Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ދާއިން

Azoo Azlee Level 1
July 15, 2018 3 Mins Read
7 Comments

 

ޖަލުގެ ތޭރިތަކުގެ ދޭތެރެއިން ފުރޭނިގެން ދާއިންގެ މޫނަށް އަލިއެޅެމުން ދިޔައެވެ. އަލީގެ އުދަނގޫވުމުން އަތުގެ ނުފުށުން އޭނާގެ މޫނު ނިވާކޮށްލިއެވެ. އިރުކޮޅަކުން ޖަލު ބަލަހައްޓާ ފުލުސް މީހާ އޭނާގެ ގަޔަށް ފެން ބާލިދީއެއް އޮއްސާލިއެވެ. ސިއްސައިގެންގޮސް ދާއިންއަށް ހޭލެވުނުއިރު ފުލުސް މީހާ ހުރީ ލާނެތްގޮތަކަށް ހިނިތުންވެގެންނެވެ. ” އޭ މިހާރު ތެދުވޭ. މީ ކަލޭގެ އަމިއްލަ ގެޔެއް ނޫން ނިދަން އޮންނާކަށް.  އަހަރެންނާއެކު އާދޭ!!” ފުލުސް މީހާ ހަޅޭލަވައިގަތެވެ.

އިސްދަށަށް ޖަހައިގެން ދާއިން ހިނގާފައި ދިޔައެވެ. އޭނާގެ ހިތަށް އަރަމުންދިޔައީ މިއަދު އޭނާގެ ދަރިފުޅު ނަވީން އުޅެމުންދާނެ ހާލާ މެދުގައެވެ. އޭނާ ޖަލަށް ގެނައިކަން ދަރިފުޅަށް ނޭންގުމަށް އޭނާގެ އަންހެނުން ކައިރީ އާދޭސް ކުރިއެވެ. ނަވީނަށް މިކަން އެނގިއްޖެއްޔާ އެފަކީރު ރޮއިރޮއި ހަލާކުވާނެއެވެ. ނުބައި ކުއްވެރިއެއްގެ ދަރިއަކަށް ވާން ބޭނުންވާނީ ކާކު ހެއްޔެވެ؟

ފުލުސްމީހާ ދާއިން ގޮވައިގެން ދިޔައީ ވެމްކޯ އޮފީހަށެވެ. އެތެރެއަށް ވަނުމުން އެތަނުގެ މީހުން އޭނާއަށް ޔުނީފޯމެއް ދިނެވެ. އަދި އެލައިގެން އެމީހުންނާއެކު މަސައްކަތްކުރަން ދިއުމަށް ބުންޏެވެ. ދާއިންނާއެކު ނުކުތް ޓީމް ދިޔައީ ޖުމްހޫރީ މައިދާނުގައި ގިނަވެފައި ހުރި ކުނިތަށް ސާފުކުރުމަށެވެ. އިރުކޮޅަކުން ބާރުގަދަ އަޑުފަށްގަނޑެއް އިވުނެވެ. މާގިނަ އިރުތަކެއް ނުވެ މީހުންތަށް ހަޅޭލަވަމުން އެތަން މިތަނަށް ދުވަން ފެށިއެވެ. އެމީހުންގެ މޫނުމަތިން ބިރުވެރިކަމާއި ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. އެއްވެސް މީހަކަށް ވާނުވާއެއް ނޭނގެއެވެ. މުޅިތަނަށް ވެރިވެފައިވަނީ ނާމާންކަމެވެ. ފަޅުގައި އޮތް އޮޑިދޯނިފަހަރުގައި ތިބި މީހުންވެސް ސަލާމަތް ހޯދަން އެއްގަމާއި ދިމާލަށް ދުވަމުން ގެންދިޔައެވެ. ލިބުނު ފުރުސަތުގެ ބޭނުން ކޮށްގެން ދާއިން ފަޅުގައި އޮތް ލޯންޗަކަށް އެރިއެވެ. ނަސީބު ދިމާކުރިގޮތުން އެލޯންޗުގައި އިތުރު އެކަކުވެސް ނެތެވެ. ހިތްއަވަސްކަންމަތީ ލޯންޗު އިސްޓާޓް ކޮށްގެން އޭނާ އެލޯންޗް ފަޅުން ނެރުނެވެ. އިރުކޮޅަކުން އިވެންފެށީ ބޮޑު ސްޕީކަރަކުން ތަފާތު އެހެން ބަހަކުން މީހަކު ހަރުކަށިކޮށް ވާހަކަ ދައްކާ އަޑެވެ. ދާއިންއަކީ ކުރިން ރިސޯޓެއްގައި މަސައްކަތްކުރި މީހެއްކަމުން އޭނާއަށް އެއީ ޖަރުމަނު ބަސްކަން އެނގުނެވެ. ނަމަވެސް އެކިޔާ އެއްޗެއްގެ މާނައެއް އޭނާއަކަށް ނޭގުނެވެ.

މާދުރަށް ލޯންޗު ދުއްވާފައި ނުދެވެނީސް ޖަރުމަނުގެ އުޅަނދަކުން ދާއިންގެ ލޯންޗަށް ބަޑި ޖަހަމުން ގެންދިޔައެވެ. ކުއްލިއަކަށް ބާރުގަދަ އަޑުފަށްގަނޑެއް އިވުމާއެކު ލޯންޗަށް ލޮޅުން އެރިއެވެ.

ދާއިންއަށް ހޭލެވުނިއިރު އަތް ވަނީ ގަހެއްގައި ބަނދެވިފައެވެ. ދާއިންގެ ގައިން ފިހެފައިވާތަންތަނުން ދިލަނަގަމުން ދިޔައެވެ. ” ތީ ދާއިން އެއްނު؟ އެންމެންނަށް އިނގޭ ރާއްޖޭގެ އެންމެ މޮޅު ހެކަރު. ސަލާމަތްވާން ބޭނުންވަންޏާ އަހަރެމެންނާ އެއްބައިވޭ! ކަލޭ އަތުގައިހުރި ރާއްޖޭގެ ހަތިޔާރު ގުދަނުގެ މަޢުލޫމާތު ދީ!!” ބަޑިއެއް ހިފައިގެންހުރި ޖަރުމަނުގެ މީހެއް ދާއިންއަށް އިނގިރޭސި ބަހުން އިންޒާރު ދިނެވެ. އަދި ދާއިންގެ އަތް މޮހާލުމަށްފަހު ދާއިން ގެންގޮސް ކޮމްޕިއުޓަރެއްގެ ކުރިމަތީގައި ބޭންދިއެވެ. ހަދާނެގޮތް ހުސްވެފައި ހުރެ ދާއިން ބަޑި ގުދަނުގެ މަޢުލޫމާތު ހުރި ސިސްޓަމް ހެކް ކުރަން ފެށިއެވެ. އަދި ބަޑިގުދަން ހުރި ތަނުގެ މަޢުލޫމާތާއި ހުރި ހަތިޔާރުގެ ވައްތަރުތަކާއި އަދަދު ޖަރުމަނު ސިފައިންނަށް ދިނެވެ. އިރުކޮޅަކުން އެރަށުގައި ހަދާފައިހުރި ބޭސްކޭމްޕްގައި ހުރި ހުރިހާ އެންމެން ބޯޓަކަށް އެރުމަށް ލައުޑް ސްޕީކަރުން ގޮވަމުން ދިޔައެވެ.

ގާތްގަނޑަކަށް ގަޑިއެއްގެހާއިރު ތެރޭގައި ބޯޓް މާލެއާއި ހިސާބަށް ފޯރާފިއެވެ. ޖަރުމަނުގެ މީހުން މާލެ އަރައިފިއެވެ. އެމީހުން ދާއިން ރަހީނަކަށް ހަދައިގެން ހަތިޔާރު ގުދަނާ ދިމާލަށް ދަތުރު ފެށިއެވެ. މާލޭގެ މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ހުރިހާ މީހުންވެސް ވަނީ ގޭގެޔަށް ވަދެ ފިލާފައެވެ.

ޖަރުމަނުގެ މީހުން ބޮމެއްގެ އެހީގައި ހަތިޔާރު ގުދަން ފަޅާލާފިއެވެ. ނަމަވެސް ހަތިޔާރުގެ ބަދަލުގައި އެގުދަނުގައި ތިބީ ބަޑި ހިފައިގެން ތިބި އެމެރިކާގެ ސިފައިންނެވެ. ” ހަމަ މިހާރު އަމާން ދީ! އެހެންނޫނީ ކަލޭމެންގެ ތެރެއިން އެކަކުވެސް ސަލާމަތެއް ނުވާނެ!” ޖާނުން ވަރުގަދަ އެމެރިކާ ސިފައިންގެ މީހަކު ހަރުކަށިކޮށް އަމުރުކުރިއެވެ.

ދާއިންގެ މޫނުން ކުލަ ފައިބައި މޫނުމަތިން އޮށްދާ ހިއްލަމުން ދިޔައެވެ. ދާއިންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން ޖަރުމަނު ލަޝްކަރުގެ ލީޑަރަށް ޝައްކުތަކެއް ވާން ފެށިއެވެ. ނަމަވެސް ލަޝްކަރުގެ ދެން ތިބި މީހުންނަށް ހަތިޔާރުތައް ބެހެއްޓުމަށް އިޝާރާތްކުރިއެވެ. ޖަރުމަނުގެ މީހުންނަށްވުރެ އެމެރިކާގެ ސިފައިން ދެގުނަ އިތުރެވެ. އެމެރިކާގެ ލީޑަރު އައިސް ދާއިންއަށް ސަލާމަށް އަތްދިތްކުރިއެވެ. ” އަޅުގަނޑުމެންނަށް މިކަން އެންގީތީ ވަރަށް އުފާވެއްޖެ. މިޤައުމު މިއަދު ސަލާމަތްމިވީ ދާއިންގެ މަސައްކަތުން. ތިއީ މިޤައުމު ފަޚުރުވެރިވާނެފަދަ ބަތަލެއް”. ސަލާމަށް ދިއްކުރި އަތުގައި ދާއިން ހިފާލިއެވެ. “ޝުކުރިއްޔާ އެހީވެ….” ދާއިންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ބަޑިއެއްގެ އުންޑައިގެ އަޑުން މުޅިތަނަށް ނާމާންކަން ގެނުވިއެވެ. ދާއިންގެ ދެފައިން ވަރުދޫވަމުން ދިޔައެވެ. ދާއިންގެ ބަނޑުން ހޯސްލާފައި ލޭއޮހޮރެމުން ދިޔައެވެ. އޭނާގެ ޝަހާދަތް އިނގިލި ވައިގެތެރެއަށް ދިއްކުރެވިފައިވެއެވެ. އަދި ޝަހާދަތުގެ ދެކަލިމަ ކިޔަމުން އެނާގެ ހަށިގަނޑު ބިންމައްޗަށް ވެއްޓިއްޖެއެވެ. މުޅިއުމުރަށް އެދެލޯ މެރިގެންދިޔައެވެ. އެމޫނުގައި ވަނީ ރީތި ލުއި ހިނިތުންވުމެކެވެ.

ދާއިންގެ ޖަނާޒާޔަށް ވަރަށް ގިނަ މީހުން ދިޔައެވެ. ދިވެހިންގެ ހިތްތަށް ޝުކުރުން ފުރިފައިވަނީ ދާއިން ޤައުމަށް ވެދިން ޤުރުބާނީގެ ސަބަބުންނެވެ. ކުޑަކުޑަ ނަވީން އޭނާގެ މަންމަގެ ހެދުމުގައި ހިފާލައިގެން ހުއްޓެވެ. ރާއްޖޭގެ ސިފައިންގެ ކޮމާންޑަރު ނަވީންގެ ބޮލުގައި ފިރުމާލިއެވެ. އަދި ނަވީން ގާތުގައި ބައްޕަ ފަދަ ހިތްވަރުގަދަ ކުއްޖަކަށް ވުމަށް ބުންޏެވެ.

ބައްޕަ މިދުނިޔޭން ވަކިވެފައިވިޔަސް ނަވީނަށް އިޙްސާސްވަނީ އޭނާގެ ބައްޕަ އޭނާޔާ ވަރަށް ކައިރީގައި ވާހެންނެވެ. އޭނާގެ ބައްޕަ ޤައުމަށްޓަކައި ވެދިން ޤުރުބާނީ ހިތަށް އެރުމުން ދެލޮލުން ކަރުނަ ފޮހެލިއެވެ. އަދި އޭނާވެސް ބައްޕަ ފަދަ ހިތްވަރުގަދަ މީހަކަށްވުމަށް އަޒުމް ކަނޑައެޅިއެވެ. އެއާއެކު އަތުގައި އޮތް ދިވެހި ދިދަ މެޔާލާ ބޮޑުކޮއްލިއެވެ.

*މިއީ ސައިކަމް ޓިއުޝަން ސެންޓަރުގެ ގްރޭޑް 8ގެ ދަރިވަރުން ދިވެހި މުދައްރިސާއެކު ލިޔެފައިވާ ވާހަކައެކެވެ.

 

 

Share Article

Follow Me Written By

Azoo Azlee

Level 1

Other Articles

Previous

މެރޭ ލޯ ދެކޭ…

Next

ލޯބިވާއޭ…3

Next
July 15, 2018

ލޯބިވާއޭ…3

Previews
July 15, 2018

މެރޭ ލޯ ދެކޭ…

7 Comments!

  1. Eama says:
    July 15, 2018 at 8:17 pm

    Me first dhw

  2. Twinkle? says:
    July 15, 2018 at 8:39 pm

    Me scnd dhw

    1. Roxy says:
      July 15, 2018 at 9:12 pm

      Hehe yhh twinkly adhvx ebr ulhn dw hpy to see ya ??

    2. Twinkle? says:
      July 20, 2018 at 12:20 pm

      Yes dear… ekahala knkn vs vaane mihn ulhey iru… n dear bunymehnu site dhookh nudhaashey vs… luv u

  3. Twinkle? says:
    July 15, 2018 at 8:43 pm

    Masha allah mi stry vvvv rythi… miss u dhaain kudahtha ge cousin bro…❤❤❤

  4. Barbie says:
    July 15, 2018 at 9:16 pm

    Mee haadharuge copy eh fahubai dhw

  5. Nunnu says:
    July 15, 2018 at 9:22 pm

    Vv reethi mi vaahaka ves
    V iburaitheri vaahaka eh mee
    Keehveyo dhaain Aslu jalahlee
    Heevanee Kommes ehcheh hack kohgen hen

Comments are closed.



All Right Reserved!