Skip to content
އެސްފިޔަ

ނާއިންސާފް 10

މިޝް އާއި އީން ކޮންމެވެސް އެއްޗެއް ކައްކަން އުޅެއުޅެފައި، ނުވައެއް ޖަހަން އުޅެނިކޮށް، އީން ގެއަށް ދާން ނިކުތެވެ. މިޝްކާ ކޮޓަރިއަށް ވަދެދޮރުޖެހުމާއި އެކު އަހަރެން ނިކުތީމެވެ. ފަޔަށާއި އަތަށްވެސް ތަދުވަމުން ދިޔަ ނަމަވެސް، ގޭގަ އޮންނަން ހިތް ނޭދޭތީއެވެ.

“މަށާއެއްކޮށް ތާކަށް ދާން އާދެބަ” ގޭޓުން ނިކުންނަން ދިޔަ އީންގެ، މޫނުމަތި ވަގުތުން ބަދަލުވެގެން ދިޔައެވެ. ލައިބްރަރީގައި ވީ ގޮތް ހަނދާންވީ ކަންނޭންގެއެވެ.

“ކޮންތާކަށް؟” “ހަމަ ތާކަށް” އީން ސުވާލު ކުރުމުންވެސް، އަހަރެން އެދެވޭ ޖަވާބެއް ނުދެމެވެ. އެހެންކަމުން، އީން އަޅާނުލާ ނިކުންނަން ދިޔައީއެވެ. ޔަގީނެވެ. އަހަރެން ދެކެ ރުޅިއައިސްފައެވެ.

“މިހިރީ މިޝްމެން ގޭގަ. އާދެބަ ބަލާ” އިރުކޮޅަކު ހުރެފައި، އަލީނާ ކޮންމެވެސް މީހަކަށް ގުޅިއެވެ. ކޮންމެ މީހަކަސް ހެޔޮ ކަމަށް އަހަރެން އެމީހަކަށް އިވޭނެހެން ވާހަކަ ދެއްކީމެވެ.

“މަގެންގޮސް ދީފާނަމޭ”

އީން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެނިކޮށް އެކޮޅުން ފޯނު ކަނޑާލިއެވެ. އެހެން ކަމުން ކާމިޔާބީގެ ހިނިތުންވުމަކާއި އެކު، ޕަރކު ކޮށްފައިހުރި ސައިކަލު ތަކާއި ދިމާއަށް ދިޔައީމެވެ. ލައިސެންސް ނެތެއްކަމަކު އެއީ ހުސް އަހަރެންގެ އެއްޗިއްސެވެ. އަހަރެން މީ އަބަދުވެސް އިސްރާފު ކުރާމީހަކީމެވެ.

ސައިކަލުގައި އީން އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަހަރެން ވެސް އެއްޗެކޭ ނުބުނީ އެހެންވެއެވެ. ނަމަވެސް، މި ދުއްވަނީ އެއްތަނެއްގައި ކަން އެނގިގެން އަލީނާ ސުވާލުކުރުމުން، އަހަރެން ބުނީ، ވަރަށް އަވަހަށް ދާ ތާކަށް އެބަދެވޭ ކަމުގައެވެ. އެއީވެސް އެތަނުގައި ތިން ހަތަރު ބުރު ޖެހުން ފަހުންނެވެ. އަހަރެން އީންގެ އައިކިއު ޓެސްޓް ކޮށްލާހިތްވީއެވެ.

ބީޗްކައިރީ، އެންމެ ކައިރިއަށް ދެވޭ ހިސާބުގައި، ސައިކަލު ޕަރކް ކޮށްލުމަށް ފަހު، ހިނގައިގަތުމުން އީންވެސް ފަހަތުން އައެވެ.

ދެވެނީ ކޮންތާކަށް ކަން އެނގުމުން ހަމައެކަނި އެހީ ކީއްކުރަން ކަމެވެ. ނަމަވެސް އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ.

އަހަރެމެން އިށީންދެ ތިބޭތާ އެތައް އިރެކެވެ. އަލީނާ ވާހަކައެއްނުދައްކާތީ އަހަރެން ވެސް އިނީއެވެ. ޙަޤީގަތުގައި އަހަރެން ބޭނުންވީ، އެތާ ވަގުތު ކޮޅެއް ހޭދަ ކޮށްލާށެވެ. އީން ގެނައީ، އޭނަ ހުރުމުން އިތުރު ގިނަ ކަންތައްތަކާއި ވިސްނިގެން ބޯ ހާސްވާން ނުޖެހޭނެތީއެވެ. ދެން ކައިރީގައި އަހަރެންގެ ދުނިޔޭގެ މިސް ވޯލްޑް އިނީމާ އިތުރު ކަންކަމާއި ދިމާއަށް ސިކުނޑިނުވެސް ދާނެ ނޫންހެއްޔެވެ.

ގަސްތުގައި ނޫނަސް، އަހަރެންނަށް ދިޔައީ އީން އާއި ދިމާއަށް ވަށްކަޅިން ބެލެމުންނެވެ. އީން ރުޅިއައިސްފާނެތީ ރީއްޗައް ބަލަން އަސްލު ނުކެރުނީއެވެ. އެހެރަ ރީތިކަމެކެވެ. އަހަރެން މިހާރު، އީންގެ މަންމަ ހުންނަގޮތެއްވެސް ބަލާހިތުން ކެތްކުރެވެނީކީ ނޫނެވެ. ރީތި ދަރިން ލިބޭނީ ރީތި މީހުނަށްތާއެވެ.

“ދެން އަންނަ ސަންޑޭއަކު ސްކޫލް ހުޅުވޭނެ. އަދި މިއުޅެނީ ފިލާވަޅުތައްވެސް ހަމަ ނުކޮށް. މިހެން މަޑެއް ނުކުރެވޭނެ.” ބުނަން އުޅޭ ވާހަކަ ދެއްކުމުގެ ކުރިން އީން ފެށީ، އުޒުރުތައް ދައްކާށެވެ. އީން އެހެން ބުނުމުން، އަހަރެން ދައްކާނެ ވާހަކައެއް ހަދާލީމެވެ.

“އީންވާހަކައެއް ދައްކާތޯ މި އިންނަނީ. ވަރަށް ގިނަ ފަހަރު ބުނެވިއްޖެ ދޯ އެވާހަކަ ކިޔައިދޭށޭ ދެން އަޑުނާހާ ކެތެއް ނުވާނެ.”

“އަނެއްކާވެސް އެވާހަކަ. އެއީ މާޒިން އާ ބެހޭކަމެއް ނޫނޭ. އެކަމާ ބެހޭ މީހުންނަށް އެކަން އިނގޭނެ.” އަލީނާ، ރުޅިވެރި ކަމާއި އެކު އެހެން ބުނި އިރު، ދެލޮލުން ކަރުނަ ފާއްދާލަން ނެގީ މަދު ސިކުންތުކޮޅެކެވެ. ޖުމުލަ ބުނެ ނުނިމެނީސް، ކޯތާފަތުގައި ރޮނގަކަށް ކަރުނަ ފައިބަ ފައިބާ ހުރި އިރު، އެ ކަރުނަތައް ފޮހެ ދިނުމަށް އަހަރެންނަށް އަތް ނެގުނީ އެއްވެސް އިޚުތިޔާރެއް އޮވެގެނެއް ނޫނެވެ. އީން އަހަރެންގެ އަތް ހޫރުވާލަމުން، ތެދުވެ ހިނގައިގަތެވެ.

އަހަރެން އީންގެ ފަހަތުން ގޮސް ހުއްޓުވަން އުޅުނީމެވެ. ނަމަވެސް، ބާރަށް ގޮސް، އީން ގެއަށް ވަދެ ދޮރު ލައްޕާލިއެވެ.

އެ ހަފްތާ އެއްކޮށްހެން ދިޔައީ، އަހަރެން ކޮޓަރީގައި އޮއްވައެވެ. އަތުގެ ޒަޚަމް މުޅިންހެން ރަނގަޅުވެފައި ވީނަމަވެސް، ފައިގައި އަޅަމުން ދިޔަ ވޭނަށް މާ ބޮޑު ބަދަލެއް ނާދެއެވެ.

އެކިދުވަސް މަތިން ލުވެއިޒް އާއި ޝާންމެން އައި ނަމަވެސް، ޖިހާންމެން އެންމެ ފަހަރަކުވެސް ނާދެއެވެ. އަހަރެންގެ ހިތުގައި އެމީހުންނަށް އޮތް އެކުވެރިކަމުގެ ކުލުނު ނެތިދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

އެއްދުވަހު، ލުވެއިޒް އާއި އެކު، އެލީޒާވެސް އައެވެ. އާންމުކޮށް، އަހަރެންނާއި ދިމާއަށް ބަލާގޮތަށް ނުބަލާތީ، ހައިރާން ވި ނަމަވެސް، ހިތްހަމަ ޖައްސާލީމެވެ. އެލީނާ  ނުފެންނަތާ ގިނަދުވަސް ވާ ވަރަކަށް، ހިތަށް ލިބިފައި އޮތް ހަމަޖެހުން ގެއްލެމުން ދިޔައެވެ. ހިތް އެދެނީ، އަބަދުވެސް، އީން ފެންނަފަށުގައި އުޅޭށެވެ.

ހުކުރު ދުވަހު ހެދުނު، ރުކާން އައެވެ. ޒަރީރް ސަރ، ހޮސްޕިޓަލަށް ފައި ދައްކާލަން އައުމަށް އެދޭ ވާހަކަ ބުނުމުން، އިތުރަށް ދެކޮޅު ނުހަދާ ދިޔައީއެވެ. ކުރިއަށް އޮތް ތާންގާ ކުރަން ހުރި މަސައްކަތް ހުންނާނެކަން އެނގުމުން، ފައިދައްކާލުން މުހިންމުކަން އިހުސާސް ވާތީއެވެ.

“ތީވެސް ޕޮލިސްއެއްތަ؟” ފައި ޓެސްޓުހެދުމަށް ފަހު، ނަތީޖާ ހިފައިގެން އައި ޑޮކަޓަރު އެހުމުން ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން އެހީ ކީއްވެތޯއެވެ.

“ޕޮލިސްއެއް ވެއްޖިއްޔާމު އިތުރަށް މަސައްކަތަށް ދާކަށް ނުފެނޭ. ރަނގަޅު ވާނެ، އެކަމަކު ދުވަހެއް ބުނާކަށް ނޭންގެ. މިހާ އަވަހަށް މަސައްކަތަށް ގޮއްސިއްޔާ ނިކުންނާނެ ނަތީޖާ މާ ރަނގަޅެއް ނުވާނެ.. އައިމް ސޮރީ” ބޭސް ސިޓީ ލިޔެދެމުން ބުނި ވާހަކައިން، އަހަރެންނަށް ހީވީ ހަރޓްއެޓޭކެއް ޖެހުނު ހެނެވެ. އެ ބުނަނީ ދެން އަހަރެންނަށް ފުޓުބޯޅަވެސް ނުކުޅެވޭނެޔޭ ހެއްޔެވެ؟ އެޔާ ނުލައި އަހަރެން ދިރިއުޅޭނީ ކިހިނެއްހެއްޔެވެ. ދެން މި ޖެހުނީ ދިރިއުޅޭނެ ގޮތެއް ވިސްނާކަށް ނޫންހެއްޔެވެ.

“އިތުރަށް މަސައްކަތް ނުކުރެވެންޏާ ސަރ އަކަށް ނުފެނޭ، މާޒިން މި ދާއިރާއިން އިތުރަށް ކުރިއަށް ދާކަށް. އަސްލު ތެދަށް ބުނާނަމަ، ސަރމެންނަކަށް ހިއެއް ނުވޭ މާޒިންވެސް މިކަމާ މާ ގަޔާވާހެނެއް.” ހޮސްޕިޓަލުން ނިކުންނަން ދިޔަ މަގުމަތީ ޒަރީރް ސަރ ވާހަކަދެއްކިއެވެ. ބުނާނެ އިތުރު އެއްޗެއް ނެތުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“ސޯ، ބެސްޓް އޮފް ލަކް ވިތް ޔުއަރ ލައިފް” ސަލާމަށް އަތް ދިއްކޮށްލަމުން ޒަރީރް ސަރ އެބުނީ ދެން މިގޮތަށް ދިމާނުވާނެއޭކަން އަހަރެންނަށް ދޭހަ ވިއެވެ. ރުކާން އެއްކޮށް ކާރުގައި ދިޔައިރު، އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ޖިހާންއާއި މެދު ސުވާލުކުރަން އުޅެފައިވެސް ނުކުރީއެވެ. ޖިހާން އަހަރެންނާއި ބާއްވަން ބޭނުން ނުވާ ގުޅުމެއް ބާއްވަން އުޅުމުގެ މާނައެއްވެސް ނެތްތާއެވެ. ކާރުން ނިކުތުމުން ރުކާންވެސް ވަދާއުގެ ސަލާން ކޮށްލާފައި ދިޔައީއެވެ.

މުޅި ދުވަހު އަހަރެންނަށް ވިސްނުނީ އެކަމާއިމެދުގައެވެ. ސަރ ބުނިހެން އަހަރެން މަސައްކަތް ކުރީ މާ ގަޔާވެގެނެއް ނޫނެވެ. ނަމަވެސް، މިކަމުގައި އުޅޭތާ ދެއަހަރާއި ބައިވަނިކޮށް ކުއްލިއަކަށް އެކަން ހަޔާތުން ފުހެލަން ކިހާ އުނދަގޫ ވާނެހެއްޔެވެ؟ ޙަޤީގަތުގައި އަހަރެން ހުރީ، އޭލެވެލް ނިމުމުން، ބޮޑަށް މަސައްކަތް ތެރެއަށް ވަންނާށެވެ. ނަމަވެސް….

އެދުވަހު އެއްގޮތަކަށްވެސް ގޭގައި އޮންނަހިތެއް ނުވިއެވެ. ވިސްނާވަރަކަށް ބޮލަށް ތަދުވާނީއެވެ. ދުވަސްތަކަކަށް ފަހު، ސައިކަލު ދުއްވާލެވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ލައިބްރަރީއަށް ވަދުނީ އެލީނާ މަތިން ހަނދާން ވާތީއެވެ. އުންމީދުކުރެވުނު ގޮތަށް، އެއްކަނެއްގައި ފޮތެއް ހިފައިގެން އިނެވެ.

އަހަރެން ގޮސް، އީންއަށް ފާހަގަ ނުވާ ހިސާބުގައި އިށީންދެލީމެވެ. ލައިގެން އިން ހުޑީގެ ސަބަބުން ފެނުނަސްވެސް ފާހަގައެއްނުވާނެއެވެ. މާ ގިނައިރެއް ނުވެ އީން އިން ތަނުން ތެދުވިއެވެ. ފޮތް ހަރުގަނޑަކާއި ދިމާއަށް  ދިޔުމުން، އަހަރެންވެސް ފަހަތުން ދިޔައީމެވެ.

“އީން” އަކުރުތަކަށް ދަމާލާފައި މަ ގޮވާލިގޮތުން އީން ދިޔައީ ސިއްސައިގެންނެވެ.

“އަހ ޒިން. ކިރިޔާއެއްނު ހަރޓް އެޓޭކެއް ނުޖެހުނީ އަހް” ފުންކޮށް ނޭވާތަކެއް ދޫކޮށްލަމުން ބުނެލިއެވެ. އެ މޫނުގައި ވަނީ، އާންމުކޮށް ނުހުންނަ ހިނިތުންވުމެވެ.

“އަދި އެއްފަހަރު ގޮވާލަބަލަ……. ޒިން އޭ ކިޔާފަ” އެއީ އީން މަށާ، މާޒިން ނޫން ނަމަކުން މުޚާތަބު ކުރި ފުރަތަމަ ފަހަރެވެ. ލިބުނު ހައިރާން ކަމުގައި ވާހަކަ ދެއްކުނު އިރު، ބަސްތައް ބޭރުވަމުން ދިޔައީ އެއްވެސް އިޚުތިޔާރެއް ނެތިއެވެ.

އެލީނާ، އަހަރެންނަށް ބަލަހައްޓައިގެން އެގޮތުގައި ހުއްޓެވެ. އެއްވެސް އެއްޗެއް ނުބުނެ އެގޮތަށް ތިބެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭންގެއެވެ. ބަލަން ހުރި މީހަކަށް ހީވާނީ، ކޮރެއާ ސީރިޒްއެއްގެ ތަންކޮޅެއް ކުޅެލަނީއޭއެވެ.

“ފައިން، ޒިން.. މިތާ ކީތް ކޮށްލަނީ؟” އެންމެ ފަހުން އީން ބުނެލިއެވެ.

އަހަރެން އެއްވެސް ކަމެއް ނުކުރަމޭ ބުނެ ނުނިމެނީސް، އެލީނާ ދާން ހިނގައިގަތެވެ. ދާން ހިނަގައިގަންނަމުން، އަހަރެން، ޖީބުން ނެގި އެއްޗެއް، ފޮތްތަކެއް ކައިރީ ބާއްވާލީމެވެ.

މަނާކަމެއް ނަމަވެސް އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިބީމެވެ. ފަސްގަޑި ބައިވާން އުޅެނިކޮށް ގެއަށް ދާން ވެއްޖެކަމަށް ބުނެ އަހަރެން ތެދުވީމެވެ.

“ކޮބާ ފޯނު؟” ހުސް ޖީބުގެ އެތެރެ ފޮތިކޮޅެ ބޭރަށް ނެރެމުން އަހަރެން، ބުނެލުމާއި އެކު، އީން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ.

“ގެނައިންތަ؟”

“ބަލަ މީ އެކާވީސް ވަނަ ގަރުނޭ. ފޯނު ބާއްވާފަ މީހުން ތަންތަނަށް ދޭތަ” ކުރިންވެސް ވިސްނައިގެން ހުރި ރައްދު އަހަރެން ދިނީމެވެ.

“އަޅެ ގުޅާލަ ދީބަ.” ފޯނަކީ ކިހާ މުހިންމު އެއްޗެއްކަން އެނގޭތީ، އެއްޗެކޭ ހިތަށް ނާރުވާ އީން އަހަރެންގެ ނަމްބަރަށް ގުޅައިދިނެވެ. އީން ފޮތް ނަގަން ދިޔަ ހަރުގަނޑާއި ދިމާއިން، ފޯނު ރިންގުވާ އަޑު އިވެން ފެށުމުން، އަހަރެން އެދިމާއަށް ހިނގައިގަތީމެވެ. ފަހަތުން އީންވެސް އައެވެ.

“ކިހިނެއް ތީތި މިތަނަށް……..”

“ނޭންގެ.. ބަޓް ތޭންކްސް.” އަަހަރެން ގަސްތުގައި ކުރި ކަމަކާއި ބެހޭގޮތުން ދޮގުނުހަދަންވެގެން ބާރަށް ހިނގާފައި ނިކުންނަން ދިޔައީމެވެ. އެއިރުވެސް އަހަރެންގެ ގާތަށް ލާނެއް ހިންޏެއް އަންނަމުން ދޔައެވެ. ކޮށްލެވުނު ކަންތައް ހިތުން ވަރަށް މޮޅީއެވެ.

މިސްކޯލެއް އައިސްފައި އިން ނުދަންނަ ނަމްބަރ އީންޖަހާފައި ސޭވް ކޮށްލިއިރު، އަހަރެންނަށް އެވަރަށް ހިނިތުންވެފައި ހުރެވުނީ ކީއްވެކަމެއްވެސް ތެދަށް ބުނާނަމަ ނޭންގެއެވެ. މިޒަމާނުގަ މިއުޅޭ ފިރިހެންކުދިން ހެން ނަމްބަރު ހޯދަން އާދޭސް ކުރާކަށް އަހަރެން ނުދާނަމެވެ. ދެއްވާފައިވާ މެގަ މައިންޑް ގައި އެއަށްވުރެން މޮޅު ގޮތްގޮތް އެބަހުއްޓެވެ.

…………….

ސްކޫލް ފެށުނު ނަމަވެސް ފުރަތަމަ ހަފްތާ އަހަރެން ސްކޫލަކަށް ނުދަމެވެ. ދެވަނަ ހަފްތާ ސްކޫލަށް ދިޔުމާއިއެކު ދަންނަ އެންމެންހެން ސުވާލު ކުރަމުންދިޔަ ނަމަވެސް އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ދޭނެ ޖަވާބެއްވެސް ނެތީއެވެ.

ކުރީ ޓަރމް އާއި ޚިލާފަށް މަ ކިޔަވަން މަސައްކަތް ކުރީމެވެ. ރުފިޔާ ހުއްޓެއް ކަމަކު، ކިޔެވުމުގެ މުހިންމުކަން އެނގޭތީއެވެ. ފައި މުޅިން ރަނގަޅު ނުވާތީ، އަހަރެންނަށް ޖެހުނީ މަންމަ ގޭގައި މަޑުކުރާށެވެ. މަންމަ، ހޮޓެލްއަށް ދިޔަ ނުދިނީއެވެ. ނުކިޔަވާނެކަން އެނގޭތީ ކަންނޭންގެވެ.

ކިޔެވުމުގައި އަބަދު އުޅެން ޖެހޭތީ، ލުވެއިޒްމެންގެއަށް ގޮސްލާ މަދު ފަހަރަކު ނޫނީ، އެލީނާއެއް ނުފެނެއެވެ. އެފަދަ ދުވަސްތަކުގަވެސް، އުޅެން ޖެހެނީ ލުވެއިޒްމެންނާއި އެކު ކޮންމެވެސް ސަކަރާތެއް ޖަހާށެވެ. ހިތް ބުންޏަސް، ލޯބިވެވޭކަން ޤަބޫލުކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ. މާޒީގައި ކަންތައް ވެގެން ދިޔަގޮތުން، އެފަދަ ރިސްކެއް ނަގާނެހާ ހިތްވަރު ނެތީއެވެ.

……………

“މިހާރު ހާދަ ޚަބަރެއް ނުވެޔޭ” ކޮފީތަށި ބައިންދަދެމުން ޝީން ބުނެލިއެވެ.

އާދައިގެ މަތިން އަހަރެން ހިނތުންވުމެއް ދިނީމެވެ.

ޓެރަސް ފްލޯކަމުން، ތަނުގައި ވީ ފަނޑު އަލިކަމެކެވެ. އަހަރެން އިނީ ކަނެއްގައި، އެންމެ އަނދިރި ތަނުގައެވެ. މީހުން ގިނައެއްކަމަކު، މާ ބޮޑަށް މަ އަޅައެއް ނުގަންނާނެއެވެ. އަނެއްކޮޅުން އެރޭވެސް އަހަރެން ލައިގެން އިނީ ކަޅު ހުޑީއެކެވެ.

“ހަމަ ޕޮލިސްއަށް ވަންނާކަށް ނުވިސްނަންތަ؟” ފަހަތުގައި ހުރި މޭޒުގައިކައިރީ އިށީން މީހުންނާއި ދިމާއަށް ބަލައިލެވުނީ ދަންނަ އަޑެއް ކަމުންނެވެ. ޖިހާން އާއި އަފްޒަލް އެހާ ގާތްވީ ކޮން އިރަކު ހެއްޔެވެ؟

“ތިހެން އުޅެނިކޮށް ބަޓު ވާނީ… މާޒިން އަށް ލިބުނު ކަހަލަ ލަނޑެއްވެސް ލިބިދާނެއްނު” ދެންވެސް ވާހަކަ ދެއްކީ ޖިހާންއެވެ. މިމީހުން އިތުރަށް އަހަރެންގެ ވާހަކަ ދައްކަން ޖެހޭ ހެއްޔެވެ. މިހާރު އެހާދިސާއަށް ފަހު މަހެއްވާން ކައިރި ވަނީއެވެ. މަސްކެއުމޭ ކިޔަނީ މިޔަށްތާއެވެ. އެއީ އަހަރެންވެސް ދެން ދުވަހަކު ނުކުރާ ކަމެކޭ ނުބުނާނަމެވެ. އެކަމަކު އެކުވެރިންގެ ވާހަކަ އެގޮތަށް ދެއްކުމަކީ އަހަރެން ދުވަހަކު ކުރަން ހިތުލިވެސް ކަމެއް ނޫނެވެ.

“އެއީ ކައެ ގަސްދުގަ ކުރި ކަމެއްނު..” ކޮފީތަށީގައި ތުންޖަހާލިތަނާ އަފްޒަލް ބުނެލި އެއްޗަކުން، އަހަރެންނަށް ހީވީ މީހަކު ކަރަންޓު ޝޮކެއް ދިންހެނެވެ. ހޫނު ކޮފީތަށި ގަޔަށް ވެރުމުން، ވީ އުނދަގޫ، ބޮޑު ކަމަކަށް ނުވީވެސް އެހެންވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. Neko

    Yeyyy again neko 1st…..kiaalaafa comment eh kollaanan ingey mosta?

    1. Monsta
      Neko

      Hehe sure

    2. Monsta
      Neko

      Congaragara ??

  2. deax

    Oh sis nice mi part ves but I miss my luvaiz please luvaiz ge seen eh please، nicework sis keep it up love this part too. ??????????????????
    And I am 1st this time
    Congratulate me ???
    When is next part can’t wait so many mistries

    1. Monsta
      deax

      Schl feshunyma bussy euy Draxx… and Luveiz ge parts ehaa baivaru nuhunnany mi myhun age aa eyna age match nuvaathy and he us always busy in meetings and conferences. Business man ehh vyma. And maaxin ves Alevel hadhaairu abadhu luveiz ekkohshehh noolheveynehhnu. Got the point?? Hehe. Anekkaaves story ga chuhty akaa hisaabah foaryma Luceiz bai bodu vaane. Hehe thanks ingeyy

  3. deax

    Oh I am second what ever congratulate me lovely sister

    1. Monsta
      deax

      Thyny nubaii namehh jahaafa Drax. Ehehe dhen congraa

  4. Neko

    Jihaan….how can he do that?….hehe….so maaz is fallin for ely….oww i love it . .hehe….and monta aslu dhemiihun ekaku anekakah balan stuck vefaa thibey thanthanun sifa vanii hindhi drama….? hama thedheh kurin rey neko beli eccheh ga vs baraabaru 3 mins vandhen ekaku anekakah balan thibi than dhekki ??ehen balan stuck vefa thibey gadi gadii 4-5 mins ge lava lava e miihun dhakkaalaane……??? ….oww and maax ge mega mind ma sha allah..wah wah kiikey dhn bunaanii…? vaahaka varah ves salhi ….thi gothigaa nimendhn vs genesdhecche ingey monstiiii?? .. ow and finally maaz schl ah gossi dhw..lol..ely ekkon bureh jahaalan dhw mi dhiaiii….but i wonder what has she done….i mean komme faharaku ely ah rovenii eyna ekamaa v guilty vaathiikan yageen…..any ways…vaahaka v habeys…keep up the good work….may allah bless you my dear…..ingey adhi monstaa nidhan nuulheynekan ekam vs good night?????

    1. Monsta
      Neko

      Hehe you know me well lol ?. Remember ehkala korean series the heirs?? Eyga gothah balan thibeyny stuck vega?? lol. Yup een is guilty. And evarah guilty vanyy kurevifa oii kanves boduvyma dhww. Wait for the truths to come out and specially for maaxins reaction ???❤️
      Neko ahh ves good night ingeyy

  5. Lilly Aish

    Wow great story. I am just wondering how you are writing the story. This is just superb just superb ???????????????????????????

    1. Monsta
      Lilly Aish

      hehe Thankss 🙂 🙂

  6. Kud@@

    Awwwwnnn ?.. Een and Maazin.. vrh salhi mi bai ves.. waiting for the next one.. avas kollahchey Monsta

    1. Monsta
      Kud@@

      hehe thanks kudad… Maadhama next episode up kohdheynan Insha Allah

  7. jiji

    Monstaaaaaaaaaaaaa?????????????❤❤❤❤…Alhe story haadhahaa loibbey dhw…..Awwn…maazin is falling to een dhw..Sis yuh are talented hama…Keep going ingey darla…Luw yuh???????

    1. Monsta
      jiji

      ahaha Thankss varah bodahh.. Yep he is.. kind of hehe.. Thanks..

  8. Roo

    Dear writer. Can you tell how many parts are in this story.. approximately how many parts?

    1. Monsta
      Roo

      ummm adhi neynge bunaakah… 45 ahh vure gina nukuraanan Insha Allahh.. Faharehga eyah vure maa madhuves vedhaane.. But hama regular koh up kohdheynan Insha Allah

  9. Hiii

    ☺?????

    1. Monsta
      Hiii

      🙂 😀 😛 🙂 😉

  10. aaliya

    mifaharu vx last… urghhh 🙁 story hama vrh habeys…. that jihaan i’ll not spre u ingey magey zin ah ehen hedhyma… n een n zin dhw vrh matching couple eh… wow! furathama maazee ey kiyaafa ninmaafa teres bai aeema i thought maazee kamah mi kiyany… dhn mi hithah arany maazeega vx jihaan menna frnd baa ey… dhn mi fenuny maheh v ey in than :> keep it up sis… luv yuh! :*

    1. Monsta
      aaliya

      Thankss a lot aaliyaa.. hehe so hama Maaxin aa Een aa ship kuranvy?? Maaxin ge maazy Insha Allah, twelveth episode ga geneshdheynan. ?? thanks again ❤️?

  11. Anonymous

    Ma sha allah story varah ves salhi kuriah gendhamun dhaa goyy v furihama….. keep up the good work may Allah bless u my dear

    1. Monsta
      Anonymous

      Thankss a lot anonymous… ??❤️

  12. Rai

    masha allah varah salhi.Maazin is totally falling for een. I the reason why she is feeling guilty. because she have did a big mistake.if she reveal the truth maazin will hate her.

    1. Monsta
      Rai

      Hehe thanks. Yep Een is really guilty and yeah maaxin rulhi ves aisfaane. But sorry Een ge past ehaa avahakahh naannaane ??❤️ Thankss again

  13. Luc!f3r

    I just read the whole story up to date last night.. u have almost no mistakes.. n this story really caught my interest

    1. Monsta
      Luc!f3r

      Really thankss. Monsta varah try kuran mistakes avoid kureveythoves. Kuriahh oii thaangaves mi gothahh masaiikaii kuraanan Insha Alah. Thankss ❤️?

  14. yellow storm

    the sheeesh zin. I wish zin my number katuvaalane nam ey ehen

    1. Monsta
      yellow storm

      Hehe. U ehn zin number hoadhabala ???

Comments are closed.