Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އުމުރަށް ތިޔަ ނަމުގައި….. 1

@AL@A Level 110 Stories
July 14, 2018 2 Mins Read
14 Comments

ފަތިހުގެ ތެތް ފިނިކަމުގެ ތެރޭގައި މާމެލާމެލިވަނީ ޝަބްނަމް ތިކިތަކުން ޖަރީ ކުރުވާފައެވެ. އިރުގެ ދޯދިތަށް ވިލާތަކުގެ ނިވަލުން ޖައްވަށް މަރުހަބާ ކިޔަމުން ދިޔައިރު ދޫނި ސޫފާސުފީގެ ހިތްގައިމު ރާގުން ހިތްތަކަށް ފިނިކަން ގެނުވިއެވެ. މި މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ އާޓިފިޝަލް ބީޗްގެ ގޮނޑީގައި އިށީނދެގެން ތިބި ދެމަފިރިންނަށެވެ. ފަން ކުރު އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖެކެވެ. ހަމުގެ ކުލަ ދޮން ފަތްމިނި ހަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. މުށި ކުލައަށް ދާ އިސްތަށިގަނޑަކާއި ހަމުގެ ކުލަ ދޮން ބާރުގަދަ ހަށިގަނޑެއްގެ ވެރި ފިރިހެން ކުއްޖެކެވެ. އިނގިރޭސި ބަހުން ބުނާނަމަ އެދެމީހުންނަކީ ”ކިޔުޓް ކަޕަލް އެކެވެ.މި ދެމީހުންވެސް ތިބީ ހިޔާލީ ދުނިޔޭގައެވެ.މާޒީގެ ހިތި ސޮފްހާތަކުގައެވެ.                                  *********************************************************************

3 އަހަރު ކުރި

2017 ވަނަ އަހަރުގެ ކަލަރ ރަންގައި ދުވުމައްޓަކައި މައިޝަން ތައްޔާރު ވަމުން ގެންދިޔައެވެ.ކަލަރ ރަން ފެއްޓެނީ ސެންޓްރަލްޕާރކުން ކަމައްވާތީ މައިޝަން ރޯހައުސް 233 އިން ނިކުމެގެން އެ ދިމާލައް މިސްރާބު ޖެހިއެވެ. ދިޔަ މަގުމަތީގައި އެކި މީހުންގެ ނަޒަރު މައިޝަންއާއި ދިމާލައް ހުއްޓެމުން ދިޔައެވެ. އެއި މާ ބޮޑު ކަމަކަށް ނަހަދާ މައިޝަން އޭނާގެ އެކުވެރި އަލީ ކައިރިއަށް ދިޔައެވެ.

މުބާރާތް ފެށުމުން އެންމެން ދުވަން ފައްޓައިފިއެވެ. އެކި ދިމާދިމާއިން ކުލަ އުކަން ފެށުމުން މުޅިތަން އެކި ކުލަތަކުން ފުރިގެންދިޔައެވެ. އަލި އަކީ އެތުލީޓެއްކަމުން އޭނާ ދުވަމުން ގޮސް މައިޝަންއަށް ވުރެ ކުރި ހޯދިއެވެ. ކުއްލިއަކަށް އަންހެންކުއްޖެއް އޭނާ ކައިރީން ވެއްޓުނެވެ.ނަމަވެސް ބިންމަތީ ޖެހުމުގެ ކުރީން މައިޝަން އެ އަންހެންކުއްޖާ ހިފެހެއްޓިއެވެ. އެ ކުއްޖާ ބިންމަތީ ބެހެއްޓުމައްފަހު އޭނާގެ މޫނަށް ބަލާލިއެވެ.

ހަނދެއް ފަދަ ރީތި ދޮން މޫނެކެވެ.ފަން ކުރު ރީތި އިސްތަށިގަނޑެކެވެ. މައިޝަން ހިޔާލީ ދުނިޔެއިން ބޭރުވެވުނީ އެ ކުއްޖާ ކަރުކެހިލުމުންނެވެ. އެރު ގިނަބަޔެއްގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައިވެއެވެ. ”ކޮން ނަމެއް ކިޔަނީ ؟”މައިޝަން އެއްކައިރިއަށް ޖެހިލަމުން ބުންޏެވެ.”އާލާ” ލަދުން އިސްޖަހާލަމުން އެ ލަދުވެތި އަންހެން ކުއްޖާ ބުނެލިއެވެ. ލަދުން ގޮސް މޫނުގައި ހުރި ހުރިހާ ލެޔެއް ކޮލަށް ޖަމާވެފައި ހުރިތަންފެނި މައިޝަންއަށް ހިނިތުންވެލެވުނެވެ. ނިޔަނެތި ކަމުގެ ދެވަނައެއް ނުވާ މިސާލެކެވެ. އެހެން ބުނުމަށްފަހު އިތުރު އެއްޗެއް ބުނުމަށް މައިޝަން އަނގަހުޅުވާލުމުގެ ކުރިން އެކުއްޖާ ދުއްވައިގަތެވެ. އެވާނީ ލަދުން ކަމަށެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން މައިޝަން ހިނިގަނޑެއް ޖަހާލިއެވެ. ކިތަންމެ ހަމަޖެހިފައި ހުރިކަން މޫނުމަތިން ދައްކަން ބޭނުންވިޔަސް އޭނާގެ ހިތް ދިޔައީ ދެވަނަ ފަހަރަށް އެ ރާނީ ދެކިލުމަށް ބޭޣަރާރު ވަމުންނެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އެނދުމަތީގައި އޮތް މައިޝަންގެ އަތް ވަނީ ނިއްކުރިމަތީގައެެވެ. އާލާއާ ދިމާވިތާ ތިން ދުވަސް ވެފައިވާއިރު އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ރޭގަނޑުގެ އަރާމު ނިދިން މަހްރޫމުކުރުވާ ސަބަބެއް ކަމުގައި އާލާގެ ރީތި ސޫރަވެއެވެ. އަމިއްލަ ހިޔާލީ ދުނިޔެއެއްގައި އޭނާއަށް އުޅެވެއެވެ. މައިޝަންގެ ހިތުގެ އަރުޝާ ތާޖުގެ ވެރި ކަމަނާއަކީ އޭނާއެވެ. ދެތިން ދުވަހެއްގެ ތެރޭގައި ކުއްޖެއް ދެކެ ލޯބިވެވިދާނެ ހެއްޔެވެ. ނުވަތަ މީހުން ކިޔާ އުޅޭ “ލަވް އިން ފަސްޓް ސައިޓް ލަވް ” އަކީ މީ ބާއެވެ. ހުސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ޖަވާބު ދޭނެ މީހަކު ނެތެވެ. މައިޝަންގެ އަމިއްލަ ނަފްސު ފިޔަވައެވެ.

ހިޔާލީ ފޮށާ ކައްކަމުން ދިޔަ މައިޝަން ސިއްސައިގެން ދިޔައީ އޭނާގެ ފޯނަށް ނޯޓީފިކޭޝަންއެއް އައުމުންނެވެ. ފޯނު ހުޅުވާ ބަލާލިއެވެ. އެއީ އެފްބީ އިން ފޮނުވި ފްރެންޑް ރިކުއެސްޓެކެވެ. ރިކުއެސްޓު ފޮނުވާފަިއ އިން އައިޑީ ބަލާލުމަށޤޓަކައި އޭނާ އަވަސް ވެގަތެވެ. އައިޑީ ފެނުމާއެކު އޭނާގެ ދެލޯ ދިޔައީ ބޮޑުވާނެ އެންމެ ބޮޑަކަށް ބޮޑުވެގެންނެވެ. ނަސީބު ހަމަ ރަނގަޅީއެވެ. ވަރަށް ހެޔޮފުޅެވެ.

އައިޑީގެ ކަވަރ ފޮޓޯއަށް ބަލަހައްޓައިގެން އިނދެވުނެވެ. އެއީ ހަމައޭނާއެވެ. މައިޝަންގެ ހިތުގެ މަލިކާއެވެ. ހުވަފެނުގެ ރާނީއެވެ. ހިތުގެ ދަރުބާރުގައި ރަނިކަން ކުރަމުން ދާ އާލާއެވެ. އަވަސްއަވަހަށް ފްރެންޑް އިކުއެސްޓު ގަބޫލުކުރަން ހަދައިގެން އޮފްލައިން ނުވެވުނީ ހަމަ ކިރިޔާއެވެ. “އެކްސެޕްޓު” ބަޓަންއަށް ފިއްތާލަމުން އުފަލުން އޭނާ ހަޅޭތަލަވައިގަތެވެ. ކަމެއް ގޯސް ކޮށް ހިނގަނީކަމަށް ހިތައި މައިޝަންގެ މަންމަ މައިހާ އެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އުފަލުން އެދުމަތީގައި އޮވެ ނަށަމުން ދިޔަ މައިޝަން ފެނި ޕަކަޕަކަ ލާފައި ހޭން ފެށުނެވެ.

( ނުނިމޭ )

ނޯޓް’ މި ވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލުގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. އެއްވެސް މީހަކަށް ނިސްބަތްކޮށް ލިޔެފައިވާ ވާހަކައެކެވެ. އެގޮތަށް ނިސްބަތްވާނަމަ އެއީ އިއްތިފާގެކެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@AL@A

Level 110 Stories

Other Articles

Previous

ރާސްތާ 12

Next

“ހިތް” ލޭ ކޮށެވިފައި……08

Next
July 15, 2018

“ހިތް” ލޭ ކޮށެވިފައި……08

Previews
July 14, 2018

ރާސްތާ 12

14 Comments!

  1. aysh ? says:
    July 14, 2018 at 9:12 pm

    Me first ??

    1. aysh ? says:
      July 14, 2018 at 9:16 pm

      v interesting!!! Keep up the good work sis ??? ly sis

  2. Reet says:
    July 14, 2018 at 9:13 pm

    Medu nukendi konme Dhuvahaku up kohdiniya rangalhu heevey reethi vaanehen ok gn

  3. @AL@A says:
    July 14, 2018 at 9:20 pm

    salaam hope you like it first and kuruvaahakaeh next part tomorrow❤❤❤❤❤❤❤❤❤?????

  4. Lotus says:
    July 14, 2018 at 9:24 pm

    Heevanee salhi vaanehen.. Best of luck ???

  5. Ami says:
    July 14, 2018 at 9:27 pm

    Note ga ebain mistake eh 3rd line ga so please correct it

  6. Ami says:
    July 14, 2018 at 9:30 pm

    Very nice keep it up

  7. maya says:
    July 14, 2018 at 10:28 pm

    reethi keep it up….hyvey vvvv reethivaanehen ,,nimendhen genesdhehchey

  8. Baby girl ❤ says:
    July 14, 2018 at 10:46 pm

    Vrh vrh reethi…nimendhen genesdheynekamah umeedhu kuran….good luck

  9. Lyy says:
    July 14, 2018 at 10:56 pm

    Note liyunu ebain mistake eh….n vvv reethi storyge feshun…waiting….

  10. Lyy says:
    July 14, 2018 at 10:58 pm

    Ami mistake in vaahaka buni kameh neynge ingey aslu…

  11. Naju says:
    July 15, 2018 at 1:39 pm

    Feshun v rythi.. Ummeedhu kuran daily up kohdheyne kamah n story nimendhen genasdheyne kamah…

  12. @AL@A says:
    July 15, 2018 at 3:52 pm

    Hi aslu mihaaru knee next part pending ga admin check kohffa up vaanie aand thnx for the support varah ufaavehje

  13. @AL@A says:
    July 15, 2018 at 3:53 pm

    And comment ok luv u guys

Comments are closed.

Next Episodeއުމުރަށް ތިޔަ ނަމުގައި…..2←


All Right Reserved!