އެއްރެއެއްގެ ދަންވަރު އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި އަތްހާކާހެން ހީވެގެންނެވެ. ލޯހުޅުވާލުމާއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“އަހަރެންގެ ކައިރީގައި ނުދަންނަ ފިރިހެނަކު އިނެވެ. އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެމީހާ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަހަރެން ރޮމުން ބައްޕައަށް ގޮވަމުން ސިޓިންގް ރޫމަށް ނުކުތްއިރު ދޮންމަންމައާއި ބައްޕަ ޓީވީބަލަން ތިއްބެވެ. އަހަރެން ރޮމުންގޮސް ދިމާވި ކަންތަކުގެ ވާހަކަ ބައްޕައަށް ކިޔައިދިނީމެވެ. ‘ތިޔައީ ދަރިފުޅު ޝަހާދަތްނުކިޔާ ނިދާތީ ވާގޮތެއް’ ބައްޕަދިނީ ވަރަށް ފިނިޖަވާބެކެވެ. އަހަރެންގެ ކުޑަކުޑަހިތުގައި އެތައް ރެދުތަކެއް ލިއެވެ. އެރޭގެފަހުން ކޮންމެ ރެއަކު އެމީހާ އަހަރެންގެ ކޮޓަރިއަށްވަދެއެވެ. އަހަރެންގެ ޅަސިކުޑި އަހަންނަށް ވިސްނައިދިނީ އެއީ އަހަންނަށް ޝަހާދަތް ކިޔަން ނޭގޭތީ އަހަރެން ބިރުގަންނަވަން އަންނަ މީހެއްކަމަށެވެ.
ފަހަކަށްއައިސް ބައްޕަ އަބަދު ގޭގައި ހުންނަކަން އަހަންނަށް ފާހަގަވާން ފެށިގެން ބައްޕަ ބޭރަށްނުދަނީހޭ ކިޔާ ސުވާލުކުރީމެވެ. އަހަރެންގެ ބޮލުގައިފިރުމާލުމަށްފަހު ބައްޕަބުނީ ގޭގައި ރަންބިސް އަޅާ ކުކުޅެއް އިންދަކާ ތަންތަނަށް ނުދެވޭނެވާހަކައެވެ. އެދުވަހު އަހަރެން ގޭގެ ހުރިހާތަނެއް ހޯދާބެލީމެވެ. ނުވިތާކަށް ގޯތިތެރޭގައި ފީ ނާއްޓެއްއޮތްނަމަ އެ ފުރޮޅާވެސް ބެލީމެވެ. އަހަންނަކަށް އެބުނާ ރަންބިސްއަޅާ ކުކުޅެއް ނުފެނުނެވެ.”
އަނެއްކާވެސް ރާއިފާއަށް ރޮވެންފެށިއެވެ. ލޮލުންނާއި ނޭފަތުން އަންނަ ފެންތައް ހުއްޓުވަން ކުރި މަސައްކަތް ރާއިފާއަކަށް ކާމިޔާބެއް ނުކުރެވުނެވެ. ރާއިމް ޖީބުން ރުމާލެއްނަގާ ދިއްކޮށްލިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ރާއިފާ ރުމާލުގައި ހިފާ މޫނުފޮހެލިއެވެ. ދެންދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރުނެތީ ކަންނޭގެއެވެ. ރާއިފާ ދޮންވެލިގަނޑު މަތީގައި އިށީދެލައިގެންއިދެ ދޮންވެލި މުށެއްނަގާ ވައިގެ ތެރެއަށް ދޫކޮށްލިއެވެ. ދޮންވެލި ފުއްތައް އަތުގެ އިގިލިތަކުގެ ތެރެއިން ދޫވެގެން މިފައިބާހާ ފަސޭހަކޮށް ރާއިފާގެ ހިތުގައިވާ ހުރިހާއުދާސްތައް ބޭރުވާނެނަމަ ކިހާރަނގަޅުވީހެއްޔެވެ. ފުންނޭވާއެއް ލުމަށްފަހު ރާއިފާ އަނެއްކާވެސް ވާހަކަފެށިއެވެ.
“ބައްޕަކައިރީ އާދޭސްކޮށްގެން ނަމަވެސް ކުރުސި ދަސްވި ދުވަހު އަހަރެންހުރީ ވަރަށް އުފަލުންނެވެ. އެރޭ އަހަރެންގެ އުންމީދުހުޅުކޮޅު ކޮންމެވެސް ވަރަކަށް ދިއްލުނެވެ. ނަމަވެސް………………… އެރޭ ދަންވަރު އެހުޅުކޮޅަށް ފެންއަޅާލާނެ ކަމަށް އުންމީދެއްނުކުރަމެވެ. އެކަމަކު ބަދުނަސީބުވެރިއަކަށް ލިބޭނީ ކޮން ނަސީބެއްހެއްޔެވެ. އެރޭ އަހަންނަށް ތަދުވިވަރުން ވަރަށް ބާރަށް ހަޅޭއްލެވީމެވެ. ބައްޕައަށް އަޑުއިވޭނެކަމަށް ވަރަށް އުންމީދުކުރީމެވެ. ހަޅޭއްލަވާލަވާ ކަރުގެހަން ދިޔައިރުވެސް އެއަޑު އެއްވެސް މީހަކަށް އިވުނުހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. އިވުނުނަމަ އެހީވާން އައީސްތާއެވެ. ހެދުނު ވީއިރު އަހަރެންގެ ދެފައި ނެތްފަދައެވެ. އެދުން ނުފޭބުނުތާގައި ފައި ގުޑުވާވެސް ނުލެވުނެވެ. މެންދުރުވީއިރުވެސް އަހަރެންއޮތީ އެހާލުގައެވެ. ބައްޕައަށް ގޮވާލާނެ ހިތްވަރުވެސް ނެތިފައެވެ. އަސުރުނަމާދަށް ބަންގިގޮވިތަނާ ބައްޕަ އައިސް އަހަރެންގެ ކޮޓަރިއަށްވަނެވެ. އަހަންނަށް އަޑުން އަޑުނަގާ ރޮވެންފެށުނެވެ. ބައްޕައައީ ގެކައިރީއުޅޭ ޑޮކްޓަރެއްގޮވައިގެންނެވެ. ޑޮކްޓަރު ފެނުމުން އަހަރެންގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން ބެލުމަށްފަހު ބޭސްތަކެއް ލިޔެދިނުމަށްފަހު ޑޮކްޓަރު ނިކުމެގެން ދިޔުމުން އަހަރެން ވީކީއްތޯ އަހާ ސުވާލުކުރީމެވެ. ބައްޕަ އޭގެ ޖަވާބުގައި އަހަންނަށް ނުބައިކޮށް ކުރުސި ކިޔުނީކަމަށް ބުންޏެވެ. ރޭގަނޑުވީއިރުވެސް އަހަނަނަކަށް ނުހިގެއެވެ. ބަޑުހީވަނީ ވީދައިގެން ހިގައިދާނެހެންނެވެ. އަހަންނަށް ނިދުނީކަމެއް ހޭނެތުނީކަމެއް ނޭގެއެވެ. އަހަރެން ދެބަދޭތެރޭގައި ވަނިކޮށް، ކޮންމެވެސް ދެމީހަކު ވާހަކަދައްކާ އަޑު އިވުނެވެ. އެކަކީ އަހަރެންގެ ބައްޕަކަން ޔަގީނެވެ. ދެންވާހަކަދެއްކީ ފިރިހެނެކެވެ. ބައްޕަ ވަރަށް ރުޅިއައިސްގެން އެހާއަވަހަށް އެކަމާ ނޫޅޭށޭ މަ ބުނީމެއްނޫންހޭ ކިޔާ ހަޅޭއްލަވައިގަތް އަޑު އަހަރެން ވަރަށް ރަނގަޅަށް އެއީމެވެ.
އަހަންނަށް ރަނގަޅަށް ހޭވެރިކަންވީއިރު އެކަކުވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ތެދުވެގެން އަހަރެން ބަދިގެއާ ހަމައަށް ދެވޭތޯ މަސައްކަތް ކުރީމެވެ. ތަންތާ ލައްގަންނަމުން ނަމަވެސް އަހަންނަށް ބަދިގެއާ ހަމައަށް ދެވުނެވެ. ބަދިގޭގައި އޭރު ބައްޕައާ ވާހަކަދައްކަން ހުރީ ދެވަނަ މީހެއްނޫނެވެ. އެއީ އަހަންނަށް ކޮންމެރެއަކު އުދަގޫކުރާ ހިޔަންޏެވެ. އަހަރެން ކުރި އުންމީދުތައް ފުޑުފުޑުކޮށްލި މީހާއެވެ. އަހަރެން ބައްޕަގެ ވާހަކަތައް އަޑުއަހަންހުރީ ރޮވިފައެވެ. އަހަރެންގެ ކުޑަކުޑަ ހިތް ފުޑުފުޑު ވެގެންދިޔައެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.

Varah reethi…ekamvx maa kuree dhn genes dhey bai miahvuren dhigu kohlaba.
thanks, sure
Masha Allah.Varah reethi. When next part???
thanks, soon
Nice
thanks
Woahh??…Such a beautiful story..Whn next darla..Waiting???
thanks, soon
Varah reethi..haadha dheragotheh evy
thanks.
Wow… V reethi vaahaka eh.. ♥️?! keep it up Angie ?
Waiting for the next part ?
thanks.
Bunaanan emmen kaaree, adhi eba kiyaeh nun evves myhegge kaaree nubunaashey!
ehgothakahves bunegen nuvaane lol
Abadhu konmes anhen kujjakaa behigen nuvatha anhenaku rape kohgen nuvatha anhenakah aniyaaverivaa vaahaka, anhenaku nikamethikoffa hurihaa vaahakaeh gaves. Hindi filmeh vejjiyaaves rape scene nuhunna filmeh madhuvaane, what I’m going to say is stop make women suffer in stories. Let’s write about brave women, brave girls, independent women, who don’t fear or depend on merciless or uncaring men.
thifada vaahaka akah vaane kamah unmeedhu kohlaa 😉
Do you now vaahaka thekumuge kuren vesnaala . Mee ham thuneyega kantha hegaa goi. Thekujaa a mekahal Kame themaaveema egeynee. Mekamuge hure veenaa ihusaa. Thi thehuree olhifa. Nde yes india ha bea mekahala kanthhureey vefa . DONT JUDGE THE BOOK BY ITS COVER. You Will not now tho me vaahaka nemeyeru.thekujaa thinunaa brve women brave girl independent women mekmth annaane . Me story Will end in a happy life.
Very nice
thanks
V.salhi ingey ?????? Thankolheh kuruhen heevany. Ekamu Hama Obi. Habeys ingey. Author ah varah bodah shukuru adhaakuran mi kahala vaahaka eh genesdheythee. When next part. ????
thanks. 3 vanabai miahvure dhiguvaane. soon annaane.
Kury. Salhi