ްސްކޫލް ދުވަސް ވަރުން ފެށިގެން އަންނަނީ އަހަރެންނަށް އުދަގުލާ ދުއްތުރާ ކުރަމުންނެވެ . އަހަރެން އެކަމަށް ކެއްތެރިވީމެއެވެ . ކިލާހުގައި ވެސް އަހަންނަށް ޖެހުނީ ކެއްތެރިވާށެވެ އެތަކެއް އާދޭސް ކުރުމުން ވެސް އެ މީހުން އަންނަނީ އަހަންނަށް ހަދާނެ އެއްޗެއް ހަދަމުންނެވެ . ﷲ އިރާދަ ކުރެވިއްޖިޔާ 2015 ވަނަ އަހަރު ސްކޫލް ނިމްމާލީމެއެވެ . ********************************** އެދުވަހު އަހަރެން ހުރީ ވަރަށް ވެސް އުފަލުންނެވެ . ސަބަބަކަށް ވަނީ ދެން އަހަންނަކަށް އެމީހުން ގެ ދުއްތުރާ […]
ލަމްހާވެސް އަދި ރުހުޒީވެސް ހުރީ އައްޒައާއި އެއްބައިވެލައިގެންނެވެ. ރޯޝީންއަށް ކުރެވުނުހާވެސް ކަމަކީ އެތާ ހުރެގެން ރުއިމެވެ. އަދި ދިޔައީ އައްޒަ މެން ގާތު މަޢާފު ކުރާށޭ ކިޔަމުނެވެ. އެހިތަށް ވަނީ ނުހަނު ބޮޑު ފުންއަސަރު ތަކެއް ކޮށްފައިއެވެ. ރޯޝީންއަށް ހަމައެކަނި ހިތްވަރު ލައިދޭން ހުރީ ނައީމު އާއި ފަރުހާނާއެވެ. ޕޮލިހުން އެމައްސަލަ ބަލާފައި އިޔާންމެން ހަތަރު އަހަރަށް ޖަލަށްލީއެވެ. ޝިބާންގެ ކޮއްކޮ ޝިނާންގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ލަމްހާވެސް ދިޔައީ ރޮމުންނެވެ. އިރުކޮޅަކުން ޕޮލިސް ސްޓޭޝަންގައި ހުރި […]
އިރުއޮއްސެން ގާތްވުމުން ތިން މީހުންވެސް ވަކިވީ ރޭގަނޑު ބައްދަލުވުމަށް ނިންމުމަށްފަހުއެވެ. މިންހާ ގެއަށް އައިސް ވަންއިރު ސިޓިން ރޫމުގައި އޭނަގެ މަންމަ އާއި ބައްޕަ ތިއްބެވެ. އޭނަވެސް ގޮސް ސިޓިން ރޫމު ސޯފާގައި އިށީނެވެ. ”މަންމާ… ބައްޕާ… މިރޭ އަޝޫ ގެއަށް ގޮސްލަންތަ ތުއްތު އާ އާން އާ އަޝޫ އާ ހަތަރު މީހުން ނޫޑުލްސް ކާން… އަޅުގަނޑުމެން ހަތަރު ކުދިން ކައްކާާނީ… ކުޑަކޮށް މަޖާކޮށްލަން… ދެން މިޑް ޓާމް ބްރޭކްވެސް ނިމެނީއެއްނު… އޭރުން އަނެއްކާވެސް އެންމެންވެސް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރީތިހަވީރެކެވެ.ގަހުގައިމާތައް ފަރިވެ ފޮޅިފައިވެއެވެ. ހަވީރަށް އަހަރެންވެސް ރީތިވެލައިގެން މަގުމައްޗަށް ނުކުތީމެވެ.އަހަރެންނަށް އެންމެ ރީތިމާކަމުގައިވާ ފިޔާތޮށި ފިނިފެންމަލެއް އަހަރެންގެ އަތުގައިއޮތެވެ.އެމާ އަހަރެންނަށް ރީތިވަނީ އެމަލުގެ ކުލަ ރީތިވީމައެވެ.އެމަލުން މީރުވަސް ދުވާތީއެވެ.އަހަރެންދެކޭގޮތުގައި އަހަންނަކީވެސް ފިނިފެންމަލެކެވެ.ކޮންމެ މީހަކުވެސް އަހަރެން ބިނދެލަން ބޭނުންވާނެއެވެ.އެކަމަކު އަހަރެން ބިންނަންވާނީ އަހަރެން ރައްކާތެރިކޮށް ގެންގުޅެވޭ ފަދަމީހަކަށެވެ.އެހެންނޫނީ އަހަރެންގެ ފިޔަތައް ޗިސްޗިސްވެ ހިގައިދާނެއެވެ. އަހަރެންގެ ޒަވާޖީޙަޔާތުގެ ބައިވރިޔާ އަހަރެންދެކެ ވަރަށް ލޯބިވާންވާނެއެވެ.އަހަރެންނަށް ވަރަށް ކެއަރކުރަންވާނެއެވެ.އަހަރެންގެ ނާޒުކުކަންދެނެގަނެވޭންވާނެއެވެ. އަހަރެންގެ ގުރުނޑުފިޔައަށް ހަޖޫކިޔައިގެންނުވާނެއެވެ.އަހަރެންގެ މައިންބަފައިންނަކީ އޭނަގެވެސް […]
އަހަރެން ނަކީ އުމުރުން 21 އަހަރު ފުރިފައިވާ ޒުވާނަކީމެވެ . އަހަރެން ގެ ދިރިއުޅުމަށް މިކަހަލަ އަޑިގުނޑަނަކަށް ވެއްޓިދާނެ ކަމަށް އަހަރެން އެއްވެސް ވަރަަކަށް ގަބޫލް އެއް ނުކުރަމެވެ . އެ ދުވަސް ވަރު އަހަރެން ނަށް ގާތް ކުރެވުނު އެކުވެރިން ގެ ސަބަބުން އަހަރެން ގެ ދިރިއުޅުން އެ މިފުށަށް ޖެހިގެން ދިޔައެވެ . ރައްޓެހިންނަށް މާ ބޮޑަށް އިތުބާރު ކުރުމުގެ ސަބަބުން އަހަރެންނަށް ޖެހިފައިވާ ހާލެއެވެ . ﷲ އަށް ވަކީލް ކުރުން ނޫން އެހެން ކަމެއް އަހަރެން ގަޔަކު ނެތެއެވެ . އަހަރެން އެންމެ ލޯބިވާ ކުއްޖާ ވެސް އަހަރެން ދޫ ކޮއްލާފައި ހިގައްޖެއެވެ . އަހަރެން ބަލަމުން އައީ އެއީ އަހަރެން ގެ ދިރިއުޅުން ކަމަށެވެ . އަދި އެއީ އަހަރެން ނާ އެކު މުޅި އުމުރު ހޭދަ ކުރާނެ މީހެެއް ކަމަށެވެ . ނަމަވެސް އެއީ އަހަރެން ތަޤުދީރު އޮތް ގޮތް ކަމަށް އަހަރެން ބެލީމެވެ . އަދި އެކުވެރިން ނަކީ އަހަރެންގެ އެތް ބާ ކަމަށް އަހަރެން ޤަބޫލް ކުރީމެވެ . ނަމަވެސް އަހަރެންނަށް އެކި ގޮތް ގޮތަށް ދިޔައީ ޖެއްސުން ކުރަމުންނެވެ . އެ ދުވަސް ވަރު އަހަރެން ބަލަމުން އައީ އެއީ މަޖާ ކަމަށެވެ . ނަމަވެސް އެއީ މަޖާ ނޫން ކަން އަހަރެނަށް އެގިއްޖެއެވެ . ސްކޫލް ދުވަސް ވަރުން ފެށިގެން އަންނަނީ އަހަރެންނަށް އުދަގުލާ ދުއްތުރާ ކުރަމުންނެވެ . އަހަރެން އެކަމަށް ކެއްތެރި ވީމެވެ . ކިލާހުގައި ވެސް އަހަންނަށް ޖެހުނީ ކެއްތެރި ވާށެވެ . އެތައް އާދޭސް ކުރުމުން ވެސް އެ މީހުން އަހަންނަށް ހަދަމުން ދަނީ ހަދާނެ އެއްޗެކެވެ . ﷲ އިރާދަ ކުރެވިއްޖިޔާ އަހަރެން 2015 ވަނަ އަހަރު ސްކޫލް ނިމްމާލީމެވެ . ********************************* 2 ވަނަ ބަޔަށް އިންތިޒާރު ކޮށްލަވާ
އާޅެން ކުށް ކުރީ އަހަރެންނެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދަތްހުރިދުވަހު ކާށިކެވޭނެ ކަމަށް ބުނެ އުޅުނީމެވެ. ދެއްވި ރިތިސޫރައާ މެދު ބޮޑާވެވުނެވެ. ހިތްކިޔާނެހާ ގޮތްގޮތަށް އުޅެވުނެވެ. ތަބީޢަތުގައިވާ ގޮތާ ދެކޮޅުހެދުނެވެ. ބަލިބަލީގެ ޝިކާރައަކަށްވެ ނިމުނެވެ. ކުޑަދުވަސްކޮޅެއްގެ މެހުމާނެއްކަން ގައިމުވިއެވެ. ކުޑަދަރިފުޅު އެކަނިކޮށް ދާންޖެހުނީއެވެ. ލޮބުވެތި އަނބިމީހާއާ ވަކިވާން ޖެހުނީއެވެ. ކުޑަދަރިފުޅުވަނީ ދުނިޔެވީ އުފާތަކުން މަޙްރޫމުވެފައެވެ. އަހަރެންގެ ބަލީގެ ޚަބަރު ލިބުމުން އާއިލާ ބައިބައިވިއެވެ. ކުށް ކުރީ އަހަރެންނެވެ. ވޭންއުފުލާން މިޖެހުނީ މުޅިޢާއިލާއަށެވެ. ދުނިޔޭގެ ލަދަށް ފިލިދާނެއެވެ. […]
“ކޮންމެ ކަމަކަށްވެސް އެއްޗަކަށްވެސް ކަނޑައެޅިފަ އޮންނަ ވަކި ވަގުތެއް އޮވެއެވެ. އުފެދޭ ކޮންމެ އެއްޗަކީވެސް އެ އެއްޗަކަށް ހަމަޖެހިފައިވާ ވަގުތު ހަމަވުމުން ނެތިފަނާވެދާ އެއްޗެކެވެ. މިއީ ދެބަސްވެވެންނެތް އިލާހީ ޤާނޫނުގައި ވާގޮތެވެ. ދަރިފުޅާއެވެ. މަންމަ އުފަންވީ މީގެ ތިރީހަކަށް އަހަރުކުރިން ބައެއްގެ ވަރަށް ބުރަ މަސައްކަތުންނެވެ. މަންމަ ބަލާބޮދުކުރުމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް އެބައިމީހުން ވިއެވެ. މަންމަ އަކީ މުޖުތަމަޢު ބަލައިގަންނަފަދަ މީހަކަށް ހެދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދިންކަން މަންމަ އުފަލާއެކު ފާހަގަކުރަމެވެ. ކޮންމެ އަކަސް ގިނަބައެއްގެ […]
އާދޭހުގެ ރާގެއްގައި އަލޫފް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ އީލާފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެވަގުތު އޭނަގެ ހިތް ދޮންބެގެ އެދުން އިސްކޮށް އެގުޅުމަށް ހިތުން ރުހުމަށް އެދެން ފެށިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މިންހާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އީލާފްގެ ހިތުގެ އެދުމަށް ބަދަލު އައެވެ. އޭނަގެ ދިރިއުޅުމުގައި ބޭނުންވާ ގިނަ ކަންތައްތައް ހާސިލްނުވަނީ މިންހާގެ ސަބަބުން ކަމުގައި ގަބޫލުކުރެވި ހިތުގައި މިންހާއަށްޓަކައި އުފެދިފައިވި ނަފްރަތުގެ ހުޅުގަނޑު ބޮޑުވެގެން ދިޔައެވެ. ” […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަށް ﷲ އަށް ބިރުވެތިވަމެވެ. ފާފައިގެ މައްޗަށް ފާފަކުރާކަށް އަހަރެންނެއް ބޭނުމެއް ނުވެއެވެ. .އޭނާގެ ބަހަށް ހެއްލިގެން އަހަންނަށް މިވަނީ މިގޯސް ހެދިފައެވެ.އަހަރެންހުރީ މިފަދަ ފާފައަކަށް އަރައި ނުގަތުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް އޭނާގެ ލޯބީގެ ކުރިމަތީގައި އިސްޖަހާލަން އަހަންނަށް މަޖްބޫރުވީއެވެ.އެހާވަރަށް އަހަރެންނަށް އެޒުވާނާދެކެ ލޯބިވެވުނެވެ. އަރެންނަށް އެޒުވާނާ އެންމެ ފުރަތަމަ ފެނުނީ ފުޓްބޯޅަދަނޑުންނެވެ.އޭނާ ރަތްކުލައިގެ ޖާޒީއާއި ހުދުކުލައިގެ ޝޯޓްގައި ހުރިއިރު ވަރަށް ރީއްޗެވެ.އެތައްބަޔަކު މަށަށް މަށަށް ގޮވިއެވެ.ގިނަ ޖިންސުއްލަތީފުން ސަޕޯޓްކުރީ […]