Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 20

Saraa Level 910 Stories100 Comments100 Login500 Comments500 Login
April 26, 2019 4 Mins Read
8 Comments

“ހައިޒަލް ދެކެ ލޯބިވާތީ… ޑޭމިޓް އައި ލަވް ޔޫ…” އެ ޖުމްލަތައް ނައިނާގެ ދުލުން ބޭރުވީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. ހިނދުކޮޅަކަށް ނައިނާ ހުއްޓުންއެރިއިރު ބާރަށް ރޮއެގަންނަމުން ހައިޒަލް މޭގައިި ދެއަތުން ތަޅައިގަތެވެ.

“ވަޓް….” އެބަސްތަކުން ލިބުނު ޝޮކްގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ހައިޒަލްގެ ދުލަކަށް ނައެވެ. ނައިނާ އޭނަދެކެ ލޯބިވެދާނެކަމަށް ހައިޒަލް ދުވަހަކު ހިޔެއްނުކުރެއެވެ. އެތައް އަންހެންކުދިންގެ ދުލުން އެ ލަފްޒުތައް އިވި ބާވެފައިވިޔަސް ނައިނާގެ ދުލުން އެ ލަފްޒުތައް އިވުމުން ހިތަށްކުރި އަސަރު ބަޔާން ކޮށްދޭނެގޮތެއްވެސް ނޭނގުނެވެ. މަޑުމަޑުން ނައިނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރި އަތަށް ދޫވެގެންދިޔައިރު ހައިޒަލް ދުރަށް ބަލާލިއެވެ. އެވަގުތު ނޭނގިނަމަވެސް އެ ތުންފަތްމަތީ ކުޅެލީ އުފާވެރި ހިނިތުންވުމެކެވެ.

“އައި ލަވް ޔޫ އޭ… ހައި ސަފަރކުރާވަރު އިނގި ހެލްޕްވާން އަހަރެން ބޭނުންވިއިރު ލޯބިވެވުނު ގޮތެއްވެސް އަހަންނަކަށް ނޭނގެ… އަހަންނަކަށް އިނގެނީ އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެކަން… ޕްލީޒް ހައި… ޖަވާބެއްދީބަލަ….” ނައިނާ އިރުކޮޅެއްވަންދެން ހިމޭންވެފައި ހުރެފައި ކެތްތެރިކަން ކުޑަވެފައިވާފަދަ ގޮތަކަށް ހައިޒަލްގެ ގަމީހުގެ ގިރުވާނުގައި ހިފާ ތަޅުވައިގަތެވެ. އެއާއިއެކު މޫނު މައްޗަށް ވެރިވި ކުލަތައް ފޮރުވާލަމުން ހައިޒަލް ނައިނާއާއި ކުރިމަތިލިއެވެ. އެވަގުތު އެލޮލުން ފެނިލި އަސަރަކުން ނައިނާއަށް ނޭވާ ހިފަހައްޓާލެވުނެވެ.

“އަހަރެންނަށް އެހީވާން… ނައިނާ ހީކުރީ އަހަންނަކީ މީހުންގެ އެހީ ބޭނުންވާހާ ޕެތެޓިކް މީހެއްކަަމަށްތަ؟…. ކޮން މޮޔައެއް ވެގެންތަ އަހަރެންދެކެ ލޯބިވީ… ނައިނާ ހީކުރީތަ ދެތިން ދުވަހަކު އަހަރެން ހީލައިފައި ވާހަކަދެއްކީމަ ނައިނާ ދެކެ ލޯބިވީއޭ… އަހަރެން ލޯތްބެއް ނުވޭ… ނުވެސްވާނަން… އުފަން މަންމަގެ ފަރާތުން ލޯތްބެއް ނުލިބުނުއިރު އަހަރެން އެހެންމީހެއްދެކެ ލޯބިވާނެތަ… އަހަރެން ދުވަހަކު އަންހެނެއްދެކެ ލޯތްބެއްނުވާނަން…” ހިތާފުރާނައިން ނައިނާދެކެ ލޯބިވާއިރު އެ ލޯތްބަށް އިންކާރުކުރަން ހައިޒަލްއަށް ކިތަންމެހާވެސް އުނދަގޫވިއެވެ. ސިކުނޑިއާއި ދެކޮޅުވެރިވެ ހިތް އެލޯބި ގަބޫލުކުރުމަށް ބާރުއަޅަމުންދިޔައިރު މިގޮތަށް ނައިނާއާއި ދުރުވާން ހިތަށް ކެތްވަނީކީނޫނެވެ. ނައިނާއާއިމެދު އޭނަގެ ހިތުގައި އުފެދިފައިވާ އިހުސާސްތަކާއި ދުލުން އެއްބަސްވުމަކީ ހާދަ އުނދަގޫކަމެކެވެ.

ސިކުނޑި ހަލަބޮލިކުރަންފެށި ހިޔާލުތަކާއިއެކު ހައިޒަލް ވޭނުން ފުރިގެންވީގޮތަކަށް ލޯމަރާލިއެވެ. އެއާއިއެކު ނައިނާގެ ހިތަށްވެސް ތަދުވެގެންއައެވެ. ލޯތްބަކީ ހައިޒަލްއަށް ކިހާ ވޭންދެނިވި އިހުސާސްއެއްކަމާއި މީހަކަށް އިތުބާރުކުރުމަކީ ހައިޒަލްއަށް ކިހާ އުނދަގޫކަމެއްކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދިޔަ ވަގުތުކޮޅެކެވެ. މަންމަގެ ލޯބި ނުލިބުމަކީ އޭނައަށް އަންހެނުންނަށް އިތުބާރުނުކުރެވުމުގެ އަސްލެވެ. ފެށުނީއްސުރެ ލޯތްބާއިމެދު އޭނާގެ ހިތުގައިވަނީ ކިލަނބުކަމެވެ.

“ހައި… ޕްލީޒް…” ނައިނާ އާދޭހުގެ ނަޒަރަކުން ބަލާލަމުން ހައިޒަލްގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ހައިޒަލްއާއި މެދު އެންމެ ފުރަތަމަ ދުވަހުއްސުރެ ހިތުގައި އުފެދުނު ފޫހިކަން ލޯތްބަށް ބަދަލުވެ ހައިޒަލްގެ ކުރިމަތީ އާދޭސްކުރަންޖެހިދާނެ ދުވަހެއް އައިސްދާނެކަމަކަށް ނައިނާ ހިޔެއްވެސް ނުކުރެއެވެ. ހައިޒަލްގެ ވޭންތަށް ލުއިކޮށްދޭން ބޭނުންވީއިރު އޭނަގެ ހިތް ހައިޒަލްއާއި ދިމާލަށް ދީލައިލީ އޭނައަށްވެސް  ނޭނގިއެވެ. ނޭނގި ހުއްޓާ ކުރެވުނު އިހުސާސްތަށް ފުންވަމުންގޮސް ލޯތްބަށް ބަދަލުވީ ނައިނާގެ ނަފްސަށްވެސް އެކަމުން ސިހުމެއް ގެނުވާފައެވެ.

“އަހަރެން އިތުރަށް ރުޅިގަދަކުރަން ނޫޅެ ނިކުމޭ… އަހަރެން ނައިނާއާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް…” ހައިޒަލް އަތްމުށްކަވާލަމުން ނައިނާއަށް ބަލާލި ނަޒަރުން ނައިނާ ގަނޑުކޮށްލިއެވެ. މީގެ އިރުކޮޅެއްކުރިން އެލޮލުން ފެނިލި ލޯތްބާއި އޯގާތެރިކަން ދިޔަތަނެއްވެސް ނޭނގެއެވެ. އޭރު ހައިޒަލް މުށްކަވާލެވިފައިވީ އަތަށް ބާރުވެގެން އަތްއިރު ދަތްތަކަށް ބާރުކުރަމުންއައީ ލޮލަށް ގިނަވަމުން އައި ކަރުނަތައް ހުއްޓުވޭތޯއެވެ.

“ހައި ލޯބިނުވިޔަސް އެޓްލީސްޓް އަހަންނަށް ލޯބިވުމުގެ ފުރުސަތުދީ…. ހައިއަށް އެހީވާނެ ފުރުސަތެއް ދީ… އަހަންނަށް ހައިޒަލް ތަހައްމަލްކުރާ ވޭންތައް ބަލަން ކެތެއްނުވެޔޭ… ކިތައް ރޭ ހައި ހުވަފެނުގައި ތެޅިފޮޅޭނޭކަން އިނގިފައި ނުނިދާ އޮންނަންޖެހޭ… ހުރިހާކަމެއް އިނގިހުރެ ދުރުގައި ހުންނާކަށް އަހަރެން ބޭނުމެއްނުވޭ… ހައި ތިހާލުގައި ފެންނަ ކޮންމެފަހަރަކު އަހަރެންގެ ހިތަށް ތަދުވޭ.. އަމިއްލަ ނަފްސު ކުށްވެރިކުރެވޭ… ހައިޒަލް ނިދީގައި ތެޅިފޮޅޭތަން ދެކޭކަށް އަހަންނަކަށް ކެތެއްނުވެޔޭ… ޑޭމިޓް… އައިމް ވޮރީޑް އެބައުޓް ޔޫ… އައިމް ވޮރީޑް އެބައުޓް ޔޫ ކްރޭޒީ…” ނައިނާގެ ލޮލަށް ގިނަވި ކަރުނަތައް އެ ބަސްތަކުގެ ތެދުކަން ހާމަކޮށްދިނެވެ. އެ ޖުމްލަތަކާއިއެކު ހިނދުކޮޅަކަށް ހައިޒަލް ނައިނާއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އޭނާ ގިލަންވެރިކަން ދެކެން ނައިނާގެ ހިތަށް ކެތްނުވާތީ އެކަމާއި ކުރަންވީ އުފާކަމެއް ނޫނީ ހިތާމަކަމެއް ނޭނގިފައި ހުރެއެވެ.

ހައިޒަލް އިރުކޮޅެއްވާންދެން ނައިނާގެ މޫނަށް ބަލަހައްޓައިގެންހުރިއިރު އެތައް އެއްޗެއް ހިތަށް އަރާ ފޭބިއެވެ. ދިރިއުޅުމުގެ ހިތިކަމާއިއެކު ލޯތްބަކީ އޭނައަށް ކިހާ ހިތި އިހުސާސެއްކަން ނައިނާއަށް އިނގޭނެނަމައޭ ހާސްފަހަރު ހިތަށް އެރިއެވެ. ފުރާވަރު އުމުރަށް އަޅައިގެން އައިރު އޭނަ ދުވަހަކު އަންހެންކުއްޖެއްދެކެ ލޯބިނުވާން އަޒުމް ކަނޑައެޅިއިރު ނައިނާއާއި ދިމާވުމާއި ހަމަޔަށްވެސް އެގޮތުގައި ދެމިހުރުމުގައި ކާމިޔާބު ހޯދިއެވެ. ނަމަވެސް ނައިނާ މިއަދާއި ހަމަޔަށް އޭނަ ދެމެހެއްޓި އުސޫލް މުގުރާލައިފިއެވެ. ނައިނާއާއިއެކީ ހޭދަކުރި ހުރިހާ ވަގުތުތަކެއް އުފަލުން ހިތް ފުރާލިއިރު އެ އުފާތަކަކީ މުޅި އުމުރަށް އޭނަގެ ދިރިއުޅުމަށް ނިވާއަޅާނެ ހަނދާނަކަށް ވެގެންދާނެކަމަކަށް ހައިޒަލް ހިޔެއްވެސް ނުކުރެއެެވެ. އޭނާގެ ހިތުގެ މުރާދު ބަދަލުވެގެންދާނެކަންް އިނގުނުނަމަ އޭނަ އެންމެ ފުރަތަމަ ދުވަހުވެސް ނައިނާއާއި ދުރުވީހެވެ.

“ނައިނާ ނުޖެހެއޭ އަހަންނާއިމެދު ކޮންސާންވާކަށް… އަހަންނަށް ނައިނާގެ އެހީ ބޭނުމެއްނުވޭ…  އެހެންނޫނަސް އަހަރެން ބުނެގެންތަ ނައިނާ އަހަރެންދެކެ ލޯބިވީ…” ހައިޒަލް ނައިނާ ފަސްދެމުން ލޯމަރާލިއިރު ނުކިޔަމަންތެރިކަމާއިއެކު ލޮލުގެ ތެރެއަށް ގިނަވެގަަތް ކަރުނަތައް ހޯސްލާފައި ކޯތާފަތުން ތިރިއަށްދެމިގަތެވެ. އޭރު ހިތުގައި ރިހެމުންދިޔައީ އިންތިހާއަށެވެ. އެވަގުތު ނައިނާ ވޭނުން ފުރިގެންވީ ގޮތަކަށް ހައި އޭ ކިޔާލިގޮތުން ހައިޒަލްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. ނައިނާ އެއަތުގެ ހިމާޔަތަށް ގެންނަމުން އެ ހުރިހާ ރިހުންތަކެއް ފިލުވާލަދޭން އިންތިހާއަށް ބޭނުންވިއެވެ.

މޫނުމަތީވީ ރިހުމުގެ އަސަރު ފޮރުވާލަމުން ހައިޒަލް ނައިނާއާއި ކުރިމަތިލީއިރު އެ މޫނުމަތީ ކުޅެލަ ކުޅެލާ ހުރީ އެންމެ ނުލަފާ ހިނިތުންވުމެވެ. އެ ނަޒަރު އެ ހިނިތުންވުން ނައިނާގެ ހިތުން ލޭއޮހުރުވާލިއެވެ. އަމިއްލަ ނަފްސުކުށްވެރިކުރެވުނީ ހައިޒަލްގެ ރަހުމްކުޑަކަމާއިއެކުވެސް އެވަރަށް ލޯބިވެވުނީތީއެވެ. ހައިޒަލްގެ ލޯތްބަށް އެދި އާދޭސްކުރެވުނީތީއެވެ. އޭރު ހައިޒަލްގެ ލޮލުން ފެންނަމުންދިޔަ ރިހުންތަކުގެ ހިލަމެއްވެސް ނައިނާއަކަށް ނުވިއެވެ. އެންމެ ހިނދުކޮޅަކަށް އެރީތި ލޮލަށް ނައިނާގެ ނަޒަރު ހުއްޓުނަމަވެސް ހައިޒަލް ސިއްރުކުރާ ހުރިހާ ކަމެއް ވަގުތުން ނަގައިގަނެވުނީހެވެ.

“އަހަންނާއިހެދި މޮޔަވެފައިދޯ ތިހިރީ… ތިހާ ބޭނުންވަންޏާ ވަން ނައިޓް ސްޓޭންޑްއަކަށް ލިބިދާނެ… އެއްރެއަށް އަހަރެން ނައިނާދެކެ ލޯބިވެދާނަން…” ހައިޒަލް ބުނެލި ޖުމްލައާއިއެކު ނައިނާއަށް ހައިޒަލްގެ މޫނަށް ބަލާލެވުނީ ކަންފަތަށް އިވުނު ބަސްތައް ގަބޫލުކުރަންދަތިވެފައި ހުރެއެވެ. ނައިނާގެ ލޮލަށް ގިނަވިކަރުނަތަކާއިއެކު  ލޮލުން ފެނިލީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެއާއިއެކު ނައިނާގެ އަތުގެ ހޫނުހަމަލާ ހައިޒަލްގެ ކޯތާފަތްމައްޗަށް އަރައިގެންދިޔައެވެ.

“ހައިޒަލްގެ ނަޒަރުގައި އަހަރެންގެ ދަރަޖައަކީ އެއީތަ؟ ލޯބިވާން ނުދަންނަ ފިރިހެނެއްކަން ތި ސާބިތުކޮށްދިނީ… އައި ރިގްރެޓް ލަވިން ޔޫ… އައި ރިގްރެޓް… އެކަމަކު ތިހަރުކަށިކަމާއިއެކުވެސް އިތުރަށް ލޯބި އިތުރުވޭ… އަބަދު ތި މޫނު ދެކޭހިތްވޭ…” ނައިނާގެ ލޮލަށް ގިނަވި ބޮޑެތި ކަރުނަތިކިތަކާއިއެކު ހައިޒަލްއަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުރެފައި ކަރުނަތައް ހޯސްލާފައި ލޮލުން ފައިބައިގަތުމާއިއެކު ހައިޒަލްއަށް ފަސްދެމުން ކެބިންއިން ބޭރަށް ދުއްވައިގަތެވެ.

ހިނދުކޮޅަކަށް ނައިނާ ހިފަހައްޓަން ހައިޒަލް އަތްދިއްކޮށްލުމަށްފަހުވެސް އަތްތިރިކޮށްލަމުން އެއްވެސް ބާރެއް ނެތްފަދައިން ސޯފާއަށް ވެއްޓިގަތެވެ. އެއާއިއެކު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެލޮލުން ފެނިލި ރިހުމާއިއެކު މޫނުމަތިން ފެނިލީ ހިތާމައިގެ އިންތިހާއެވެ.

***********************

އިރުގެ ރަންދޯދިތައް އޮއްސި ވަގުތުތަކެއް ފާއިތުވެގެންދިޔަފަހުން ބްލޫސްގެ އެންޓްރެސްއިން ވަދެގެން އައި އަންހެންކުއްޖާއަށް ހުރިހާ އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ކަޅުކުލައިގެ ކަކުލާއި ހަމަޔަށް އަރާ ރަތްކުލައިގެ ގަޔަށް ބާރު ޕެންސިލް ހެދުންކޮޅެއްގައި އެއަންހެންކުއްޖާ ހުރިއިރު މޫނުވަށައިގެން ރަންކުލައިގެ ބުޅި އިސްތަށިކޮޅުތައް ފައިބައިފައި އޮތުމުން ނުހަނު ރީއްޗެވެ. ލޮލުގައި ކޮއްފައިވާ ލުއި މޭކަޕާއިއެކު ރީތި ލޯ ވަށާ އަނދުން އަޅާލެވިފައިވީގޮތުން ލޮލުގެ ވިދުން އިތުރުކުރުވައެވެ. ކަންފަތާއި ކަރުގައިވާ ޕާލްތަކުން ދަޅައަޅަމުންދިޔައެވެ. ރަތްކުލައިން ފެވިފައިވީ ތުންފަތްމަތީގައި ރީތި ހިނިތުންވުމެވެ.

“ހައިޒަލް އެބައުޅޭތަ؟” ރިސެޕްޝަނާއި ކައިރިވަމުން އެ އަންހެންކުއްޖާ އަހާލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. އެއާއިއެކު ރިސެޕްޝަންގައި ތިބި ކުދިން ބަލާލީ ހަސަދަވެރިކަމުގެ ނަޒަރަކުންނެވެ. އެ އަންހެންކުއްޖާގެ ރީތިކަމާއިއެކު ހައިޒަލްގެ ނަން ކިޔާލުމުން އެކަން ގަބޫލުނުކުރެވިފައި ތިބެއެވެ.

“ހައިޒަލް ސަރ އިންނެވީ ކެބިންގައި…” ރިސެޕްޝަންގައި އިން ކުއްޖަކު ބުނެލުމާއިއެކު އެ ކުއްޖާއަށް ޝުކުރުއަދާކޮށްފައި އެ އަންހެންކުއްޖާ ހިނގައިގަތީ ލިފްޓާއި ދިމާލަށެވެ.

***********

ކެބިންގެ ދޮރުހުޅުވާލިއަޑާއިއެކު ހައިޒަލްއަށް ހިޔާލީ ދުނިޔެއިން ބޭރުވެވުނުއިރު ދޮރާއި ދިމާލަށް ނަޒަރު ދަތުރުކުރިއެވެ. އޭރު ރިދާ ދޮރަށް ލެގިލައިގެން ހުރީ ހިނިތުންވުމަކާއިއެކީގައެވެ. ހައިޒަލްގެ ނަޒަރު އެ މޫނަށް ހުއްޓުނުއިރު ރިދާ ލާނެތްގޮތަކަށް އެއްލޯ މަރާލިއެވެ. އެވަގުތު ހައިޒަލްއަށް ރިދާއަށް ބަލަހައްޓައިގެން އިނދެވުނީ ތަފާތު ނަޒަރަކުންނެވެ.

“ރިދް ތޭންކްސް އިނގޭ އައިސްދިނީތީ… އަސްލުކަމެއް ޑިސްކަސްކޮށްލަންވެގެން…” ހައިޒަލް ގޮނޑިން ތެދުވެގެން އައިސް ރިދާ ކައިރިއަށް ހުއްޓެމުން އެ މޫނުމަތީގައިވީ ނުތަނަވަސްކަން ފޮރުވާލަމުން ހިނިތުންވެލިއެވެ.

” ހައި… ޓެލްމީ…” އެވަގުތު ރިދާގެ ނަޒަރު ހައިޒަލްގެ މޫނަށް ހުއްޓުނުއިރު އެ މޫނުން ފެނިލީ ހައިޒަލް ބުނަން އުޅޭވާހަކައެއް އިނގެން ބޭނުންވެފައިހުރިކަމުގެ އަސަރުތަކެވެ.

“މިތާކު ނޫންދޯ ރިދް… ބޭރަށް ހިނގާލަން ދަމާ…” ހަައިޒަލް ބުނެލުމާއިއެކު ރިދާ ބޯޖަހާލީ އެގޮތާއި އެއްބަސްވަމުންނެވެ.

އިރުއޮއްސިވަގުތުތަކެއް ފާއިތުވެގެންދިޔައިރު އުޑުމަތި ހުޅުދާންކޮށްލެވިފައިވަނީ ހުޅުކޮޅުތަކެއްފަދަ ވިލާކޮޅުތަކުންނެވެ. އޮރެންޖް، ކްރިމްސަން އަދި ލައިލެކްގެ ވާދަވެރިކަން އެކުވެގެން އުޑުމައްޗަށް ވެރިކޮށްލައިފައިވާ ކުލަ އަންތަރީސް ވާހާ ފުރިހަމައެވެ. އުޑުމަތީގައި ކުރެހުންތެރިއެއްގެ ފިހިން ފަވާލެވިފައިވާހެން ހީވިއެވެ. އޭރު ބާރުވަމުންއައި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލުމާއިއެކު ލިބުނު އަރާމަކުން ރިދާގެ ދެލޯ މެރިގެންދިޔައެވެ.

ބްލޫސްއާއި ބްލޫސް ފެޝަން ގުޅުވާލެވިފައިވާ ބްރިޖްމަތީ ތިބިއިރު ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން  ދިއްލާ އަޅާލެވިފައިވާ ދެ އިމާރާތް ފެންނަނީ އަަނދިރީގެ ތެރެއިން ވިދަމުންދާ ދެތަރިފަދައިންނެެވެ. ރިދާ އެ ރީތި މަންޒަރަށް ނަޒަރު ހުއްޓާލައިގެން ރެއިލިންގައި އަތްއަޅުވައިލައިގެން ހުރިއިރު ހައިޒަލް ހުރީ އޭނައާއި ދާދި ގާތުގައެވެ.

އެހެންހުރެފައި ހައިޒަލްއަށް ބްލޫސް ފެޝަންގެ އިމާރާތާއި ދިމާލަށް ބަލާލެވުނުއިރު އެންމެ ކައިރިއަށް ހުރި ރޫމްއިން ނައިނާ ނިކުމެގެން އަންނަނީއެވެ. ހައިޒަލްގެ ލޮލުން އެވަގުތު ފެނިލި އަސަރާއިއެކު ވަގުތުން ރިދާއާއި ދިމާލަށް ބަލާލިއެވެ.

“ރިދް… އައިމް ސޮރީ…” ހައިޒަލްގެ ޖުމްލައާއިއެކު ރިދާ އިސްއުފުލާ ބަލާލިތަނާ ހައިޒަލް ރިދާގެ އަތުގައި ހިފާ އޭނައާއި ގާތަށް ދަމާލިގޮތުން ރިދާ އައިސް ހައިޒަލް މޭގައި ލައްވިއިރު ސިހިފައި ކަހަލަގޮތަކަށް ހައިޒަލްގެ މޫނަށް ބަލާލީއެވެ. އެެއާއިއެކު ހައިޒަލް ރިދާގެ މޫނަށް ބަލާލަމުން ރިދާގެ ތުނި އުނަގަނޑުގައި އަތްއަޅުވާލިއެވެ. އޭރު މަޑުހިނގުމެއްގައި ނައިނާ އައިސް އެ ހިސާބާއި އަރާހަމަވީއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ…16

Next

ބުނެދޭށޭ ރުހެމޭ 21

Next
April 26, 2019

ބުނެދޭށޭ ރުހެމޭ 21

Previews
April 25, 2019

ބުނާށެ ލޯބި ނުވަނީހޭ…16

8 Comments!

  1. AMAAN says:
    April 26, 2019 at 5:25 am

    Mi part ves v rythi ……. gud work dear….

    1. dhiraa wish says:
      April 26, 2019 at 7:37 am

      thnkx

    2. dhira wish says:
      April 26, 2019 at 11:27 am

      thankss

  2. ib@ says:
    April 26, 2019 at 8:32 am

    maashaa allah vvvv reethi mi part.sifakurun ves hama ehvana.u are great writer dhirer sis luv u and ur stry gud work

    1. dhiraa wish says:
      April 26, 2019 at 1:56 pm

      thnks

  3. jiji says:
    April 26, 2019 at 8:49 am

    Salhi nge mi part vec ???

    1. dhira wish says:
      April 26, 2019 at 11:28 am

      thankss

  4. dhira wish says:
    April 26, 2019 at 11:26 am

    thanksss

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 21←


All Right Reserved!