”ރާޔާ” ފަހަތުން އައި އަންހެން ކުއްޖެއް ގޮވާލިއެވެ. އެކުއްޖެކޭ ރާޔާ އެކޭ ތަފާތެއް ނެތެވެ. ސްކޫލުގައި އޮންނަ ގަވާއިދައް ރާޔާ އާއި އެ އަން ހެން ކުއްޖާ ދުވަހަކުވެސް އަމަލު ކޮއްފައެށް ނުވެެ އެވެ.”ރައު.. މިއަދު ޖެހޭނެ ޕްލޭން ކޮންމެ ގޮތެއް ހަދާފަވެސް ކާމިޔާބު ކުރަން… މިއަދު މަގޭ ޒިންމާ އަކީ އެ…. ރައު ނިކަން އޭނަ ހައްދާލަބަަލަ… ބު ނޭ މިއަދު ހަތަރުވަނަ ގަޑީގަ ފާޙަނާއަށް ދާށޭ… މަ ބޭނުން މިއަދު އޭނާގެ ޓެސްޓަށްް ދަސްކުރަން ޖެހޭ ބައިތައް އޭނާއަށް ނޭނގެން…ހަހަހަ” ރާޔާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުންނެވެ. ކިރިޔާ ރައުލާއަށް އިވޭ ވަރަށެވެ. ރައުލާގެ ތުންފަތުގައި ވެސް ވީ ވިހަ ހިނިތުންވުމެކެވެ. ރައުލާ އަކީ ވެސް ރީތި ސިފައެއް ލިބިފައި ހުންނަ ސާދަ އަހަރުގެ އަންހެން ކުއްޖެކެވެ.މީހުންނަށް ބޭރުން ދައްކަނީ ހިތްހެޔޮ ކަމެވެ. ނަމަވެސް ރާޔާ ފިޔަވައި އިތުރު މީހަކަށް އޭނާގެ ހަގީގަތް އިނގި ފަކާ ނުވެއެވެ.
ސްކޫލް ދޮށަށް ދިޔަ ދެ އެކުވެރިންގެ މޫނުން ފެން ނަނީ އުފާވެރި ކަމެވެ. ކޮންމެ ގޮތެއް ވިޔަަަަސް މިއަދު އެމީހުންގެ ޕްލޭން ކާމިޔާބުު ވާނެވެ. އެއީ އެމީހުން ދެކޭ ގޮތެވެ. އެމީހުންނަށް ނޭނގުނީ މާތް ﷲ މިކަން ރަނގަޅަށްް ބައްލަވާ ވޮޑިގެން ވާ ކަ މެވެ.ައެކަލާނގެއީ ވާނޭ ކަމާއި ނުވާނޭ ކަން މެދު ވެރިކުރައްވާ ފަރާތް ކަމެވެ.
ރަނގަބީލުގެ އަޑު އިވުމާއެކު ސްކޫލު ދަރިވަރުން ސްކޫލަށް ވނެވެ. އެެެެެެެެއްބައި ކުދިން ދުވެފައި ވަތް އިރު އަނެއްބައި ކުދިން ރީތިކޮން ހިނގާލާފައި ވަނެވެ. ހުރިހާ ކުދިންވެސް ބެލީ އަވަހަށް އެ ކުއްޖެއްގެ ކިލާހަށް ދެވޭތޯއެވެ.ކިލާހަށް ގަޑި ޖެހިގެން އައިސްފި ނަމަ މުދައްރިސްް އަދަބު ދޭނެ ތީވެއެވެ.ހުރިހާ ކޔދިން ވެސް ކިލާހަށް ގޮސް ފުރަތަމަވެސް ތައްޔާރުވީ އެސެންްމްބުލީ އަށް ދިއު މަށެވެ. މިއަދަަަަަަކީ ވަރަށް ހާއްސަ އެސެންބުލީ އެށް އޮންނަ ދުވަހަކަށް ވާތިއެވެ. އެއީ ސްކޫލުގެ ކެޕްޓަ ން އަދި ޑެޕިއުޓީ ކެޕްޓަން އަންހެން،ފިރިހެން ހޮވާތީއެވެ. ހުރިހާ ކުދިން ވެސް ތިބީ އެސެންބުލީީ އަށް އަވަހަށް ނުދެވިފައެވެ. ހުރިހާ ކުދިން ވެސް ތިބީ ެއެ ކުއްޖެއްގެ ދައްތަ ނުވަތަ ބޭބެގެ ނަތިޖާާ އިނގެން ނުހަނު ބޭނުންވެފައެވެ.
ފަސްވަރަކަށް މިނެޓް ފަހުން ކުރިން ހުސްކޮން އޮތް އެސެމްބުލީ ގުރައުންޑު ފުރިގެން ދިޔައެވެ. ހުރިހާ ކުދިން ހަމަވުމާއެކު އެސެމްބްލީ ފެށިގެން ދިޔައީ ކީރިތި ގުރުއާންގެ ރީތިވި އާޔަތްތަކުންނެވެ. އެއަށްފަހު ދުވަހުގެ ދުއާ ކިއެވެ. ދެން އެންމެން އިންތިޒާރު ކުރަމުންދިޔަ ވަގުތު ޖެހުނެވެ. ކެޕްޓަން ގެ ނަމާއި ޑެޕިއުޓީ ކެޕްޓަންގެ ނަން އިއުލާން ކުރަން ގަޑި ޖެހުނެވެެ. ނަން އިއުލާން ކުރުމަށްޓަކައި ދިވެހި މުދައްރިސް އަސްމާ މައިކް ކާރިއަށް ދިޔައެވެ. ”2018ވަނަ އަހަރުގެެ ސްކޫލު ގެ އަންހެން ޑެޕިއުޓީ ކެޕްޓަން އަކީ ނޫރިޝް އަހުމަދު… އަދި ފިރިހެން ޑެޕިިިިއުޓީ ކެޕްޓަން އަކީ އަހުމަދު ނާއިޝް އަލީ ޝަރީފް…. މިއަހަރުގެ މި ސްކޫލުގެ ކެޕްޓަން އަކީ ބާރަ އޭގެެ ދަރިވަރު އާމިނަތު ނުޒްހަތު. މަރުހަބާ ތިން ދަރިވަރުން ވަަައްސަަަަަަަަލާމު އަލައިކުމްް.”
އަސްމާ މިސް އެސެމްބްލީ ނިންމާލީ އެންމެންގެ މޫނަށް އުފާވެރިކަން ގެނެސްދެމުންނެވެ. ނަމަވެސް ބައެއް ކުދިން ދެރަވީ އެކުވެރިޔާ، ދައްތަ އަދި ބޭބެ ނުހޮވުމުންނެވެ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަަ ކަށް އެކުދިން ދެކިގެން އިތުރަށް އެކަމާ ދެރަވެގެން ނޫޅެއެވެ.
އެސެންބުލީ ނިމުމުން އަވަހަށް ހުރިހާ ކުދިން ކުލާހަށް ދިޔައެވެެ. ހުރިހާ ކުދިންވެސް ކުލާހަށް ގޮސް ޓީޗަރެއް އަންނަންދެން މަޑުމައިތިރިކަމާއެކު ތިއްބެވެ. ނަމަވެސް އަށެއް ބީ ގައި ރާޔާ އުޅުނީ މޮޔަވެގެންނެވެ. މިއަދު އަލައް ފިރިިިިިިހެން ކުއްޖަކު އޭނާގެ ކުލާހަށް ޖޮއިން ވުމުންނެވެ. ފުރަތަމަ ނަޒަރުންވެސް ރާޔާގެ ހިތް އެ ފިރިިިިިިހެން ކުއްޖާއަށް ކިއެވެ. ހަންގަނޑު އޮމާން މި ފިރިހެން ކުއްޖާގެ ގޮތް އިނގެން ބޭނުންވިއެވެ. އެ ފިރިހެން ކުއްޖައާ ބެހޭގޮތުން އަދި އިނގެނީީ އެންމެ ކަމެކެވެ. އެއީ އައްޑޫ ކުއްޖެއް ކަމެވެ. އެވެސް އިނގުނީ ކުދިން ކީީ އަޑު އިވިގެންނެވެ.
”އަޒާންް.”
ނުނިމޭ..
16 Comments!
Comments are closed.




Hey Ishu.. Episodes are shorter than expected.. So can i give an idea.. Just consider it..
U have uploaded on 24th,25th,26th and 29th.. Rather than uploading this fast.. How abt choosing two days in a week n use the days in between to write the episodes longer than this.. Week aku episode eh genesdhevunas.. The content of it increase kureveytho balaalashey bunelan miulheny
Thanks
U will have time to write longer.. Also will have time to check for mistakes and correct them
Thank u
Reethi
Thanks??
thankolheh dhigu koh dhen anna part genesdhinun edhen
Thank u
When next part
Tommorow
When next part
Tommorow
Reethi
But little short
Please make next episode little longer
Waiting for next part ??????
Thanks.
When is next part….
Dont know