ވިންދޭ ލޯބި ތީ އެދޭ 58
އިއާން މިންހާގެ އިންތިޒާރުގައި ކާރުގައި މަޑުކޮށްލައިގެން އިނެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުން މިންހާ ފެނި އިއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކަޅު ކުލައިގެ އަބާޔާއަކާއެކު މަޑު ޕީޗް ކުލައިގެ ޝޯލްގައި މިންހާ ފެންނަލެެއް ނުހަނު ހިތްގައިމެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ތުނި ތުންފަތުގައި ރީތި ހިިނިތުންވުމެއްވީއިރު އެހިނިތުންވުމުން އިއާންގެ ހިތާއި ކުޅެލައެވެ. ކަޅު ކުލައިގެ ވާގަނޑު ދިގު ދަބަސް ވައަތުގެ ކޮނޑުގައި އަޅުވާފައިވީއިރު އެއަތުގައި ހުދު ކުލައިގެ ޑޮކްޓަރސް ކޯޓު އަޅުވާލާފައިވެއެވެ. ފަރި ހިނގުމެއްގައި އައިސް މިންހާ ކާރަށް އެރިއިރުވެސް އިއާންއަށް ބަލަހައްޓާއިގެން އިނދެވުނެވެ. ” އާން… ދެން ތިވަރަށް ނުބަލަބަލަ… ” ކާރަށް އެރުމުންވެސް އިއާންގެ ނަޒަރު އޭނަގެ މޫނުން ވަކިނުވުމުން އިއާންގެ ލޯ މަތީގައި އޭނަގެ އަތް އަޅަމުން މިންހާއަށް ބުނެލެވުނެވެ. ” ބެލޭނެދޯ އެހާ ރީތިވެފަ ފުރިހަމަވީމަ… ނަޒަރު އެހެން ދިމާލަކަށް ބަދަލެއް ނުކުރެވެޔޭ… ކާކު ނޭދޭނީ އެހާ ފުރިހަމަ މަލެއް ބިންނަން… ” މިންހާގެ އަތް އޭނަގެ ލޯމަތިން ނަގަމުން އިއާން ބުނެލިއެވެ. އެއަޑުގައިވި އަސަރަކުން މިންހާއަށް އިސްއުފުލާލަމުން އިއާންގެ ދެލޮލާއި ހަތަރު ކަޅި ހަމަކޮށްލެވުނެވެ. އެވަގުތު ހީވީ އޭނަގެ ވަށާއިގެންވީ މާހައުލު ހުއްޓުމަކަށް އައިހެންނެވެ. ” މިހާރު ބަލަން ހިތް އެދުނަސް ދުވަސްކޮޅަކުން އާންވެސް ފޫހިވެދާނެ… ” ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު އިއާންގެ ދެލޮލުން ނަޒަރު ވަކިކޮށްލާ އިސްޖަހާލަމުން މަޑުމައިތިރިކަމާއެކު މިންހާ ބުނެލިއެވެ. އިއާން މަޑުމަޑުން މިންހާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. އެވަގުތު ކަރުނައިގެ ތެެތްކަން އެކުލެވިފައިވި މިންހާގެ ބޮޑު ދެލޯ ފެނި އިއާންގެ ހިތުގައި ރިއްސާލިއެވެ. ”ރޭގަވެސް ބުނީމެއްނު މިރީތި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް މިހިތެއް ނޭދެޔޭ… އިޓްސް މޯރް ޕްރީޝިޔަސް… އަހަރެންމީ އަލޫފްއެއް ނޫނޭ ދުވަސްކޮޅަކުން މިންނުދެކެ ފޫހިވެ އެހެން އަންހެން ކުއްޖެއް ގާތަށް ދާން… ދެން ދުވަހަކުވެސް ނުބުނާތި ތިހެން… އޭރުން މިހިތަށް ވަރަށް ތަދުވާނެ… އަހަރެން ދުވަހަކުވެސް މިންނު ދޫކޮށެއްނުލާނަން… އިން ޝާ ﷲ… ތީ އަހަރެންގެ ދިރިއުޅުުގެ އެއްބައި… މިހިތުގެ ވިންދު… ކިހިނެއް މިންނުއާ ނުލައި އުޅޭނީ… ” މަޑުމައިތިރިކަމާއެކު އިއާން ދައްކަމުންދިޔަ ވާހަކަތަކުން މިންހާގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރުވިއެވެ. އެފަދަ ބައިވެރިއެއް އޭނަގެ ހަޔާތުގައި ލެއްވިކަމަށްޓަކައި ހިތާހިތުން ﷲ ގެ ހަޟްރަތަށް ތަކުރާރުކޮށް ޝުކުރުއަދާކުރެވުނެވެ.
” އާން… އައިމް ސޮރީ… އަހަރެންގެ ބަސްތަކުން އާންގެ ހިތަށް ހާޓްކުރެވިއްޖެ… އައިމް ރިއަލީ ސޮރީ… ސިކުނޑިއަށް ވެރިވެގަތް ޚިޔާލަކުން އެހެން ބުނެވުނީ… އައި ނޯ އާން އަހަރެން ދޫކޮށްނުލާނެކަން… އާންގެ ލޯތްބާއިމެދު އަހަރެންގެ ހިތުގަ އެއްވެސް ޝައްކެއްނެތް… އަހަރެން އާންއަށް ފުރިހަމަ އިތުބާރުކުރަން… ” ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔަ ހިނދު މިންހާއަށް ވާހަކަ ދެކެވުނެވެ. ” އިޓްސް އޯކޭ…” އިއާން ވެސް ހިނިތުންވުމަކާއެކު ބުނެލިއެވެ. ލަސްނުކޮށް އިއާން ހޮސްޕިޓަލަށް ދިޔުމަށް ކާރު ދުއްވާލިއެވެ. މިންހާ އަދިވެސް އެއްފަހަރު އިއާންއަށް ބަލާލާ ހިނިތުންވެލިއެވެ. އެތައް އަހަރެއް ވޭތުވެގެން ދިޔައިރުވެސް އިއާންގެ ހިތުގައި އޭނައަށްޓަކައި އުފެދިފައިވި ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު އެލޯތްބަށް ޝައްކުކުރުމުގެ އެއްވެސް ޖާގައެެއްނެތެވެ. އިއާންގެ ކޮންމެ އަމަލަކުން އެހިތުގައިވާ ސާފު ތެދުވެރި ލޯބި ހާމަވެގެންދެއެވެ. ” އާން ގާތ ބުނީމެއްނު އޯކޭއޭ މިގަޑީގަ ގެންގޮސްދެން ނަޔަސް… ބައްޕައާއެކު ނޫނީ ޓެކްސީއެއްގަވެސް ދެވޭނެއެއްނު… އާންއަށް ނިދާލެވޭނެއެއްނު ޑިއުޓީ ނެތް ދުވަހު… މިރޭ ނައިޓް ޑިއުޓީއެއްނު… ” ޚިޔާލުތަކުން އެއްފަރާތްވެލާ ކާރު ދުއްވަމުންދިޔަ އިއާންގެ މޫނަށް ނަޒަރު ހުއްޓާލަމުން މިންހާ ވާހަކަ ދެއްކިއެވެ. ”ނިދުމަށްވުރެ ތިރީތި ސޫރަ ދެކެލުން މާމުހިއްމު… ދެން ކީއްކުރަން ނިދަންވީ… ނިދިދާނެއެއްނު ފަހުންވެސް… ” ކާރު ދުއްވަން އިނދެ މިންހާއަށް އަވަސް ނަޒަރެއް ދެމުން އިއާން ބުނެލިއެވެ. އެއާއެކު މިންހާގެ ތުންފަތަށް އަނެއްކާވެސް ފުރިހަމަ ހިނިތުންވުމެެއް ވެރިވިއެވެ. ” ތިރީތި މޫނު ބީހިލުން އެދޭ… ތިތުންފަތުން އުފާ ލިބުން އެދޭ… ހޯދަން ދެވެނީ ލޯބިވާވަރުން… ނުރުހުން ނުވޭ… މަގެ ޖާނު އެކީގާ އަދު ލޯބިން ދެމޭ… ” އެއްލޯ މަރާލަމުން އެފިރިހެންވަންތަ އަޑުން އިއާން ލަވައެއްގެ ތަންކޮޅެއް ކިޔާލިއެވެ. މިންހާގެ މޫނަށް ވަގުތުން ޖަންބުކުލަ ވެރިވެގަތެވެ. އިއާންއަށް ކަޅިޖަހާނުލައި އެރީތި މޫނަށް ބަލަން އިނދެވުނެވެ. ” ލަދުގަތީމަ އަދި މާފުރިހަމަ… ” އިއާންގެ ދުލުން އެބަސްތައް ބުނެވުނީ އިޚްތިޔާރުން ބޭރުގައެވެ. އިއާންގެ ބަސްތަކުން އިސްއުފުލާލަމުން ލަދުރަކި ހިނިތުންވުމަކާއެކު މިންހާ ބަލައިލިއެވެ. ”ދެން… އާން… މަގުމައްޗަށް ބަލާބަލަ ކާރު ދުއްވާއިރު… ” ލަދުން އިންނަމަވެސް އޭނަގެ އަތުން އިއާންގެ ކޯތާފަތުގައި ޖައްސާ މޫނު އަނބުރާލަމުން މިންހާ ވާހަކަ ދެއްކިއެވެ. ލުއި ހުނުމަކާއެކު އިއާން އޭނަގެ ފުރިހަމަ ސަމާލުކަން މަގުމައްޗަށް ދިނެވެ. ހޮސްޕިޓަލާއި ހަމައަށް ދެވެންދެންވެސް އެދެމެދުގައި ވާހަކަ ދެކެވެމުން ދިޔައެވެ. އެމީހުންގެ މަންޒިލަށް ވާސިލްވުމާއެކު އިއާން ކާރު ހުއްޓާލިއެވެ. ” ތޭންކްސް އާން… ” ކޮނޑުގައި ދަބަސް އަޅުވާލަމުން މިންހާ ބުނެލިއެވެ. ” ހަމައެކަނި ތޭންކްސްތަ… ” މޫނު މައްޗަށް މަޑުމޮޅިކަން ވެރިކުރުވަމުން އިއާން އެހެން ބުނެ މަގުގެ އަނެއް ފަރާތަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެމޫނު މަތިން ފެންނަނީ ލާނެއްކަމެވެ. ” ލަވް ޔޫ ޖާން… ” މިންހާ މަގުގެ ދެފަރާތަށް ބަލައިލާ އިއާން އައި ގާތަށް ޖެހިލުމަށްފަހު އިއާންގެ ކޯތާފަތުގައި އޭނަގެ ތުންފަތް ޖައްސާލަމުން ބޮސްދިނެވެ. އަދި ލަދުރަކި ހިނިތުންވުމަކާއެކު ކާރުން ފައިބަން އަވަސްވެގަތެވެ. އިއާން ހައިރާންކަމާއެކު މިންހާގެ މޫނަށް ބަލައިލިއެވެ. މިންހާގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެ ކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. ” ލަވް ޔޫ ޓޫ ޖާން… ” އޭނަގެ ކޯތާފަތުގައި އަތުން ފިރުމާލަމުން އިއާން ބުނެލީ އޭނަގެ ފިރިހެންވަންތަ ހިނިތުންވުމާއެކުގައެވެ. މިންހާ އަވަސް އަވަހަށް ކާރުން ފައިބާ ގޮސް ހޮސްޕިޓަލަށް ވަނެވެ.
” އޭތް އޭތް… ހާދަ އަވަސްކޮށްލާފަ ތިދަނީ… މަޑުކޮށްބަލަ… ބައިދަވޭ ކޮންގްރޭޖުލޭޝަންސް މިންނު… ކާންދޭން ޖެހޭނެ އިނގޭ… ރިލޭޝަންއަކަށް ދިޔައިރު އެކަން ސެލެބްރޭޓްކުރަން ޓްރީޓް އޮންނަންވާނެއެއްނު… ” ގްރައުންޑް ފްލޯގެ ރިސެޕްޝަން ކައިރި ހުއްޓިލައިގެން ހުރި ޒިޔަލް އަވަސް ހިނގުމެއްގައި ލިފްޓާ ދިމާލަށް މިސްރާބުޖެހި މިންހާ އާއި އެއްވަރުކޮށް ވާހަކަ ދެއްކިއެވެ. ” ތޭންކްސް… ޒިޔަލް ދޯ އޫޝީ ގާތު ބުނީމަ… ކޮންގްރާއޭ ކިޔާފަ މެސެޖު ކުރި ރޭގަ… މަށަށް އޭރުވެސް އިނގޭ ޒިޔަލްއަށް އެނގިއްޖިއްޔާ އޫޝީއަށް ސިއްރުނުވާނެކަން… ” ލިފްޓަށް އަރާ ހިނިތުންވުމަކާއެކު ޒިޔަލްއަށް އަވަސް ނަޒަރެއް ދެމުން މިންހާ ބުނެލިއެވެ. ” އާނ… ދެން އޫޝީ ނޫނީ ކާކު ކައިރި ބުނާނީ… ” ބޮލުގައި އަތް ހިންގާލަމުން ޒިޔަލް ބުނެލިއެވެ. ޒިޔަލްއަށް ވީގޮތުން މިންހާއަށް ހެވުނެވެ. ” އާންއާ ވާހަކަ ދައްކާފަ ޓްރީޓްގެ ކަންތައް އަންގާލާނަން… ” މިންހާގެ އެޖަވާބާއެކު ޒިޔަލްވެސް ލުއި ހުނުމަކާއެކު އޯކޭއޭ ބުނެލިއެވެ. ލިފްޓު ހުއްޓުމާއެކު ދުވަހުގެ މަސައްކަތާއެކު ކުރިއަށް ދިޔުމަށް ދެމީހުންވެސް މިސްރާބުޖެހީ އެމީހެއްގެ ކެބިންއަށެވެ.
އޮފީހަށް ދާން ތައްޔާރުވެގެން ތިން މީހުނަށްވެސް ނުކުމެވުނީ ދާދި އެކުއެކީގައެވެ. ނާއިލްގެ ނަޒަރު އަޝްރާއަށް ހުއްޓުނުއިރު އަޝްރާ ނާއިލްއަށް އަވަސް ނަޒަރެއް ދީ އޭނަގެ ނަަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ” ކަމްއޯން… ލެޓްސް ގޯ… ” ޒަހާ އެހެން ބުނުމާއެކު އަޝްރާ އާއި ނާއިލް ޒަހާގެ ފަހަތުން ހިނގައިގަތެވެ. ޒަހާގެ އެދުމުގެ މަތިން އެމީހުން ދާބް ނިންމީ ޒަހާގެ ބައްޕަގެ ކާރުގައެވެ. ނާއިލް ޑްރައިވިން ސީޓަށް އެރިއިރު އަޝްރާ އާއި ޒަހާ އެރީ ފަހަތު ސީޓަށެވެ. އެމީހުން ނިންމީ ޒަހާ އޮފީހަށް ލުމަށްފަހު އެމީހުންގެ މަސައްކަތަށް ދާށެވެ. ނާއިލް ޒަހާގެ އިރުޝާދުގެ މަތިން ކާރު ދުއްވަމުން ދިޔައިރު ކާރުގެ މަތީގައި އިން ލޯގަނޑު ކޮޅުން އިރުއިރުކޮޅުން އަޝްރާއަށް ބަލައިލައެވެ. އަޝްރާގެ ހަރަކާތްތައްވެސް ހުރީ އެހެންނެވެ. އިރުއިރުކޮޅުން ލޯގަނޑުކޮޅުން ފެންނަމުންދިޔަ ނާއިލްގެ ސޫރައަށް ބަލައިލުމަށްފަހު ނާއިލްގެ ނަޒަރު އޭނައަށް ސީދާވުމުން އަޝްރާ އެހެން ދިމާލަކަށް ބަލައިލައެވެ. މިހުރިހާ މަންޒަރެއް ދިޔައީ ކައިރީގައި އިން ޒަހާ ދިރާސާކުރަމުންނެވެ. އޭރު ޒަހާގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. ޒަހާ އޮފީހަށް ލުމަށްފަހު ދެން ނާއިލް މިސްރާބުޖެހީ ގެސްޓް ހައުސްއަށް ދިޔުމަށެވެ. މިހާރު ގެސްޓް ހައުސްގައި ކުރެވެމުން ދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެތަނުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ގެސްޓް ހައުސްއާއެކު އޮފީހެެއްވެސް އިމާރާތްކުރެވިފާވެއެވެ. ގެސްޓް ހައުސް އާއި ހަމައަށް އާދެވުނުއިރުވެސް ދެމީހުން ކުރެ އެކަކުވެސް އެއްވެސް ވާހަކައެެއް ނުދައްކައެވެ. ވާހަކަ ދައްކަން ހިތް އެދުނުނަމަވެސް އަނެކާ ހީކުރާނެ އެއްޗެެއް ނޭނގޭތީ ދެމީހުންވެސް ތިބީ އެހާދިސާ އާއި ބެހޭގޮތުން ވާހަކަ ދައްކަން ޖެހިލުންވެފައެވެ. ކާރު ހުއްޓުމާއެކު ކާރުން ފައިބާ ބޭރުގައި އެމީހުންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި އަރުޝަދުއާއެކު އަޝްރާ އެތެރެއަށް ވަންނަން ހިނފައިގަތެވެ. ކާރު ޕާކުކޮށްލުމަށްފަހު ނާއިލްވެސް ގޮސް އެތެރެއަށްވަނެވެ.
ގެއަށް ވަދެގެން އައި އިއާންގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. މޫނު މަތީގައިވަނީ އުފާވެރިކަމެވެ. އޭނަގެ ޚިޔާލުގައިވީ ކާރު ތެރޭގައި ހިނގާދިޔަ ހާދިސާއެވެ. މިންހާގެ އެލޯބިވެތި އަމަލުން އޭނަގެ ހިތަށް ލިބިފާވަނީ ބަޔާންކުރަންދަތި އުފަލެކެވެ. ” އާން… އިއާން… ” އާސިމާ ބަދިގެ ދޮރުމަތީގައި ހުރެ އެތެރެއަށް ވަން އިއާން ފެނި ދެފަހަރަކު ގޮވާލިއެވެ. އެހެނަސް އިއާންގެ ކަންފަތާ ހަމައަކަށް އެއަޑެއް ނުފޯރިއެވެ. އޭނަ ހުރީ އަމިއްލަ ލޯބީގެ ދުނިޔޭގައި ގެއްލިފައެވެ. އާސިމާގެ މޫނު މަތިން ހައިރާންކަން ފެނިގެން ދިޔައެވެ. ” އާން… ދަރިފުޅާ… މަންމަ ގޮވާ އަޑެއްވެސް ނީވޭތަ މިއަދު… ” އިއާންގެ ފަހަތުގައި ހުއްޓި އާސިމާ ވާހަކަ ދެއްކި އަޑަށް އިއާންއަށް އޭނަގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ. ” ކީކޭ މަންމާ… އެއްޗެކޭ ބުނިންތަ… ” ހިނގުން ހުއްޓާލާ ފަސްއެނބުރި އޭނަގެ މަންމަގެ މޫނަށް ބަލައިލަމުން އިއާން އަހާލިއެވެ. ” އާދެބަލަ… މިތާ އިށީންދެބަލަ… މަންމަ ކިތައް ފަހަރު ގޮވައިފިން އާންއަށް މިހާރު… އެކަމަކު ހަމަ ހެވިފަ ހުރެ އަޅާވެސްނުލާ ތިދަނީ… ކޮން ކަމަކަށް ގެއްލިފަތަ ތިހުރީ… ” އިއާންގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި އިށީންނަމުން އާސިމާ ވާހަކަ ދެެއްކިއެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ހުއްޓުފައިވީ އިއާންގެ މޫނަށެވެ. އެމޫނު މަތިން ކަމެއް ދެނެގަންނަން އުޅޭ ފަދައިން އިއާންގެ ކޮންމެ ހަރަކާތެއް އާސިމާ ދިރާސާކުރަމުން ދިޔައެވެ. ” މަންމާ… އެއްވެސް ކަމެއް ނުވެޔޭ… އެއީ ކުޑަ ކަމަކާމެދު ވިސްނާލީ…” އިއާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ” އެހެންތަ… އެހާ ބޮޑަށް ކޮންކަމަކާ ތިވިސްނާލީ… ” އިތުރަށް ދެނެގަންނަން ބޭނުންވުމުން އާސިމާ ސުވާލުކުރިއެވެ. ” ދެން މާބޮޑު ކަމެއް ނޫން… އެހާ މުހިއްމު ކަމެއް ނޫނޭ މަންމާ… ” އިއާން މޫނަށް ވައްތަރެއް ޖައްސާލަމުން ޖަވާބުދިނެވެ. ” ހޫމް… އެހާ މުހިއްމު ކަމެއް ނޫން… އެކަމަކު މަންމަ ތިން ހަތަރޔ ގޮވިއިރުވެސް އާންއަކަށް އަޑެއް ނީވުން… ރޭންސުރެ މަންމައަށް އާންގެ އުޅުން ތަފާތުކަން ފާހަގަކުރެވޭ… ތިމޫނު މަތިން އެހެންޏާ ނުފެންނަފަދަ އުފާވެރިކަމެެއް ފެނޭ… އެއުޖާލާކަމާއި އެއުފާވެރިކަމުގެ އަސްލަކީ ކޮބާކަން މަންމަ ގާތު ނުބުނާނަންތަ… އާންގެ ހިނިތުންވުން ގުޅިފައިވަނީ ކޮންކަމަކާ ކަމެއް މަންމައަކާ ހިއްސާއެއްް ނުކުރާނަންތަ… ” އާސިމާ އިއާންގެ މޫނަށް ބަލަހައްޓާއިގެން އިނދެ ލުއި ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ.
” މަންމައަށް އެއްވެސް ކަމެއް ސިއްރެއްނުވޭދޯ… މަންމަ ބުނީމެއްނު… މަންމަ މިހާރު އެންމެ ދެކެން ބޭނުންވަނީ އަޅުގަނޑު ދިރިއުޅުމެއް ފަށާ ދުވަހޭ… އެކަމާ ވިސްނާލީ… މަންމަ ބުނީމެއްނު މަންމަ ބޭނުންވަނީ މިންނު ކަހަލަ ކުއްޖެކޭ އަޅުގަނޑުގެ އަންހެނުންގެ ގޮތުގަ މިގެއަށް އަންނަން… އަޅުގަނޑު ބޭނުންވާފަދަ… މަންމަވެސް ބޭނުންވާފަދަ ކުއްޖެއް އަޅުގަނޑުގެ ހަޔާތަށް އަތުވެއްޖެ… މަންމަގެ އެއުންމީދު މާގިނަ ދުވަހެއް ނުވެ އިންޝާ ﷲ ފުރިހަމަވާނެ… އެއީވެސް މަންމަ އެންމެ ބޭނުންވި ގޮތަށް… މަންމަ އެންމެ ބޭނުންވި ކުއްޖާ އަޅުގަނޑުގެ ހަޔާތަށް ގެންނަން މިއުޅެނީ… މިހިނިތުންވުމާ އުފާވެރިކަމުގެ އަސްލަކީ މިންހާ… ” އާސިމާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ އިއާން އޭނަގެ ވާހަކަތައް ހިއްސާކުރިއެވެ. ” ހަމަތެދެއްތަ ދަރިފުޅު ތިބުނީ… ” ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލި އާސިމާ ބުނެލިއެވެ. އިއާން މަޑުމަޑުން ބޯ ޖަހާލިއެވެ. ” އާން… މަންމަ ވަރަށް ވަރަށް އުފާވެެއްޖެ ދަރިފުޅު ތިދިން ޚަބަރަކުން… މިހާރު ބޭނުންވަނީ އެދުވަސް ދެކިލަން… އެހާ ލަސްނުކޮށް އެދުވަސް ފެންނާނެދޯ އާން… ” އުފާވެރިކަމާއެކު އިއާންގެ ބޮލުގައި ފިރުމާލަމުން އާސިމާ ބުންޏެވެ. ” އިން ޝާ ﷲ… ” އިއާން ހިނިތުންވުމަކާއެކު ބޯ ޖަހާލަމުން ބުނެލިއެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކަން އިނުމަށްފަހު އިއާން އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އާސިމާ އިއާން ދިޔަ ދިމާލަށް ބަލަން ހިނިތުންވެފައި އިނެވެ. އެދރިފުޅުގެ މޫނު މަތިން ފެންނަމުންދިޔަ އުފާވެރިކަމުން އޭނަގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އޭނަގެ އަބަދުގެވެސް ދުޢާއަކީ އޭނަގެ ދެދަރިންވެސް އުފަލާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމެވެ. އިރުކޮޅަކު އިއާން ދިޔަ ދިމާލަށް ބަލަން އިނުމަށްފަހު އާސިމާވެސް ގޮސް ބަދިގެއަށް ވަނެވެ.
ބްރޭކް ގަޑިއަށްވުމާއެކު ޝަމްހާ ގޮސް ކެންޓީނަށް ވަނެވެ. ކޮފީއަކަށް އޯޑަރުކޮށްލުމަށްފަހު ގޮސް ހުސް މޭޒެއް ކައިރި އިށީނެވެ. ކޮފީ ގެނައުމާއެކު އެކަނި އިނދެ މަޑުމަޑުން ކޮފީ ބޮމުން ދިޔައެވެ. ކޮފީ ބޮމުން ދިޔައިރު އޭނަގެ ނަޒަރު އެއްދިމާލަކަށް ހުއްޓިފައިހުރުމުން ކޮންމެވެސް ކަމަކާމެދު ވިސްނަނީކަން ބަލައިލި މީހަކަށް އިނގޭނެކަން ކަށަވަރެވެ. މަޑުމައިތިރިކަމާއެކު ކޮފީ ބޮއެ ނިންމާލުމަށްފަހު ޝަމްހާ ކެންޓީނުން ނުކުތެވެ. ބްރޭކް ގަޑި ނިމެން ފުދޭވަރަކަށް ވަގުތު އޮތުމާއެކު އޮފީހުގެ ބިއްދޮށުގައި ހައްދާފައިވި ބަގީޗާއަށް ޝަމްހާ މިސްރާބުޖެހިއެވެ. އެތަނުގައި ފޮޅިފައިވި އެކި ކުލަކުލައިގެ މާތަށް ފެނުމުން އޭނަގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން ދިޔައިރު އެމާމެލާމެލީގެ ލުއިލުއި މީރުވަހުން ސިކުނޑި ތާޒާކުރުވިއެވެ. ބަގީޗާގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ފޯނަށް ބަލަހައްޓާއިގެން ހުރެ ދާން ހިނގައިގަން ވަގުތު ފައި އެޅުނު ގޮތަކުން އަރިއަޅާލިއެވެ. ސިހުން ލިބުނު ޝަމްހާއަށް ދެލޯ ބޮޑުކޮށްލެވުނުއިރު އަގައިން ތޫލި އަޑެއް ބޭރުވިއެވެ. ވެއްޓެންދިޔަ ޝަމްހާގެ އުނަގަނޑުގައި ބާރުގަދަ ދެއަތުން އަޅުވާލާ ދަމާލުމާއެކު ޝަމްހާ ގޮސް ޖެހުނީ އެޒުވާނާގެ ހަށިގަނޑުގައެވެ. އިސްއުފުލާލަމުން ބަލައިލި ހިނދު އެހާ ގާތުން އަލޫފްގެ މޫނު ފެނި ވަގުތުން ޝަމްހާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ނޭވާ އަރުތެރޭގައި ތާށިވެ ފިނިވެގެން ދިޔައެވެ. އަލޫފްގެ ތޫނު ދެލޮލާއި އޭނަގެ ލޯ އަމާޒުވީ ވަގުތު އެތައް ހަނދާންތަކަކުން އޭނާ ވަށާލިއެވެ. އަލޫފްއަށްވެސް ޝަމްހާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ. އެމޫނު މަތިން މިހާރު ފެންނަނީ ތަފާތު އަސަރުތަކެކެވެ. ކުރީގެ ހަރުކަށިމަކާއި ކިބުރުވެރިކަމުގެ ސިފަ ލިބިފައިވި ޝަމްހާ މިހާރު އޭނައަށް ފެންނަނީ އަބަދުވެސް ހިމޭންވެފާ ހުއްޓައެވެ. އަލޫފް ބަލަބަލާ ހުއްޓާ ޝަމްހާގެ ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. އެކަމުން ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެެއްވެގެން ދިޔައިރު އޭނަގެ ނިތައް ރޫތައް ޖަމާވިއެވެ. ” ސޮރީ… ” ހިންދިރުވާލުމަށްފަހު ކަރުނަތައް ހިންދަން މަސައްކަތްކުރަމުން މަޢާފަށް އެދިފާ ޝަމްހާ އަލޫފް އާއި ދުރުވެލިއެވެ. އަދި އެންމެ ސިކުންތެއްވެސް މަޑުކުރުމެއްނެތި އެތަނުން ދިޔުމަށް ހިނގައިގަތެވެ.
ޝަމްހާ އެދިޔަ ބާރުމިނުގައި ގޮސް އޭނަގެ ކެބިންއަށް ވަނެވެ. ކެބިންގައި ހުރި ސޯފާގައި އިށީންދެ ދެލޯ މަރާ ބާރުކޮށްލުމާއެކު ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތުގައި ބޮސްދެމުން ރޮނގަކަށް ފައިބައިގަތެވެ. އަލޫފްގެ ލޯބި ލިބެން ނެތްކަން ހިތަށްވެރިވާ ކޮންމެ ފަހަރަކު އެދެލޮލުން ކަރުނަ އާދެއެވެ. އަލޫފްގެ މަޢާފު ދުވަހަކުވެސް ލިބެން ނެތްކަން ހަނދާންވުމުން ހިތުގައި ރިއްސާލައެވެ. އަލޫފްގެ އެތައް ޚިޔާލުތަކުން އޭނަގެ ސިކުނޑި ވަށާލުމާއެކު ބޮލަށް ބާރުކުރަން ފެށިއެވެ. އެޚިޔާލުތަކުން ދުރުވުމަށް ކަރުނަތައް ފޮހެލާ ސޯފާއިން ތެދުވުމަށްފަހު މޭޒު ކައިރިއަށް ގޮސް އިށީނެވެ. މޭޒު މަތީގައި އޮތް ފައިލް ނަގައި ގަނޑަކަށް ފަހު ގަނޑެއް ބަލަމުން ދިޔައިރު ކޮމްޕިއުޓަރުންވެސް ދޭތެރެ ދޭތެރެއިން އެއްޗެއް ޓައިޕްކޮށްލައެވެ. އެގޮތަށް މަސައްކަތުގައި ހޭދަކުރުމުން އެފަދަ ޚިޔާލުތަކުން ކޮންމެވެސް ވަރަކަށް ދުރުވެލެއެވެ.
ޑިއުޓީ ނިންމާލާފައި ޒިޔަލްއާއެކު ހޮސްޕިޓަލުން ނިކުން މިންހާގެ ލޮލުގައި ކާރަށް ލެނގިލައިގެން ހުރި އިއާން އަޅާއިގަތެވެ. ކަޅު ކުލައިގެ އަތް ކުރު ޓީޝާޓަކާއި ގަދަ ނޫ ކުލައިގެ ޖިންސުގައި ހުރިއިރު ޖިންސުގެ ޖީބަށް އަތް ޖަހާލައިގެން ހުރުމުން ނުހަނު ފިރިހެންވަންތައެވެ. ބޮލުގެ އިސްތަށިކޮޅު ސްޕައިކް ކޮށްލާފާވާއިރު އިއާންގެ އަސަރުގަދަ ދެލޯ ފޮރުވާލާފާވަނީ ކަޅު ކުލައިގެ އަވި އައިނަކުންނެވެ. ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކިޔާނެކަން ޔަގީނެވެ. ޒިޔަލް އާއި ދެމީހުން އިއާންގެ ގާތަށް މިސްރާބުޖެހިއެވެ. ”ބްރޯ… މަބުނީ ކެއުން ދޭންޖެހޭނޭ އިނގޭ… ” އިއާންގެ ކޮނޑަށް އަތް ވައްޓާލަމުން ޒިޔަލް އެެހެން ބުނެލީ އެއްލޯ މަރާލަމުންނެވެ. ” ޔަގީނެއްނު… އެހާ ދުވަސްފަހުން އިންތިޒާރަށް ނިމުމެއް އައިމަ ކެއުން ދޭންވާނެތާދޯ… ” އައިނު ލޮލާ ދުރުކޮށްލަަމުން ބުނެލިއެވެ. މިންހާ އެއްވެސް އެއްޗެކޭ ނުބުނެ ހިނިތުންވުމަކާއެކު އެދެމީހުންގެ ވާހަކަތައް އަޑު އަހަން ހުއްޓެވެ. ” ޒިޔަލް… ކުޅެން ދާންވާނެ އިނގޭ… ” އިރުކޮޅަކު އެތަނުގައި ހުރެލުމަށްފަހު ޒިޔަލް ދާން ހިނގައިގަތުމާއެކު އިއާން ބުނެލިއެވެ. ” އާނ… ޗޭންޖްކޮށްލައިގެން ދާނަން… ” ފަސްއެނބުރި ބަލައިލުމަށްފަހު ޒިޔަލް އެހެން ބުނުމާއެކު ބޯ ޖަހާލަމުން އިއާން މިންހާއަށް ކާރަށް އެރުމަށް އިޝާރާތްކުރިއެވެ.
އިއާންވެސް ކާރަށް އަރައި މަންޒިލަށް ދިޔުމަށް ދަތުރު ފެށިއެވެ. އިއާން ގޮވާލުމާއެކު ލޯގަނޑުން ބޭރު ބަަލަން އިން މިންހާ ހޫމް ލައްވާލިއެވެ. ”އަހަރެން މަންމަ ކައިރި ބުނެފިން އަހަރެމެންގެ މިގުޅުމުގެ ވާހަކަ… ” އިއާންގެ ވާހަކަ އަޑުއިވިފައި މިންހާއަށް ސިހިފައި އިއާންގެ މޫނަށް ބަލައިލެވުނެވެ. ” ދެން… އާސިމާއްތަ ކީކޭ ބުނީ… ރުޅިއައިސްފަތަ ހުރީ… ” ކަންބޮޑުވެފައި އިނދެ މިންހާ އަހާލިއެވެ. ” މަންމަ ވަރަށް އުފަލުން ހުރީ… އަބަދުވެސް މަންމަ ބޭނުންވީ މިންނު އަހަރެންގެ ހަޔާތަށް އަންނަން… އެހެންވީމަ އަދި ކިހާ އުފާވާނެ… ދެން ތިހާ ލޯބި ކުއްޖަކާ ގަބޫލުނުވާނީވެސް ކާކު… ” މިންހާއަށް އަވަސް ނަޒަރެއްދެމުން އިއާން ވާހަކަ ދެއްކިއެވެ. އިއާންގެ ވާހަކަތަކުން މިންހާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ” މިގުޅުން ސިއްރުކުރާކަށް ބޭނުމެއްވެސް ނޫން… އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޖާން އަހަރެންގެ ހައްގަކަށް ހަދަން… ” މިންހާއަށް ބަލައިލަމުން އިއާން ބުނެލިއެވެ. ” އަހަރެންވެސް… ” ލަދުރަކި ހިނިތުންވުމަކާއެކު މިންހާ ބުނެލިއެވެ. މިންހާ ގެއަށް ލުމަށްފަހު އިއާން އޭނަގެ ގެއަށް ދިޔުމަށް ކާރުގައި ދަތުރު ފެށިއެވެ. ގެއަށް ގޮސް އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ފުޓުބޯޅަ ކުޅެން ދަނޑަށް ދިޔުމަށް އަވަސްވެގަތެވެ. އެއީ އިއާންގެ އާދައެވެ. ފުޓުބޯޅައަކީ އިއާން ނުހަނު ލޯބިވާ ކުޅިވަރަކަށްވެފައި ޑިއުޓީ ނޯންނަ ދުވަހެއްނަމަ ގިނަ ދުވަސްތަކުގައި ކުޅެން ދާނެެއެވެ. އެކަމުން ހަށިގަނޑަށް އެތައް ފައިދާއެއް ކުރާއިރު އަމިއްލަ ހިތްހަމަޖެހުންވެސް ލިބިގެންދެއެވެ.
އޮފީސް ނިންމާލާފާ ތިން މީހުނަށްވެސް ގެއަށް އާދެވުނުއިރު ގަޑިން ހަތަރު ގަޑި ބައިވެ ބޮޑުވެއްޖެއެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އިރުއިރުކޮޅުން ގުގުރިއެެއް ޖަހާލާ އަޑުވެސް އިވިގެންދެއެވެ. ތިން މީހުންވެސް ބަނޑުހައިވެފައި ހުރުމާއެކު އަވަސްވެގަތީ މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ތިން ކުދިންނާއެކު ޒާހިޔާވެސް ކެއުމުގައި ބައިވެރިވިއެވެ. ކައި ނިމުމުން ތިން މީހުންވެސް ގޮސް ކޮޓަރިއަށް ވަނެވެ. ވެފައިހުރި ވަރުބަލިން ފެންވަރާލައިގެން އެނދުގައި ޖައްސާލިތަނާ ތިން މީހުންވެސް ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ސިޓިންރޫމުގައި އިނދެފައި ޒަހާ ގޮސް ނާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. މާގިނަ އިރެއްނުވެ ނާއިލް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ” ބިޒީ ގަޑިއެއްތަ… ފޫހިވެގެން… ” ޒަހާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ނާއިލް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” ވަނަސް އޯކޭތަ… ” ޒަހާ އަހަން ނާހަން ހުރެފައިވެސް އަހާލިއެވެ. ” ޔެއަރ ޝުއަރ… ” އެތެރެއަށް ވަނުމަށް ތަން ދައްކަމުން ނާއިލް އެހެން ބުނުމާއެކު ޒަހާ ހިނިތުންވެލަމުން ކޮޓަރިއަށް ވަނެވެ. ދެމީހުން ގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީންދެ ވާހަކަ ދައްކަން ތިއްބެވެ. ބައެއް ފަހަރު ކޮޓަރީގައި ދެމީހުންގެ ހުނުމުގެ އަޑުވެސް ގުގުމާލައެވެ. ” ނާއިލް އަޝްރާދެކެ ލޯބިވޭދޯ… ” މޫނު މައްޗަށް ސީރިއަސްކަން ގެނުވަމުން ޒަހާ ބުނި އެއްޗަކުން ނާއިލްއަށް ސިހުން ލިބުނެވެ. އޭނައަށް ހަމައަކަށް އެޅިލަން ވަގުތުކޮޅެއް ނެގިއެވެ. ” އަހަންނަށް އިނގޭ ނާއިލް އަޝްރާދެކެ ލޯބިވާކަން… މިރަށަށް އައިތާ އަދި މާގިނަ ދުވަސްތަކެއް ނުވިނަމަވެސް ތިދެމީހުންގެ ހަރަކާތަކުން އަހަންނަށް ޔަގީންވެއްޖެ… ދެމީހުން އެކަކު އަނެކަކަށް ބަލާލާާ ގޮތާ އެކަކު އަނެކަކު ފެންނަ ހިސާބުގައި ހަތަކާތްތައް ހުންނަ ގޮތުން ކޮންމެ މީހަކަށްވެސް އެނގޭނެ… ނާއިލް އަހަންނާ ވާހަކަ ދައްކާއިރު އަޝްރާގެ މޫނު މައްޗަށް އަރާ ކުލަވަރު ފެނި ބައެއް ފަހަރު ނުހީ ހުރެވެނީ ކިރިޔާ… ހެހެހެ… ޝީ ފީލްސް ޖެލަސް… އިތުރަށް ދެން އަޝްރާ ނުތަޅުވާ ލޯބި ހުށައަޅާ… ނޫނީ ތެޔޮނާށި ކާޅު ޖަހައިގަންފާނެ… ޝީ ލަވްސް ޔޫ… ދެމީހުންވެސް އެކަކު އަނެކަކު ހީކުރާނެ އެއްޗެއް ނޭނގޭތީ ނުބުނެ ހުންނަނީހެން ހީވަނީ… މިހާރު ހަމަގައިމުވެސް ނާއިލްއަށް އެނގޭނެ އަޝްރާވެސް ލޯބިކަން… ތިދެމީހުން ވަރަށް ގުޅޭ… އަހަންނަށް ހަމަޔަގީން އަޝްރާގެ ޖަވާބަކަށް ވާނީ އާއެނކޭ ކަން… ” ހިނިތުންވުމެެއްގައި އިނދެ ޒަހާ ދެއްކި ވާހަކަތަކުން ނާއިލްއަށް ބޭއިޚްތިޔާރުގައި ހިނުތުންވެލެވުނެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ނާއިލް މަޑުމަޑުން ބޯ ޖަހާލިއެވެ.
އެނދުގައި އޮވެއޮވެ ނިދި ނައުމުން އަޝްރާ ކޮޓަރިން ނުކުތެވެ. ނާއިލްގެ ޚިޔާލުތައް އޭނައަށް މިރޭ މާބޮޑަށް އުނދަގޫކުރަމުން ދިޔައެވެ. ކޮޓަރިން ނިކުން އަޝްރާއަށް ނާއިލްގެ ކޮޓަރިން ހީހީފާ ޒަހާ އާއި ނާއިލް ވާހަކަ ދައްކާ އަޑު އިވިފައި އޭނަގެ ހިތަށް އުނދަގޫވިއެވެ. އޭނަގެ ހިތުގައި ޖެހުނެވެ. ޒަހާގެ ބަދަލުގައި އޭނާ ވުމަށް އެދެވުނެވެ. އިރުކޮޅަކު އެތަނުގައި ހުރެލުމަށްފަހު އެބައިގައި ނުކުމެވެން ހުންނަ ބޮޑު ބެލްކަންޏަށް ނިކުތެެވެ. ބެލްކަނީގެ ރެއިލިން ކައިރި ހުއްޓިލަމުން އަޝްރާ އުޑު މައްޗަށް ނަޒަރު ހުއްޓާލިއެވެ. އުޑުމަތި ވަނީ ކަޅު ވިލާތަކުން ބައްދާލާފައެވެ. ހީވަނީ ހަމަ ދެންމެ ދެންމެވެސް ވާރޭ ވެހިފާނެހެންނެވެ. ކަޅު ބޯ ވިލާތަކުން އުޑުމަތި ބައްދާލާފައިވުމުން އެންމެ ތަރިއެއްވެސް ފެންނާކަށް ނެތެވެ. ހަވީރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާހައުލުގައި ވަނީ ތެތްފިނިކަމެވެ. ރެއިލިންގައި ބާރަށް ހިފަހައްޓާލަމުން އަޝްރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވާގޮތުން އެތެރެ ހަށީގައި އުފެދިފައިވި ހައިޖާނުގަނޑަށް ލުއިކަމެއް ހޯދޭތޯ މަސައްކަތްކުރަނީއެވެ. ފަހަތުގައި މީހަކު ހުރިހެން ހީވުމުން ފަސްއެނބުރި ބަލައިލިއިރު ނާއިލް އައިސް އޭނަ އާއި އަރާ ހަމަކުރަނީއެވެ. ވަގުތުން އަޝްރާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ނާއިލްއަށް ފަސްދީ ކުރިންވެސް ހުރި ގޮތަށް އަޝްރާ ރެއިލިން ކައިރި ހުއްޓިލިއެވެ. ”ނުނިދަންދޯ އަދިވެސް… ” އަޝްރާ ކައިރީ އައިސް ހުއްޓިލަމުން ނާއިލް ބުނެލިއެވެ. އަޝްރާ ހަމައެކަނި މަޑުމަޑުން ހޫމް ލައްވާލީއެވެ. އެއާއެކު އަނެއްކާވެސް އެދެމެދަށް ހަމަހިމޭންކަން ވެރިވެގަތެވެ.
ހިތުގެ އިހުސާސްތައް ހާމަކުރުމަށް ދެހިތްވެސް ދިޔައީ ކެނޑިނޭޅި ބާރު އަޅަމުންނެވެ. ދެމީހުން އެހާ ގާތުގައިވުމުން ހިތުގެ އިހުސާސްތައް ހަމައަކަށް އަޅުވަންވީ ދެމީހުނަށްވެސް އުނދަގޫކަމަކަށެވެ. ކޮންމެ މީހެެއްގެ ނަޒަރުވެސް ބަނަވެފައިވި އުޑުމައްޗަށް ހުއްޓިފާވީއިރު އަނެކާގެ ފަރާތުން ބަހެއް ނަމަވެސް ބުނެލާތޯ އިންތިޒާރު ކުރެވެމުން ދިޔައެވެ. ހިނދެއް ހިނދަކަށް ގަދަވަމުން ދިޔަ ވަޔާއެކު ވާރޭގެ ކަނިތައް ދެންމެ ދެންމެ ދުނިޔެއަށް އަމާޒުވެދާނެހެން ހީވެއެވެ. ކުއްލިއަކަށް ވިދާލި ވިދުވަރާއި ޖަހާލި ބާރު ގުގުރީގެ އަޑާއެކު އަޝްރާއަށް ދެލޯ މަރާ ބާރުކޮށްލަމުން ނާއިލްގެ ހަށިގަނޑުގައި ބައްދާލެވުނެވެ. އޭރު އެހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ލިބިގެންދިޔަ ސިހުމާއެކު ނާއިލްއަށް ހަރަކާތެއްނުކޮށް ހުރެވުނެވެ. މަޑުމަޑުން އަޝްރާގެ ހަށިގަނޑުގައި ދެއަތް ވަށާލުމަށް ނާއިލް އޭނަގެ ދެއަތް އުފުލާލިއެވެ. އެހެނަސް އެވަގުތު ހޭވެރިކަންވި އަޝްރާ ނާއިލް އާއި ދުރުވެލިއެވެ. ނާއިލްގެ މޫނަށް ބަލައިލުމަށްފަހު އިތުރަށް އެންމެ ސިކުންތަކުވެސް މަޑުނުކޮށް އެތަނުން ދިޔުމަށް ހިނގައިގަތެވެ. އަޝްރާ ބަލައިލި ގޮތުން ހީވީ ބިރެއް ފެނުނުހެންނެވެ. އަޝްރާއަށް ހުއްޓެން މަޖުބޫރުވީ ކުރިއަށް ނެގި ފުރަތަމަ ފިޔަވަޅާއެކު ނާއިލް އޭނަގެ އަތުގައި ހިފެހެއްޓުމުންނެވެ. ދެލޯ މަރާ ބާރުކޮށްލަމުން އަޝްރާއަށް ހުރި ތަނުގައި އެއްވެސް ހަރަކާތެެއްނެތި ހުރެވުނެވެ. އޭރު އޭނަގެ ހިތް ހީވަނީ ބޭރަށް ނުކުމެދާނެ ހެންނެވެ. ދެލޯ މަރާ ތަގުޅިކޮށްގެން ހުރި އަޝްރާއަށް އިތުރު ސިހުމެއް ލިބުނީ ލުއްކެއްޖަހާ ނާއިލް އޭނަ އަތުގެ ތެރޭގައި ހައްޔަރުކޮށްލުމުންނެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ނާއިލްގެ ދެލޮލުން ފެނިލި އަސަރަކުން އަޝްރާއަށް ހިންދިރުވާލެވުނުއިރު ހިތަށް ބުނެދެން ނޭނގޭ ގޮތެއްވެގެން ދިޔައެވެ. ހިތުގެ ހިނގުން ބާރުވެ ނޭވާވެސް ލާން ނޭނގިފައި އަޝްރާއަށް އެތޫނު ދެލޮލަށް ބަލަން ހުރެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
94 Comments!
Comments are closed.








Yey me first dhw….kiyaalaafa comment kohlaanan
Shamm ❤️❤️❤️… Congratulations on being first ???… Waiting for your comment ???…
Salaam dear readers ❤️❤️❤️???… Here is the next part ???… It’s more than 2200 words ???… Hope all will like this part too n feel free to comment your views ???… Dhigukoh genesdhen vegen lasvy… Next part In Sha Allah Saturday night ga ???… Last part ge comment thakah reply kohlaanan In Sha Allah maadhama ge vaguthehga ???… Waiting for comments ???… Mistakes huredhaane cause I haven’t check… Thankyou soooooo much all ❤️❤️❤️?????????… Love you all my readers n gud nyt ❤️❤️❤️?????????…
Mifaharu vec second dhw ..will comment After reading ingey dear❤❤❤????
Jiji ❤️❤️❤️… Yesss dear ur second ???… Congrats ???… Waiting for your comment ???…
Thankolheh kuru henn hyvany….ekamuves maasha allah varab reethi mi part ves..
Alhey… Is it short??? It’s more than 2200 words ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje story reethi v ma ???…
Yey mi second dhw… V reethi mi prt vxx.. Alhe avahah nxt prt up kohdhehchey…
Naaisher ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Will try my best to upload the next part on Saturday night ???…
wow?????
Varah furihama mi part vs ???????????
Alhey naail nd ashra gulheyny dhw next part ga? ???
Anyway ifoo thi kuraa masaikathah hama saabasss??????????????????????????
Best of luck????????????????
Ly ??????
You’re one of my favourite writter???????
Awwwwnn ❤️❤️❤️???… Bts lover ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje favourite writer thakuge thereyga himenunyma ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
Dhonthi au varah heevey naail e ulhenee ashoo au propose kuran??????????Anyways mi part varah loabi and very romantic????????????????????????????????????????????keep it up ifoo
Love u❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much Dhonthee ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
Ahlheyy…varah kiyaahihvefa indhaa thi ninmaalee…hehe..anyways story varah ves riithi ingeyy…sifa kurun thah varah ves furihama….dhen typing mistakes ulhenii kudakoh… ashu n naail gulhey than dheken beynun varah avahahh…????much loves
Naukko ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Check nukoh up kohlevunyma typing mistakes e huri ???… Keep waiting dear ???… Much more loves from me ❤️❤️❤️?????????…
Awwwwwn❤❤❤❤❤ v v v rythi mi part ves???…….dhen ashra aa naail gulhuvadhyba avahaha?????……aan n minnu ge baives vvv rythi…. i love it???? gud work dear????? you are the best??? much love?
Awwwwnn ❤️❤️❤️???… Thankyou sooooooooo much AMAAN ❤️❤️❤️?????????… V v v ufaavey knme parteh gavx AMAAN ge comment libeythy ❤️❤️❤️???… Much more loves from me ❤️❤️❤️?????????…
Please make naail confress his love for asu ❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????
Lilly Aish ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Let’s see what happens ???…
Awwn mi part vas vara reethi❤
?waiting for nxt part
Fasaa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Keep waiting ???…
Wowwww ???????????❤️❤️❤️❤️❤️❤️❤️❤️❤️????????????????????Varah Varah reethi mi part ????????????????????????❤️❤️ hehe ??????????? ifoo sis hama molhy vaahaka liyan ?????? best story writers thaku therey ifoo sis hemeneyne hehe??????? nd Ashraa aai Naail vess gulhen eulheny dhw ???? nd whn will u upload nxt prt??? Varah kiyaa hithun mihiree nxt prt…..hehe?????????❤️❤️❤️??????????LOVE U IFOO SIS ❤️❤️❤️????
Jeon jungkook ah dhivehi engeytha???????????????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much jungkook ❤️❤️❤️?????????… Ur so supportive ???… V v v ufaavehje story reethi v ma ???… Keep waiting ???… Next part In Sha Allah Saturday night ga ???… Sending more n more loves from me ❤️❤️❤️?????????…
alheyy you are an ARMY tha? Wow!
? Mashah dhivehi igey kihinehvee dhw
BTS for life….. Yeah I am an army…. ???Hehe u also right???
Awwwn aan jaanu gandu haadha loabi ey…..❤❤❤omg he will make me crazy ifoo…aan kairy buneba ehaa handsome and cute nuvaashey…❤❤❤?????i love u aaan….❤❤❤❤btw ifooooooooooo vvvvv loabi mi part….omg i don’t know how to describe it….dhn aan and minnu vvv cute and vvv loabi..?????????????????????????dhn othy ashoo and naail dhw…naail dhn avahah buney ngey ashoo nuthalhuvaa…??????????????ifoo u r so talented masha allah ? ? ? hama bunaane ehcheh ves neyngifa meeny….mihaaru neynge mi part repeat koh kiunu adhadhuves…??????????????thanks long part eh genesdhinyma….hope next part will be more interesting and more romantic….????????????????????????u r the best writer and this is the best story….?????????????love u to the moon and back…… ????????????????????????????????????????????????
Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ???❤️❤️❤️… Heheh ???… Asluvx aaan hadha handsome ey dhw ???❤️❤️❤️… Ifoo vx aaan ah fall vaavaru vey ???… Heheh… Thankyou sooooooooo much dear for the support n love ❤️❤️❤️?????????… V v v bodah ufaavehje mi Comment kiyaalaafa ???❤️❤️❤️… Ifoo ah bunaane ehcheh vx neynge ???… Once again thankyou soooooo much dear ❤️❤️❤️?????????… Love you more ❤️❤️❤️?????????…
Eyhh wowwww salhi Eyh mi partt
Faimu ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…
Alhey …. Haadha reechey..????? ❤️? ❤️? ❤️? ❤️
Awwwwnn ❤️❤️❤️???…. Thankyou sooooooooo much zuam ❤️❤️❤️?????????… V v v ufaavehje ???…
First time commenting to your story. Vara salhi vaahaka. Kiyaalahithun kiya vahaka eh mi. Waiting for next part. ?
Ohh woww ???… Thankyou sooooooooo much Aisha ❤️❤️❤️?????????… V v v ufaavehje comment kohleema ???… Hope to see ur comment more often ???…
wowwww ❤❤❤❤??????haadha reeechey mi part vs ????????????mashah allah ????????????hama v v v v v v furihama?????????? sifa kurunn vssss.v v v v v v v furihama ???????????? hama speechless ???????????bunaane ehcheh vss neyge ????????????????? v v v v v ufaaaa vejje mi.part dhigukoh genes dhineema ?????ifooo thee hama best ingeyy ???????????????????next part avahah up kohdheh che ??????????????LOVE U ??????????????????
Awwwwnn ❤️❤️❤️???… My dear sweet yaaanaa ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… Yaaanaa ge colourful Comment kiyaalaafa ifoo v v v ufaavehje ???… Ur are so supportive ???❤️❤️❤️… Yaaanaa akee hama ifoo ge one of the best reader ???❤️❤️❤️???… V v v bodah thanks thidhey support ah ❤️❤️❤️?????????… Love you more ❤️❤️❤️?????????…
Alheyy…minnu nd aan ulhey goii haadha loehbey dhw…Ifoo thy hama best ingey adhi mi site ga huri…????????????????????????….Naail nd ashoo ulhey goiii vec vvvv lwbi…Ma Sha Allah….Mi part vec vvvvvvvvvvvvv rythi ingey darlin???????????????????????????..Ifooo hama jiji ge aga in bas huskohlaifi..hehe..
Nd sifakohla dheefa hurileh v fashuvi ingey…Really luwd it..keep going darlinn..
I’ll be Always There up to ma last breath In Sha Allah ???????????????????????????…luw yuh to the moon n back
Awwwwnn ❤️❤️❤️???… My dear sweet jiji ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… Jiji ge comment akee ifoo v v v wait kuraa Comment eh ???… Ur so sweet n so supportive ❤️❤️❤️??????… V v v bodah thanks thidhey support ah ❤️❤️❤️?????????… Love you more ❤️❤️❤️?????????…
I’m reading this story from part one to till. But I’m commenting first time. It’s a marvelous story. ?????. While reading I’m having that I’m living on that moment ??? . Ehaaves reethi Hama story. ????????????????????. Wish that you will continue ❤️ your telent of storyline.???️?️???????☃️??
Awwwwnn ❤️❤️❤️???… V v v ufaavehje new reader eh libunyma ???❤️❤️❤️… Thankyou sooooooooo much Shi ❤️❤️❤️?????????… Your comment encouraged me a lot ???.. Hope to see ur comment more often ???… Much loves from me ❤️❤️❤️?????????…
Awwwnnnn ?????????❤️❤️??wow Varah Varah reethi mi part vs??????????hama Speechless bunaane ehchehvs neyngey??????
Waiting waiting curiously for the next part????????
Love you ?????
Keep it up ??????????????????
Jeong jungkook ❤️❤️❤️… Thankyou sooooooooo much❤️❤️❤️?????????… V v v ufaavehje ???… Keep waiting ???… Much loves from me ❤️❤️❤️?????????…
Wowww… mi part vx v salhi… cant wait to read the next part…
Rishma ❤️❤️❤️… Thankyou sooooooooo much❤️❤️❤️?????????… V v v ufaavehje ???… Keep waiting ???…
Loabikan iaan aa minnu ulheyleh..hama bunaane ehcheves neyngey..ehaaves reethi?? ifoo doll mihireehama hama speechless Vega .. can’t wait for the next
part… ly ♥♥
Hey doll ❤️❤️❤️… Thankyou sooooooooo much❤️❤️❤️?????????… V v v ufaavehje ???… Hope to see ur comment more often ???… Keep waiting ???… Much more loves dear ❤️❤️❤️?????????…
??? Varah reethi part vas ??? waiting for nxt part
Mal ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Masha Allah varah reethi mi part vx??????? and avahah naail and ashraa gulhuvaba??? and curiously waiting for the next part ???love you dear ?????????❤️??
Axee ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje comment kohleema ???… Let’s see what happens ???… Much more loves ❤️❤️❤️?????????…
Masha Allah Vv reethi mi part vas ???????????waiting for nxt part ❤️❤️❤️❤️❤️❤️❤️❤️
Mal ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje comment kohleema ???…
Ifooo…..dear hama curious kohlaafa dhw thininmaaliy????vvv.reethi????sifakurun hama furihama??? excellent
Dhen mihaaru beynumiy ashu n naail gulhen????Hope aloof n eelaaf ah shamhaa ah visnun gothah visneene kamah???
Bye??
Lots of love❤❤❤❤❤❤❤
All thr best????????
Daisy girl ❤️❤️❤️… Hehe ???… Readers curious kohlan vaane ehnu dhw ???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje comment kohleema ???… Let’s hope for the best dhw ???… Much more loves from me ❤️❤️❤️?????????…
Vvvvvvvvv reethi mi part vx. ???❤❤❤?❤❤?❤?❤?. just wow. Kihinehtha thihaa nice koh story liany. From part 1 to part 58 hama marvelous. Alhey. Mi story avaha ninmaa nulachey darlin. Vvvvvv reethi. All my regards to u ifooo. Woww. Just wow. ??????. V reethi. Mi story ge reehikan hama mihen liaa comment akun nukiaadheveyne. U’re my favorite story writter. Omg. I even don’t know what to think. Wowww.
Awwwwnn ❤️❤️❤️???… Haadha loabi comment ekey ???❤️❤️❤️… Alhey ifoo v v v ufaavehje shifu ge comment kiyaalaafa ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…
kiya kiya indha nimuny….cant wait for the next part….love thisss??
Heheheh ???… Keep waiting for the next part ???… Thankyou sooooooooo much ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…
Heyy ifoo dear kihinethr??? Story is awesome ingeyyy.. Srry kuryge part thakah bxy kamun comment kohnulevuny… Waiting for the next part….
Hey maayu ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Hope your fine dear ???… Thankyou sooooooooo much dear ❤️❤️❤️?????????… It’s ok ???… Baeh faharu bxy v ma ehenvx vaane ???… Keep waiting dear ???… Much loves ❤️❤️❤️?????????…
Ifoo sis miss you
Alhe no one missed me dhw dheravey ????gavaaidhun comments nudhinax am always reading this story hama dhuvahun dhuvaheh vvvvvv hithahama jehey vvvvvv salhi mi baivx love you sis ?????❤️❤️❤️❤️????????????????????
Saabas hey abadhu kiyaane thihen dhw jiji
Sham cry baby hahahha lol
Shambbx ❤️❤️❤️… I missed your comments ???… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje dhuvaskolheh fahun vx comment kohleema ???… Much loves ❤️❤️❤️?????????…
Yaaa sham abadhu bunaane sham mathin miss eh nuvey..Ekm evarun sad face jahaafa jiji aa dhimaalah cry baby kiyany vec…hahaha?????
Ifoo sis Varah loabevey. Story varah reethi masha Allah ?????????????????❤️❤️??story end vaa iru marry kogen children lebey and happy ko nimanche
Shaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see how the story ends ???… Much more loves ❤️❤️❤️?????????…
awwwwwwwwwwn….. sow cute.. dhe couple vx
Afoo ❤️❤️❤️… Hehhe ???… Thankyou sooooooooo much ❤️❤️❤️?????????…
BTS for life….. Yeah I am an army…. ???Hehe u also right???
Ifooo …. vvvvvvv reethi mi part…. feeling so happy for aan…. dhen ashoo and naail ves gulhuvaala……… best writer ifooo … the best… love u dear?☺?❤❤?????????????????????????????????
Baaky kithah parts oboii dear….
Dreamer ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Love you more ???❤️❤️❤️??????…
Again ifoo..❤❤????…What i can say dear…??..❤❤????… I dnt know how to explain how beautiful this story and even this part too..❤❤????…You did your job well every part dear…❤❤????…Sifa kurun hama ehaa furihama…❤❤????…I am addicted to read this story…❤❤????..It makes my day great…❤❤????..Hithah araa komme dhuvahaku aa part eh libeyne nama ey kiyaalan..Ehaa vex reethi..❤❤????..Aan and minnu so romantic..❤❤????…Keep them happy for ever..❤❤????..Now ash and naail loves each other dhw…❤❤????..Komme vex ekaku lavvaa e vaahaka bunuvan v eh nun avahah…❤❤????…Naail and ash couple akah v ma it will be more intresting i think…❤❤????..Let see what happen in the next..❤❤????..Keep it up your good work dear..❤❤????…Really appriciated your hard work..❤❤????…Abadhu vex vrh wait kurevey next part kiyaalan…❤❤????..So waiting for next…❤❤????..Thnx for bring this part long…Hope will bring next part long too…❤❤????..Much loves dear ifoo..❤❤????….
THE BEST STORY
THE BEST WRITTER
❤❤❤❤????
Thankyou soooooo much @Ikleel ❤️❤️❤️?????????… V v v ufaavehje ???… Much loves ???❤️❤️❤️??????…
Just wow ey hama bunevey ??????? Ifoooooo alhey mi partvx haadha haadha haadha haaaaa ey rythi anehkaa ehaame rom ?????????… wooooow wooooow woooow Anehkaa aneh 2 love birds gulheny dhw ?????????… v v v rythi vaane …. curiously can’t wait for the next ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Awwwwnn ❤️❤️❤️???… Naju ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Much more loves ???❤️❤️❤️??????…
Mi story ge furihama kan mihen liyelaa comment akun Haama eh nukoah dheveyne..ehaa vx furihama .masha Allah ..I’m speechless darling ??? 58 vana part kiyaa nimun iru vx Soni vehtey varuga alhuga myny..best awesome lovely beautiful pretty good fabulous gorgeous marvelous..I have no words for you hama…Hama ehaa reethi.. Masha Allah.. waiting for the next part ???????????????
Awwwwnn ❤️❤️❤️???… Girl ❤️❤️❤️… Haadha sweet, loabi colourful comment ekey ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Ifoo akah neynge bunaane ehcheh vx ???… Much more loves ???❤️❤️❤️??????…
Hi ifoo. i really like this story.???? i am a huge fan of yours .???♀️?♀️?♀️?♀️??????keep it up!?????
Awwwwnn ❤️❤️❤️???… Thankyou sooooooooo much alkko ❤️❤️❤️?????????… V v v ufaavehje ???… Much more loves ???❤️❤️❤️??????…
I love u ifoo so so so much
Awwwwnn ❤️❤️❤️???… Love you too ❤️❤️❤️???…
Wow mi part ves v reethi. Busy koh ulhey thee adhi kiriyaa mi kiyaalhe vunee. Can’t wait for next part
Anonymous aa badhdhalu vejje. Anonymous vaahaka liyantha mi site ga??
Umm yah kiyamenun I ge story veheye vaarey therein nice to meet you donthee
Dhonthee he or she is telling false. Aslu eiy ehn meeheh alhugandaky aslu author. Vehey vaarey therein eiy alhuganduge story eh. anonymous don’t tell false
Anonymous ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It’s ok… It happens ???…
Koba vaahaka
I have uploaded the story last night ???…
Dear plc Avahah up kohba….Can’t wait mihaaru vec..hehe??❤?
I have uploaded the story last night ???…
IFOO WAITING FOR THE STORY
I have uploaded the story last night ???… Thankyou soooooo much for waiting ???❤️❤️❤️…