ނީރާ އަވަސް އަވަހަށް ހުޅުވުނު ދޮރުން ނިކުތެވެ.ޒީވާން ނީރާގެ ފަހަތުން ނިކުމެފައި ވެސް އެބުރި ވަނީ އެނަގެ ބައްޕަ ގާތަށް ދާން ޖެހޭތީއެވެ.
******
އޮފީސް ނިއްމާލާފައި ނިކުތް އަވްނީ ޓެކްސީއެއް ލިބޭތޯ އުޅެގަތީ އަވްޔަން ގުޅާފަ ބަލާ ނާދެވޭނެއޭ ބުނުމުންނެވެ.ދެތިން ފަހަރު މަސައްކަތް ކުރުމުން ވެސް ޓެކްސީއެއް ނުލިބުމުން އަވްނީ ހިނގާފައި ދާން ނިއްމީ ބޯކަޅު ވިލާތަކުން މުޅި ދުނިޔެ ބައްދާފައި އޮތުމުންނެވެ.
އަވްނީއަށް ގެ ހުންނަ ގޯޅިއަށް ވަދެވުނުތަނުން އަވްނީގެ ފަހަތުން އައިސް މީހަކު އޭނަގެ އަތުގަހިފާ ދަމައިގަތެވެ.އަވްނީގެ އަޑު ބޭރުނުވީ އެމީހަކު އަވްނީގެ އަނގަމަތީ އަތް އަޅައިގަތުމުންނެވެ.
******
ޒީވާން ނުކުތް އިރު އޮފީހުގަ މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންހެން ގެއަށް ގޮސްފިއެވެ.ޒީވާންއަށް އޮފީސް ކުރިމަތީ މަޑުކޮއްގެން ހުރި ނީރާ ފެނި ނީރާގެ ގާތުގައި މަޑުކޮށްލިއެވެ.
ގާތުގައި މީހަކު މަޑުކުރިހެން ހީވެ ނީރާ އެދިމާބަލާލިއެވެ.ކައިރީގައި ހުރި ޒީވާން ފެނުމުން ނީރާއަށް ދެލޯ ބޮޑުކުރެވެވުނެވެ.
“ކީއްވެ މިތާ ތި ހުރީ”ޒީވާން އަހާލިއެވެ.”މީ ޓެކްސީއެއް ލިބޭތޯ ދޮންބެ އާއި ޔަން ބުނީ ބަޒީއޯ ބަލާނާދެވޭނެޔޯ ދެން މިހާރު މިއުޅެނީ ފޯނު ގެއްލިގެން”ނީރާ ބުނެލިއެވެ.
“ހިނގާ އަހަރެން ގެންގޮސްދީފާނަށް ގެއަށް”ޒީވާން އެހެން ބުނެ އޭނަގެ ކާރުގެ ކުރީ ދޮރު ނީރާ އަރަން ހުޅުވާލަދީގެން ހުއްޓެވެ.
ޒީވާން ބޮލުގެ އިޝާރާތުން އަރާށޭ ބުނުމުން ނީރާ ކާރަށް އެރީ އެހެން ގޮތެއް ނެތުމުންނެވެ.ޒީވާން ކާރު ދުއްވާލަމުން ގެ ހުންނަނީ ކޮންތަނަކުތޯ އެހުމުން ނީރާ އެއްޗެކޭ ނުބުންޏެވެ.ހަގީގަތަކީ ނީރާ ގަސްދުގައި ނުބުނީއެއް ނޫނެވެ.ނީރާއަށް ޒީވާން އެހެން ބުނި އަޑު ވެސް ނީވެއެވެ.އެއަށް ވުރެ އޭނާ ެއިނީ ފުންހިޔާލަކަށް ގެއްލިފައެވެ.
ކުއްލިއަކަށް ކާރު މަޑުކުރުމުން ނީރާއަށް ބަލާލެވުނެވެ.އޭރު ޒީވާން ފައިބައިގެން އައިސް ނީރާއިން ފަރާތުގެ ދޮރުހުޅުވާލިއެވެ.ނީރާ ނު ފައިބާ އިންނަށް ފެށުމުން ޒީވާން ބޮލުގެ އިޝާރާތުން ފައުބުމަށް ބުނެލިއެވެ.
“ޒީވާން މިއީ ކޮން ގެއެއް”ކުރިމަތީ ހުރި ބޮޑު ގެއަށް ބަލާލަމުން ނީރާ އެހިއެވެ.ނަމަވެސް ޒީވާން އެކައްޗެކޭ ވެސް ބުނުމެއް ނެތި ނީރާފެ އަތުގަހިފައިގެން ހިނގައިގަތެވެ.
“ވާން”ޒީވާން ވަނުމާއެކު ސޯފާގައި އިން ހިދާޔާ ގޮވާލިއެވެ.ހިދާޔާއަށް ކޮޅަށް ތެދުވެވުނީ ޒީވާން ގާތު ހުރި ނީރާ ފެނިފައެވެ.ޒީވާން ނީރާގެ އަތުގައި ހިފައިގެން ހުރިއިރު ނީރާ ޒީވާންގެ އަތް އޭނަގެ އަތުން ނެއްޓުވޭތޯ ކުރަމުން ދިޔަ މަސައްކަތް ވެސް ހިދާޔާއަށް ފެނުނެވެ.
“ނީރާ އާދޭ އިށީދޭ”ހިދާޔާ ބުނެލިއެވެ.ހިދާޔާ ނީރާ އޭނަގެ ގާތުގައި ބޭންދިއިރު ޒީވާން އެމީންގެ ކުރިމާތީ ކަހަލަ ގޮތަކަށް އިށީންނެވެ.
“ކިހިނެތްވީ”ހިދާޔާ އަހާލީ ނީރާގެ އަތުގައި ފިރުމާލަމުންނެވެ.”ނީރާ ބަލާ މީހަކު ނާންނާތީ އަހަރެން ބުނީ އަހަރެން ގެންގޮސްދީފާނަމޯ ދެން ގެ ހުންނަތަން އެހުމުން އެކައްޗަކޭ ވެސް ނުބުނި އެހެން ގެއަށް ގެނައީ”ނީރާއަށް ވާހަކަ ދައްކަން ފެށުމުގެ ކުރިން ޒީވާން ބުނެލިއެވެ.
ހިދާޔާއަށް ޒީވާން އާއި ދިމާއަށް ބަލާލެވުނީ ގަބޫލުނުކުރެވިފައެވެ.އޭނަ ދުވަހަކު ވެސް ޒީވާން މިގޮތަށް އުޅުނުތަނެއް ނުދަކެއެވެ.
ޒީވާން އެބައަންނަށް ކަމަށް ބުނެ ކޮޓަރިއަށްވަނެވެ.ޒީވާން ވަދެ އޭނަގެ ޖީބުގައި އޮތް ނީރާގެ ފޯނު ބަލާލިއެވެ.އޭރު ނާއިޝްގެ ދެ މިސްވެފައި އިން ކޯލް އޮތެވެ.
ޒީވާން އޭނަގެ ފޯނުން ނާއިޝްއަށް ގުޅުމަށް ފަހު ނީރާ ވީ ގޮތާއި ނާއިޝްމެންގެ ހުންނަތަން ހޯދިއެވެ.
ޒީވާން ނުކުތް އިރު ޒީކް އާއި ނީރާ ވާހަކައެއްގައި ތިއްބެވެ.”އާދޭ ގެއަށް ގެންގޮސްދޭނަން”ޒީވާން އެހެން ބުނުމުން ނީރާ ތެދުވެ ޒީވާންގެ ފަހަތުން ހިނގައިގަތެވެ.ޒީކް ވެސް އެމީހުންނާއެކު ދިޔައެވެ.
ޒީކް އާއި ނީރާ ފަހަތަށް އެރުމުން ޒީވާން ކާރު ދުއްވާލިއެވެ.އެވަގުތު ވެސް ނީރާ އާއި ޒޫކް އެތަށް ވާހަކައެއް ދެއްކިއެވެ.
“ސޯ އަވްޔަން އަކީ ނީ ގެ ބޯއީ ފުރެންޑް ރައިޓް”ޒީކް އެހެން އެހުމުން ޒީވާން އަށް ލޯގަނޑުން ނީރާއާއި ދިމާއަށް ބަލާލެވުނެވެ.
“ކީއްވެ ތިހެން ތި އެހީ”ނީރާ އަހާލިއެވެ.”އެއި ތި ދެ މީހުން އިއްޔެ އުޅުނު ގޮތުން ހީވީ އެއީ ހަމަ ނީ ގެ ބޯއީ ފުރެންޑް ދޯ”ޒީކް އަނެއްކާ ވެސް އަހާލިއެވެ.”ނޯ ޔަން އަކީ ހަމަ ޖަސްޓް ފުރެންޑެއް ކުލޯސް ފްރެންޑެއް”މީރާ އެހެން ބުނެ ކުރިއަށް ބަލާލި ވަގުތު ނީރާއަށް ޒީވާން ހިނިތުންވުން ފެނުނެވެ.
ނީރާމެންއަށް ގެއަށް އާދެވުނު އިރު ނާއިޝް އާއި އަވްޔަން ގޭ ކުރިމަތީ މަޑުކޮށްގެން ތިއްބެވެ.”ކިހިނެތް ވީ”ނީރާ އަހާލިއެވެ.”މި އުޅެނީ އަވީ ވީ ތަނެއް ނޭނގިގެން”އަވްޔަން އެހެން ބުނުމުން ނީރާއަށް ކީކޜހޭ އަހާލެވުނެވެ.
******
“ކާކުތީ”އަވްނީ އަހަލީ އޭނަގެ ކުރިމަތީ ހުރިމިހާ ގާތުންނެވެ.”ކާކުހޭތީ”އަވްނީ ދެވަނަ ފަހަރަށް ވެސް އަހާލިއެވެ.
“އޭނަ އަނގަ މަތީ ފޮތިގަނޑެއް އައްސާލަބަލަ އެއަޑު ޖެހިޖެހި ވެސް އަހަރެންގެ ކަންފަތުގަ ރިއްސަން ފަށައިފި”ތަންކޮޅެއް ދުރުން އިވުނު އަންހެން ކުއްޖާގެ އަޑަށް އަވްނީއަށް އަޑުއައި ދިމާއަށް ބަލާލެވުނެވެ.
އެވަގުތު އެކުއްޖާގެ ފޯނު ރިންގްވި އަޑަށް އެކުއްޖާ އަނެއްކާ ވެސް ދިޔައެވެ.
“މާނީ އަހަންނަށް އެނގޭ އަވީއަށް ކޮށްގެން އުޅޭ ކަމެއް ކޮށްގެން އުޅެނީ މާނީކަން މިހާރު އަހަރެން ގާތު ބުނަންވީ ކޮބާ އަވީ”ނާއިޝް ބުނެލީ ވަރަށް ބާރަށެވެ.
“އާ ނާއި ހާދަ ރުޅި އަރާފަ ތި ހިރީ ރުޅި އެރުންތީ އެހާ ރަނގަޅު ކަމެއް ނޫނޭ އަހަރެން މިހާރު މި އުޅެނީ ވެސް އަވްނީ އަކާ ހެދި ކަންފަތަށް ތަދުވާތީ ދެނަ މިހާރު މާ ބޮޑަށް ތަދުވާން ފަށައިފި”މާނީ ބުނެލިއެވެ.
“ނާއީ ކޮންދުވަހަކުންތަ އަހަރެން ނާއިގެ ވައިފް އަކަށް ވާނީ އެދުވަހަކުން އަވްނީ…..”މާނީ ބުނެލިއެވެ.
“މައްސަލައެއް ނެތް އަހަރެން މާނީ އާއި މިއަހަރު ތެރޭ އިންނާނަން އެކަމް އަވީ ދޫކުރޭ”ނާއިޝް ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



Not bad…… Mi part ves Vrh salhi……. Keep it up best ishh ❤️❤️
Thanks a lot
Vvv mistakes ebahuri dear…Correct kohlahche ingey….Good luckk?
I will try my best to correct the mistakes
Thanks jiji
Varah reethi..but maa maa kuree..negativekoa nunagahthcy inge..hehe..pls pls pls dhen anna part digukoaladheythi..eyrun varah reethi vaane
Meega vaanuvaa ai neige
Ehthanakun aikamehvefa anehthanakaun anei kameh vefa
I think maa gina character ulhefa eithi ragaĺha manage nukureveithii mihen evenii
Dont be rude this is my idea
Sorry imooo
I only read one dhivehi story in that story also it was like this
And I am a bignner so you might be confused by the way I write the story
Once again so sorry
Nxt prt kn irakn?
Story varah reethi,❤?varah interesting ✌ kon irakun next part, please avahah up kollahche, varah reethi mi story. ?