ދެން އެންމެ އަވަހަށް އަޕް ކޮއްދޭ ވާހަކައެއް ގޮތުގައި މިވާހަކ ހަދާނަން..?????
އައްސަލާމު ޢަލައިކުމް. މިއީ އަޅުގަނޑު އޮންލައިންކޮށް ލިޔާ ފުރަތަމަ ވާހަކައެވެ. މިވާހަކައިގެ ފުރަތަމަ ބައި މާދަމާގެ މެންދުރުފަހު ތިޔަ އެންމެހާ ލޮބުވެތި ކިޔުންތެރިންނާއި ހަމައަށް ފޯރުކޮށްދެވޭނެ ވާަހަކަ ދަންނަވާލަމެވެ. މައީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުތަކުގެ މައްޗަށް ބައްޓަންކޮށް ލިޔާ ވާހަކައަކަށް ވާތީވެ މިވާހަކައިގައި ހިމެނޭ އެއްވެސްކަމަކީ އެއްވެސް ފަރާތެއްގެ ދިރިއުޅުމާއި ގުޅުވައިގެން ހާމަކޮށްފައިވާ ކަމެއް ނޫންކަމަށާއި އެފަދަ ކަމެއް ދިމާވެފައިވާނަމަ އެއީ އިއްތިފާޤެއް ކަމުގައި ދަންނަވާލަމެވެ. ކިޔުންތެރިންގެ ފަރާތުން ހުށަހަޅާ ޚިޔާލުތަކަށް އަޅުގަނޑު އަބަދުވެސް އުފަލާއެކު މަރްޙަބާ ކިޔާނެކަމަށްވެސް މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. -އިޝާ-
އެވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުމުން އެންމެން ހިމޭންވިއެވެ. “ކާކުބާ؟” ބޮލުގައި ސުވާލުމާކެއް ޖަހައިގެންހުރެ އިޝްޔާ ދޮރުހުޅުވަން ދިޔައެވެ. “ސަޕްރައިޒް!” ދޮރު ހުޅުވަލި ވަގުތު ދޮރުމަތީގައިހުރި އައިހަމް ކާމޭޒުކައިރީ ތިބި އެންމެނަށްވެސް އިވޭވަރަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް އިލްފް އުރާލައިގެން ހުރި އިޝްރާއަށް ސިހިފައި ދޮރާއި ދިމާއަށް ބަލައިލެވުނު ވަގުތު ދޮރުމަތީގައި ހުރި އައިހަމް ފެނިފައި އެ ރީތި ދެތުންފަތް މަތިން ފަނޑުނުވާ ހިނިތުންވުމެއް ދުވެލިއެވެ. “ބަލާބަަލަ އުޅޭލެއް ވަގުކަން. އަންނަން އުލޭއިރު އަންގާވެސް ނުލައެއްނު!”އައިހަމްގެ ގައިގައި ބޮނޑިއެއް އަޅާލަމުން އިޝްރާ ކުސްތަޅާލިއެވެ. އައިހަމް އަކީ އިޝްރާގެ ބޮޑުދައިތަ އަލީނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އައިހަމް ވިހެއުމަށްފަހު އަމީނާ ނިޔާވިދުވަހުންފެށިގެން އިޝްރާގެ މަންމަ އަލީޒާ އައިހަމް ގެންގުޅުނީ އަމިއްލަ ދަރިއެއް ފަދައިން މައެއްގެ ފަރާތުން ލިބެންވާ އެންމެ ފުރިހަމަ ލޯތްބާއި އޯގާތެރިކަން ދީގެންނެވެ. އެކުދިންގެ އުމުރުގައި ހުންނަނީ 2 މަސްދުވަހުގެ ތަފާތެއްކަމުން ދެކުދިންވެސް ބޮޑުވަމިން އައީ އެކުއެކީގައެވެ. އެހެންކަމުން ދެކުދިންގެ މެދުގައިވެސް އުފެދިފައިވަނީ ދެބެއިންގެ ދެމެދުގައި ވާފަދަ ވަރުގަދަ ލޯބިވެތި ގުޅުމެކެވެ. “ހެހެ! އިޝް އަދިވެސް ބޮޑެއް ނުވޭދޯ! ހަމަ އިޝްއަށް ސަޕްރައިޒެއް ދޭންވެގެން މުބުނެ މިއައީ! އިނގޭވިއްޔާ މިގޭ ކޮންމެ މީހަކު ގާތުގައި ބުންޏަކަސް އިޝްއަށް އެނގޭނެކަން! އެހެންވެގެން އެކަކު ގާތުގައިވެސް ނުބުނީ! ހެހެ.” ހިނިގަނޑެއް ޖަހާަލާ އިލް ފްގެ ކޮލުގައި ހިފާލަމުން އައިހަމް ބުނެލިއެވެ. އަދި އިޝްރާގެ އުރުގައި އިން އިލްފް ނަގައި އުރާލިއެވެ. ‘މިއީ ޔައްތަގެ ދޯ؟” އިޝްޔާ ތަށިތައް ދޮވެލާ ނިންމާފައި އައިސް އެތަނަށް ހުއްޓިލި ވަގުތު އައިހަމް އަހާލިއެވެ. “ދޮންތަގެ ނޫނިއްޔާ ކާކުގެ ދަރިއަކަށް މި ވާނީ؟” އިޝްޔާއަށް ޖަވާބެއް ދެވުމުގެ ކުރިން އިޝްރާ އައިހަމާއި ދިމާލަށް ބުނެލިއެވެ. އެވަގުތު އަޝްޔާއާއި ދިމާލަށް ނިކަން ރަނގަޅު އެއްޗެއް ބުނެލަން އައިހަމްގެ ހިތަށް އެރިއެވެ. “އިޝްވެސް ތިހުރީނު!” ގެއްސުމުން ފުރިގެންވާ ވާފަދަ ލާނެތް ރާގަކަށް އައިހަމް ބުނެލިއެވެ. “މިއޮއް ކުޑަކުޑަ ސޮރު ކޯއްޗެއް މަށާ ދިމާލަށް ކިޔާނަމޭ ހިތައްއަރުވައިގެން އުޅޭ ދުވަހެއްތަ މީ؟ އޭނ! ދޭ ހަމަމިހާރު ދޭ ތި ފޮށ ކޮޓަރިއަށް ލާފައި އަންނަން! ދޮންކަލޯ އުޅުނު ކޮޓަރި އަދިވެސް ހުންނާނެ ދޮންކަލޯއަށް!” އައިހަމްގެ ކަންފަތުގައި ހިފާ އަނބުރާލުމަށްފަހު އިލްފް އަތުލައި އިޝްޔާ އަތަށް ދެމުން އިޝްރާ ބުނެލިއެވެ. އައިހަމްވެސް އިތުރު އެއްޗެކޭ ބުނުމެއްނެތި ފޮށި ދަމަމުން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެއްސެވެ. “ކޮންއިރަކުންތަ ލައިބްރަރީއަށް ފޮތްތައް ލާން ދަނީ؟ ބުނީމެއްނު މިއަދު 11ގެ ކުރިން ލާންގެހެއޭ! މިހާރު އެއޮއްގެން 10 ގަޑި 15 ވީނު!” ނިދިބުރާންތިކަމުގައި އާފުރިފުރި އިން އިލްފް ގޮވައިގެން އެމީހުންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖަހަމުން އިޝްޔާ އަހާލިއެވެ. “އިރުކޮޅަކުން ލުބޫ އަންނާނެ! ލުބޫއާއި އެއްކޮށް ދާނީ!” ރީތި ހިނިތުންވުމެއް ދޮންތައަށް ހަދިޔާކުރަމުން އިޝްރާ ބުނެލިއެވެ. “އޯކޭ! ދޮންތަ މިދަނީ އިލްފް ނިންދަވަން! ދާއިރު އައިއްކޮ ގޮވައިގެން އިނގޭ ދާނީ!” އިޝްޔާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލަމުން އިޝްރާއަށް އަންގާލިއެވެ. އިޝްރާ ބޯޖަހާލިއެވެ. އެވަގުުތު އެތަނަށް އައިސް ހުއްޓިލި އައިހަމް ފެނިފައި އިޝްރާ ސިއްސައިގެން ދިޔައެވެ. “އަޅޭ މަ މީ ޖިންނިއެއްތަ މަ ފެނުނީމައި ސިއްސައިގެންދާން؟” އައިހަމް އެހެން ބުނުމުން އިޝްރާ އައިހަމް ކޮއްޕާ ސޯފައަށް ވައްޓާލިއެވެ. ހެވިފައި އިނދެ އައިހަމް ޓީވީ ރިމޯޓް ނަގައި ޗެނަލް ބަދަލުކުރަންފެށިއެވެ. “އޭ މީހަކު ގޭގެ ދޮރުގައި ބެލްޖަހައިފިއްޔާ ހުޅުވާތި! އިޝް ކޮބާހޭ ބުނެފިއްޔާ އިޝްގެ ރޫމަށް ފޮނުވާލާ! އޯކޭ ލިޓްލް ބްރޯ!” ކޮޓަރިއައި ދިމާއަށް ހިނގައިގަންނަމުން އިޝްރާ އައިހަމަށް ބުނެލިއެވެ. “އުހުން! އޯކޭއެއްނޫން! އަހަރެން މީ އިޝްގެ ހާއްސަ މެއިޑެއްނޫނޭ މިހާ އަރާމުގަ އޮއްވާ ތިހެން އިޝް ބޭނުންވާ ކަމެއް ކުރުވާން ބުނާކަށް!” އައިހަމް ބާރަށް ބުނެލިއެވެ. ޖެއްސުމަށެވެ. އިވުނު އަޑުން ހަތައަކާއި ކުޅުނީމައި އައި ކުޅަނދުރެއްހެން އިޝްރާ އައެވެ. “އަދި އެއްފަހަރު ބުނެބަލަ ތިހެން! މިފަހަރު ރަނގަޅަށް އަރާމުގައި ބާއްވަދޭނަމޭ!” އަރައިގެންހުރި ފައިވާކިބަ ފައިން ދަމައިގަނެ އައިހަމް އާއި ދިމާލަށް މަޅާލަމުން އިޝްރާ ބުނެލިއެވެ. “ނޯނޯ! އިޝް ދޮންތި ޕްލީސް ނުޖަހާތި! ތިބުނި ގޮތައް ހަދާނަމޭ! ސޮރީއޭ! ސޮރީ ސޮރީ!” އައިހަމް އޭނާގެ ދެކަންފަތު ފޫޅުގަނޑުގައި ހިފާފައި ބުނެލިގޮތުން އިޝްރާއަށް މަޖާވެގެން އެނބުރި ކޮޓަރިއަށް ދިޔައެވެ. އައިހަމްވެސް ހިނިއައިސްފައި އަނެއްކާވެސް ސޯފާގައި އިށީން ވަގުތު ބެލްޖަހާލުމާއެކު އިޝްރާގެ ކޮޓަރިން “އައިހަމޫ ދޮރުހުޅުވާ”ށޭ ކިޔާ އިޝްރާ ހަޅޭއްލަވައިގަތް އަޑަށް ސިހިފައި އައިހަމަށް ސޯފާއިން ތެދުވެވުނެވެ. (ނުނިމޭ)
މެންދަމުން އަލިވެ ދޭއްޖެހިއިރުވެސް މަލާކް ކޮޓަރީގެ ބެލްކަނި ފެންނާނެހެން ކާރުޕާކުކޮށްގެން އަލޫކް އިނެވެ. މަލާކް ބެލްކަންޏަށް ނުކުމެދާނެ ކަމުގެ އުންމީދުގައެވެ. ސިކުންތަކަށް ފަހު މިނެޓެއް، މިނެޓަކަށް ފަހު ގަޑިއިރެއް ވަމުންގޮސް ފަތިސްވުމާއެކު އަލޫކް ކަރުއެލިފައި އިނދެ ކާރު ސްޓާރޓްކޮށްގެން ދުއްވާލިއެވެ. މަލާކް ފެނިދާނެހެން ހީނުވުމުންނެވެ. ********************************** “ކަލާ ބުނީމާ ދުރުގާ ހުރިން، ހިތާ ދެކޮޅަށް މަޖުބޫރުވީ ކަލާޔަށް އުނދަގުލެއްވާން މަނޭދޭތީ، ކަލާ އެދުން ގޮތަށް ކަންތައްކުރީ… ނަމަވެސް ތިޔަ ހަނދާނޭ ވަނީ،ނަމަވެސް ތިޔަ ހަނދާނޭ ވަނީ…” ޕްލޭލިސްޓުން […]
ކުއްލިއަކަށް އަލޫކްގެ ކާރު ލޯގަނޑުގައި މީހަކު ޓަކި ޖަހާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ކާރުގެ ލޯގަނޑު ތިރިކޮށްލިއެވެ. “ގޮސްދެވިދާނެތަ ގެއަށް ލައިދޭން؟ ދެންމެ ބަލާލިއިރު ސައިކަލުގަ ޕެޓްރޯލްނެތިގެން..” “ތީދެން އަހާކަހަލަ ސުވާލެއްނޫނެއްނު. ޕެޓްރޯލް ހުއްޓަސް ނެތަސް ދެވޭނޭ ގެއަށް ލައިދޭން. އެކަމު ކީއްކުރަނީ މިހިސާބުގަ؟” އަލޫކްގެ މޫނުމަތީގައި ކުރިންހުރި ނުތަނަވަސްކަމުގެ އަސަރެއް މިހާރަކު ހުރިހެނެއް ހިޔެއްނުވެއެވެ. ކާރުގެ ކުރީ ޕަސެންޖަރ ސީޓަށް ވިލާދާ އަރާ ހަމަޖެހިލުމުން އަލޫކް ކާރު ދުއްވާލިއެވެ. ކާރުގޮސް ވިލާދާ އުޅޭ […]
ފެންނަމުން ދިޔަ މަންޒަރުން މިންހާ ހުރީ ވިސްނަންވީ އެއްޗެއްވެސް ނޭނގިފައެވެ. ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައިރު އެހިތް އެދެނީ އަދިވެސް ކުރިއަށް ހިނގުމަށެެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހިތް ބުނަނީ އެތަނާ ވީހާވެސް ކައިރިއަށް ދިއުމަށެވެ. ހިތުގެ އެދުމަށް އިޖާބަދެމުން މިންހާ ސިއްރު ފިޔަވަޅުތަކެެއްގައި ކުރިއަށް ހިނގަމުން ދިޔައެވެ. ސަކަރާތުގަައި ތިބި ތިން މީހުނަށް މަޑުމަޑުން ކާނިގަހާއި ދިމާލަށް ހިނގަމުން ދިޔަ މިންހާ ފެނި ތިން މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. އަޝްރާ ދެފަހަރަކު މިންހާއަށް […]
މެންދަމުންސުރެ ވެހެމުންދިޔަ ވާރޭއަކަށް ހުއްޓުމެއް ނާދެއެވެ. ނުނިދިފައި އޮތް މަލާކް ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ތެދުވެ އަވަހަށް ތުވާލި ހިފައިން ފާޚާނާއަށްވަނެވެ. ފިނިފިނިފެނުން ފެންވަރާ ތާޒާވެލައިގެން ނުކުތްއިރު އޭނާ ހަމަ ރަނގަޅަށްވެސް ގުޑުގުޑު އަޅައެވެ. ނޫކުލައިގެ ޑެނިމް ޑަންގޭރީއެއްގެ ދަށުން ޖިންޖަރ ކުލައިގެ ސްވެޓަރއަކާއެކު ލައިލެކް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު މަލާކް ހީވަނީހަމަ ބޭރުކުއްޖެއް ހެންނެވެ. އާ ސެމިސްޓަރއެއްގެ ކިޔެވުން ފެށޭ ދުވަސްކަމުން މަލާކް ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައެވެ. […]
އެގޮތަށް ތިއްބާ އަސްރު ނަމާދު ބަންގިގޮވުމުން ނަމާދު ކުރަން ދަނީ އޭ ބުނެފައި އިޔާނާ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަދި ދިޔައީ ރޯޝީން ގާތުވެސް ނަމާދުކޮށް ކޮއްކޮ އަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާކުރާށޭ ބުނެފައިއެވެ. ރޯޝީންއަށް ވިސްނައިލެވުނީ އިޔާނާގެ ހުރި ރަނގަޅު ސިފަތަކާއި މެދުއެވެ. އިޔާން އަށާއި އިޔާނާއަށް އެއްގޮތަކަށް ކަންތައް ކުރެވުމުންވެސް އިޔާންއަށް ވުރެ އިޔާނާ ހާދަ ތަފާތެވެ. އެގޮތަށް އިޔާނާ އާއި އިޔާން އާއި މެދު ވިސްނަން އޮވެފައި ރޯޝީން ވެސް […]
“އަވްޔަން. އަވްޔަން އޭ.” ނިދާފައި އޮތް އަވްޔަންގެ އުނަގަނޑުގައި ކޮއްޓާލަމުން ސަމީމާ ކުރެހިފައިވާ އަޑަކުން ގޮވާލިއެެވެ. ދެބަދޭތެރޭގައި އޮތް އަވްޔަން އުނދަގޫ ގޮތަކަށް ކުކުރާލަމުން ލޯ ހުޅުވާލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ސަމީމާ ގުދުވެލާފައި އޮވްޔަންގެ މެދުހަށީގައި އޮޅުލައިގަތެވެ. އޭނާގެ ލޮލުން ކަރުނައިގެ ރޮގެއް ފާއްދާލީ މަޑު ގިސްލުމަކާއެކުގައެވެ. ނިދި މޫޑުގައި އޮތް އަވްޔަން ޗޮކެއް ކަނޑާލިއެވެ. “ރޯވަރު ކަމެއް ވެއްޖެތަ މަންމާ.” އޭނާ މަޑުމަޑުން އެއްސެވެ. “ކިރިޔާނު މަރުނުވީ. މަގުގެ ދެކޮޅު ނުބަލާ ހުރަސްކުރަން ތީ […]