ހަނދުގެ އަލިކަމުގެ ސަބަބުން އުޑު މަތީގައި ފިޔަ ޖަހާ ތަރިތައް ވަނީ ގެއްލިފައިއެވެ. ރަށުގެ ހަމަހިމޭން މަގުތަކުގައި ލަމް ހިނގައިފައި ދިޔައީ ވަރަށް ހަލުވި ހިނގުމެއްގައެވެ. ލަމް، ނަފޫ މެެން ގޭގެ ދޮރުމައްޗައް އެރުމަށް ފަހު ގޮވާލިއެވެ.

ނުނިމޭ!!

Share Article

Follow Me Written By

shappi

Level 1

i am a new writer inspired from the stories i read from esfiya. trying out to bring new story plots for the public :)

Other Articles

Previous

ހުޅުކޮޅު 32

Next

ލޯބި ވީމޭ ސިއްރު ސިއްރުން (9

Next
June 26, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (9

Previews
June 26, 2018

ހުޅުކޮޅު 32

8 Comments!

  1. Shaira says:
    June 26, 2018 at 8:32 am

    Vrh reethi…ekam thankolheh kuru geness dheefa oyyleh

  2. $#@@ says:
    June 26, 2018 at 11:20 am

    No offence…. Is it a must to write lam in each n every sentence…. Its really difficult to read …I hv said this in the first part also…. So plxxx reduce using the name….

  3. Mariyam says:
    June 26, 2018 at 2:24 pm

    I love this story. But it is very sort

  4. Livee says:
    June 26, 2018 at 5:44 pm

    V reethi

  5. Twinkle? says:
    June 26, 2018 at 6:07 pm

    Wow… dhn vaany kihineh baa… ekm nxt part thnklheh dhigu khlahchey…

  6. shappi says:
    June 26, 2018 at 6:37 pm

    thank u

  7. unique says:
    June 26, 2018 at 7:36 pm

    nice story but adhives improve kollan jehey…… all the best….. but story hama habeys vaane improve kuryma……..

  8. Nunnu says:
    June 29, 2018 at 9:56 pm

    Koba tha story.. waitin

Comments are closed.



All Right Reserved!