އައްސަލާމް އަލައިކުމް!! ސިޓިން ރޫމް އިން މީހަކު ފެންނަން ނެތުމުން ލަމް ވަރަށް ބާރަށް ސަލާމް ގޮވާލިއެވެ. ސަލާމްގެ އަޑު ނަފޫ އަށް އިވުމާއެކު ކޮޓަރިން ނިކުތެވެ. ނަފޫއަށް އެއީ ލަމް ކަން އެނގުމުން ވަރަށް ބާރަށް ގޮސް އަތުގަ ހިފާ ކޮޓަރިއަށް ވެއްދިއެވެ. ” ލަމް! އަހަރެން ހަމަ ލަމް ނައިސްގެން ގުޅަން އުޅުނު ތަނާ ތި އައީ” ނަފޫ އަވަސް ރާގަކަށް ބުނެލިއެވެ. “އަދި މާ ލަހެއް ވެސް ނުވެއެއްނު ލަސްވެގެން ގުޅަން”.. ކިހިނެއްވީ އަނެއްކާ؟ ކޮން މޮޔަ ކަމެއް ކުރީ!” ލަމް ޖެއްސުން ކޮށްލިއެވެ.” ހަނދާން ވޭތަ މިއަދު ހަވީރު އަރެން ދެއްކީމެއްނު ވަރަށް ރީތި ކުއްޖެއް؟ އެނާ އުޅެނީ… ނަފޫ އަށް ބުނެވުނީ މިވަރަށެވެ. އޭނާގެ ވާހަކައަށް ހުއްޓުމެއް އައީ އެކޮޓަރީގައި ޓަކި ޖަހާ އަޑަށެވެ. ނަފޫ ދޮރު ހުޅުވާލީ ވަރަށް ފޫހި ގޮތަކަށެވެ. އޭނާގެ ވާހަކަ މެދު ކެނޑުނީމަ އެވެ. ދޮރު ކުރިމަތީ ހުރީ އޭނާގެ މަންމަ ނަފީސާއެވެ. އޭނާ ދޮރު ހުޅުވާލުމާއެކު ނަފީސާ ބުންޔެވެ. ”ދަރިފުޅާ ނަފޫ! ދޭބަލަ މާމާ ގޯޗަށް!.. މާމަ އިންނާނެ މިހާރު ބަނޑުހައިވެފަ.. މަތި ޖަހާފައި ހުރި ތަތްޓެއް ދިއްކޮށްލަމުން ނަފީސާ ނަފޫ ކައިރީގައި އެދުނެވެ.” އޯކޭ މަންމާ! މި ދަނީ..” ނަފޫ ޖަވާބް ދިނެވެ. ނަފީސާ އުޅުނީ ވަރަށް އަވަދި ނެތިއެވެ. އޭނާ އަށް ލަމް އަށް ގޮވާލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އެހެން ބުނުމަށް ފަހު ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ. “އޭ ނަފޫ! މި ދަނީ ގަރުދިޔަ އަޅަން ބަދިގެއަށް!”ކޮޓަރިން ނުކުއްނަމުން ލަމް ނަފޫ ކައިރީގައި ބުންޏެވެ. އާލިމު އާއި ހާމިދު ދެމީހުން ސައިބޮއެގެން ބަދިގެއިން ގޭގެ އަނެއް ފަރާތައް ނުކުމެލީ ފިނި ވައި ޖައްސާލުމަށެވެ. އާލިމު އަކީ މީގެ ކުރިން މާލެ ނޫން އެހެން ރަށެއްގެ ހިތްގައިމުކަން ދެކިފައިނުވާ މީހެކެވެ. ވަރަށް ހިތްގައިމު ވަގުތެކެވެ. ޖެހެމުން އައި ފިނި ވައިރޯޅި އާލިމުގެ ހަށިގަނޑުގައި ބީހެމުން ދިޔަ ހިނދު އާލިމް އަށް ކުރެވުނީ ވަރަށް ފުން އިހްސާސް އެކެވެ. އޭނާއަށް އެވަގުތު ފެންނަމުން އައި ރީތި ހަނދުވަރުގެ ފޮޓޯއެއް ނަގާލަން ހިތް އެދުނެވެ. އާލިމުއަށް އެނާގެ ފޯނު ޖީބުގައި ނެތްކަން އިހްސާސް ކުރެވުނީ ޖީބުގައި އަތް ޖައްސާލީމައިއެވެ.”’އަހަނ.. އަހަރެންގެ ފޯނު ބަދިގޭގަ ބާއްވާފަ މި އާދެވުނީ..” އާލިމް ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ބަދިގޭގެ ދޮރުމަތީގައި އާލިމުއަށް ހުރެވުނީ ހުއްޓުންއަރާފައި އެވެ.ދުވަހަކުވެސް ނުދެކޭފަދަ ރީތި އެއްޗެއް ފެންނަފަދައެވެ. އާލިމް ގެ ހިތުގެ ހިނގުން އަވަސް ވިއެވެ. އެމުނޫން ސާދަވިލޭރޭގެ ހަނދެއް ސިފަ ވެހެގެން ދިޔައެވެ. އާލިމް އަށް ހުރެވުނީ ކަޅިވެސް ޖަހާނުލައެވެ. މަޑުމަޑުން ބަދިގެތެރެއަށް ވަދެއެފުރިހަމަ އިންސާނާ އައާ ކައިރިއަށް ޖެހިލެވުނެވެ. ބޭއިހްތިޔާރުގައިއެވެ. ލަމްގަރުދިޔަ އެޅުމަށްފަހު ތަށި ނަގައިގެން ގެެއަށް ދާން އަނެއްފަރާތަށް އެނބުރުނެވެ. ނަމަވެސް ކުރިައަށް ދެވޭ ގޮތެއްނުވިއެވެ. ކުރިމަތީ ހުރި މީހެއްގެ ގައިގައި ޖެހިފައި އަރިއަޅައިލިއެވެ. ނަމަވެސް އެ މީހަކީ ވަރަށް ހުށީޔާރު މީހެކެވެ. އޭނާ ލަމް ވެއްޓުނަ ނުދީ އަތުގައި ހިފައި ބާރު ކޮށްލިއެވެ. އޭރު ލަމްގެ ފަން އިސްތަށިގަނޑު އޮތީ މޫނު މައްޗަށް ވިހުރިފައިއެވެ. އެއްއަތުން އެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. އެވަގުތު އާލިމު އާއި ލަމްގެ ހަތަރު ކަޅި ހަމަ ވިއެވެ. އާލިމު އަށް ކުރެވުނީ ވަރަށް ފުން އިހްސާސް އެކެވެ. ހީވީ ފުރަތަމަ ނަޒަރުން ލޯބިވެވުނީ ހެންނެވެ. ލަމް އާލިމު ގެއަތަށް ބާރު ލުމަށް ފަހު ތެދުވިއެވެ. އޭނާއަށް ލަދުން ހުރެވުނު ތަން ވެސް ނޭގުނެވެ. ހިތް އެދުނީ އަވަހަށް އެތަނުން ދިއުމަށެވެ. އިސް ޖަހާލުމަށް ފަހު އެތަނުން ހިނގައިގަތީ ޝުކުރު ވެސް އަދާ ކޮށް ނުލައެވެ. ލަމް ލަދުގަތް ވަރުން އެތާ ހުންނަން ބޭނުން ނުވީއެވެ. އަވަސް ފިޔަވަޅެއްގައި ލަމް ބަދިގެއިން ނިކުމެގެން ގެއަށް ހިނގައިގަތެވެ. އާލިމުއަށް އެ މޫނު ލޯމަތިން ސިފަ ކުރެވެނީ ބޭއިހްތިޔާރުގައި އެވެ. ފެންނަ ކޮންމެ ފަހަރަކު އޭނާގެ މޫނުމަށްޗަށް ހިނިތުން ވުން ވެރިވެގެން ދިޔައެވެ. ” އެއީ ކޮން ފަދަ ރީތި ކަމެއް؟” އާލިމް ހިތަށް އަރަމުން ދިޔަ އެވެ. އޭނާ ބޭނުން ވީ އެއީ ކާކުތޯ ބަލާ ހޯދުމަށެވެ. ފޯނު ހިފައިގެން ބޭރަށް ނިކުމެފައި ހާމިދު ކައިރިން އެއީ ކާކުތޯ ސުވާލު ކުރިއެވެ.އޭނާ ހާމިދުއަށް އެ ކުއްޖާ ހުންނަ ގޮތް ސިފަ ކޮށްދިނެވެ. ހާމިދު އެއީ ނަފޫގެ އެންމެ ގާތްއެކުވެރިއާ ލަމް ކަމަށް ކިޔައިދިނެވެ. އާލިމު އެވަގުތު ހިތާހިތުން ލަމް ގެ ނަން ކިޔަމުން ދިޔައެވެ. ލަމް އަށް ގެއަށް ދެވުނު އިރު ހުރީ ވަރަށް ލަސް ވެފައި އެވެ. އޭނާގެ މާމަ އޮތީ ވަރަށް ބަނޑުހައި ވެފައި އެވެ. ލަމް އަވަސް ވެގަތީ މާމައަށް ކާން ދިނުމަށެވެ. މާމަ އަށް ކާން ދޭން ފެށުމާއެކު ލަމް އޭނާ ލަސް ވި ސަބަބު ކިޔައިދިނެވެ. މާމަ އަށް ވާހަކަ ނުދެއކުނަސް ދައްކާ ހުރިހާ ވާހަކަ އެއް އިނގެއެވެ. ލަމް އެވާހާކަ ކިޔައި ދިނުމުން މާމަ ގެ މޫނު މައްޗަށް ހިނިތުން ވުން ވަރަށް ބޮޑަށް އައެވެ. ލަމް ވެސް މާމަ އާއެކު މި އުފާވެރި ވަގުތު ކޮޅުގައި ބައިވެރި ވިއެވެ. ކައި ނިންމުމަށް ފަހު ލަމް މާމަ އަށް ދޭން ހުރި ބޭސް ދިނެވެ. އަދި މާމަ ފެންވަރުވާ ނިދަން ތައްޔާރު ކުރިއެވެ. ލަމް އޭނާގެ މާމަ ގެ ހުރިހާ ކަމެއް ކޮށް ނިމުމަށް ފަހު އަވަސް ވެގަތީ ނަމާދު ކުރުމަށެވެ. ނަމާދުން ނިމިގެން އަވަހަށް ނިދަން އޮށޯތެވެ. ނިދަން އެރުމަށް ފަހު ނަފޫ އަށް ގުޅުމަކީ މިހާރު ލަމްގެ ކަށިގައި ހަރުލައިފަ އޮންނަ އާދައެކެވެ. ދެމީހުން ވެސްް އެދުވަހު ވީހާ ކަމެއް އެކަކު އަނެކަކަށް ކިޔައިދެއެވެ. ލަމް ފޯނު ނެގުމަށް ފަހު ނަފޫ އަށް ގުޅާލިއެވެ. ނަފޫއަށް ލަމް ގުޅާތަން ފެނުމުން ކުރަން ހުރި ކަންތައް ހުއްޓާލުމަށްފަހު ފޯނު ނެގިއެވެ. ” ލަމް…. އަހަރެން ބުނަން އުޅުނު ވާހަކަ ނުނިމެނީސް ތިދިޔައީ… ދިޔައިރު ބުނެވެސް ނުލާ..” ލަމް އަށް ވާހަކަ ނުދެއްކެނީސް ނަފޫ ވާހަކަ ޝަކުވާ ކުރިއެވެ. ” އާން.. ވަރަށް އެހެން ކަހަލަ ކަމެއް ވެގެން ދިޔައީ އަވަހަށް..” ލަމް ޖަވާބު ދިނެވެ. ” ހޫން.. ޔަގީން ކޮންމެވެސް ކަމަކާ ލަދުން ދޯ ދިޔައީ.. ސަމަސާ ރާގަކަށް ނަފޫ ލަމް އާއި ދިމާ ކޮށްލިއެވެ. ” ތިޔެއް ނޫނޭ މިރޭ މަވެސް ލަދުން ކިރިޔާ ނުވިރުނީ.. މަ ހަވީރު ބަނދަރުމަތިން ވަރަށް ރީތި ފިރިހެން ކުއްޖެއް ދެއްކީމެއްނު؟ އޭނާ ހުންނަނީ މިގޭގަ..” ނަފޫއަށް މިހެން ބުނުމުން ލަމް އަށް ވީ ގޮތް ވެސް ބުނެދޭން ނޭނގުނެވެ. އެއީ އެ ބީރައްޓެހި ކުއްޖާ ކަން އެނގުމުން މާ ބޮޑަށް ލަދު ގަތެވެ. ނަފޫ އޭނަ ކުރި ކަންތަކުގެ ވާހަކަ ލަމް އަށް ކިޔަިއި ދިނުމުން ދެމީހުން އެކީ ސަކަރާތް ޖެހިއެވެ. ލަމް ވެސް އޭނާ އަށް ދިމާވި ކަންތައް ނަފޫއަށް ކިޔައި ދިނުމުން ނަފޫ ލަމް އާއި ޖެއްސުން ކުރަން ފެށިއެވެ. ” ހިންދީ ފިލްމެއްގެ މަންޒަރެއް ދޯ މި މިސް ކޮށްލެވުނީ..” ޖެއްސުމުގެ ރާގަކަށް ނަފޫ ލަމް އާއި ދިމާ ކުރަމުން ދިޔައެވެ. އެ ސަކަރާތުގެ ތެރޭގައި ތިއްބާ ދެމީހުންގެ ލޮލަށް ނިދި ޖަމައުވެގެން ފޯނުގައި ދެމީހުންނަށް ނިދިއްޖެއެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ. އާލިމް އޭނާގެ އަށް ތައްޔާރު ކޮށްފައިވާ ކޮޓަރިއަށް ވަނުމަށް ފަހު ނިދަން އޮށޯތެވެ. ލޯމަރާލި ކޮންމެ ފަހަރަކު އޭނާ އަށް ފެންނަމުން ދިޔައީ އެ ނަލަ ސޫރަ އެވެ. އަދި އެވަގުތު ފޯނުގެ ލަވަ ލިސްޓުން ލަވައެއް ޖަހަން ފެށިއެވެ. ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. މިތުރާ ނުނިދޭ.. ހަނދުމަވަނީ… އަދި މިލަވައިގެ ތެރެއަށް ގެއްލި އޮވެ، ނިދިއްޖެވެ. އަނެއް ދުވަހުގެ އިރު ދުނިޔެއަށް އަލި ކޮށްލައިފިއެވެ. ވަރަށް ހިތްގައިމު ދުވަހެކެވެ. ލަމް ފަތިސް ނަމާދަށް ފަހު، ގޭތެރޭ ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާލިއެވެ. މާމަ ގެ ކަންތައްތައް ނިންމުމަށް ފަހު އޭނާ ތައްޔާރުވަމުން ދިޔައީ ހޮސްޕިޓަލް އަށް ދިޔުމަށެވެ. ލަމް އަކީ ވަރަށް ގަޑިއަށް ފަރުވާތެރު ކުއްޖެކެވެ. ހޮސްޕިޓަލް ހުންނަނީ ގެއާ ތަންކޮޅެއް ދުރުގައި ވުމުން އޭނާ ގެއިން ވަރަށް އަވަހަށް ނިކުމެވެ. ލަމް މަގުމަތިން ހިނގާފައިދާ އިރު އެ ޖެހެމުން އަންނަ ވަޔަކީ އޭނާ އަށް ވަރަށް ހިތްގައިމު ކަން ލިބޭ ކަމެކެވެ. މަޑު ހިނދުމެއްގައި ހިނގަމުން ގޮސް ލަމް ހޮސްޕިޓަލް އަށް ވަދެއްޖެއެވެ. ގަދަ ނިދީގައި އޮތް އާލިމް ނިދިން ހޭލެވުނީ އޭނާގެ ފޯނު އެލާމް ވާ އަޑަށެވެ. އެއީ އެނާގެ އެންމެ ގާތް ރަހުމްތެރިޔާ ސާޖިދް ބަލާ ދާން ޖެހޭތީއެެވެ. އަވަސް އަވަހަށް ފެންވަރާލައިގެން އާލިމް ހާމިދް ގެ ސައިކަލު ފަހަތަށް އެރީ ބަނދަރު މައްޗަށް ދިޔުމަށެވެ. ސާޖިދުއަކީ އޭނާގެ އެންމެ ގާތް އެކުވެރިއާއެވެ. އޭނާ އެއްނަނީ އާލިމް އެކޭ އެއްފަދައިން އެ ރަށުގައި އީދު ފާހަގަ ކޮށްލުމަށެވެ. ހާމިދުގެ ސައިކަލުގެ ދުވެލި މެދުމިނެއްގައި ބަހައްޓައިގެން ލަފާ ފުރާ ދިމާލަށް މިސްރާބް ޖެހިއެވެ. ބަނދަރާ ދިމާއައަށް ދެވެން އޮތީ ހޮސްޕިޓަލް ހުންނަ މަގުންނެވެ. ހޮސްޕިޓަލް އާ ކުޑަ ތަން ކޮޅެއ ދުރުން އާލިމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހޮސްޕިޓަލް ކުރިމަތިން މީހަކާ ވާހަކަ ދައްކަން ހުރި ލަމް ފެނުމުންނެވެ. ނުނިމޭ!
” ބަލާބަ އެހަރަ ކަމެއް! ހާދަ ރީއްޗޭ!” ލަމް ގެ އަތުގައި ކޮށްޓަމުން ނަފޫ ބުންޏެވެ. ލަމް އިސް އުފުލާލީ އެޒުވާނާގެ މޫނު ފެނޭތޯ އެވެ. އެހެން ނަމަވެސް މީހުން ގިނަ ކަމުން އޭނާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ހަމައެވަގުތު އާލިމް ރަށުގެ ފަސްގަނޑުގައި ފައި ޖައްސާލިއެވެ. އާލިމްއަކީ މާލެއަށް އުފަން ކުއްޖެކެވެ. މިއީ އޭނާގެ ހަޔާތުގައިވެސް މާލެ ނޫން އެހެން ރަށަކަށް އައި ފުރަތަމަ ފަހަރެވެ. ނަމާދް ވަގުތު ކައިރި ވަމުންދާތީ ލަމް އާއި ނަފޫ ގެއަށް ދާން ހިނގައިގަތެވެ. ލަމް ފަސް އެނބުރި ބަލާލީ އާލިމް ގެ މޫނު ފެނޭތޯއެވެ. އެހެން ނަމަވެސް މީހުން ތަކު ތެރެއިން އާލިމް ފެންނަ ގޮތެއް ނުވިއެވެ. އާލިމް އަކީ މީހުންނާ ވަރަށް ގުޅިގެން އުޅޭ މީހެކެވެ. މިއީ އާލިމް މިރަށަށް އައި އެންމެ ފުރަތަމަ ފަހަރު ކަމުގައި ވިޔަސް އޭނާގެ ބިރައްޓެހި ކަމެއް ނުފެނެއެވެ. ވަރަށް އެކުވެރި އެވެ. އޭގެ އިރުކޮޅެއް ފަހުން މީހަކު ސައިކަލެއްގައި އާލިމް ބަލާ އަތުވެއްޖެއެވެ. ބަނދަރު މަތީ އެއްވެފަ ތިބި މީހުންނާ ސަލާމް ކޮށްލުމަށް ފަހު އާލިމް ސައިކަލަށް އަރާ މި ރަށުގައި ހުންނަ ގެއާ ދިމާލަށް ނައްޓާލައިފިއެވެ. އާލިމް މިރަށަށް އައުމުން މީހުން އެހާ އެއްވެ ސަލާމް ކުރީ އާލިމް މުއްސަދި ކުއްޖަކަށް ވީމަ އެކަންޏެއް ނޫނެވެ. އާލިމް ބައްޕައާއި މިރަށުގެ މީހުންނާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. އާލިމް ބައްޕަ އެރަށަށް ކޮށްދިން ރަގަނޅު ކަންތައް ތަކުގެ ސަބަބުންނެވެ. ” މިއީ ހާދަ ހިތް ހެޔޮ ބަޔެއް އުޅޭ ރަށެއް ދޯ؟” އާލިމް ސައިކަލަށް އެރުމާ އެކު ބުންޔެވެ. ” އާން ޝާފިއު ބެ ކަހަލަ ރަގަނޅު މީހެއްގެ ދަރިއަކަށް ހެޔޮ ނުވާނީ ކާކު؟” ތައުރީފް ގެ ރާގަކަށް ސައިކަލް ކުރީގައި އިން ހާމިދް ބުނެލިއެވެ. ނަފޫއަށް ގެއަށް ދެވުނު އިރު ހުރީ ކުޑަކޮށް ލަސް ވެފައި އެވެ. އެއީ ލަމް ގެއަށް ލާން ދާން ޖެހުނީމަ އެވެ. ގެއަށް ވަނުމާއެކު ނަފޫ އަށް އޭނާ ގެ މަންމަ ވަރަށް އަވަދި ނެތި އުޅޭތަން ފެނުމުން ސުވާލު ކޮއްލިއެވެ.” މަންމާ! ހާދަ ބުރަކޮށްލަިއިގެން؟ މާ ހާއްސަ ކަމެއް އޮތީތަ؟” ފަހަތުން މަންމަ ގައިގަ ބައްދަމުން ނަފޫ އަހާލިއެވެ.”އާން! މުޅިދުވަސް އެއްކޮށް ބޭރުގަ އުޅެންޔާ ގޭތެރޭގަ ހިންގާ ކަންތައް ތައް ނަފްހާ އަކަށް ނޭންގޭނެ” ހިތްހަމަ ނުޖެހިފަ ހުރި ގޮތަކަށް ނަފޫގެ މަންމަ ނަފީސާ ޖަވާބް ދިނެވެ. ” ދެން މަންމާ! އީދު އަންނާތީ ވަރަށް ބިޒީ… ބަށި ފަރިތަކުރުމުގަ މުޅި ދުވަސް ހޭދަަ މިވަނީ!! ދެން މަންމަ ރުޅި ނައިސް ބުނެބާ!! ނަފޫ އާދޭހާ އެކު އޭނާގެ މަންމަ އާއި ސުވާލު ކުރިއެވެ.””މިއުޅެނީ ދަރިފުޅުގެ ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅު މިގެއަށް ހުންނަން އަންނާތީ..އެކަމުގެ ތައްޔާރީތައް މި ވަނީ” ނަފީސާ ކިޔައި ދިނެވެ.” އަޅެ މިއީ އެ ބަނދަރު މަތިން ފެނުނު ޒުވާނާ އަށް ވާނެ ނަމަ ކިހާ ރަނގަޅު” ނަފޫގެ މަންމަ މިހެން ބުނުމާ އެކު އޭނާ ހިތާ ހިތުން އެދުނެވެ. ” މާމާ ހިނގާ އެއްޗެއް ކާލަން! ބޭސް ކައި ގަޑިވެސް ޖެހެނީ އެއްނުން! ނަމާދު ކޮށް ނިންމުމަށް ފަހު ލަމް އޭނާގެ މާމަ ކޮޓަރިއަށް ވަންނަމުން ބުންޔެވެ.އޭރު ލަމް ގެ މާމަ އޮތީ އެނދުގައި އޮށޯވެލަިގެންނެވެ. މާމަ އަކީ ހިނގޭ އަދި ވާހަކަ ދެއްކޭ މީހެއް ނޫނެވެ. މީގެ ދެއަހަރެއް ކުރިން މާމަ އަށް ސިކުނޑި އަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެއްފަޅިން ވާގި ނެތި ވާހަކަ ދެއްކުން ވެސް ވަނީ ހުއްޓިފައި އެވެ. އޭގެ ފަހުން މާމަ ފެންވަރުވާ މާމަގެ ހުރިހާ ކަމެއް ބަލަހައްޓަނީ ލަމް އެވެ. މާމަ އަށް ކާން ދިމަށްޓަކައި ލަމް ހިނގައި ގަތީ ބަދިގެއާ ދިމާލަށެވެ. ލަމް މެން ގެ ހުންނަނީ ވަރަށް އަދައިގެ ފެންވަރަށް ހަދާފައިއެވެ. ވާނީވެސް އެހެންތާ އެވެ. މާލީ ހާލަތު ހުންނަ ގޮތުން ގެ ނުހެދެނީ އެވެ. ލަމް ބަދިގެ ދޮރު ހުޅުވާލި އިރު ބަދިގެއިން ވަރަށް ބާރަށް ބުޅަލެއް ނިކުތެވެ. ލަމް ދިޔައީ ސިއްސައިގެންނެވެ. ބަދިގެއަށް ވަދެ ތައްޓަށް ބަތް އަޅަން ބެލި އިރ،ު ބުޅާ އޮތީ ގަރުދިޔަ ތެލި ބަންޑުން ކޮށްލާފައެވެ. ލަމް އަށް ހަދާނެ ގޮތެއް ނޭންގުނެވެ. ގޭގައި ކައްކާނެ މަހެއް ނެތެވެ. ލަމް ހަދާނެ ގޮތް ނެގިފައި ހުރި ލަމް ނަފޫ އަށް ގުޅާލިއެވެ.ނަފޫމެން ގޭގައި ގަރުދިޔަ ހުރި ކަމުގައި ވިޔަސް، އެ ގެއަށް މެހެމާނަކު އަންނާތީ ނަފޫ އަށް އާދެވެން ނެތް ވާހަކަ ނަފޫ ބުންޏެވެ. އެހެން ކަމުން ލަމް އެ ގެއަށް ދާން ހިނގައި ގަތެެވެ. އާލިމް އަށް އޭނާ ހުންނަ ގެއަށް އާދެވުނީ ތަންކޮޅެއް ލަސް ވި ފަހުންނެވެ. އެއީ މިސްކިތައް ވަދެލާ ނަމާދު ކޮށްލުމަށް ފަހުގައިއެވެ. އާލިމް އާއި ޝާފިއު ގެއަށް ވަދެ ސޯފާގައި އިށިނެވެ. ހަމަ އެގަޑީގައި ނަފޫ ކޮޓަރިން ނުކުތީ ތުވާލިން ބޯ ހިއްކަމުންނެވެ. އަދި ކުރި ބަލާލުމެއް ނެތި ވަރަށް ބާރަށް ސޯފާއަށް ވެއްޓިޖެއެވެ. އެވަގުތު އޭނާ ގެ ތެތް އިސްތަށިގަނޑުން އާލިމްގެ މޫނޫގައި ވިހުރިލިޔެއެވެ. އެހިނދު ނަފޫ އަށް ސޯފާ ގައި އެހެން މީހަކު އިން ކަމުގެ ޢިހްސާސް ކުރެވުނެވެ. މަޑު މަޑުން އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ. އޭރު ކައިރީގައި އިން ޒުވާނަކު އޭނާ މޫނު މަތީ ހުރި ތެތް އިސްތަށި ނެގިއެވެ. އެެއީ ނަފޫއާއި އާލިމް ކަޅި އާއި ކަޅި ހަމަ ވި ވަގުތެވެ. ނަފޫ އަށް ހުރެވުނީ އާލިމް އަށް ގެއްލިފައި އެވެ.“ އާލިމް ކިހިނެތް؟ މިއީ ދައްތަގެ އެންމެ ހަގު ދަރިފުޅު.. ވަރަށް ސަކަރާތް ބޮޑުވާނެ!! އަނެއްކާ އާލިމް އަށް ޖެއްސުމެއް ކުރީތަ؟ފެންތައްޓެއް ދިއްކޮލަމުން ނަފީސާ އަހާލި އެވެ. “ ނޫނޭ ދައްތާ އެކަހަލަ އެއްވެސް ކަމެއް ނުވޭ!!” އާލިމް ފެން ބޮމުން ބުނެލި އެވެ.ވަރަށް މަޑު މަޑުން ސޮރީ އޭ ބުނެލުމަށް ފަހު ސޯފާ އިން ތެދުވެގެން ނަފޫ ކޮޓަރި އަށް ވަނެވެ. ސައި ތައްޔާރު ވުމުން ނަފީސާ އާލިމް އާއި ޝާފިއު އަށް ސައި ބޯން ގޮވި އެވެ. ރެއަކީ ހަނދުވަރު ދީފަ އޮތް ވަރަށް ހިތްގައިމު ރެއެކެވެ. ހަނދުގެ އަލިކަމުގެ ސަބަބުން އުޑު މަތީގައި ފިޔަ ޖަހާ ތަރިތައް ވަނީ ގެއްލިފައިއެވެ. ރަށުގެ ހަމަހިމޭން މަގުތަކުގައި ލަމް ހިނގައިފައި ދިޔައީ ވަރަށް ހަލުވި ހިނގުމެއްގައެވެ. ލަމް، ނަފޫ މެެން ގޭގެ ދޮރުމައްޗައް އެރުމަށް ފަހު ގޮވާލިއެވެ. ނުނިމޭ!!
އެއީ ހަވީރުގެ ހިތްގައިމު ވަގުތެވެ. ލަމް އިނީ ރަށުގެ ގޮނޑުދޮށުގައި އިށިދެލަިގެން މޫދާ ދިމާލަށް ގެއްލިފައިއެވެ. ޖެހެމުން އައި ފިނި ވައިރޯޅިތައް ލަމްގެ މޫނުގައި ބީހެމުންދެއެވެ. މި ފިނިކަން މޫނުގައި ބީހިގެން ދާ ހިނދު ލަމް އަށް ކުރެވުމުން ދަނީ ވަރަށް ފުން އިހުސާސްއެކެވެ. ލަމް އިނީ އޭނާގެ ހަޔާތުގައި ސަފްހާތަކުގެ ތެރެއިން ސަފްހާއަކަށް ގެއްލިފައިއެވެ. އޭނާގެ ހިތްދަތި ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ލަމްއަކީ ވަރަށް އަދައިގެ ދިރިއުޅުމެއްގައި އުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. އެނާ އަކީ ވަރަށް މަޑުމައިތިރި އެހާމެ ކިޔަމަންތެރި ކުއްޖެކެވެ.ލަމް ގެ ހުންނަ ރީތި ސިފައާއި، އޭނާގެ ރީތިކަމުގެ ވާހަކަ ރަށުގައި ނުދައްކާ މީހަކު މަދުވާނެއެވެ. އެހެން ނަމަވެސް ރަށުގެ މީހުން ލަމް ބަލައިގަންނަނީ ވަރަށް ބަދުނަސީބު ކުއްޖެއްގެ ގޮތުގައިއެވެ. ނަމަވެސް މިކަމުގައި ލަމްގެ އެއްވެސް މައްސަލަ އެއް ނެތެވެ. އޭނާ ވަރަށް ކުޑައިރު ކަނޑުމަތީ ކާރިސާއެއްގެ ސަބަބުން އޭނާގެ މައިބަފައިން ވަނީ މިދުނިޔެއާއަލްވަދާއު ކިޔާފަ އެވެ. އޭރު ލަމްގެ އުމުރުން އެންމެ5 އަހަރެވެ. އޭގެ ފަހުން ލަމް ބަލަމުންދަނީ ލަމް ގެ މާމައެވެ. އެހެންނަމަވެސް މިހާރުއެމާމަ ވަނީ ގައިބާރު ދެރަވެ ނިކަމެތިވެފައި އެވެ. އެއްވެސް ބުރަކަމެއް ނެތި ލަމް ދަނީ މާމަ ގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުންނެވެ. ލަމް ސްކޫލް ނިމުމާއެކު ލަމް ޖެހުނީ ވަޒީފާ އަދާކުރާށެވެ. އެއީ މާމަގެ ބަލިހާލަތާއި ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނެވެ. އެހެންކަމުން ލަމް އޯލެވެލް ނިންމުމަށް ފަހު ރަށުގެ ހޮސްޕިޓަލްގެރިސެޕްޝަނިސްޓް މަގާމަށް ކުރިމަތިލައިގެން ހޮވުނެވެ.ހޮސްޕިޓަލުން ލިބޭ ކުޑަ މުސާރައިން މާމަ އަށް ކޮއްދެންޖެހޭ ހުރިހާ ކަމެއް ލަމް ދަނީ ފުރިހަ ކޮށްދެމުންނެވެ. މިހިޔާލުތަކަށް ގެއްލިފަ އިންދާ ފަހަތުން މީހަކު ލަމްގެ ކޮނޑުމަތީގައި އަތްއަތްއަޅުވާލުމަށް ކޮށްޕާލިއެވެ. ލަމް ސިހިފައި ފަހަތަށް ބަލައިލިއެވެ. ފަހަތަށް ބަލައިލުމާ އެކު ލަމްގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ލަމްގެ އެންމެ ގާތް އެކުވެރިޔާ ނަފޫ އެވެ. ނަފޫއާއި ލަމްއަކީ އެންމެ ކުޑައިރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ކޮންމެ ކަމެއް ކުރިއަސްއެކުގައި ނޫނީ ނުކުރެއެވެ. ދެމީހުން އެކުގައި އުޅޭއިރު ހީވަނީ އެއްބަނޑު ދެމީހުންހެންނެވެ. އެހެންނަމަވެސް ނަފޫއާއި ލަމްގެ މިޒާޖް ވަރަށް ތަފާތެވެ. ނަފޫ އަކީ ވަރަށް ސަކަ މިޒާޖެއް ހުންނަ ކުއްޖެކެވެ. ކޮންމެވެސް ސަކަރާތެއް ޖަހާ ނުލާ ހިތްހަމަ ޖެހުމެއް ނަފޫ އަކަށް ނުލިބެއެވެ. “ކޮން ހިޔާލަކަށް ގެއްލިފަ؟ އަނެއްކާ ހުވަފެނުގެ ރާޖާ ފެނުނީތަ؟” ނަފޫ ލަމްކޮނޑުގައިއަތްއަޅުވާލުމަށް ފަހު ޖެއްސުމުގެ ރާގަކަށް ބުނެލިއެެވެ. ލަމް އެވަގުތު އަތުން ވެލިފޮޅަމުން އެތަނުން ތެދުވިއެވެ. އަދި ބުންޏެވެ.” ނޫން ހަމަ އިންދެލީ ފިނި ކޮށްލަން”. ” އެހެންތަ އަހަރެން ހީކުރީ ބަލިވެ ރަޖާ އަޅައިގެން ކަމަށް އޮތީ ބަށި ކުޅޭތަނަށް ނައިމަ” ލަމް ގެ ވާހަކަ ނުނިމެނީސް ނަފޫ ކުރިމަރާލުމަށް ފަހު ރައްދުދިނެވެ. އިރުއޮއްސެން ކަިރި ވުމާއެކު ލަމް އަދި ނަފޫ ހިނގައި ގަތީ ގެޔަށް ދިއުމަށްޓަކައެވެ. މަގުމަތީގައި ހިނގަމުން ދިޔަ ވަގުތު ވެސް ނަފޫ ބެލީ މަގުން ދާހާ މީހަކާ ޖެއްސުން ކޮށްލެވޭތޯއެވެ. ހިނގަމުން ހިނގަމުން ގޮސް ދޯނި ފުރާ ދިމާއަށް ދެވުނުތަނާހެން ދެމީހުންގެ ވެސް ނަޒަރު ހުތިގެން ދިޔައީ ރަށުގެ ރައްޔިތުން އެއްވެފައި އޮތް ދިމާލަށެވެ. ކޮންމެއަކަސް ނަފޫމިކަމުގެ ވާނުވާ ބަލަން ބޭނުން ވެއްޖެއެވެ. ނަފޫ އާދޭސް ކުރާ ވަރުން ލަމް އެތަަނަށް ދިޔުމަށް އެއްބަސްވިއެވެ. މީހުން ތަކު ތެރެއަށް ވަދެވުމާއެކު ނަފޫ އޭނާގެ ބޮޑު ދައިތަ ކުރެން އަހާލިއެވެ. ” މިއަދު މާ ހާއްސަ މީހަކު އައްނަނީތަ؟” މިހެން ބުނުމާއެކު އޭނާގެ ބޮޑު ދައިތަ ޖަވާބް ދިނެެއެވެ. ” ނޭގެ އަހަންނަކަށް ވެސް މާލޭގެ ވަރަށް މުއްސަނދި މީހެއް އައްނަނީ ޔޯ” މިހެން ބުނި ތަނާހެން ދޯނިން ވަރަށް ރީތި ޒުވާނަކު ނުކުތެވެ. ނަފޫ ލަމްގެ އަތުގައި ކޮށްޓަން ފެށިއެވެ. ނުނިމޭ!