މެރޭ ލޯ ދެކޭ…
މެރޭ ލޯ ދެކޭ ހޫނާ ވޭނީ ހަނދާނާ
އެދޭ ލޯބި ޔާރާ ދަނީއޭ ފުރާނާ
ވޭތުވީއެ މާޒީ ދީފާ އަރާމާ
ބަދަލުވީތި ޔާރާ ދަނީއޭ ފުރާނާ
މެރޭ ލޯ ދެކޭ..
ސްޓޭޖް މައްޗަށް އެޅުވިފައިވާ ސްޕޮޓްލައިޓްގެ އަލިކޮޅުގެ ތެރެއިން ފެންނަމުންދިޔަ ރީތީގެރާނީއެއް ފަދަ ރީފާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުންދިޔައެވެ. ސްޓޭޖްގެ މެދުގައި ގޮނޑިއެއް ބަހައްޓައިގެން ގިޓާ ހިފައިގެން އިންއިރު އެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ކުލަވަރުން ޝޯވ ބަލަންތިބި މީހުންގެ ހިތްތައްވެސް ވަނީ ކަތިލެވިފައެވެ. އެއަޑުގައިވި މަޑުމޮޅިކަމާއި ވޭނީ އަސަރުން މުޅި އޯޑިއެންސް ރޮއްވާލައިފިއެވެ. ލަވައިގެ މެދުތެރެއަށް ވެސް ނުދަނީސް ރީފާގެ ރަންއަޑުގެ ޖާދޫގައި އޯޑިއެންސް ރަނގަޅަށް ވެސް ޖެހިއްޖެއެވެ. ކޮސްވެފައި މަންޒަރު ބަލަން ތިބި މީހުންގެ ސިކުނޑިތަކަށް ނުވިސްނުނީ ރީފާގެ އިޚުސާސްތަކެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނާއި ނުރޮއި ލަވަ ކިޔާ ނިންމާލެވޭތޯ ކުރަމުން ދިޔަ ބުރަ މަސައްކަތް ފާހަގަވާނީ މަދު މީހަކަށެވެ. އޭރު ރީފާގެ ޚިޔާލުގައި ވަނީ އޭނާގެ ހިތި މާޒީއެވެ. އެއަޑިގުޑަން ގިނަ ދިރިއުޅުމުން އޭނާ ސަލާމަތްވި ގޮތެވެ.
އެއީ ރީފާ ގްރޭޑް އަށެއްގައި އުޅުނުއިރުއެވެ. އެހެން ގޮތަކަށް ބުނާނަމަ ކުއްޖާގެ ޙަޔާތުގައި ހުރިހާ ކަމެއް ތަޖުރިބާކޮށް ދިރާސާކުރަން އެންމެ ފޯރި ހުންނަ ނާޒުކު ދުވަސްވަރެވެ. މައިންބަފައިންގެ އަގުހުރި ނަސޭހަތްތަކަށް ބީރު ކަންފަތެއްދީ އެކުވެރިން ދައްކަމުން ދިޔަ ދަޅަތަކާ ދިމާއަށް ރީފާއަށް ދެވުނީ އެއީ ޠަބީޢަތުގައި މާކުރިއަށް ވެސް ހުރި ސިފައަކަށް ވުމުންނެވެ. މަންމަމެން ރޯލާފައި ކިޔަވާ ނިމިގެން ކުއްޖަކާ ރައްޓެހިވާން މަޑުކުރުމަށް ބުނުމުންވެސް އެ އެދުމާ ޚިލާފަށް ކަންތައް ކުރީ އެކުވެރިންގެ ކުރިމަތީގައި ” ގަޓު ” ކުއްޖަކަށް ވުމަށެވެ. ހުރިހާ އެކުވެރިންގެ ވެސް ލޯބިވެރިއެއް ހުންނާތީ ދެރަނުވާށެވެ.
ޙަޤީގަތަށް ބުނާނަމަ ރީފާ ނަހުޒާނާ ރައްޓެހިވީ ވަރަށް ވެސް ފޮނި އުންމީދުތަކަކާއެކުއެވެ. ކުދިންގެ މެދުގައި މަޤުބޫލު ރީތި ކުއްޖަކަށް ވެފައި ކިޔެވުމަށްވެސް މޮޅުވީމައެވެ. އާއިލާގެ ރުހުން އެ ގުޅުމަށް ލިބޭނެކަމަށް ރީފާ އެންމެ ބޮޑަށް ހީކުރި ސަބަބަކީ ނަހުޒާންގެ ކެރުންތެރިކަމާއި ތަޢުލީމަށް ދޭ ޝައުޤުވެރިކަމެވެ.
ނަމަވެސް ރީފާ ހީކުރިހާ ހެޔޮލަފާ އޯގާތެރި ލޯބިވެރިއަކަށް ނަހުޒާން ނުވިއެވެ. ކިތަންމެ މޮޅުވިއެއް ކަމަކު އުނގެނޭ ޢިލްމުގެ ބޭނުން ކުރާކަށް ހަމަ އެއްގޮތަކަށް ވެސް ނުދަނެއެވެ. އޯގާތެރިކަމަކީ ކޯއްޗެއް ކަންވެސް ނޭނގޭ ކަހަލައެވެ. ގޮތެއް ފޮތެއް ނެތް ނަހުޒާން ދިޔައީ ރީފާގެ މައުސޫމްކަމުގެ ނާޖާއިޒް ފައިދާ ނަގަމުންނެވެ. އޭނާ ދިޔައީ ރީފާއަށް އަމުރަކަށްފަހު އަމުރެއްކޮށް އޭނާ އަޅުވެތިކުރަމުންނެވެ. އަދި ލޯތްބަށް އެދި ފެންބޮވައިގަނެފައިވާ ރީފާ ދިޔައީ ނަހުޒާން ބުނިހާ ގޮތަކަށް ޢަމަލު ކުރަމުންނެވެ. ނަހުޒާނުގެ ލޯބި ހޯދުމުގެ ނިޔަތުގައެވެ.
ރީފާއާ ނަހުޒާންގެ ގުޅުން ބަލިކަށި ކުރުވަނިވި އެންމެ ބޮޑު ސަބަބަކަށްވީ ނަހުޒާނުގެ ރުޅިގަދަ މިޒާޖެވެ. ރައްޓެހިވެގެން ހަފްތާއެއްވެސް ނުވަނީސް ނަހުޒާންގެ އަސްލު ކުލަ ދައްކާލިއެވެ. ފުރަތަމަ ދުވަހުވެސް އޭނާ ރީފާދެކެ ރުޅިއައީ އޭނާ ކައިރީ ނުބުނެ ރީފާ ބޭރަށް ދިޔުމުންނެވެ. ހާލަކުން ފަހަރަކު ކަހަލަ ގޮތަކަށް ބޭރަށް ދާ ކުއްޖާ އެންމެ ދުވަހަކު ބޭރަށް ނިކުމެލިކަމަށްޓަކާ ނަހުޒާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކުދިންގެ ތެރޭގައި ހުއްޓާ އަތުގައި ހިފައި ދަމާފައި ދުރަށް ގެންގޮސް ހިތުހުރި އެއްޗެއް ކިޔާލިއިރު ރީފާ ހުރީ ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ވެސް ނޭނގިފައެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ފައިބައިގަތީ ނަހުޒާން ހަމަމިހާރު ގެޔަށް ދިޔުމަށް އަމުރުކޮށްފައި ދިޔުމުންނެވެ. އެދުވަހު ހިނގި ހާދިސާ ރީފާ އެކަކަށްވެސް ކިޔާނުދިނީ ނަހުޒާނާ ރުޅިވާން އެކުވެރިން ބާރުއަޅާނެކަން އެނގޭތީއެވެ. ނަހުޒާން ކިތަންމެ ރުޅިގަދަޔަސް ހަމަހޭގައި ހުންނައިރު ވާހަކަ ދައްކާލެއް ލޯބި ކަމުން ދުރުވާން ރީފާގެ ޅަހިތް ބޭނުންނުވީއެވެ.
އެދުވަހުގެ ފަހުން ނަހުޒާންގެ އަމުރުވެރިކަން ދިޔައީ ކުރިއަށެވެ. ފޭސްބުކާއި ވައިބަރ ފަދަ ސައިޓުތަކަށް ރީފާއަށް ވަނުން މަނާވީ ފޭސްބުކްގައި އޭނާގެ ބޭބެއަކާއެއްކޮށް ފޮޓޯއެއް ނަގައި އެފޮޓޯ އޭނާގެ ބޭބެ ޕޯސްޓްކުރުމުންނެވެ. އެކަންތައްވެސްވީ ނަހުޒާނަށް ހަޖަމުކުރަން ދަތިވި ކަމަކަށެވެ. އެދުވަހު ނަހުޒާން އެއްޗެހި ކިޔާލިއިރު ރީފާއަށް ހަމަ ރަނގަޅަށް ވެސް ރޮވުނެވެ. ހައިރާންވީ އެވަރު ކުޑަކަމަކާ ނަހުޒާން ރުޅިއިސްކޮށް އެހާ ހަޑިކޮށް އެއްޗެހި ގޮވާލުމުންނެވެ. އެކަމުގައި އޭނާގެ ކުށެއް ކޮބާހެއްޔެވެ؟ ބޭބެއަކާ އެއްކޮށް ފޮޓޯއެއް ނެގުމަކީ ޖަލުހުކުމް އިއްވާ ވަރުގެ ބޮޑު ކުށެއް ހެއްޔެވެ؟ އެހެން ކުދިން ވެސް އެގޮތަށް ފޮޓޯ ނަގައި ލާފައި ހުރެއެވެ. ބޭބެއަކާ އެއްކޮށެއް ވެސް ނޫނެވެ. ތިމާގެ ކަމުގެ އެއްވެސް ގުޅުމެއް ނެތް ރައްޓެހި ކުދިންނާ އެއްކޮށް ވެސް ނުހަނު ގާތްކޮށް ފޮޓޯ ނަގާފައި ހުރެއެވެ. ނަމަވެސް އެހެން ކުދިންގެ ލޯބިވެރިންނެއް އެހާ ރުޅިއެއް ނާދެއެވެ. ރުޅިއަޔަސް އެހާ ހަޑިކޮށް އެއްޗެހި ނުކިޔާނެކަން ގައިމެވެ. ފޭސްބުކަށް ވަދެއްޖެއްޔާ ހޭއަރުވާލާނަމޭ ކިޔާ ބިރު ނުދައްކާނެކަން ކަށަވަރެވެ. އަދި އަމުދުން އެފޮޓޯ ލީވެސް އޭނާއެއް ނޫނެވެ. ބޭބެއެވެ. ދެން ނަހުޒާން ކިޔާ އެއްޗެއް ބޭބެއާ ދިމާއަށް ކީމަވީނު ހެއްޔެވެ؟
ކަންތައް މިހެން ދިމާވާން ފެށުމުން ރީފާގެ ހިތުގައި ނަހުޒާނަށް ބިރުވެރިކަން އުފެދެން ފެށިއެވެ. ސްކޫލަށް ދިޔަޔަސް އަބަދު ފަރާތް ފަރާތް ހޯދާލަ ހޯދާލާ ހުރެވެނީ ކުދިންތަކުގެ ތެރޭގައި ވެސް ނަހުޒާން އައިސް އެއްޗެހި ކިޔާ އޭނާ ފަޟީހަތް ކޮށްލަންވެސް ފަސް ނުޖެހޭނެކަން އެނގޭތީއެވެ. ގޯސް ސިފައެއްގައި ވިޔަސް އަބަދު ނަހުޒާންގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި އެނބުރުންވީ ކިޔެވުމަށްދޭންޖެހޭ ޝައުޤުވެރިކަންވެސް ރީފާއަށް ނުދެވުނު އެންމެ ބޮޑު ސަބަބަށެވެ. މި ނަފްސާނީ ބިރުވެރިކަމުގެ ނަތީޖާ ފެނިގެން ދިޔައީ ހީވެސް ނުކުރާހާ ހިތިކޮށެވެ. އަބަދުވެސް އޭ ސްޓަރ ހޯދާ ކުއްޖާ ސީއަކަށް ވެއްޓުންވީ ރީފާގެ ހަސަދަވެރިންނަށް ދެޢީދު އެއްފަހަރާ ލައިގަތުން ފަދަ އުފާވެރި ކަމަކަށެވެ. މަތި އޮމާންކޮށްލައިގެން ހެޔޮއެދޭ ކަމަށް ހެދިގެން ރީފާގެ ވެއްޓުމަކަށް އެދިއެދި ތިބި އޭނާގެ ކްލާސްކުދިންނަށް ރީފާއާ ދިމާއަށް އެއްޗެހިކިޔާ ރޮއްވާލަން ލިބުނު ރަނުގެ ފުރުސަތަކަށް މިކަން ވެގެން ދިޔައެވެ.
ފުންމިން ނޭނގޭ ކަނޑެއްގައި ރީފާ ދިޔައީ ގެނބެމުންނެވެ. އެހީއަށް އެދި ގޮވާނެ ވާލެއް އިޔާރެއް ނެތެވެ. އާނއެކެވެ. އެކުވެރިންގެ މި ނުބައި ޢަމަލުގެ ވާހަކަ އާއިލާއާ ހިއްސާކުރަން ރީފާ ފަސްޖެހުނީ އަދިވެސް އެހިތުގައި އެ އެކުވެރިންނަށް އޮތް ޤަދަރެއްގެ ބޮޑުކަމުންނެވެ. އެކުވެރިން ކިތަންމެ ނުލަފަޔަސް އޭނާއަކީ ދުވަހަކުވެސް އެކުވެރިން ގޯސްކޮށްފައި އެކެއް ކައިރީވެސް ވާހަކަ ދެއްކި އަދި ދައްކާނޭ ކުއްޖެއް ނޫނެވެ. ދެން ހުރީ ނަމެއްގައި އޭނާގެ ލޯބިވެރިޔާ ނަހުޒާނެވެ. އެ ހިތާމަވެރި ދަނޑިވަޅުގައިވެސް ރީފާއަށް އަޅާލާ ކެތްތެރިވުމަށް ހިއްވަރު ދިނުމުގެ ބަދަލުގައި އޭނާ ދިޔައީ ރީފާއަށް އުނދަގޫ ކުރަމުން ދިޔަ ކުދިންނަށް އެކަން ކުރުމަށް ހިއްވަރު ދެމުންނެވެ. އިންސާނެއްގެ ސިފައިގައި ހުއްޓަސް ހިތެއް ނެތް އިބިލީހެކެވެ.
ދެންވީ އަދި މާ ހިތާމަވެރި ގޮތެކެވެ. ކުދިންގެ ފުރައްސާރަތަކަށް ފުރަގަސްދީ ހުރިހާ ހިތާމައެއް ބަރުދާސްތު ކުރަމުން އައި ރީފާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީއެވެ. އަރައިކާ ޖަނަވާރުތަކެއް ފަދައިން ރީފާގެ އެކުވެރިންތައް އޭނާއާ ބެހެމުން ދިޔައިރުވެސް އެންމެ ކަރުނަތިއްކެއް ވެސް ރީފާ ނުވައްޓާލައެވެ. ކިތަންމެ ދެރަވިއެއް ކަމަކު އެތެރެއަށް ހިންދާލައިގެން ހިތާހިތާ ރޯލަރޯލާ އިނީއެވެ. ރީފާގެ މި އާދަޔާޚިލާފު ހިއްވަރު ފެނި ހައިރާން ނުވާ މީހެއް ނެތެވެ. ނުވިތާކަށް މިކަމުގެ ސަބަބުން އޭނާއަށް ހެޔޮއެދޭ މީހުންގެ ހިތްތަކުގައި ރީފާއަށް އުފެދިފައިވާ ލޯބި އިތުރުވިއެވެ. ރީފާގެ އެ ކެތްތެރިކަމުގެ ސަބަބުން ދިރިއުޅުމުގައި އެހާ ކަތި ފިޔަވަޅެއް އަޅާނެޔޭ އެކަކު ވެސް ހިތަކަށް ނާރައެވެ
ރީފާގެ މި ޢަމަލުވީ އޭނާއަށް އަނެއްކާވެސް އުފާވެރި ޙަޔާތަކަށް މަގުފަހިކޮށްދިން ޢަމަލަކަށެވެ. އޭނާއާ އެކިގޮތްގޮތުން އުނދަގޫ ކުރަމުން އައި ކުދިންނަށް ހެޔޮ ވިސްނުން ލިބި އޭނާގެ ކިބައިން މާފަށް އެދުނެވެ. އެ ހުރިހާ ކުދިންނަށް ވެސް ރީފާ މާފު ކޮށްދިނީ ހެޔޮ ހިތަކުން ހިނިތުންވުމަކާ އެކުއެވެ.
ެރީފާ އެންމެ އުފާވީ ނަހުޒާނަށް ވިސްނުމުންނެވެ. އެރޭ ނަހުޒާން އޭނާ ގާތަށް ހޮސްޕިޓަލަށް އައިސް އޭނާގެ ފައިބުޑަށް ތިރިވެ މާފަށް އެދުނެވެ. އެ ފެންކަޅިވެފައިވާ ލޮލަށް ބަލާލުމުން އެކަނިވެސް ރީފާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެންދިޔައެވެ. ވަގުތުން މާފު ކުރެވުނީ ނަހުޒާން ރޯތަން ބަލަން އޭނާއަށް ކެތްނުކުރެވޭނެތީއެވެ. އާނއެކެވެ. ނަހުޒާން ރީފާދެކެ ލޯބި ނުވިއެއްކަމަކު ރީފާ ނަހުޒާން ދެކެ ލޯބިވަނީ އިންތިހާއަށެވެ.
އެދުވަހުގެ ފަހުން ރީފާ އުޅެމުން އައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. ޢެކުވެރިންގެ ގާތްކަން ލިބިގެންނެވެ. މައިންބަފައިންގެ ފުރިހަމަ އަޅާލުމާއި ކުލުނާއި އެކުއެވެ. ލޯބިވާ ” ބޯއިފްރެންޑް ” ނަހުޒާންގެ ހިމާޔަތުގެ ދަށުންނެވެ.
ނަމަވެސް ބަހާރު މޫސުން އައިސްފައިވާ ރީފާގެ ޙަޔާތަށް އަނެއްކާވެސް ޚަރީފު މޫސުން އައީ ދާދި އަވަހަށެވެ. އެތައް ދުވަހެއްގެ މަސައްކަތުން ނަހުޒާނާއެކު ބިނާކުރި ހުވަފެނުގެ ގަނޑުވަރު ފުނޑުފުނޑުވެގެން ތިރިއަށް ފައިބާކަށް އެންމެ ދުވަހެއްވެސް ނުނަގައެވެ. އެދުވަހުވެސް ނަހުޒާން އޭނާދެކެ ރުޅިއައީ ނަހުޒާންގެ އެކުވެރިން ތިއްބައި އޭނާ ނަހުޒާނާ ދިމާކޮށްލުމުގެ ގޮތުން މޮޔައެކޭ ބުނުމުންނެވެ. އެދެން މީހަކު ރުޅިއަރާވަރު ކަމެއްހެއްޔެވެ؟ ރުޅި އަރަން އެކަށީގެންވާ ކަންތަކާ ނަހުޒާން ރުޅި އަންނަމަ ވެސް ރަނގަޅުތާއެވެ.
އެދުވަހުގެ ފަހުން އަނެއްކާވެސް ރީފާގެ އަވިދީފައި އޮތް ޙަޔާތަށް ވިއްސާރަ ބޯ ވިލާގަނޑެއްގެ ހިޔަނި އެޅުނީއެވެ. ނަހުޒާންގެ އަނިޔާވެރިކަން އަނެއްކާވެސް ފެށުނީއެވެ. މީހުން ތިއްބައި މަގުމަތިން ފެނުނަސް ގޮސް ދިމާކޮށް ލަދުގަންނަވަނީއެވެ. ގަޔަށްބޮލަށް އަރާ ހިސާބަށް ދިޔުމުން ރީފާ އެގުޅުން ކަނޑާލިއެވެ. ބޭނުންވެގެނެއް ނޫނެވެ. މަސްލަޙަތަށްޓަކައެވެ. އޭނާގެ އަމިއްލަ ރައްކާތެރިކަމަށްޓަކައެވެ.
ދެންވީ މާ އަންތަރީސްވާވަރުގެ ކަމެކެވެ. އެގުޅުން ކަނޑާލުމުން ނަހުޒާންގެ ހިތަށް ކުރަފި ވަދެގެން އަނެއްކާވެސް ރައްޓެހިވާން އެހީއެވެ. ހަމަ އަޖައިބެއް ނޫން ހެއްޔެވެ؟ ރުޅިވީމާ ލޯބިވެވެނީއެވެ. ރައްޓެހި ވެވުމުން އެލޯބި ވަދެ ފިލަނީ ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ. ރުޅިނާރައި ހަމައިގައި ހުންނައިރު ” ބޭބީ ” އޭ ނުކިޔައި އެންމެ ޖުމްލައެއްވެސް ނުބުނެވެނީއެވެ. ރުޅިއައިސް ހަމައިން ނެޢްޓުމުން ނުކިޔާކަށް ހަޑި އެއްޗެއް ނެތެވެ. ކަށި ނެތް ދުލުން ކިޔަން ހެޔޮވެސް ނުވާވަރުގެ ނުބައި އެއްޗެއްސަށް ގޮވާލަނީ ވިސްނުމެއް ފިކުރެއް ނެތިއެވެ. މިވަރުގެ މީހުންނާ އެކީ އުޅެން ހެޔޮވާނެ ހެއްޔެވެ؟ މިފަދަ މީހަކާ ރައްޓެހިވުމަކީ އަމިއްލައަށް ދަންޖެހިގެން މަރުވުން ފަދަ ކަމަކަށް ނުވާނެ ހެއްޔެވެ؟
ނަމަވެސް މިފަހަރު ރީފާ ހުރި ނަހުޒާނަށް ދޫދޭ ގޮތަކަށް ނޫނެވެ. އެއްފަހަރު އޭނާއަށް އެލަނޑު ލިބިއްޖެއެވެ. އަނެއްކާވެސް އެބޮނޑި ބޯން އޭނާއަކީ މޮޔައެއް ކަމަށް ނަހުޒާން ހީކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އޭނާއަކީވެސް ވިސްނޭ ހަރުދަނާ ކުއްޖެކެވެ. ނަހުޒާންގެ ހުށައެޅުމަށް ނޫނެކޭ ރީފާ ބުނީ ސާބިތުކަމާއި އެކީއެވެ. ކިތަންމެ ދެރަވިޔަސް ޙަޤީގީ އިޚުސާސްތަކަށް ފަސްއަޅަމުންނެވެ. އެޔަށް ވުރެ ރަނގަޅު ކިތަންމެ ފިރިހެނަކު ވާނެކަން އޭނާގެ ސިކުނޑިއަށް ވިސްނާދެމުނެވެ. މިއުޅެނީ ދުނިޔެއިން ފިރިހެނުން ހުސްވެގެނެއް ނޫންވިއްޔާއެވެ.
އޭގެފަހުން ވެސް އަހަރެއް ވަންދެން ނަހުޒާންގެ އުނދަގޫ ރީފާއަށް ތަހައްމަލު ކުރަން ޖެހުނެވެ. މަގުމަތިން ހިފެހެއްޓުމާ ރީފާއޭ ކިޔައިގެން ދޮގު ޚަބަރު ފޭސްބުކްގައި ފެތުރުން ފަދަ އެތައް ކަމެކެވެ. ނަމަވެސް ރީފާ ހިއްވަރު ކުރިއެވެ. އޭނާގެ އެ ކެރުންތެރި ކަމުގެ ފަހަތުގައި ތިބީ އޭނާގެ މައިންބަފައިންނާއި ބެސްޓްފްރެންޑް ނަފްހާއެވެ. އެމީހުން ދިން ނަސޭޙަތުގައި ހިފުމުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. މިއަދު ރީފާއަށް ލިބިފައިވަނީ ހަމަ އަގުބޮޑު ޖަވާހިރެއް ފަދަ ލޯބިވެރިއެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ ” ވަން އިން އަ މިލިއަން “އެކެވެ.
ދެލޯ ނޭދި އެދުނީމޭ ލޯބިން ފުރީމޭ
ނުވާނޭ ތަފާތެއް ޔަޤީންކޮށް ހުރީމޭ
އަވާމެންދުރޭ ދެއްކީ ބަހަނާ ޔަޤީނާ
އެދޭ ލޯބި ޔާރާ ދަނީއޭ ފުރާނާ
މެރޭ ލޯދެކޭ…
ލަވަކިޔައި ނިންމާލުމުން އިވިގެން ދިޔައީ އޯޑިއެންސްގެ ހޫނު އަތްތިލަބަޑީގެ އަޑެވެ. ކަރުނަތައް ފޮހެލުމަށްފަހު ރީފާ އޯޑިއެންސަށް ހީލިއެވެ. އަދި ކައިރީގައި ގިޓާހިފައިގެން އިން އަޒާންގެ ގައިގައި ބައްދާލިއެވެ. އާނއެކެވެ. އަޒާންއަކީ ރީފާގެ މިހާރުގެ ލޯބިވެރިޔާއެވެ. އޯގާތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ހަމައެވަގުތު ދުވެލާފައި ސްޓޭޖަށް އެރި ނަފްހާ ގޮސް ރީފާ ސިއްސުވާލިއެވެ. ރާއްޖޭން ބޭރުގައި ކިޔަވަން އުޅުނު ބެސްޓްފްރެންޑް އޭނާގެ އެ ޝޯވ އަށް އެއައީ ސަޕްރައިޒެއް ދިނުމުގެ ގޮތުން ބުނެވެސް ނުލައެވެ. ނަފްހާގެ ގައިގައި ބައްދާލިއިރު ރީފާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ނީރާލިއެވެ. މިއަދު އޭނާއަކީ ވަރަށްވެސް ނަސީބުގަދަ ކުއްޖެކެވެ. އަދި މިއުފާވެރި ޙަޔާތުގެ ސިއްރަކީ މައިންބަފައިންނާއި އެކުވެރިންގެ ބަސްއަހައިގެން އޭނާ ކުރި ހިއްވަރު ކަމާ މެދަކު ޝައްކެއްނެތެވެ.
މިވާހަކަ އަޅުގަނޑުގެ ލޯބިވާ ބެސްޓީއަށް ޚާއްސަ ކޮށްލަމެވެ.
30 Comments!
Comments are closed.

V nice..
Thnkew buddy ?? vvvvvv hpy vrhaka kamudhiaiima ??
Wow me first dhw
Nooney dearie mi fhru scnd dhn fhrkun vrne frst hwdhn u cn do it buddy ??? thnkew 4 the cmmnt sis vvv hpy ??
Bonjour hurhr kudhiinn ?? hw r u all i missed u to bits ?? v bxy kh ulhmun vx mi vrhaka up khly hpe u all like it i wnt ur true opinion abt this one nge ?? actually i hv been in a situation like this exctly mhnh noon dw bt heekurn mvrhaka through kh my buddiex ah msgh dhvunu kmh ??? v kick ga kndhegn vrhaka liyevuny vx hehe ? assu mii mhru vvvv cmmn hrdhsr eh dw v gna kudhnnh dhmr vr kmh mii n grlx we dnt hv to b slaves ?? itx all abt wht u thnk if U wnt to gt ovr ur grief u cn do it u jst hv to be strng if U thnk u cn do it U CN
?? fce the truth n stnd up to ur feet insha allah gwd abadhu vx vrne aharunnr ekkh ??
Masha allah mi stry hama habeys❤❤❤
Awn twinkle dearie missed u a lot ?? thnkew buddy 4 the lvely cmmnt vvvvvv ufr vhje vrhaka kmudhiaiima ?????
MashaAllah.. Thi roxy sis dhw…. Vv reethi..Loves much… ?????
Hehe yhh dhoonyr ?? vvvvv ufr vhje dearie ah vrhaka kamudhiaiima thnkew sooo much ??? lv u too sis ??
Vaahaka hama habeyss… ?????????
Thnkew buddy ?? vvvvv hpy vrhaka kamudhiaiima ??????
vvvv loabi…….. Maasha Allah the story is osm…… thanks roxy all the best for ur future heheheh
vvv miss vey roxyge story heheh……….ur the best lysm
Awwn thnkew sooooo much buddy ?? vvvvvvvvv hpy vhje vrhaka kamudhiaiima plus thihr lwbi cmmnth khlyma ??????
Alhey ?? thnkew soooo much buddy i missed u too ey ?? bst ey bunyma hma vv hpy nge hehe ??? lysm too ????
Ithurakah kiyaane farisseh neiy. Mi vaahaka varah furhama dhoonya. Kuriah dhey. Rangalhuvaane. Insha Allah. Ly ?❤
Hehe dhn farissh kyrlabla dw ?? thnkew buddy vvvvv ufr vhje vrhaka kamudhiaiima ??? ithurh kyrne farissh vx hma nei hehe ???
Alif kaaf
Aanhaan ?
my story :'(
but veri nice Roz
keep going
hope to see more stories of you
Awn dnt be sad dhoonyr im wth u eyy ?? thankew buddy vvvvvvvvv ufr vhje vrhaka kamudhiaiima ?? n sure thng adhi roxy ge stry thah fhnrne kuryh hma othy ???
Roxanne thi story just blew my mind excellent work my mate ??
Aye aye mate ?? thnkew my buddy 4 ur supprt vvvvvvvv ufr vhje cmmnt khlyma ????
Wow darla…??????? Hama speechless.??? Keep it up ma girl.. Keep it up… M with yuh…. ??????????
Awn my bstie ??? thnkew vvvvvv bdh dearie ????? vvvvvvvv hpy vhje vrhaka kmudhiaiima ??? also thnkew 4 bein wth meh hehe ??????
Alheyy.. maa fahun dhw mi kiyaalevuny… Story hama awesome… Keep it up roxy..
Noo itx nt lte buddy ?? awwn no one sissy i missed u sooooooo much soo hpy to see u ??? n thnkew vvvv bdh realy hpy vrhaka kamudhiaiima ???
its seriously fab buddy
So r u buddy ?? thaaankew ??
It’s edhey loabi jana….n.badhal v thi yara…. N lyrics ga in a nii mirey loa dhe key… BTW story v loabi