ހައިޒަލް އިރުކޮޅެއްވަންދެން ކެންޓީނުން ބޭރުން އެ މަންޒަރު ދެކެން ހުރެފައި ކެންޓީންތެރެއަށް ވަދެެގެން އައިސް ނައިނާ އިން މޭޒު ކައިރީ އިށީނެވެ. އެއާއިއެކު ސިމިސިމި ލެވުންތައް އިތުރަށް ބާރުވިހެން ހީވިއެވެ. ނައިނާ ހަައިޒަލްއާއި ދިމާލަށް ބަލާލުމެއްވެސް ނެތި ވަގުތުން ގޮނޑިން ތެދުވިއެވެ.
“ނައިނާ… އިށީދޭ…” ހައިޒަލް ނައިނާގެ އަތުގައި ހިފަހައްޓަމުން އަމުރުކުރިއިރު ނައިނާ ހައިޒަލް އަތްތިލަ އޭނަގެ އަތާއި ގަދަކަމުން ވަކިކުރަމުން ކެންޓީނުން ނިކުންނަން ހިނގައިގަތެވެ.
މެންދުރުގެ ހޫނުކަމުން ފިއްސަމުންދިޔަ މަގުތަކުގައި ނައިނާ ހިނގަމުންދިޔައިރު ފަހަތުން ހައިޒަލްގެ ފިޔަވަޅުތަކުގެ އަޑު އިވުނަސް އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއްނުލިއެވެ. އޭނަ ބޭނުމީ އެކަކަށްވެސް ނުފެންނަ ތަނަކަށް ދާށެވެ. ހައިޒަލްގެ ލޯކުރިމަތިން މުޅި އުމުރަށް ދުރަށްދާށެވެ. ދުވެފައި ކަހަލަގޮތަކަށް ނައިނާ އާއި އަރާހަމަކުރި ހައިޒަލް ނައިނާގެ އަތުގައި ހިފާ އަނބުރާލިގޮތުން ނައިނާ އައިސް ތަތްވީ ހައިޒަލް ބައިމަތިފުޅާ ހަށިގަނޑުގައެވެ. އެކުޑަ ހަރާކާތުންވެސް ނައިނާގެ ހިތަށް ގޮތެއްވިޔަސް އެކަން ދެއްކުމެއްނެތި ހައިޒަލްއާއި ދުރުވެލައިފިއެވެ.
“އަހަރެމެންނަކީ ކަޕްލްއެކޭ ހައިޒަލްއަށް ހީވަނީތަ؟ ރިމެންބަރ ވީ ބްރޯކް އަޕް… ހައިޒަލް އަހަރެން ދޫކޮށްލީ… އެންޑް ނައު ޔުއަރ މެރިޑް… ޕްލީޒް… އަހަރެން އަމިއްލަ ހާލަށް ދޫކޮށްލަބަލަ… ހައިޒަލްގެ އެހީއެއް އަހަރެން ބޭނުމެއްނޫނޭ… އަހަރެން އެހީއަށް ބޭނުންވީ ދުވަހު އެގޮތަށް ކަންތައްކޮށްފައި މިއަދު ކީއްވެ؟” ނައިނާގެ ލޮލަށް ގިނަވިކަރުނަތައް ރޮނގަކަށް ކޯތާފަތްމަތިން ފައިބަންފެށިއިރު ނޭފަތް ދަމާލިއެވެ.
“އަހަރެމެންގެ ދެމެދުގައި އޮތްހާ ގުޅުމެއް ކަނޑާލީ ހައިޒަލް… މިހާރު ހައިޒަލްގެ މައްޗަކަށް އަހަރެންގެ އެއްވެސް ހައްގެެއް ނޯންނާނެ… އާދޭސްކޮށްފައި ބުނަން… އަހަންނާއި ދުރުގައި އުޅޭ… އަހަރެން މިކުރާ ހިތްވަރު ދޫވާކަށް އަހަންނެއް ނޭދެން… މީހުން ކިޔާ އެއްޗިއްސަށް އަހަންނަށް ކެތްކުރެވިދާނެ… އެކަމަކު ސިސްގެ ހިތް އަހަރެންގެ މައްޗަށް ކަޅުވާކަށް އަހަރެން ބޭނުމެއްނޫން…” ނައިނާގެ ލޮލުގައި ވިދަންފެށި ކަރުނަތިކިތަކުން އެ މުށިލޮލުގެ ވޭނީ އަސަރުތައް ދެގުނަކުރުވިއިރު ކަރުނުން ތެމެމުންދިޔަ ލޮލުގައިވީ އާދޭހެވެ. އޭނަ އަމިއްލަ ނަފްސަށްވެސް ވިސްނައިދޭނީ ކިހިނެތް ހެއްޔެވެ؟ އެ ހިތުގައި ހައިޒަލްގެ މައްޗަށް ޖަހަމުންދާ ވިންދުތައް ކަނޑުވާލާނީ ކިހިނެތް ހެއްޔެވެ؟ ހައިޒަލް ފެނުމާއިއެކު ހިތް މިއަދުވެސް ތެޅިގަންނަނީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ.
“ޖަސްޓް ޓޭކް ކެއަރ އޮފް ހާރ… ސިސް މީންސް އެ ލޮޓް ޓު މީ….” އެ ޖުމްލަތަކާއިއެކު ހިނދުކޮޅެއްވާންދެން ނައިނާގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު ހައިޒަލް ދުރަށް ހިނގައިގަތެވެ. އެއާއިއެކު މޫނުމަތިން ފެނުނު ރިހުންތަކާއިއެކު ލޯމަރާލެވުނެވެ. ނައިނާގެ ހިތާމަތައް ފެންނަހާ ދުވަހު އޭނައަށް މިކުށްވެރި އިހުސާސްތަކާއި ދުރަށްދެވޭނޭކަމެއް ނޭނގެއެވެ.
ލޯބި މިހާ ހިތި އެއްޗަކަށް ވީ ކީއްވެހެއްޔެވެ؟ ލޯބީގެ ހިތިކަމާއިއެކު ނައިނާދެކެ ލޯބިނުވެވުުނުނަމައޭ ހާސްފަހަރު ހިތަށް އެރިއެވެ. އޭރުން ނައިނާ ކަރުނައަޅާކަށް ނުޖެހުނީހެވެ. އަދިވެސް ނައިނާގެ ތުންފަތްމަތިން އޭނަ ދުށް އެންމެ ރީތި ހިނިތުންވުން ފެނުނީހެވެ. ވޭންތަކާއި ހިތާމައިގެ ބަދަލުގައި ނައިނާ ވަށައިގެން އުފާވެރިކަން ވީހެވެ. އޭނައަކީ ނައިނާގެ ހަޔާތަށް އެޅުނު ބަނަވިލާގަނޑެކެވެ. ވިލާގަނޑެއް ކެހިގެންދާފަދައިން އޭނާ ނައިނާއާއި ދުރަށްދިޔައީ ހިތާމައިން ނައިނާގެ ފަސްބައި ފުރާލައިފައެވެ.
*** *** *** *** *** ***
ދިވެހި މަހުގެ ކުރީކޮޅަށްވެފައި ހަނދުނާރާ ދުވަސްކޮޅަކަށްވާތީ ދުނިޔެ މައްޗަށް ވެރިވެފައިވާނީ ކަޅުފޮއެ އަނދިރިކަމެވެ. ދިއްލާފައިވާ އިމާރާތްތަކުގެ އަލިން އެ އަނދިރިކަން ފަނޑުކޮށްލަމުންދިޔައެވެ. މިރޭވެސް އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ނުފެނެއެވެ. އުޑުމައްޗަށް އަޅިފުސް ވިލާތައް ގަދަވަމުންދިޔައިރު ވައިވެސް ހިނދެއް ހިނދަކަށް ބާރުވަމުންދިޔައެވެ. ދަންވަމުންދިޔަވަރަކަށް އިމާރާތްތަކުގައިވާ އަލިތައް ފަޑުވަމުންދިޔަވަރަކަށް އަނދިރިކަން ފުންވަމުންދިޔައެވެ. އޭރު ބާރުވެފައިވާ ވައިރޯޅިތައް ގަސްތަކުގެ ގޮފިތަކާއި ގޯނާ ކުރަމުންދާއަޑު އިވެމުންދިޔައީ ގައިން ހީބިހިނަގައިންދާހާ ނާމާންކޮށެވެ.
ދަންވަރުގެ ހިމޭންކަމުގެ ތެރެއިން އިވެންފެށި ކަންފަތަށް އުނދަގޫވާ ޒާތުގެ ތޫލި އަޑާއިއެކު ފުން ނިންޖެއްގައި އޮތް ރިހާނާގެ ދެލޯ ހުޅުވާލަން މަޖުބޫރުވިއެވެ. ގައިގައި އަޅާލެވިފައި ކިލްޓު ގަޔާއި އެއްފަރާތްކޮށްލަމުން ރިހާނާ އެނދުގައި ހެޑްބޯރޑަށް ލެގިލިއެވެ. އެވަގުތު ވިދާލި ވިދަވަރުގެ އަލިން މުޅި ކޮޓަރި އަލިވެގެންދިޔައިރު ރިހާނާ ލޯ ބޮޑުކޮށްލަމުން ބެލްކަންޏާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ވައިގެ ހަމަލާއަކާއިއެކު ބެލްކަނީގައި ދަމާލެވިފައިވާ ފަރުދާ ހިއްލިގެން ދިޔައިރު ކަހާލެވިފައިވާ ބެލްކަނީގެ ދޮރު ފެނި ހިތްހަމަނުޖެހުމާއިއެކު ދެފަރާތަށް ބޯހޫރާލުމުން ރިހާނާ އެނދުން ފޭބިއެވެ. އެއާއިއެކު ބެލްކަންޏާއި ދިމާލަށް ހިނގައިގަތީ ހިތާހިތުން އަލްހާންއަށް ކުދިކިޔަމުންނެވެ. އޭނަ ނިދީ ބެލްކަނީގެ ދޮރު ލައްޕާ ތަޅުލުމަށްފަހުއެވެ.
ރިހާނާ ބެލްކަނީގެ ބިއްލޫރި ދޮރާއި ކައިރިިވުމާއިއެކު އިވެންފެށި އަޑުން ނަގަމުންދިޔަ ފިޔަވަޅުތައް ހުއްޓުމެއް އައެވެ. ދޮރާއި ކައިރިއަށް ލެފިލަމުން ބޮޑަށް ކަންފަތް ހުޅުވާލެވުނީ ވަޔާއިއެކު އިވެމުންދާ އަޑު ދެނެގަނެވޭތޯއެވެ. މަޑުމަޑުން އިވެމުންދިޔަ ދަގަނޑު ގޭނިގެންދާ ތޫލި އަޑާއިއެކު ރިހާނާ ކުރިއަށް ޖެހިލަމުން ބެލްކަނީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ.
އަނދިރިކަމަށް ގެނބިފައިވާ ބެލްކަނީގައި އުނދޯއްޔެއް ހެއްލެމުންދިޔައިރު އުނދޯލީގައި ވާގަނޑުގެ ކޮޅުގައި އަޅުވާފައިވާ ދަގަނޑުކޮޅު އުނދޯލީގެ ވަހުގައި ގޭނެމުންދިޔަ އަޑު ދަތްކާރުވާފަދަ ގޮތަކަށް އިވެމުންދިޔައިރު އުނދޯލި ހެއްލާލުމާއިއެކު އުނދޯލީގައި ވައިއަޅުވަމުންދާ އަޑު އެއްއަޑަކަށް އިވެމުންދިޔައެވެ. އެއްވެސް ބޮތްކެއްގެ އަލިކަމެއް ނެތި ބެލްކަނި އަނދިރިކަމަށް ގެނބިފައިވާއިރު އުނދޯލި ހުރި ހިސާބު ހުދު އައްޔަކުން އަލިވެފައިވެއެވެ. އެއްވަރަކަށް ހެއްލަމުންދިޔަ އުނދޯލީގައި އަންހެން ކުއްޖަކު އިށީދެލައިގެންއިރު ވަޔާއިއެކު މިނިވަންކޮށްލެވިފައިވާ ފަން އިސްތަށިގަނޑު ތަރުތީބެއްނެތި އުނދުހެމުންދިޔައެވެ. ބިންމަތީގައި ދެމެމުންދިޔަ ހުދުހެދުމުގެ ސަބަބުން އެ ކުއްޖާގެ ފައިތިލި ފޮރުވިފައިވެއެވެ. މަޑުމަޑުން އުނދޯލި ހެއްލަމުންދިޔައިރު ތުންފަތުން އަޅުވަމުންދާ ނާނާއާއިއެކު އެއްއަތް އަނެއްއަތް ބާއްވައިގެން ތަޅުވަމުން ދިޔަގޮތުން ކުޑަކުއްޖަކު ނިންދަވަނީހެން ހީވެއެވެ.
ކުއްލިއަކަށް އުނދޯލި ހުއްޓިގެންދިޔައިރު އެކުއްޖާގެ ހަށިގަނޑު ސީދާވެގެންދިޔައެވެ. އެއާއިއެކު ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި އެ އަންހެންކުއްޖާ ހުރީ ރިހާނާގެ ކުރިމަތީގައެވެ ދެފަރާތުން އެ މޫނުމައްޗަށް ނިވާއަޅާފައިވާ އިސްތަށިތަކާއިއެކު އެކުއްޖާ އިސްޖަހާލައިގެން ހުރިއިރު ރިހާނާއަކަށް މޫނެއް ނުފެނެއެވެ. އޭރުވެސް އެ ކުއްޖާ އަޅުވަމުންދިޔަ ނާނާއާއިއެކު ހުސްކޮށް އޮތް ދެއަތްތިލަ ތަޅުވަމުންދިޔައެވެ. އެހެން ހުރެފައި އެ ކުއްޖާ އިސްއުފުލާ ބަލާލިއިރު ޖެހިލި ލުއި ވައިރޯޅިއާއިއެކު މޫނުމައްޗަށް ނިވާއަޅާފައިވާ އިސްތަށިތައް އެއްފަރާތްވެގެންދިޔައިރު ފެނުނު ސޫރައަކުން ރިހާނާގެ ވުޖޫދުވެސް ހުއްޓުނުހެން ހީވިއެވެ. ވަގުތުން ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
“ހައިލާ…” ރިހާނާގެ އަރުތެރެއިން ބޭރުވި ނަމާއިއެކު ދެފަރާތަކަށް ބޯހޫރާލީ ލޯމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައި ހުރިކަހަލަގޮތަކަށެވެ. އޭނަގެ ކުރިމަތީ އެ ހުރިހާ ހައިލާ ނޫން ދެވަނަ އިންސާނެއް ނޫނެވެ. ލޮލުން ތިރިއަށް ދެމެމުންދިޔަ ލޭގެ ރޮނގުން ހައިލާގެ މޫނު ކަޅިކުރަމުންދިޔައިރު ކަޅިފެންނަންނެތް ހުދުކުލައިގެ ލޯ އަމާޒުވެފައިހުރީ ރިހާނާ މޫނު ނޫން ތަނަކަށް ނޫނެވެ. އެ މޫނުގެ އެއްފަޅި ފިހިފައިވާއިރު ސިފަބިރުވެރިކަމާއިއެކު ސިފަވަކިވާވަރެެއްވެސް ނޫނެވެ. މޫނުމަތީގައިވާ ޒަހަމްތަކުން ލޭ ތިކިތައް ތަޅަމުންދިޔައިރު މޫނުމަތީ ދެމެމުންދާ ދޮސްތަކުން ދުވަމުންދިޔަ ނުބައިވަހުން ރިހާނާގެ ނޭފަތްމަތީ އަތްއަޅާލެވުނެވެ. އެއްއިރެއްގައި ރިހާނާ އެންމެ ހަސަދަވެރި ސޫރަ އެފަދަ ގޮތަކަށް ފެނުމުން ރިހާނާ އުފާވުމަށްވުރެ ބޮޑަށް ގަތީ ބިރެވެ. ވަގުތުން ކޮޓަރިތެރެއަށް ދުއްވައިގަންނަން ދިމާކޮށްލިއިރު ފައިވެސް ހަރަކާތްކުރީކީނޫނެވެ. ރިހާނާގެ މޫނުމަތިން ފެނިލި ބިރުވެރިކަމާއިއެކު ހައިލާއާއި ދިމާލަށް ބަލާލިއިރު ދެން އޭނާ ސަލާމަތްނުވާނެހެން ހީވިއެވެ. އެވަގުތު ހައިލާ އުނދުހިލާފައި ކަހަލަގޮތަކަށް ރިހާނާއާއި ދިމާލަށް އައިރު ރިހާނާގެ ކަރުތެރެއިން ބޭރުވި ޗިސް ހަޅޭކާއިއެކު ރިހާނާ ލޯމަރާ ތަގުޅިކޮށްލިއެވެ.
މޫނުމަތީ ބީހިލައިފައި ދިޔަ ފިނި ވައިރޯޅިއާއިއެކު ރިހާނާގެ ދެލޯ ހުޅުވިގެންދިޔައިރު ރިހާނާއަށް އެންމެ ފުރަތަމަ ފެނުނީ އަނދިރިކަމަށް ގެނބިފައިވާ ބެލްކަންޏެވެ. އެއާއިއެކު ރިހާނާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ކަރުގެ އަޑިން ހަޅޭލަވައިގަންނަމުން އެނދަށް އަރައިގަތްގޮތަށް ނިދާފައި އޮތް އަލްހާންގެ ގައިގައި ހިފައިގަނެވުނުގޮތްވެސް ނޭނގުނެވެ.
“ރިހާނާ… ހަމަޖެހިބަލަ…” ނިދީގައި އޮތް އަލްހާން ތެދުވިގޮތަށް ތުރުތުރުއަޅަމުންދިޔަ ރިހާނާގެ ހަށިގަނޑުގައި ހިފަހެއްޓިއެވެ. އެއާއިއެކު ހަަބަރު ހުސްވެގެން ރިހާނާ ދެމުނީ އަލްހާންގެ އަތްދަނޑިމައްޗަށެވެ.
*** *** *** *** *** ***
ހަންގަނޑަށް އިހުސާސްވި ފިނިކަމާއިއެކު ރިހާނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ރިހާނާގެ މޫނުގައި ފިނި ފެން އަޅަން އިނދެފައި އަލްހާން ދުރަށްޖެހިލީއެވެ. އެއާއިއެކު ރިހާނާ އަލްހާންގެ އަތުގައި ހިފަހެއްޓީ ތަދުވާހާ ބާރަށެވެ.
“ހައިލާ…” ރިހާނާގެ އަޑުން އިވުނު ނަމާއިއެކު އަލްހާންގެ މޫނުމަތިން ފާޅުވެގެންދާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ.
“އަލްހާން… ހައިލާ… އެތާ… ބެލްކަނީގައި.. އުނ..ދޯލި ހެއްލަން…” ރިހާނާގެ ހަށިގަނޑު ތުރުތުރުލަމުންދިޔައިރު ބެލްކަންޏަށް ނިކުމެވެން އިންނަން ދޮރާއި ދިމާލަށް އިނގިދިއްކޮށްލައިގެން އިނދެ ވާހަކަދެއްކިއެވެ. ވަގުތުން އަލްހާން ރިހާނާއާއި ދުރުވެލިގޮތަށް އެނދުން ފައިބައިގެންގޮސް ކުޑަދޮރުކައިރީ ހުއްޓިލިއެވެ.
“ކިތައް ރޭ ރިހާނާގާތު ބުނާނީ ހައިލާވީ މަރުވެފައޭ… ރިހާނާ އެވާހަކަނުދައްކާށޭ ބުނެފައި ފަށަފަށައިގެން ނުދައްކަބަލަ… ކަފުނުގައި ހައިލާ އޮތްތަންވެސް ފެނުނީކީ ރިހާނާއަކަށް ނޫންތަ؟ މަރުވެފައި ތިބޭ މީހުން ދިރިގެން އާދޭތަ؟” އަލްހާން ވާހަކަދެއްކީ ވަަރަށް ބޮޑަށް ހިތްހަމަނުޖެހިފައިހުރެއެވެ. ރިހާނާގެ ސަބަބުން އޭނަ ފަސްއަޅާ ފޮރުވަން ބޭނުންވާ މާޒީ ހަނދާންވެއްޖެއެވެ.
“އަލްހާން ގާތު ކިތައް ފަހަރު ބުނާނީ އަހަރެންނަށް ހުވަފެނުން ހައިލާ ފެނެއޭ… މިރޭ އެ ފެނުނީ ހަމަލޮލަށް… ބެލްކަނީގައި އުނދޯލި ހެއްލަން އިން މަންޒަރު ފެނުނީ އަހަރެންގެ ހަމަ ލޮލަށޭ.. އަހަންނަށް ވާނޭގޮތް ވިސްނާލަބަލަ.. ކީއްވެތަ އަލްހާނަށް ގަބޫލުނުކުރެވެނީ؟” ރިހާނާގެ ލޮލަށް ކަރުނަތައް ބޮޑިވަމުންދިޔައިރު ރުޅިވެރިގޮތަކަށް ވާހަކަދެއްކިއެވެ.
“މާދަމާ ރޭ ރޮއެގަންނާތި ތިމަންނަ ހަމަ ލޮލަށް މަންމަ ފެނުނިއްޔޭ ކިޔާފައި… އުނދޯއްޏޭ ކިޔާއިރު ރިހާނާ ގޮސް ބެލްކަނި ބަލާބަލަ އުނދޯއްޏެއް އިންތޯ…” ރިހާނާ ވާހަކަތަކުން ތަބީއަތު ސަކަރާތްވީއިރު އަލްހާން ކުޑަދޮރުގައި އަތްމުށްކަވާފައި ޖެއްސެވިއެވެ. ހިނދުކޮޅަކަށް ލޯމަތިން މާޒީގެ ހަނދާނެއް ފިޔަޖަހާލިހެން ހީވެއެވެ. ވިންޓަރ ބްރީޒްގައި އުޅުނުއިރު ބެލްކަނީގައި ބަހައްޓާފައި ހުންނަ އުނދޯއްޏަކީ ހައިލާ ނުހަނު ދޯޅަ އެއްޗެކެެވެ. ގިނަ ވަގުތު އުނދޯލި ހެއްލުމުގައި ހައިލާ ވަގުތު ހޭދަކުރާއިރު އަދި ބަލިވެއިންފަހުން އެ އާދަ މާ ގަދަވިހެންހީވެއެވެ. ހައިލާ ހޯދަމުން އަންނައިރު އަބަދުވެސް ފެންނާނީ އުނދޯލި ހެއްލަމުން ބަނޑުގައި އޮތް ދަރިފުޅާއި ވާހަކަދައްކަން އިންނަ މަންޒަރެވެ. ދަރިފުޅު ލިބުނުފަހުންވެސް އުނދޯލީގައި އިނދެގެން ނޫނީ ކުޑަ ދަރިފުޅު ނިންދެވޭކަމަކަށް ހައިލާއަކަށް ނުވެއެވެ. ހައިލާގެ މަރާއިއެކު ބެލްކަނީގައި ބަހައްޓާފައިވާ އުނދޯލިތައް ބޭރުކުރީ ރިހާނާގެ ވަރުގައެވެ. ހައިލާގެ އަސަރު ހުރިއެއްޗެއްވެސް ވިންޓަރބްރީޒްގައި ހުންނަން ރިހާނާ ބޭނުންނުވީއެވެ.
“އަލްހާންއަށް ހީވަނީތަ އަހަރެން ދޮގުހަދަނީއޭ… އަހަރެން މިއުޅެނީ އަލްހާންގެ ސަމާލުކަން ހޯދާށޭ… އަހަންނަށް ހައިލާ ފެންނާތީއޭ ފެންނަ ވާހަކަ މި ބުނީ… އަލްހާންއަށްވެސް ފެންނަނަމަ އިނގޭނީ… އަހަރެން ބިރުންގޮސް މޮޔަނުވީ ކިރިޔާ…” ރިހާނާ އެނދުން ފައިބައިގެންގޮސް އަލްހާންގެ އަތުގައި ހިފަހެއްޓިއެވެ. އެވަގުތުކޮޅު އޭނަގެ ހިތަށް ވީގޮތް ބުނެދޭކަށް ނޭނގޭއެވެ. މުޅި ހަށިގަނޑަށް ފިނިގަނޑެއް އެރިއިރު އަތްފައި ހަރަކާތްކޮށްލަންވެސް ނުކުޅެދުނެވެ. ހައިލާ ހުވަފެނުން އޭނައަށް ފެނުމަކީ ނުބައި ފާލެކެވެ. މިހާރަކަށް އައިސް ހައިލާ މަރުނުވާކަމަށް ހިތް ބުނަމުންދަނީ ކީއްވެކަމެއް ރިހާނާއަކަށް ނޭނގެއެވެ.
“ކީއްވެހޭ ރިހާނާއަށް އެކަނި ހައިލާ ފެންނަންވީ… މަށަށް ނުފެންނަނީ ކީއްވެތަ؟ އަހަންނަށްވެސް ފެންނަންވިއްޔެއްނު…” އަލްހާން ރިހާނާ ހަމަޖައްސާލަން މަޑުމައިތިރިކޮށް ވާހަކަދެއްކިއިރު ރިހާނާއަށް އެ ޖުމްލަތައް މާނަކުރެވުނީ އެހެންގޮތަކަށެވެ. އޭނައަށް މިވާ އުނދަގޫ އަލްހާންއަށް ނުވަނީ ހެއްޔެވެ؟ ނޫނީ ނުވާކަމަކަށް ހަދަން އަލްހާންބޭނުންވަނީ ހެއްޔެވެ؟
“އަހަންނަށް އިނގޭ އަލްހާން ގަބޫލުނުކުރާނެކަން… މިހުރިހާކަމެއްވެސް ވަނީ އެ ސުންޕާ ދަރިއާއިހެދި އެކުއްޖާ މަގޭ ލޯމަތީ އުޅޭހާ ހިނދަކު އަހަންނަށް ހަމަޖެހުމެއް ނުލިބޭނެ… އަހަންނަށް ތާއަބަދު ހައިލާ ފެންނާނެ…” ރިހާނާގެ ބާރު އަޑު ކޮޓަރިތެރޭ ގުގުމާލިއިރު އަލްހާން ނުރުހިފައި ރިހާނާގެ ނަމުންގޮވާލިއެވެ.
“އަލްހާންއަށް ޖެހޭނީ މިއަދު ގޮތެއް ނިންމަން…” ރިހާނާ ކުރިއަށް އަޅާލި ފިޔަވަޅާއިއެކު އަލްހާން ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފިއެވެ. އެދެލޮލުން ފެނިލި ގޮތްދޫނުކުރުމާއިއެކު އަލްހާންއާއި ދުރަށް ޖެހިލަމުން ރިހާނާ ކޮޓަރި ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭގެ ކުރިން ރިހާނާ މޮޔައެއް ހެދުމުގެ ކުރިން އަލްހާން ގޮސް އޭނާ ހުއްޓުވިއެވެ.
“ކިހިނެތްވެގެންތަ ރިހާނާ ތިއުޅެނީ… އަހަރެން ވަރަށް ރީތިކޮށް ބުނިންދޯ ތި މައުޞޫއު ނަގައިގެން އަހަންނާއި ޒުވާބުކުރަން ނަހަދައްޗޭ… އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން އޮންނާނީ ގޮތް ނިންމާފައި…” އަލްހާން ރިހާނާގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަނބުރާލިއިރު އެދެލޮލުން ފެނިލީ ރުޅިވެރިކަމެވެ.
“ބުނަން… މިކަންތައް ބޮޑު މައްސަލަގަނޑަކަށް ހަދައިގެން ޝަލީންއަށް އަންގަންއުޅޭނެކަމެއްނެތް… މިއިން އެއްވެސް ކަމެއް ޝަލީންއަށް އިނގިގެންނުވާނެ… މިގެއިން އެންމެ ފުރަތަމަ ދުވަހު ފެނުނު މަންޒަރު އަބަދުވެސް ޝަލީންއަށް ފެންނަންޖެހޭނީ…” އަލްހާން ހިތްހަމަނުޖެހިފައި ވާހަކަދެއްކިއިރު ރިހާނާ ހިނދުކޮޅަކަށް މައިތިރިވީ ޝަލީން މަތިން ހަނދާންވެފައެވެ. ޝަލީން ކުރިމަތީ އޭނަގެ ނުބައިކަން ދައްކައިގެން އިޝާރުގެ ދެމަފިރިން ކައިރީ އޭނަ ފަޞީހަތްވާކަށް ރިހާނާ ނޭނދެއެވެ. ދުނިޔޭގެ ނަޒަރުގައި އޭނައަކީ ހައިޒަލްއަށްޓަކައި ދެވަނައެއްނެތްފަދަ އޯގާތެރި މަންމައެކެވެ. އެއީ މަންޒަރު ރީތިކޮށްލަން ރިހާނާ މީހުންގެ ލޮލުގައި އަނޅުވާލާ އަނދުނެއްކަން ދަންނަ ބަޔަކު ނެތެވެ.
“އަހަރެން ނުވޭ އެކުއްޖާގަނޑުދެކެ ލޯތްބެއް… ފެނުނަސް ރުޅިގަދަވޭ… ފޫހިވޭ…. އޭނައާއި ހެދި އަދި އަދަށްވެސް އަހަންނަށް ހަމަޖެހުމެއް ލިބުނީކީ ނޫން…” ރިހާނާ ބޭނުންވާވަރަށް ފޯރިނޭރުވީ މައިތިރިވާން މަޖުބޫރުވީއިރު އޭނަގެ ރުޅީގެ އަމާޒަކަށް ވެގެންދިޔައީ ޑްރެސިންޓޭބަލް މަތީ އަތުރާލެވިފައިވާ ސާމާނުތަކެވެ. ރިހާނާގެ އަތުން ޖަހާ ހުރިހާ ސަމާނެއް ބިންމައްޗަށް ވަރަމުންދިޔައިރު ރުޅިން ގޮސް މޮޔަވެފައި ހުރިހެން ހީވިއެވެ. ހައިލާގެ ސަބަބުން ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ރިހާނާ ބާލަންބޭނުންވީ ދިރުންނެތް ތަކެއްޗަށް ހެން ހީވެއެވެ. ތަކުރާރުކޮށް ހައިލާގެ ހުވަފެންތައް ފެންނަން ފެށުމަކީ ރިހާނާއަށް ބަދަލެއް ގެނުވިކަމަކަށް ނުވެއެވެ. ކުޑައިރުކޮޅު ހިތުގައި އުފެދޭ ބިރުވެރިކަމުގެ މައްޗަށް މިހާތަނަށްވެސް ރިހާނާ އިސްކުރަމުން އައީ ރުޅިވެރިކަމެވެ. މާބްލްސްތައް މަތީ ޖެހި އެއްޗެހިތައް ފުޑުފުޑުވަމުންދިޔަ އަޑު އަހަން ހުރެފައި އަލްހާން ކޮޓަރިން ނިކުތެވެ.
ރިިހާނާގެ މި ރުޅިވެރިކަމަކީ އަލްހާންއަށް އަލަށް ފެނުނު ސިފައަށް ނޫނެވެ. ހައިޒަލްދެކެ ރިހާނާ ރުޅިއައުމަކީ އަލްހާން ހައިރާންވާންޖެހޭކަމެއް ނޫނެވެ. އަމިއްލަ ލެއިން އުފެދުނު ދަރިފުޅުދެކެ ނުވީ ލޯބި ރިހާނާ އެހެން މީހަކުދެކެ ވާނެ ހެއްޔެވެ؟
ޝާދީންއަކީ ރިހާނާ ބޭނުންވެގެން ހޯދި ކުއްޖެއް ނޫނެވެ. ރިހާނާގެ މޮޑެލިން ކެރިއަރުގެ އެންމެ އުސް ހަރުފަތަށް ފޯރިއިރު އޭނަގެ ހުވަފެންތަކަށް އަލްވަދާއު ކިޔަން ޖެހުނު ސަބަބަކީ ބަނޑުގައި އޮތް ތުއްތު ދަރިފުޅެވެ. އެ ހަބަރު އިނގުނު ދުވަހު ރިހާނާއަށްވީ ނުބައި ގޮތެކެވެ. އަމިއްލަ ހުވަފެންތަކުގައި ކުލަ ޖައްސަން ބޭނުންވީވަރުން ދަރިފުޅު ނައްތާލަން ރިހާނާ ކިތަންމެ ވަރަކަށްވެސް އުޅުނެވެ. ނަމަވެސް އަލްހާން ހުރީ އޭނައަށް އެ ފުރުސަތުދޭފަދަ ގޮތަކަށް ނޫނެވެ. ދަރިފުޅަށް ކަމެއްކޮށްފިނަމަ ރިހާނާއަކީ އޭނަގެ އަނތްބެއް ނޫންކަން ބުނި ހިސާބުން ރިހާނާއަށް މައިތިރިވާން މަޖުބޫރުވީއެވެ. އަމިއްލަ ހިތާއި ދެކޮޅަށް ޝާދީން ދުނިޔެއަށް އުފަންކުރުމަށްފަހު މިއަދާއި ހަމަޔަށްވެސް އޭނަ އަންނަނީ އެ ދަރިފުޅުގެ ކިބައިން ބަދަލު ހިފަމުންނެވެ. މިވީހާތަނަށްވެސް އެދަރިފުޅާއި ދިމާލަށް ރިހާނާ ލޯބީގެ ނަޒަރަކުން ބަލާލައިފައެއްވެސް ނުވެއެވެ. ލޯބީގެ ޒައްރެއްވެސް އެ ދަރިފުޅަށް ދީފައެއް ނުވެއެވެ. ޝާދީންއަށް ކިރިޔާވެސް މައެއްގެ ލޯބި ލިބުނީ ހައިލާގެ ފަރާތުންނެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ހައިލާ ޝާދީންގެ ކުޑަމަންމައަށް ވެގެންދިޔުމަކީ ރިހާނާއަށް ބަލައިގަނެވުނު ކަމަކަށް ނުވިއިރު އެ ދަރިފުޅު މައެއްގެ ލޯތްބަށް އެދޭނޭވަރެއް ރިހާނާއަކަށް އިހުސާސްއެއްނުކުރެވުނެވެ. އެކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ދެބަސްވުންތައް ހިނގަމުންގޮސް ކަންތައް ކޮޅުންލީ އަލްހާން ނެގި ފިޔަވަޅެއްގެ ސަބަބުންނެވެ. އޭގެ ފަހުން މިވީހާތަނަށްވެސް އަލްހާންއަށް ހަމަޖެެހިގެން ނޭވާއެއް ލާނޭ ފުރުސަތެއް ރިހާނާ ދީފައެއް ނުވެއެވެ.
*** *** *** *** *** ***
ހައިޒަލް ހަފްތާއެއްވާންދެން ޗުއްޓީއެއް ނަގައިގެން ހުރެފައި ވަޒީފާއަށް ނިކުންނަންފެށިއެވެ. ހައިޒަލް ކާރު ޕާރކްކޮށްލުމަށްފަހު ފިރިހެންވަންތަ ހިނގުމެއްގައި ބްލޫސްގެ އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައިރު ރިސެޕްޝަންގައި ތިބި ކުދިންގެ ލޯތައް ހައިޒަލްއަށް ހުއްޓުނެވެ. ބައެއް ކުދިން ހައިޒަލްގެ ސަމާލުކަން ހޯދަންވެގެން ގުޑްމޯރނިން ސަރއާއިއެކީ ކޮންގްރާ ކިޔާލުމުން ހައިޒަލް ގަދަކަމުން ކަހަލަގޮތަކަށް ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
“އަޅެ… ސަރގެ ވައިފް ހާދަ ރީއްޗޭ… ޝީޒް ސޯ ލަކީ…” ރިސެޕްޝަންގައި ތިބި ދެކުއްޖެއްގެ ދެމެދުގައި ދެކެވުނު ވާހަކަ ހައިޒަލްއަށް އަޑުއިވުމާއިއެކު ހައިޒަލް ލުއިގޮތަކަށް ހީލީ އޭނަގެ އަމިއްލަ ނަފްސަށްވެސް މަލާމާތްކުރަމުންނެވެ. އޭނައަށް މަޖުބޫރުވެގެން ކުޅެމުންދާ ތަމްސީލުން ރަނގަޅަށްވެސް މީހުންގެ ލޯމައްޗަށް އޮޅުވާލެވިއްޖެއެވެ.
ހައިޒަލް ފަޓްލޫންގެ ޖީބަށް އަތްޖަހާލައިގެންހުރެ ކުރިއަށް އަޅާލި ފިޔަވަޅާއި ހަށިގަނޑަށް ހުއްޓުމެއް އައީ ލިފްޓުން ނިކުމެގެން އޭނައާއި ދިމާލަށް އައި ނައިނާ ފެނިފައެވެ. ހައިޒަލްގެ މޫނާއި ނަޒަރު ސީދާވީގޮތުން ނައިނާ ވަގުތުން އިސްޖަހާލިގޮތަށް ހައިޒަލްގެ ކައިރިން އަޅާފައި ދިޔައިރުވެސް އިސްއުފުލާ ބަލާނުލިއެވެ. ހައިޒަލްގެ ހިތަށް އެކަމުން ދަތިކަމެއް ލިބުނުއިރު އެހެން ދުވަސްތަކެކޭ އެއްފަދައިން ނައިނާގެ އަތުގައި ހިފާލަން ހިތް އެދުނެވެ. އެ ރީތި މޫނަށް ނަޒަރު ހުއްޓާލަން ހިތް އެދުނެވެ. ނަމަވެސް އަމިއްލަ ހިތް މަތީ ހިލަ ބަލަހައްޓައިގެން ހައިޒަލް ދުރަށް ފިޔަވަޅުތައް ބެހެއްޓީއެވެ.
ހައިޒަލް އޭނަގެ ކެބިންއަށް ވަތްގޮތަށް ގޮނޑިއަށް ވެއްޓިގަންނަމުން ހަށިގަނޑު ގޮނޑީގެ ތެރެއަށް ދޫކޮށްލިއެވެ. އެއްއަތުން ނިއްކުރިމަތީގައި ހިފާލިއިރު ހައިޒަލްގެ ނަޒަރު ސީދާވީ ރޯޒްވުޑް މޭޒަށެވެ. އެވަގުތު މޭޒުމަތީ ވިދަމުންދިޔަ ރަނުގެ އަނގޮއްޓި ލޮލުގައި އަޅައިގަތުމާއިއެކު ހައިޒަލް އެ އަނގޮއްޓި އަތަށް ނެގިއެވެ. އެއީ ހައިޒަލް ނައިނާގެ އަތުގައި އަޅުވާލަދިން އަނގޮއްޓިއެވެ. އެދެމެދުގައި ބަދަލުކުރެވުނު ލޯބީގެ ފުރަތަމަ އަދި ފަހުގެ ހަދިޔާއެވެ. އޭނައާއި ނައިނާގެ ގުޅުން ނައިނާ ނިންމާލިކަމުގެ ހެއްކަކީ މިއަނގޮއްޓިއެވެ. ދުވަހަކު އަތުން ވަކިނުކުރާނޭކަމަށް ބުނެފައި ނައިނާ އަނގޮއްޓި އަނބުރާ ރައްދުކުރީއެވެ. ފަހުނޭވާއާއި ހަމަޔަށް އިންތިޒާރުކުރާނަންކަމަށް ބުނެފައި ނައިނާ އެންމެ ފަހުން ނިންމުން ބަދަލުކުރީއެވެ. އޭނައަކީ ޝަލީންގެ ހައްޤެއްކަން އިނގުމާއިއެކު ނައިނާ ހަތިޔާރު ބެހެއްޓީއެވެ. ހައިޒަލްގެ ހިތަށް އުނދަގޫވިޔަސް ނައިނާ ކުށްވެރިކުރެވޭކަށް ނެތެވެ.
*** *** *** *** *** ***
ޝަލީން މިރޭ ޑިއުޓީ ނިންމާލައިފައި ކީޓޮޕް ހޮސްޕިޓަލުން ނިކުމެގެން އައިރު ޕޯޓިކޯގައި ކާރު މަޑުކޮށްލައިގެން އިންތިޒާރުގައި ހައިޒަލް އިނެވެ. ޝަލީން ވަޒީފާއަށް ލައިދިނުމާއި ބަލައިއައުން ހައިޒަލްގެ ދުވަހުގެ ޝެޑިއުލްގެ ބަޔަކަށް ވެގެން ދިޔައިރު ހައިޒަލް އެކަންކުރަނީ އެނޫންގޮތެއް ނެތިގެންހެން ހީވެއެވެ.
ޝަލީން ފަރި ހިނގުމެއްގައި އައިސް ކާރަށް އެރިއިރު ހައިޒަލް ކާރުދުއްވާލައިފިއެވެ. އޭރު ތަންކޮޅެއް ދުރުގައި ޕާރކްކުރެވިފައިވާ ކާރުގެ ވިންޑްސްްކްރީން ތިރިކޮށްލައިގެން މަޔާން އިންއިރު އެ މޫނުމައްޗަށް ވެރިވެފައިވަނީ ތަފާތުކުލައެކެވެ. ހަނިކޮށްލެވިފައިވާ ދެލޮލުން ރުޅިއާއި ނަފްރަތު ނޫން އެއްޗެއް ނުފެނެއެވެ. މަޔާން އިރުކޮޅެއްވާންދެން ހައިޒަލްގެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ކާރު ދުރަށް ދުއްވައިލައިފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.






Yayyyy..me first…vrh vrh reethi mi part vx..waiting for next part…
oww thnks dear.. insha allah next part will be uploaded on monday nyyt
Me first dhw
Btw dhivehi mass eii kon maheh? I don’t know.. can u tell me
As usual this part is very nice.. love you.. when is next part
heheh.. adu ahantrr hijuree calander n meelaadee calander….. thts it… thnks forthe support… next part will be uploaded on monday insha allah
Oops second ?
heheheh… let it be stry kiyuniya owk ehnu dww Zaa
here is 43 part of bunedeyshey ruhemey.. sorry for been late.. there was an network error… hope everyone will like thiss part too… waiting for readers vie.. feel free to cmnt… thnks for the support.. hope thi support will cntinue till the end… gd nyyt
Maasha allah varahreethi mi baives
nest part will be uploaded on monday insha allah
Wow v reethi,
thnkx
Woooow I like ur story a lot. Nd it reminds me of something frm the past ?
hehehe thnks
Thanks dhira.. story hama awesome ??.. sorry comment nukureveythee ?.. bxy veema comment nukurevenee.. story load kohgen ulhefa ves kiyaalevey vanee nidhan ovefa..
its owk dear.. thnks for the support
Mayaan is back n da fight will begins dho dhiraa
vallah aulam…. hingaa dww mayaan hadaa ehcheh vx balamaa
Plx dhiraa fix everyone’s heart…..???
eyga dhiraa keeh kuranee… goih doonukuraa bappain thakehnu
Haizal a shailyn ge bai genes bala eh vex gothah edhemyhun ulhey gotheh nugeney
dhiraa ah vx neingigen miulhenee haizal hadaa ehcheh.. let c wht is his plan dww
mayaan adhi kiriyaa tha ey aadhevunii…shaleen n naina mihaaru halaaku vanii…and this story is awesome dhiraa…waiting for next part..love u
hehe thnks
varah salhi.Mayaaan lahva gos kameh nukurahchey.when next
thnks… mayaan ah dww ingeynee.. mayaan vx eii nuvisneyvaru kuhjeh noonehnu…
Wow Varah reethi mi part vs ???????❤️❤️❤️????????????????????
thnks
Haadha nulafaa dads thakekey dhw???..btw dhiraa story is just fabulous????????????☺☺☺…curiously waiting fr the next…luw yuhh
thnk..keekey dww bunaanee. dhiraa vx mihuree hama ajaimuvefa dad menge visnun huri gothun
Haadha nulafaa dads thakekey dhw???..btw dhiraa story is just fabulous????????????☺☺☺…curiously waiting fr the next…luw yuhh
thnks..ddww
Omg mi part hama habaas ??????❤️❤️ Avaha next part up kodhii ???
thnks
Darl whn nxt prt…. Curiously wating… Stry hama fab… ????Ingey…bxy kamun hama comment eh nukohleveni…. Ekm vx hurihaa prt eh gavaidhun kiyan…. Luv to read ur story… ????????? kyp it up darla…..
thnks dear….
Varah Varah reethi????…. Mee hama Varah reethi story eh.. I love to read this story… Komme dhuvahaku up kohfa huri tho vx balan.. Waiting waiting ??
thnks dear
Wow mayaan is back ??varah reethi hama???keep it up dhiraa ??
thnks