Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހެނަސް…(19)

Z A L 🐙 Level 210 Stories100 Login100 Comments
January 14, 2019 3 Mins Read
9 Comments

ކުއްލިއަކަށް އަލޫކްގެ ކާރު ލޯގަނޑުގައި މީހަކު ޓަކި ޖަހާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ކާރުގެ ލޯގަނޑު ތިރިކޮށްލިއެވެ. “ގޮސްދެވިދާނެތަ ގެއަށް ލައިދޭން؟ ދެންމެ ބަލާލިއިރު ސައިކަލުގަ ޕެޓްރޯލްނެތިގެން..” “ތީދެން އަހާކަހަލަ ސުވާލެއްނޫނެއްނު. ޕެޓްރޯލް ހުއްޓަސް ނެތަސް ދެވޭނޭ ގެއަށް ލައިދޭން. އެކަމު ކީއްކުރަނީ މިހިސާބުގަ؟” އަލޫކްގެ މޫނުމަތީގައި ކުރިންހުރި ނުތަނަވަސްކަމުގެ އަސަރެއް މިހާރަކު ހުރިހެނެއް ހިޔެއްނުވެއެވެ. ކާރުގެ ކުރީ ޕަސެންޖަރ ސީޓަށް ވިލާދާ އަރާ ހަމަޖެހިލުމުން އަލޫކް ކާރު ދުއްވާލިއެވެ.

ކާރުގޮސް ވިލާދާ އުޅޭ ތަނަވަސް ގޭގެ ޕޯރޓިކޯއަށް މަޑުކޮށްލުމުން ވިލާދާ ފޭބިއެވެ. އަލޫކަށް ޝުކުރުއަދާ ކުރިއެވެ. ވިލާދާއާ އަލޫކްއާ ދޭތެރޭވަނީ ކޮންކަހަލަ ގުޅުމެއްހެއްޔެވެ؟ ކޮން ހައިޞިއްޔަތެއް ބާއެވެ؟

އަލޫކް ކާރު ސްޓާރޓްކޮށް ގެއާދިމާލަށް މިސްރާބު ޖެހީ ވެފާހުރި ދަތުރު ވަރުބަލި ކަމެއްގެ ބޮޑުކަމާވެސް އެކުގައެވެ. ގެއަށްގޮސް އަލޫކް ފެންވަރާ ތާޒާވެލައިގެން ނުކުމެ އެނދުގައި ޖައްސާލިއެވެ. ބޯހިއްލާލާފައި ޑްރެސާރ މަތީގައި އޮތް ހުސް ސިރިންޖަށް ބަލާލިއެވެ. އެކިއެކި ކަންކަމާހެދި ބޯހާސްވާންފެށިއެވެ. މަލާކްގެ ޚިޔާލުތަކުން ސިކުނޑި ފުނިޖެހެން ފެށިއެވެ.

އައިރުޅީގައި އަލޫކް ގޮސް އެސިރިންޖުނަގާ ލޯގަނޑަށް ހަރާލިއެވެ. އެއާއެކު ބިއްލޫރިތައް ކުދިކުދިވެގެން ފައިބައިގަތެވެ. އެނދުމަތީގައި ހުރި ބާލީސްތަކާ ސައިޑްޓޭބަލް މަތީގައި ހުރި ސާމާނުތަކަށް ދާންދެން ބިންމަށްޗަށް އަޅާ، އެއްޗެހި ތަޅައިންދާ އަޑުން މުޅި ކޮޓަރި ގުގުމާލާފައިވެއެވެ. ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަލޫކް ބެލްކަންޏަށް ނުކުމެލިއެވެ. ފުންނޭވާތަކެއް ލަމުން ގެންދިޔައެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށް މިއަދު ކެތްކުރަން މަޖުބޫރުވެފައި މިވަނީ މަލާކަށް ޓާކައެވެ. އޭނާ ރަނގަޅުވާން ބޭނުމެވެ. މަލާކަށްޓަކައެވެ. އެކަމަށްޓާކައި މަލާކްގެ އެހީވެސް ނުހަނު ބޭނުމެވެ. މަލާކް ނޭވާލުމަކީވެސް އޭނާ ރަނގަޅުވުމަށްދޭ ހިތްވަރެކެވެ.

ކަރުން ޓީޝާޓެއް މަހާލަމުން އަލޫކް ކާރުގެ ތަޅުދަނޑި ހިފައިގެން ބޭރަށް ނުކުންނަން ދަމުން ކޮޓަރި ހަމަޔަކަށް އަޅުވާލަން ވިލިޔަމްއަށާ މެއިޑުންނަށް އެންގިއެވެ.

ބެލްކަނީގައި ކޮފީއެއް ބޯލަން ހުރި މަލާކްގެ ލޮލުން އިރުއިރުކޮޅާ ކަރުނަ ނީރާލައެވެ. އަލޫކްއާމެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނޭ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ސިކުނޑި ދެބަސްވެއެވެ. އަލޫކަށް އޭނާ އެހާ މުހިންމު ނޫންއިރު ވަކި އޭނާ ރޯންވީ ކީއްކުރަންހެއްޔެވެ؟ ދެލޯ ފުހެލުމަށްފަހު ޖޯޑު ހިފައިގެން އޭނާ ބަދިގެއަށް ދިޔައެވެ. ސިޓިންރޫމުގައި ފަންކާ ޖަހާފައި ހުރުމުން އޭނާ އެދިމާލަށް ބޯދިއްކޮށްލިއެވެ. “މަލާ..އަހަރުމެން ހީކުރީ ނިދީކަމަށް. އާދޭ ފިލްމެއް ބަލާލަން.” ނުހާ އެދުނެވެ. އަލޫކްގެ ކަންތަކާވެސް ދުރުވާން ސިކުނޑި ބާރުއަޅަމުން ދިޔަވަރުން އޭނާ ބޯޖަހާލާފައި ޖޯޑު ދޮވެލާފައި އަންނާނަން ކަމަށް ބުންޏެވެ. މިގަޑީ ކޮޓަރިޔަށް ވަނަސް ކުރާނެކަމެއް ނުފެންނާނެ ވިއްޔާއެވެ. މަލާކް ޖޯޑު ދޮވެލާފައި އައިއިރު ޒާހިލްވެސް ނުކުމެ އިނެވެ. ޓީވީ ކުރިމަތީގައި ހުރި ސޯފާގެ އެއްފަރާތުގައި ނުހާއިންއިރު ޒާހިލް އިނީ މެދުގައެވެ. ޒާހިލްގެ އަތުގައި ބޮޑު ތެލުލި ބަނބުކެޔޮ ތަށްޓެއް ހުއްޓެވެ. “ކޮންފިލްމެކޯ ބަލަން މިއުޅެނީ؟” ޒާހިލްގެ އަނެއްފަރާތުގައި އިށީންނަމުން މަލާކް ނުހާއާ ސުވާލުކޮށްލިއެވެ. “ދަ ޑާރކެސްޓް މައިންޑްސް’ މަ ބަލައިފިން އެއްފަހަރު. ޒާހިލް ގާތު މަކުރީދުހު ބުނިން މިބަލާފަ އޭނާއަށްވެސް ރޮވޭނޭ. ދެން ކުޑަ ބަހުސަކަށްފަހު އެއްބަސްވީ މިރޭ ބަލަން. ރޮވިއްޖެ މީހަކު އަނެއް ދެމީހުނަށާ އެކީ މިރޭ ޕިއްޒާއަށް ޕޭކުރާ ގޮތަށް. ޒާހިލް ކޮބާ ވޮލެޓު ރެޑީގަ ބާއްވާތި!” “ހީކުރާގޮތްދޯ…މަށަށް ހީވަނީ ނުހާހެން ދެވަނަ ފަހަރަށް ބަލާފަވެސް ރޯންފަށާނީ..”

ފިލްމު ފެށުމާއެކު އެންމެންގެ ޝައުޤުވެރިކަން ވަރަށް ފަސޭހައިން އެއަށް ދަމައިގަތެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ޒާހިލްއާ މަލާކްގެ ކަޅި ބައްދަލުވެއެވެ. އެފަދަ ގަޑިގަޑީ މަލާކްގެ ސިކުނޑި މަލާކަށް ވިސްނައިދެމުން ދިޔައީ އަލޫކަށް ވުރެ ޒާހިލްވެސް މާ ރަނގަޅުވާނެކަމަށެވެ. މަލާކްއަށް އެހެންވެ ދޭތެރެއަކުން އެހެން ދިމާލަކަށް ގެއްލި ވިސްނުމެއްގައި އިނދެވެއެވެ.

ފިލްމުގެ އެންމެދެރަވާ ތަންކޮޅެވެ. މަލާކްއިނީ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލައިގެންނެވެ. ދެލޮލަށް އޭރު ކަރުނަތައް ޖަމާވާން ފަށައިފިއެވެ. ވަގުވަގަށް ނުހާ ރޮމުން ގެންދިޔައެވެ. ޒާހިލްއަށް ސިއްރުންނެވެ. ޒާހިލްވެސް އިނީ ދެރަވެފައެވެ. އެކަމަކު ނުހާ ސިއްރުން ކުރަމުން ދިޔަ ކަންތައް ފަޅާއެރުމުން އޭނާއިނީ ފޮނިވެފައެވެ. ޕިއްޒާއަށް ޕޭކުރަން އޭނާއަށް ނުޖެހޭނެކަން އެނގޭތީއެވެ. މަލާކާދިމާލަށް މޫނު އަނބުރާ ބަލާލުމާއެކު ޒާހިލްގެ ހިތުގައި ހީވަނީ މީހަކު ވިކައިގަތްހެންނެވެ. މަލާކްގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ފިލްމު ނިމުނު އިރުވެސް ޒާހިލްއިނީ މަލާކާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހާދަ މައުސޫމެވެ. ފިލްމުނިމުމާއެކު މަލާކްއަށްވެސް އިއްތިފާޤުން ޒާހިލްއާ ދިމާލަށް ބަލާލެވުނެވެ. ޒާހިލްގެ ހިތްއެދި ގޮވަމުންދިޔައީ މަލާކްގެ ކަރުނަތައް ފުހެލަދިނުމަށެވެ. މަލާކް ކަރުނައިގެ ތެރެއިން ހޭންފެށިއެވެ. ކޮންފަދަ މައުސޫމްކަމެކޭ ޒާހިލްގެ ހިތަށްއެރިއެވެ. ޒާހިލްއަށް މައުނަވީ ހިނިތުންވުމެއް ހަދިޔާކޮށްލެވުނެވެ. މަލާކް ދެލޯފުހެމުން ނުހާއޮތް ހާލެއް ބަލާލަން ތެދުވިއެވެ. އެއާއެކު ޒާހިލްވެސް ނުހާއާ ދިމާކޮށްކޮށްފައި ހޭންފެށިއެވެ.

އެރޭ އެކަމަކު ޕިއްޒާއަށް ޕޭކުރީ ޒާހިލްއެވެ. އޭނާ ބުނީ މިއީ އޭނާ އެގެއަށް ބަދަލުވުމުން ދިން ‘ޓްރީޓެއް’ ކަމަށެވެ. ކައިނިމެނިކޮށް ނުހާ މަންމަގުޅޫމުން އޭނާވަނީ ކޮޓަރިޔަށެވެ. މަލާކް ތަށިތައް ދޮވެ ކަބަޑުތައް ލަމުން ދިޔައިރު ޒާހިލް ފެންތަށި ހާކާލަހާކާލާ ކާމޭޒުދޮށުގައި އިނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލާފައިވެސް ކޮންމެފަހަރަކު ޒާހިލް އިސްއޮބާލަނީއެވެ. ލަދުންނެވެ. ނުތަނަވަސްވެގެންނެވެ. ‘އެކްސައިޓް’ވެސް ވެގެންނެވެ.

“މަލާ ހާދަ އިމޯޝަނަލްއޭދޯ…” އެންމެފަހުން ވަރަށް ހިތްވަރުކޮށްފައި ޒާހިލް ކޮންމެވެސް ވާހަކައެއް ދައްކަންފެށިއެވެ. “އިމޯޝަނަލްތަ؟ ކިހިނެއް އިނގޭނީ މިރޭ ކޮޓަރިޔަށް ވަދެފަ ނޫންކަމެއް ޒާހިލް ރޯންފަށާނީކީ..” “ތި ހަމަ ހީވާގޮތް..” “ހިތެއް ނެތް މީހުނަށް ތިހެން ހުރެވޭނީ…” މަލާކް ދެން ބުނެލި އެއްޗަކުން ޒާހިލް މަލާކަށް އިޝާރާތެއް ދިނުމުގެ ގޮތުން ރައްދުދިނެވެ. “ހިތް ވަގަށް ނެގީމަ ހިތެއް ނޯންނާނެ އެއްނު…” ފަސްއެނބުރިގެން ހުރި މަލާކްގެ ތުންފަތްމަތީގައި ދުވެލީ ލުއިލުއި ހިނިތުންވުމެކެވެ. ޒާހިލްވެސް އިނީ ހިނިތުންވެފައެވެ. ދެމީހުންކުރެ މީހަކު އަނގައިން ނުބުނެ ހުރުމަށްފަހު މަލާކް ކޮޓަރިޔަށް ވަދެ ދޮރުލައްޕަލައްޕާ ހުއްޓާ ޒާހިލް ‘ގުޑްނައިޓް’އޭ ބުނެލިއެވެ. މަލާކްވެސް ފަސްއެނބުރި ޒާހިލްއަށް ބަލާލުމަށްފަހު ‘ގުޑްނައިޓް’އޭ ބުނެލީ ހިނިތުންވުމަކާއެކުއެވެ.

މެންދަމުން އަލިވެ ދޭއްޖެހިއިރުވެސް މަލާކް ކޮޓަރީގެ ބެލްކަނި ފެންނާނެހެން ކާރުޕާކުކޮށްގެން އަލޫކް އިނެވެ. މަލާކް ބެލްކަންޏަށް ނުކުމެދާނެ ކަމުގެ އުންމީދުގައެވެ. ސިކުންތަކަށް ފަހު މިނެޓެއް، މިނެޓަކަށް ފަހު ގަޑިއިރެއް ވަމުންގޮސް ފަތިސްވުމާއެކު އަލޫކް ކަރުއެލިފައި އިނދެ ކާރު ސްޓާރޓްކޮށްގެން ދުއްވާލިއެވެ. މަލާކް ފެނިދާނެހެން ހީނުވުމުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

އެހާރާ އި މިހާރު

Next

އެހެނަސް…(20)

Next
January 14, 2019

އެހެނަސް…(20)

Previews
January 14, 2019

އެހާރާ އި މިހާރު

9 Comments!

  1. Ulaa says:
    January 14, 2019 at 2:14 pm

    Alook haadha keii gadhaey aslu. Btw story reethi. 20th vana bai kiyann midhanyyyyyyy

    1. Zelll says:
      January 14, 2019 at 2:20 pm

      Thankyou Ulaa. Yes varah keii gadha aslu hagygathuga. Yessss avahah plx read!!

  2. ShadowGirl says:
    January 14, 2019 at 2:19 pm

    Zahil and Malaak ves v cute henn hyvey. Vilaadhaa akyyyy alhe kaakuthaaa?! Alook eynaa ah egothah gaai konn kannthah kurann jeheyyy sababeh onnaane ennu!!!???

    1. Zelll says:
      January 14, 2019 at 2:22 pm

      Ahaha. Gina readers ekam find Alook and Malaak more cuter. Vilaadhaa aky kaakubaa? 🙂 kuriyah oiithaa adhi ingeyne kanne inshaallah. Dhenn balamaa dhw. Yes ofcourse sababu eboii

  3. unique says:
    January 14, 2019 at 10:03 pm

    love it hihih mi story in interest nugehley adhivx zelll ur doing a grt job
    may allah bless u
    n hope u have a grt future a head insha allah

    1. Zelll says:
      January 16, 2019 at 3:11 pm

      Thankyou unique? ? ? ? ? ? ? May allah bless you too. Unique ulheny konn grade egga? Hope you have a bright future too dear?

    2. unique says:
      January 16, 2019 at 4:33 pm

      gr 12

  4. Jooooo says:
    January 15, 2019 at 3:23 pm

    Vvvv hadi

    1. Zelll says:
      January 16, 2019 at 3:12 pm

      Thankyou? ? ? ?

Comments are closed.

Next Episodeއެހެނަސް…(20)←


All Right Reserved!