“އާނ ކީއްކޮށްދޭންވީއޭ!” ލުބްނާގެ ކޮޓަރީގައި ހުރި ކުއިން ސައިޒުގެ ބޮޑު އެނދުގައި އިށީނދެލަމުން އިޝްރާ އަހާލިއެވެ. އޭރު ލުބްނާހުރީ އޭނާ އަޅައިގެންހުރި މެރޫންކުލައިގެ ޝޯލް ނަގާށެވެ. “މީ…. ވަރަށް ބޮޑުކަމެއް! ނޭނގެ ތިދެމީހުންނަށް ވާނެކަމެއްވެސް!” އަތުގައިއޮތް ގިޓާގެ ނަރުތަކައި ކުޅެލަމުން ލިބާން އެހެން ބުނުމުން ލުބްނާ ޝޯލްގައި އިން ފަހު ޕިން ވަކިކޮށްލަމުން ލިބާންއާއި ދިމާލަށް އެނބުރިލިއެވެ. “ދެން ވާނެތޯ ނޫނީ ނުވާނެތޯވެސް އެނގޭނީ ބުނީމައިދޯ! ބުނެބަލަ ހާސަރު ދިގުނުކޮށް” ލިބާން އާއި ދިމާލަށް އެނބުރެލަމުން ލުބްނާ ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ލިބާން އެހެން ބުނެފިއްޔާ ލުބްނާ ހިތްހަމަނުޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އެންމެފުރިހަމަ ގޮތުގައި އެކަން ކުރަން ބޭނުންވާތީ ލިބާންއަށް އެހެން ބުނެވުނީއެވެ. “އެނގެއެއްނު މާދަމާރޭ ޝޯ އޮންނަކަން! އެ ޝޯގަ ބާން ޕާރފޯރމްކުރާ ލަވަ ޓެސްޓުކޮށްލަންވީ!” ލިބާން އެބުނީ މިދިޔަ އަހަރު 12 ނިންމި ކުދިންގެ ފަރާތުން ސޮކޫލުގެ އެހެންކުދިންނަށް މާދަމާ ރޭ ބާއްވަދޭ ހާއްސަ ޝޯއެއްގެ ވާހަކައެވެ. ލިބާންއަަކީ މިދިޔައަހަރު ސްކޫލުގެ އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަންކަމަށްވެފައި އަދި އޭގެ އިތުރުން ސްކޫލުގެ ގިނަދަރިވަރުންތަކެއްގެ ފަރާތުން ލިބާންގެ ލަވައަކަށް އެދިފައިވާތީ ލިބާން ވަނީ މި ޝޯގައި ލަވަކިޔަން ނިންމާފައެވެ. ނަމަވެސް ހަގީގަތުގައި އޭނާ މި ލަވަ މިވަގުތު ކިޔަން ބޭނުންވަނީ ހަމައެކަނި ލަވަ ޓެސްޓުކުރުވަން ނޫންކަމެވެ. މިވަގުތު އިޝްރާ އެތާ އިނުމުންކަމެވެ. ލިބާންއަށް ނޭނގި ނަމަވެސް އޭނާއަށް ވަނި އޭނާގެ ހިތް އިޝްރާއަށް ދެވިފައެވެ. އަބަދުވެސް އޭނާގެ ޚިޔާލުތަކުގެ ތެރޭގައި އިޝްރާ ވެއެވެ. އިޝްރާ އުފާވެއްޖެނަމަ އޭނާވެސް އުފާވެއެެވެ. އިޝްރާ ދެރަވެއްޖެނަމަ އޭނާވެސް ދެރަވެއްވެ. އަބަދުވެސް އިޝްރާއައި ދޭތެރޭ އޭނާއަށް ވިސްނެއެވެ. ސަބަބެއް ނޭނގިނަމަވެސް އޭނާއަށް މި ވަނީ އިޝްރާދެކެ ނުހަނު ބޮޑަށް ލޯބިވެވިފައިކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އޭނާގެ ހިތުގައި ރަނިކަންކުރަނީ އިޝްރާއެވެ. ހިތުގެ އެދުމަކީ އިޝްރާއެވެ. “ތިއީކީ މާކަބޮޑު ކަމެއް ނޫނެއްނު؟ އަވަހަށް ފަށާ!” ދެފައި ވައްކޮށްލަމުން އެނދުމަތީގައި އޮތް ބާލީހެއް ނަގާ އުނގަށް ލާފައި އިޝްރާ ބުނެލިއެވެ. އެވަގުތު ލުބްނާވެސް އައިސް އެނދަށް އަރާ ހަމަޖެހިލިއެވެ. އަތުގައި އޮތް ގިޓާގެ ނަރުތަކާއި ކުޅެލަމުން ލިބާން ފުންނޭވާއެއްލާ ލަވަ ފެށިއެވެ. “ބޭނުންވަނީ ޔާރާ، ލޯބިން ބަލާ ލީމާ، ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ، ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ، ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ ،ބޭނުންވަނީ ޔާރާ، ހާދަފަރި ހިނިތުންވަނީއޭ، މޭގައޮވެގެން ހިތްރޮނިއްޏޭ، ހާދަ ކައިރީގާ ހުރީމޭ، ލޯބިވާވަރު ނޭގެނީހޭ، ލޯބިން މިރޭ އާދޭ، ބޭނުންވަނީ އާދޭ، ހީވޭ އިނގޭ ގާތަށްމަގޭ، އާދޭ ކަލާ، ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ، ހީވޭ އިނގޭ ގާތަށް މަގޭ، އާދޭ ކަލާ […]
އެކުވެރިން އޭނަދެކެ ވާ ލޯބި އިހުސާސްވުމުން އޭނާ ވަރަށް އުފާވިއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ އާއިލާއެއްވެސް ވެއެވެ. އެހެނަސް ލޯބިވާ ބައިވެރިއެއް ނެތެވެ. ސުވާލަކީ އާއިލާ އާއި އެކުވެރިންގެ ފަރާތުން ކިތަންމެ ވަރަކަށް ލޮއެބާއި އަޅާލުން ލިބުނު ނަމަވެސް އަލޫފްގެ ހަނދާންތަކުން ދުރަށް ދެވިދާނެ ހެއްޔެވެ؟ އަބަދު މިހެން ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެވިދާނެ ހެެއްޔެވެ؟ ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ” ހޭއި… މިންނު… ކޮން ކަމަކަށް ގެއްލިފަތަ… ” ވިސްނުމަށް ގޮސް ގެއްލިފައި އިން […]
އާޅެން ފިކުރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ރަތްޔާޤޫތުފަދަ ދެތުންފަތުގައި ދުނބުޅީގެ ފަރުދާއެއްވަނީ ލެވިފައެވެ. ސަންގު މަރުމަރުގެ ހުދު ހިލައަށްވުރެވެސް ހުދު ދަތްޕިލާގެ ކުލަވަނީ ގެއްލިފައެވެ. އިތުރުވީ ދެރުލުގެ ސަބަބުން މޫނުގެ ރީތިކަންވަނީ ގެއްލިފައެވެ. ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ބުންވަރުކުރުވެ ގުބުހިލި ނޭވާލުންވަނީ އަވަސް ވެފައެވެ. އިރުއިރުކޮޅާ ކެއްސާލުމާއިއެކު މޭގެ ތަދުވަނީ އިތުރުވެފައެވެ. ރުޅިއިސްވެ ހިތްއަވަސްވެ ކާހިތްވަނީ ކުޑަވެފައެވެ. މަޑުމަޑުން ނާރުތަކުގެ ބާރުދެރަވެ ބަލިތައް ޖެހެންވަނީ ފަށާފައެވެ. ދުމުގެ ސަބަބުން ހިތްވަނީ […]
” އެބަދަން 15 މިނިޓް ތެރޭގައި.” ލުބްނާއަށް ޖަވާބުދީފައި އިޝްރާ ފޯނުކޯލު ކުރުކޮށްލީ އަވަހަށް ތައްޔާރުވެގެން ދިއުމަށްޓަކައެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ފެންވަރާ ރީތިިވެލައިގެން އިޝްރާ ނިކުތްއިރު އައިހަމް އިނީ ތައްޔާރުވެގެން ނިކުމެ އޭނާގެ އިންތިޒާރުގައެވެ. ދެމީހުން އަވަހަށް ލުބްނާމެންގެއާއި ހިސާބަށްދެވުނުއިރު ލުބްނާ ހުރީ ލަސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިޝްރާ ފެނުމުން އެންމެ ފުރަތަމަވެސް އައިސް ޝަކުވާ ކޮށްލިއެވެ. ” ތީ 4 އަށް ރެޑީވާން ބުނި މީހާއަށް ވީ ވަރު. މިހާރު މަ މިތާ އިންއިރު މީހަކު ނިދާފައި ހޭލައިގެން ތައްޔާރުވެގެންއަންނަހާވެސް އިރުވެއްޖެ!” ލުބްނާއަށް ބަލައިލެވުނީ އައިހަމްއާއި ދިމާލަށެވެ. މެރޫން ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްގައި އޭނާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ލާފައިވާ އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހިސާބަށް އޮޅާލާފައިވީއިރު އެ ރީތި މުލައްދަނޑިން ބައެއް ހާމަވެފައިވިއެވެ. އައިހަމްގެ ރީތި ސޫރަ ފެނުމުން މީގެ ކުރިން އޭނާގެ ހިތަށް ނުވާ ގޮތެއް ވެލިއެވެ. އޭނާގެ ޒުވާން ހިތުގައި އާ އިހުސާސްތަކެއް ކެކި އުތުރިއަރައިގަތް ކަހަލަ އިޝާރާތެއް އޭނާއަށް ވެލިއެވެ. މީގެ ކުރިން ފިރިހެން ކުއްޖަކާއިމެދު ދުވަހަކުވެސް ނުވިސްނާ ލުބްނާއަށް މިއަދު އަލަށް ފެނުނު އައިހަމް އާއި ދޭތެރޭ ވިސްނެން ފެށުނީތީ ޚުދު އޭނާވެސް ހައިރާންވިއެވެ. ނަމަވެސް ހަމައެވަގުތު އޭނާގެ ކަޅި ތިރިކޮށްލާ އިޝްރާގެ އަތުގައި ޖަހާލަމުން “ދެންވެސް އަވަހަށް ދާން ހިނގާށޭ” ބުނެލިއެވެ. ޙަޤީޤަތުގައި އޭނާ އެހެން ބުނީ އެގޮތުގައި އިތުރަށް ހުރެގެން އޭނާ އެއްވެސް […]
ކުދިން ބަލަން ޖެހެނީ އަހަންނަށެވެ.އަހަންނަށް މިއިނދެވުނީ ކައްނެތް ފުޅައަކާއެވެ.މިއީ އަހަރެން އޭނާ ރަނގަޅަށް ދަސްނުކޮށް ކުރިކަމަކުން ވީ ކަމަކެވެ.ކައިވެއްޏަށް 6 އަހަރުވީއިރުވެސް އޭނާ އސްލާހެއް ނުވިއެވެ.އަހަރެން އެތަށް ފަަަަަަަަަަަަހަރަކު ލައުރީން ނަސޭހަތް އަށް ނަސޭހަތް ދީފީމެވެ. އަންހެން ކުއްޖަކަށް ވެ ހުރެ ގޭތެރޭގެ ކަންކަން ނުކުރަންޔާމުން ކޮންމެ މީހަކުވެސް އެއްޗެހި ކިޔާނެންނުންހެއްޔެވެ؟ޔޫސުފް ވާ ކެތްގަދަ އެންނުން ހެއްޔެވެ؟އާއެކެވެ. ޔޫސުފް ވރަށް ކެތްގަދައެވެ. އަހަންނައް އަބަދުމެ އަބަދަށް ރޮވެއެވެ.އަހަރެން އެއްދުވަހު ލައުރީން އާ ދިމާލައް އެއްޗެހި ކީމެވެ.އަދި އެދުވަހު […]
އަހަރެން އިންތިހާއަށް އޭނަދެކެ ލޯބިވީމެވެ. ނަމަވެސް އަހަރެންދެކެ އޭނައެއް ލޯތްބެށް ނުވެއެވެ. އަހަރެން އެނަގެ ކައިވެއްޔައެހީމެވެ.އޭނާ އެއްބަސް ވިއެވެ.އަހަރެންގެ ކައިވެނި އަވަސް ގޮތަކަށް ކުރަން ނިންމީމެވެ.އެނާގެ މިޒާޖެއް ނުބަލަމެވެ.އެނާގެ އުޅުމަށް ނުބަލަމެވެ.އެއީ އަހަންނަށް ކުރެވުނި މޮޔަކަމެކެވެ.އަހަރެން އޭނައަކީ ދީނަށް ލޯބި ކުރާ މީހަކުތޯއެށްނުބަލަމެވެ.އަހަންނައް ބެލުނީ ހަމައެންމެ ކަމކަށެވެ.އެއީ އޭނާގެ ސިފަ އަށެވެ. ރެއަކީ ކައިވެނި އޮތް ރެއެވެ.އަހަރެންގެ އަލަތު ކައިވެނި ވަރަށް ކުލަގަދަކޮން ފާހަގަ ކުރީމެވެ.އެނައަށްޓަކައިި އަހަރެން ހިތާ ފުރާނައިން ގުރުބާން ވީމެވެ.އެެކަން މިހާރުވެސް ފެންނަނީއެއްނުންހެޔެވެ.50,000 […]
އަހަންކީ ކުޑައިރުންސުރެ ސްކޫލް ކެޕްޓަން އަށް ވާން ބޭނުން ވިކުއްޖެކެވެ.މިއަދު އެކަން ހާޞިލްވެއްޖެއެވެ. އަހަންނަަަަށް 1000 ކުދިން ތެރެއިން 800 ވޯޓްލިބުނެވެ.އަހަންނަކީ ޔޫސުފްއެވެ. އަހަންނަށް އޭލެވެލް އިމްްްތިހާން އިންވެސް ވަަަރަށް މަތިން މާކުސް ލިބުނެވެ.މިހާރު ސްކޫލްދައުރުވެސް ނިމިއްޖޭއެވެ. 1އަހަރި ފަސް އަހަންނަކީ މިހާރު ވަޒީފައިގައި އުޅޭ މީހެކެވެ.އަދި އަދަން ދާންދެންވެސް އަންހެކުއްޖަކާރައްޓެހި ނުވަމެވެ.އަހަންނަކީ ވަރަށް މިނިވަންކަމާއެކު އުޅެން ބޭނުން ވާމީހެކެވެ.އެކަމް އަހަންނަށް ވަރަށް ކަމުދާ އަންހެންކުއްޖެށް ފެނުނީ އަހަރެންގެ ވަޒީފާންނެވެ.އެއީ ލައުރީންއެވެ.އެކުއްޖާ ފުރަތަމަ ފެނުނި ދުވަހުވެސް އަހަރެން […]
ރެން އުމުރުން 20 އަހަރުގައި ވަރަށް ލޯބި ލޯބި އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީމެއެވެ . ވަރަށް ވެސް ލޯބިން އަހަރެން 2 މީހުން އުޅުނީމެއެވެ . އިރު އަރަނީ 2 މީހުން ވެސް ފޯނު ގައެވެ . ނިދެނީ ވެސް 2 މީހުން ފޯނުގައި ތިބެގެންނެވެ . އެކި އެކި މަޖާ ކުރުމުގައި އަހަރެން އުޅުނީމެއެވެ . އަހަރެން ގެ ހުރިހާ އިހުސާސް ތަކެއް ބޭރު ކުރަމުން ދިޔާމެއެވެ . އަދި އަހަރެން ކުޑައިރު […]
“ކަލޭ…..” ވާހަކައިގެ ތެރެއިން އިޝްރާގެ ގައިގައި ޖަހަން ޒިދާންް މަޅާލި އަތާއެކު އޭނާގެ ވަހަކަ ހުއްޓިގެންދިޔައީ ހަމަ ކުއްލިއަކަށެވެ. ހަމަ އެވަގުތު އިޝްރާއާއި ލުބްނާއަށް ދެލޯމަރާލަމުން އަނެއްފަރާތަށް އެނބުރުނެވެ. ނަމަވެސް މިނެޓެއްހާއިރު ވެގެންދިޔައިރުވެސް އޭނާގެ ގަޔަށް އެއްވެސް ހަމަލާއެއް ނޭރުމުން އިޝްރާ ދެލޯ ހުޅުވާލަާ މަޑުމުޑުން އަނެއް ފަރާތަށް އެނބުރުނު ވަގުތު ފެނެނު މަންޒަރުން އަނގަމަތީ އަތްއަޅާލެވުނެވެ. އިޝްރާ ގައިގައި ޖަހަން ޒިދާން މަޅާލައިގެންހުރި އަތުގައި އައިހަމް ހިފަހައްޓައިގެން ހުރިއިރު އިޝްރާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އައިހަމްއަކީ މީގެ ކުރިން މީހެއްގެ ކަމެއްގައި އުޅެ އޭނާއަށް އަނިޔާވިޔަސް އަޅައެއްލާނެ ކުއްޖެއް ނޫނެވެ. އަބަދުވެސް އޭނާ ބުނާނީ މީހުންގެ ކަންކަމާއި ނުބެހި އުޅުމަށެވެ. މީހުންގެ ކަންކަމާއި ބެހިގެން އޭނާއަށް ކިތަންމެ ބޮޑު އަނިޔާއެއް ވިޔަކަސް އޭނާއަށް އަޅާލާފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ކުރިމަތީގައި އެހުރީ ހަމަ އައިހަމްތޯ ޤަބޫލުކުރަންވެސް އޭނައަށް ދަތިވިއެވެ. “ކަލޭ ހަނދާންކުރާތި! ކޮންމެ މީހަކާއި ބެހި އުނދަގޫކުރިއަކަސް އިޝްރާއާއި ލުބްނާއާއި ކުޅެން ނަހަދާތި! އެހެންނޫނީ އެކަމުން ނިކުންނާނެ ނަތީޖާ ވަރަށް ހިތިވާނެ! އެކަން ހަނދާންބަަހައްޓާތި!” އިންޒާރެއް ފަދަ ގޮތަކަށް ބުނެލަމުން އިޝްރާއާއި ލުބްނާއަށް އޭނާއާއި އެއް ހަމައެއްގައި އައުމަށް ބުނެފައި ހިނގައިގަތެވެ. ހިތްހަމަޖެހިފައިހުރެ ލުބްނާއާއި އިޝްރާހިނގައިގަތް ވަގުތު ޒިދާން ބުނެލިއެއްޗަކުން އެ ތިންމީހުންގެ ފިޔަވަޅުތައް ގަނޑުވިއެވެ. “ކަލޭމެން ހަނދަންކުރާތި! ތިހެން ކަލޭމެން ބޭނުންވާގޮތަކަށް ބޭނުންހާ ކުޅިއެއް އަބަދަކު ނުކުޅެވޭނެ އިނގޭ! މީގެފަހުން އަހަރެމެންވެސް އަހަރެމެން ބޭނުން ކުޅިއެއް ކުޅެލާނަން! އޭރުން އެނގިދާނެތާދޯ މޮޅުވަނީ ކޮންބައެއްކަން. ހެހެ…” ޒިދާން ބުނެލި އެއްޗަކުން އައިހަމް ގޮއްމުއްކެވިގެން ދިޔައެވެ. ނަމަވެސް އިޝްރާގެ އެދުމުގެ މަތިން އޭނާ އަޅައިނުލާ ލައިބްރަރީއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ފޮތްތައް ހަވާލުކޮށްފައި ގެއަށް އައި މަގުމަތީގައި އެ ތިންމީހުންގެ ތެރޭގައި ވީ ހަމަހިމޭންކަން އައިހަމްއަކަށް ކަމަކު ނުދިޔައެވެ. އެ ހަމަހިމޭންކަމުގެ ފަހަތުގައި ވީ ސަބަބު އޭނާއަށް ކަނޑައެޅިގެން އެނގުނުނަމަވެސް އެ ހަމަހިމޭންކަން ފޫދުއްވާލުމަށްޓަކައި އޭނާ ވަހަކަދައްކަންފެށިއެވެ. “އިޝް! ދެން އިޝްގެ ރިޒަލްޓް ލިބި ކިޔަވަން ބޭރަށް ފުރަންޖެހޭ ދުވަސްކޮޅާ ދޭތެރޭ ކޮންކަމެއްތަ އޮތީ؟ އަބަދު ގެއަކު ނުތިބެވޭނެއެއްނު!” މާޙައުލުގެ ގޮތުން އޭނާ މުޅިން އެހެން ވާހަކައެއް ފެއްޓީ އެކުދިންނަށް އިތުރު ކަމަކާއިމެދު ފިކުރުކުރަން ދޮރެއް ހުޅުވަން ބޭނުންނުވުމުގެ އިތުރަށް މިހާރު އެކުދިން ކުރަމުންދިޔަ ފިކުރުތަކުން ދުރުކޮށްދެވޭނެ މަގެއް ފެނޭތޯއާއިއެކުއެވެ. އިޝްރަ ހިނިތުންވެލައި މި ބަންދުގައި ކަންތައްކުރަން އެމީހުން ރާވާލާފައިވާގޮތް ކިޔައިދިނެވެ. “ދެން އައީ ކޮންއިރަކު ދަނީ؟” އިޝްރާވެސް ކޮށްލީ ސުވާލެކެވެ. ” ދެން 2 މަސް ފަހުން ދާނީ. މިފަހަރު ދެން ނަސީބުވެސް ގަދައީ ކަންނޭނގެ އިޝްގެ ޗުއްޓީ ދުވަސްކޮޅާ މަގޭ ޗުއްޓީ ދުވަސްކޮޅާ ދިމާވިކަންވެސް. ނޫންނަމަ މަ މިފަހަރު ނޭނގެ ހަދާނެ ގޮތެއްވެސް. ހެހެ…” ބޯކަހާލަމުން ހިނިއައިސްފައިހުރެ އައިހަމް ޖަވާބުދިނެވެ. އެވަގުތު ހިނގަމުންއައިސް އިޝްރާމެން ހުއްޓުމުން އައިހަމްވެސް ހުއްޓުނެވެ. ” އައީ! މީ ލުބޫމެންގެ. ލުބޫ! ދެންދޭ އެތެރެއަށް. މަ މިއަދު ހަވީރު ދާނަން އައީ ގޮވައިގެން ރަށުތެރެ ދައްކާލަން. ރެޑީވައްޗެ އެގަޑިއަށް އިނގޭ! މަ އަންނާނަން ބަލާ. މިހާރު މަގޭ މަންމަވެސް އުޅޭނެ ލަސްވެގެން. އެހެންވެ އިހަށް މި ދަނީ އިނގޭ! ސީޔޫ ލޭޓަރ ގާރލް!” ލުބްނާއަށް ހަނާއަޅާލަމުން އިޝްރާ ބުނެލިއެވެ. އެއަށްފަހު އޭނާގެ ގެއާ ދިމާލަށް މިސްރާބު ޖެއްސެވެ. “އިޝްޔާ! ކޮއްކޮ އަދިވެސް ނާދޭތަ ލައިބުރަރީއަށް ގޮސްފައެއް؟ މިހާރު ކޮންއިރެއް ދިޔަފަހުން؟” ދޮރުމައްޗަށް އެރިވަގުތު މަންމަގެ އަޑު އިވުމުން އިޝްޔާ ހުއްޓިލާ އައިހަމްއަށްވެސް މަޑުކޮށްލަން އެންގީ އެ ދައްކަ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ. އޭނާ ނައިސް ލަސްވެގެން އަދިވެސް މަންމަ ނިކަން ކަންބޮޑުވޭތާއޭ އިޝްރާގެ ހިތަށް އެރިއެވެ. “މަންމާ! ކޮއްކޮ ދިޔައީ އައިއްކޮއާ އެއްކޮށޭ! އެހެންވީމާ އައިއްކޮ އޭނާ ބަލާނެއެއްނު. ގައިމު މަށަށް އެނގޭ އެއްޗަކީ އައިއްކޮ އިޝްދެކެ ނިކަން ލޯބިވާކަން. އެހެންވީމައި އިޝްކޮއަށް ކަމެއް ވިއަކަސް އައިއްކޮ ހުންނަނެއެއްނު އިޝްގެ ސަލާމަތަށް! ދެން މަންމަ އެހަ ކަންބޮޑުނުބަލަ! އެހެންނޫނަސް މިހާރު އެކުދިން އުޅޭނީ އަންނަށޭ!” މަންމަގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އިޝްޔާ ތަފާތު ވާހަކަދެއްކިއެވެ. އެވަގުތު އިޝްރާ ސިޓިންރޫމުން ވަދެގެންއައިސް އޭނާގެ މަންމައަށް ގޮވަލިއެވެ. ” މަންމާ! އަޅުގަނޑު މިހުރީ ހަމަ ގަދަފަދަކޮށޭ! ފޮތްތައް ލާފައި އަންނަމުން މިސްމެންނާ ވާހަކަދައްކާލަން މަޑުކޮށްލީ. އެހެންވެގެން ލަސްވީ” މަންމަ މާ ބޮޑަށޭ މިހަރު ތި ހާސްވަނީ! މިހަރު އިޝް މީ އިޝްގެ އަމިއްލަ ސޭފްޓީ ހޯދަން އެނގޭވަރުގެ ކުއްޖެކޭ! އެހެންވީމައި މަންމަ ތިވަރަށް ހާސްވުމުގެ އެއްވެސް ބޭނުމެއްނެތޭ ކިތައްދުވަހުތަ އިޝް ބުނާނީ؟ އޭނ! ދެން މީގެފަހުން މަންމަ ތިހެން އިޝްގެ ކަންކަމާއި ތިވަރަށް ހާސްވެގެން އުޅެންޏާ އިޝް މަންމަދެކެ ވަރަށް ރުޅިއަންނާނެ އިނގޭ!” އިޝްރާ މޫނަށް ވައްތަރެއް ޖައްސާލަމުން ވާހަކަދެއްކީ އޭނާގެ މަންމަގެ މޫޑު ރަނގަޅުކޮށްލުމުގެ ގޮތުންނެވެ. އެއަށްފަހު ހިނިތުންވެލާފައި އޭނާގެ ކޮޓަރިއާއި ދިމައަށް މިސްރާބު ޖެއްސެވެ. އައިހަމްވެސް އޭނާގެ އަަމިއްލަ ކޮޓަރިއައި ދިމާލަށް މިސްރާބު ޖެހީ ދަތުރު ވަރުބަލިވެފައިވުމުގެ ސަބަބުންނެވެ. ****2 ގަޑިއިރު ފަސް**** ނިދިފައިއޮތް އިޝްރާއަށް ސިއްސައިގެންގޮސް ހޭލެވުނީ އޭނާގެ ފޯނު ބާރުބާރަށް ހަޅޭއްލަވައިގެން އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލަލިއިރު ލުބްނާގެ ނަން އަރާފައި އިނުމުން އިޝްރާ އަވަސްއަވަހަށް އެ ކޯލަށް ޖަވާބުދިނެވެ. “ހަލޯ.” “ހަލޯ އިޝް. ކޮބާ ކޮންއިރަކުން އަންނަނީ؟ މަ މިހުރީ ރެޑީވެގެން މިހާރު؟” ލުބްނާ އަހާލިއެވެ. ” އެބަދަން 15 މިނިޓް ތެރޭގައި.” ލުބްނާއަށް ޖަވާބުދީފައި އިޝްރާ ފޯނުކޯލު ކުރުކޮށްލީ އަވަހަށް ތައްޔާރުވެގެން ދިއުމަށްޓަކައެވެ. (ނުނިމޭ)