ވިންދޭ ލޯބި ތީ އެދޭ 50
ނާއިލްގެ އަތުގެ ބީހުން އިހުސާސްވި އަޝްރާއަށް ދެލޯ އިހުނަށްވުރެ ބޮޑަށް ތަގުޅިކޮށްލާ ދެއަތް މުއްކަވާލެވުނެވެ. އެވަގުތު ހީވީ ނޭވާވެސް އެތެރޭގައި ތާށިވީހެންނެވެ. ކުއްލިއަކަށް ދެމީހުނަށްވެސް ސިހިފާ ތެޅިގަނެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ނާއިލް އަވަސް އަވަހަށް ފަހަތަށް ޖެހިލާ ހަމަޖެހުމުގެ ގޮތުން ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލިއެވެ. އަޝްރާވެސް ލިބުނު ފުރުސަތުގައި ދުރަށްޖެހިލަމުން ފުން ނޭވައެއް ދޫކޮށްލީ ހިތުގައިވި ނުތަނަވަސްކަމަށް ލުއެއްލިބޭތޯއެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލި އަޑު އިވުމާއެކު ނާއިލް އަޝްރާއަށް އަވަސް ނަޒަރެއް ދެމުން ބޭރުގައި ހުރި މީހަކަށް އަޑުއިވޭ ވަރަށް އެތެރެއަށް ވަނުމަށް ބުނެލިއެވެ. އެއާއެކު ބޭރުގައި ހުރި ރަޝީދު ކެބިންގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. ” ބައްޕާ… ” އެތެރެއަށް ވަން ރަޝީދު ފެނި ނާއިލްއަށް މަޑުމަޑުން ބުނެލެވުނެވެ. ރަޝީދު ފެނުމާއެކު އަޝްރާއަށް އިތުރު ހާސްކަމެެއް ލިބިގެން ދިޔައެވެ. އެތެރެއަށް ވަނުމުގެ ކުރިން ރަޝީދު ޓަކިޖެހިކަމީ ނަސީބެކޭ އަޝްރާގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ އެތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއްވެސް ރަޝީދަށް ފެނުނީހެވެ. އޭރުން ރަޝީދު ހީކުރާނީ ކީކޭ ހެއްޔެވެ؟ އެތެރެއަށް ވަން ރަޝީދު ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެއެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރަން އުޅުނު ވަގުތު އަޝްރާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން އަވަހަށް ކެބިންއިން ނުކުތެވެ. އަޝްރާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ރަޝީދު ކަމެއް ދެނެގަންނަން ބޭނުންވާ ފަދައިން ނާއިލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ” ކިހިނެއްވެތަ ދެމީހުނަށް ތިތިބީ… ހާދަ ނުތަނަވަސްވެފަ… ” ލޮލުގައި އަޅާފައިވި ނަންބަރު އައިނު ރަނގަޅު ކޮށްލަމުން ރަޝީދު ސުވާލުކުރިއެވެ. ” އެއްވެސް ކަމެއް ނުވޭ… ބައްޕައަށް އެނގެއެއްނު ދެން އަޅުގަނޑާ އަޝްރާއާ ދެމީހުން އެއްތަންވެެއްޖިއްޔާ ދެބަސްވުމެެއް ނުހިނގާ ނުދާނެކަން… އެއީ ކުޑަ ކަމަކާ ޚިޔާލު ތަފާތުވީ… ބައްޕަ އިށީންދޭ ކޮޅަށް ނުހުރެ… ކިހިނެއްވީ ކުއްލިއަކަށް ކެބިންއަށް ތިއައީ… ބައްޕަ ގުޅާލާފަ ބުނިނަމަ އަޅުގަނޑުވެސް ދިޔައިމުހޭ… ބޮޑު ކަމެއް ދިމާވީތަ… ” ވާހަކަ އޮޅުވާލުމުގެ ގޮތުން އޭނަގެ ބައްޕައަށް އިށީނުމަށް އިޝާރާތް ކުރަމުން ނާއިލް ވާހަކަ ދެއްކިއެވެ. ” އާނ… ތިއީވެސް ތެދެއް… ދެބަސްވުމެއް ނުހިނގާ ވަރަށް ނުދާނެ… ހެހެހެ… ” ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެ ރަޝީދު ގޮނޑީގައި އިށީންދެލިއެވެ. އަދި އޭނާ މަޝްވަރާ ކުރަން އައި ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކަން ފެށިއެވެ.
އަވަސް ހިނގުމެއްގައި ގޮސް ކެބިންއަށް ވަދެ އޭނަގެ މޭޒު ކައިރި ގޮސް އަޝްރާ ހުއްޓިލިއެވެ. އޭރުވެސް އޭނަގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ނޭވާވެސް ހަމައަކަށް ނޭޅެއެވެ. ”ކިހިނެއްތަ އަހަންނަށް މިވަނީ… ވައި އޭމް އައި ފީލިން ސޯ ރެސްޓްލެސް… ” ދެބުމަ ގާތްކޮށްގެން ހުރެ އަޝްރާއަށް އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ބުނެލެވުނެވެ. ހަމައެވަގުތު ދާދި ދެންމެ އޭނަ އާއި ނާއިލް އާއި ދެމެދު ހިނގާދިޔަ ކަންތައް ލޯ ކުރިމަތީގައި ސިފަވަމުން ދިޔުމާއެކު އަޝްރާއަށް ބާރަށް މޭޒުގައި ހިފަހައްޓާލަމުން ދެލޯ މަރާލެވުނެވެ. ” އާހް… ވަޓް އީޒް ހެޕެނިން ޓު މީ… މި ޚިޔާލުތައް… ކީއްވެތަ އަހަރެންގެ ހިތާ ސިކުނޑިން ފިލާނުދަނީ… އަބަދު ނާއިލްގެ ހަނދާންތައް… އާހް… އައި ހޭޓް ދިސް… ހޭޓް ދިސް… ” ދެލޯ ހުޅުވާ މޭޒާއި ދުރުވެލުމަށްފަހު ދެކޮޅަށް ދެކޮޅަށް ހިނގަމުން އަމިއްލަ ނަފްސާ އަޝްރާ ވާހަކަ ދެއްކިއެވެ. އޭނަގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ނަފްސުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ފަސްވަރަކަށް މިނިޓް ފާއިތިވެ ދިޔައިރުވެސް އަޝްރާ އެގޮތުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ކުޑަ ނަމަވެސް ލުއެއް އޭނަގެ ސިކުނޑިއަށް ލިބުމާއެކު އަޝްރާ ގޮސް އޭނަގެ ގޮނޑީގައި އިށީނެވެ. އަދި ކޮމްޕިއުޓަރު ހުޅުވުމަށްފަހު އޭގެން ކޮންމެވެސް މަސައްކަތެއް ކުރަން ފެށިއެވެ. މަސައްކަތުގައި އިން ނަމަވެސް މުޅިއަކުން އޭނަގެ ސިކުނޑިން އެހަނދާންތައް ފިލާ ގޮތެއް ނުވިއެވެ. ސިކުނޑީގެ އެއްކަނެެއްގައި އެޚިޔާލުތައް ރައްކާކުރެވިފައިވިއެވެ.
މަސައްކަތުގައި އަޝްރާ އިންދާ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށް ފޯނުގެ ސްކްރީނަށް އޭނާ ނަޒަރު ހުއްޓާލިއެވެ. ސްކްރީނަށް އަރާފައިވި ނާއިލްގެ ނަން ފެނި ވަގުތުން އޭނަގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެެއް ދަތުރުކޮށްލިއެވެ. ހިތުގެ ހިނގުން އަވަސްވެގެން ދިޔުމާއެކު އޭނައަށް ފޯނަށް ބަލަހައްޓާއިގެން އިނދެވުނީއެވެ. ފޯނު ކެނޑުން އިރުވެސް އަޝްރާއަށް އިތުރު ހަރަކާތެއް ގެންނާކަށް ނޭނގުނެވެ. ނުތަނަވަސްކަމާއެކު ފޯނަށް ނަޒަރު ހުއްޓާލައިގެން އިނުން ފިޔަވައި އިތުރު ކަމެއް އޭނައަކަށް ނުކުރެވުނެވެ. ދެވަނަ ފަހަރަށްވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރުވެސް ނާއިލްގެ ކޯލެކެވެ. ސިކުންތުކޮޅެއް ވިސްނުމުގައި ހޭދަކުރުމަށްފަހު މަޑުމަޑުން އަތް ގެންގޮސް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލީ ޖެހިލުންވެފައި އިނދެއެވެ. ” ވަރަށް އަވަހަށް އާދެބަލަ އަހަރެންގެ ކެބިންއަށް… ވަރަށް މުހިއްމު ވާހަކައެއް ދައްކަން އެބަޖެހޭ… ކަމް ފާސްޓް… ” ނާއިލްގެ އަޑު އިވުމާއެކު އަޝްރާއަށް އޭނަގެ ނޭވާ ހިފަހައްޓާލެވުނެވެ. ” މި… މިދަނީ…” ނުތަނަވަސްކަމުން އޭނާ ވަށާލާފައިވުމުން އަޝްރާއަށް ޖަވާބު ދެވުނީވެސް އަޅައަޅާއިގަންނަމުންނެވެ. އަޝްރާ މިދަނީއޭ ބުނުމާއެކު ނާއިލް ފޯނު ކަނޑާލިއެވެ. ނާއިލް ފޯނު ކަނޑާލުމުން އަޝްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ފުން ނޭވައެއް ދޫކޮށްލި ނަމަވެސް އޭނައަކަށް އެއްވެސް ލުއެއް ނުލިބުނެވެ. އަނެއްކާވެސް ނާއިލްގެ ކުރިމައްޗަށް ދާން ޖެހުނީއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އަޝްރާ ދެލޯ މަރާލީ ކަންތައް ކުރަންވީ ގޮތަކާއިމެދު ވިސްނާލުމަށެވެ. އެހެނަސް އޭނަގެ ސިކުނޑިއަކަށް އެކައްޗެެއްވެސް ނުވިސްނުނެވެ. އެއް އޮފހެއްގައި މަސައްކަތްކުރަމުން ދާއިރު އެކަކު އަނެކަކަށް ނުފެނި އުޅޭނީވެސް ކިހިނެއް ހެއްޔެވެ؟ އަމުދުން ނާއިލްގެ ޕީއޭގެ ގޮތުގައި މަސައްކަތްކުރާއިރު ނުފެނި އުޅުމަކީ ނާދިރުކަމެކެވެ. ހާސްވީވަރުން އޭނައަށް އަތުގެ އިނގިިލިތަކުގެ ނިޔަފަތިތައް ކާން ފެށުނެވެ.
ހާސްކަމާއެކު ނިޔަފަތިތައް ކާލަކާލަ އިން އަޝްރާ ސިހިފައި ތެޅިގަނެވުނީ ކެބިންގެ ދޮރު ހުޅުވުނު އަޑަށެވެ. ” ނާ… ނާއިލް… ” އޭނައަށް ބަލަހައްޓައިގެން ދެބުމަ ގޮށްޖަހައިގެން ހުރި ނާއިލް ފެނި އަޝްރާއަށް މަޑުމަޑުން ބުނެލެވުނެވެ. ”ކީއްތަތިކުރަނީ… ފަސް މިނިޓް ހިނގާދިޔަ އިރުވެސް އަހަރެންގެ ކެބިންއަށް އާދެވުނު ކަމަކަށް ނުވި… ” އަޝްރާގެ މޭޒާއި ގާތަށް ޖެހިލަމުން ނުރުހުންތެރިކަން އެކުލެވިފައިވި ރާގެއްގައި ނާއިލް ވާހަކަ ދެއްކިއެވެ. ” މީ… މި… މިމަސައްކަތް ކުރަނީއެއްނު… ” ކޮމްޕިއުޓަރަށް އިޝާރާތްކޮށްލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ”ތިމަސައްކަތް މިހާރު ބަހައްޓާފަ އާދޭ… އަހަރެންގެ ކެބިންއަށް… ” ނާއިލް ބުނެލިއެވެ. ”ނާއިލް ދޭ… އެބަ ދަން އިރުކޮޅަކުން… ” އަޝްރާގެ ޖަވާބު އިވިފައި ނާއިލްގެ މޫނު މަތިން ނުރުހުންތެެރިކަން ފާޅުވިއެވެ. ” އަހަރެން ބުނީ މިހާރު އަންނާށޭ… އަޑުއިވިއްޖެތަ… ” އަޝްރާގެ އަތުގައި ހިފާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ނާއިލް ވާހަކަ ދެއްކިއެވެ. ނާއިލްގެ އެއަމަލުން އަޝްރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތަށްވެރިވި ނުތަނަވަސްކަމާއެކު މިފަހަރުވެސް އަޝްރާގެ ސިކުނޑީގައި އެކި ޚިޔާލުތައް ދައުރުކޮށްލިއެވެ. ”ދޫކޮށްލާ އަހަރެންގެ އަތުން… ކީއްވެތަ އަބަދު އަހަންނާ ގާތްވަނީ… އޮފީހުގަވެސް… ގޭގަވެސް… ހުވަފެނުގަވެސް ނާއިލް އަހަންނާ… ” ސިކުނޑިއަށް ވެރިވި ޚިޔާލުތަކެެއްގެ ސަބަބުން ނާއިލްގެ އަތް ފޮޅުވާލަމުން ތެދުވެ އަޝްރާއަށް ވާހަކަ ދެކެވުނެވެ. އޭނައަށް ބުނެވުނު އެއްޗެއް ރޭކާލީ އެހިސާބަށް ބުނެވުނު ފަހުންނެވެ. ” ކީކޭ… އަދި އެއްފަހަރު ބުނެބަލަ… އަޝްރާގެ ހުވަފެނުގަވެސް އަހަރެން ފެނޭތަ… ކިހިނެއްތަވީ ހުވަފެނުގަ… ކިޔައިދީބަލަ… މިހާރު އެހާވަރުވެސް ވީދޯ… އަހަރެން ބުނީމެއްނު އަޝްރާއަށް އަހަރެންދެކެ ލޯބިވެވޭނެޔޭ ތިހެން އުޅެނިކޮށް… އެހެންވީމަދޯ ދެން ހުވަފެނުގަވެސް އަހަރެން ފެންނާނީ… ” އަޝްރާގެ ވާހަކަތަކުން ނާއިލްގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ކުރިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެންނަން ހުރި މޫނު މަތިން މިހާރު ފެންނަމުން ދަނީ ލާނެއްކަމެވެ.
”ލޯބި… އެވެސް ނާއިލްދެކެ… ނެވަރ… ދުވަހަކުވެސް ނާއިލްދެކެ ލޯތްބެއް ނުވާނަން… ހުވަފެނުގަ މީހުން ފެންނަނީކީ ލޯބިވާތީކީ ނޫނޭ… އިނގިއްޖެތަ… ” ހަމަޖެހެން މަސައްކަތްކުރަމުން ނުހަނު ހިތްވަރާއެކު އަޝްރާ ވާހަކަ ދެެއްކިއެވެ. ”ހޫމް… ހުވަފެނުގަ ފެންނަނީކީ ހަމައެކަނި ލޯބިވާ މީހުނެއްނޫން… ކިޔާދީބަލަ މަށަށް ތިހުވަފެނުގަ ވީގޮތެއް… އޭރުންތާ އިނގޭނީ ކޮންކަހަލަ ހުވަފެނެެއްކަން… އަޝްރާގެ އަމަލުތަކުންނާ ވާހަކަތަކުން ހީވަނީ ވަރަށް ލޯބީގެ ރޮމޭންޓިކް ހުވަފެނެއްހެން ފެނުނީ… ” ލައިގެން ހުރި ޒަމާނީ ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލާާ އަޝްރާއަށް ބަލައިލުމަށްފަހު އެއްލޯ މަރާލަމުން ނާއިލް ވާހަކަ ދެއްކުމާއެކު ގަތް ލަދުން އަޝްރާގެ މޫނަށް ޖަންބުކުލަ ވެރިވިއެވެ. އޭނައަކަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ބުނާނެ އެއްޗެެއް ނުވިސްނުމުން އަޝްރާއަށް އިސްޖަހާލަން މަޖުބޫރުވިއެވެ. ” އައިމް ޝުއަރ… އަޝްރާގެ ހިތުގަ އަހަނަށްޓަކައި ފީލިންގްސް އުފެދިފަވޭ… ” ޔަގީންކަމާއެކު ނާއިލް އެހެން ބުނެލުމުން އަޝްރާއަށް ސިހިފައި އިސްއުފުލާލެވުނެވެ. ބޮޑުވެފައި ދެލޮލުން ނާއިލްއަށް ބަލަން ހުރިއިރު އެމޫނު މަތީގައިވީ ނުތަނަވަސްކަން ވަނީ ކުރިއަށްވުރެވެސް އިތުރުވެފައެވެ. ” އަހަރެން މިބުނީ ތެދެއްނު ދޯ… ” އެއްބުމަ މައްޗަށް ހިއްލާލަމުން ނާއިލް ސުވާލުކުރިއެވެ. އަޝްރާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ނާއިލް އެހެން ހުރެ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައިރު އަޝްރާ އާއި އޭނަ އާއި ދެމެދުވީ ދުރުކަން ނެތެމުން ދިޔައެވެ. ” ނާ… ނާއިލް… ދުރުގަ… ދުރުގަ ހުރޭ… އަހަންނަށް ކައިރިނުވާތި… އައި.. އައި ޑޯންޓް ހޭވް… އެނީ ފީލިންގްސް ފޯ ޔޫ… ” ނާއިލް އޭނަ އާއި ގާތަށް އަންނަން ފެށުމުން ލިބުނު ހާސްކަމުގައި އަޝްރާ ވާހަކަ ދެއްކިއެވެ. އަޝްރާވެސް މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އޭނަގެ ހިތް ހީވަނީ އޭރު ބޭރަށް ނުކުމެދާނެ ހެންނެވެ. އޭނަ އާއި ގާތަށް ނާއިލް އަޅާ ކޮންމެ ފިޔަވަޅަކާއެކު އެހިތުގެ ހިނގުން ފަހަރަކަށްވުރެ ފަހަރެއް އަވަސްވެގެންދެއެވެ. ” އަހަންނަށްޓަކައި އެއްވެސްް ފީލިންގްސްއެއް ނުވާނަމަ ކީއްވެ ތިހިތް އަވަސް ވަނީ… އަހަރެން އަޅާ ކޮންމެ ފިޔަވަޅަކަށް ފަހަތަށް ފިޔަވަޅެެއް ތިއަޅަނީ ކީއްވެ… ” ސީދާ އަޝްރާގެ ދެލޮލަށް ބަލަމުން ނާއިލް ސުވާލުކުރިއެވެ. އެސުވާލަށްވެސް އަޝްރާއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ އެވަގުތު ހުރީ ޖަވާބުދެވޭ ހާލަތެެއްގައެއް ނޫނެވެ. އޭނަގެ ހިތާއި ސިކުނޑި އެވަގުތުވީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ފަހަތަށް ފިޔަވަޅު އަޅަމުން އައި އަޝްރާއަށް ދެލޯ މަރާ ބާރުކޮށްލެވުނީ ކެބިންގެ ވޯލްގައި އައިސް ޖެހުމުންނެވެ. ހިތަށްވެރިވި ބިރުވެރިކަމާއެކު މިފަހަރު އޭނައަށް ސަލާމަތްނުވެވޭނެއޭ އަޝްރާ ހިތަށް އެރިއެވެ.
އަޝްރާގެ ހަރަކާތްތަކުން ނާއިލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ނާއިލް ކުޑަކޮށް ތިރިވެލާ އަޝްރާގެ މޫނާ އޭނަގެ މޫނު ގާތްކޮށްލިއެވެ. ނާއިލްގެ ހޫނު ނޭވާ އިހުސާސްވުމުން އަޝްރާއަށް ދެއަތް މުއްކަވާލެވުނެވެ. ދެތުންފަތަށް މަޑު ތުރުތުރެއްވެރިވެގެން ދިޔައިރު މުޅި މީހާ އެކީ ވަނީ ފިނިވެފައެވެ. ނާއިލް އަޝްރާގެ އޮމާން ކޯތާފަތުގައި ދެތުންފަތް ޖައްސާލަމުން ބޮސްދިނެވެ. ނާއިލްގެ އެހަރަކާތުން ދެލޯ މަރާ ބާރުކޮށްގެން ހުރި އަޝްރާއަށް ހައިރާންކަމާއެކު ދެލޯ ހުޅުވާ ބޮޑުކޮށްލަމުން ނާއިލްގެ މޫނަށް ބަލައިލެވުނެވެ. އޭރު ނާއިލް ހިނިތުންވެލައިގެން އަޝްރާއަށް ބަލަހައްޓާއިގެން ހުއްޓެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުމުގެ މާނަ ދޭހަ ކުރާކަށް އަޝްރާއަކަށް ނޭނގުނެވެ. އެއީ އޭނަައަށް މަލާމާތެއްގެ ގޮތުން ވެރިކުރުވާފައިވި ހިނިތުންވުމެއް ކަމެއް ނޫނީ ނާއިލްގެ ހިތުގައިވެސް އޭނައަށްޓަކައި އުފެދިފައިވި އިހުސާސްތަކެއްގެ ސަބަބުން އޭނަގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުމެއް ކަމެއް ނޭނގެއެވެ. އަޝްރާއަށް އަދިވެސް އެއްޗެކޭ ނުބުނެ ހައިރާންވެފައި ހުރެވުނީއެވެ. ” މެންދުރު ބްރޭކްއަށް ފަހު އާދޭ އަހަރެންގެ ކެބިންއަށް… މިވަގުތު ނަޔަސް އެންމެ ރަނގަޅު… ” ނާއިލް އެހެން ބުނުމަށްފަހު އެކެބިން އިން ނުކުންނަން ހިނގައިގަތެވެ. އޭރުވެސް އޭނަގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ނާއިލް ނިކުމެގެން ދިޔައިރުވެސް އަޝްރާއަށް އެހުރި ގޮތަށް ހުރެވުނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އެވިސްނުމަށް ގެއްލިފައިހުރި އަޝްރާ ސިހުނީ ފޯނުގެ ރިންގުގެ އަޑަށެވެ. އެޗް.އާރް. ޑިޕާޓްމެންޓްގެ ފޯނު ކޯލަކަށް ވުމާއެކު ލަސްނުކޮށް ފޯނު ނަގައި ޖަވާބުދިނެވެ. ފޯނު ކޯލު ނިންމާލުމަށްފަހު އަޝްރާ ފުން ނޭވައެއް ދޫކޮށްލާ ގޮނޑީގައި އިށީނެވެ. އަދިވެސް އޭނަގެ ސިކުނޑީގައިވީ ދާދި ދެންމެ ހިނގާދިޔަ ހާދިސާއެވެ. އެކަމާމެދު ނުވިސްނަން އަޝްރާ ދެފަރާތަށް ބޯ ހޫރުވާލާާ ކުރިން ކުރަން އިން މަސައްކަތް ކުރެވޭތޯ ބެލިއެވެ. ފުރިހަމަ ސަމާލުކަން ނުދެވުނު ނަމަވެސް އޭނާ މަސައްކަތް ހުއްޓާލާ ޚިޔާލެެއް ނުކުރިއެވެ.
ބްރޭކް ގަޑި ޖެހުމުން ކެބިންގައި އިނދެފައި މިންހާ ކެންޓީނަށް ދިއުމަށް ބޭރަށް ނުކުތެވެ. ލިފްޓު ކައިރިއަށް ގޮސް މިންހާއަށް ހުއްޓެވުނީ އިއާން އާއި ދާދި އެކުއެކީގައެވެ. އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކުރަމުން ލިފްޓަށް އަރާ ގްރައުންޑް ފްލޯއަށް ދިޔުމަށް ފިތާލިއެވެ. ދެމީހުން އެކުގައި ގޮސް ކެންޓީނަށް ވަނުމާއެކު ގިނަ ބައެއްގެ ލޯ އެދެމީހުނަށް އަމާޒުވިއެވެ. ދެމީހުންވެސް އެކަކު އަނެކަށް ހިނިތުންވެލާ ވާހަކަ ދައްކާލާ ގޮތުން އެދެމެދުގައިވި ވަނީ ކިހާ ގާތް ގުޅުމެއްކަން ދޭހަވެއެވެ. ބުއިމަކަށް އޯޑަރު ކުރުމަށްފަހު ދެމީހުންވެސް މިސްރާބުޖެހީ ޒިޔަލް މެންގެ ގާތަށެވެ. ” ކޭން ވީ ޖޮއިން… ” ހިނިތުންވުމެއް ރައްދުކުރަމުން އައިސް ޒިޔަލްމެންގެ ގާތު ހުއްޓެމުން އިއާން އަހާލިއެވެ. ” އޮފްކޯޒް…” ޒިޔަލްވެސް އުޖާލާވި މޫނަކާއެކު ބުނެލިއެވެ. ”މިހާރު ހާދަ ދެމީހުން އެއްކޮށް ފެނެއޭ… އީޒް ސަމްތިން ގޮއިން އޮން… ” ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން އިއާން އެހެން ބުނެލުމާއެކު އޫޝާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. ”އާނ ދެން ފެންނާނެތާދޯ… އާންއާ މިންނުއަކަށް ނުވޭ ވިއްޔަ އަހަރެމެނާ ޖޮއިންވާނެ ވަގުތެއް… ދެން އެހެންވީމަ އަހަރެމެން ދެމީހުންދޯ ފެންނާނީ…” ޒިޔަލް ބުނެލިއެވެ. ” ނޫނޭ… އަހަރެމެންވެސް ހަމަ ޖޮއިންވަންދޯ މިންނު… ” އިއާން މިންހާއަށް ބަލައިލަމުން ބުނެލުމާއެކު މިންހާވެސް ހޫމް ލައްވާލިއެވެ. ” ތިދެމީހުން ކިހިނެއްވެތަ މާ ވަރަކަށް ތިބަލަނީ އަހަރެމެން ދެމީހުނަށް… އީޒް ސަމްތިން ރޯންގް… ” ޒިޔަލް އާއި އޫޝާ ބަލަމުން ގެންދިޔަ ގޮތުން މިންހާއަށް ސުވާލުނުކޮށެއް ނީނދެވުނެވެ. ދެމީހުންގެ ތުންފަތުގައިވެސް ލާނެއް ހިނިތުންވުމެއްވުމުން ކޮންމެވެސް ކަމެއްވެއްޖެއް ކަމުގައި މިންހާގެ ސިކުނޑި އިންޒާރުދޭން ފެށިއެވެ. ” ހަމައެކަނި އަހަރެމެން ދެމީހުނެއްނޫން… ބަލާބަލަ މުޅި ކެންޓީނަށް… އެންމެން ކަހަލަ ގޮތަކަށް އާންއަށާ މިންނުއަށް ބަލަނީ… ހެހެހެ… ” ލުއި ހުނުމަކާއެކު އޫޝާ ބުނެލިއެވެ. އިއާން އާއި މިންހާ ވަށާއިގެން ބަލައިލިއެވެ. ތެދެކެވެ. ކެންޓީނުގައި ތިބި ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވީ އެދެމީހުންނަށެވެ. އެދެމީހުން ބަލައިލުމާއެކު އެމީހުން އަވަސް އަވަހަށް ނޭނގޭ ކަމަށް ހަދާ އެހެން ދިމާލަކަށް ބަލަން ފެށިއެވެ. ” ވަޓްސް ހެޕެނިން ހިއަރ… ވަޓްސް ރޯންގް… ” ސުވާލުން ފުރިގެންވީ ފަދައިން މިންހާާއަށް ބުނެވުނެވެ. އިއާންވެސް އިނީ ވާނުވާ ނޭނގިފައެވެ. ”ސާބަސް… އެވަރަށް ހާސްބުވެބަލަ… އެއީ ތިދެމީހުންގެ ކަޕުލް ލޯބިކަމުންނޭ… ވާހަކައިގަ ހުރެގެން އައިމަ އެއްވެސް ވަރަކަށް މިތަނުގަ ދެކެވުނު ވާހަކައެއް ނޭނގުންދޯ… ހެހެހެ… އަހަރެމެނަށް އިވުނޭ މިތާ ކައިރި މޭޒުތަކުގައި ތިބި މީހުން ކިޔާ އަޑު ހާދަ ލޯބި ކަޕުލްއެކޭ… ދެމީހުން ހާދަ ގުޅެއޭ… ހެހެހެ… ” ލުއި ހުނުމަކާއެކު މިންހާގެ އޮޅަބޮށީގައި ކޮށްޓާލަމުން އޫޝާ ވާހަކަ ދެއްކިއެވެ. އޫޝާގެ ވާހަކައިން މިންހާގެ ދޮން މޫނަށް ޖަންބުކުލަ ވެރިވިއެވެ. ” އެއީ ދޯ މިވާ ގޮތަކީ… ވީ އަރ މޭޑް ފޯ އީޗް އަދަރ ދޯ މިންނު… ” މޭޒު މަތީގައި އޮތް މިންހާގެ އަތްތިލައިގައި ހިފާލާ އެއްލޯ މަރާލަމުން އިއާން ބުނެލިއެވެ. އޭނާ އެހެން ބުނެލީ މިންހާއަށް އަންނަ ބަދަލެއް ބަލައިލުމަށެެވެ. އިއާންގެ އެބަސްތަކުންނާއި އެއަމަލުން މިންހާ އިތުރަށް ލަދުގަތެވެ. މުޅި މޫނުއެކީ ކަހަލަ ގޮތަކަށް މަޑު ރަތް ކުލައެއް ވެރިވި އިރު ތުންފަތުގައިވީ ލަދުރަކި ހިނިތުންވުމެކެވެ. ” އާން… އެންމެން ބަލާނެ މިދިމާލަށް… ” އިއާންގެ އަތު ތެރެއިން އޭނަގެ އަތް މިނިވަން ކުރަމުން މިންހާ އެހެން ބުނެ އިސްޖަހާާލިއެވެ. ” އޯން… ސަމްވަން އީޒް ބްލަޝިން… ” އޫޝާ މިންހާއާ ދިމާކޮށްލުމާއެކު މިންހާ އޫޝާގެ އަތުގެ އުޅަބޮށީގައި އޭނަގެ އަތުން އުޅަބޮށިން ޖަހާލިއެވެ. އޭރުވެސް އިއާން މިންހާގެ ހަރަކާތްތަކަށް ބަލަން އިނެވެ. އޭރު އޭނަގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. އެމީހުން އެދިމާކުރުންތައް ހުއްޓާލީ އޯޑަރު ކުރި އެއްޗެހި ހިފައިގެން ވެއިޓަރު އެތަނަށް އައުމުންނެވެ. އެކުވެރިކަމާއި އުފާވެރިކަމާއެކު ހަތަރު ރަހުމަތްތެރިން ބްރޭކް ގަޑި ނިންމާލުމަށްފަހު އެމީހެއްގެ ޑިއުޓީ އަދާކުރުމަށް އަވަސްވެގަތެވެ.
ބްރޭކްއިން އައިސް އޮފީހަށް ވަން އަޝްރާ އަވަސްވެގަތީ ނާއިލްގެ ކެބިންއަށް ދިޔުމަށެވެ. ކެބިންގެ ދޮރާއި ހަމައަށް އެރުމަށްފަހު އޭނާ މަޑުޖެހިލިއެވެ. މޭމަތީގައި އަތް އަޅާލީ މިފަހަރުވެސް އޭނަގެ ހިތުގެ ތެޅުމަށް ބަދަލެއް ގެނުވީމައެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އަޝްރާ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ވަންނާށޭ ބުނި އަޑަށް އަޝްރާ ދެލޯ ހުޅުވާލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލަމުން އަޝްރާ އެތެރެއަށް ވަނެވެ. ފައިލެއް ޗެކުކުރަމުންދިޔަ ނާއިލް އިސްއުފުލާލަމުން ބަލަައިލިއެވެ. ނާއިލްގެ ދެލޯ އޭނައަށް އަމާޒުވުމުން އަޝްރާ އިސްޖަހާލިއެވެ. ” ކަމް އެންޑް ސިޓް… ” ގޮނޑިއަކަށް އިޝާރާތްކުރަމުން ނާއިލް އިށީނުމަށް އެދުމާއެކު އަޝްރާ މަޑު ހިނގުމެއްގައި އައިސް އިށީނެވެ. ދެމީހުން އިސްއުފުލާ ބަލައިލި ވަގުތު ހަތަރު ކަޅޮ ބައްދަލުވެގެން ދިޔައެވެ. ދެމީހުންވެސް ހިތާއިހިތުން އެތައް ވާހަކައެއް ދެއްކިއެވެ. ލޮލުން އެތައް އަސަރުތަކެއް ދައްކުވައިދީފިއެވެ. ” އެހެމް.. ވަރަށް މުހިއްމުކަމަކާ ބެހޭގޮތުން ވާހަކަ ދައްކާލަން މިބުނީ… އެބަޖެހޭ ހަފްތާއަކަށް މިތާ ކައިރި ރަށަކަށް ދާން.. އަޝްރާވެސް ދާންޖެހޭނެ އަހަރެންނާއެކު… އެރަށުގަ ކުރަމުންގެންދާ ރެސްޓޯރެންޓާ ގެސްޓް ހައުސްގެ މަސައްކަތްތައް ގާތުން ސްޕަވައިޒްކޮށްލަން އެއީ… މަސައްކަތުގެ ސްޕީޑާ އިތުރު އެއްވެސް ޗޭންޖެއް ގެންނަންވިޔަސް އޭރުން އިނގޭނެ ވަރަށް ފަސޭހައިން… އެކޮޅުން ކޮމްޕެނީގެ ފަރާތުން ސްޕަވައިޒްކުރުމަށް ގޮސްފައިވި ސްޓާފްއާ ވާހަކަ ދައްކާފަ އޮންނާނީ މިހާރު… އެކޮޅުން ހަމަ ބަރާބަރަށްއަޕްޑޭޓް ލިބޭ… އެކަމަކުވެސް ވީ ޝުޑް ޗެކް.. މިހާ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ދާއިރު ޚާއްސަކޮށް ބޮޑަށް ބަލަންވާނެ… ހުރުމާ ކެއުމުގެ ހުރިހާ ކަމެއްވެސް ކޮމްޕެނީގެ ފަރާތުން ކުރާނީ… އެކޮޅުގެ ކަންތައްތައް ބަލާލުމަށް ދެވޭނެތަ… އައި މީން ޑޫ ޔޫ ހޭވް އެނީ ޕްރޮބްލެމް… އެނީ ޑިފިކަލްޓީސް… ” އަޝްރާގެ ދެލޮލުން ނަޒަރު ވަކިކޮށްލާ ކަރުކެހިލަމުން ނާއިލް ވާހަކަ ދެއްކިއެވެ. ” އޯކޭ… އައި ޑޯންޓް ހޭވް އެނީ ޕްރޮބްލެމް… ” އަޝްރާވެސް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ސީދާކޮށްލަމުން ބުނެލިއެވެ. ” އޯކޭ… ދާންވާ ދުވަހާ އިތުރު ޑީޓެއިލްސް އަންގާލާނަން… ނައު ޔޫ ކޭން ގޯ… ” ނާއިލް އެހެން ބުނުމުން އަޝްރާ ހަމައެކަނި ބޯ ޖަހާލުމަށްފަހު ކެބިންއިން ނިކުތެވެ. އަޝްރާ ނުކުތުމާއެކު ނާއިލް އޭނަގެ ގޮނޑީގައި ބުރަކަށި ޖައްސާ ދެލޯ މަރާލިއެވެ. ޚުދު އޭނައަށްވެސް މިކުރެވޭ އިހުސާސްތަކެެއް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
79 Comments!
Comments are closed.








Me first yey???? kiyaalaafa comment kohlaanan
Congratulations on being first Axee ❤️❤️❤️???… Ok… Waiting for comment ???…
Salaam dear readers… Here is the next part… I’m really sorry for the delay update… I was too busy regarding my job… Hope all will like this part too n feel free to comment your views.. In Sha Allah next part Sunday night ga… Last part ge comment thakah reply kohlaanan maadhama ge vaguthehga In Sha Allah…. Thank you soooooo much ifoo ah support dhin hurihaa kudhinnah ❤️❤️❤️????????????… Love you all ???❤️❤️❤️?????????… Mistakes huredhaane cause I haven’t check… Hama liyefa mi up kohly…
Thankolheh dhigu kolli nama dhoa
I was too busy so couldn’t make it longer than this… Sorry ???…
Mirey comment kollaane meehaku netheebaa????
Vvv salhi ven next? I am first dhw
This time not first… Try next time… Thankyou soooooo much n next part In Sha Allah Sunday night ga ❤️❤️❤️?????????…
V. Loabi mi part vx ifoo
Haadha salhiyey mi story
Annandhen hunnaanun Thiya inthizaaruga
Story uh Hama waiting mikolhun inge
Next part salhi vaane Kamal ummeedhu kuran
Shambbx ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???.. Last part ga Shambbx ge faraathun v bodu support eh libunu kan faahaga kohlan ???… Thanks a lot ❤️❤️❤️?????????… Keep waiting ???…
Ifooo.. Vaahaka vvvvv nice ingeyy… And mind the negetive comments.. take them as positive,, Kiyaa hih v ma maybe readers ah rulhi aadheveny. Keep up the good work dear.. Am always wid u.. Best wishes
Maayu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Yeah… I can understand readers ge feelings ???… Much loves from me ❤️❤️❤️?????????…
Hello…dear ifoo. Hows u?
Mi part heekuri vareh noon but thihaa bx kon ulhefa up kohladhinyma v shukuru ingey….waiting for the next part
He’llo MunyMoon ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Hope your fine too ???… Yeah… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah kamudhaane kahala gothakah genesdheveythr v v masaikah kuraanan ???… Keep waiting ???… Much loves ❤️❤️❤️?????????…
Dhn dhw ekam!!mihaa gina dhuvaa kohfa up kuri iru atleast dhigu vaane lamah ummeeshukurin..but ehenen noon dhw!!but story vvv rythi..ekam aan and minnu ge bai vvvvvvv kudakoh genesdhyfa iny..dhn hus ashra and naail ge vaahaka..hope next prt ga aan and minnu ge part vvvvv bodah onnaane kamah..
Someone ❤️❤️❤️… Baeh faharu ehen vx vaane dhw ???… I’m so busy in these days ???… Next part ga In Sha Allah ragalhu kohlaanan… ???… Thankyou sooooooooo much ❤️❤️❤️?????????…
Hmm…. veryyy nice ingeyy storyy…minnu n aan ves dhen almost relation dhw….ashu n naail….???perrfect couples….hehe…ifoo..hows u dear..hope u are fine… much loves n misses from me ..????❤❤❤❤❤❤?????
Naukko ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Hope your fine too dear ???… Thankyou sooooooooo much dear for the support n love ❤️❤️❤️?????????… V v v ufaavehje ???… Minnu n aan dhw… Exact relationship akah nudhey adhi but both of them have feelings for each other ???… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????..
V v v v reethi❤✨ balabalaa huhtaa up kohly… But so sad first reader ah nuvyma❤??? anyways as usual story v reethi❤❤❤❤❤ speechless❤❤✨✨ i cant find mistakes in this❤❤❤ anyways v kuru mi bai…. I hope next part dhigukoh genesdheyne kamah❤❤❤ n NEGATIVE COMMENTS thah kuraa KUDHINNAH BUNELAN BEYNUN VANEE IFOO GE WORKS AH APPRECIATE NUKURANYAA, AMIHLA AH VAAHAKA EH LIYAN FASHAA BALAASHEY… EYRUN EYGAVAA BURA KAMEH INGEYNY….❤❤❤✨
Anii ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Will try my best to upload the next part longer than this part ???… Much loves ❤️❤️❤️?????????…
Wow mi part ves v reethi. Next part thankolheh dhigu kohlahchey. Can’t wait for next part.
Noora ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Will try my best to make it longer than this part ???… Keep waiting ???… Much loves ❤️❤️❤️?????????…
Wow…..??????????ifu ur the best….. Love you…… Mi part vas varah furihama… Reethi….. I love it part ?❤️?❤️?❤️?❤️?❤️?❤️
Awwwwnn ❤️❤️❤️???… Zuam ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Ifoo v v v ufaavehje ???… Much more loves ❤️❤️❤️?????????…
Alhey this is so loabi ifoo❤❤
Hama neyvaa hifahahtaalaain hunnan dhw mijehuny mifaharu sunday night annan dhen
Haadha dhigu inthizaarekey??
Varah varah reethi vaahaka❤
Masha Allah ❤ you are so talented ifooo❤ keep it up love❤
Awwwwnn ❤️❤️❤️???… So sweet of you dear ❤️❤️❤️??????… Thankyou sooooooooo much ❤️❤️❤️?????????… Sasha ge comment kiyaalaafa ifoo v v v ufaavehje ???… It means a lot for me ???… Keep waiting dear ???… Sending more n more loves from me ❤️❤️❤️?????????…
Wow????????? Varah reethi….. Next part miah vure dhigu kohlahchey ??????????
Waiting for the next part???????????????????????????
Kim Seokjin ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Means a lot for me ???… Keep waiting… I will try my best to make it longer than this part ???… Much loves ❤️❤️❤️?????????…
Masha Allah…vvvvv nice.? mi part ga arn n minnu ge bai kuda kuda madhu dw.??Nxt part ga Gina kohlahchey igey????..mi part vx awesome igey.. ifoo Ramadan mubaarak..my fav writer and fav story ever inshallah…all the best yuh??? waiting for the next part⏳???????️????????????
Ramazan mubaarak girl ❤️❤️❤️???… Thankyou sooooooooo much dear for the support ❤️❤️❤️?????????… Favourite writer n favourite story ah v ma V v v ufaavehje ???… It means a lot for me ???… Sending more n more loves from me ❤️❤️❤️?????????…
Mihaaru Dhen mivaahakaiga abadhu ehkameh veve hunnathaa kondhuvaheh… Foohi konme faharaku vaahaka kiyany aa kameh vaane kamah unmeedhu kohfa.. bt hama minnu n aan break gady canteenga ashu n naail cabin thereyga… mivarunves ithuru kameh nuve hama ehkameh edhemeehun jehsun kurun aneh dhemeehun ladhu gathun…. 50 bai upvi iru adhi hama vaahaka kuriah dhany ehgothakah… gaaiy gadakah 30 hakah bai hama ehkameh higa higaa… Anehkaa mimeehun school dhauruga ulhunuhen 7 aharu fahunves miulheny thafaatheh naadhey…?
Mi vx these..50 bai up vi iru vx Hama Same to same hurihaa part ehvx .. different eh naadhey
Ehkala anonymous pis.pis.pis…anonymous uh Keith nuveyey bunyas dhogeh eh noon dhw mee saga us thivaru faadu faadu eh his nukiyaa vaahaka reethiviyaa reethi ey bunaanee evarun nufudhenya dhen mistakes if not dhen NO MORE shush ur mouth n read the way it is ??????
Kaakuh ingey nee dhen inna episode ga surprising vaanekameh just be patience for once anonymous only ifoo the author knows n God knows it so let’s c what happens
Sorry kmmx massalaeh dhimaavee typing ga ehen ve saga n us liyevifa eynee
Anonymous and jeong Kook ???… As I mentioned before to form a bond or a relation between them, it takes time to understand that n to realise that ???… So have patience… After seven years vx e kudhinn ge mizaaju badhalu nuvaathy ehen ulheny… Ifoo kurin vx plan kuri gothah story kuriah mi gendhany… Have patience… Keep waiting… Thankyou for the compliment ?????????…
dhn alhe oosha aai ziyal….. minnu aai Aan ….. ashoo ai naail… thaih kohba….. waitin for that momnt eyyyyy…. v reethi story ekmmm
Cute Lips ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting dear ???…
OMG…Naail and ashu is so so so ROMANTIC..??????… they look cute together and i can imagine them..❤❤.. story is hama best.. from the best writter ifooo…
Ifoo dont feel bad about negative comments inge..faadu kiyumaky kurin erun kamuga balaigen kuriah dhey..?????..inshallah everything will be alright.. bxy vaandhaane dhw konme irakuves..its not a problem.. problem akah vaany story ehves varakah up nuvanyaa, but ifoo ah vee varakun up kuraathi varah ufaavey..and i really really appreciate that.. it indicates how much you love story..???..
Hope next part in aan and minnu ge romantic scene eh kiyaalan libeyne kamah..???..
Much love ??????…
Awwwwnn ❤️❤️❤️???… Thankyou sooooooooo much Naum ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ❤️❤️❤️???… It encouraged me a lot ???… Naum menn kahala readers ifoo aaaeku hurihaa hindhaku ifoo kuriah dhaanan In Sha Allah ???… V v v ufaavehje ifoo ge situation understand v ma ???❤️❤️❤️… Thankyou sooooooooo much n sending more n more loves from me ❤️❤️❤️?????????…
Alheyy ifooo sis???❤❤????..Again u make me bashuhtaalan..hehe.. vvv Salhi aslah vec mi part..Aan nd minnu..woah ❤❤..e oh llwbi kameh dhw..naail nd ashoo ge bai haadha ryhchey dhw alhe..I can imagine hama every scene eh..naail nd ashoo ulhey gothun baehfaharu hyhy halaaku vaavaru vey sahaadheh???????…Mifaharu vv salhi ending eh ingey iny..vvv habbu….Nd sifakurun dhw..it’s really amazing hama..I think outtaaaa of words hama?❤❤?????????????bunaane ehcheh vec neygifa myny dear..thihaa molhu kuhjeh mi site aku neiy..Masha allah..vvv talented?????❤???????✌✋✋?????Alehyy mioh Rythi story avahah nunimahchey ifoo..hehe..Mi story ah flim hedhiyas rangalhu vaane….dhn keekey dhw bunaany vec…Mistakes eh nuvec neiy inge..maa lwbi kamun neygun kiyaa nimun iru vec??????…dhn cute lips bunaanehn hama beynumy emeehun gulhey than balailan..emeehunge wedding ehkoh ingey baahvaany..heheh?????❤❤✋????….next part mihaaru vec kiyaa hithun kehmadhu vefa mihury…ekm ifooo sunday up kohla dhn dhn wait kuraanan ingey…Ifoo ge haalu kihineh thr..I hope inge u r fine kamah as me??☺☺????….Nd yesh..pleeezu next part dhigukohdhehchey inge miah vure adhi….luv u sooooooooooooooooooooooo much ifooooo sis?????????????????Ramadan mubarak inge
Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… I’m speechless hama ???… V v v ufaavehje ifoo ❤️❤️❤️???… Ur so sweet dear n thee ifoo ge one of the best reader ???❤️❤️❤️… Thankyou sooooooooo much for the support n love ??????❤️❤️❤️???… Ramazan mubaarak to you too dear ???❤️❤️❤️… Sending more n more loves from me ❤️❤️❤️?????????…
Vv salhi Ingey mi part vec dear…sooo amazing?????????????✋✋?????????I can imagine each nd every scene dear…Sifakohlaafa hurileh v kamudhey…mi story ah flim eh hadhan jiji ah fehnany..hehe..Omg..naail nd ashoo..minnu nd aan…ushaa nu Ziyal ulhey goiy vec vvvv lwbi??????????✋✋??☺☺☺??????????????????????☺?⚽??Ifoo sis thy mi site ga huri best kujjaa ey buneveny molhu vyma ey hama..masha allah…sifakohlaafa hurileh v salhi inge dear?????????????✋✋???????????????..next part dhigukohdhehchey inge…mihaaru vec next part kiyaa hithun kehmadhu vefa mihury?????☺☺✋??????ehaavec inthizaaru kurevey mi Story ahmay Allah bless u ……nd hws u..Hope inge fine kamah..nd ly sooooooooooooooooooooooo much much much ifooooo darla ????
Ramadan kareem dear
Swry inge comment repeat vefa inyma..Assu kurin kuri comment nethyma alun kury ?
wowww… v v reethi.. Ma Sha Allah… i understand ifoo varah busy kan… ehaa busy koh ulhey iru ves story up kohdheythee v bodah thanks ingey…. keep up the good work… sifakurunthakaa ibaaraai kurunthah ves hama habeys… ur the best writer in the site, honestly… i am ur really big fan and i really appreciate your hard work… and may Allah bless you… And i really want to be one of the best readers of the story…i hope i will be…nd next part dhigu kohdhechey ingey… BTW…. Ramadan Mubarak.. much n much more loves from me…
Awwwwnn ❤️❤️❤️???… Thankyou sooooooooo much for the support n love ??????❤️❤️❤️???… You are already one of my best reader ❤️❤️❤️???… Ramazan mubaarak to you too ???❤️❤️❤️… Sending more n more loves from me ❤️❤️❤️?????????…
Maasha allah…vvvvvv loabi mi partves???????????????????????….you are the best…..we appreciated your hard work.??????????????????????????????❤❤❤❤❤❤❤❤❤❤❤❤…ifoo ah libey ehves negetive conment akaa alhaa nulaa hiyyvaraa eku kuriah dhey?????????..we all are with u..????????.baeh kudhin rude kn midhiya part ga coment kuryma maai ves vvv dheravi..???.take some rest and write well.??????????…ifoo we all arw with u…love u…… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????ramdhan mubaarak…new stry eh ramdhaan month ga fenigen dhaane kamah ummedhu kuran…???????????????????????????⚘⚘⚘?????????????⚘⚘???????????
Your big fan maai
Awwwwnn ❤️❤️❤️???… My dear maai ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… Your so supportive ❤️❤️❤️??????… New story eh roadha mahu neh genesdheveykah … Still adhi mi story vx ninmaa nulevey… Mi Story ninmaafa new story eh genesdheyny… After this story I am planning to take big break ???… After that story eh fenigendhaaneee In Sha Allah ???… Ramazan mubaarak ???❤️❤️❤️… Sending more n more loves from me ❤️❤️❤️?????????…
Just wow ??? Ifooo mi partvx haadha nice vefa rom ey dhw ??????… I just love it ??????… Naail ah vx ashra dheke loabi vevuny dhw ashra also naail dheke dhw… v v v nice vaane adhi hurihaa kudhin couples ah vaadhuvahu… I’ m waiting for that day… anehkaa ehaame rom vaane dhw ⭐⭐⭐???… lysm ifooo ?????????????????????????????????
Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting n let’s see what happens ???… Much more loves ❤️❤️❤️?????????…
Ifoo dear story is a awesome ????????????????? Plx a avaha minnu and aan and ashu and naail guluvabaa ???????????????????Ifoo dear ehaa a ah story nunimachey.. Mi story nimuneema vvv dhera vaane ???????????????? ekamuvess nimeyne dhoo??????? soooo ifoo new story eh genes deythar adhi………. I really love this story❤️❤️❤️??…. Anyway when best part… ????Mihaaruvess kiyaahithun hureveneeh noon…. ❤️❤️❤️❤️Love u soooooo much ifoo dear…………. ❤️❤️???❤️❤️❤️❤️❤️❤️?????????❤️????????❤️❤️???????????❤️❤️?????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Ifoo dear story is a awesome ????????????????? Plx a avaha minnu and aan and ashu and naail guluvabaa ???????????????????Ifoo dear ehaa avah story nunimachey.. Mi story nimuneema vvv dhera vaane ???????????????? ekamuvess nimeyne dhoo??????? soooo ifoo new story eh genes deythar adhi………. I really love this story❤️❤️❤️??…. Anyway when nest part… ????Mihaaruvess kiyaahithun hureveneeh noon…. U r the best writer I ever found ❤️❤️❤️❤️Love u soooooo much ifoo dear…………. ❤️❤️???❤️❤️❤️❤️❤️❤️?????????❤️????????❤️❤️???????????❤️❤️?????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Ifoo dear story is a awesome ????????????????? Plx a avaha minnu and aan and ashu and naail guluvabaa ???????????????????Ifoo dear ehaa avah story nunimachey.. Mi story nimuneema vvv dhera vaane ???????????????? ekamuvess nimeyne dhoo??????? soooo ifoo new story eh genes deythar adhi………. I really love this story❤️❤️❤️??…. Anyway when nest part… ????Mihaaruvess kiyaahithun hureveneeh noon…. U r the best writer I ever found ❤️❤️❤️❤️Love u soooooo much ifoo dear…………. ❤️❤️???❤️❤️❤️❤️❤️❤️?????????❤️????????❤️❤️???????????❤️❤️?????????????♥️
oopss ………some problem is there sory for same comments
Kiyaaraa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Mi Story ninmaafa break akah fahu In Sha Allah new story eh genesdheynan ???… Sending more n more loves from me ❤️❤️❤️?????????…
woww ❤❤❤❤❤❤❤amazing…??????mashah allah❤❤❤❤❤❤ v v v v v v v vvv furihama..??????hama bunaanr ehcheh vss neyge.. hama ehaaa vs furihama ❤❤❤❤❤❤?????????????
minnu aa aann ge baa haadhah kudakohney dhww genes dheefa meeni.. next part ga aann aa minnu ge bodukoh genes dheche…❤❤❤❤❤???????❣?????next part avahah genes dhehche ingeyyy… waitin.. nd varah bodah sorry ingey kureege part ah comment eh nukohlevuneema.. mi dhuvas kolhu hama bxy kamunn nukurevunee… epart vss v v v v v v v reeeeeeeeethi.. ❤❤❤❤❤❤❤masha allah ????❤❤❤❤????best writer ifooooo ???????LOVE U??????????????????????????????
My dear sweet yaaanaa ❤️❤️❤️??????… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje comment kohleema ???… It’s ok yaaanaa ???… Baeh faharu ehen vx vaane… Ifoo vx haadha v v bxy dhuvas thakeh meee… I can understand ???… Sending more n more loves from me ❤️❤️❤️?????????…
Vvv reethi❤ when next part.. keep it up??❤?
Suher ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
ALKKO
hi ifoo I love this story and mi epi ves varau salhi ???, keep it up?????????????♥️♥️?????????
Moonishaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Salaam ifoo ..❤❤????…Hey finally up vejje dhw..❤❤????…I am waiting for this…❤❤????…Again you did it ..❤❤????…Ifoo i have no words to say…❤❤????…This story is just fantastic…❤❤????…I just love to read this story…❤❤????…Vrh vrh vrh vrh reethi…❤❤????…Story thankolheh dhigu kohli nama vrh vrh salhi vaane…❤❤????…Thanx kuru koh nama vex up koh dhinyma…❤❤????…I knw you are very busy with your office works and thanx busy koh ulhemun vex up kuryma…❤❤????…Vrh reethi sifa kurun…❤❤????…Totally this is the best…❤❤????…No metter what others think…For me its just beautiful…❤❤????…Waiting for the next part dear..❤❤????…Hope next part will me more intresting…❤❤????…Hope next part will be longer than this…❤❤????..Keep it up dear…❤❤????..Thanx for ur hard work…❤❤????…Sorry for the late comment????…I am very busy with office works and some other my personal works…3????.Will support you always ingey remember that…❤❤????…Much loves…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
@Ikleel ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???…
Again I’m so sorry to say that tonight also I won’t be able to upload a new part… Only 300 something adhi liyevuny… Ramazan is coming n plus office works vx v v v baivaru… 2 days thereyga vx up kurevey varakah nuliyun… Sorry… I know readers will be upset… I can understand but hama time nulibeny… In Sha Allah anehkaavx maadhama rey up kohdheveythr balaanan… Please forgive me
It’s ok ifooo darla??..I can understand hw bxy u r..bxy noonnama ifoo sis thihn nubunaane kan Ingeyy…v v dhera vehje ekm hope jiji ge exams feshen vaa irah story up kohdheyne kamah….ly sooo much nd mi part getting comment thakah reply kohlahchey
Ingey kurin ves bunaany thihen kan.. Dhn what do I say ifoo,,,, saabahey hama buneveyny…. Yageen mihaa gina dhuvas kohfa up kuri iruves v kuru vaane kan… Dhn buneveyny dhigukohla dhinun edhemey.. Eyrunney readers happy vaany…
Its ok ifoo i can understand…. it might happen….next part avahah up kohladheyne kamah ummeedhu kiran take your time….❤
Maadhan night ga maa las nokoh upload kohdheveytho balahchey
To Be Honest, Aslu Abadhu Repeatedly Thigothah Hadhanya Readers Ves Foohi Vaane Story Kitheme Reehchas.. ?
Its ok ifooo… We r with yuh… Ekam bunelan beynun vanii sau ge test feshumuge kurin up koh dheveythw balahchey.. Eyrun maadhan testah dhaa iru dhivehi vaahaka liyan practice kohgen dheveyne…. Hehe… Anyways kuru viyas v reethu bayeh mirey genesdhehchey… Love yuh so muchh….
It’s common. Vaahaka akah support liben fashaifiyyaa dhen writer faruvaakuda kuraane
Ifoo!!Negetive comments kudhin kuriyas Alhaa laane kameh neiy…they have to understand hw bxy the writer would be…job ga ulhengna bxy vec vaane..No hard feelings ingey..ifoo ah v varakun up kuraane In Sha Allah…keep waiting alll??????????????????????????
Ifoo koba vaahaka
Thats right ifoo negetive comments ves libeyne alhaa laane kameh neth…..they have to understand……ramadan mubarak…….waiting for the next part
Vejjeh nu miveni dhuvahakunney nubune vaguthu vee dhuvahakun up kuraanamey bunan. E
Mirey vaahaka up vaanetha
Kobaa tha story??
Salaam dear readers ❤️❤️❤️???… Ifoo ah support dhin hurihaa kudhinnah v v v bodah shukriyaa ❤️❤️❤️?????????… It means a lot for me n you guys are my strength ❤️❤️❤️?????????… I can understand readers ge feelings ???… In readers point of view, somehow they are correct ???… But time nuvaathy ifoo ah hama nuvany… Sorry all of you for the delay… Will try my best to upload the parts on the day mentioned ???… Thankyou soooooo much for being with me ❤️❤️❤️?????????…
Varah reethi mi part vx ??????, this story is one of my favourite and I love you dear ❤️❤️❤️❤️??????????and avahah up koh dheeba next part
Vrh loabi mi story