ހިތް އެދެމުން ދިޔައީ ހިނދުކޮޅަކު މަޑުކޮށްލުމަށެވެ. އެ ޒުވާން ހިތުގެ ތެޅުން އަދި އެއްފަހަރު އިހްސާސްކޮށްލާނެ ފުރުސަތެއް އޭނާއަށް ދިނުމަށެވެ. މިއުޒިކީ ދެހުނުން ގުޅިފައިވާ އަޑު ގުގުމާލުމަށެވެ. ނަމަވެސް އެންމެ ފަހު ފުން ނޭވާ އަލާއު ދޫކޮށްލި އަޑާއެކު މެޝިނުތަށްވެސް އޭގެ ވަޒިފާއިން ރިޓަޔާ ވިއެވެ. އުމުރުން ބާވީސް އަހަރު މި ފަނާވަނިވި ދުނިޔޭގައި ހޭދަކުރި އަލާއުގެ ފުރާނަ އޭގެ ވެރިފަރާތުގެ ހަޝްރަތަށް ދަތުރުކުރީ އިވާޝާގެ ބޮޑު ދެލޮލުން މުތީތަކެއްފަދަ ކަރުނަތަށް ފޫދުއްވާލާފައެވެ. ނަމަވެސް މިއީ ދުނިޔޭގެ […]