ޖަލުގެ ތޭރިތަކުގެ ދޭތެރެއިން ފުރޭނިގެން ދާއިންގެ މޫނަށް އަލިއެޅެމުން ދިޔައެވެ. އަލީގެ އުދަނގޫވުމުން އަތުގެ ނުފުށުން އޭނާގެ މޫނު ނިވާކޮށްލިއެވެ. އިރުކޮޅަކުން ޖަލު ބަލަހައްޓާ ފުލުސް މީހާ އޭނާގެ ގަޔަށް ފެން ބާލިދީއެއް އޮއްސާލިއެވެ. ސިއްސައިގެންގޮސް ދާއިންއަށް ހޭލެވުނުއިރު ފުލުސް މީހާ ހުރީ ލާނެތްގޮތަކަށް ހިނިތުންވެގެންނެވެ. ” އޭ މިހާރު ތެދުވޭ. މީ ކަލޭގެ އަމިއްލަ ގެޔެއް ނޫން ނިދަން އޮންނާކަށް. އަހަރެންނާއެކު އާދޭ!!” ފުލުސް މީހާ ހަޅޭލަވައިގަތެވެ. އިސްދަށަށް ޖަހައިގެން ދާއިން ހިނގާފައި ދިޔައެވެ. […]