Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފެވިފާތިނަން ވެޔޭމިހިތުގާ 3

Rym Level 210 Stories100 Login
May 2, 2019 9 Mins Read
18 Comments

”ޑްރައިވަރު ފޮނުވަންވީ ކަންނޭގެ އެގެއަށް އޭނަ ބަލާ…” ރީޝަމް އޭނަގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. އީޝަލް އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާ އެދިމާއަށް އަންނަމުން ދިޔަ ޝާން ފެނިއްޖެއެވެ.
”ބޮޑުދައްތާ…” ރީޝަމް އާއި އަރާހަމަކުރަމުން ޝާން ގޮވާލިއެވެ. އޭނަ ރީޝަމްގެ މޫނާ ނަޒަރު ސީދާކޮށްލި ވަގުތު ފެނުނީ ހާސްކަމާއި ބިރުވެރިކަމެވެ. އޭގެ ސަބަބުން އޭނައަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އިރުކޮޅެއް ވަންދެން ބޮޑުދައިތައަށް ބަލަން ހުރެފައި އޭނަ އީޝަލް ހުރި ފަޅިއަށް އެނބުރިލުމާއެކު އީޝަލް އިސްތިރިކޮށްލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. ޝާންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭގޭ ކަމުގެ އިޝާރާތެއްގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ
”އީޝަލް، ވަޓްސް ހެޕެނިންގް؟…” ޝާން ބުންޏެވެ. ވަމުން ދިޔަ ކަންތައް އީޝަލް އަށް ރަގަޅަށް އެނގޭނެކަން ޝާން އަށް ނަގައިގަނެވުނެވެ. އެއާއެކު ސިކުނޑީގައި ބުރުޖަހަމުން އައި ސުވާލުތައް އޭނަ އީޝަލް އާއި ފެންމަތިކުރުވިއެވެ.
ވަގުތު ނުތަންވަޅުވަމުން ދިޔަ ވަރަކަށް އެލީނާއަށް އަށް ތަފާތު އުނދަގޫތައް ކުރެވެން ފެށުނެވެ. އިންތިޒާރު ދިގުލާން ފެށުމުން ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވާން ފެށިއެވެ. އިން ގޮނޑިން ތެދުވެލަމުން އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. އަދި ރީތިވާ މޭޒު މަތީ އޮތް އޭނަގެ ފޯނުން ގަޑި ބަލާލިއެވެ. ނުވައެއް ޖަހައި ބޮޑުވަނީއެވެ. ކައިވެނި ކުރެވެން އޮތް ގަޑި ފަހަނައަޅައި ދިޔަތާ ކިތަންމެ އިރެކެވެ. ލިބުނު ހާސްކަމާއެކު އެލީނާގެ ހިތް އިހުނަށްވުރެ އަވަސްވާން ފެށިއެވެ. ލަސްވަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ އީޝަލް ގޮވައިގެން ދިޔަ ގޮތަށް އީޝަލްގެ ޚަބަރެއް ނުވަނީ ކީއްވެގެން ހެއްޔެވެ؟ ކަމެއް ގޯސްވީ ހެއްޔެވެ؟ ކިޔާންއަށް ދެރަގޮތެއް ވީ ހެއްޔެވެ؟ މިހުރިހާ ސުވާލުތަކާއެކު އިތުރަށް ކޮޓަރީގައި މަޑުކުރަން އެލީނާއަށް ކެތެއް ނުކުރެވުނެވެ. ދެފަޔަށް ލެވުނުހާ ބާރަކާއެކުގައި ގޮސް އޭނަ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ހިތާހިތާ ދުޢާކުރެވުނީ ހުރިހާކަމެއް ވެސް ރަގަޅަށް ވުމަށް އެދިއެވެ. އޭނަ ދޮރުހުޅުވާ އިރު މޭޒު ދޮށުގައި އޭނަގެ އިންތިޒާރުގައި ކިޔާން ވުމަށް އެދި އާދޭސް ކުރާ ހާލުގައެވެ. ހިތަށް މޮޅިވެރިކަމެއް ލިބުމަށް ނޭދޭ ހާލުގައެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އެލީނާ ދޮރު ހުޅުވާލިއެވެ. ކޮޓަރި ހުރި ދިމާގެ ގޮތުން އޭނައަށް ފުރަތަމަ ވެސް ފެނުނީ މަންމަމެންނެވެ. އެމީހުން ކަމަކާ މެދު މަޝްވަރާ ކުރަމުންދާތަން ފެނުނެވެ. ދެން އެލީނާއަށް މުޅި މާހައުލަށް ނަޒަރު ހިންގާލެވުނެވެ. އެކި ދިމަދިމާލުގައި ޢާއިލާގެ މެންބަރުންނާއި ޢާއިލީ ރަހުމަތްތެރިން ތިބިތަން ފެނުނެވެ. އެލީނާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔައީ ބޮޑުކޮޓަރީގައި ޒީނަތްތެރިކުރެވިފައިވާ މޭޒާއި އޭނަގެ ލޯ އަމާޒުވުމުންނެވެ. ނޭވާވެސް އެތެރެހަށީގައި ތާށިވެގެން ދިޔަ ފަދަ އިހުސާސެއް އެވަގުތުކޮޅު ކުރެވުނެވެ. ބައްޕަ ޤާޟީންނާ ވާހަކަ ދައްކަން ކޮޅަށް ހުރިއިރު ޤާޟީން ކަމަކާ މެދު ހިތްހަމަޖުނެހިފައިވާކަން ފާޅުވެއެވެ. މޭޒު ދޮށުގައި އޭނަ ދެކެން ބޭނުންވާ ސޫރަ ނެތުމުން އެލީނާގެ މޭގެތެރޭގައި ހިތް ފިތެންފެށި ފަދަ އިހުސާސެއް ކުރެވެން ފެށުނެވެ. މުޅި މީހާއަށް ލޮޅުން ގެނުވާފައެވެ. އެހުރިހާކަމެއް ނަގައިގަންނަން ވީ ކިހިނެއް ކަމާމެދު އެލީނާގެ ސިކުނޑި ނުކުޅެދުނެވެ. އަޒްޔާންއަށް ކަމެއް ވީ ހެއްޔެވެ؟
މެޔަށް ފޭދުނު ބިރުވެރިކަމާއި އައި ގަދަ ލޮޅުމާއެކު ނޭވާލާން ވެސް އެލީނާ ހަނދާން ނެތުނެވެ. މުޅި މީހާ ގަނޑުވެފައި ހުރީ ލޯކުރިމަތިން ސިފަވަމުން އައި ކަންތައް ހަޖަމުކުރަން ސިކުނޑިއަށް ތަންދޭން ދަތިވެފައިވާ ފަދަ ގޮތަކަށެވެ. އެހެން ހުއްޓާ ތަފާތު ބިރުވެރި ޚިޔާލުތައް ސިކުނޑީގައި ކުރިލާ ފޯދެން ފެށިއެވެ. އެއިން ކޮންމެ ފަހަރަކު އެލީނާގެ ނާޒުކު ހިތަށް އިތުރު ވޭންތަކެއް ގެނެސް ދިނެވެ. ކިޔާންއަށް ކަމެއް ވެއްޖެކަން ގައިމެވެ. އެހެންނޫންނަމަ މިހާ ލަސްނުވީހެވެ. އޭނަ ފަދައިން ކިޔާން ވެސް މިދުވަހަށް އިންތިޒާރު ކުރިއެވެ. މަންޒިލާ ގާތަށް ދެވިފައި ވަނިކޮށް ކިޔާން ރާސްތާ ބަދަލުކޮށްފާނެ ކަމަކަށް އެލީނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ހަމައެއާއެކު އޭނައަށް އޮޅުވާލައި ދެރައެއް ދީފާނެކަން ވެސް މެއެވެ. ކިޔާން ވަނީ އޭނައާއެކު މުޅި އުމުރު ދުވަހު ވާނަން ކަމުގައި ވަޢުދު ވެފައެވެ. އެވަޢުދު ކިޔާން އުވާނުލާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނައަށް އޮތެވެ. ހިތް ބިރުވެރިކަމުން ވަށާލެވިފައިވަނީ އޭނަ ކިޔާންއާއި މެދު ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވެދާނެތީ އެވެ. އުފަލެއް ލިބުމެއް ނެތް ކަށިކުނބުރީގެ ދާނެއްގައި ހޭލަން ޖެހިދާނެތީއެވެ.
އާމިރު ޤާޟީން ހުއްޓުވަން މަސައްކައްކަތް ކުރިމަކުގައި ވިޔަސް އޭނަގެ މަސައްކަތްތައް ދިޔައީ ފެނުފުލުންނެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން ޤާޟީން ނުކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުރެފައި އޭނަ ފަސްއެނބުރުނު ވަގުތު ކަރުނުން ފުރިފައިވާ ދެލޮލާއެކު އޭނައަށް ބަލަން ހުރި އެލީނާ ފެނިފައި އާމިރުގެ ލަގޮނޑީގައި ރިއްސާލައިފިއެވެ. ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ތަސްވީރާއެކު އޭނަގެ ހިތް ވެސް ރޯލައިފިއެވެ. ހުރިހާ ހިތާމަތަކުން ދަރިފުޅު ދިފާއުކުރަމުން ދަނިކޮށް އެންމެފަހު ވަގުތު އޭނައަށް މިޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
ގިނައިރަކު އެލީނާއަށް އޭނަގެ ކަރުނަތައް ނުހިފެހެއްޓުނެވެ. މަންޒަރު ސާފުވާން ފެށުމާއެކު މޭގައި އުފެދިފައިވާ ރިހުން އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. އޭނައަށް މިހުރިހާ ދުވަހު އުޅެވުނީ ހުވަފެނެއްގެ ތެރޭގައި ހެއްޔެވެ؟ ކިޔާންގެ ފަރާތުން ލިބުނު އުފަލާއި ހިތްހަމަޖެހުމަކީ މިލްކުވެވެން ނެތް ނަސީބުތަކެއް ހެއްޔެވެ؟ ކިޔާން އޭނައަށް އޮޅުވާލީ ހެއްޔެވެ؟ ޖިސްމަށް ލިބުނު ވޭނާއެކު ލޮލަށް ބޮޑިވިކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތީ އެލީނާގެ ލޮލުގައި ފަވާލެވިފައިވާ އަނދުން ކަރުނައިގެ ތެތްކަމާއެކު ފާއްދާލަމުންނެވެ. އާމިރަށް ދުރުގައި ހުންނަން ކެތެއް ނުކުރެވުނެވެ. އޭނަ ދަރިފުޅު ގާތަށް ދިއުމަށް އަވަސްވެގަތެވެ.
”އަހަރެން މިދަނީ އެގެއަށް، މީގެ 2 ގަޑިއެއްހާ އިރު ކުރިން އަހަރެން ކިޔާންއަށް ގުޅިން، އޭނަ ބުނީ އަންނަން ތައްޔާރު ވަނީޔޭ، ބޮޑު ކަމެއް ދިމާވީ ކަމަށް ވެސް ވެދާނެއެއްނު…” ރީޝަމްގެ ވާހަކަތައް ނިމުމާއެކު ޝާން އަށް ބުނެވުނެވެ. ކިޔާން އަކީ އޭނަގެ ގާތް އެކުވެރިއަކަށް ވުމުން އެކުވެރިޔާއަށް އޭނަ ފުރިހަމައަށް އިތުބާރު ކުރެއެވެ. އޮޅުވާލައި މަކުރުހަދާފާނެ ކަމަށް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަ މީގެ 2 ގަޑިއެއްހާ އިރުކުރިން ކިޔާންއަށް ގުޅިއެވެ. ކައިވެނީގެ ކަންތަކާ ހުރެ ކިޔާންހުރީ ވަރަށް އުފަލުންނެވެ. ދެން މިވީ ކިހިނެއް ހެއްޔެވެ؟ ހަޤީޤަތުގައި ވެސް ކިޔާން އޮޅުވާލީ ހެއްޔެވެ؟ އެތައް އަހަރެއް ވީއިރުވެސް އެންމެ ގާތް އެކުވެރިޔާގެ ގޮތް އޭނައަށް ދަސްނުވީ ބާވައެވެ؟ ޝާންއަށް ހުރެވުނީ ވިސްނަންވީ ގޮތެއް ނޭގިފައެވެ.
”ޝާންގެ އެކުވެރިޔަކަށް ވީމަ އޭނައާ މެދު ނުބައި ނަޒަރަކުން ނުދެކެވޭނެއެއްނު…” ހިތްހަމަނުޖެހިފައިވާ ރާގަކަށް ރީޝަމް ބުންޏެވެ. ”ކޮންފަދަ ބޮޑު ލަނޑެއް އޭނަ ެއލީނާއަށް މިދިނީ، އަހަރުމެން މިކައިވެންޏާ ރުހި ޤަބޫލުވީ ވެސް އެލީނާ އުފަލަށްޓަކައި، އެކަމަކު ފަހު ވަގުތުގައި ކިޔާން އޭނަގެ ހަޤީޤީ ކުލަ ދައްކާލައިފިއެއްނު!…”
ބޮޑުދައްތާ، ކިޔާން އަކީ ތިހީކުރާ ކަހަލަ ނުބައި މީހެއް ނޫން، އޭނަ އެލީއަށް ދެރައެއް ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަންނަށް އެބައޮތް…” ޝާން އޭނަގެ އެކުވެރިޔާގެ ދިފާއުގައި ވާހަކަދެއްކުމުން ރީޝަމް ގާތަށް އައިސްފައިވާ ރުޅީގައި އިތުރަށް އަލިފާން ހިފައި ބޮޑުވުން ނޫންކަމެއް ނުވިއެވެ.
”ޝާން ދާންވީއެއްނު އެގެއަށް ވީގޮތެއް ބަލަން…” ޒުވާބަކަށް ދިއުމުގެ ކުރިން އީޝަލް ބުންޏެވެ. އޭރު ރީޝަމް ފަތިވަރު އަމުނަން ތައްޔާރު ވަނީއެވެ. ޢީޝަލްއަށް ބަލާލަމުން ޝާން ބޯޖަހާލިއެވެ. އަދި ދާން ފަސްއެނބުރިލިއެވެ. އެއާއެކު އޭނައަށް ހުއްޓެވުނީ ކޮޓަރީގެ ދޮރު މަތީ ގަބުވެފައި ހުރި އެލީނާ ފެނިފައެވެ. ޝާންއަށް ވީ ގޮތް ފިނިފައި އީޝަލްއާއި ރީޝަމް ވެސް ފަސްއެނބުރި ބަލާލައިފިއެވެ.
”ޢެލީ…” އީޝަލް އަށް ބުނެވުނެވެ. އޭނަ އަވަސްވެގަތީ އެލީނާ ގާތަށް ދިއުމަށެވެ. ފަހަތުން ރީޝަމް ވެސް އައެވެ.
”ޝެލް……” އޮޅުން ފިލުވަން ކިތަންމެ ގިނަ ވާހަކަތަކެއް ހުރި ކަމުގައި ވިޔަސް ެއލީނާގެ އަޑު ކުރެހި އަރުބެދުމާއެކު އޭނައަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ.
”ކޮބާ މަ އޭރު ވެސް ބުނީމެއްނު ދޮންތަ ގާތު މިހެން ކަންތައް ވާނެޔޭ، އެކަމަކު ވެސް ދޮންތަ ވެއްޖެ ވިއްޔާ އެލީނާގެ އުފަލަށޭ ކިޔާފައި ކައިވެންޏަށް ޤަބޫލުވާން… މިހިރަ ޝާން އަކަށް ވެސް ނޭގުނު ވިއްޔާ އެނޫން ރައްޓެއްސެއް ހޯދާކަށް… މިއަދު މިތިބަ އެންމެންގެ ތެރޭގައި އޭނަ ދޮންތައާއި ދޮންތަބެގެ އަގު ވައްޓާލައިފި…. ކޮންކަމެއްގެ ބަދަލުތަ އޭނަ މިހިފަނީ؟… ބަލާބަ އެލީނާ ފަކީރަށް ވެސް ދިން ލަނޑު…” ދުރުގައި ހުންނަން ޒާރާ އަކަށް ކެތެއް ނުކުރެވުނެވެ. އޭނަ އައިސް އެންމެން ގާތަށް ހުއްޓިލަމުން ކިޔާންއަށް ޓަކައި އެހިތުގައިވާ ނުރުހުން ފާޅުކުރަން ފެށިއެވެ. އެއް އިރެއްގައި ވެސް އޭނައަކީ ކިޔާންއާ މެދު ރުހޭ މީހެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އެކަންތައް ނޭގޭނެ މީހަކު ޢާއިލާގައި ހުރިކަމެއް ނޭގެއެވެ. ވަކިން ހާއްސަ ގޮތެއްގައި އާމިރަށެވެ. ނަމަވެސް އެހުރިހާ ކަންތަކަށް ފަހުގައި ވެސް އެލީނާ އާއި ކިޔާންގެ ކައިވެންޏަށް ޤަބޫލުވުމުން އޭނަ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަނދައަނދާ ހުރި އަލިފާންގަނޑަކަށް ހުރި ހަމައެކަނި އަންހެން ދަރިފުޅު ވައްޓާލަން ދޮންތަމެން މަސައްކަތް ކުރީތީއެވެ.އެވަގުތު އެތާގައި އޭނަގެ މެމްބަރަކު ނެތްކަމީ ނަސީބެކޭ އީޝަލް ގެ ހިތަށްއެރިއެވެ. ކިޔާން ނައުމުން އެމީހުން އެތާ މަޑުކުރަން ފަސްޖެހުނެވެ. ކިޔަާން ވަނީ އެއެންމެން ކުރިމަތީ އެ އާއިލާގެ ނަން ވައްޓާލައިފައިއެވެ.
”ޒާރާ!!…” ޒާރާގެ ފިރިމީހާ ނޫހު ނުރުހުމާއެކު ބުނެލިއެވެ. އެއާއެކު ނޫހުއަށް ލޯއަޅާލަމުން ޒާރާ އަނެއްކާ ވެސް އޭނަގެ ވާހަކައާއިގެން ކުރިއަށް ދިޔަ އެވެ. ކިޔާންގެ ނަން އެންމެންގެ ތެރޭގައި އިތުރަށް ވައްޓާލަން އޭނައަށް ލިބިފައިވާ ރަނުގެ ފުރުސަތު އޭނަ ގެއްލުވާ ނުލާނެއެވެ.
”މަންމާ ދެން ހުއްޓާލަން ވެއްޖެއެއްނު!، ކަން ވީ ގޮތް ނޭގި މީހުންނާ ދިމާއަށް އެއްޗެހި ކިޔުމުގެ އާދަ ދޫކޮށްލާނީ ކޮންއިރަކުން؟… ވެދާނެއެއްނު ކިޔާންއަށް ކަމެއް ދިމާވީ ކަމަށް ވެސް… އަހަރެން ކިޔާންއަށް އިތުބާރުކުރަން، އޭނަ އެލީއަށް ދެރަގޮތެއް ނަހަދާނެ… އަހަރެން މިދަނީ އެގެއަށް ދާން…” ޝާން ބުންޏެވެ. ނުރުހުމާއެކު މިފަހަރު ޝާންއާ ދިމާއަށް ވެސް ޒާރާ ކަޅިއަޅާލިއެވެ. ޢެގަޑީގައި ކިޔާންގެ އާއިލާމީހުންނާއި އޭނާގެ އާއިލާނެތުމުން އީޝަލް ހިތްހަމްޖެހެވުނެވެ.ކިޔާންގެ ސބަބުން އެއެންމެން ޖެހިފައިވަނީ ލަދުގަނަން ޖެހިފައިއެވެ.ކިޔަން ނައުމުން އެމީހުން އެތާތިބެން ފަސްޖެހެވުނީއެވެ.
”ކީއްކުރަން އެގެއަށް ދަނީ؟، ބަލަ އަދިވެސް އެއްޗެއް ނުވިސްނޭތަ؟، އޭނައަށް ކަމެއް ވީކީއެއް ނޫން!… އޭނަ ކައިވެނި ކުރަން ބޭނުން ނުވާތީ ނައީ!… ގުޅީމަ ފޯނެއް ނަގަނީކީ ނޫން، ނުވީތާކަށް އޭނަގެ ޢާއިލާ މިހާކަށް ވެސް ނޭނގޭ އޭނަ ވީ ތަނެއް…” ޒާރާގެ ޖުމްލައިން އެލީނާގެ ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސް ލެވުނު ކަހަލައެވެ. މިހުރިހާ އިރުވަންދެން އޭނަ ދިޔައީ އެކަންތައް ޤަބޫލުނުކުރަން އަމިއްލަ ނަފުސާ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ނަމަވެސް އެޖުމްލައާއެކު އޭނަގެ ހިތްވަރު އެލި އެންމެ ފަހުން ޖެހުނީ ނާކަމިޔާބީއާ ކުރިމަތިލާށެވެ. ވޭން ލިބުނުކަމުގައި ވިޔަސް އެހިތި ހަޤީޤަތާ ކުރިމަތި ލާށެވެ.
” ޒާރާ!!…” ރީޝަމްއަށް ބާރަކަށް ބުނެވުނެވެ. އެއާއެކު ޒާރާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ހިތްހަމަނުޖެހުމާއެކު ތުންއަނބުރާލުމަށްފަހު އޭނަ ހަށަން ބަނދެލިއެވެ. އަދި އެލީނާގެ މޫނަށް ބަލާލިއެވެ. އެވަގުތު އެލީނާގެ މޫނުމަތިން ފާޅުވަމުން އައި ބަޔާންކުރަން ދަތި ވޭނާއި ތަދުގެ ކުލަވަރުތަކުން އޭނަގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ.
”އަހަރެން ވެސް ދާނަން…” ޝާން ދާން އުޅުމާއެކު އެޅިނާއަށް ބުނެވުނެވެ. ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ޚުދު އޭނަ ވެސް ބޭނުމެވެ. ތަމްސީލުވަމުން އައި ކަންތައް ތަކަކީ ބިލާހަކަށް ވުމަށް ވެސް މެއެވެ. ކިޔާން އޭނައަށް އޮޅުވާނުލާނެކަން ޔަޤީންކުރަން ވެސް މެއެވެ. އޭނަ ދެކެ އަޒްޔާންވީ ލޯތްބަކީ ދެއްކި ދަޅައެއް ނޫންކަން ޔަޤީންކުރަން ވެސް މެއެވެ.
”އެލީ…” އީޝަލްއްށް ބުނެވުނެވެ. އޭނަގެ ނަޒަރުގައި އެއީ ރަގަޅު ވިސްނުމެއް ނޫނެވެ. މިވަގުތު ކިޔާންއާއި ބައްދަލުކުރަން ގޮސް ހިތް ހަލާކުވާ ފަދަ ޖަވާބެއް ލިބިއްޖެނަމަ އެލީނާއަށް ވެދާނެ ގޮތެއް ވެސް ތަސައްވަރުކޮށްލަން ދައްޗެވެ. އެފަދައިން ކަންތައްވާކަށް އޭނަ ނޭދެއެވެ. އޭނަގެ ހިތުގެ އަޑީގައި އަދިވެސް އުއްމީދެއް އޮތެވެ. ކިޔާން އަންނާނެކަމުގަ އެވެ.
”އަހަރެން ބޭނުން ދާން…” އެލީނާ އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ. އަދި ކޯތާފަތުން ފިރުކެމުން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ ހުރިހާކަމަކާ ކުރިމަތިލާން އޭނަ ތައްޔާރުވިހެންނެވެ.
”ދަރިފުޅާ…” އާމިރު ގޮވާއިލިއެވެ. އަދި ދަރިފުޅުގެ ހިތާމައިގައި ބައިވެރިވެލުމުގެ ގޮތުން މޭގައި ޖައްސާލަން އުޅުނެވެ. ނަމަވެސް ނުރުހުމާއެކު ޖެހުނީ ފަހަތަށެވެ. ޢެލީނާގެ އެއަމަލުން އާމިރަށް ހުއްޓެވުނެވެ.
”މިބުނީނު އަހަރެން ދާނަމޭ!!…” މިފަހަރު އެލީނާއަށް ބުނެވުނީ ހަރުކަށި ރާގަކަށެވެ. އެއްވެސް މީހަކު އޭނަ ހިފަހައްޓާކަށް އޭނަ ބޭނުމެއް ނޫނެވެ.
ޢީޝަލް ވެސް އެލީނާއާއެކު ދާން ބޭނުން ވިއެވެ. ނަމަވެސް އެކަން މަނާ ކުރީ އެލީނާ އެވެ. އޭނަ ކިޔާންއާއި ބައްދަލު ކުރަން އެދެނީ އެކަނި ކަމުގައި ބުނަމުންނެވެ.
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭން މަޖީދީ މަގުން ކާރު ދުއްވަމުން ދިޔަ އިރު އެލީނާގެ ނަޒަރު ސީދާވެފައި ވަނީ ކާރުގެ ލޫވާރ އަށެވެ. ވާރޭ ތިކިތައް ހަލުވިކަމާއެކު ލޫވާރގައި ބޮސްދީފައި ތިރިއަށް ފިރުކިގެންދާ މަންޒަރު ބަލަން އޭނަ އިންއިރު އޭނަގެ ސަމާލުކަން މުޅިންހެން ދެވިފައިވަނީ ކޔާންގެ ހަނދާންތަކަށެވެ. ކިޔާން އޭނައަށް އެހިތުގެ ހާލު ފުރަތަމަ ބަޔާންކޮށްދިނީ ވެސް މިފަދަ ވިއްސާރަ ތޫފާނީ ރެޔެއެއްގަ އެވެ. އެހަނދާންތައް އާލާވާން ފެށުމާއެކު އަނެއްކާ ވެސް އެލީނާގެ ދެލޯ ކަރުނުން ފުރުނެވެ. އަވަސް އަވަހަށް ލޮލުގެ ހިމަކޮޅުން ލާފައި ފޭދެން ތައްޔާރުވި ކަރުނަތައް އޭނަ ފޮހެލިއެވެ
މަންޒިލާ ހަމައަށް ދެވުމާއެކު ފެންނަމުން ދިޔަ އުސް އިމާރާތަށް ފުސްވެފައިވާ ލޫވާރއިން އެލީނާ ބަލާލިއެވެ. އަދި ވެހެމުން ދިޔަ ބޯވާރެއަށް ވިސްނާލުމެއް ނެތި އޭނަ ކާރުގެ ދޮރު ހުޅުވާލާފައި ފޭބިއެވެ. އެވަގުތު ޝާން އޭނައަށް ގޮވާލި ކަމުގައި ވިޔަސް އެލީނާ މަޑެއް ނުކުރިއެވެ. އިހުނަށް ވުރެ ފިޔަވަޅުތައް ބާރުކޮށްލަމުން އޭނަ ވާރޭ ތެރޭން ހިނގައިގެންފިއެވެ. އެއްވެސް ކަމަކަށް އޭނަ ސަމާލުކަން ދޭން ބޭނުންނުވާ ކަހަލައެވެ. ވާރޭގެ ތިކިތަކުން ތެމިފޯވި އެލީނާ އަށް އިމާރާތާއި އަރާހަމަކުރެވުނު ހިނދު ފިނިކަމުގެ ސަބަބުން އޭނަގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. އޭރު ކުޑައެއްގެ އެހީގައި ޝާން އެލީނާއާއި ހަމަކުރަނީއެވެ.
އެލީނާގެ ފަހަތުން ޝާން ލިފްޓަަށްއެރިއެވެ. ލިފްޓުގެ ދޮރުލެއްފުމުން އެލީނާ ކިޔަަާން އުޅޭ ބަޔަށް ދިޔުމަށްޓަކައި ފިތަށް އޮބާލިއެވެ. ލިފްޓުގައި ހޭދަ ކުރެވުނު މަދު ވަގުތުކޮޅުވެސް އެލީނާއަށް ގަރުނަކަށް ދިގުލާއިގެން ދިޔަހެންހީވިއެވެ. ލިފްޓު ދޮރުހުޅުވުމާއެކު ކިޔާންމެން ގެ އެޕާރޓްމެންޓްގެ ދޮރުގައި ތަކިދިނެވެ. 15 މިނިޓުވަންދެން ޓަކިދިނުމުންވެސް ދޮރެއްނުހުޅުވިއެވެ. އެގޮތުގައި ވަގުތު ގުނަމުން ދަނިކޮށް ދޮރު ހުޅުވާލި އަޑުއިވުނެވެ. ދޮރުމަތީގައި ހުރީ އެހިތުގެވެރިޔާއެވެ. ޢެހިތުގެ ފިނިކަންކަމުގައިވާ ކިޔާންއެވެ. ކިޔާން ފެނުމުން އެލީނާއަށް ފެންކަޅިވެފަިވާ ދެލޮލުން ކިޔާންއާ ދިމާލަށް ބަލާލަން ހުރެވުނީއެވެ.
އެދެލޮލުން އޭނާއަށް ފެނުނީ ފޫހިކަމާއި ނުރުހުމެެވެ. އެހެންދުވަސްދުވަހު އޭނާ ފެނުމުން ކިޔާންގެމޫނުމަތީގައި ވާހިނިތުންވުމެއް ނެތެވެ. ޢެދެލޮލުގައިވާ ލޯތްބާއި، އޯގާތެރިކަމާއި އުފާވެރިކަން ނުފެނުނެވެ. ބަދަލުގައިވީ ބީރއަޓެހިކަމާއި ފޫހިކަމެވެ. ހަގީގަތާއި ކުރިމަތިލާން ޖެހިއްޖެކަމުގެ ސިގްނަލް އެލީނާގެ ސިކުނޑި އޭނާއަށް ދިނެވެ.
”ޔާން…”
އުނދަގުލާއެކު އެލީނާއަށް ބުނެލެވުނެވެ. އެއަޑުވަނީ ރުއިމުގެ ސަބަބުން ކުރެހިފައިއެވެ. އަދިވެސް އޭނައަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އެއްވެސް ސަބަބަކާ ނުލައި ގަސްދުގައި ކިޔާން ކައިވެނީގެ ރަސްމިއްޔާތަށް ނައީއެވެ. ލޯބިވާ ކަމަށް ބުނެ ވި ވަޢުދާއި އަހުދުގައި ވަނީ ދޮގުވެރިކަމެވެ. ހުވަފެންތައް ދެއްކުމަށް ފަހު އެންމެ ފަހު ވަގުތު ކިޔާން އޭނައަށް މިދިނީ ކޮން ފަދަ ބޮޑު ކެތްސެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ މިކަހަލަ ބޮޑުދެރައެއް ހައްގުވާން އޭނާއަށްކުރެވުނީ ކޮންކުށެށް ހެއްޔެވެ؟ ކިޔާންދެކެ ލޯބިވުންހެއްޔެވެ. މިހުރިހާ ސުވަލެއް ދިޔައީ އެލީނާގެ ހިތުގައި ފުނިޖެހެމުންނެވެ
”ކީއްކުރަން މިތަނަށް ތިއައީ؟…” ކިޔާން އަޑުގައި ވަނީ ނުރުހުމެވެ. އޭގެ ސަބަބުން އެލީނާގެ ހިތަށް އަސަރުކުރިއެވެ. ހިލަގަނޑަކުން އޭނާގެ ހިތުގައިޖެހިފަދަ އިހުސާސެއްކުރެވުނެވެ.
ޤަބޫލުކުރަން ދަތިވެފައި އެލީނާއަށް ކޔާންއާދިމާލަށް ބަލަން ހުރެވުނެވެ. އޭނާގެކިޔާންއާއި މިހާރުކުރިމަތިން ފެންނަންހުރި ކިޔާންއާއި އެތަށް ތަފާތެއް ފެންނަން އެބަހުއްޓެެވެ. އެލީނާ ފެނުމުން އުފާވެރިކަން ފެންން އެމޫނުމަތިން މިހާރު ފެންނަނީ ފޫހިކަމާއި ރުޅިވެރިކަމެވެ. އޯގާތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ވެސް އެމޫނުމަތިން ފާޅެއް ނުވެއެވެ. މިހުރިހާ ބަދަލުތަކުން ސިގްނަލްދޭން ފެށީ އެލީނާ މިހުރިހާ އިރު ގަބޫލުކުރަން އިންކާރުކުރަމުން ދިޔަ ކަންތަކަށެވެ. މިއޮތްހާއިރުވަން ދެން އެހިތުގައި ވި އުއްމީދުގެ ހުޅުކޮޅު އެންމެ ފަހުން ނިވިގެން ދިޔައީ އެވެ. އެލީނާގެހިތްވަރުއެލުނުފަދައެވެ އެއާއެކު އޭނަގެ ދެލޯ ކަރުނުން ފުރިބާރުވެއްޖެ އެވެ.ގިސްލުމުގެ އަޑުބޭރުވިޔަ ނުދިނުމށްޓަކާއި އެލީނާއަށް ތުންފަތުގައި ދަތްއެޅުނެވެ.
”ޔާން…”ވޭނުންފުރިގެންވީ އަަޑަކުން އެލީނާއަށް ބަލާލެވުނެވެ.
“އަހަރެން ހީކުރީ އެލީނާއަށް މިހާރު އަހަރެން އެލީނާއާ ކައިވެނި ކުރަން ބޭނުން ނުވާ ކަން އިނގޭނެ ކަމަށް…… ނޭނގުނީތަ ނޫނީ އަހަރެންގެ ދުލުނއ އަޑު އަހާ ހިތްވީތަ؟… އެހެން ވެއްޖެޔާ އަޑުއާހާ އަހަރެން މުހައްމަދު ކިޔާން ނާޒިމް ތި އަައިޝަތު އެލީނާ އާމިރު އާ އިންނާކަށް ބޭނުމެއްނޫން…..” ކިޔާން އެހެން ބުނެލިއިރު އެމޫނުމަތީގައިވަނީ މަލާމާތުގެ ހިނިތުން ވުމެކެވެ. އެއާއެކު އެލީނާގެ އަނގައިން ވޭނީ އާހެއްގެއަޑު ބޭރުވެގެން ދިޔައެވެ.
އެވަގުތު އެލީނާ ގާތަށް ޖެހިލަމުން ޝާން ކިޔާންއަށް ބަލާލީ ހައިރާންވެ އަންތަރީސްވެފައި ހުރެއެވެ. ކިޔާންއަށް ކުއްލިއަކަށް އެފަދަ ބޮޑު ބަދަލެއް އައުމުންނެވެ. ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނަ ކިޔާންއަށް ކުރި އިތުބާރު ފުނޑުފުނޑުވެގެން ދިޔަ އެވެ. އެތައް އަހަރެއް ވެގެން ދިޔަ އިރު ވެސް އެކުވެރިޔާ ދަސްނުކުރެވުނުކަން އޭނައަށް މިވަގުތު ޔަގީންވިއެވެ. އެހެންނޫންނަމަ ކިޔާން މިނުބައި ސިފަ އޭނައަށް ފާހަގަ ކުރެވުނީހެވެ. އޭނަގެ ލޯބިވާ ކޮއްކޮ ކިޔާންގެ މަކަރުވެރިކަމުން ސަލާމަތް ކުރެވުނީސް ތާއެވެ. ނަމަވެސް މިހަަރު ކުރެވޭނެ ކަމެއްނެތެވެ. ލޯބިވާ ކޮއްކޮގެ ހިތް ވަނީ ޒަހަމްވެނިމިފައެވެ.
”ޔާން އަހަންނަށް ގޯސްކޮށްކަމެއް ކުރެވުނީތަ؟، ވައި އާ ޔޫ ޑުއިންގް ދިސް ޓު މީ ؟… އަހަރެންގެ ހިތަށް ތަދުވެޔޭ… ކީއްވެތަ ވެޑިންގްއަށް ނައީ؟… އަހަރެން އިންތިޒާރުކިކަން ނޭގޭތަ؟… ޔާން އަހަރެން ކައިރި ލޯބިވެޔޭ ކިޔާފަ ކުރި ވައުދާ އަހުދުތަކަކީ އަހަންނަށް ދެއްކި ކުލަނެތް ހުވަފެންތަކެއްތަ؟…” އެލީނާ ރޮވިފައިވާ އަޑަކުން ހުރިހާ ސުވާލެއް އެެއްފަހާރާހެން ސުވާލު ކޮށްލިއެވެ .ކިތަންމެ ގިނަ ޝަކުވާތަކެއް ހިތުގައިވީނަމަވެސް މޭގައި އުތިރިއަރަމުން އައި އުދާސްތަކުން އިތުރަށް އޭނައަށް ވާހަކައެއް ނުދެއްކުނެވެ. ފެންކަޅިވެފަްިވާ ދެލޮލުން ކިޔާންއާއަށް ބަލާލެވުނީ ކިޔާންގެ ފަރާތުން ކުޑަނަމަވެސް އިޝާރާތެއް ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ކިޔާންގެ ލޯތްބަށް އެދޭ ހާލުގައެވެ.

” ކިޔާން ޕްލީޒް އަހަންނަށް ތިހެން ނަހާދާ…. އަހަރެން ކިޔާންދެކެ ވަރަށް ލޯބިވޭ، ކިޔާން ވެސް އަހަރެންދެކެ ލޯބިވަމެއް ނުން ..” ގިސްލެވޭހާލު އެލީނާ ކިޔާންގާތު އޭނާއަށް އެހެން ނުހެދުމަށް އެދި އާދޭސްކުރިއެވެ.ނަމަވެސް އެ އާދޭސް ކިޔާންގެ ކަންފަތަށް ނީވޭފަދައެވެ.
“ލޮލް… ލޯބިވެޔޭ؟ ޔޫ އާރ ސޯ ސްޓުޕިޓް އެލީނާ… އަހަރެން ހީ ނުކުރަން އެލީނާ ތިހާ ގަމާރުވާނެ ކަމަށް….. ޑޯންޓް ޔޫ ރިއަލައިޒް އައި ޖުސްޓް ޔޫސްޑް ޔޫ ޓު ގެޓް ރިޑް އޮފް މައި ބޯރޑޮމް…. ހިޔާލީ ދުނިޔެއިން ނިކުމެ ހަގީގަތާ ކުރިމަތިލާ މިސް އެލީނާ..” ކިޔަން ނުލަފާ ޒާތަކަށް ހީލަމުން ކިޔާއިލިއެވެ. ކިޔާންގެ އް ރހުމު ކުޑަ ޖުމްލަތަކުން އެލީނާގެ ޒަހަމް ވެފައިވަ ހިތުގެ ޒަހަމް ފުން ވި ފަދައެވެ. އެރަހުމު ކުޑަ ޖުމްލަތަށް އެ ނިކުންނަނީ އޭނަ މި ދުނިޔެ މަތިން އެންމެ ލޯބިވާ އިންސާނާގެ ދުލުންނެވެ.
އެލީނާ އަށަ ކެތްކުރެވުނީ އެހިސާބަށެވެ.އެލީނާއަށް އަޑުވީއްލާ ރޮވެންފެށުނެވެ. ކައިރީގައި އަޑުއަހަން ހުންނަ މީހެއްގެ ހިތަށް އަސަރުކުރުވާހާވޭން އެއަޑުގައިވިއިވިއެވެ. ޝާންައަށް އެލީނާގެ ގިސްލުމުގެ އަޑުައަހަން ކެތްނުކުރެވުމުން އެތަނުން އެލީނާ ގެންދަން އުޅުނެވެ. އެލީނާވެސް ގަދަހެދުމެއް ނެތި ދާންހިނގައިގަތެވެ.
” މީގެ ފަހުން ތީ އަހަރެންގެ އެކުވެރިޔެއް ނޫން ، އަހަރެންގެ ކޮއްކޮގެ ހަޔާތަށް ވައިވެސް ނޭޅޭތި….” ދަމުން ރުޅިވެރި ރާގަކަށް ޝާން ކިޔާންއާއި ދިމާލަށް ބުންޏެވެ. އެލީނާމެން ދިޔަދިމާލަށް ކުޑައިރުކޮޅަކަށް ބަލަން އިނުމަށްފަހު އެޕާރޓްމެންޓް ތެރެއަށް ވަދެ ކިޔާން ދޮރުޖަހާއިލިއެވެ.
ކިޔާންގެ މިސްރާބު ހުރީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރާހަމަވިވަގުތަކީ ކިޔާންގެ މަންމަ ފަޒީލާ ވެސް ޖެހިގެން ހުރި ކޮޓަރިން ނިކުތް ގަޑިއެވެ. ކިޔާންގެ ލޮލާއި ހަތަރު ކަޅި ހަމަވިވަގުތު އެލޮލުގައިވީ ކަރުނައާއިވެޭން ފެނުމުން ފަޒީލާގެ ހިތުގައި ރިއްސާއިލިއެވެ. ” ދަރިފުޅު އެލީނާ ކައިރި ތެދުބުނިނަމަ…. މަންމައަށް ހަމަ ޔަގީން އެލީނާ ބޭނުންވާނީ ދަރިފުޅުތިއިން ހާލަތުގަ ދަރިފުޅާއެކީވާން ” ފަޒީލާ ކިޔާން ގާތުގައި ބުންޏެވެ
“ނޫނަ މަންމާ މި ވާހަކަ އެލީނާ އަކަށް އިނގެން އަޅުގަނޑު ބޭނުމެއެއް ނޫން…. ލީން މިހާރު އަޅުގަނޑަގެ ސޫރަދެކޭކަށް ވެސް ބޭނުމެއް ނުވާނެ…. ޝީ ހޭޓްސް މީ… ޝީ ހޭޒް ޓުހޭޓް މިީ އަހަރެން މީ ކުޑަ ދުވަސް ކޮޅެއްގެ މެހެމާނެއް….އަހަންނާއެކީ އުޅެނަމަ އެދުވަހަށް ލީން ތައްޔާރެއްނުވާނެ…މަންމަވެސް ލީން ކައިރިނުބުނާތި އެން ޕްލީޒް ޝެލްއަށް ވެސްނާންގާތި ނޫނީ ޝެލް ލީން ކައރި ބުނެފާނެ ” ހިތުގަ އަޅާވޭން މަންމަ އަށް ސިއްރުކުރަން ބޭނުން ވާ ހާލު ކިޔާން ވާހަކަ ދެއްކިއެވެ. ނަމަވެސް ފަޒީލާއަށް އެ ދަރިފުޅުގެ ހިތުގެ ހާލު ސިއްރެއް ނުވުއެވެ.
އެކަމަކު އެލީނާ އަށް ހަގީގަތް އިނގޭ ދުވަހު ކިހާދެރަވާނެ ދަރިފުޅުގެ އެންމެ ފަހު ދުވަސް ކޮޅު ދަރިފުޅާެއެކީ ވޭތު ކޮށްލާން އެ ފަކީރު ކިހާ ބޭނުންވާނެ…” ފަޒީލާއަށް ކިޔާން ކަންތަށް ކުރިގޮތް ކަމުނުދޭއެވެ. އޭނާ ގަބޫލް ކުރަނީ ހަގީގާތް އެނގުމުގެ ހައްގު އެލީނާއަށް ލިބުންޖެހޭ ކަމަށެެވެ.އޭނާގެ ދަރިފުޅަކީ ކުޑަދުވާސް ކޮޅެއްގެ މެހެމާނެއްކަން އެނގުނު ހިނދެ އެ މަންމަގެ މުޅިދުނިޔެ އެފުއްމިފުށަށް ޖެހުނުފަދައެވެ.
މަންމައާއި ޖަދަލުކިރަން ބޭނުން ނުވާތީވެ ކިޔާން ކޮޓަރިތެރއަށް ދެމިގަތެވެ. އަދި އެކަނިވެލަން ބޭނުން ވާތީވެ ދޮރުވެސް ތަޅުލިއެވެ. މީގެ އެއްގަޑއިރު ކުރިން އެނގުން ހަގީގަތުގެ މަތިން ހަނދާން ވުމުން ކިޔާންގެ ލޮލަށް އަނެއްކާވެސް ކަރުނަ ޖަމާވާން ފެށިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rym

Level 210 Stories100 Login

A girl who loves to read and write stories. I also love to read the lovely comments from my readers. Negative comments are also welcome

Other Articles

Previous

Next

ތައުބާ… [ތިންވަނަބައި]

Next
May 2, 2019

ތައުބާ… [ތިންވަނަބައި]

Previews
May 2, 2019

18 Comments!

  1. Aiminath says:
    May 2, 2019 at 1:58 am

    I am tha first dho reem
    “shaan dhaan ulhumaaeku alheena an bunelevuney”(aslu inaanee shaan dhaan lhumaa eku eleena an bunelevyney) dho mistake en hama hedhi dhaane ..aharun mee insaanun… dho

    1. Reem says:
      May 2, 2019 at 6:58 am

      Yes thanks Aiminath dear for informing me

  2. Shambbx says:
    May 2, 2019 at 2:05 am

    Yesuuu me first kiyaafa comment kuran mifaharu yipeeeeeeeeee kiyaan and Aleen alhe dhuruvee keehvetha reem is this my future too I mean Aleen ekey ehfadha my situation vx no difference between me and her life alhe sad vey I feel the broken heart of her ??????????????Haadha hithuh asaru kureyeeeyyyyy

    1. Shambbx says:
      May 2, 2019 at 2:07 am

      Second

    2. Reem says:
      May 2, 2019 at 7:04 am

      You will know why in the next part dear.

  3. Reem says:
    May 2, 2019 at 7:10 am

    Hei… Here s the third part of the story, mistakes huredhaane would be really happy if u informed and improve kuran v kanthah thah ves bune dhinihyaa. Sunday ge part reem bxy vaathyve nungenesdheveythyve mi part inaany dhigu kohlaafa eve . ❤❤?? nxt part insha Allah Tuesday ga

  4. sweet gurl says:
    May 2, 2019 at 7:40 am

    ahey… hama copy ekey mii… emme akurakah fihyakah vx dhuudhyfa nethiyyey… situation thafaathu viyas copy kohgen kobaa faidhaaaeh… emmennah vx ingey my muthaa liyunu vaahakaige copy eh kan

  5. Laalu says:
    May 2, 2019 at 7:51 am

    Nice dear ???regularkoh I mean up kuran bunaa dhuvasthakah up kohdheyne kamah ummydhukuran…..

  6. Reem says:
    May 2, 2019 at 8:08 am

    It’s not a copy eh kan nxt part in ingeyne sweet girl

    1. Sweet gurl says:
      May 2, 2019 at 11:17 am

      Yh.. thikan eba ingeyey… Sorry if I was been rude… But copy kohgen reem ah vx ehvx faidhaa eh nuvaane… Anyways story vrh reethi ingey… Hyvany kiyaan ah cancer jeheny hen dhw

    2. @phro grl says:
      May 12, 2019 at 12:26 pm

      Mi ee hama copy eh 100%. Mi part ga ebaoiy azyaan a ves.

    3. @phro grl says:
      May 12, 2019 at 12:50 pm

      Vaki hisaabakun haalathu badhalu kuriyakas copy akah nuve eh nudhaane.. Badhalukohgen ves thiliyany hama “edhi edhi hoadhymey” ge dialogue thah.. Dhogu hadha makaru hedhumun kamanayah hama 1 vana.

  7. Laalu says:
    May 2, 2019 at 9:09 am

    Alhey yaan haadha aniyaaveri ey dhw… Ehn nuvaanu leen ah hadhaakah, leen kihaa dheravaane, BTW dear kuriy dhe prt ah vure improvement feney.. Kyp it up????

  8. Reem says:
    May 2, 2019 at 9:16 am

    Thanks laalu dear ?❤

    1. Laalu says:
      May 2, 2019 at 10:06 am

      Ur ollways wlc?????

  9. jiji says:
    May 2, 2019 at 9:14 pm

    Alhe alhe kihineh miadhu vany Reeem ????unbelievable..hehe..vvv Salhi mi part vec ??❤?????avahah up kohdhehchey ingey

    1. jiji says:
      May 2, 2019 at 9:15 pm

      *Mivany

    2. Reem says:
      May 2, 2019 at 10:06 pm

      Thx jiji dear?❤next part insha Allah Tuesday ga genesdheynan

Comments are closed.

Next Episodeފެވިފާތިނަން ވެޔޭމިހިތުގާ 4←


All Right Reserved!