Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވާއޭ…2

kyly❤ Level 1
July 14, 2018 5 Mins Read
15 Comments

ސިޑި މަތީގައި ބަލަހައްޓައިގެން ހުރި މީހާގެ ސަބަބުން ޔާއިންގެ ދެލޯ ބޮޑުވިއެވެ. ފަޅާއެރީއޭ ހިތަށްއެރިއެވެ. “ހޭ ބްރޯ. ހުކުރަށް ނުދަންތަ. މިހާރު ބާރަގަޑި ވިހި ވީއެއްނު.” ޔަމާނީ ބުނެލިއެވެ. ޔާއިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަސީބެކޭ ހިތަށްއެރިއެވެ. “ނޫން. މިދަނީ ދާކަށްނު. ތަންކޮޅެއް ލަހުންނޭ ހޭލެވުނީ.” ޔަމާނީއާއެކު ސިޓިންގް ރޫމަށް ވަންނަމުން ޔާއިން ޖަވާބު ދާރީވިއެވެ. “އަބަދުވެސް ޔާންއަށް ވާވަރެއްނު.” ޔަމާނީ ހިނިގަނޑެއް ޖަހާލިއެވެ.

“ކޮބާ މިއޮށް އައީއެއްނު. ހިނގާ ދާން. މިސްކިތުގެ އެންމެ ފަހަތުގަ ކަންނޭނގެ ތިބެން ޖެހޭނީ.” އާމިރު އޭނާގެ ދެފިރިހެން ދަރިންނާއެކު ގެއިން ނިކުންނަން މިސްރާބުޖެހިއެވެ. ޔަމާނީއާއި ނިޔާޒާ ވަނީ ބަދިގެއަށެވެ. އޭރު ޔުމްނުވެސް ދިޔައީ ބަދިގޭގައި އަވަދިނެތި ހަރަކާތް ތެރިވަމުންނެވެ.

***********************************

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޖެެހެމުން ދިޔަ ފިނިފިނި ރޯޅިތަކުން ހިތަށް ފިނިކަން ލިއްބައިދެއެވެ. ނުތަނަވަސްކަމާއި މާޔޫސްކަން ފިލައިދެއެވެ. މިނިވަންކަމާއެކު ދޫކޮށްލައިފައިވާ ގިނަ އަންހެން ވެރިންގެ އިސްތަށިގަނޑު ދިޔައީ އޭގެ މަގާމުގައި ވިހުރެމުންނެވެ. އެތަށް ފިރިހެން ވެރިންނެއްގެ ހިތްތަށް ކިތަލަމުންނެވެ. އަވި ނިވާލަން ފަށައިފައިވާއިރު އިރު އޮއްސުމުގެ ކުލަވަރުގެ ދައްކާކަށް މާގިނަ އިރެއް ދެން ނެތެވެ. މިރޭގެ ވަގުތެއްގައި ވިއްސާރަ ވެހޭނެކަމަށް އުޑުމަތިން ފާޅުވި ކުލަވަރުން ދައްކުވައިދެއެެވެ.

ނޫކުލައިގެ މޫދުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ފަޅު ތެރެއަށް ވަނެވެ. ރަށުގެ ފާލަމާއި ކައިރިކުރިއެެވެ. އެންމެ ފުރަތަމަވެސް ލޯންޗުން ފުންމާލީ ޔާއިންއެވެ. ހަލަނި ކަމުގެ އިންތިހާއެވެ. އޭނާގެ ފަހަތުން ފޭބި އާމިރު ޕިސްޕިސް ޖަހާލިއެވެ. އާމިރުގެ އަތުގައި ސުއިޓް ކޭހެއް އޮތެވެ. އޭނާ ހުރީ ފަޓްލޫނަކާއި ގަމީހެއްގައެވެ. ގަމީސް ބެގީޖަހާފައި ޓައީ އަޅާފައި ހުރުމުން ރަސްމީ ކަމަށް ދައްކައެވެ. ނެވީ ބްލޫ ކުލައިގެ ސްވެޓާރއަކާއި ކަޅު ޖިންސެއްގައި ހުރި ޔާއިންގެ ކޮނޑުގައި ކަޅު ބެކްޕެކެއް އޮތެވެ. ރަށުގެ ބަނދަރު ކައިރިއަށް ގިނަ ބަޔަކު އެއްވިއެވެ. ޔާއިންމެން ދެބަފައިންނަށް ހޫނު މަރުހަބާއެއް ކިޔެވެ. ރަށު ކައުންސިލަރުވެސް އައެވެ. އެތާނގައި ތިބި ޒުވާން އަންހެން ކުދިންގެ ހިތަށް ޔާއިން ދިޔައީ ފިދާކުރަމުންނެވެ. ފަންސާހުގެ އަހަރު ވެފައިވިޔަސް މުސްކުޅި ކަމަށް ނުދައްކާ އާމިރު ދިޔައީ އޭނާއާއި އެއް އުމުރެއްގެ އަންހެނުންގެ ހިތްތަށް ފަތަހަ ކުރަމުންނެވެ. “ދަރިފުޅާ. މީ ބައްޕަގެ ބޮޑުދައިތަ ބަޝީރާ އިނގޭ. އެންމެންވެސް ކިޔަނީ ތުއްތަ. ޔާންވެސް ކިޔަންވާނީ އެހެން. އިނގޭ. ތުއްތަ މެންގޭގަ މިފަހަރު ބައްޕަ މެން ތިބެން ހަމަޖެއްސީ.” މަރުހަބާ ކިޔަމުން ދިޔަ އަންހެނުންގެ ތެރެއިން އަންހެނެއް ދައްކާލަމުން އާމިރު ބުނެލިއެވެ. ފޮޓޯ ނެގުމައިގެން މަސްއޫލުވެއުޅުނު ޔާއިންއަށް ގޮވާލަމުންނެވެ. ޔާއިންވެސް ބަޝީރާއާއި ސަލާން ކޮށްލަމުން ބޯޖަހާލިއެވެ.

އާމިރުގެ ބޮޑު ދައިތައާއެކު ރަށުތެރެއަށް ހިނގައިގަތް ޔާއިން ދިޔައީ ފޯނާއެކީ އެކި ފަރާތްތަކަށް އެނބުރެމުންނެވެ. އޭނާގެ ބޭނުމަަކަށް އިންސްޓަގްރާމް ޕްރޮފައިލަށް ލެވޭ ވަރުގެ ރަނގަޅު ފޮޓޮއެއް ނެގުމެވެ. އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ކަނާތް ފަރާތް މާ އަލީއެވެ. ވާތް ފަރާތް މާ އަނދިރީއެވެ.

ރަށުގެ އެކި ކަންކަމާއި ބެހޭގޮތުން ބަޝީރާއާއި އާމިރު ވާހަކަ ދައްކަމުން ދިޔައިރު ޔާއިން ހުރީ އެމީހުންގެ ފަހަތުގައެވެ. ވަރަށް މަސަތްކަތުން އޭނާއަށް ފޮޓޯ ނަގަން ކަމުދާނެ ހިސާބެއް ފެނުނެވެ. އޭނާގެ ފިރިހެންވަންތަ ހިނިތުންވުމުން ޔާއިން ހިނިތުން ވެލިއެވެ. އެހެންނަމަވެސް ފޮޓޯގަނޑެއް ނަގުމުގެ ކުރިން އެ ހިނިތުން ވުން ފިލައިގެން ދިޔައެވެ. ޔާއިންގެ ފަހަތުން ފޯނުގެ ސްކްްރީނަށް އެރި އަންހެން ކުއްޖާގެ ސަބަބުންނެވެ. ޔާއިން ފަހަތް ބަލާލިއެވެ. ދެބުމަ ކައިރިވިއެވެ.

އާނއެކެވެ. އެއީ ހަމަ އޭނާއެވެ. ގަސްތަކު ތެރޭގައި ދެތިން ކުޑަކުދިން ގޮވައިގެން އެއުޅެނީ ހަމަ އޭނާއެވެ. ޔާއިންގެ ހިތް އެދޭ މަލިކާއެވެ. ރޭގަނޑުގެ އަރާމު ނިދި މަހްރޫމުކުރުވާ ހުވަފެންތަކުގައި އުޅޭ މައިގަނޑު ކެރެކްޓަރެވެ. ފެންނަ ކޮންމެ ފަހަރަކު ޔާއިންގެ ހިތް އޭގެ މަޤާމުން ދޫވަނީ އެ ފަތްމިނި އަންހެން ކުއްޖާގެ ސަބަބުންނެވެ. ހިތުގެ ތެޅުމާއި ލޭހިނގުން ގުޅިފައިވަނީ އޭނާއާއެވެ. ލޯބީގެ ފޮނި މީރުކަން އިޙްސާސް ކޮށްދިން އަމީރާއެވެ. ހިތާމަވެރިކަމާއި ބޭވަފާތެރިކަންވެސް އިޙްސާސް ކޮށްދިނީ ހަމަ އޭނާއެވެ. ފަސްއަހަރު ވީއިރުވެސް އެ ޗާލު ރީތިކަމަށް ބަދަލެއް ނާދެއޭ ޔާއިން ހިތަށްއެރިއެވެ. އިސްކޮޅުން ދިގުވަފައި އަންހެން ވަންތަކަން އިތުރުވެފައިވާކަމެވެ.

ފޯނު ތިރިކޮށްލަމުން އެ އަންހެން ކުއްޖާއާ ދިމާލަށް ޔާއިން ހިނގައިގަތެވެ. “ހިބާއަކީ ރ އަތޮޅު ކުއްޖެއްނު. ދެން ކީއްވެ މި ރަށުގަ އެއުޅެނީ.” އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އޭނާ ގޮސް މަޑުކޮށްލީ ހިބާ އުޅޭ ހިސާބާއި ވަރަށް ކައިރީގައެވެ. “ކޮއްކޯ.” ހިބާ އާއެކު ކުޅެން އުޅުނު ކުއްޖަކަށް ޔާއިން ގޮވާލިއެވެ. އެ ކުޑަ އަންހެން ކުއްޖާ ދުވެފައި ޔާއިން ކައިރިއަށް އައެވެ. “ކޮއްކޮ މެންނާއެކު ކުޅެން އެއުޅޭ ދައްތައަށް ކިޔަނީ ކޮން ނަމެއް.” އެ އަންހެން ކުއްޖާއަކީ ހަގީގަތުގައިވެސް ޔާއިންގެ ހިބާ ތޯ ޔަގީންކުރަން އޭނާ ބޭނުންވިއެވެ. “އެ ދައްތައަށް ކިޔަނީ ހިބާ” ތުއްތު މައުސޫމް އަޑަކުން އެކުއްޖާ ބުނެލިއެވެ. ޔާއިންއަށް އުފަލުން ހިނިގަނޑެއް ޖަހާލެވުނެވެ. އެއީ ހަމަ ހިބާއެވެ. ޔާއިން ކިޔާ ގޮތުން ނަމަ އޭނާގެ ޓެޑީ ބެއަރއެވެ. ބޭޭބީއެވެ. ދޮން ބުޅަލެވެ. ހިބާ  އަށް އޭނާ ކިޔާ އުޅޭ ނަންނަމެވެ.

“ޔާން ދަރިފުޅާ ހާދަ ފަހަތުގައޭ ތިއުޅެނީ.” މަގުގެ އެއްފަރާތުގައި ހުރެފައި އާމިރު ގޮވާލި އަޑު އިވުމުން އާމިރު މެންނާ އެއްވަރުކުރަން ޔާއިން ދުއްވައިގަތެވެ. އޭނާގެ ހިތުގައި ބަޔާން ކޮށްދޭން ނޭނގޭ ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ. މިވަގުތު ދާ ގޮތަށް ގޮސް ހިބާ އޭނާގެ މޭގައި ފޮރުވާލަން ބޭނުންވިއެވެ. ނަަމަވެސް ބައްޕަގެ ގޮވާލުަމަށް އިޖާބަ ދިނުމަށްޓަކައި އޭނާ ޖެހުނީ ކެތްކޮށްލާށެވެ. މިރަށުގައި އުޅޭ ހާ ހިނދަކު ހިބާ އަދި ފެންނާނެޔޭ ހިތަށް އެރިއެވެ. އާމިރުގެ ފަހަތުގައި ހުރެފައި އުފަލަުން އެނބުރިލެވުނެވެ. ހެމުންނެވެ. އޭނާއެކޭ މޮޔައެކޭ އެއްފަދައެވެ. އޭނާއަށް ނޭނގުނު ކަމަކީ ފަހަތަށް އެނބުރި އާމިރު އޭނާއަށް ބަލަން ހުރިކަމެވެ.

*************************************

“ޔޫޝާއު. ނިދެނިކޮށް ނިމުނީ ދޯ. ދޭބަލަ މި ދަރިޔަށް ބުއްފުޅިއެއް ގަނެދޭން. އީޝް ސުކޫލަށް ގެންދާ ގަޑިވެސް ޖެހެނީއޭ. މަ ތަ ހުރިހާ ކަމެއް ކުރަންވީ. އެކަކު ސުކޫލަށް ގެންގޮސްފަ އަނެކަކަށް ކާންދީފަ. މި ހުރިހާ ކަމެއް އެއްފަހަރާ މަ ކިހިނެތްތަ ކުރާނީ. ބައްޕައާއެކީ ނުދިޔައީ މަށަށް ފަސޭހަ ކުރާށޯ. އެކަމަކުމަކުވާ ފަސޭހައެއްނެތް.” އެންމެ ކުޑަ ދަރިފުޅު އިޒާން ކިހިތްޔަށް ޖަހައިގެން ހުރެ ނިދާފައި ހުރި ޔޫޝައުއާ ދިމާލަށް ލައިޝާ ހަޅޭތްލަވައިގަތެވެ. ދޮށީ ދަރިފުޅު އީޝްގެ ސުކޫލު ދަބަސް ތައްޔާރު ކޮށްްދެމުންނެވެ. ފުންމައިގެން ނިދިން ތެދުވި ޔޫޝައު ވަނީ ފާހާނާއަށެވެ.

ކުޑަގޮތެއް ހަދާލައިގެން އޭނާ އީޝް ގޮވައިގެން ސުކޫލަށް ދާން ނިކުތެވެ. އިޒާންގެ ބުއްފުޅި ގަންނަން ލާރިވެސް ހިފައިގެންނެވެ. ލައިޝާ އަދިވެސް ހުރީ ކަންފަތުން ދުންއަރާ ވަރުވެފައެވެ. އެއީ މި ފަހަކަށް އައިސް އަބަދުގެވެސް އާދައެވެ. ރުހުމުގެ ނަޒަރަކު އެކަކު އަނެކަކަށް ބަލާލާ ދުވަހެއް މަދުވާނެއެވެ. ލައިޝާ ހިތްހަމަ ޖެހޭ ފަދަ އެއްކަމެއްވެސް ޔޫޝައުއަށް ކުރެވޭ ކަމަކަށް ނުވެއެވެ.

ޔޫޝައުއަށް ގެއަށް އާދެވޭވަރު ވީ ހެނދުނު އެގާރަ ޖެހިއިރުއެވެ. ގަނެގެން އައި އެތި މޭޒުމަތީގައި ބާއްވާލަމުން އޭނާ މިސްރާބުޖެހީ ކޮޓަރިއަށެވެ. ބެލްކަނީގައި ހުރި ލައިޝާ ފެނުމުން ބެލްކަންޏަށް ނިކުމެލިއެވެ. ލައިޝާ ކައިރީގައި ހުއްޓިލީ ވާހަކަ ދައްކާނެކަމަށެވެ. “މަ ވަރިކުރޭ.” އިރު ގަނޑަކަށް ފަހު ލައިޝާ ބުނެލި އެތިން ޔޫޝައުގެ ދެލޯ ތަންމިނަށް ހުޅުވުނެވެ.

****************************************

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ބަޝީރާގެ ދަރިފުޅު އައިލަމްއާއެކު ޔާއިން ރަށުތެރެއަށް ނިކުތީ ރަށުތެރެ ބަލައިލުމަށްޓަކައެވެ. އަވިގަދަ ކަމުން ލޯނުހުޅުވޭނެކަން އިނގޭތިވެ، ޔާއިން އޭނާގެ ދެލޯ އަވިން ރައްކާތެރިކުރިއެވެ. ރޭބަން އަވިއައިނެއްގެ އެހީގައެވެ.

ރަށަށް އައިތާ ދެ ދުވަސް ވީއިރު ޔާއިން މިރަށަށް އައި ބޭނުން ވެސް ވަނީ ފުދިފައެވެ. ފިހާރަ ހުޅުވުނުތާ އެއް ދުވަސް ވެފައިވާއިރު އެފިހާރައަކީ ރަށުގެ ރައްޔިތުން މިހާރު އެންމެ ގިނައިން ގޮސް އުޅޭ ފިހާރައެވެެ. ރަށުގައި ހޭދަކުރެވުނު ދެ ދުވަސް ތެރޭގައި ލޮލުގެ ކޮޅަށްވެސް ހިބާ ފެނިފަކައެއް ނުވެއެވެ. އެހެންކަމުން ޔާއިންގެ ހިތަށް މާޔޫސްކަން ވަނީ ވެރިފައެވެ. އައިލަމް ކުރެން ހިބާގެ ވާހަކަ އަހަން ހިތަށް އަރާފައިވެސް އެކަން ކުރާކަށް ނުކެރުނެވެ. އައިލަމް ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ.

ދައްކާނެ ވާހަކައެއް ނެތުމުން އައިލަމްމެން ދެމީހުންގެ ދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެކެވެ. “އޯކްވާރޑް” ވަގުތު ކޮޅެކެވެ. “ހިބާ ކިޔާ ކުއްޖެއް ދަންނަންތަ.” ކެތްތެރިކަން ކުޑަ ޔާއިން އެ ހީމޭންކަން ފޫއަޅުވާލިއެވެ. އޭނާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ހިބާ ދުށުމަށް އެދި އެ ހިތް ދިޔައީ ބޭގަރާރު ވަމުންނެެވެ. އެއްޗެއް ނުބެނެ ޔާއިންއަށް ބަލާލަމުން އައިލަމް އެއް ބުމަ އަރުވާލިއެވެ. “އާން ޔާއިންމެން ކޮންޕެނީގެ ފަރާތުން ހުޅުވި ފިހާރަގައި ކުރިމަތީގަ ހުންނަ ގެއެއްގަ އުޅޭނޭ ހިބާ ކިޔާ ކުއްޖެއް. މަށާ އެއްސުކޫލެއްގަ އުޅުނު ކުއްޖެއް އެއީ.” އައިލަމް ބުނެލިއެވެ. ޔާއިން ބޯޖަހާލިއެވެ. މިރޭގެ ވަގުތެއްގައި އޭނާ އެކަނި ހިބާނާ ހޯދަން ނިކުންނާނީއޭ ހިތަށް އެރިއެވެ. ރަށަށް އަންނަމުން ދިޔަ ބަދަލާ ބެހޭގޮތުން އެ ދެޒުވާނުން މަޝްވަރާ ކުރަން ފެށިއެވެ. އަދި ކުރިމަގުގައި ރަށް ފެންނާނެ ގޮތާ ބެހޭގޮތުންނެވެ.

****************************************

ލައިޝާ ބުނި އެތީގެ ސަބަބުން ލޯ ބޮޑުވެ ހައިރާން ވަފައި ހުރި ޔޫޝައުގެ ދުލަށް ބުނާނެ އެއްޗެއް ނައެވެ. “އާން. ދެން މިހެނެއް ނޫޅެވޭނެ މަށަކަށް. އެހެން ނޫނަސް މަ ބޭނުމެއް ނޫން ޔޫޝައުއާއެކީގަ ދެން އުޅޭކަށް. އަސްލު މަ ޔޫޝައުއާ އިނީ ލާރިއަށް. މަގޭ ލޯބިވެރިޔެއް ހުރޭ. އޭނާއާއެކީ ދިރިއުޅުމެއް ބިނާ ކުރަން ގެއެއް ގަންނަންވެގެން ލާރި ހޯދަަން ބޭނުންވީ. ދެ ކުދިންވެސް ހޯދީ ޔޫޝައު ބޭނުވެގެން. އެއްއިރެއްގަވެސް ޔޫޝާއުއާއެކީ ދަރިން ހޯދާކަށް ބޭނުމެއް ނުވި. މަ ބޭނުމެއް ނޫން އެއިން އެންމެ ކުއްޖެއްވެސް ގޮވައިގެން ދާކަށް. މަ ވަރިކުރޭ.” ޔޫޝައުގެ ފަރާތުން ބަހެއް ނުލިބުމުން ލައިޝާ ބުންޏެވެ. އޭނާއަކީ ހަގީގަތުގައި ކާކުކަން ހާމަކޮށްލިއެވެ.

ހާމަވެގެން ދިޔަ ހަގީގަތުގެ ސަބަބުން ޔޫޝައުގެ ހައިރާންކަން ދެގުނަ އިތުރުވިއެވެ. ހަތަރު އަހަރު ދުވަހު އޭނާއާއެކު ހޭދަކުރި ބައިވެރިޔާ އޭނާއަށް އެދެއްކީ ހަމަ ލޯބީގެ ދަޅަހެއްޔެވެ. އެ ލޮލުގައި އެޅުވީ އަނދުން ހެއްޔެވެ. އުފާވެރި އާއިލާއެއް ބިނާކުރުމަށް އޭނާ ދުއް ހުވަފެންތަށް ދެތިން މިނެޓުގެ ތެރޭގައި ވިއްސިވިހާލި އެކޮށްލީ ރަހުމެއް ނެތިއެވެ. ފިރިހެނެއް ކަމަކު ޔޫޝައުގެ ލޮލަށް ކަރުނަ ބޮނޑިވެގަތެވެ. ލައިޝާއަށް ނުދެއްކުމަށްޓަކައި ފަހަތަށް އެނބުރިލިއެެވެ.

“ދެން އީޝްއާ އިޒާން.” ޔޫޝައުގެ ޖުމްލަ ފުރިހަމައެއް ނުވިއެވެ. “ޔޫޝައު އެމީހުން ބަލާ. މަށެއް ނޫޅެއް. ހުވާ އެވެސް ބޮޑު އުނދަގުލެއް.” މައިވަންތަ ކަމުގެ އެއްވެސް ކުލުނެއް ނެތެވެ. ރަހުމެއް ނެތެއެވެ. ގާތުން ދޭ ދަރިފުޅުގެ ހައިހޫނުކަން ފިލުވަދޭންނަމަވެސް އޭނާ މަޑުކުރާނެނަމައޭ ޔޫޝައު ހިތަށްއެރިއެވެ. ދުނިޔެވީ އުފަލައިގެން ރަނގަޅަށްވެސް އޭނާއެހެރީ މޮޔަވެފައެވެ. މި ނޫން ދުވަހެއް ވާކަން ހަނދާން ނެތީ ކަންނޭނގެއެވެ. ހިތު ހުރިހާ އެއްޗެއް ކިޔުމަށްފަހު ލައިޝާ ކޮޓަރިތެރެއަށް ވަނެވެ. ކަބަޑު މަތީގައި އޮތް ފޮށި ނެގިއެވެ. ފޮއްޓަށް ހުރިހާ އެއްޗެއް އަޅާ ނިންމާލިއެވެ. ބަލަހައްޓައިގެން ހުރުން ނޫންކަމެއް ޔޫޝައުއަކަށް ނުކުރެވުނެވެ.

“ހަލޯ ބޭބީ. އާން އާދޭ މަ ބަލާ.” ފޯނުން ނަންބަރަކަށް އޭނާ ޑައިލް ކޮށްލިއެވެ. ބޭބީ އޭ ކިޔައިގެން ލައިޝާ ވާހަކަ ދެއްކުމުން ޔޫޝައު ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ. ލައިޝާ ވަރިނުކުރާހާ ހިނދަކު އަދިވެސް އެއިނީ އޭނާގެ އަނބިމީހާގެ މަގާމުގައެވެ.

ލައިޝާގެ ފޯނު ކޯލު ނިމުނުތާ މާ ގިނަ އިރެއް ނުވިއެވެ. ޔޫޝައުމެންގެ އެޕާރޓްމެންޓުގައި ބެލްއަަޅަން ފެށިއެވެ. ދޮރު ހުރީ ތަޅުނުލާ ކަމުން ދޮރު ހުޅުވާ އަޅާފައި ބެލްޖެހި މީހާ ވަދެގަތެވެ. ލައިޝާ ދިޔަ ގޮތަށް ގޮސް އެ ފިރިހެން މީހާ ގައިގައި ބައްދައިގަތެވެ. ޔޫޝައުގެ ދެބުމަ ކައިރިވިއެވެ.

“ޔޫޝައު. ލެޓް މީ އިންޓްރޮޑިއުސް ޓުޔޫ މައި ބޯއި ފްރެންޑް. ސިނާން.”  ފުޅާ ހިނިތުންވުމަކާއެކު ލައިޝާ ބުނެލިއެވެ. ޔޫޝައުއަށް ހުރެވުނީއެވެ ހަމަ ހުރެވުނީއެވެ. “މާދަން ވަރީގެ ފޯމް ހުށައަަޅައްޗޭ. ކޯޓަށް ދާންޖެހޭ ދުވަސް މަށަށް އަނގާލާ އޭރުން ދާނަން.” މިހެން ބުނުމަށްފަހު ފޮށި ހިފައިގެން ލައިޝާ ނިކުތެވެ. ބާރަކަށް ދޮރު ޖަހާފައެވެ. ހުރިތަނަށް ޔޫޝައުއަށް ތިރިވެވުނެވެ.

**********************************

ރޭނގަނޑުގެ ވަގުތެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލިއެވެ. ހިމަފޮދު ވާރޭގެ ތިކިތަށް މަދުވަމުން ގޮސް ވާރޭ ވެހުން ހުއްޓާލިއެވެ. އެހެންނަމަވެސް ފަޒާގައްޔާއި މާހައުލުގައި ހިފާފައިވާ ތެތްފިނިކަމަށް ބަދަލެއް ނާދެއެވެ. ގޭގޭ ފުރާޅުތަކުގައި ވާރޭ ތިކިތަށް ޖެހުމުން އިވޭ މިއުޒިކީ އަޑު ކެނޑުމުން މިހާރު މުޅި މާހައިލު ވަނީ ހިމޭންވެފައެވެ. މަގުމަތީގައި އުޅޭ މީހުންގެ އަދަދު ވަރަށް މަދެވެ. އެހެންނަމަވެސް ގަޑިން އަށެއް ޖެހިއިރު ނިދާފައި ތިބޭ މީހުން ވަރަށް މަދުވާނެކަން ޔަގީނެވެ.

މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ޔާއިން ހުރީ ހޫޑީއެއް އަޅައިގެންނެވެ. އޭނާ ބޯ ނިވާކުރަމުންނެވެ. ފިނިން ސަލާމަތް ވުމަށްޓަކައި ހޫޑީގެ ދެ ޖީބަށް އަތް ޖަހައިގެންނެވެ. އިސްޖަހާލައިގެން ގޮސް އޭނާ މަޑުކޮށްލީ އަތިރިމަތީގައެވެ. ރޭގަނޑުގެ ވަގުތު އަތިރި ފެންނަން ޖެހޭނީ ވަރަށް އަނދިރިކޮށެވެ. ނަމަވެސް އަނދިރިކަމާއި ބިރުވެރިކަން އަދި ނާމާންކަން ފިލުވައިދިނީ މެދުއުޑުގައި ރަނިކަން ކުރަމުން ދިޔަ އަރުޝާ ތާޖުގެ ވެރި ރާނީއެވެ. ކަޅު ފޮތިގަނޑެއްގެ މައްޗަށް ބުރުވާލައިފާ އެސްތަކެއް ފަދައިން ތަރިތަށް ދިޔައީ ވިދަމުންނެވެ. ރާނީގެ އަރިހުގައި ޙާދިމުންތަކެއް ފަދައިން ބޯ ލަނބައި ކިޔަމަންވަމުންނެވެ.

ވެލިގަނޑުމަތީގައި ޔާއިން އިށީނދެލިއެވެ. އޭނާގެ ހިމޭން ދުނިޔެއަށް ދަތުރުކުރަމުންނެވެ. އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އިނދެވުނެވެ. މާޒީގެ ތެރެއަށް ގެނބުނެވެ. އެއީ މީގެ ފަސް އަހަރު ކުރިޔެވެ.

ފަސް އަހަރު ކުރި…

( ނުނިމޭ )

Share Article

Follow Me Written By

kyly❤

Level 1

I'm a14 year old. Reading n writin stories are my fav things to do ☺..my dream is to become a successful writer someday insha allah ❤❤❤❤❤❤ I would love to see others opinion about my stories ??????? ur ideas are always wc

Other Articles

Previous

އަބަދުވެސް ލޯބި ދޭނަން….2

Next

ރާސްތާ 12

Next
July 14, 2018

ރާސްތާ 12

Previews
July 14, 2018

އަބަދުވެސް ލޯބި ދޭނަން….2

15 Comments!

  1. Dandelion says:
    July 14, 2018 at 2:23 pm

    Yeyy me first dho
    Story
    Is
    ???awesome

  2. kiaraa says:
    July 14, 2018 at 2:25 pm

    wow so nice me first dhw

    1. kyly❤ says:
      July 14, 2018 at 11:06 pm

      Oh yeah.congra…❤❤ Thank you ?

  3. aalaa says:
    July 14, 2018 at 2:32 pm

    wow man

  4. Baby girl ❤ says:
    July 14, 2018 at 2:37 pm

    Vrh vrh reethi ….. speech less…. whn nxt part….❤❤❤

  5. lodge says:
    July 14, 2018 at 3:30 pm

    haadha kurey. dhen faharakun thankolheh dhigukollachey. v intersting.

  6. Rifu says:
    July 14, 2018 at 3:32 pm

    When next prt….

  7. Shinass says:
    July 14, 2018 at 5:57 pm

    V reethi vaahakaeh.. kon dhuvas thakaku mi vahaka kiyaalan libeynee..

  8. kyly❤ says:
    July 14, 2018 at 5:58 pm

    Salaam everyone here’s the second part of (LOABIVAAEY )I hope you all like it.? third part mihaaru submit kohlaifin. You will get to read it inshama allah❤❤❤❤❤❤

  9. kyly❤ says:
    July 14, 2018 at 6:06 pm

    Salaam everyone here’s the second part of (LOABIVAAEY )I hope you all like it.? third part mihaaru submit kohlaifin. You will get to read it very soon insha allah❤❤❤❤❤❤

  10. Roxy says:
    July 14, 2018 at 8:05 pm

    Vvvv lwbi nge buddy ????

  11. Bell says:
    July 14, 2018 at 9:05 pm

    Alheyy… vrh vrh loabi mi stry ves … waiting 4r the next part???????

  12. Nunnu says:
    July 14, 2018 at 10:48 pm

    vvvvvvvvvvvvv reethi hama
    whennext part

  13. Ereen says:
    July 15, 2018 at 1:24 pm

    V furihama??☺

  14. naash says:
    July 15, 2018 at 4:07 pm

    maasha allah… mioh stry eh ge salhi kamaa e…..

Comments are closed.



All Right Reserved!