Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 18

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
June 25, 2018 10 Mins Read
26 Comments

ސިހިފައި ދެ މީހުން ފަހަތަށް ބަލައިލިއިރު ތިބީ ދެމީހުންގެވެސް އެންމެ ގާތް އެކުވެރިންނެވެ. ޔޫހާން އާއި އައިލީންއަށް ހިނިތުންވެލެވުނެވެ. ”ކޮންގްރެޓްސް އައިލީ… ” ރިފްޝާ އާއި ޝައުނާ އައިސް އައިލީންގެ ގައިގައި ބައްދާލަމުން ބުންޏެވެ. ” ތޭންކްސް ” އައިލީންވެސް އެދެ މީހުންގެ ގައިގައި ބައްދާލަމުން ޝުކުރު އަދާކުރިއެވެ. ޔައިޝް އާއި އިފާންވެސް ޔޫހާންގެ ގައިގައި ބައްދާލަމުން އެ މީހުންގެ އެ ގުޅުމަށް މަރުހަބާ ކިޔެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” އެކަމް… ތި މީހުނަށް ކިހިނެއް އިނގުނީ މިތަނަށް އަންނަން..” ހައިރާންކަމާއެކު ރިފްޝާ އަދި ޝައުނާއަށް ބަލައިލަމުން އައިލީން ބުނެލިއެވެ. ” ހެހެހެ… ކޯޒް ވީ ނޯ އެބައުޓް ދިސް… މިހުރިހާ ކަމަކީީވެސް ޔޫންގެ ޕްލޭން އޭ… ހެހެހެ ” ރިފްޝާ ހެމުން ހެމުން ބުނެލިއެވެ. އޭރުވެސް އައިލީންގެ މޫނު މަތިން ފެންނަނީ ހައިރާންކަމެވެ. ” ހެހެހެ… އެއީ ތެދެއް އައިލީ… މިހުރިހާ ކަމަކީވެސް ޔޫންގެ ޕްލޭން… ޔޫން ބޭނުންވީ އައިލީއަށް ވަރަށް ސްޕެޝަލްކޮށް ޕްރޮޮޕޯސް ކުރަން… މިއަދު ހަވީރު މަށާ ރިފޫ އާ ދިޔައީ ހިނގާލާކަށް ނޫނޭ… އަހަރުމެން ދެ މީހުން އައީ މި ގެއަށް… މީ ޔައިޝްގެ ގެ… މިތަން ޑެކަރޭޓްކުރަން އައީ… އެން އެގަޑީގަ މިޝް ދައްތަ މެންވެސް އައެއްނު އަހަރެމެން ގެއަށް… އަސްލު އެއީވެސް އަހަރެމެންގެ ޕްލޭންގެ ތެރެއިން ކުރި ކަމެއް… އައިލީ ގޭގަ ބިޒީކުރުވާފަ ބަހައްޓައްވެގެން… އޭރުން ނެއްނު މަށަށާ ރިފޫއަށް މިތަން ޑެކަރޭޓްކުރަން އާދެވޭނީ… ހެހެހެ… ދޮންތަވެސް މީޝް ދައްތަ މެންވެސް މި ޕްލޭންގަ ބައިވެރިވި… ހެހެހެ… އަދި ބުނަންތަ އައިލީ ވަރަށް ސަޕްރައިޒް ވާނެ ވާހަަކައެއް… އައިލީގެ ތި ޑްރެސް ވެސް ފޮނުވީ ޔޫން… ހަމަ މިރެއަށް ޙާއްސަކޮށް ޔޫން އައިލީއަށް ފޮނުވި ހެދުމެއް ތީ… އަހަރުމެން މަޣްރިބް ނަމާދުކުރަން އުުޅެނިކޮށް ޔޫން އައިއްސަ އާޝި ދައްތައާ ޑްރެސް ހަވާލުކޮށްފި… ހެހެހެ… ” ޝައުނާ އެއްފަށްޗަކަށް ހުރިހާ ވާހަކައެއްހެން ކިޔާލިއެވެ. އައިލީން ހުރީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ. ޝުކުރުވެރި ނަޒަރަކުން އައިލީން ޔޫހާންއަށް ބަލައިލިއެވެ. އައިލީންގެ އެ ބެލުމުން ޔޫހާންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ”އެކަމަކު… މިހާ ހިޔޮވަރުކޮށް ހެދުން ޗޫޒްކުރަން އިނގުނީ ކިހިނެއް؟ ” އައިލީން އޭނަގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. ” ހެހެހެ… އެއީ ވެސް ޔޫންގެ ޕްލޭންގެ ދަށުން ޝައުގެ ހެލްޕާއެކު ކުރި ކަމެއް… ހަނދާންވޭތަ އާޝި ދައްތަ ކުރީރޭ އައިލީ ގާތު ކާން ހަދައިދޭށޭ ބުނި ހަނދާން… އެރޭ އަހަރުމެން ދެ މީހުން ކާން ހަދަން ދިޔައިމަ ޝައު ފާޚާނާއަށް ވަދެލާފަ އަންނަނާނަމޭ ކިޔާފަ ފަހުންނެއްނު އައީ… އަސްލު ޝައު އެގަޑީގަ އައިލީގެ ހެދުމަކުން މިން ނެގީ… މިން ނަގާފަ ވަގުތުން ޔޫންއަށް މެސެޖް ކުރީ… ޝައު އަކީވެސް ކޮންމެވެސް ވަރަކަށް ހެދުން ފަހާ އުޅޭ ކުއްޖެއްނު ސޯ ޝައު އަކަށް އެއީ މާ އުނދަގޫކަމަކަށް ނުވާނެއެއްނު… ހެހެހެ… ” ރިފްޝާ ދެއްކި ވާހަކަތަކުން އައިލީން ހުރީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ. އެހާ ފުރިހަމައަށް ހުރިހާ ކަމެއްވެސް ރާވައިފާވުމުން ކޮންމެ މީހަކުވެސް ހައިރާންވާނެ ނޫން ހެއްޔެވެ. ”ތެންކިޔު ސޯ މަޗް އެވްރިވަން… މިރޭ މިހާ ފުރިހަމަކޮށްދިނީމަ… ” އައިލީން ހިނިތުންވެލަމުން އެންމެނަށް ނަޒަރު ހުއްޓާލަމުން ޝުކުރު އަދާކުރިއެވެ. ކޮންމެ މީހެއްގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. ޔޫހާންވެސް ޔައިޝް އާއި އިފާންގެ އިތުރުން ޝައުނާ އާއި ރިފްޝާއަށް އެކަމުގައި އޭނައަށް އެހީތެރިވެދިނީތީ ޝުކުރު އަދާކުރިއެވެ. ކުއްލިއަކަށް އަނެއްކާވެސް އެންމެން ސިހުނީ ގޭގެ ބެލް އަޅާލި އަޑަށެވެ.                                   ޔައިޝް ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ދޮރު މަތީގައި އެމީހުން އޯޑަރު ކުރި ޕިއްޒާ ހިފައިގެން މީހަކު ހުއްޓެވެ. ޔައިޝް ދޮރު ހުޅުވުމުން އެމީހާ ޔައިޝް އާ އެ އެއްޗެހ ހަވާލުކުރިއެވެ. ޔައިޝް ޕިއްޒާތައް އިފާންގެ އަތަށް ދިނުމަށްފަހު އޭނަގެ ވޮލެޓު ނަގައި އެއަށް ފައިސާ ދެއްކިއެވެ. ހިނިތުންވެލުމަށްފަހު އެމީހާ އެނބުރި ދިޔައެވެ. ”އަހަރެމެން މި ތިބީ ޕިއްޒާއަށް ވެސް އޯޑާކޮށްގެން … މިރޭ ދެން ތި ދެ މީހުންގެ ގުޅުން ސެލެބްރޭޓްވެސް ކުރަންވާނެ އެއްނު… ހެހެހެ… ” ދޮރު ލައްޕާާލަމުން ޔައިޝް ވާހަކަ ދެއްކިއެވެ. ޔޫހާން އާއި އައިލީންވެސް ހިނިތުންވެލަމުން އެއްބަސްވިއެވެ. ” ސެލެބްރޭޝަން ފެށޭނީ އަދި ވަރަށް މުހިއްމު ފަރާތެއް އައިމަަ… އެފަރާތް އަންނާނެ ފަނަރަ ވަރަކަށް މިނިޓް ތެރޭގަ… އޯކޭ…” އިފާން ޕިއްޒާ ކާން ދާން ހިނގާށޭ ބުނުމުން ޔޫހާން ބުނެލިއެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ ހައިރާންކަމެވެ. ޔޫހާން އެހެން ބުނުމަށްފަހު އޭނަގެ ޖީބުން ފޯނު ނަގައި ނަމްބަރަކަށް ގުޅާލިއެވެ. ” އާދޭ މިހާރު.. ” އެކޮޅުން ފޯނު ނެގުމާއެކު ޔޫހާން ބުނެލިއެވެ. ޝައުނާ އާއި ރިފްޝާ އެމީހުން އޯޑަރު ކުރި ޕިއްޒާތައް ހިފައިގެން ކާބަޔަށް ގޮސް ކާ މޭޒު މަތީގައި ބެހެއްްޓިއެވެ. އަނބުރާ ސިޓިންރޫމަށް ގޮސް އެތަނުން ސޯޯފާއެއްގައި އިށީންދެ ޔޫހާން މެނާއި ބައިވެރިވިއެވެ. އެކި ވާހަކަަތަކުގައި ތިއްބާ އަނެއްކާވެސް ބެލް އަޅާލި އަޑު އިވުނެވެ. ”އެއައީ ކަންނޭނގެ… ” ޔޫހާން ސޯފާއިން ތެދުވަމުން ބުންޏެވެ. އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ޔޫހާންގެ ތުންފަތް މައްޗައް ހިނިތުންވުމެއް ވެރިވިއެވެ.                                               ”ކަމް އިން… ” ހިނިތުންވެލަމުން ޔޫހާން ބުނުމާއެކު އެ މީހަކު އެތެރެއަށް ވަނެވެ. އޭރު އައިލީންމެންވެސް ތިބީ ސޯފާއިން ތެދުވެ ދޮރާ ދިމައަށް ނަޒަރު ހުއްޓާލައިގެންނެވެ. ރީތި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި އެ އަންހެން ކުއްޖާ އައިސް އައިލީންމެންގެ ކުރިމަތީގައި ހުއްްޓުނެވެ. ހަމުގެ ކުލަ އަލި އިސްކޮޅުން ކުރު ހިކި ކުއްޖެކެވެ. ކޮނޑުން ތަންކޮޅެއް ތިރިއަށް އަންނަ ވަރަށް ހުރި ފަން އިސްތަށިގަނޑު ވަނީ އެއްފަރާތުން ކަފިކޮށްލާފައެވެ. ލައިފާ ވަނީ މަޑު ފިޔާތޮށި ކުލައިގެ މެކްސީއެކެވެ. ކޮށްފާވި ލުއި މޭކަޕްގެ ސަބަބުން އެ ރީތިކަން އިތުރުކޮށްދީފާވެެއެވެ. އައިލީން އާއި ރިފްޝާ އަދި ޝައުނާ ތިބީ އެއީ ކާކުކަން އިނގެން ނުހަނު ބޭނުންވެފައެވެ. އެއީ އެމީހުން މީގެ ކުރިން ދެކެފައިނުވާ މޫނެއް ކަން އައިލީންމެންގެ މޫނު މައްޗައް އަރަމުން ދިޔަ ކުލަވަރުންވެސް ހާމަވެގެންދެއެވެ. ޔައިޝް އާއި އިފާން އެ އަންހެން ކުއްޖާ ފެނުމުން ހިނިތުންވެލިއެވެ. ހީވާގޮތުން އެ ދެ މީހުނަށް އެއީ ކާކުކަން އިނގެއެވެ. ”އައިލީ… ރިފޫ… އެން ޝައު… ދިސް އީޒް ނުހާާ… އަހަރެންގެ ކްލޯޒް ފްރެންޑެއް… އަބަދުވެސް ވަރަށް ރަނގަޅު އެކުވެރިއެއް… އެން ނުހާ… ދިސް އީޒް މައި ގާލްފްރެންޑް އައިލީ… ދެން މީ އައިލީގެ ޓޫ ބެސްޓީސް… ރިފޫ އެން ޝައު… ދެން ފާން އެން ޔައި ނުހާއަށްވެސް އިނގެއެއްނު ދޯ… ހެހެހެ…” ޔޫހާން ނުހާއަށް އައިލީން އާއި އައިލީންގެ އެންމެ ގާތް ދެ އެކުވެރިން ތަޢާރަފްކޮށްދިނެވެ. ހަމަ އެގޮތައް އައިލީން އަށާއި އޭނަގެ އެންމެ ގާތް ދެކުވެރިންނަށް ނުހާ ތަޢާރަފްކޮށްދިނެވެ. އެންމެންވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” ސޯ… ނުހާާ ޙާއްސަ ވީ ސަބަބު ބުނަންވީ ދޯ… ކުރިންވެސް ބުނިހެން ނުހާ އަކީ އަހަރެންގެ ވަރަށް ގާތް ހެޔޮ އެދޭ އެކުވެރިއެއް… ބަޓް މިރޭ ނުހާ މިގެނައީ އެހެން ސަބަބެއް އޮތީމަ… މި ސްޕްޝިއަލް ނައިޓް އާ ނުހާ ވަނީ ވަރަށް ބޮޑަށްވެސް ގުޅިފަ… މިރޭ މިހާ ފުރިހަމަވީ ނުހާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން… ” ދެ ޖީބަށް އަތް ޖަހައިގެން ހުރެ ޔޫހާން ވާހަކަ ދައްކަމުން ދިޔައެވެ. އައިލީން އާއި އޭނަގެ އެންމެ ގާތް ދެ އެކުވެރިން ތިބީ ޔޫހާން ދެން ބުނާނެ އެއްޗެއްގެ އިންތިޒާތުރުގައެވެ. ”ނުހާ މިރޭ މި ގެނައީ އައިލީގެ ތި ބިއުޓިފުލް ޑްރެސް ފަހައިދިނީ ނުހާ ކަމަށް ވީތީ… ރޭގަ ނުހާ އާ ހަވާލުކުރީ… އެހާ އަވަހަށް އެހާމެ ރީތި ހެދުމެއް ފަހައިދިނީމަ ނުހާއަށް ވަރަށް ބޮޑަށް ތޭންކްސް…” ޔޫހާން އެހެން ބުނުމުން އައިލީންއަށްވެސް ހިނިތުންވެލެވުނެވެ. ނުހާ ޔޫހާންއަށް ބަލާލަމުން އެއީ އެހާވަރުގެ ކަމެއް ނޫންކަމުގައި ބުނެ ހިނިތުންވެލިއެވެ. ނުހާ އައިސް އައިލީންގެ ގައިގައި ބައްދާލަމުން މަރުހަބާ ކިޔެވެ. ” އައިލީ… ޔުއާ ވެރީ ލަކީ ޔޫން ކަހަލަ ކުއްޖެއް އައިލީގެ ލައިފް ޕާޓްނާއަކަށް ލިބުނީމަ… ޔޫން އަކީ ހަމަ އަސްލުވެސް ވަރަށް ވަރަށް ރަނގަޅު ފަރާތެއް ލައިފް ޕާޓްނާއަކަށް… އައި އޭމް ޝުއާ ޔޫން އައިލީ އުފަލުގަ ބަހައްޓާނެކަން… ހީ ލަވްސް ޔޫ ސޯ މަޗް… ” އައިލީން އާއި ދުރުވެލުމަށްފަހު އައިލީންގެ އަތުގައި ހިފާލަމުން ނުހާ ވާހަކަ ދެއްކިއެވެ. އައިލީންވެސް ނުހާ އާއި އެއްބަސްވިއެވެ. އަދި އެހާ ރީތި ފުރިހަމަ ހެދުމެއް ފަހައިދިނީތީ އައިލީންވެސް ނުހާއަށް ޝުކުރު އަދާކުރިއެވެ. އެރޭ ޕިއްޒާ ކައިގެންވެސް އެންމެން އެކުގައި އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. އެވީ ވަގުތުތަކުގައި ނުހާ ވަނީ އައިލީން އާއި ރިފްޝާގެ އިތުރުން ޝައުނާ އާވެސް ވަރަށް ގާތް ގުޅުމެއް އުފައްދާފައެވެ. ހަތަރު ކުދިންވެސް ހީވަނީ ދުވަސްވީ ރަހްމަތްތެރިންތަކެއް ހެންނެވެ. ގަޑިން ދިހަ ގަޑި ބައިވާން ކައިރިވެފައިވުމުން އެންމެންވެސް ގެއަށް ދާން ނިންމިއެވެ. ރިފްޝާ އިފާންއާއެކު ސައިކަލުގައި ދިޔައިރު ޝައުނާވެސް ދިޔައީ ޔައިޝްއާއެކު ސައިކަލުގައެވެ. ޔޫހާން އޭނަގެ ކާރުގައި އައިލީން އާއި ނުހާ ގޮވައިގެން ދިޔައެވެ. އެންމެ ފުރަތަމަ ނުހާ ގެއަށް ގެންގޮސް ދިނެވެ. ރޭގަނޑުގެ ސަލާމް ކުރުމަށްފަހު އައިލީން އާއި ޔޫހާން ނުހާ އާއި ވަކިވުމަށްފަހު އައިލީން އުޅޭ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.                                 އައިލީން ގެއަށް ލުމަށްފަހު ޔޫހާންވެސް އޭނަގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ގެއަށް ދިޔައިރު ސިޓިން ރޫމުގައި ބައްޕަ ފިޔަވައި ހުރިހާ ބޮޑެތި މީހުން ތިއްބެވެ. ޔޫމިން އާއި ޔުމާހު ފެންނަން ނެތުމުން މިހާ ލަސްވާއިރު އެދެކުދިން އޮންނާނީ ނިދާފަކަން ޔޫހާންއަށް އިނގުނެވެ. ”ޔޫން… ކޮން ކަހަލަ އާންސާއެއް ލިބުނީ… މިހެން ބުނާއިރުވެސް ޔޫންގެ މޫނުމަތީގެ ކުލަވަރުތަކަށް ބަލާފަ ހީވަނީ ޔެސް އެއް ހެން…” ޔޫހާން ފެނުމާއެކު ސޯފާގައި އިން މީޝާ ތެދުވަމުން ބުނެލިއެވެ. މީޝާ އެހެން ބުނުމާއެކު ޓީވީއަށް ނަޒަރު ހުއްޓާލައިގެން ތިބި އަފީފާ އާއި ޔުމާން ވެސް ސޯފާއިން ތެދުވެ ޔޫހާންގެ ޖަވާބަކަށް އިންތިޒާރުކުރަމުން އޭނައަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ” ޔެސް އެއް ލިބުނީ…” ހިނިތުންވެލަމުން ޔޫހާން ބުނެލިއެވެ. އެއާއެކު އެ ތިން މީހުންގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ. ތިން މީހުންވެސް ޔޫހާންއަށް މަރުހަބާ ކިޔެވެ. ” ދެން މާ ގިނަ ދުވަހެއް ނުނަގާނެތާ ދޯ މަންމާ މިގެއަށް އާ ކުއްޖަކު ގެންނަން… ހެެހެހެ… ” މީޝާ އެހެން ބުނެލުމުން އަފީފާ އުފަލުން ބޯޖަހާލިއެވެ. އެ ތިން މީހުންގެ ދިމާކުރުންތައް ޔޫހާންއަށް އަމާޒުވާން ފެށުމުން އޭނާ ހެމުން ހެމުން އަވަހަށް ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ގޮސް އޭނާ ފާޚާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން އައިސް އޭނަގެ ތަނަވަސް އެނދުގައި ޖައްސާލިއެވެ.                                         އައިލީން ގެއަށް ވަންއިރު ސިޓިން ރޫމު ސޯފާގައި އާޝިޔާ އާއި ރިފްޝާ އަދި ޝައުނާ ތިއްބެވެ. އައިލީން ގެއަށް ވަނުމާއެކު އެންމެން އެކުގައި ކަހަލަ ގޮތަކަށް ތެދުވިއެވެ. ” ދޮންތާ… ތެންކިޔު ސޯ މަޗް… މިގުޅުމަށް ދޮންތަ އެއްބާރުލުން ދިނީމަ އައިލީ ވަރަށް އުފާވެއްޖެ… ލަވ ޔޫ ސޯ މަޗް ދޮންތާ… އައިލީ ދޮންބެ ދެކެ އޭ ބޮޑަށް ލޯބިވަނީ ބުންޏަސް ދޮންތަ ދެކެ އަސްލު ވަރަށް ލޯބިވޭ..” އައިލީން އައިގޮތައް އައިސް އާޝިޔާގެ ގައިގައި ބައްދާލަމުން ވާހަކަ ދެއްކިއެވެ. އޭރު އެދެލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަ އޮހޮރެމުން ދެއެވެ. ”ހޫމް… ދެން މާ އިމޯޝަނަލް ވާނެކަމެއް ނެތް… ދޮންތައަށް އެނގެޔޭ އައިލީ ދޮންތަދެކެ ލޯބިވާކަން… ދޮންތަ އަބަދުވެސް ބޭނުންވަނީ އައިލީ އުފަލުގަ ހުންނަން… އިނގޭ… ދެން ނުރޯތި… ހެހެހެ… ” އައިލީން ދުރުކޮށްލުމަށްފަހު ކަރުނަތައް ފޮހެދެމުން ވަރަށް ލޯބިން އާޝިޔާ ވާހަކަ ދެއްކިއެވެ. އައިލީންވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ފަހަތުގައި ރިފްޝާ އާއި ޝައުނާ ވެސް ހިނިތުންވެފައި ހުއްޓެވެ. އައިލީން އާއެކު ރިފްޝާ އާއި ޝައުނާ ވެސް ކޮޓަރިއަށް ވަނެވެ. އައިލީން ފެންވަރަން ވަދުންތަނާ އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ދެ ފަހަރު ރިންގުވެފައި ފޯނު ކެނޑުމުން އަނެއްކާވެސް ގުޅުމުން ސޯފާގައި އިނދެފައި ތެދުވެގެން ގޮސް ޝައުނާ ފޯނު ނެގިއެވެ. ” ތި ބޭފުޅާގެ ޕްރިޓީ ގާލް ފާޚާނާގައި ފެންވަރަނީ… ނިކުތީމަ ބުނާނަން ގުޅި ވާހަކަ… ހެހެހެ… އޯކޭ ތަ؟ ” ޔޫހާން އެއްޗެކޭ ބުނުމުގެ ކުރިން ޝައުނާ ވާހަކަ ދެއްކިއެވެ. ” ހެހެހެ… އޯކޭ… ” ޔޫހާން ހެމުން ހެމުން އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އައިލީން ފާޚާނާއިން ނިކުތުމުން ޔޫހާން ގުޅި ވާހަކަ ޝައުނާ ބުންޏެވެ. އެހެން ބުނުމަށްފަހު ޝައުނާ އޭނާ ނިދަންލާ ދޫ ހަރުވާޅަކާއި ޓީޝާޓެއް ނަގައިގެން ގޮސް ފާޚާނާއަށް ވަނެވެ. އައިލީން އައިސް ފުނާ އަޅާލުމަށްފަހު އެނދުގައި އޮށޯތެވެ. އަދި ފޯނު ނަގައި ޔޫހާންއަށް ގުޅާލިއެވެ. ގުޅާލުމާއެކު ޔޫހާން ފޯނު ބިޒީކޮށްލުމަށްފަހު އަލުން އައިލީންއަށް ގުޅިއެވެ. ޔޫހާން އާއި އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު އައިލީން ފޯނު ބޭއްވިއެވެ. އޭރު ޝައުނާ ފާޚާނާއިން ނިކުންނަނީއެވެ. ޝައުނާވެސް އައިސް އޭނަގެ ސިންގަލް އެނދުގައި އޮށޯތެވެ. އޭރު ރިފްޝާ އޮތީ އެއްޗެހިވެސް ބަދަލުނުކޮށް ގަދަ ނިދީގައެވެ.                                               ގޭގެ މައިދޮރު ތަޅުލުމަށްފަހު އަފީފާވެސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެތެރެއަށް ވަދެ ދޮރު ޖެހުމަށްފަހު އޭނާ ހުރި ތަނުގައި މަޑުކޮށްލީ އަލަމާރި ކައިރީގައި ޔާސިރު ފޮޓޯ އަލްބަމަށް ބަލަންގެއްލިފައި ހުރުމުންނެވެ. އޭރު ޔާސިރުގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފެންނަމުން ދެއެވެ. ” ޔާސިރު ” ދެތިން މިނިޓު ވަންދެން އޭނާ އެތައި ހުރި އިރުވެސް ޔާސިރުއަށް ނޭނގުމުން އަފީފާ ޔާސިރުއަށް ގޮވާލިއެވެ. ”އާނ.. ޔޫހާާން އައިއްސިތަ ގެއަށް؟ ” އަވަސް އަވަހަށް އަލްބަމް ލައްޕާލުމަށްފަހު އަަމާރިއަށް ލަމުން ޔާސިރު ބުނެލިއެވެ. ” ހޫމް… ޔާސިރު ކިހި… ” ” ހިނގާ ނިދަން އޮށޯންނަމާ… މިހާރު އެހެރަ އެގާރަ ޖަހަނީ… ” އަފީފާގެ ވާހަކަ ފުރިހަމަ ނުވަނީސް ޔާސިރު އެހެން ބުނުމަށްފަހު ގޮސް އެނދުގައި އޮށޯތެވެ. އަފީފާވެސް ދެން އަޅާނުލައި ގޮސް ފާޚާނާއަށް ވަނެވެ.                                       އަމާންކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް އެއް މަސް ދުވަސް ފާއިތުވާން ގާތްވެއްޖެއެވެ. ދުވަހެއް ދުވަހަކަށް ދަނީ އައިލީން އާއި ޔޫހާން އާއި ދެމެދު އޮތް ލޯބި އިތުރުވަމުންނެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޔައިޝްގެ ހިތުގައި އަދިވެސް ޝައުނާއަށްޓަކައި ލޯބިވެއެވެ. އޭނާ އެ ހުންނަނީ ލޯބި ހުށަހަޅަން ރަނގަޅު ވަގުތަކަށް ބަލަބަލައެވެ. ރިފްޝާ އާއި އިފާންގެ ހިތުގައިވެސް އެކަކު އަނެކަކަށްޓަކައި ލޯބިވެއެވެ. އެހެނަސް ދެމީހުންކުރެ އެކަކުވެސް އެކަން ހާމައެއްނުކުރެއެވެ.                                       ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ ރިފްޝާ ރީތިވަމުން ދިޔައެވެ. ލައިފާވި ގަދަ ރަތް ކުލައިގެ އަތް ދިގު ޓޮޕާއި ކަޅު ކުލައިގެ ސްކިނީގައި ރިފްޝާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. މޫނުގައި ފުށް ކޮޅެއް ޖަހާލުމަށްފަހު ޕެންސިލް އައިލައިނާ ނެގުމަށްފަހު އެ ބޮޑު ދެ ލޯ ވަށާލިއެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލުމަށްފަހު ގަދަ ރަތް ކުލައިގެ ލިޕްސްޓިކްއިން އެދެ ތުންފަތް ފަވާލިއެވެ. ގަޔަށް ސެންޓު ބުރުވާލުމަށްފަހު އަތް ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. ތިރިއަށް ފޭބިއިރު އިފާން އޭނަގެ އިންތިޒާރުގައި ސައިކަލުގައި އިނެވެ. ރިފްޝާ އައިސް ސައިކަލަށް އެރުމާއެކު އިފާން ސައިކަލު ދުއްވާލިއެވެ. ސައިކަލު މަޑުކޮށްލީ ނަން މައްޝޫރު ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ދެ މީހުން އެކުގައި ރެސްޓޯރެންޓްގެ ތެރެއަށް ވަނެވެ. ހުސް މޭޒެއް ފެނުމުން ދެ މީހުންވެސް ގޮސް އެތަނުގައި އިށީނެވެ. އެއާއެކު ވެއިޓަރެއް އައުމުން ބޭނުންވާ އެއްޗެހި އޯޑާކުރިއެވެ. ރިފްޝާ ގާތު އެއްޗެކޭ ބުނަން އުޅުނު އިފާން ހުއްޓުނީ ދާދި ކައިރީގައި ހުރި މޭޒެއްގައި އިން މީޝާ ފެނިފައެވެ. މީޝާ ފެނުމާއެކު އޭނާ ރިފްޝާއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު އަނެއްކާވެސް މީޝާއަށް ބަލައިލިއެވެ. އިފާން އޭނަގެ ސިކުނޑީގައި ރޭވުމެއް ރާވާލިއެވެ. އޭނާ ރިފްޝާއަށް ބަލާލަމުން ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެހެން ފަރާތަކަށް ނަޒަރު ހުއްޓާލައިގެން އިން ރިފްޝާއަކަށް މިއިން އެއްވެސް ކަމެއް ރޭކާނުލައެވެ. ޔޫހާން އަނެއްކާވެސް މީޝާއަށް ބަލައިލިއެވެ. އެވަގުތަކީ މީޝާ ވެސް އެދިމާލަށް ބަލައިލި ވަގުތުކަމުން އޭނައަށްވެސް އިފާން ފެނުނެވެ. އޭރު މީޝާ ހުރީ ގެއަށް ދާންވެގެން ތެދުވެއެވެ. އިފާން އަތުން މީޝާއަށް އައުމަށް އިޝާރާތްކޮށްލުމާއެކު މީޝާ އޭނަގެ ރައްޓެހި ކުއްޖާގެ ގާތު ކޮންމެވެސް އެއްޗެކޭ ބުނެލުމަށްފަހު އިފާން ގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. މީޝާގެ ގާތުގައި ހުރި އަންހެން ކުއްޖާ ހިނިތުންވެލަމުން ރެސްޓޯރެންޓުން ނިކުންނަން ހިނގައިގަތެވެ. ރިފްޝާ އިފާންއަށް ބަލައިލި ވަގުތު ކޮންމެވެސް މީހަކަށް އަތުން އިޝާރާތްކުރާތީ އެފަރާތަށް ބަލާލިއިރު އެތަނުގައި ހުރި މީޝާ ފެނި ރިފްޝާ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ. އެ މަންޒަރު ފެނުނު އިފާންގެ ތުންފަތުގައިވީ ލާނެއް ހިނިތުންވުމެކެވެ.                                             ”މާޝް… ދަނީތަ މިހާރު… އަހަރުމެނާ ޖޮއިން ވާންވީ އެއްނު… ” މާޝާ އައިސް ހުއްޓުމާއެކު އިފާން ބުނެލިއެވެ. މާޝާ ހިނިތުންވެލަމުން ހުސް ގޮނޑިއެއްގައި އިށީނެވެ. އެވަގުތަކީ ވެއިޓަރުވެސް އޯޑަރު ކުރި އެއްޗެހި ހިފައިގެން އައި ވަގުތުކަމުން އިފާން މާޝާ ގާތު ގެންނަނީ ކޯންޗެއްތޯ އަހާލުމުން އޮރެންޖު ޖޫހަކަށް އޯޑަރު ކުރިއެވެ. ” މާޝް… ހާދަ މީރުވަސް ދުވާ ސެންޓެކޭ ތި ބޭނުން ކުރަނީ… އެން ޔޫ ލުކް ވެރީ ބިއުޓިފުލް… ” ވެއިޓަރު ދިޔުމާއެކު މާޝާއަށް ބަލާލަމުން އިފާން ބުނެލިއެވެ. އިފާންގެ ބަސްތަކުން މާޝާގެ ހިތައް އުފާވެރިކަން ލިބުނު އިރު ރިފްޝާގެ ހިތައް ލިބުނީ މާޔޫސްކަމެވެ. މިރޭ އެންމެ ފަހަރަކުވެސް އިފާން އޭނައަކަށް ތައުރީފުކޮށެއް ނުލައެވެ. މިހާރަކަށް އައިސް އޭނަގެ ކުރިމަތީގައި މާޝާއަށް ތައުރީފު ކުރުމަކީ އިފާާންގެ އާދައެކެވެ. އެދެ މީހުން ތިއްބާ މާޝާ އައިއްސި ނަމަ ރިފްޝާއަށް ގިނަ ފަހަރު އެކަނިވެރިކަން އިހުސާސުވެއެވެ. ގިނަ ފަހަރަށް އިފާން އާއި މާޝާ އެދެމީހުންގެ ވާހަކަތަކުގައި ތިބެދާއެވެ. މިރޭގެ ކެއުންވެސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ރިފްޝާ އިނީ ވަރަށް ވެސް ފޫހިވެފައެވެ. އޭނާ އިނީ ގެއަށް ދެވޭނޭ އިރެއްގެ އިންތިޒާރުގައެވެ. ކައި ނިންމާފައި ބިލް ދެއްކުމަށްފަހު އިފާން ގެ ފަހަތުން ރިފްޝާ އާއި މާޝާ ނިކުތެވެ. ” ފާން… ހިނގާ ބަ އަހަރެން ގެއަށް ލައިދޭން… ދޮންތަ ބުނެފި ވަރަށް އަވަހަށް މެސެޖުކޮށްފަ ގެއަށް އައިސް ބަލާށޭ… ޕްލީޒް… ހިނގާބަލަ… ” މާޝާ އާދޭސްކުރަން ފެށުމުން އިފާން ދާން އެއްބަސްވިއެވެ. އަދި ރިފްޝާ ގާތު އެތަނުގައި  އޭނަ އަންނަންދެން މަޑުކުރުމަށް ބުންޏެވެ. އައިއްސަ ދެ މީހުން ސައިކަލު ދުއްވާލަން ދާނީކަމުގައި ބުނެ އަދި ވަރަށް އަވަހަށް އޭނަ އަންނާނެކަމަށް ވެސް ބުނުމަށްފަހު މާޝާ ގެއަށް ލައިދޭން އޭނަ ދިޔައެވެ. ރިފްޝާ އިފާން އާދޭތޯ އެތައް އިރަކު އެތަނުގައި އިންތިޒާރުގައި ހުއްޓެވެ. މިހާރު އެތައް ފަހަރަކު ގުޅިއްޖެއެވެ. މެސެޖުވެސް ކުރެވިއްޖެއެވެ. އިފާންގެ ޚަބަރެއް ނުވުމުން އެންމެ ފަހުން ރިފްޝާ ވަރަށް ހާލުން ޓެކްސީއެއް ހޯދައިގެން ގެއަށް ދިޔައެވެ.                                 އިފާން އުފަލާއެކު މާޝާގެ އާއިލާ އާއެކު ވަގުތުތައް ހޭދަކުރަމުން ދިޔައެވެ. އެގެއަށް ދިޔުމުން ދާންވާނީ ޖޫސް ތައްޓެއް ނަމަވެސް ބޮއެގެން ކަމަށް ބުނެ މާޝާގެ މަންމަ އިފާންއަށް ޖޫސް ގެނެސްދިނެވެ. ވާހަކައިގައި ތިބި އިރު ރިފްޝާގެ މަތިން އިފާން ހަނދާންވެސް ނެތެވެ. ފޯނުވެސް އޮތީ ސައިލެންޓަށް ލައިފާކަމުން ގުޅިކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން އިފާން ތެދެވިއެވެ. އަދި ޝުކުރު އަދާކުރުމަށްފަހު އަވަސް އަވަހަށް އެގެއިން ނިކުތެވެ. ފުރަތަމަ އޭނަ ފޯނު ނެގުމަށްފަހު ރިފްޝާއަށް ގުޅާލިއެވެ. ގުޅއިރު ރިފްޝާގެ ފޯނު ވަނީ ނިއްވާލާފައެވެ. އިފާން އަވަސް އަވަހަށް ސައިކަލަށް އަރައި ދުއްވާލިއެވެ. އޭނާ ދިޔައިރު އެތަނުން ރިފްޝާ ފެންނާކަށް ނެތެވެ. އޭނަގެ ހިތް މާޔޫސްވިއެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އައި ރުޅީގައި އޭނައަށް ސައިކަލުގައި އަތުން ޖަހާލެވުނެވެ.                                           ގެއަށް އައިސް ވަން ރިފްޝާ ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަނެވެ. ސިޓިން ރޫމުގައި ތިބި އައިލީން އާއި ޝައުނާ ތިބީ ވާނުވާގައެވެ. އެދެ މީހުންވެސް އަވަސް އަވަހަށް ރިފްޝާގެ ފަހަތުން ކޮޓަރިއަށް ވަނެވެ. ” ރިފޫ… ކިހިނެއްވީ؟ ” އައިލީން އައިސް ވާހަކަ ދެއްކުމުންވެސް ރިފްޝާ އަޅާވެސް ނުލިއެވެ. ” ރިފޫ… ކިހިނެއްތަ ވީ… ފާން އެއްޗެކޭ ބުނީތަ؟ ” ޝައުނާވެސް އޭނަޔާ ވާހަކަ ދެއްކިއެވެ. ނަމަވެސް ރިފްޝާގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. އަތް ދަބަސް ސޯފާ މައްޗައް ހޫރާލުމަށްފަހު އަލަމާރިން ނިދަން ލާ އެއްޗެހި ނަގައިގެން ފާޚާނާއަށް ވަނެވެ. ރިފްޝާގެ އުޅުން ހުރި ގޮތުން އައިލީން އާއި ޝައުނާ ހުރީ ކަންތައް ބޮޑުވެފައެވެ. ވީކަމެއް ނޭނގުނު ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން އެދެ މީހުންނަށް އިނގުނެވެ. އެއްޗެހި ބަދަލުކޮށްގެން އައި ގޮތަށް އައިސް ރިފްޝާ އެނދަށް އަރާ އޮށޯވެއްޖެއެވެ. އައިލީން އާއި ޝައުނާވެސް މިވަގުތު ރިފްޝާ ފަރާތުން އެއްވެސް އެއްޗެއް އޮޅުން ނުފިލާނެކަން އިނގޭތީ ދެމީހުންވެސް ކޮޓަރިން ނިކުތެވެ. ހެނދުނުން ސުވާލުކުރަން ނިންމައިގެން ދެ މީހުން ގޮސް ސޯފާގައި އިށީންތަނާ އައިލީންގެ ފޯނެއް އައެވެ. ބަލާލިއިިރު ގުޅަނީ އިފާންއެވެ. އަވަސް އަވަހަށް އައިލީން ފޯނު ނެގިއެވެ. ” އައިލީ… ރިފޫ ގޭގަތަ؟ ” ހާސްވެފައިހުރެ އިފާން އަހާލިއެވެ. އައިލީން ޖަވާބުގައި ރިފްޝާ ގޭގައި ކަމުގައި ބުންޏެވެ. އަދި އެދެމީހުންގެ ދެމެދުގައި އެއްވެސް ކަމެއް ހިނގިތޯ އައިލީން ސުވާލުކުރިއެވެ. އެއާއެކު އިފާން ކަންތައް ވީގޮތް ކިޔައިދިނެވެ. އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު އައިލީން ފޯނު ބޭއްވިއެވެ. އަދި ޝައުނާއަށްވެސް އިފާން ދެއްކި ވާހަކަތަށް ކިޔައިދިނެވެ. މާދަމާ ހެނދުނުން ރިފްޝާ އާ ވާހަކަ ދައްކަން ނިންމައިގެން ދެމީހުންވެސް ގޮސް ނިދަން ތައްޔާރުވެގެން ނިދަން އޮށޯތެވެ. އިފާންވެސް ގެއަށް ގޮސް ނިދަން އޮށޯތީ އައިލީންމެން ވާހަކަ ދެއްކުމުން ރިފްޝާ ހަަޖެހޭނެކަމުގައި ހިތަށް ވިސްނައިދެމުންނެވެ.                                           ނިދިފައި އޮތް ޔޫހާންއަށް ހޭލެވުނީ އޭނަގެ މަންމަ ސައި ބޯން ގޮވާ އަޑަށެވެ. ގަޑި ބަލާލިއިރު ދިހަ ގަޑި ބައިވަނީއެވެ. މަންމައަށް އަޑު އިވޭވަރަށް އެބަދަންކަމަށް ބުނެ އޭނާ ތެދުވެގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާ ވެލައިގެން އައިސް ތައްޔާރު ވާން ހުއްޓާ މީހަކު ވަރަށް ބާރަށް ދޮރުގައި ޓަކި ދިނެވެ. ހުއްޓުމެއް ނެތި މާ ބާރަށް ޓަކި ދޭން ފެށުމުން ޔޫހާން ހުރީ ހިތްހަމަނުޖެހިފައެވެ. ގަޔަށް ސެންޓު ބުރުވާލުމަށްފަހު އަވަސް ހިނގުމުގައި ގޮސް ދޮރު ހުޅުވާލި ޔޫހާންއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ” ސަޕްރައިޒް ހޭންޑްސަމް…. ” ރީތި ހިނިތުންވުމެއް ހަދިޔާކުރަމުން އެ އަންހެން ކުއްޖާ ބުނެލިއެވެ. ޔޫހާން އޭރުވެސް ހުރީ ހައިރާންކަން މަތީގައެވެ. ކުރިމަތީގައި އެ ހުރީ އޭނާ އެތަނުގައި ހުރެދާނެކަމަށް އެއްވެސް ވަރަކަށް ހީކުރި ކުއްޖެއް ނޫނެވެ. އެ އަންހެން ކުއްޖާގެ އެދެ ލޮލަކީ ޔޫހާންއަށް އެއްވެސް ހާލެއްގައި އޮޅޭނެ ދެލޮލެއް ނޫނެވެ. ގަދަ ފެހިކުލައިގެ ކަޅިއެއް ލިބިފައިވި އެ ބޮޑު ދެ ލޮލަކީ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އަޅައިގަންނާނެ ސިފައެވެ. އޭރު ޔޫހާންގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ

Next

އެ ހަނދާން އާވޭ 2

Next
June 25, 2018

އެ ހަނދާން އާވޭ 2

Previews
June 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ

26 Comments!

  1. Shanan says:
    June 25, 2018 at 2:07 pm

    Vvvvv reethi mi part..when next

    1. Ifoo ifoo says:
      June 27, 2018 at 5:09 pm

      Thankyou so much Shanan ❤️❤️???????????????… Now ifoo next part submit kohlaifinn….

  2. Ifoo ifoo says:
    June 25, 2018 at 2:52 pm

    Salaam dear readers ❤️❤️❤️???????????????… Dhuvasthakakah fahu dhw mi part mi up kohlevuny… I’m really sorry my dear readers ehaa gina dhuvahu inthizaaruga beythihbunyma ???… Ifoo v v v ufaavi ifoo ge readers ehaa understanding v ma ???… Comments thah kiyaalaafa ifoo hama asluvx v v v ufaavi ???… Comment kohli hurihaa kudhinnah vx v v v v v bodah thankyou ❤️❤️❤️???… Readers ge loabi loabi caring comments thakun ifoo ah v v bodu hihvareh libun ❤️❤️❤️???????????????… Once again thankyou so much all ❤️❤️❤️??????????… Mi part vx thi hurihaa kudhinnah kamudhaane kamah ummeedhukuran ???… N mi part v dhigu vaane ehen part thakaa balaafa… It’s more than 2000 words ???… Waiting for the comments ???… Love you all my readers ❤️❤️❤️??????????????????… Readers akee ifoo ge strength ❤️❤️❤️??????????????????…

  3. n says:
    June 25, 2018 at 3:02 pm

    ifoo ranglhu veetha mihaaru
    vv reethi mi part ves
    nunnu ah heevanee emmefahun ifaan ah landeh libeyneehen ehen ulhenyaa
    when next part

    1. Ifoo ifoo says:
      June 27, 2018 at 5:11 pm

      Thankyou so much Nunnu ❤️❤️???????????????… Alhamdhulillah… Ifoo kuriah vure ragalhu ???… Let’s see dhw vaagotheh… Heheh… Now ifoo next part submit kohlaifinn…. Mirey up vaane kamah balamaa…

  4. maul says:
    June 25, 2018 at 3:08 pm

    men se cond

    1. Ifoo ifoo says:
      June 27, 2018 at 5:22 pm

      This time maul second ?…

    2. Ifoo ifoo says:
      June 27, 2018 at 5:24 pm

      Sorry this time Nunnu second ???

  5. Maya says:
    June 25, 2018 at 3:08 pm

    Yey me second

    1. Ifoo ifoo says:
      June 27, 2018 at 5:25 pm

      Maya next time try kohlaany dhw ???…

  6. Maya says:
    June 25, 2018 at 3:11 pm

    Ifoo u r back dhw… Vv reethi.. Dhen ifaan ehen jelus kuran hadhaigen bodu landeh kannenge libeynyy???????☺️☺️BTW mihaaru kn girl eh baa eaii???????story hama fantastic ??????????

    1. Ifoo ifoo says:
      June 27, 2018 at 5:30 pm

      Yesss Maya dear ???… I’m back ???… Thankyou so much dear ifoo ah thidhey support ah ???❤️❤️❤️???????????????… Haadha colourful Comment ekey ???… Let’s see dhw ifaan ah vaa gotheh ???… E girl akee kaaku kanvx v avahah ingigen dhaane ???… V v v ufaavehje story dear ah reethi vy ma ❤️❤️❤️?????????????????????…

  7. Mal says:
    June 25, 2018 at 4:47 pm

    So happy to read this….. N ifoo mihaaru okay tha.. This part is also hama awesome….. Varah reethi masha Allah….

    1. Ifoo ifoo says:
      June 27, 2018 at 5:34 pm

      Mal dear ❤️❤️❤️??????… So happy to see ur comment ❤️❤️❤️?????????… Alhamdhulillah… Ifoo kuriah vure ragalhu ???… V v v ufaavehje dear ah story reethi v ma ❤️❤️❤️?????????????????????…thankyou so much dear ❤️❤️❤️?????????????????????…

  8. Naju says:
    June 25, 2018 at 4:48 pm

    Alhamdhulillah… ifoo rangalhu dhw… N story hama v nice thankx dhigukoh genasdhinyma n ailee n yoon ge dhiriulhun halaaku kohlaa kuhjaa kannenge dhw eyee…

    1. Ifoo ifoo says:
      June 27, 2018 at 5:40 pm

      Alhamdhulillah ???… Ifoo kuriah vure ragalhu ???… Most welcome dear n thankyou so much Naju ifoo ah thidhey support ah ??????❤️❤️❤️??????… Let’s see dhw vaagotheh ???…

  9. naash says:
    June 25, 2018 at 5:27 pm

    wow wonderfull

    1. Ifoo ifoo says:
      June 27, 2018 at 5:41 pm

      Thankyou so much naash ❤️❤️❤️????????????????????????…

  10. unique says:
    June 25, 2018 at 7:45 pm

    Maasha Allah…………….. vvvvv reethi i just luv it… cant wait for next part……. n im really angry with ifaan……. he is doing that all only to jealous rifoo but he dont knw wat msg he is giving to maasha n i hate that

    1. Ifoo ifoo says:
      June 27, 2018 at 5:47 pm

      Unique dear ❤️❤️❤️?????????… Thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????… V v v ufaavehje dear ah story reethi v ma ??????❤️❤️❤️?????????… Ifoo vx varah foohi vey ifaan ulhey gothun… Let’s see dhw vaagotheh… Heheh ???…

  11. Stry kiyaa man says:
    June 25, 2018 at 9:02 pm

    Masha allah.finally up viyy dhw.vvvv salhi mi part vex.v furihama.
    Miadhu mi up kuri heyovaru varakah strt liyefa.haha.ebahuri kuda koh typing mistake jehifa nan thakuga like maashaa ge badhalu ga mishaa jehifa.hyvaa guthun fahathun 5 paragraph ga inny ehen. Ehen noony hama perfect.vv happy vehje alhugadu ge hiyaal qabool kuryma.adhi vex kuda koh ithuru kohlaa. Like lishaan or liyaaz yoohaan men nah gulhaa laigen.or shu ge vex mom gulhaa haalu balaafa.mikahala gothakah.mi goih vex salhi.ekam vex stry viyakum dhaairu ithuran shaugu veri kohlan.mi hen mibuny huss ebai annayaa kuda koh foahi vaa goih vaane thiyy.adhi sheedha rifshaa ge mom ge kan thah nugeh nahchey.mi hen mi buny mi dhiya faharu vex e kudhinaa ehfaharun dhimaava goih hedhiyyma.☺.
    Vv dhiguvehje dhw mi comm vex.sorry.
    Waiting 4 nw part.
    When next part upload.
    -salaam-????

    1. Ifoo ifoo says:
      June 27, 2018 at 6:02 pm

      It’s ok story kiyaa man ❤️❤️❤️???… To be honest I love to read long comments ???❤️❤️❤️… Hehhe… Thankyou so much thi dhin hiyaalah n ifoo ah thidhey support ah ???❤️❤️❤️??????????????????… Thi hiyaalu ifoo hama ufalaaeku balaigannan ???… Ifoo innaany thikahala gothakah mind ga plan vx kohlaafa… V v v ufaavehje story reethi v ma ??????❤️❤️❤️… Once again thankyou so much ?????????…

  12. Livee says:
    June 26, 2018 at 11:13 am

    Varah salhi.kaaku back e aee dho.when next part??

    1. Ifoo ifoo says:
      June 27, 2018 at 6:04 pm

      Thankyou so much Livee ❤️❤️❤️??????????????????… Let’s see dhw kaaku thr e aee… Hehe… Ifoo now next part submit kohlaifinn ???…

  13. Ahmed says:
    June 27, 2018 at 2:47 am

    Wow wonderful vrh reethi mi part ves ??❤️

    1. Ifoo ifoo says:
      June 27, 2018 at 6:05 pm

      Thankyou so much Ahmed ❤️❤️❤️??????????????????… V v v ufaavehje story reethi v ma ???…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 19←


All Right Reserved!