ގެއްލިގެންދިޔަ ހުރިހާ ކަމެއް ކަރަންޓު ޝޮކެއްހެން ހަނދާނުގައި ދުވެގަތީ ކުއްލިއަކަށެވެ. ފުންމައިގެން އެނދުން ތެދުވެވުނެވެ. “އަސްލާން!!!” ******************************* ކުރިމަތިން ފާޅުވި އަސްލާން ގައިގައި އަހަންނަށް ބައްދައިގަނެވުނެވެ. އަސްލާންގެ ނަން ދެތިން ފަހަރަކު ތަކުރާރުކުރެވުނީ އަނެއްކާވެސް ހަނދާނުން ފިލައިފާނެ ކަމުގެ ބިރާއިހެދިއެވެ. “ކިހިނެތްވީ؟” އަސްލާން ކަންބޮޑުވެފައި އެއްސެވެ. އެ ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް ނުލިބުނެވެ. މުޅި ދުނިޔެއިން ވެސް އެންމެ ލޯބިވާ މީހާ މުޅިން ހަނދާން ނެތުނީ ކޮންއިރަކު ކަމެއް ނޭންގެއެވެ. އޭނާގެ ހަނދާންތަކާއި ނުލައި އާދައިގެމަތިން […]
ވިއްސާރަ ރެއެކެވެ. އިޝާ ނަމާދު ވަގުތު ވެހެންފެށި ވާރޭ މިހާރު ކުރިއަށްވުރެވެސް ބޯކޮށްލައިފިއެވެ. ބޯކޮށް ވާރޭ ވެހެމުންދާއިރު އެންމެންވެސް ބަލާނީ ރަޖާދަށަށް ވަދެ އަރާމުކޮށް ނިދާލެވޭތޯއެވެ. ނަމަވެސް އަހަރެން ނުނިދާ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ފިރިމީހާއަށެވެ. އިރުއޮއްސުނުއިރު ނުކުމެގެން ދިޔަ މީހާ އަދި ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރިގޮތަށް މޭޒުމަތިން ތަށިތައްވެސް ހުރީ ނުނަގައެވެ. ޝާފީ ނިންދެވުމަށްފަހު އަހަރެން އުޅުނީ ހެދުންތަކެއް ފެހުމުގެ މަސައްކަތުގައެވެ. މިރޭ ކޮންމެހެން މި މަސައްކަތްފެށީ ނަޒީލް އަންނަންދެން ހޭލާ އިނުމުގެ […]
ޝަލީން ފަރި ހިނގުމެއްގައި އައިސް ކާރަށް އެރިއިރު ހައިޒަލް ކާރުދުއްވާލައިފިއެވެ. އޭރު ތަންކޮޅެއް ދުރުގައި ޕާރކްކުރެވިފައިވާ ކާރުގެ ވިންޑްސްްކްރީން ތިރިކޮށްލައިގެން މަޔާން އިންއިރު އެ މޫނުމައްޗަށް ވެރިވެފައިވަނީ ތަފާތުކުލައެކެވެ. ހަނިކޮށްލެވިފައިވާ ދެލޮލުން ރުޅިއާއި ނަފްރަތު ނޫން އެއްޗެއް ނުފެނެއެވެ. މަޔާން އިރުކޮޅެއްވާންދެން ހައިޒަލްގެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ކާރު ދުރަށް ދުއްވައިލައިފިއެވެ. *** *** *** *** *** *** މަޔާންގެ އަމިއްލަ ނަފްސު މައިތިރިނުކުރެވިފައި އިނދެ ސަރަކައިގެ ހިފާލެވިފައިިވާ އަތަށް ބާރުކުރަމުން ގައި […]
އައިރީން ހިނިތުން ވެލައިގެން ހުރީ ހަވީރީ ބޮޑު ހެދުމެއްގައެވެ. އޭރު އޭނާގެ އެކުވެރިން 14ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ދިޔައެވެެ. އައިރީން ވެސް ޝުކުރިއްޔާއޭ އޭނާގެ ރީތި އަޑުން ބުނަމުން ދިޔައެވެ. އައިރީންގެ ތުންފަތުގައި ވީ ނުފިލާ ހިނިތުން ވުމެކެވެ.މިއީ ސަޕްރައިޒް ޕާޓީއެކެވެ. މަންމަ އާއި ބައްޕަގެ ރޭވުމެކެވެެ. އަބްދުވެސް އައިރީންގެ އުފަންދުވަސް އޮންނާނީ ވަރަށް ފަޅު ކޮށެވެ. ނަމަވެސް 14ވަނަ އުފަން ދުވަސް ވީ ވަރަށް ފުރިހަމަ އުފަންދުވަހަކަށެވެ. އައިރީންގެ އާއިލާ މީހުންނާއި ރަހްމަތްތެރިންނާއެކު އުފާވެރި […]
ހައިޒަލް އިރުކޮޅެއްވަންދެން ކެންޓީނުން ބޭރުން އެ މަންޒަރު ދެކެން ހުރެފައި ކެންޓީންތެރެއަށް ވަދެެގެން އައިސް ނައިނާ އިން މޭޒު ކައިރީ އިށީނެވެ. އެއާއިއެކު ސިމިސިމި ލެވުންތައް އިތުރަށް ބާރުވިހެން ހީވިއެވެ. ނައިނާ ހަައިޒަލްއާއި ދިމާލަށް ބަލާލުމެއްވެސް ނެތި ވަގުތުން ގޮނޑިން ތެދުވިއެވެ. “ނައިނާ… އިށީދޭ…” ހައިޒަލް ނައިނާގެ އަތުގައި ހިފަހައްޓަމުން އަމުރުކުރިއިރު ނައިނާ ހައިޒަލް އަތްތިލަ އޭނަގެ އަތާއި ގަދަކަމުން ވަކިކުރަމުން ކެންޓީނުން ނިކުންނަން ހިނގައިގަތެވެ. މެންދުރުގެ ހޫނުކަމުން ފިއްސަމުންދިޔަ މަގުތަކުގައި ނައިނާ ހިނގަމުންދިޔައިރު ފަހަތުން ހައިޒަލްގެ […]
އަހަރެންނަށް ބެލެމުން ދިޔައީ ފޯނަށެވެ. އީންގެ ލޮކޭޝަން ލިބުމުން، ދެން ނުބަލާ ހުރެވޭނީވެސް ކިހިނަކުން ހެއްޔެވެ. އީންގެ ލޮކޭޝަންއެއް ނޫނެވެ. އީންގެ ޖެކެޓުގެ ލޮކޭޝަންއެވެ. ދާ ގޮތަށް ގޮސް ދޮންނަ މެޝިނަށް ނުލައިފިއްޔާ ރަނގަޅެވެ. ފޯނަށް ގެއްލިފައި ހުރެވުނު ވަރުން، ހޮޓެލްގައި ތިބި މީހުންކިޔަމުން ދިޔަ އެއްޗިހި އަޑެއްވެސް ނީވުނެވެ. އަސްލު އަޑު އިވުނެވެ. ގެޓު ނުވީއެވެ. “ސަރ، ލިފްޓުން ކަރަންޓު….” ބުނިމީހަކަށް ބުނެވުނީ އެހިސާބަށެވެ. ލެއްޕެން ދިޔަ ލިފްޓުދޮރުގައި އަތް ޖައްސާލެވުމާއި އެކު ކޮންމެވެސް ގޮތެއްވިއެވެ. […]
އަހަރެންގެ އުމުރުން ފަނަރަ އަހަރު ފުރިއްޖެވެ. އުޅެވުމުން އަންނަނީ ދުނިޔޭގައި އެއްވެސް މީހަކު ނޫޅޭ ފަދައިންނެވެ. އަހަރެންް ކިޔެވުމަކަށް ސަމާލު ކަމެއް ނުދެމެވެެ. ނަމަވެސް ނަމެއްގައި ސްކޫލަށް ދަމެވެ. އެއްބާ ދުވަސް ދުވަހު ލޭޓް ވެގެންނެވެ. އަނެއްބާ ދުވަސް ދުވަހު ތިން ގަޑި ދެގަޑި ކިޔަވާ ނިމެނި ކޮށެވެ.އަހަންނަށް ލިބެނީ ހުސް ނުބާ އެކުވެރިންނެވެ. އަހަންނަށް އެ މީހުންނާއެކު އެެތައް ފަހަރަކު އެންޖޯއީ ކުރެވެއެވެ.އެއީ ވެސް ވަރަށް ނުބާ ކޮށެވެ. ސިނގިރޭޓާ ޑްރަގާ.. އޭތި މީތި އަހަރެން […]
“އިޓްސް އޯކޭ.” އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަ ރޮނގު ފޮހެލާފައި އަސްލާން ބުންޏެވެ. “ސޮރީ ބުނަންޖެހެނީ އަހަންނެއްނު. ލުއާ އަހަންނަށް ނުގޮވަފާނެތީ ބުނަން ނުކެރުނީ.” އަނެއްކާވެސް އަސްލާން ވާހަކަދެއްކީ އަސަރެއް ނެތް އަޑަކުންނެވެ. ހުރިހާ އިހުސާސެއް ފޮރުވަމުންނެވެ. “އާނ ދެން މީގެ ފަހުން އަހަންނެއް ނުގޮވާނަން.” ******************************* އަހަރެންގެ ޖުމުލައިން އަސްލާންއަށް ހީވީ އަނެއްކާ އަހަންނަށް އޭނާގެ މޫނުމަތީ ޖެހުނުހެންނެވެ. “އަސްލާން ބޭނުންއިރަކު އަންނާނީ.” “ނޫން! ލުއާ ނުގޮވަންޏަކާ އަހަންނަކަށް ނާދެވޭނެއޭ!” އަސްލާން ހީވީ އަނެއްކާވެސް ރޮވެން […]
ރަށުތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. ފިކުރުތަކާ ޚިޔާލުތަކުން މިންޖުވެފައިވާ ސިކުނޑިތައް ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދެއެވެ. ދުވާލުގެ ބުރަ މަސައްކަތުން ވަރުބަލިކަމާއި ލޮޑުކަން ލިބިފައިވާ ހަށިތައް އަރާމުގެ ދާންތަކުގައިވާ ހާލުގައެވެ. މިފަދަ ވަގުތެއްގައި ނިންޖާ އަރާމުން އެއްކިބާ ވެފައިވާ ބަޔަކުވެސް ތިބޭނެތާއެވެ. އާނ އެކެވެ. ލީޒާގެ ހާލަކީ ވެސް އެއީ އެވެ. ކަރުނައިން ފޭދިފައިވާ އެެލޮލުގައި ވަނީ ހިތާމަޔާ ހިތްދަތިކަމުގެ ވޭނީ އަސަރުތަކެވެ. ހަނދާނުގައި އާވެ އާލާވަމުން ދަނީ ހަޔާތުގައި އޭނާއަށް ކުރިމަތިވެފައިވާ ބަދު ނަސީބު ތަޖުރިބާއެވެ. މީހަކުދެކެ އިންތިހާ އަށް ލޯބިވެވިމެ، އެފަރާތުން އޭނާއަށް ކުރިމަތި ކުރުވި ވޭނާ ކެކުޅުމެވެ. ރޭގަނޑުވެ އެކަނި ވުމުން އެޚިޔާލުތައް ލީޒާ އަށް އުނދަގޫ ކުރެއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ހިތި މާޒީގެ ފުން ކަނޑުތެރެއަށް އެއްވެސް ރަހުމެއްނެތި ޣަރަގު ކޮށްލައެވެ.