ހާސިލް ވުމަށް އެދި 2
މޭރީ ބްރައުން އިން ކައިޒީން ނުކުމީ ނުހަނު ބާރަށް ހިނގަމުންނެވެ. ސަބަބަކީ ޒިރާން ގުޅާފައި ގެއަށް އައުމަށް ބުނުމުންނެވެ. ސުކޫލް ނިންމާލާފައި ގެއަށްވެސް ނުގޮސް ކައިޒީން ދިޔައީ އޭނާގެ އެކުވެރި ދެ ކުދިން ގޮވައިގެން މޭރީ ބްރައުންއަށެވެ. ފޯނަށް ބަލަމުން ދިޔަ ކައިޒީން މީހެއްގެ ގައިގައި އަޅާގަނެފައި އޭނަގެ އަތުގައި ހުރި ފޮތްތަކާއި ފޯން ވެސް ބިތްމައްޗަށް ވެރުނެވެ. އަދި އެމީހާގެ އަތުގައި ހުރި އެއްޗެހިވެސް ބިންމައްޗަށް ވެރުނެވެ.
ކާރުން ނުކުމެގެން އާރިފާގެ އަތުގައި ހިފައިގެން އިނާޝް ދިޔައީ ނުހަނު ބާރަށް ހިނގަމުންނެވެ. އީނާޝް ހުރީ ހުޅުމާލެއަށް ނުދެވިގެން ކެތް މަދު ވެފައިއެވެ. އެހެންކަމުން އީނާޝް ބާރަށް ހިނގަމުން ދިޔައީ މީހަކަށްވެސް ބަލާނުލައިއެވެ. އާރިފާ މިހާރު އެތަށް ބުރަކު މަޑުން ހިނގަން ބުނެފިއެވެ. ނަމަވެސް އީނާޝް އަކީ އެހައި ފަސޭހައިން ގޮތްދޫކުރާ މީހަކަށް ނުވުމުން އެހިނގުން މަޑު ކުރާކަށް ނޫޅެއެވެ. އެގޮތަށް ބާރަށް ހިނގަފައި ދިޔަ އީނާޝް ޖެހުނީ ކުރިމަތިން ނުހަނު ރީތިކޮށް ހިނގައިފައި އައި އަންހެން ކުއްޖެއްގެ ގައިގައެވެ. އެއާއިއެކު އީނާޝްގެ ކޮނޑުގައި އަޅުވާފައި އޮތް ބޮޑު ދަބަސްވެސް ބިން މައްޗަށް ވެއްޓުނެވެ. ”އާހް މަޢާފު ކުރޭ..” އެކުއްޖާގެ އެއްޗެހިތައް ބިންމަތީ ބާއްވާފައި ބެލީ އަވަހަށް އީނާޝްގެ ދަބަސް ނަގައި ދެވޭތޯއެވެ. އަދި އަވަސް އަވަހަށް މަޢާފަށްވެސް އެދުނެވެ. ”ކޮން ނަމެއް ކިޔަނީ؟” އީނާޝްގެ އަތަށް ދަބަސް ދީފައި ވެރުނި އެއްޖެހިތަށް ނަގަން ގުދުވެލި ކުއްޖާގެ ބުރަކަށި ތެދުކޮށްލީ އާރިފާ ސުވާލު ކުރުމުންނެވެ. ”ކައިޒީން.. އާންމު ކޮށް މީހުން ކިޔައި އުޅެނީ ކައި..” ”ތީ ކައި ޓްރޭޑާރސްގެ ބޮޑު މީހާގެ ދަރުފުޅުތަ؟” ކައިޒީން ހިނިތުންވެލައިފައި އާރިފާއަށް ޖަވާބު ދިން ގޮތުން ހުރީ ހައިރާންވެފައިއެވެ. އަދި ހަމަ އެސިކުންތުގައި ކައިޒީންގެ ފައިން ފެށިގެން ބޮލާ ހަމައަށް އާރިފާ ބަލައިލިއެވެ. އަދި ސިކުނޑީގައި މޮޅު ރޭވުމެއްވެސް ރާވައިލިއެވެ. ”އާރިފާ.. މިއީ އަހަރެންގެ ދަރިފުޅު އީނާޝް..” ސަލާމަށް އަތްދިއްކޮށްލަމުން އާރިފާ ތަޢާރަފުވެލިއެވެ. ކައިޒީންވެސް ބަދަލުގައި ހިނިތުންވުމެއް ރައްދުކުރަމުން ސަލާމްކޮށްލިއެވެ. އަދި އީނާޝް އަށް ވެސް ސަލާމަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް އެއަތް ތިރިކޮށްލަން ޖެހުނީ އެތަށް އިރަކު ސަލާމަށް އަތް ދިއްކޮށްގެން ހުރުމުންވެސް އިނާޝް ސަލާމް ނުކުރުމުންނެވެ. އޭގެ ބަދަލުގައި އީނާޝް ލޯ އަޅައިލާފައި އެނެއްފަރާތަށް ބޯ އަނބުރާލީއެވެ. އީނާޝްއަކީ މީހުންނާ މާ ގަޔާވާ ކުއްޖެއްނޫނެވެ. މަންމައާއި ބައްޕަގެ ލޯބި ނުލިބުމުން ކަމަށްވެސް ވެދާނެއެވެ. ”ހާދަ ހިތްހެޔޮ ކުއްޖެކޭ ދޯ ތީ..” އާރިފާ ކައިޒީން އާ ވާހަކަދައްކަމުން ދިޔަލެއް ލޯބިކަމުން އީނާޝް ހުރީ އެކަމާ ހަސަދަވެރިވެފައެވެ. އަދި އާރިފާ ކައިޒީންގެ ބޮލުގައި ފިރުމަމުން ދިޔަގޮތުން އީނާޝްގެ ބޮލުގައިވެސް އާރިފާ އެގޮތަށް ފިރުމާލާނެ ނަމައޭ އީނާޝްގެ ހިތަށް އެރިއެވެ. އަދި ވަރަށް ދެރަވެފައި ހުރެ އާރިފާގެ މޫނަށް ބަލަން އީނާޝް ހުރީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. ”ދައްތާ.. ހިނގާބަ އަޅުގަނޑުމެން ގެއަށް ގޮސްލަން ބިޒީ ނޫނިއްޔާ..” ”ހޫމް.. ހިނގަދާން..” އާރިފާ ކައިޒީންގެ ގެއަށް ދާން ވަރަށް އަވަހަށް އެއްބަސްވިއެވެ.
ހަމައެވަގުތުގައި އީނާޝް އާރިފާ ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ”މަންމާ.. އަހަރެމެން ވީ މިތަނުން އަވަހަށް ދާށޭ.. އެހެންނޫނީ އެމީހާ ގަނޑަށް ފެނިދާނޭ..” އާރިފާ ކައިޒީންގެ ގެއަށް ދާން އެއްބަސްވުމުން އީނާޝް ހުރީ ނުހަނު ރުޅިއައިސްއެވެ. ”އީނާޝް.. ކަލޭ ނުދަންނާ ދޭ ހުޅުމާލޭގައި ހުރި ބޮލަށް ވެއްޓިފައި ހުރި ގެއަށް.. މަ ގޮސް ދާނަމޭ ކައިޒީންއާ އެއްކޮށް އެގެއަށް.. އެކަމަކު އެނބުރި ނުއެއް އަންނާނަން.. އަހަރެންނަށް އެގޭގައި އުޅެން ލިބިއްޖާ އީނާޝްވެސް ޖެހޭނީ އަހަރެންނާއިއެކު ހަމަ އެގޭގައި އުޅެން..” އާރިފާ ދަތްކުޑި ވިކާލައިފައި ވަރަށް ސިއްރު ސިއްރުން އީނާޝްގެ ކަންފަތް ބުޑުގައި އާރިފާ ބޭނުންވާ ގޮތް ބުނެލިއެވެ. އަަދި އެއް ބުމަ ހިއްލާލައިގެން އީނާޝް އާ ދިމާއަށް ބަލަން ހުރީ އީނާޝް ބުނާނެ އެއްޗަކަށް ދޭނެ ރައްދެއް ވިސްނައިލާށެވެ. ”މަންމާ.. މޮޔަވެގެންތަ ތިއުޅެނީ..” ”އާން މަ މިއުޅެނީ މޮޔަވެގެން.. އެވެސް ކަލޭއާއި ހެދި.. އިނާޝް ވިސްނައިލަބަލަ.. ކައިޒީން އެއީ މާލޭގެ އެންމެ މަޝްހޫރު އެއް ފިހާރައިގެ ބޮޑު މީހާގެ ދަރިއޭ.. ފަހަރުގައި އަހަރެމެން އެގެއަށް ދިޔުމުން މޮޅުގޮތެއް ވެސް ވެދާނެއްނު.. އެހެންވެ އޭ އެގެއަށް ދާން މަ އެއްބަސް ވީ..” އާރިފާ ރުޅިވެރި ކަމާއިއެކު ފެށި ވާހަކަ ނިންމާލީ ހަސަދަވެރިކަމާއި ކަމާއިއެކީއެވެ. ހަމައެއާއިއެކު އީނާޝް ވެސް މަންމަ މިތާ ހުންނާށޭ ކިޔައި ބަސް ސްޓޭޝަން އާއި ދިމާއަށް ދާން ހިނގައިގަތީ ދެފަރާތަށް ބޯހޫރު ވާލަމުންނެވެ. ނަމަވެސް އާރިފާ އެކަމާ މާ ބޮޑަށް އަޅާނުލައި ކައިޒީން އާ ދިމާއަށް ގޮސް ކައިޒީންގެ ކޮޑުގައި އަތް އަޅާލަމުން ދާން ހިނގާށޭ ބުނެލިއެވެ. ”އީނާޝް ނުދަނީތަ.. ދައްތާ..” އީނާޝް ނާންނާތީވެ ކައިޒީން ހުރީ ކުޑަކޮށް ދެރަވެފައިއެވެ. ”ކުޑަކަމެއްގައި ދާން ޖެހިގެން އެދިޔައީ..” އާރިފާ އަވަސް އަވަހަށް ދޮގެއް ހަދާލަމުން ކައިޒީންގެ ސުވާލަށް ޖަވާބުދިނެވެ. އިރުކޮޅަކު ދެމީހުން އެތާ ވާހަކަ ދައްކާލަން ތިބެފާ ކައިޒީންމެން ބަލާއައި ޕްރައިވެޓް ކާރަށް ދެމީހުންވެސް އެރިއެވެ.
އީނާޝް ބަހުގައި އިނެގެން ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. ކުރިމަތީގައި ހިނގާ އެއްވެސް ކަމަކަށް އަދި މީހުން ބަލާ ބެލުމަކަށްވެސް ސަމާލުކަމެއް ނުދެއެވެ. ”މަންމާ ކީއްވެ؟ ކީއްވެ މަންމާ؟ އަހަރެންގެ ކޮން ކުށެއް އޮވެގެން މަންމަ އަހަރެންނަށް ތިހެން ތިހަދަނީ؟ އަހަރެން މަންމައަށް ކީއްކޮށްގެން މަންމަ އަހަރެންނަށް އެހާ އަނިޔާ ތިދެނީ؟ އަހަރެންގެވެސް އޮންނަނީ ހިތެކޭ މަންމާ..” މިހުރިހާ ބަހެއްވީ އީނާޝްގެ ހިތުތެރޭގައިއެވެ. ހުސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. އާރިފާ ކައިޒީންގެ ބޮލުގައި ފިރުމިތަން އަދިވެސް އީނާޝްއަށް ދަނީ ސިފަވަމުންނެވެ. ކައިޒީންގެ ބަދަލުގައި އެތާ ހުންނަން ޖެހޭނީ އިނާޝްއޭ އިނާޝްގެ ހިތަށް އެރިއެވެ. އެކަމާ އީނާޝްގެ ހިތުގައި ކައިޒީންއާއި މެދު ހަސަދަވެރިވިއެވެ. ނަމަވެސް އީނާޝް ރޯ ރުއިމަކަށް އެއްވެސް ބަދަލެއް ނާދެެއެވެ. ”ކޮއްކޯ ކީއްވެ ތި ރޮނީ؟” އީނާޝް އިން ސީޓާއި ޖެހިގެން އިން ސީޓްގައި އިން މެދު އުމުރުގެ މީހާ އީނާޝް ގެ ގާތު އެހިއެވެ. ނަމަވެސް ޖަވާބެއްނުދީ އީނާޝް އެތަނުން ތެދުވެގެން ދިޔައީ އެވަގުތަކީ އޭނާގެ ގޭ އިންނަ ހިސާބަށް ބަސް ހުއްޓުނު ވަގުތަށް ވުމުންނެވެ. އަތުގެ ނުފުށުން ލޮލުގައި ހުރި ކަރުނަތަށް ފުހެލަމުން އީނާޝް ބަހުން ނުކުމެގެން ހުރި ސީދަލަށް ދިޔައީ އޭނާގެ ގެއަށް އަވަހަށް ދިޔުމަށެވެ.
އިސްޖަހައިލައިގެން ހިނގަމުން ދިޔަ އީނާޝް ހުއްޓުން އެރީ މީހެއްގެ ގައިގައި ޖެހުމުންނެވެ. އެއީ އީނާޝް އެންމެ ރުޅި އަންނަ އީނާޝްގެ ދޮންބައްޕަ ސޮބާހުއެވެ. އީނާޝް އަވަހަށް ދުއްވައިގަތީ ސޮބާހުގެ އަތުގައި ނުޖެހެންވެގެންނެވެ. ނަބާހުގެ ގާތު ސޮބާހު ހިފަހައްޓަން ބުނުމުން އެކަން ނުކުރުމުން އީނާޝް ދިޔައީ ހިތާހިތުން ނަބާހުއަށް ކުދި ކިޔަމުންނެވެ. ސޮބާހުވެސް އީނާޝްގެ ފަހަތުން އޭނާއަށް ދުވެވޭ އެންމެ ބާރަށް ދުއްވައިގަނެވެ. ސޮބާހުއަށް ވަރަށް ފަސޭހައިން އީނާޝް އަތުލައިގަނެވެ. ”ކޮބާ ކަލޭގެ މަންމަ؟” އޭން ކޮބާހޭ ކަލޭގެ މަންމަ؟” ސޮބާހު އީނާޝް ބިންމައްޗަށް ވައްޓާލަމުން ނުހަނު ބާރަށް އާރިފާ ކޮބާއިހޭ އެހިއެވެ. ”ނޭނގޭ މަށަކަށް..” ”ކަލޭއަކަށް ނޭނގެއޭ.. ބަލަ ކަލޭއެއް ނޫންތަ ކަލޭގެ މަންމަ ގޮވައިގެން ގެއިން ނިކުތީ.. މިހާރު ބުނަންވީ ކޮބައިކަން އޭނަ.. ކޮންތާކަށް އޭނާ ދިޔާ..” ސޮބާހުގެ ރުޅި ދިޔައީ އިތުރަށް ގަދަވަމުންނެވެ. ”މިބުނީނު މަށަކަށް ނޭނގޭ.. މިކިޔާއެއްޗެއް ނޭނގެނީތަ؟” އީނާޝްވެސް ހުރީ ރުޅިއައިސް ގެން މުޅިމޫނުވެސް ރަތްވެފައިއެވެ. ”ކަލޭއަށް ކަލޭގެ މަންމަ ވީތަނެއް ނުބުނެވެންޏާ ޖެހޭނީ އަހަރެންގެ ގޭގައި އުޅެން.. އެހެންނޫނީ ބުނޭ އޭނާ ވީ ތަނެއް؟” އީނާޝް ޖަވާބެއް ނުދީ ބިންމަތީގައި ރީތިކޮށް އިއްތާ އިނުމުން ސޮބާހު ގޮސް އީނާޝް ގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގައި ކުރިމަތީގައި ކާރެއް އޮތުމުން އެއަށް އެރިއެވެ. އީނާޝްވެސް ގަދަކަމުން އެއަށް އެރުވިއެވެ. ”އަހަރެންގެ އަތުން ދޫކުރާށޭ.. ކަލޭއަކަށް ނޯންނާނެ އަހަރެންގެ ގައިގަައި އަތްލުމުގެ އެއްވެސް ހައްގެއް.. މިހާރު ދޫކުރޭ.. އަހަރެންގެ އަތުގައި ނުހިފެހެއްޓިއަށް ގޮސްދާނަމޭ ކަލޭގެ ގެއަށް..” އިނާޝްއަށް ދެން ސޮބާހުގެ ކައިރިން ސަލާމަތް ނުވެވޭނެތީ ސޮބާހުގެ ގެއަށް ދިޔުމަށް އެންމެ ފަހުން އެއްބަސްވިއެވެ. ހުޅުމާލެއާއި މާލެއާއި ދެމެދު ގުޅާލެވިފައިވާ ބުރިޖުން ކާރު ދުއްވާފައި ދިޔައިރުވެސް އެކާރުގެ އެތެރޭގައި ވަނީ ހިމޭންކަމެވެ. ސޮބާހުވެސް އީނާޝްގެ އަތުން ދޫކޮށްލުމުން މާ ވަރަކަަށް ގަދަ ހަދާކަށް އީނާޝްއެއް ނޫޅެއެވެ.
ސޮބާހު ގެއަށް ލާފައި ގޮސް ފާހަނާއަށް ނަބާހު ވަނީ އެތަށް އިރަކު ސޮބާހުއަށް ވިސްނޭތޯ ނަސޭހަތް ދޭން އިނެފައިއެވެ. ނަމަވެސް ނަބާހުއަށް ފާހަނާއިން ނުކުމެވުން އިރު ސޮބާހު ލޮލަށް ފެންނަންވެސް ނެތެވެ. އެހެންކަމުން ނަބާހު މުޅި މާލޭގައި އެ ދުއްވަނީ އޭނާގެ ބައްޕަ ސޮބާހު ފެނޭތޯއެވެ. ނަބާހު ގޭ ކުރިމައްޗަށް ސައިކަލު މަޑުކޮށްލި ވަގުތަކީ ކަޅު ކުލައިގެ ކާރެއްވެސް އައިސް ގޭގެ ދޮރު މައްޗަށް މަޑު ކޮށްލި ވަގުތެވެ. އެހެންކަމުން ނަބާޙު ސައިކަލުގައި މަޑުކޮށްލައިގެން އިނީ ކާރުގައި ތިބީ ކޮން ބައެއްތޯ ބަލާއިލުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ.
ކައި ޓްރޭޑާރސްގެ ކުރިމައްޗަށް ހުއްޓުނު ކަޅުކުލައިގެ ޕްރައިވެޓް ކާރުން ނުކުތް ކައިޒީން އާއި އާރިފާ ފެނި އެތަށް ބަޔަކު ދިޔައީ އެދެމީހުންނާ ދިމާއަށް ބަލަމުންނެވެ. ކައިޒީންގެ ގެއަށް ވަނެވެން އިންނަނީ ކައި ޓްރޭޑާރސްގެ އެތެރެއިން ގޮހެވެ. އެ ފިހާރައަށް އާރިފާ ދިޔަ ފުރަތަމަ ފަހަރު ކަމުން އާރިފާ ހުރީ އާޝޯހުވެފައިއެވެ. ތުންތުންމަތިން އާރިފާއަށް ވަނީ ކައި ޓްރޭޑާރސްގެ ވާހަކަ އަޑުއިވިފައިއެވެ. ނަމަވެސް މިހާ ފުރިހަމަވެފައި ރީތިވާނެ ކަމެއް ދުވަހަކުވެސް އާރިފާގެ ހިތަކަށް ނާރައެެވެ. ފިހާރަ އެތެރެއިން ލާފައި ކައިޒީން ނުކުމި ދޮރުން އާރިފާ ނުކުމީ އެތާގެ ފުރިހަމަކަމާއި މެދު ތައުރީފު ކުރަމުންނެވެ. އެގޭ އެތެރެއަށް ބަލާއިލި ކޮންމެ މީހެއްގެ އަގައިން ވެސް ”ސޮނި” ފައިބާނޭ އާރިފާގެ ހިތަށް އެރިއެވެ. އޭނާވެސް ހުރީ ހަމަ އެހާލުގައިއެވެ.
ގޭގެ ސިޓިންގް ރޫމުގައި ހުދު ކުލަ ލާފައި ހުރި އިރު ސީލިންގް ގައިވެސް ހުރީ ހަމަ އެކުލައިއެވެ. ސިޓިންގް ރޫމްގެ މެދަށް ވާގޮތަށް ހަތްދިހަ ފަސް އިންޗީގެ ފަތި ޓީވީއެއް ހަރުކުރެވިފައި ވާއިރު ޓީވީގެ ކުރިމައްޗަށް ވާގޮތަށް އެންމެ މި ޒަމާނުގެ ކަޅު ކުލައިގެ ސޯފާސެޓެއް ހުއްޓެވެ. ޓީވީގެ ދެކައިރިއަށް ވާގޮތަށް ސައިޑް ޓޭބަލް މަތީ ޗޮކުލެޓް ކުލައިގެ ބިއްލޫރި ވާސްއަކަށް އެކި ކުލަ ކުލައިގެ މާއަޅާފައި ހުއްޓެވެ. އަދި އެއްކައިރިއެއްގައި ދެމީހުންނަށް އިއްތޭވަރުގެ އުނދޯއްޔެއްވެސް ހުއްޓެވެ. ހުސްކޮށް އިން ފާރެއްގައި ބޮޑު މާގަނޑެއް ކުރަހާލާފައި ވާއިރު އެތަން ނުހަނު ފުރިހަމައެވެ. ބަލާއިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ މުއްސަނދި ކަމާއި ތަރުތީބު ކަމާއި ސާފު ތާހިރު ކަމެވެ. އާރިފާއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. ”ދައްތާ ކޮޅަށް ނުހުރެ ތިތާ އިށީންދޭ..” ކައިޒީން އިށީންނާށޭ ބުނެލުމުން އާރިފާ އެކި ތަންތަނަށް ބޯ ދިއްކުރަމުން ގޮސް ސޯފާގައި އިށީންދެލިއެވެ.
އޭގެ ދެމިނެޓް ފަހުން ކައިޒީން އައީ އޭނާގެ ބައްޕަ ޒިރާން ގޮވައިގެންނެވެ. ކަޅުކުލައިގެ ފަޓްލޫނެއް ލާއިފައި ހަމަ އެކުލައިގެ ގަމީހެއް ލައިފައި ހުރިއިރު ޒިރާން އެކޭ އެންމެ ޒުވާން ފުރައިގެ ކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ. ގަމީހުގެ އަތުކުރި އުޅަބޮށްޓާ ހަަމައަށް އޮޅާފައި ހުރި އިރު ފިރިހެންވަންތަކަށް ވަނީ އިތުރު ވެފައިއެވެ. ކައިޒީން ހުރީ ޒިރާންގެ ބާރުގަދަ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެންނެވެ. ޒިރާން ފެނުމާއިއެކު އާރިފާއަށް ސޯފާއިން ތެދުވެވުނީ ކުއްލިއަކަށެވެ. އަދި ޒިރާން ނޫން އެހެން ތާކަށް ކަޅި ހިންގާލަންވެސް އާރިފާއަށް ވީ އުނދަގޫ ކަމަކަށެވެ.
ޒިރާންގެ ހާލަކީވެސް އެއެވެ. ކަނޑު ނޫކުލައިގެ ފަލަމަސް ގަނޑާއި ހަމައަށް އަންނަ ޓޮޕް ކޮޅަކާއި ހަމަ އެއާއި ގުޅޭ އަޅި ކުލައިގެ ޖިންސެއް ލައިގެން ، ކުރިމަތީގައި ހުރި މީހާއަށް ޒިރާން ދިޔައީ އެސްފިޔަވެސް ޖަހާނުލައި ބަލަމުންނެވެ. ކޮނޑާއި ހަމައަށް އަރާ ރާޅު ބާނީ އިސްތަށިގަނޑު އެއްފަރާތަށް ފުނާ އަޅާފައި ހުރި އެމީހާ ނުހަނު ޗާލެވެ. ކައިޒީން ޒިރާންގެ އަތުގައި ދެތިން ފަހަރަކު ކޮށްޓާލުމުން ޒިރާންއަށް ހަމަ ބިމަށް އާދެވުނެވެ. އަދި އެމީހާގެ ގާތުގައި އިށީންނާށޭ ބުނެ ޒިރާން ގޮސް އެތާއި ވަކިން އިން ސޯފާގައި އިށީންދެލިއެވެ. ޒިރާން އަށް އެއީ ކާކު ކަމެއް އެއްވެސް ވަރަކަށް ނޭނގެއެވެ. އެމީހާގެ ސަބަބުން ކައިޒީން ގެއަށް ގެނައި ސަބަބުވެސް ޒިރާން ހަނދާންނެތުނެވެ. ”ބައްޕާ މީ އާރިފާ ދައްތަ.. ދައްތާ މިއީ އަހަރެންގެ ބައްޕަ..” ކައިޒީން އެދެމީހުންނަށް ދެމީހުން ތަޢާރަފު ކޮށްލަދިނެވެ. އަދި މިިއަދުވީ ކަންތައްތައް އަކުރުން އަކުރަށް ކިޔާދިނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Me first dhw nafuu..kiyaafa comment eh kohlaanan ingeyy❤❤❤???????????????????
Yeah jiji.. u r first.. Nd congratulation on being first jiji..??? waiting for your comment❤️❤️❤️❤️???
V reethi ?
dhn kn irakun tha meeege aneh part up kureveynee varah kiyaaa hihvehjje mi vaahaka
Thank you muneesha?…????
Oh so Nice masha Allah whan next part
Thank you trampu??????
Nafu dear..???. mi part ves hama habeys..???.. v reethi… so nice…. kondhuhukun next part up kurany…. waiting for next part …. ?❤?❤?❤?❤?much much much love frm me??????❤❤❤❤❤❤❤❤❤❤?
Thanks aishoo..❤️❤️❤️❤️ it means a lot dear..???? lots of love from me tooo❤️❤️❤️❤️❤️❤️❤️❤️
❤??Vv salhi ingey mi bai vec dearr
Thank you jiji…?????????
Assalam alaikum..
Finally miothy 2nd vana episode up vefaii.. alhamdulillah ??? unmeedhu kuran mi vaahaka kiyaa hurihaa kiyun therinnah mi episode Vs rythi vaane kamah… ???? Lots of love from me readers❤️❤️❤️❤️❤️ and reader alhugandah thidhey support ah vr vr bodah shukuriyyaa…?????
vrh rythi mi part… next part avahah up kihlla dhehchey ❤️❤️???
Thank you Shau… ??????
So wait.. Arifa just guessed abt Kai being the daughter of Ziran.? N for no reason at all.. Kai just took her to her house?
Yeah.. because the most famous shop in male is Kai traders.. aarifa knows everything about Kai traders.. but she didn’t go there.. kaizeen Eba bune ehnu Kai ey myhun kiyany.. that’s why.. yeah dear.. ??❤️❤️❤️❤️❤️
When next?
Nxt prt 10 July gai.. ???? lahun up up kureveythy ekamaa vr bodah maafah edhen…
So Nice waiting for next part lots of love from me
Thank you its me????? lots of love from me too?????