ބެލްކަނީގައި މާޝީ ހުރީ ތިރީގައި ހިނގައި މަންޒަރު ތަކަށް ފުރިހަމަ ސަމާލުކަމެށް ދީގެންނެވެ. މާލޭގެ ހަލަބޮލި މަގުތަށް ފެންނަލެށް މާޝީއަށް ވަރަށް ހިތްގައިމެވެެ. މާޝީީ އިރުކޮށްކޮޅާ ފޯނު ނަގައިި އެ މަންޒަރު ފޯނުގައި ރައްކާކުރެއެވެ. އޭރު ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. ބެލްކަނީގެ ހިތްގައިމު އެކި ކަހަލަ ގަސްތަށް ވެސް މާޝީ ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ދިހަ ވަރަކަށް މިނެޓް އެހެން ހުރުމަށްފަހު މާޝީ އައިސް ބެލްކަނީގައި އިން ހެއްލާ އުނދޯލީގައި ޖައްސާލިއެވެ. އަދި ވައިފައި އޮން […]
ހަޔާތުގެ ދުވަސް ތައް ވަރައް ބުރަކޮއް ހޭދަ ކުރަން އަހަންނައް މިއަދުވަނީ މަޖުބޫރުވެފައެވެ. ސުކޫލުން ގެޔައް އަންނަ ގޮތައް އަހަންނައް ޖެހެނީ ޒުލްފައްތައައް ކާންހަދާ ކައްކާށެވެ. ގޭތެރެ ސާފު ކުރުމާއި އަދި މި ނޫންވެސް އެކި އެކި މަސައްކަތެވެ. އެގޭގައިގެން ގުޅޭ ނޯކަރެއް ހެން އަހަރެން އެގޭގައި އުޅެނީ ވަރައް ކެއްކޮއްގެންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އަމިއްލަ އަތުން އެއްޗެއް ހަދައިގެން ކެވޭ ވަރެއް ދުވަހަކުވެސް ނުވެއެވެ. އޭރު އަހަރެން އެޅެނީ 10 އެއްގަ ކަމެއް ޒުލްފައްތަ […]
“ދެން ކީއްކޮށްދޭންވީ؟” އެންމެ ފަހުން އެރުވި އެންމެ ބޮޑު ހަވާގެ ކަނިތައް ގެއްލުމުން، އަސްލާން އަހަންނާއި ދިމާއަށް ބަލައިލާފައި އެއްސެވެ. އެ ވަގުތު ކުއްލިއަކަށް ހިތަށްއެރި އެތިން އިސްޖަހައިލެވުނެވެ. މިފަހަރު އަމިއްލައަށް ކަމެއް ހުށައެޅުމަކާއިނުލައި އޭނާ ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެން އިސްއުފުލައި ސީދާ އަސްލާންގެ ލޮލަށް ބަލައިލީމެވެ. “އަހަރެންގެ…ބަލި ރަނގަޅުކޮށްދެވޭނެތަ؟” ******************************* މަޑުމަޑުން އަހަރެން ބުނި ޖުމުލައިން އަސްލާންގެ މޫނުގެ ކުލަވަރު އޮއްސުންތަން ދުށީމެވެ. ވަގުތުން މުޅި މާހައުލުގެ ވައިވެސް ބަދަލުވިކަހަލައެވެ. “ތި… ނޫން […]
ހެމުންދާ ރޯޅިތައް ފިނިވާން ފަށަައިފިއެވެ .ތެއްފިންނެވެ. ކަޅުވިލާގަނޑުތެރެއިން ގެހެމުންދާ ރޯޅިތައް މަޑުމަޑުން ޒޯޔާގެ ދޮންކޯތާފަތުގައި ބީހެމުންދެއެވެ، މާ ގިނަ އިރުތަކެއް ނުވެ ވާރޭވެސް ވެހެންފަށައިފިއެވެ . ވާރޭތިކިތައް ޒޯޔާގެ ލޫޅާފަތި ހަށިގަނޑުގައި ބޮސްދެމުންދެއެވެ. ނަމަވެސް މިވަގުތު ޒޯޔާ އައް އެއިން އެއްވެސް ކަމެއް އިހުސާސްވާކަހަލަ އެއްނޫނެވެ. އެއައްވުރެބޮޑަށް ޒޯޔާގެ ހިތްވަނީ ކުދިކުދިވެފައެވެ. ބިންމަތީގައި ކަކޫ ޖަހައިގެން ޒޯޔާގެ ރޯމަންޒަރު ފެންނަ މީހަކުގެ ހިތް ހަމްދަރުދީ އިން ފުރޭނެއެވެ. ”ނޫންންންން!!!!! ”. ޒޯޔާ ބޮލުގައި ދެއަތް އަޅާ ބާރަށް […]
“ހައިޒަލް…” ނައިނާގެ މޫނުމަތިން ފެނުނު ހައިރާންކަމާއިއެކު ހައިޒަލްގެ ނަން އެދުލުން ބޭރުވިއެވެ. އެއާއިއެކު ހައިޒަލް ނަގަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއްއައިރު އެ ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. އަމިއްލަ އިހުސާސްތައް ފޮރުވާލަމުން ފިނިވަމުން އައި އަތްތިލަ ޖީބަށް ޖަހާލިއިރު ހައިޒަލް އެންމެ ފަހަރަކުވެސް ފަސްއެނބުރި ނައިނާއާއި ދިމާލަށް ބަލާނުލިއެވެ. “ސްޓޮޕް…” ހައިޒަލްގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ބާރު ފިޔަވަޅުތަކެއްގައި އައި ނައިނާގެ ފިޔަވަޅުތައް އޭނާއާއި ކައިރިވުމާއިއެކު ހައިޒަލް އަމުރުވެރިގޮތަކަށް ބުނެލިއެވެ. އެއާއިއެކީ ކުރިން މޫނުމަތިން ފެނުނު ކުލަވަރު ފޮރުވާލުމުން ނައިނާއާއި […]
މާޒިންގެ ނަޒަރުން ………… އަހަރެންނަށް ހޭލެވުނީ، ވަރަށް ލަސްވެފައި ހުއްޓައެވެ. ހޮނިހިރު ދުވަހެއްކަން ވެސް ނަސީބެވެ. އަބަދެކޭވެސް އެއްގޮތަށް ތެދުވެ އަހަރެން ފޯނު ބަލައިލީމެވެ. ސިހުނީ ލުވެއިޒް ބައިވަރު މެސެޖުކޮށްފައި ހުރުމުންނެވެ. ދެތިން ފަހަރަކު ގުޅާފަ ވެސް އިނެވެ. ރޭގެ ހާދިސާ ލުވެއިޒްއަށް އެނގުނީހެއްޔެވެ. އަލީނާ ގެއަށް ގޮސް ލުވެއިޒް ކައިރީ ކިޔާލީހެވެ؟ އަނެއްކާ އަނެއް ހަކަންތަކެވެ. މި އަންހެން ކުދިންނަށް މީހުން ކައިރީ ކިޔަން ޖެހޭ ވާހަކައާއި ކިޔަން ނުޖެހޭ ވާހަކަވެސް ވަކިކުރާކަށް ނޭންގޭނެއެވެ. މެސެޖުތައް […]
“އަސްލާން…” ލޯ ހުޅުވައިލިއިރު ކުރިމަތީ އަސްލާންއެއް ނެތެވެ. ******************************* “ޕޮއް!” ފަހަތުން އިވުނު އަސްލާންގެ އަޑަށް ސިހިފައި އަހަންނަށް ފުންމައިގެން އެނދުން ތެދުވެ ފަހަތަށް ބަލައިލެވުނެވެ. އެނދުމަތީ އުޑުފައިން އަރާ އިން އަސްލާން، އަހަންނަށް ވީ ގޮތް ފެނިފައި ކާމިޔާބީން ހޭންފެށިއެވެ. “ކިރިޔާއޭ ހިތް ނުހުއްޓުނީ.” އަސްލާންއާއި ޖެހިގެން އިށީންނަމުން އަހަރެން ބުނީމެވެ. “ހިތް ނުހުއްޓެއްޗޭ.” އަސްލާން ބުންޏެވެ. “ކިހިނެތްވީ އަތަށް؟” ބެންޑޭޖު އޮޅާފައިވީ އަހަރެންގެ އަތް ފެނި އަސްލާން ކަންބޮޑުވެފައި އެއްސެވެ. އަހަރެން ކެއްސައިލިއަސް ބަލިވީކަމަށް އޭނާ […]
ލޮބުވެތި އެކުވެރިން . އަދި މި ޑައިރީ ކިޔާ މީހުން . މި ޑައިރީ އަކީ އަސްލު ހަޤީޤީ ވާހަކަ އަކަށް ބިނާ ކުރެވިފައިވާ ޑައިރީއެވެ . މި ޑައިރީން ފިލާވަޅެއް ނެގުން އެއީ އަހަރެންގެ އުއްމީދެކެވެ . އަދި ކޮންމެ ވެސް އެއް ދުވަހަކުން މި ޑައިރީ އެސްފިޔަ އަށް އަޕްލޯޑު ކުރާނެ ވާހަކަ ދަންނަވާލަމެވެ . މީގެ 21 އަހަރު ކުރިން . އަހަރެންނަކީ ކުޑަ ކުއްޖަކީމެއެވެ . އަހަރެންނަށް ވަރަށް ވެސް ލޯބި […]
ނާއިލް ފެނުމާއެކު އެވަގުތުކޮޅުވެސް އަޝްރާ ފިނިވެގެން ދިޔައެވެ. ޒަހާ އޭނަގެ ކޮނޑުގައި ކޮށްޓާލަމުން ދާށޭ ބުނުމާއެކު އަޝްރާ މަޑު ފިޔަވަޅުތަކެއްގައި ނާއިލްގެ ގާތަށް ދިޔުމަށް ހިނގައިގަތެވެ. އޭރު އޭނަގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނާއިލްގެ ކުރިމަތީގައި އައިސް ހުއްޓުނު އަޝްރާ އެފިރިހެންވަންތަ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެމޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވާއިރު މޫނު މަތީގައި ވަނީ ތާޒާކަމެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީއެއްގައި ހުރިއިރު […]