އަރައިގެން ދިޔަ އިރާއެކު އައިޝާ ހޭލިއެވެ. އަދި ކުޑަ ގޮތަކަށް ތާޒާ ވެލުމަށްފަހުގައި ބަދިގެއާ ދިމާ ލަށް މިސްރާބް ޖެހިއެވެ. އެވަގުތު އޭނަގެ މަންމަ ސައި ހަދަން ހުއްޓެވެ.”އަދިވެސް… ނުނިމެނީތަ؟ ބޮޑު ކަމެއްނު… ބަނޑު ހައިވެގެން މިހާރު ގައިން ވަރު ހުސްވާވަރު ވެއްޖެ…” އައިޝާ އޭނަގެ މަންމަ އާ ދިމާލަށް ބުނެލިއެވެ.” ދަރިފުޅު ތި ބުނާ ހާ އަވަހަކަށް މަންމައަކަށް ނުކެއްކޭނެ ދޯ….މަންމަ ވެސް އޮންނަނީ ދެއަތްް” ފާތުމަ އޭނަގެ ދަރި ގާތުު ބުނެލިއެވެ. “ހުން… އަހަރެން […]
މެންދުރުގެ ހޫނުކަން ކެނޑި ހަވީރުގެ ފިނިކަން ފަޒާއަށް އަތްގަދަކުރަން ފެށިއެވެ. ހައިޒަލް ކެބިންގައި އިނދެފައި ހަވީރުވީފަހުން ނިކުމެގެން އައިރު ވަށައިގެން ނަޒަރު ހިންގުނީ ނައިނާ ފެނިލާތޯއެވެ. ހައިޒަލް ކެބިންގައި އިންއިރުވެސް ތިރިކޮށްލެވިފައިވާ ބްލައިންޑަރސްތަކުގެ ދޭތެރެއިން ނައިނާގެ މޫނު ފެނިލާތޯ ބެލުނު އަދަދެއްވެސް ނޭނގުނެވެ. މެންދުރުއްސުރެ ނައިނާގެ މޭޒު ހުސްކޮށްވާތަން ފެނި ހިތަށް ނޭނގޭފަދަ ހުސްކަމެއް ލިބުނުއިރު ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ހައިޒަލް ވިސްނުމެއްގައި ހުރެގެން ނައިނާގެ ކެބިންއާއި އަރާހަމަވީ ވަގުތަކީ ކެބިންގެ ދޮރު ހުޅުވާލައިފައި ޝެނާ […]
މިންހާގެ އެސުވާލުން އޭނައަށް ބުނެވުނީ ބުނަން ނުވާވަރުގެ ވާހަކައެއްކަން އަޝްރާއަށް ވިސްނުނެވެ. އޭނާ ވާނީ އިއާން ގާތު މިންހާއަށް އެވާހަކަ ނާންގަން ވަޢުދުވެފައެވެ. އެހެނަސް ނޭނގުމެއްގެ ތެރޭގައި އެވާހަކަތައް އޭނަގެ ދުލާއި ހަމައަށް ގެނެވުނީއެވެ. ” އަޝޫ… ޓެލް މީ… އެހާ ކުރިންވެސް އާން އަހަރެންދެކެތަ ހަމަ ލޯބިވަނީ… އައިމީން ހައު… ” ސުވާލުން ފުރިގެންވީ ފަދައިން މިންހާ އަހާލިއެވެ. އޭނައަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. ” އަޝޫ… އަޝޫއަށް އިނގޭދޯ ކުރިންވެސް މިކަން… ” މިންހާ […]
ކޮޓަރި ތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އެނދުގައި އަހަރެންގެ ބިއްދޮށުން އޮށޯވެ ނިދާފައި ފިރިމީހާ އޮތެވެ. ކޮޓަރީގެ އެއްފަޅީގައި ބަހައްޓާފައިވާ އެނދެއްގައި އަހަރެންގެ ދޮޅުއަހަރުގެ ދަރިފުޅު ނިދާފައި އޮތެވެ. އަހަރެން އޮތީ ނިދި ނައިސްފައެވެ. މި މެންދަމުގެ ހަމަހިމޭން ވަގުތުގައި އަހަރެންނަށް އިޙްސާސް ކުރެވެމުން ދަނީ އަހަރެންގެ މާޒީގެ ހިތި ރަހަތަކާއި އަސަރުތަކެެވެ. އެއީ ގާތްގަނޑަކަށް މީގެ ދެތިން އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެންނަކީ ރާއްޖެތެރޭގެ މެދު ފަންތީގެ ޢާއިލާއެއްގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމައާއި […]
ކާނިވާތެރެ ވަނީ ތޮއްޖެހިފައެވެ. ބައިބޯކަމުން ކަށިތުނޑެއް ޖައްސައިލާނެ ތަންކޮޅެއްވެސް ނެތެވެ. ކާނިވާގެ ސްޓޭޖް ޙަރަކާތްތައް ފެށުމުގެ ކުރިން އެތަނަށް އައުމަށް ޖައިޝަމްވަނީ ވަޢުދުވެފައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ވަގުތު ކުޑަތަން ވަނީއެވެ. އަވަސް އަވަހަށް އަހަރެން މޫނުމަތި ފޮހެލައި ހަމަހެޖެހިލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ހިތް ހިމޭނަކުން ނޯތެވެ. ނޭނގޭ ބިރުވެރިކަމެއްގެ ވިންދެއް އަހަރެންގެ ހިތުގެ ތެރޭގައި ޖަހައިލިއެވެ. ޖައިޝަމް އަހަރެންނަށް މަޢާފު ކުރާނެ ބާވައެވެ. އޭނާގެ ޙަޔާތުން އަހަރެންނަށް ޖާގައެއް ލިބިދާނެ ހެއްޔެވެ؟ މިފަދަ […]
ދާނެ މަންޒިލެއްނެތް މަގުގެއްލިފައިވާ މުސާފިރެއް ފަދައިން މަތީނު މަޑު ހިނގުމެއްގައި ގޮސް ސަޙަރާގެ ތެރެއަށް ވަނެވެ. ދެން ވީ ގޮތެއް ނޭނގެއެވެ. މަތީނަށް ހޭލެވުނުއިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. މުޅިމީހާވަނީ ހިކި އަނަރޫފަ ވެފައެވެ. މޫނުމަތިން ފެންނަމުންދަނީ ހިތާމަޔާއި ހިތްދަތިކަމެވެ. ދެލޯވަނީ ވަޅުވަދެފައެވެ. ކޯތާފަތްވަނީ ވަޅުވަދެފައެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހާވާލެވިފައެވެ. އެއްވެސް ތަރުތީބެއް ނެތިއެވެ. ފުރާނަ ހުރި ނަމަވެސް މައްޔިތެކޭ އޭނާއެކޭ މާ ބޮޑު ތަފާތެއް ނެތެވެ. މަތީނަށް ބަލައިލާ ކޮންމެ […]
“ވަކި ހިސާބަކުން އަހަރެން އެނބުރި ބަލައިލިއިރު އަންހެން ކުއްޖަކު ދުވެފައި އެތަނަށް އަންނާތީ ދެކުނިން. އަނދިރި ކަމުން އޭނާގެ މޫނެއް ނުފެނޭ. ފެނުނީ އޭނާގެ ދިގު އިސްތަށިގަނޑު.” ފަހު ޖުމްލަ ބުނިއިރު އަޒާންގެ އަޑު ކުރެހުނެވެ. އިރުކޮޅެއް ވަންދެން އަޒާން ވާހަކަދެއްކުން ހުއްޓައިލައިގެން އިންއިރު ދެފަހަރަކު ނޭފަތް ދަމާލިއެވެ. “ކުރެވުނު ކަންތައް އިހުސާސްވީ ގެއަށް ދިޔުމުން. އޭނާ މަރުނުވޭތޯ ހިތާހިތުން ވަރަށް ދުއާ ކުރެވުނު. އެކަމަކު…… ބޭރަށް ދިޔުން އެއްކޮށް ހުއްޓާލިން. އަހަރެމެންގެ ދެމީހަކު ހައްޔަރުކުރުމުން ބައްޕަގެ […]
“ރިދް… އައިމް ސޮރީ…” ހައިޒަލްގެ ޖުމްލައާއިއެކު ރިދާ އިސްއުފުލާ ބަލާލިތަނާ ހައިޒަލް ރިދާގެ އަތުގައި ހިފާ އޭނައާއި ގާތަށް ދަމާލިގޮތުން ރިދާ ހައިޒަލް މޭގައި ލައްވިއިރު ސިހިފައި ކަހަލަގޮތަކަށް ހައިޒަލްގެ މޫނަށް ބަލާލީއެވެ. އެެއާއިއެކު ހައިޒަލް ރިދާގެ މޫނަށް ބަލާލަމުން ރިދާގެ ތުނި އުނަގަނޑުގައި އަތްއަޅުވާލިއެވެ. އޭރު މަޑުހިނގުމެއްގައި ނައިނާ އައިސް އެ ހިސާބާއި އަރާހަމަވީއެވެ. ފެނުނު މަންޒަރުން ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިރު އެ އެ ލޮލުން ފެނުނީ ހިތްހަލާކޮށްލާފަދަ ވޭނީ އަސަރުތަކެވެ. “ބޭބީ… ޔޫ […]
“ހައިޒަލް ދެކެ ލޯބިވާތީ… ޑޭމިޓް އައި ލަވް ޔޫ…” އެ ޖުމްލަތައް ނައިނާގެ ދުލުން ބޭރުވީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. ހިނދުކޮޅަކަށް ނައިނާ ހުއްޓުންއެރިއިރު ބާރަށް ރޮއެގަންނަމުން ހައިޒަލް މޭގައިި ދެއަތުން ތަޅައިގަތެވެ. “ވަޓް….” އެބަސްތަކުން ލިބުނު ޝޮކްގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ހައިޒަލްގެ ދުލަކަށް ނައެވެ. ނައިނާ އޭނަދެކެ ލޯބިވެދާނެކަމަށް ހައިޒަލް ދުވަހަކު ހިޔެއްނުކުރެއެވެ. އެތައް އަންހެންކުދިންގެ ދުލުން އެ ލަފްޒުތައް އިވި ބާވެފައިވިޔަސް ނައިނާގެ ދުލުން އެ ލަފްޒުތައް އިވުމުން ހިތަށްކުރި އަސަރު ބަޔާން […]