Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 13

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 16, 2018 3 Mins Read
18 Comments

“އަފްރާ ތީ ހަމަ އެކަނި އަހަރެންގެ މީހެއް. ހަމަ އެކަނި އަހަރެންގެ” މަޑު ތުރުތުރުމެއް އެކުލެވޭ އަޑަކުން ޒުވާނާ ބުނެލިއެވެ.

*******************************

(މިހާރު)

ޑާކާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލްއިޓް ޖެއްސުމާއެކު ހުރިހާ ޕަސެންޖަރުން ބޯޓުން ފައިބަންފެށިއެވެ. މޫނުމަތީގައި މެގަޒިންއެއް އަޅައިގެން ނިދާފައި އޮތް މާނީއަށް ބޯޓުޖެއްސިކަންވެސް ރޭކާނުލައެވެ. މާނީއާ ޖެހިގެން އިން ސީޓުގައި އިން އިޝްމާ ދެތިންފަހަރު ގޮވާލުމުންވެސް އަޅައެއްނުލިއެވެ. ކޮންމެފަހަރަކުވެސް އިޝްމާގެ އަތްފޮޅުވާލަނީއެވެ. އިޝްމާއިނީ ހަދާނެގޮތެއް ނޭންގިފައެވެ. މާނީ ހޭނުލައްވާ ފައިބާކަށް އޭނައަކަށް ނުކެރޭނެއެވެ. އެހެން ހުއްޓާ އަފްރާ އެތަނަށް އައެވެ. އިޝްމާ ވެގެން އުޅޭގޮތް އަފްރާއަށް ކިޔާދިނެވެ. އަފްރާވެސް މާނީއަށް ގޮވިއެވެ. އެހެނަސް މާނީ ހޭލާގޮތެއްނުވިއެވެ.”އިޝްމާ ކީއްވެ ނުފައިބާ ތިހިރީ މިހާރު މަންމައާ ކޮއްކޮ ފައިބާފި. ކޮބާ ނުންުނު؟” ފަގަތުން އިވިގެން ދިޔައީ އަރްޝާދްގެ އަޑެވެ. އަރްޝާދަށް މާނީ ނުހޭލާކަމެއް ނޭންގެއެވެ. “މީ ނުންުނު ނުހޭލައިގެން މިއުޅެނީ..އިޝްއާ ކުޑާވެސް ގޮވައިފިން އެކަމު ހަމަ ނުހޭލި” އިޝްމާ ވެގެން އުޅޭގޮތް އަރްޝާދަށް ކިޔާދިނެވެ. އަރްޝާދް އައިސް މާނީއަށް ގޮވާލިއެވެ. “ދެން އާރާޝް އުނދަގޫ ނުކޮށްބަ ލެޓް މީ ސްލީޕް” ދެލޯ މަރާގެން އޮތްގޮތަށްއޮވެ މާނީ ބުނެލިއެވެ. މާނީ އޭނާއާ ދިމާއަށް އާރާޝްއޭ ބުނުމުން އަރްޝާދްގެ ދެ ލޯބޮޑުވިއެވެ. އަފްރާއަށް ވެސްވީއެވަރެވެ. އިޝްމާ ގާތަށް އައި ހިންޏެވެ. ނަމަވެސް އަރްޝާދާ އަފްރާ ހުރުމުން ހޭކަށެއް އޭނާއަކަށް ނުކެރުނެވެ. އެމީހުން އެ ގޮތަށް ތިއްބަ ކެބިންކްރޫއަކަު އެ ތަނައް އައެވެ. އެކުއްޖާ އައިސްވެސް މާނީއަށް ގޮވިއެވެ. އެހެނަސް މާނީއަށް ކަހާތާ ހިރުވާ ވެސް ނުލައެވެ. އަނެއްކާވެސް އަރްޝާދް މާނީއަށް ގޮވިއެވެ. “ދެން ޔޫ އިޑިއަޓް ކިހާ ދެރަ ކަމެއްތަ ބުނެފީމެއްނު މާނީ ނިދިޔަދޭށޭ އާރާޝްއަށް ކޮން އުނދަގުލެއްތަ ވަނީ މާނީ ނިދިއްޔާމުން ސްޓުޕިޑް މޭން” މާނީ އެހުރިހާ ފަތިވަރެއް އަމުނާފައި ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ކަށްޓެއް ޖެހިގެން ތެދުވާހެން ފުންމާގެން ތެދުވެވުނީ ކުރިމަީގައި ތިބި އަރްޝާދާ އަފްރާ ފެނުމުންނެވެ.  އެދެ މީހުންފެނި އޭނާއަށް ހިންދިރުވާލެވުނެވެ. “އޯ މޭން ކީއްތިކުރީ” ހިތާހިތުން މާނީއަށް ބުނެވުނެވެ. އޭރު އަރްޝާދްގެ ފަހަތުގައި އިން އިޝްމާ ހިނިގަނޑު ހިފަހައްޓާގެން އިނެވެ. “މމ…ކުޑާ… މި އަނޭ މިހާރު ބޯޓު ޖެއްސީތަ؟” ކިޔާނީ ކީކޭކަން ނޭންގުމުން މާނީ ބުންޏެވެ.”ނުންުނުއަށް ނިދުމުން އެއްވަނަދޭ ވަރުވޭ އިނގޭ ސްލީޕިން ބިއުޓީގެ ޓައިޓަލް ނުންުނުއަށް ދޭންފެނޭ. އެހެންޏާ އެއޮށްވަރަަށް ގޮވީމަވެސް ނުހޭލިވިއްޔާ. ހިނގާދެންވެސް އަވަހަށް ފައިބަން” އަރްޝާދް މާނީގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. މާނީ ދެއްކި ވާހަކައާ ބެހޭ ގޮތުން އަރްޝާދް އެއްޗެކޭ ނުބުނުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ހަތަރު މީހުން އެއްކޮށް ބޯޓުންފޭބިއިރު އަފްރީން އަޝްވާ ގޮވައިގެން ރަންވޭގައި ހުއްޓެވެ. އަޝްވާ ވެސް ހުރީ ދާދި ދެންމެއަކު ހޭލިގޮތަށްކަން އޭނާއަށް ބަލާލި ކޮންމެ މިހަކަށްވެސް އިނގޭނެއެވެ.އަރްޝާދް އައުމާއެކު އަޝްވާ ބޭނުންވީ އަރްޝާދް ގާތަށް ދާށެވެ. އަރްޝާދްވެސް ލޮތްބާއެކު އަޝްވާ އުރާލާ އޭނާގެ ކޯތާފަތަށް ބޮސްދިނެވެ. އެވަގުތު އަފްރާގެ ހިތަށް ތަދުވިއެވެ. އާރާޝްއަށްވެސް އެގޮތަށް އަރްޝާދް ލޯބިދިން ނަމާއޭ އޭނާގެ ހިތަށް އެރިއެވެ. އަފްރާ އަނެއްފަރާތަށް އެނބުރެލީ އޭނާގެ ނަފްސުހަމައަކަށް އަޅުވާލުމަށެވެ.

ރަތްދަކު އަވީގައި ހުރިހާ ކުޅުންތެރިންވެސް ފަރިތަކުރަމުން ދިޔައެވެ. ދުވަހަކީ ފުދޭވަރަކަށް ހޫނުދުވަހެކެވެ. އެހެނަސް އެހެނޭ ކިޔާފަ އެއްވެސް ކުޅުންތެރިއަކު ފަރިތަނުކޮށެއް ނުތިބެއެވެ. ކުރިއަށް އޮތީ ފައިނަލް މެޗުކަމުން ހުރިހާ ކުޅުންތެރިންވެސް ބެލީ އެމެޗުން މޮޅުވެގެން ދެވެނަ ފަހަރަށް ތަށި ރާއްޖެ ގެންދެވޭތޯއެވެ. ރާއްޖޭޓީމު ފައިނަލަށް ދިޔައީ ސެމީގައި ވާދަކުރަށްޖެހުނު ނޭޕާލް ޓީމް މެޗަށް ހާޒިރުނުވުމުން މެޗު ނުކުޅެއެވެ. ފައިނަލްގައި ރާއްޖެ އިދިކޮޅަށް ކުޅެން ޖެހެނީ ގްރޫޕްސްޓޭޖުގައި ވެސް ރާއްޖެ ބަލިކުރި އިންޑިޔާއާ ދެކޮޅަށެވެ. އިންޑިޔާ ފައިނަލަށް ދަތުރުކުރީ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް ސެމީ ފައިނަލްގައި ތިނެއް ސުމަކުން ބަލިކޮށްގެނެވެ.

ޕްރެކްޓިސް ނިންމާލީ މެންދުރު ތިންގަޑިބައިވި ފަހުންނެވެ. ކޯޗު ބޭނުންވީ ބާކީ ވަގުތުތަކުގައި ކުޅުންތެރިން ހަމަޖެހިލުމަށް ފުރުސަތުދޭށެވެ. ޕްރެކްޓިސްދަނޑުން އެނބުރި ހޮޓަލަށް އެމީހުންނަށް ދެވުނުއިރު ހުރީ ހަތަަރެއްޖަހާފައެވެ.

“ބާކީ އޮތީ އެންމެ 24ގަޑިއިރު ފައިނަލް ކުޅެން އައި އޭމް ސޯ ނާވަސް.” ފެންވަރާލާއިގެން ނިކުމެ އެނދަށް ވެއްޓިގަންނަމުން އާރާޝް ބުނެލިއެވެ. އޭރު އަކްމަލްހުރީ ބޯރީތި ކުރާށެވެ. “މަވަރަށް ބިރުގަނޭ އެބަ. މަގޭ ހަޔާތުގަވެސް ޤައުމީޓިމަށް ކުޅޭ ދެވަނަ މެޗު މިވީ ފައިނަލް މެޗަކަށް. އެންމެ މިސްޓޭކެއް ހެދުނަސް އެދިޔައީ ދުވަސް. ސިމާހުވެސް އަމިއްލައަށް ބުނަންވެއްޖެ ވިއްޔާ މަ އަރުވާށޭ” އަކްމަލްގެ ރާގު ހުރިގޮތުން އާރާޝްގާތަށް ހިނިއައެވެ. އެވަގުތު މާއިޒްއާ އަހުސަމްވެސް ރޫމްއަށް ވަދެގެން އައެވެ. “އޭ އާރާޝް ނުންނުގެ ޚަބަރެއްވިތަ؟” މާއިޒް އެނދުގައި އިށީންނަމުން އަހާލިއެވެ. “މާނީ ކީއްކުރަން މަންމަގެ ޚަބަރެއްވެސް ނުވޭ އެހެންނާ އިރު ނާރަނީސް ގުޅަން ފަށާނެ އެކަމު މިއަދު އެއްފަހަރުވެސް ގުޅާނުލާ” މާނީގެ އިތުރުން އަފްރާގެ ޚަބަރެއްވެސް ނުވާ ވާހަކަ އާރާޝް ބުންޏެވެ. މާނީގެ އިތުރުން ނަވްޔާވެސް އޭނައަަށް ނުގުޅާތީ މާއިޒް ކަންބޮޑުވިއެވެ. އޭނަ މިހާރު އަފްރީންއާ އަރްޝާދަށްވެސް ގުޅާފިއެވެ. އެމީހުންވެސް ޖަވާބެއް ނުދެއެވެ. “އޭ ދެން ކަލޭމެން ތިކަމާއެއް ނޫން އިނގޭ ބޯ ގޮއްވަންވީކީ އިސްރާ ބުނި އެމީހުން ސްކޫލް ކޮންމެސް ކަމެއްގަ ބިޒީ ވާހަކަ އެހެންވެޔޯ ނުގުޅެނީ މާނީމެން އަދި އިސްރާއަށް ވުރެ މާބިޒީކޮށޯ އުޅެނީ” އަހުސަމް އިސްރާއޭނަ ގާތު ބުނި ވާހަކަ މާއިޒްމެން ގާތު ބުންޏެވެ. މާއިޒްވެސް އެއީ ބޮޑު ކަމަކަށް ނުހަދާ ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށްޓަކައި އިންޑީއާ ޓީމުގެ ކުޅުންތެރިންގެ ވީޑިއޯ ބަލަަން ފެށިއެވެ.

“މި އެނދު ހާދަ އަރާމޭ. ދެން ދުވަހަކުވެސް ތެދުވާހިތެށް ނުވޭ މިތާކުން” ކިންގް ސައިޒްގެ ބޮޑު އެނދުގައި އޮށޯވެލަިއގެން އޮތް މާނީ ބުންޏެވެ. އޭނާ އޮތީ މަޑުގޮދަޑިން ތެދުވާހިއް ނުވެފައެވެ. އެހާ އަރާމު އެނދެއްގައި ދުވަހަކުވެސް މާނީއަކަށް ނޯވެއެވެ. “އެކަމުވެސް ހެޔޮތެދުވޭ މިހާރު ކުޑާވެސް އެއޮށް ނިކުތީ ފެންވަރާގެން ނުންުނުވެސް ދެން ދޭ ފެންވަރަން” މާނީގެ އަތުގައި ބޮނޑިއެށް އަޅަމުން އިޝްމާ ބުންޏެވެ. ހޮޓެލަށް އައި ގޮތަށް މާނީ އެނދަށް ވެއްޓިގަތީއެވެ.ދަތުރެއްކޮށްފިނަމަ މާނީގެ ހާލަކިއެއީއެވެ.

މާނީމެން ބަންގްލަދޭޝަށް އައީ ފައިނަލް މެޗުބެލުމަށެވެ.ބަންދު ދުވަސްތަކާ ދިމާވާތީވެ ސްކޫލްގެ ކިޔެވުންވެސް އެމީހުންނަކަށް ނުގެއްލެއެވެ. މާނީމެން ބަންގްލަދޭޝަށްއައި ކަމެއް މާއިޒްމެންނަކަށް ނޭންގޭނެއެވެ. މާއިޒް ގުޅުމުން ފޯނަށް ޖަވާބުނުދީވެސް އުޅެނީ އެހެންވެއެވެ. އެރޭ އޮންނަ ފްލައިޓުން ނަވްޔާއާ އޭނާގެ މަންމައާ ބައްޕަވެސް އެކޮޅަށް އަންނާނެއެެވެ.

ކަންނެއްކަމާއެކީވެސް މާނީގޮސް ފެންވަރާލިއެވެ. ފިނިފެނުގެ ސަބަބުން އޭނާ އިތުރަށް ނިދިއަންނަ ގޮތްވިއެވެ. މެންދުރުގަޑީގައި ކިތަންމެ އަވިދީފައި ހޫނުގަދަވެފައި އޮތަސް ހަވީރުވީއިރަށް މުޅި މޫސުންވަނީ ބަދަލުވެފައެވެ.

މާލޭގެ މަގުތަށްވަނީ ރަތްކުލައިގެ ދިދައިން ޒީނަތްތެރިވެފައެވެ. ޖޯޒީ ވިއްކާ ފިހާރަތައްވެސްވަނީ ކުދިބޮޑު އެންމެންނިން ފުރިފައެވެ. ކޮންމެ މީހަކުވެސް ފީހަރަތަކުން ނުކުމެގެން ދާއިރު އަތުގައި ރަތްޖޯޒީއެއް އޮވެއެވެ.

އިސްރާވެސް ނައުޝާދާއެކު ޖޯޒީވިއްކާ ފިހާރައަކަށް ދިޔައެވެ. އޭނާއަށް ހެޔޮވަރު ޖޯޒީއެއް ނެގުމަށްފަހު އޭގައި ޕްރިންޓްޖަހަންދިނެވެ. އެވަގުތުގައި ނައުޝާދްވެސް އޭނާއަށް ހެޔޮވަރު ޖޯޒިއެއް ފެނޭތޯ ފިހާރައިގެ ތަންކޮޅެއް އެތެރެއަށްވަނެވެ. މީހުންނިން ފިހާރަ ތޮއްޖެހިފައިވުމާއެކު ނައުޝާދްގާތު ބުނުމަށްފަހު އިސްރާ ފިހާރައިން ނުކުންނަންދިޔައެވެ. އަވަހަށް ނިކުންނަން ހަދައިގެން ބޭރުން މީހަކު ވަންނަން އުޅުނުކަމެއް އޭނައަކަށް ނޭންގެއެވެ. އެހެންވެ ދޮރުހުޅުވިތަނުން މީހެއްގައިގައި އޭނާ ޖެހުނެވެ. އެއާއެކު އެމީހާ އަތުއޮތް ކޮތަޅުބިންމައްޗަށް ވެއްޓުނެވެ. އިސްރާ އަވަހަށް ގުދުވެލާފައި އެމީހާއަަށް ކޮތަޅު ނަގާދިނެވެ. އެކޮތަޅު ދިނުމަށްޓަކައި އެމީހާގެ މޫނަށް ބަލާލިއިރު ފެނުނު ސޫރައަކުން އޭނާ ލާންއުޅުނު ނޭވާ އަރުތެރޭތާށި ވިހެން ހީވިއެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެކުވެރިޔާ

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 24

Next
July 16, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 24

Previews
July 16, 2018

އެކުވެރިޔާ

18 Comments!

  1. Akuu says:
    July 16, 2018 at 2:23 pm

    yayy.. me first!

    1. Akuu says:
      July 16, 2018 at 2:26 pm

      and BTW OMG! this story is so amaxin. ??? I can’t wait fr the nxt prt! Kiyaa… plx plx if yu rnt bxy. . miadhu meege anehh bai up kohdhyyyyba.. can’t wait for the next prt. ?? Juss Luv This ?? And Good Luck Kiyaa ??♥️♥️

    2. Kiyara says:
      July 16, 2018 at 4:23 pm

      Yess akuu ure first and thanks fr the beautiful comment

  2. Bell says:
    July 16, 2018 at 3:03 pm

    Mi stry vrh vrh salhi… if u can plx avahah up kohla dheh chey❤❤

    1. Kiyara says:
      July 16, 2018 at 4:29 pm

      Thanks bell i am trying to up 1more part today❤️❤️

  3. Jr says:
    July 16, 2018 at 3:45 pm

    Kiyaa u like morata right?

    1. Kiyara says:
      July 16, 2018 at 4:24 pm

      Thibuny kihineh? In my opinion Morata aky ehaa molhu player ehnnu. Ekam hes surely a handsome guy. My fav player is always CR7

    2. Jr says:
      July 18, 2018 at 7:40 pm

      That’s what i mean.he is so handsome. My fav is neymar

  4. Kiyara says:
    July 16, 2018 at 3:55 pm

    Slm readers. Miothy mi story ge 13vana bai. Mi baiga miothy prsesent genesdhyfa. Ingey mu bai varah kurukan vx ekam time vy mivarah liyan. Eba try kuran adhi eh part miadhu genesdheveytho. Hurihaa readersge faraathun alhugandah dhehvva support ah varah bodah shukuriyya. Kuryge comments thakah reply nukureveythiyvx varah bodah sorry.

  5. Stry Kiyaa Man says:
    July 16, 2018 at 4:13 pm

    Masha allah .vvv preat. Kaakubaa dhw e aii . Waiting waiting.
    e ok ey dear kuru koh vex avahah geness dhenyaa.
    keep it up dear.
    -salaam-????

    1. Kiyara says:
      July 16, 2018 at 4:27 pm

      Walm STM. Kaakubaa dho eii? Kaakuhen hyvany?ISA mi try kurany avaha genesdheveytho dhen oii part. Varah ufaavey konme part akah vx STM comment kohllaathyve adhi alhugandah dhevva support ah varah bodah thanks?

  6. Nash says:
    July 16, 2018 at 5:38 pm

    owwww..how sweet…varah varah reethi….ingey ….you r the best….whn next…ly kiyara..

    1. Kiyara says:
      July 16, 2018 at 10:31 pm

      Thanks nash ly mihaaru ihnnane next part up kohllafa

  7. Unknown girlll.. says:
    July 16, 2018 at 7:29 pm

    Mi part ves v.reethi……. keep up the good work the hama ishma ya arash gulhen nethytha………….????? v.dheravejje..ekamakuves choice is yours..❤❤❤???☺ luv u…

    1. Kiyara says:
      July 16, 2018 at 10:35 pm

      Heii unkown girlll ❤️ am so sorry kuryge bayah reply nukurevunyma. Alheeyy haadha kiyara vx varah dhera vehjje uknown girlll dheravyma. ?? Ekam stry plan kohffa in gothakahnnu gendheveyny. Aarash noon ithuru kuhjjeh ishma aa gulhuvan beynumiyya unkown girlll beynumy kon kuhjakaa gulhuvan?

  8. Naina says:
    July 16, 2018 at 9:26 pm

    Alhe heyonuvaane…. mi vaahakaige characters thah thankolheh reethikoh kiyaidheebala…. meehun gina vefa relation ehaaa kairi vefa…. Dhn neynge… varah olhun bolhun…. vaahaka reethi… ekamu ehn vaathee… kommes kujjaku kiyaidheebala.. please… like maany aa afraa ge relation aaa… kokko beybe aky Kon baeh kamaa… Dhn hurihaa emmen ge….. please please….

    1. Kiyara says:
      July 16, 2018 at 10:38 pm

      Naina i am so sorry. Alhugandu mi balany veehaavx olhun naaraa gothah stry gendheveetho. Kuriah huri bai thakuga hurihaa doubts thakeh clarify koh dheveytho alhugandu masakkai kuraana. Naina thankn u fr the comment.

  9. unique says:
    July 18, 2018 at 5:52 pm

    vvv reethi…….

Comments are closed.

Next Episodeރާސްތާ 14←


All Right Reserved!