“ހައި.. ޑޫ ޔޫ ލަވް މީ…” ނައިނާގެ ޖުމްލައާއިއެކު ހައިޒަލް ބަލާލީ ސިހިފައިކަހަލަގޮތަކަށެވެ. އެދެލޮލުން ހިނދުކޮޅަކަށް ނަމަވެސް ތަފާތު އަސަރެއް ފެނިލިއެވެ. މަޑުންމަޑުން ނައިނާގެ ކޮނޑުގައި ހިފަހައްޓާލެވިފައިވާ އަތް ތިރިވެގެންދިޔައިރު ހައިޒަލް ފުންނޭވާއެއްލަމުން ދުރުބަލާލިއެވެ. އެއާއިއެކު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލިއެވެ.
“ހައި ޓެލްމީ… ލޯބިނުވިޔަސް ތިހިތުގައި އަހަންނާއިމެދު ކޮންމެވެސް އެއްޗެއް އެބައޮތެއްނު… ދެޓްސް އިނަފް ފޯރ މީ… ހައިގެ ދުލުން ލޯބިވެއޭ އަހަންނާއި ރުހެމޭ ބުނެދޭނެ ދުވަހަކަށް އަހަރެން އިންތިޒާރުވެސް ކޮށްފާނަން… ހައި ޕްލީޒް އަހަންނަށް ފަސްނުދީ… ހައިގެ މަންމަ ކަންތައް ކުރިގޮތަކީ ހައި ލޯތްބަށް ފަސްދޭންޖެހޭ ސަބަބަކަށް ނުހަދަފާނަންތަ؟ ލޯތްބަކީ ވޭންދެނިވި އިހުސާސެއްނޫންކަން އަހަރެން ސާބިތުކޮށްދޭނަން… އަހަރެން ވައުދުވަން… ހައި ދޫކޮށްލާ ފަރާތަކަށް އަހަރެން ދުވަހަކު ނުވާނަން… ހައި އަހަރެން ދުރުކޮށްނުލާހާ ހިނދަކު އަބަދުވެސް ހައިއާއިއެކީ ވާނަން…” ނައިނާގެ އަޑުގައިވީ ޔަގީންކަމާއިއެކު ހައިޒަލްގެ އަތަށް ބާރުކޮށްލިއެވެ. އެވަގުތު ހައިޒަލް ފަސްއެނބުރި ނައިނާގެ މޫނަށް ބަލާލިއިރު ނައިނާގެ ލޮލުން އެކަނިވެސް އެ ބަސްތަކުގެ ތެދުކަންހުރީ ހާމަވާށެވެ.
“ހައި.. ޕްލީޒް… އަހަންނަށް ފަސްނުދީ… އަހަރެންގެ ހިތުގައި ހައިއަށްޓަކައި ވިންދުޖެހުވުމަށްފަހު އެހިތް ހަލާކުކޮށްނުލާ… އަހަރެންނާއި ދުރަށްދާން މަސައްކަތްނުކުރޭ…” ނައިނާގެ ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ކޯތާފަތްމަތިން ދެމެންފެށިއިރު ހައިޒަލް ދެއަތުން ނައިނާގެ މޫނުގައި ހިފަހައްޓާލިއެވެ. އެ ކަރުނަތަކުން ހައިޒަލްގެ ހިތަށް ތަދުވެގެން އައިރު ދެފަރާތަކަށް ބޯހޫރާލަމުން ނައިނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ދެއަތުން ފުހެލަދިނެވެ. ހައިޒަލްގެ ފިނި ތުންފަތް ނައިނާގެ ލޮލުގައި ޖައްސާލިއިރު އެ ލޮލުން ވެއްޓުނު ކަރުނަ ތިކި ނައިނާގެ އެސްފިޔަތަކުން ފުރޭނިގެން އައިސް ކޯތާފަތުގައި ބޮސްދިނެވެ. އެއާއިއެކު މަޑުމަޑުން ނައިނާގެ ނައިނާ ލޯ މެރިގެންދިޔައެވެ.
“ޔޫއާރ މައިން… ޔޫ ބިލޯންގް ޓް މީ… އަހަރެން ދޫކޮށްލައިފައި ދުވަހަކު ނައިނާއަކަށް ނުދެވޭނެ… އަހަރެން އެ ފުރުސަތު ދުވަހަކު ނުދޭނަން….” ހައިޒަލް ނައިނާ ގެނެސް މޭގައި ޖައްސާލަމުން އެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. އެއާއިއެކު އެ ފިނިތުންފަތް ނައިނާގެ އިސްތަށިގަނޑުގައި ޖައްސާލިއެވެ. އެ ޖުމްލަތަކުން ނައިނާގެ ހިތަށް ލިބުނު އުފާތައް ކަރުނައިގެ ގޮތުގައި ލޮލުން ފައިބައިގަތެވެ. މަޑުމަޑުން އަތް އުފުލާ ހައިޒަލްގެ ބައިމަތިފުޅާ ހަށިގަނޑުގައި ހިފަހައްޓާލިއިރު އެ ތަނަވަސް މޭގައި ނައިނާ މޫނު ފޮރުވާލިއެވެ.
*** *** *** *** *** ***
އަރައިގެން އައި އިރުގެ ރަންދޯދިތަށް ފަރުދާކަހާލެވިފައިވާ ބެލްކަނީގެ ބިއްލޫރި ދޮރުން ފުރޭނިގެން އައިސް މޫނަށް އެޅުމާއިިއެކު ލޮލަށް އުނދަގޫވެގެން ކަހަލަގޮތަކަށް މަޔާން އެސްފިޔަތައް ތަޅުވާލިއެވެ. ކަންނެތްކަމާއިއެކު އަނެއް ފަރާތަށް އެނބުރިލަމުން މޫނުމަތީގައި މަޔާން ބާލީސް އަޅާލިއިރު ޝަލީންގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ. ފަރުދާކަހާލެވިފައިވާ ދޮރުގެ ކައިރީ އިރުގެ ދޯދިތަކުން ހޫނުކަން ލިބިގަންނަން ހުރިއިރު ޝަލީންގެ މޫނުން ފެންނަނީ ތާޒާކަމެވެ. އެ އޮމާން މޫނުމަތީ ފެންތިކިތައް ވިދަމުންދިޔަގޮތުން ދެންމެ ފެންވަރައިލައިގެން ނިކުމެގެން އައި ހެން ހީވެއެވެ. ފިޔާތޮށި ތުންފަތްމަތީ ކުޅެލަ ކުޅެލާ ހުރީ އެންމެ ރީތި ހިނިތުންވުމެވެ.
“ޔާން… ދެން ތެދުވެބަލަ… ގަނޑި ޖެެހެނީއޭ…” ޝަލީން އިރުކޮޅެއްވަންދެން ބެލްކަނީ ދޮރުކައިރީ ހުރެފައި މަޔާން ނުތެދުވާނޭކަން ޔަގީންވުމުން އެނދާއި ދިމާލަށް ހިނގައިގަތެވެ. ޝަލީން އެނދާއި ކައިރިވެލުމަށްފަހު މަޔާންގެ ހަށިގަނޑު ވަށާލެވިފައިވާ ކިލްޓްއަށް ދަމާލިއިރު މަޔާން ގަދަހަދާލީ ކިލްޓު ނުދޭންވެގެންނެއެވެ. ޝަލީންގެ މޫނަށް ވެރިވި ހިނިތުންވުން ފޮރުވާލަމުން އެންމެ ފަސޭހައިން އަތުޖެހުނު ބާލީސް ނަގައި މަޔާންގެ ބުރަކަށީގައި ތަޅައިގަތެވެ.
“އާހް… ޝަލީ ތެދުވެޔޭ… ޝަލީ… އޯކޭ އޯކޭ މިތެދުވީއޭ….” ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު މަޔާން ހަތިޔާރު ބެހެއްޓީ ޝަލީން ނުހުއްޓާނެކަން ޔަގީންވެފައެވެ. މަޔާންގެ ހަށިގަނޑު ކުޑަކޮށް އެނދުމަތިން ހިއްލާލިއިރު ޝަލީން މަޔާންގެ ގަޔާއި ދިމާލަށް ބާލީސް އެއްލުމަށްފަހު ދުރަށް ހިނގައިގަތީ ކުރެވުނު ކަންތަކާއި ފަހުރުވެރިވެފައި ހުރެއެވެ. އެވަގުތު މަޔާން ޝަލީންގެ އަތުގައި ހިފާލަމުން ފަހަތަށް ދަމައިގަތްއިރު އަރިއަޅައިލައިގެން ޝަލީން ވެއްޓުނީ މަޔާންގެ ގައިމައްޗަށް ކަހަލަގޮތަކަށެވެ. ސިކުންތުކޮޅަކަށް ދެޒުވާނުންގެ ނަަޒަރު ސީދާވިއިރު މަޔާންގެ ތޫނު ނަޒަރުން ޝަލީންގެ މޫނު ޖަންބެއްހާ ރަތްވެގެން އަންނާކަށް މިނެޓެއްވެސް ނުނެގިއެވެ.
“އުނދަގޫކުރީތީވެސް ދިޔަކަ ނުދޭނަން… ތިއޮތީ ރަނގަޅަށް ޓްރެޕްވެފައި…” މަޔާންގެ އިނގިލިތައް ޝަލީންގެ މޫނުގައި ހިންގާލަމުން ބުނެލިގޮތުން ޝަލީންގެ ހިތްވެސް އަވަސްވިއެވެ. އެ ރީތި މޫނު އިތުރަށް ރަތްވެގެންދިޔައިރު ޝަލީން ދުރަށްދާން އުޅުމާއިއެކީ މަޔާން އިތުރަށް އެއަތުރޭ ޝަލީން ހައްޔަރުކޮށްލީއެވެ.
“ޔާން.. ދޫކޮށްބަލަ… މި ސަކަރާތެއް ނުޖަހާ ޔާންއަށް ތެދުވެވޭކަމަށް ހަމަ ނުވަނީތަ؟” ޝަލީން މަޔާންގެ އަތުތެރެއިން ސަލާމާތްވާން ބޭކާރު މަސައްކަތެއް ކުރުމަށްފަހު ރުޅިވެރިގޮތަކަށް މަޔާންގެ މޭގައި ދެއަތުން ތަޅައިގަތެވެ. އެއާއި މަޔާން ޝަލީންގެ އަތުގައި ހިފާ ގާތަށް ދަމައިގަންނަމުން އެދެމެދުގައިވީ ދުރުމިން އިތުރަށް ކުޑަކޮށްލިއެވެ. އެދެލިކުލައިގެ ލޮލާއި ޝަލީންގެ ނަޒަރު އެވަގުތު ސީދާވެގެންދިޔައިރު މަޔާންގެ ކޮންމެ ހަރަކާތެއްގައި ބައިވެރިވެވުނެވެ. ނުހަނު ރީތި ލޯބީގެ ފަސްމިނެޓަށްފަހު ދެޒުވާނުން ދުރުވެލިއިރު ޝަލީންގެ ތުންފަތް ރަތްވެގެންގޮސް ލޭކޮޅެއްހެން ހީވެއެވެ. ތުންފަތުގެ އެ ރީތިކުލަ އެ މޫނުގެ ރީތިކަން އިތުރުކޮށްލަދިނެވެ.
މަޔާން އޮފީހަށް ދާން ތައްޔާރުވެލައިގެން ތިރިއަށް ފޭބިއިރު ކޮފީގެ މީރުވަހުން ލިވިންރޫމް އެއްވަސްވަމުންދިޔަގޮތުން ނޭވާ އެތެރެއަށް ދަމާލެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޑައިނިން ރޫމްއަށް ވަތްއިރު ޝަލީންހުރީ ކޮފީ ޕޮޓްއިން މަގްތަކަށް ކޮފީ އަޅާށެވެ. މަޔާން ފިޔަވަޅުތަކުގެ އަޑު ނީވޭހާ މަޑުން ގޮސް ޝަލީންގެ ކަންފަތްކައިރީ އަޑެއް ލައްވާލުމާއެކު ޝަލީން ސިހިފައި ހަޅޭލަވައިގަތެވެ.
“އައުޗް… މިކުއްޖާ ސްކްރީމްކުރާވަރު ބާރުކަމުން އިޔަރ ޑްރަމްވެސް ފަޅައިގެންދާނެ…” މަޔާންގެ ކަންފަތުގައި އަތްއަޅާލައިގެން ހުރެ ޝަލީންއާއި ދިމާކޮށްލާފަދަ ގޮތަކަށް ކިޔާލިއެވެ.
“ޔާން ސިއްސުވާލީމައެއްނު… ދެން ޔާން ޕްލީޒް މިގަނޑީގައި ނޯ ރޮމޭންސް އިނގޭ…. ޔާންގެ ގަނޑިވެސް ކައިރިވަނީނު…” ޝަލީން މަޔާންއާއި ކައިރިވެލަމުން މަޔާންގެ ކޯޓް ރީތިކޮށްލަދިނެވެ. ގަޔަށް ހިފާލެވިފައިވާ ހުދުގަމިހުގެ މަތިންވާ ވެސްޓްގެ މަތިން ކޯޓްލާފައިވާއިރު ޒަމާނީ އަޅި ފަޓްލޫންގައި މަޔާން ފެންނަނީ ނުހަނު ސްމާޓްކޮށެވެ. ފަންއިސްތަށިގަނޑު އެއްފަރާތަކަށް ފުނާއަޅާލައިފައިވާއިރު ސީރިޔަސްވެފައި މޫނުމަތިން ހަރުދަނާ ގޮތެއް ފެނިލައެވެ. ޝަލީން މަޔާންގެ ކަރުގައި ބައްދާފައިވާ ޓައީ ރީތިކޮށްލަދިންއިރު ޓައީގައި އަތް ހިންގާލެވުނީ ކަމެއް ހަނދާންވެގެންނެވެ. އެއީ މަޔާން އެންމެ ފުރަތަމަ ޕްރޮސިކިއުޓަރެއްގެ ގޮތުގައި އޮފީހަށް ނިކުތްދުވަހު ޝަލީން ހަދިޔާކުރި ޓައީއެކެވެ. ޝަލީން މަޔާންއަށް ހަދިޔާކުރި އެންމެ ފުރަތަމަ ޓައިއެވެ.
“ޔާންގެ ޖޮބްގެ ފަސްޓް ޑޭގައި ޝަލީ ދިން ޓައިދޯ…” ޝަލީން މަޔާންގެ ޓައީގައި ހިފަހައްޓާލައިގެން ހުރެ މަޔާންގެ މޫނަށް ބަލާލިއެވެ.
“ޝަލީ އޮފީހުގެ ކޮންމެ އޮކޭޝަންއަކަށް ޓައި ގިފްޓްކުރާއިރުވެސް އޮކޭޝަންއާއިއެކު ހަނދާން ހުރޭދޯ… ކަލެކްޝަންގަައި މިހާރުވެސް ގިނަވާނީ ޝަލީ ދިން ޓައީތައް… ދެން ޓައިތައް ހަދިޔާކޮއްފައި ކޮންމެ ދުވަހަކު އަޅުވާލަދޭންވެސް އަންނަނަމަ…” މަޔާން ޝަލީންގެ މޫނުގައި އެއްއަތުން ފިރުމާލަމުން ހީލީ ލާނެތްގޮތަކަށެވެ.
ދެން ޝަލީ މިކޮޅުގައި މަޑުކުރާނީތަ؟ މެންދުރުފަހު ދޯ ހޮސްޕިޓަލް ޑިއުޓީވެސް އޮތީ… މަޔާން ކާމޭޒުކައިރީގައި ބަހައްޓާލެވިފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނަމުން ޝަލީންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ނޫން… ލަވް ޑިއުޓީއަށް ދިޔައިމަ މިޑޯވިއުއަށް ދާނީ… ރޭ މިކޮޅުގައި ހުރީމަ މަންމަ ހުންނާނީވެސް ހާސްވެލައްވާފައި… ޔާންގެ ކަންތަކޭ…” ޝަލީން އެންމެ ފަހު ޖުމްލައާއިއެކު ލުއިގޮތަކަށް ހީލަމުން މަޔާންގެ ބުރަކަށީގައި ޖަހާލިއެވެ.
ސަމާސާވާހަކަތަކެއްގައި ތިބެ ދެލޯބިވެރިން ހެނދުނުގެ ނާސްތާކުރީ އުފާވެރި މާހައުލެއްގައެވެ.
މަޔާން އޮފީހަށް ދާން ނިކުންނަމުން ޝަލީން ގެނެސް މޭގައި ޖައްސާލިއެވެ. އެ ފިނި ނިއްކުރީގައި ތުންފަތް ޖައްސާލަމުން ލޯބިވާކަމަށް ބުނެލިއިރު ޝަލީންގެ ހިތަށް ނޭނގޭފަދަ އުފަލެއް ލިބުނެވެ. އެ ތުންފަތްމަތީ ރީތި ހިނިތުންވުމެއް ކުޅެލިއެވެ.
*** *** *** *** *** ***
އިރުއަރައިގެން އައިރު އިރުގެ ރަންދޯދިތަކުން ކެބިންތެރެއަށް ވެރިކޮށްލި އަލިކަން އަޖައިބެއްހާ ނަލައެވެ. ހެނދުނުގެ އެވަގުތު ހައިޒަލް ބެލްކަނީގައި ހުރިއިރު ނަޒަރު ހުއްޓައިލެވިފައިވަނީ ފިރޯޒްކޮޅެއްފަދައިން ވިދަމުންދިޔަ ސާފު އުޑަށެވެ. ހެނދުނުގެ ތާޒާކަން މޫނުމަތިންފެންނަމުންދިިޔައިރު އެ ތުންފަތްމަތީ ކުޅެލަ ކުޅެލާ ހުރީ އެންމެ ރީތި ހިނިތުންވުމެވެ. އެ ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރުއިރު ރީތި ލޮލުން ފެނިލީ އުފާވެރިކަމުގެ ވިދުވަރެވެ. ކެބިންތެރެއިން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ހައިޒަލް ފަސްއެނބުރި ބަލާލިއިރު އެ މޫނުމަތީވި ހިނިތުންވުން އިތުރަށް ފުންވެގެންދިޔައީ ކެބިންއަށް ވަދެގެން އައީ ނައިނާ ފެނިފައެވެ. ހައިޒަލް އަތުން ގާތަށް އައުމަށް އިޝާރާތްކޮށްލުމާއިއެކު ނައިނާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ބެލްކަނީ ދޮރާއި އަރާހަމަވިއިރު ހައިޒަލް ނައިނާގެ އަތުގައި ހިފާ ބެލްކަންޏަށް ވެއްދިއެވެ. އެއާއިއެކު ބެލްކަނި ދޮރާއި ބިއްލޫރި ބިތާއިއެކީ ނިވާވާހެންވާ ފަރުދާ ދަމާލަމުން ބެލްކަނި ދޮރު ލައްޕާލިއެވެ.
އޭރު ނައިނާ ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ދުރުން ފެންނަމުންދާ މަންޒަރުތަކަށް ނަޒަރުހުއްޓާލައިގެން ހުރިއިރު ހައިޒަލް އިރުކޮޅެއްވާންދެން ނައިނާގެ ހަރަކާތްތަކަށް ގެއްލިފައިހުރުމަށްފަހު ފަހަތުން އައިސް ނައިނާގެ ކޮނޑުގައި އަތްއަޅުވާލިއިރު ނައިނާގެ މޫނުގައި މޫނު ޖައްސާލިއެވެ.
“ހައި…” ހައިޒަލްގެ އެ ބީހިލުން ނައިނާގެ ނާރުތައް ހަލަބޮލިކޮށްލިއިރު ނައިނާ ދުރުވާން އުޅުމާއިއެކު ހައިޒަލް އެކަން މަނާކޮށްލިއެވެ.
“ސުސް…. ލެޓްސް ސްޓޭއި ލައިކް ދިސް ފޯރ އެ ވައިލް…” ހައިޒަލް ލޯމަރައިލައިގެން ހުރެ ނައިނާގެ ކަންފަތްދޮށުގައި ބުނެލިއިރު ނައިނާ ކުޑަކޮށް މޫނު އަނބުރާލަމުން ހައިޒަލްގެ މޫނަށް ބަލާލިއެވެ. އިރުގެ ދޯދިތައް އެ މޫނަށް ވެރިކޮށްލާފައިވާ ކުލައާއިއެކު އެ މޫނުމަތީވީ ހިނިތުންވުން އެ މޫނުގެ ރީތިކަން ފުރިހަމަކޮށްލައިފައިވާގޮތް ނައިނާ އެ މޫނުން ނަޒަރު ވަކިކޮށްލާ ހިތެއްވެސް ނުވިއެވެ. މަޑުމަޑުން އިނގިލިތައް ހައިޒަލްގެ މޫނުގައި ހިންގާލިއިރު ހައިޒަލް ލޯހުޅުވާބަލާލީއެވެ. އެ ލޮލުން އެވަގުތު ފެނިލި އަސަރަކުން ދުރުބަލާލުމަށް ނައިނާ ނުކުޅެދުނެވެ.
“މި މޫނުގައި އަހަރެން ރުހުމުގައި އަތްލަން ފުރުސަތު ދިން ހަމައެކަނި އަންހެންކުއްޖަކީ ތިއީ… ރޭގެ އެވަގުތުން ފެށިގެން ނައިނާ އަހަރެންގެ މިލްކަކަށްވެ ނިމިއްޖެ… ޔޫ ބެޓަރ ބީ ޕްރެޕެއަރޑް… އައި ވިލް ނެވަރ ލެޓް ޔޫ ގޯރ… ނައިނާގެ ދުލުން ލޯބިވާކަމަށް ބުނި ވަގުތުން ފެށިގެން އެނބުރިދިޔުމުގެ ހުރިހާ ދޮރެއް ނައިނާއަށް ބަންދުވެގެން ހިނގައްޖެ… ހުވަފެނެއްގައިވެސް އަހަންނާއި ދުރަށްދިޔުމުގެ ފުރުސަތު ނައިނާއަށް ނުދޭނަން…” ހައިޒަލް ނައިނާގެ އުނަގަނޑުގައި ހިފާ އޭނަައާއި ދިމާލަށް އަނބުރާލަމުން އެ އޮމާން ކޯތާފަތުގައި އިނގިލިތައް ބީއްސާލިއެވެ. އެލޮލުގައިވީ އަސަރަކުން ވާހަކަދެއްކުމަށްވެސް ނައިނާ ނުކުޅެދުނުއިރު އެ ރީތިލޮލަށް ބަލަހައްޓައިގެން ހުރެވުނީ ދީވާނާވެފައިވީފަދަ ނަޒަރަކުންނެވެ. އެ ތޫނު ބަލާލުން ހިތާއި ކުޅެލިއިރު ސިހުރެއްފަދައިން ހިތް ގައިދުކޮށްފިއެވެ. ދުރަށް ދިޔުމުގެ ހިޔާލު ހިތުން ބޭރުވެގެންދިޔައިރު އެ އިސްގީ ލޮލުގެ ނަޒަރުން އޭނަ ހައިޒަލްގެ ލޯބީގައި ބަންދުވެ ނިމިއްޖެއެވެ.
*** *** *** *** *** ***
ދަންވަރުގެ ހަމަހިމޭންވަަގުތު ކިލްޓުން ނިވާވެގެން ނިދާލައިފައި އޮތް ރިހާނާގެ ދެލޯ ހުޅުވިގެންދިޔައިރު ކުއްލިއަކަށް ހަށިގަނޑު ސީދާވެގެންދިޔައެވެ. ހަށިގަނޑު ރޫރޫއަޅަމުންދިޔައިރު އެ މޫނުމަތިން ފެނުނު ސިހުމުގެ ކުލަވަރާއިއެކު ރިހާނާގެ ޖެހިލުންވެފައި އިނދެ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އޭރު އޭސީގެ އެންމެ ފިނިކަމުގައިވެސް އެ ނިއްކުރިމަތިން ދާތިކިތައް ފާއްދާލައިފިއެވެ. އެނދުގެ އެއްފަޅިއަށްވާގޮތަށް އޮތް އަލްހާނަށް ނަޒަރެއް ދެމުން ރިހާނާ މަޑުމަޑުން އެނދުން ފޭބިއެވެ. ސައިޑް ޓޭބަލްމަތީ ހުރި ފެންފުޅި ނަގައިގެން ރިހާނާ އައިސް ހުއްޓިލީ ފިނި ހިފައިފައިވާ ދިގު ކުޑަދޮރުކައިރީއެވެ. ކުޑަދޮރުގެ ފަރުދާތަށް ކަހާލެވިފައިވާއިރު ދުރުދުރަށްދާންދެން ދިއްލާލެވިފައިވާ ބަގީޗާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. މާތަކުގެ ވާދަވެރިކަމާއި ގަސްތަކުގެ ފެހިކަންވެސް މިވަގުތު ރިހާނާގެ ހިތަށް ތަސައްލީއެއް ހޯދައިދިނުމުގައި ނުކުޅެދުނެވެ. ބަގީޗާއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ރިހާނާގެ ފިކުރުތައް ވަނީ އެހެންދިމާލެއްގައެވެ. އެތަށް ދުވަހަކަށްފަހު ހުވަފެނުން ހައިލާ އޭނައާއި ބައްދަލުކުރުމަކީ އޭނަގެ އަމިއްލަ ނަފްސަށް ގަބޫލުކުރެވޭވަރުގެ ކަމަކަށްނުވިއެވެ. ހުދުކަފުނުގެ ތެރޭގައިވީ ހައިލާގެ މޫނު ހުވަފެނުން ފެނުނުފަދައިން މިހާރުވެސް ލޯމައްޗަށް ސިފަވާފަދައެވެ.
“ކަށްވަޅުގައި އޮވެގެންވެސް އަހަރެން ހިތްހަމަޖެހިލައިގެން އުޅުނަ ނުދޭންތަ އެ އަންހެނާ އެ އުޅެނީ… ހުވަފެނުން ފެންނަން ފެށީ ދުނިޔޭގައި ހުރިއިރު ކުރެވުނުވަރު ކުޑަވެގެންތަ؟ ހައިލާ… ކަލޭތީ އަހަރެންގެ ހުރިހާ އުފަލެއް ބަރުބާދުކުރި އިންސާނާ… މިގޭތެރެއަށް ކަލޭ އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެން ދިރިއުޅުމަށް ސުންޕާކަމުގެ ހިޔަނި އެޅިގެންދިޔަ…. ކަލޭ ވަކިވެގެން ތިދިޔައީވެސް މުޅި އުމުރަށް ކަލޭގެ ހަނދާނުން އަހަރެންގެ އަމިއްލަ ނަފްސު ގިނިން ފިއްސަން ޖައްސާފައި…” ރިހާނާގެ ބުމަގޮށްޖެހިގެން ދިޔައިރު ކުޑަދޮރުގައި ޖައްސައިލެވިފައިވާ އަތުގެ އިނގިލިތަކަށް ބާރުކޮށްގޮތުން އިނގިލިތައް ލެބިގެންދިޔައެވެ. އެ މޫނުމަތިން ފެނިލި ރުޅިވެރިކަމާއިއެކު ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ވާހަަކަދެއްކިގޮތުން ހައިލާއަށް ކުރާ ނަފްރަތު ހާމަވިއެވެ.
ހައިލާއަކީ ރިހާނާގެ ހަޔާތުން ފާއިތުވެގެން ގޮސްފައިވާ ބާބަކަށްވީނަމަވެސް އެ ހިތުން އަދިވެސް ހައިލާގެ ހަނދާންތައް ނައްތާލުމުގައި ރިހާނާއަށް ކާމިޔާބު ހޯދިފައެއް ނުވެއެވެ. ހައިލާގެ ނަން އިވުނަސް އަމިއްލަ ނަފްސު ފިހިގެންދާއިރު ރުޅިގަނޑު މިއަދުވެސް ހިލިގަންނަނީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ. އެދެމެދުގައި ހިނގި ފިނި ހަނގުރާމަ ރިހާނާއަށް ކާމިޔާބުވެ ހައިލާ އުމުރަށް ކަފުނުގައި ނިދާލުމަކީ ރިހާނާގެ ހިތަށް މިވީހާތަނަށްވެސް ހަމަޖެހުމެއް ލިބުނު ކަމަކަށްނުވިއެވެ. ބަދަލުހިފުމުގެ ރޫހު އެ ހިތުގައި އަށަގަނެފައިވަނީ އެއަށްވުރެ ބޮޑަށެވެ.
*** *** *** *** *** ***
މެންދުރުގެ އެންމެ އަވިބާރުވަގުތު ހައިޒަލް ބެލްކަންޏަށް ނިކުމެލިއިރު ފެނިލި މަންޒަރަކުން ކުޑަކޮށް ބުމަގޮށްޖެހޭގޮތްވިއެވެ. ނައިނާއާއި ކިޔާން ކޯރިޑޯއިން ނިކުމެވެން އިން ބެލްކަނީގައި އެހާ ގާތުގައި ވާހަކަދައްކަން ތިބުމަކީ ހައިޒަލް ހިތްހަމަނުޖެހޭކަމަކަށްވިއެވެ. ނައިނާ އެހެން ފިރިހެނުންނާއި މާގާތްވެގެން އުޅުމަކީ ހައިޒަލްއަށް ރުހެވޭކަމެއްނޫނެވެ. ނައިނާގެ އެކުވެރިކަމާއި އެންމެންނާއި ގުޅޭ މިޒާޖުގެ ބޭނުން ނުގޮތުގައި ހިފައިގެން މީހަކު ނައިނާގެ ފަރާތުން ނާޖާއިޒް ފައިދާއެއް ނަގާފާނެއަތީ ހައިޒަލްއަށް އެކަމާއިމެދު ވިސްނެނީ ނުހަނު ބޮޑަށެވެ.
ނައިނާ ކިޔާންއާއި ވާހަކަދައްކަންހުރެފައި އިސްއުފުލާބަލާލިއިރު ހައިޒަލްއާއި ނަޒަރު ސީދާވީއިރު ހައިޒަލް ނައިނާއަށް އިޝާރާތެއްދެމުން ނިވާވެލިއެވެ. ފަނަރަވަރަކަށް މިނެޓްފަހުން ނައިނާ ބެލްކަންޏަށް ނިކުމެލިއިރު ހައިޒަލް ހުރީ ދޮރަށް ނިވާވާގޮތަށް ފާރުގައި ލެގިލައިގެންނެވެ. ނައިނާ ފެނުމާއިއެކު ހިތްހަމަނުޖެހުމުގެ ނަޒަރެއް ދެމުން ވަގުތުން ދުރުބަލައިލައިފިއެވެ. ނައިނާ މަޑު ފިޔަވަޅުތަކެއްގައި އައިސް ހުއްޓިލީ ހައިޒަލްއާއި ދާދިގާތުގައެވެ.
“ސީރިޔަސްލީ… ހެނދުނުއްސުރެ އަހަރެން ގާތަށް ނައިސް ބަހަނާއެއް ދައްކާލައިގެން އުޅެފައި ބްރޭކްއެއް ލިބޭއިރަށް ގޮސް އޭނަ ކައިރީ…” ހައިޒަލް ނައިނާއަށް ހިތްހަމަނުޖެހުމުގެ ނަޒަރެއް ދެމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. މިއަދު ނައިނާ އޭނައަށް ނުފެނި އުޅެފައި ކިޔާންއާއިއެކު ފެނުމުން ހައިޒަލް ހުރީ ހިތްހަމަނުޖެހޭގޮތްވެފައެވެ.
“ނައިނާގެ ފިރިހެން އެކުވެރިން މާގިނަވީމަ އަހަރެން އެބަ ވިސްނަންޖެހޭ ކަންނޭނގެ…” ހައިޒަލް މޫނަށް ޖައްސާލި ވައްތަރުން ނައިނާ ކައިރިއަށް ހިނިއައެވެ.
“ސީރިއަސްކޮށޭ… ނައިނާ އެންމެންނާއި މާ މިންގަލްވެގެން އުޅޭތީ އެހެންމީހުން އެޑްވާންޑޭޖް ނަގަން އުޅެނީ… ސިލްކްގެވެސް ސީއީއޯއިން ފެށިގެން ސެކިއުރިޓީގެ ހެޑްވެސް…. ޔޫ ބެޓަރ ރިމެންބަރ… ޔޫ ހޭވް އަ ބޯއީފްރެންޑް…” ހައިޒަލް ނައިނާއާއި ދިމާލަށް ބަލާލަމުން ލޯވަށްކޮއްލިގޮތުން ނައިނާއަށް އިންޒާރެއްދިންހެން ހީވިއެވެ.
“އެ ޖެލަސީ ވަން….” ނައިނާ ހެމުން ހެމުން ހައިޒަލްގެ ޖުމްލަައަށް އިތުރުކޮއްލިއެވެ. އެއާއިއެކު ހައިޒަލް މޫނަށް ތަފާތު ކުލަވަރެއްވެރިވިއެވެ.
“ޖެލަސީ… ރިއަލީ… އައިމް ހައިޒަލް… ޑޭޓިން ވިތް ނައިނާ ވޯންޓް ޗޭންޖް މީ….” ހައިޒަލް މޭގައި އަތްޖަހާލަމުން ބުނެލީ އަމިއްލަ ނަފްސަށް ޔަގީންކަން ދޭފަދަ ގޮތަކަށެވެ.
“ނައިނާއާއި ޑޭޓްުކުރުމަކީވެސް ހައިޒަލް ޗޭންޖްވުމެއް ނޫންތަ؟” ހައިޒަލްގެ ހަސަދަވެރިފަރާތްފެނި ނައިނާ ހުރީ ހައިޒަލްއާއި އަރާރުންވުމެއް ހިންގާލަން ބޭނުންވެފައެވެ.
“ރިއަލީ…. އެހެން ބުނާއިރު ބޭނުންވެގެން އުޅުނީ ކާކުތަ؟ ދެކޮޅުހަދަހަދާ ހުއްޓާ އެންމެ ފަހުން ފަސްޓް ކިސް ފަސްޓް ލަވްއަށްވެސް ވީއެއްނު …” ހައިޒަލް ނައިނާއާއި ދިމާކޮށްލަމުން އެއްލޯ މަރާލިއިރު ނައިނާގެ އުނަގަނޑުގައި ހިފައި އޭނައާއި ގާތަށް ދަމައިގަތެވެ. އޭރު ހައިޒަލްގެ މޫނުން ފެންނަމުންދިޔަ ނުސިޔާނުކުލަވަރުން ނައިނާގެ މޫނު ލޭކޮޅެއްފަދައިން ރަތްވެގެން އައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.
”ޖެހިލުންކުޑައީ ހަމައެކަނި ކާރު އެއްޗެހި ފުޑާލާކަށްނޫންދޯ… އެހާ ޖެހިލުމެއްނެތި ފިރިހެންކުއްޖެއްގެ ކުރިމަތީ ލޯބިވެޔޭ ކިޔަމުން އެނބުރެން ކެރޭނީ ކޮން އަންހެންކުއްޖަކަށްބާ؟ ނައިނާ… ޔޫ އަރ ރިއަލީ ޑިފަރެންޓް…” ހައިޒަލް އިތުރަށް ނައިނާ ރަކިކުރަންވެގެން ދިމާކުރިއެވެ.
“އެންމެ ފަހަރަކު ދޯ ހައި ދެކެ ލޯބިވެއޭ ބުނީ…” ނައިނާ ވަގުތުން މޫނު ހަދާލަމުން ހައިޒަލްއަށް ރައްދުދިނެވެ.
“ވޯވް… އެކަމް އެހެން މީހެއްގެ ކުރިމަތީ މާ ޖެހިލުންކުޑަވެގެން ނޫޅެއްޗޭ އިނގޭ… ނަތީޖާ މާރަނގަޅެއް ނުވާނެ…” ހައިޒަލް ނައިނާގެ ނިއްކުރީގައި ފުއްޓަތްކެއް ޖަހާލަމުން ސަމާސާގޮތަކަށް ބުނެލިއެވެ. އެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއިއެކު އެ ލޮލުން ބަލާލިގޮތުން ގަނޑުފެންކޮޅެއްފަދައިން ނައިނާ ވިރިގެންދާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. ހައިޒަލްގެ އަތުތެރެއަށް ވަދެވުނުއިރު ހައިޒަލްގެ ލުއި ލުއި ބީހިލުންތަކުން އަރާމްވީވަރުން މަޑުމަޑުން ލޯ މެރިގެންދިޔައެވެ.
*** *** *** *** *** ***
ހަވީރުވެގެން އައިރު ހައިޒަލް ޑޮކިއުމެންޓޭޝަން ރޫމްއަށް ވަތްއިރު އެތާގައި އުޅެނީ ނައިނާ އެކަންޏެވެ. ފައިލްތައް އަތުރާލެވިފައިވާ ސެލްފްގައި ލައްކޮށްލެވިފައިވީ ހަރުގަނޑަށް ނައިނާ އަރާ ހުރިއިރު ތަންކޮޅެއް މަތީގައި އިން ފައިލްއެއް ނެގޭތޯ އަތްފޯރުވަމުންދިޔައެވެ. ނައިނާ ފައިލްއަށް އަތްފޯރުވަންވެގެން ކުޑަކޮށް ކޮރާލައިގެން ހުރެފައި ހައިޒަލްގެ ފިޔަވަޅުތަކުގެ އަޑުއިވުމާއިއެކު ކުޑަކޮށް ފަސްއެނބުރިބަލާލިއެވެ. އެއާއިއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނުގޮތުން ނައިނާ ބެލެންސް ކަޓައިގެން އަރިއަޅާލަން ދިޔައިރު ލޯމަރާލަމުން ތޫލި އަޑަކުން ހަޅޭލަވައިގަތެވެ. ނައިނާ ބިމުގައި ޖެހުމުގެ ކުރިން ބާރުގަދަ އަތަކުން އޭނަ ވަށާލިކަމުގެ އިހުސާސްވެފައި މަޑުމަޑުން ލޯހުޅުވާބަލާލިއިރު އެންމެ ފުރަތަމަވެސް ނަޒަރު ހުއްޓުނީ ހައިޒަލްގެ ގޮށްޖެހިފައިވާ ބުމައަށެވެ.
“މިކުއްޖާގަނޑު ކޮންމެކަމެއްވެސް ކުރަނީ އެންމެން ނުރައްކާތެރިގޮތަށް… މިއަދު މަށަށް ނާދެވުނުނަމަ އޮންނާނެ ކަށިކޮޅު މުގުރިފައި… ކުރީ ދުވަހުވެސް އެކަނި ލައިބްރަރީއަށް ވަދެގަނެގެން އެތާގައި ތާށިވާންވެއްޖެ…” ހައިޒަލްގެ އަތުތެރޭގައި އޮތް ނައިނާއަށް ބަލާލަމުން ހައިޒަލް ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. އެއާއިއެކު ނައިނާ ދެލޯބޮޑުކޮށްލަމުން ހައިޒަލްގެ މޫނަށް ބަލާލީ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށެވެ.
“އެދުވަހު އެއީ ހައިތަ؟” ނައިނާ ދެލޯބޮޑުކޮށްލައިގެން އިނދެ ސުވާލުކޮށްލުމުން ހައިޒަލް ހިނިތުންވެލަމުން އެއްލޯމަރާލިއެވެ. އެއާއިއެކު ނައިނާ ބިންމަތީގައި ބަހައްޓާލިއިރު ފައި އަޅާލެވުނުގޮތުން ތަދުވެގެން ނައިނާ އަނގައިން އަޑެއްލައްވާލިއެވެ.
“ފަޔަށް ތަދުވީތަ؟ ލެޓް މީ ޗެކް….” ހައިޒަލްގެ މޫނުން ފެނިލި ކަންބޮޑުވުމުގެ އަސަރާއިއެކު ކުޑަކޮށް ތިރިވެލަމުން ނައިނާގެ ފައިގައި ހިފަހައްޓާލިއެވެ. ނައިނާގެ ފައިގެ ކުޑަހުޅަށް ބާރުކޮށްލެވުނުގޮތަކުން ކުޑަހުޅު ރަތްވެފައިވާއިރު ހިސާބަކަށް ދުޅަވެފައިވެއެވެ.
“ފަޔަށް މާބޮޑަށް ބާރުކުރެވުނީ ކަންނޭނގެ…. އޮއިންޓްމެންޓްއެއް އުނގުޅާލަނިކޮށް އޯކޭ ވެދާނެ…” ހައިޒަލް މަޑުމަޑުން ތެދުވެ ހަށިގަނޑު ސީދާކޮއްލުމާއިއެކު ނައިނާގެ މޫނަށް ބަލާލިއެވެ. އެވަގުތު ނައިނާ އެއްފައި ދަމަމުން ކަހަލަގޮތަކަށް ހިނގައިގަތްއިރު ހައިޒަލް ފަހަތުން އައިސް ނައިނާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. އެއާއިއެކު ނައިނާ ހަޅޭލަވައިގަނެފައި ހައިޒަލްގެ މޭގައި ދެއަތުން ތަޅައިގަތެވެ.
“ހައި ތިރިކޮށްބަލަ… ހިނގާފައި ދެވޭނެއޭ… ޕްލީޒް… މީހަކަށް ފެނިދާނެ…” ނައިނާ އުފުލާލައިގެން ހުރެ ދިގު ކޯރިޑޯއިން ހައިޒަލް ހިނގާލައިފައި އައިރު ހައިޒަލްގެ އަތްދޮށުން ސަލާމަތްވާން ނައިނާ ގަދަދެއްކިއެވެ.
“މީ އަހަރެން ނައިނާ އުފުއްލައިލައިގެން ކޯރިޑޯއިން އައި ފުރަތަމަ ފަހަރެއް ނޫނޭ… އެހެންނޫނަސް މީގެ ކުރިން މީހަކަށް ނުފެންނަކަމަށްތަ ހީކުރީ؟” ހައިޒަލް އެވަގުތު ބަލާލި ލާނެތް ނަޒަރުން ނައިނާގެ ހަށިގަނޑުގައިވީ ހުރިހާ ލެޔެއް މޫނަށް ޖަމާވިއިރު ނައިނާ ހައިޒަލްގެ މޭގައި މޫނު ފޮރުވާލިއެވެ. އެވަގުތު އެ ހަށިގަނޑުން ދުވި ލުއިލުއި ވަސް ނައިނާގެ ހިނދުރީގެ ތެރޭ އެއްފަސްވެގެންދިޔައިރު އެ ވަހާއި ލާމެހިގެންދާން ނައިނާގެ ހިތް އެދުނެވެ.
ހައިޒަލް ކެބިންއިން ވަދެގެން އައިސް ނައިނާ ސޯފާގައި ބައިންދާލުމަށްފަހު ފަސްޓް އެއިޑް ފޮށި ނަގާ ނައިނާ ފައިގައި އޮއިންޓްމެންޓް އުގުޅާލަދިނެވެ. ހައިޒަލްގެ އިނގިލިތަކުން ފައި މަސާޖްކޮށްލަދިންއިރު ލިބުނު އަރާމަކުން ނައިނާގެ ލޯމެރިގެންދިޔައިރު ހައިޒަލްގެ ކުޑަ ބީހިލުމަކުންވެސް ހަށިގަނޑުގައި ކަރަންޓްގެ އޮއެވަރެއް ހިނގާލިފަދައެވެ. ހައިޒަލް އިރުކޮޅެއްވާންދެން ނައިނާގެ ފައި މަސާޖްކޮށްލުމަށްފަހު ހިންދެމިލަމުން ނައިނާއާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެވަގުތު ހައިޒަލް ނައިނާއާއި ގާތަށް އަޅާލި ފިޔަަވަޅާއިއެކު ގަސްތުގައި ސޯޯފާމައްޗަށް ވެއްޓިގަތުމާއިއެކު ނައިނާ ވަގުތުން ދެލޯބޮޑުކޮށްލިއެވެ. ހައިޒަލް މަޤްޞަދު ވިސްނިގެން ނައިނާ ދުރަށް ދާން އުޅުމާއިއެކު ހައިޒަލް ނައިނާގެ އަތުގައި ހިފާ އޭނައާއި ގާތަށް ދަމައިގަތެވެ. އެވަގުތު ދެލޯބިވެރިންގެ ނަޒަރު ސީދާވީއިރު މާޒީވީ ދުވަހެއް ހަނދާންވިއެވެ.
“އެހެމް… ސޮރީ ފޯރ އިންޓްރަޕްޓިން…” މިކްޔާލްގެ އަޑުއިވިފައި ނައިނާ ހައިޒަލްއާއި ދުރަށް ޖެހިލިއިރު ހައިޒަލް އިސްއުފުލާ ބަލާލީއެވެ. އޭރު ކެބިންގެ ދޮރުމަތީ މޫނުމަތީ އަތް ހުރަސްކޮއްލައިގެން މިކްޔާލް ހުއްޓެވެ. ހައިޒަލް ބަލާލުމާއިއެކު އަތްތިރިކޮށްލަމުން މިކްޔާލް ހީލީ ލާނެތްގޮތަކަށެވެ.
“އޯހް… ނުބައި ގަޑިއަކުދޯ މިއާދެވުނީ… ސޮރީ… ސޮރީ…” ހައިޒަލްގެ ނުރުހުމުގެ ނަޒަރު މިކްޔާލްއާއި އަމާޒުވީއިރު މިކްޔާލް ހެމުން ހެމުން ދޮރު ލައްޕާލައިފިއެވެ.
މިކްޔާލް ނިވާވުމާއިއެކު ހައިޒަލްއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނީ މިކްޔާލް ދިމާކޮށްލާނޭވަރު ވިސްނިފައެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ މިކްޔާލް ކިޔަމުން އައި ގޮތަށް ކަންތައްވެގެންދިޔައީ ހައިޒަލް އެކަމާއި ދެކޮޅު ހަދަހަދާ ހުއްޓާކަމަށްވުމަކީ މިކްޔާލްއަށް އަދި އިތުރު ހިތްވަރެއް ލިބޭނޭކަމެކެވެ.
*** *** *** *** *** ***
ފަަރުދާ ކަހާލެވިފައިވީ ފްރެންޗް ދޮރުން ފެންނަމުންދިޔައީ އެވަރޓަންގެ ބަގީޗާގެ ފެހިކަމެވެ. މާތަކުގެ ވާދަވެރިކަން ބަގީޗާގެ ރީތިކަން އިތުރުކުރުވައިފައިވެއެވެ. ގަސްތަކުގެ ފެހިފެހި ފަތްތަކުގެ ތެރެއިން ކުލަކުލައިގެ މާތައް ބޯދިއްކޮށްލައިގެން ތިބޭ މަންޒަރު ބަލާ ފޫހިނުވާނެއެވެ. އިރުއިރުކޮޅާއި ޖެހިލާ ފިނިވައިރޯޅިތަކާއި ފަޒާގައި ހިފާލާ މާތަކުގެ ލުއި ލުއި ވަހުން ސިކުނޑި ތާޒާކޮށްދޭނެއެވެ.
މިޙުރާން އެރީތި މަންޒަރުން އުފާ ހާސިލްކުރަން ހުރިއިރު ނަޒަރު ހުއްޓާލެވިފައިވަނީ ބަގީޗާގެ އެންމެ ގަސްތައް ބޯދިމާލަށެެވެ. އެދިމާލުގައި ދުއްވާލެވިފައިވާ ޒައިތޫނި ކުލައިގެ ވިނަގަނޑަށް އިރުގެ އަލި އެޅި އެހެން ކުލައެއް ހިޔާލުކޮށްފައިވެއެވެ. ވިނަގަނޑުގެ ދޭތެރެތަކުން ފެންނަމުންދިޔައީ ދެތަނޑިމާ އަދި އަސުރުމަލުގެ ރީތިކަމެވެ. މިޙުރާން އެއްދިމާލަކަށް ނަޒަރު ހުއްޓައިލައިގެން ހިމޭންކަމާއިއެކު ހުރިއިރު މާޒީގެ ހަނދާންތައް އާވިއެވެ. ވަކި ހާއްސަ ދުވަހެއް ހަނދާނުގައި ކޮއްޓާލިއިރު މިޙުރާން މަޑުމަޑުން ލޯ މަރާލިއެވެ. އެއާއިއެކު މާޒީގެ ސޮފްހާތަކުގައި މަޑުމަޑުން ކުލަ ޖެހިގެން އަންނަން ފެށިއެވެ.
*** *** *** *** *** ***
ހަވީރުގެ ހިޔާ ޖެހިގެން އައި ވަގުތު ބަގީޗާގެ އެންމެ ގަސްބޯ ދިމާލުގައި ދުވަމުންދިޔަ ކުޑަ ދެފިރިހެންކުދިންގެ ލުއިލުއި ހުނުމުގެ އަޑުން ފަޒާ ހިސޯރުކޮށްލައިފައިވެއެވެ. އެކަކު އަނެކަކުގެ އަތުނުވާންވެގެން ދުވަމުންދިޔައިރު ދޭތެރެއިން ލާނެތްގޮތަކަށް ހިނިތުންވެލަނީ ހިތްތަކަށްވެސް ފިނިކަން ލިބޭނޭފަދަ ގޮތަކަށެވެ.
I congratulate all Muslims on the arrival of the holy month of Ramadan. Let us take advantage of this month by having more self control, thinking of the needy, connecting .with our relatives, and feeding our souls by increasing our spirituality
رمضان كريم…….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
100 Comments!
Comments are closed.






ME FIRST DHW ANYWATS VVV REETHI
thnku
vvvvvvv reethi.. whn nxt prt..
thnku.. rwdamahu deduvahun ehduvahu vaahaka genessdeynan insha allah
Thankuuuuu…..vvvvv reethi Masha Allah…….??????❤❤❤❤❤
thnku
Dhiraaa alhe finally haizal lwbi veyey bunii ❤️Alhe haadha cute ey e love birds. N Dhiraaa hama molhii Sifa Kuran Masha Allah. N storry is really nice hama hiivii filmeh balaa levunu hen ?????
thnku
Wow wow so nice.????❤️❤️❤️good luck for the next part.ramazan Mubarak
thnku
Your welcome ????❤️❤️❤️sis.ramazan mubaarak
anytime dear ramazaan mubaarak
Wow…this part is awesome..I am eagerly waiting for the next part…
thnku
Dhiraa?…wat should I say…Ifoo nd kiyaa ah fahu jiji ge ehme fav author aky dhirooo sis❤????….Masha allah…mi part vec hama v v rythi ingey…Finally naina nd haizal became love birds??????????✨????????..e oh lwbi kameh dhw alhe….I can imagine hama every scene eh.???????????
The holy month Ramadan is one of the five pillars of Islam and a great opportunity for all Muslims to purify their mind, body, heart and soul by fasting and praying to Almighty Allah. The Ramadan is not only for fasting but also all Muslims should dedicate themselves in self-sacrifice like abstain from taking drink or food and physical needs, asking forgiveness for their wrongdoings and devoting themselves to Allah. And make sure that your friends and family have the proper benefits of this Ramadan so inform them about the activities and duties of this holy month. Here are some Ramadan Kareem wishes, messages and prayers to greet your Muslim friends and family to have a happy Ramadan that could make them feel more attentive to fulfill all religious obligation of this holy Ramadan of 2019.
رمضان مبارك
thnku
ramazaan mubaarak
V reethi ❤️
thnku
Ramadan Kareem to u to dhirooo.. ?
ramadaan kareem
varh furihama…..ramadhan kareem dhiraa wish
thnku ramadaan kareem
i like jealousy hai.. kayan aai ekee naina fenigen hai ulhunu goih varah majaa… hehehe.. jealousy haizal
hehehe yeah dw
Nai n hai vvvvvvv.gulhey name vx n edhemeehunge gulhun vx vvvvvv.kamudhey love this part too sorry iyye vaguthun comment nukurevuneema cx first Reyna ragalhah nunidhaa hurefa mendhuru fahun nidhunee gadhayuh dhen roadha magu veema alhukanthuh kuraasha geytherey kuanaajehynetha so ekanthakuga ulhunee sorry dhiraa sis ingey…..anyway mi baivx vvvvfurihama next part uh waiting love you ramazan Mubarak to you ?☺️??????????????????❤️???????
thnku…. ramadaan mubaarik……… sry for late rpl
Ramadan mubabaarak u too?
thnku
Koba vaahaka
insha allah mirey upkohla deynan
Sis kbaa vaahaka…I can’t wait ??
sry dear. dhn nuvaane laheh. insha allah mirey up vaane
Dhiraaa dhoonyaa Kobaa tha stry. Koo ah Mihaaru oveveniikii noon stry kiyaa hithun. Alhe mirey up kohdhibaa plx plx plx plx.???
Koo novevenyaa ishydhe idhey, ISA dhiraa ehaa gina dhuvaheh nunagaane up kohdhekeh dhw dhiroo, laaluvx lolah nidhinaadhey, hama kiyaa hiyvani?????????
sry dear… dhiraa exam in anagothah badigeyah vahnaathee vaahaka aagen noolhevunee.. n i had my exams every day.. friday saturday i got free… insha allah mirey upkohla deynan
Mi story varah reethi.. ekam shaly nd mayaange bai romance maa bodu veema foohivey .. it’s too much.. married couple akah vure mi 2 meehunge kanthah bodu.. nd sifa kurun maa ginaee.. komme episode ehge half varu dhey sifa kurumah.. ebai rangalhu kolla..
adhi vaahaka ah varah bodu twist thah ahnaane… let c wht will hppn
Kobaa story ramdhan mahu 2 duvahun update kuran bunefa Kihine mi vy daa darling
sry dear. dhiraage exams fenmathi veema nuvee.. dhn nuvaane eheneh insha allah
V reethi
Kobaa story?????
insha allah mirey upkohlaanan
Adhi 2 dhuvas nuvany…
Bunaa dhuvahaka update koh nudhevun mee esfiya site ge hurihaa liyun theringe ves hunareh….not surprised
Moba thihn bunaakah nuvaane. Eki miihun busy vaanii eki varah so Konme author akii Dhiraaa hnn kiyavmun stry up kuraa kuhjjakah nuvedhaane. BTW miadhu up. kohdheynan dhw Dhiraaa ??. N MOBA KOO HAMA BUNELII CX MITHAA MISUNDERSTANDING HINGAAFAANETHII so plx don’t mind
so ture
sry dear..dhiraage exams days ah vefa rwwda massveema time manage nuvee… insha allah dhn eheneh nuvaane
Alhe dhiraa kobaathA story up nuveytha adhives… It’s 12 right nw
stry upkohfin adi punlish nukuranee
heheh. kobaa mabunee meh nun esfiya ga vaahaka liyaakudhin dhuvahaku bunaa dhuvahakah up nukuraane , dhen mihen buneema ma goasvaanee
up nukureveyya up kuraane date bunumakee ehaa ragalhukameh nun dho
reyga dhira upkuran fonuvin… dhen kiyuntherinaa hamayah vaahaka genaumakee site meehun ge zinmaa eh… lets wait a little bit
admin where is the story???
Dhiraaa alhe adhi vx stry up nuve. Koo Mihaaru mi part 6 varakah faharu kiihjje. Dhnn esfiya miihun avahah up kohdhibaa plx plx plx plx plx
sry dear
Ajaabeh…. Keeve tha up nuvanee
i dnt knw
Yesh koo????…mihaaru vec keh vanyky noon next part kiyaa hithun…admin plc upload it fast….dhiraa good luck fr ur exams inge
Submit nukuraathy up nuvany…
nooney moba… submit kuriyas site meehun review kureema up vaanee..
mashah vex heevany submit nukoh kiyun therin gubo hahdhany hen
ma golaa vai vehjje
zaara… dhira gaboolukuran buni dhuvahah kurin up nukohdhevunukan… ekamaai maaafah edhen… dhiraves dhogeh nuhadhaane dho… reyga up kurin… mirey site ah upvaane hen heevanee…. lets wait…
readers pls writer ah konmeves vareh ge respect eh trust eh kohbala… dhiraa ves up nukoh huregen dhogeh nuhadhaane dho… aslu mihaaru mi site ah vaahaka thah ahnaleh varah las… ehen writers ves bunefa eba in vaahaka up kuraa fahun 3 days nagaeyy up vaan baeh faharu… kurin ves mi story ge ep akah ehenvi… writer up kuraahaa avahah vaahaka up eh nuvaane… site meehun review kohfa up vaanee… and it will take some time… so negative comments nukoh kehterikamaai eku inthizaaru kohlaa…
its owk dear. negetive cmnts vx hunaane dwww… enmenge visnun ehgotheh nuvaane… aslu kurin vx bunihen exams aa bxy veema up nukohdevunee bt reyga upkohla deefin…. i hope tonyyt it will be uploaded
Esfiya kudhin avahah up koh dheeba ???????
??????
Thanx dhiru darling.. kobaatha esfiyage admin? keevvetho review nukohgen miulheny adhives ??
its owk yaal
alhe mi varah inthizaaaru kuruvaakah nuvaane dho…admin plss avas kohbala… mihaaru mi site varah foohi regular koh upvaneekee noon…hurihaa vaahaka eh ehbodi akah upvanee
Dhiraa!! U don’t have to say sorry to anyone…eagerly waiting for the next part… Dhiraayah vee varakun avahah up kohdhemun ge dhahchey… Please vaahaka ekkoh ninmmaaafa dhehchey… Thanks kiyintherinnah thihaa reethi vaahaka eh genes dheytheee… ???❤️
totally
thnks for understanding…
dhiraa v bodah sry malu ah thankolheh lahun comment kureveythee .mi part ves hama v reethi.keep going like this .god bless uh.lots of luv.
its owk doonigandaa…. luv u too drlin.. v miss vey ingey habareh nuvevenee ulhen jehey gothun????
admin kobaahey story agaibeh mee
Alhey dhw esfiya meehun up kobbala ga avahah………test ah dhamunves ais ves beleny up vitho hama
yeah its taking long time dear
MA HAMA AGAIBU VEHJAIN MA ADMIN AH GOVAA EH VEX COMMENT EH POST NUVAATHY
esfiya meehun mikan thah avas kohdhinun edhen
meedhen roadhamhu higan v kada kameh dhw
totally agree with you… mihaaru site ah vaahaka thah ahnaleh varh las… regular koh up nuve eh bodi akah up vanee… admin mikan raglhu kohlaane kamah ummeedh kuran
totally agree with you… varah las vaahaka thah ahnaleh… admin mikan ragalhu kohlabala
dwww
totally agree with you haizal… esfiya people plss avas kohlaa…
????
vaahaka lasvegen haizal aai naina miulheny vaahaka in fuhmaalaigen aistha? mivarun dhanyaa adhi shalee aai mayaan ves fehnaane thoahcheh..
????
Alhe Dhiraa haadha dhuvahekey… Esfiya meehun keekkurany tha anekkaaa??? Negative comments viyas positive viyas engi Haa a vegen dhany kiyaa hiy Vefa thibi meehun ginakan… Baeh meehun beynun vaa kanthakaa edheynee negative koh✌️✌️✌️ Dhiraage writing ge plot v kamudhey… Good job Dhiraaa???
thnku dear….yeah they r taking too much time to publish…
i think ifooo ge story up vefa hen mi story vaanee…varah faahaga kurevey mi site meehun hadhanee ehen.. ehenve story mihaa delay kuranee… this is not good…
true
i mean ekee ekahjakah up kuraa vaahaka
malaak lets wait dho
Dhira admin keevve mivaahaka aprove nukuranee.. I mean ehn story eh ebain mirey publish vefa.. jst wondering why not aproving this lovely story 🙁
Mi vaahaka nun ehn vaahakathah up vey eba. May be vaahaka fully upload nuvanee. Why dont you try uploading again? Might help.
i have tryed it again last nyyt
its still in pending
Dhiraaa alun fonuvaafa admin ah gulhaalabe alhe please… Ehen vaahaka thah eba up kurey hama… Mi ummeedhu kurany kiyan libey iru2 part varu libeyne kameh???
Vv Salhi Vaahaka eh
thnku
Esfiya in up koh nudheny mu vaahaka ekani dhaw..ehn storys baraabara up vey eba…dhn ves bunaathi pending o..wot a joke
i am sry bt it is still pending
Esfiya admin aa contact kohlaigen balaalan v nu dhiraa kihinehtho mivany..
dhiraa esfiya site ah gulhaifin. insha allah miaduge vaguthehga vaahaka upvaane