”ރާޔާ” ފަހަތުން އައި އަންހެން ކުއްޖެއް ގޮވާލިއެވެ. އެކުއްޖެކޭ ރާޔާ އެކޭ ތަފާތެއް ނެތެވެ. ސްކޫލުގައި އޮންނަ ގަވާއިދައް ރާޔާ އާއި އެ އަން ހެން ކުއްޖާ ދުވަހަކުވެސް އަމަލު ކޮއްފައެށް ނުވެެ އެވެ.”ރައު.. މިއަދު ޖެހޭނެ ޕްލޭން ކޮންމެ ގޮތެއް ހަދާފަވެސް ކާމިޔާބު ކުރަން… މިއަދު މަގޭ ޒިންމާ އަކީ އެ…. ރައު ނިކަން އޭނަ ހައްދާލަބަަލަ… ބު ނޭ މިއަދު ހަތަރުވަނަ ގަޑީގަ ފާޙަނާއަށް ދާށޭ… މަ ބޭނުން މިއަދު އޭނާގެ ޓެސްޓަށްް ދަސްކުރަން […]
ހިތް އެދެމުން ދިޔައީ ހިނދުކޮޅަކު މަޑުކޮށްލުމަށެވެ. އެ ޒުވާން ހިތުގެ ތެޅުން އަދި އެއްފަހަރު އިހްސާސްކޮށްލާނެ ފުރުސަތެއް އޭނާއަށް ދިނުމަށެވެ. މިއުޒިކީ ދެހުނުން ގުޅިފައިވާ އަޑު ގުގުމާލުމަށެވެ. ނަމަވެސް އެންމެ ފަހު ފުން ނޭވާ އަލާއު ދޫކޮށްލި އަޑާއެކު މެޝިނުތަށްވެސް އޭގެ ވަޒިފާއިން ރިޓަޔާ ވިއެވެ. އުމުރުން ބާވީސް އަހަރު މި ފަނާވަނިވި ދުނިޔޭގައި ހޭދަކުރި އަލާއުގެ ފުރާނަ އޭގެ ވެރިފަރާތުގެ ހަޝްރަތަށް ދަތުރުކުރީ އިވާޝާގެ ބޮޑު ދެލޮލުން މުތީތަކެއްފަދަ ކަރުނަތަށް ފޫދުއްވާލާފައެވެ. ނަމަވެސް މިއީ ދުނިޔޭގެ […]
ވެލާނާ އިންޓަނޭޝަނަލް އެއަާޕޯޓުން ނިކުަން ޒުވާނާގެ ތުންފަތް މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. .އޭނާ ލައިގެން ހުރީ ކްރީމް ކުލައިގެ ގަމީހެކެވެ.ތިރިން ހުދު ކުލައިގެ ޖިންސެއް ލާފާވާއިރު އަރާފައި ވަނި ސްނިކާ ބޫޓަކަށެވެ. ފޮށި ދަމާއިގެން ހިނގާ އިރު އޭނާއަށް ވަނީ ގިނަ އަންހެންކުދިންގެ ނަޒަރުތައް ހުަޢްޓިފައެވެ. އެހެންކަމުން އޭނާގެ ތުންފަތްމަތީގައި ބޮޑާ ކަމުގެ ހިނިތުންވުމެޢް ދުވެލިއެވެ. ގުދުރަތުން އޭނާ އަށް ދެއްވާފައިވާ ރީތި ކަމުގެ ސަބަބުން ޒުވާން އަންހެންކުދިންގެ ހިތްތައް ފަތަހަ ކުރުމަކީ އޭނާ އަށް […]
ގިނަދުވަސްވެގެން ފާރުތަކުގައި މަކުނުވާއަޅާ ފުރިފައިވާއިރު ތަޅުންގަނޑުން ބޮޑުބައެއް ކަޅުވެފައިވެއެވެ. ކަޅު ދޭތެރެތަކުން ކަޅު ރަތްކުލަ ފެންނަމުންދިޔަގޮތުން މީހެއްގެ ލެއިން ބިންގަނޑު ފެވިފައިވާހެން ހީވެއެވެ. ދުމުގެ ވަހާއިއެކުވެގެން އެތަނުގެ ތެރޭގައި ދުވަމުންދިޔައީވެސް ލޭގެ ނުބައިވަހެވެ. އެތެރެއަށް ދަމާލި ދެތިން ނޭވާއާއިއެކު ހައިޒަލް އޯކާދެމިގަތްއިރު ބޮލުގައި ރިއްސައިގަތީ ކެތްނުވާވަރަށެވެ. ބޮލުގައި އަޅަން ފެށި ރިހުމާއިއެކު މޭމައްޗަށް ބާރުވެގެންދިޔައިރު ހައިޒަލްގެ ހޭވެރިކަން ނެތޭގޮތްވިއެވެ. އޭރު ލޯމައްޗަށް އަނދިރިވަމުން ދިޔަގޮތުން ހީވަނީ އޭނަގެ ލޮލުގެ ފެނުން ވަކިވާން އުޅޭހެންނެވެ. ވަށައިގެންވާ މާހައުލު އެނބުރިގަތްހެން […]
އެނދުގައި އޮށޯވެލާގެން އޮތް ޒިޔާން ގެ މޫނު މަތިން ކަމަކަށް ވިސް ނަން އޮތްކަން ހާމަވެގެން ދެއެވެ. ” އެ ލޮލުގެ ނަޒަރު… އެ ފަން އިސްތަށިގަނޑު … އަލިކަންގަދަ ހަންގަނޑެއް…. އަސްލުވެސް ރީތިކަމުގެ ރާނީއެއް… ވަރަށްވެސް ފުރިހަމަ…” މިފަދަ ހިޔާލުތަކުން ޒިޔާންގެ ސިކުންޑި ފުރާލެވިފައި ވީއިރު އެ ދެލޮލުގެ ނިދި ވަނީ އެ ދެލޮލާ ވަރަށް ދުރުގައެވެ. އެ ފުރަތަމަ ބައްދަލުވުމުންވެސް ޒިޔާންގެ ހިތުގައި އެ ސޫރަ ފަވާލެވިފައިވެއެވެ. ” ޒިޔާން ނުނިދަންތަ..” ކޮޓަރިޔަށް ވަދެގެން […]
މޭރީ ބްރައުން އިން ކައިޒީން ނުކުމީ ނުހަނު ބާރަށް ހިނގަމުންނެވެ. ސަބަބަކީ ޒިރާން ގުޅާފައި ގެއަށް އައުމަށް ބުނުމުންނެވެ. ސުކޫލް ނިންމާލާފައި ގެއަށްވެސް ނުގޮސް ކައިޒީން ދިޔައީ އޭނާގެ އެކުވެރި ދެ ކުދިން ގޮވައިގެން މޭރީ ބްރައުންއަށެވެ. ފޯނަށް ބަލަމުން ދިޔަ ކައިޒީން މީހެއްގެ ގައިގައި އަޅާގަނެފައި އޭނަގެ އަތުގައި ހުރި ފޮތްތަކާއި ފޯން ވެސް ބިތްމައްޗަށް ވެރުނެވެ. އަދި އެމީހާގެ އަތުގައި ހުރި އެއްޗެހިވެސް ބިންމައްޗަށް ވެރުނެވެ. ކާރުން ނުކުމެގެން އާރިފާގެ އަތުގައި ހިފައިގެން އިނާޝް ދިޔައީ ނުހަނު ބާރަށް ހިނގަމުންނެވެ. އީނާޝް ހުރީ ހުޅުމާލެއަށް ނުދެވިގެން ކެތް މަދު ވެފައިއެވެ. އެހެންކަމުން އީނާޝް ބާރަށް ހިނގަމުން ދިޔައީ މީހަކަށްވެސް ބަލާނުލައިއެވެ. އާރިފާ މިހާރު އެތަށް ބުރަކު މަޑުން ހިނގަން […]
މީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކަ!….. މި ވާހަކަަޢިގެ ފުރަތަމަ ޕާޓު ވީހާވެސް އަވަހަށް އަޕް ކުރާނަމެވެ…. ކިޔުންތެރިން މިވަހަކައަށް އިންތިޒާރު ކުރާނެކަމަށް އުމްމީދުކުރަމެވެ..
“އަހަރެން ފެންނާނެއަތީތަ؟ ހާސްނުވޭ… އަހަރެން ނޫޅެން ހައިޒަލްގެ އެޓެންޝަން ހޯދާކަށް… ޔޫ ހޭޓް …” ނައިނާގެ ޖުމްލަ ފުރިހަމަކުރާނެ ފުރުސަތެއް ހައިޒަލް ދިނުމެއްނެތި ދެތުންފަތުން އެޖުމްލަ މެދުކަނޑާލިއެވެ. އެވަގުތު ނައިނާގެ ދެލޯބޮޑުކޮށްލެވުނުއިރު ހައިޒަލް ދުރުކުރަން ގަދަހަދާފައިވެސް އެންމެ ފަހުން ހައިޒަލްގެ ކޮންމެ އަމަލެއްގައި ބައިވެރިވުނީ ކީއްވެކަމެއް ނޭނގުނެވެ. ދެޒުވާނުންގެ ނޭވާކޮޅަށް ދިޔައިރު ނައިނާ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. އެވަގުތު ނައިނާގެ ލޯމައްޗަށް ޝަލީން ސިފަވެގެންދިޔައިރު ވީގޮތެއްވެސް ނޭނގުނެވެ. ހައިޒަލްގެ މޭގާ އަތްއަޅާ ދުރަށް ކޮއްޕާލިއިރު […]
ކުޑަ ހިނދު ކޮޅަކަށް ނަމަވެސް އެލީނާ އޭނާގެ ހިތާމަ ތަކުގެ މަތިން ހަނދާންނެތުނެވެ. ޢެލީނާ އެރޭ ޕާޓީއަށް ލާނެ ރީތި ހެދުމެއް ހޯދުމަށްޓަކައި އެދުވަހުގެ ހަވީރު ގަޑީގައި ފިހާރަތަށް ބަލަން އީޝަލްއާއި އެލިނާ ނިކުތެވެ. ހަފްތާ ބަންދު ދަވަހެއް ކަމުން މަގުމަތި ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އެކި ފުރާއިގެ ކުދިންނާއި މީހުން ފެނެއެވެ.އެންމެންވެސް ދިޔައީ ބަންދު ދުވަހަކަށް ވުމުން އާއިލާ ނުވަތަ އެކުވެރިންނާއެކީ ހިތްހަމްޖެހޭ އުފާވެރިވަގުތު ކޮޅެއް ހޭދަ ކުރެވޭތޯއެވެ. ޢީޝަލް ހުރީ ކާރެއް ނުލިބި ގިނައިރު […]