Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ 18

Cherrychoppers Level 3100 Login10 Stories100 Comments
July 7, 2020 One Min Read
18 Comments

ކުއްލިޔަކަށް ޒާއިޝް އިވްރާގެ ކުޑަ ހުޅުގައި
ހިފާ ލުތްކެއް ޖަހާލަމުން އިވްރާގެ އަނގަ
މަތީގައި އަތް އަޅާލައިފިއެވެ. ރުޅިން ރަތް
ވެފައިވާ ޒާއިޝްގެ މޫނު ފެނި އިވްރާލާން
އުޅުނު ނޭވާވެސް ކަރުގައި ތާށިވިފަދައެެވެ.
ދެބުމަ ގޮށް ޖެހިފައިވާ ޒާއިޝްގެ ތޫނު
ނަޒަރު އިވްރާއަށް އަމާޒުވުމުން އެ ހިތް
ތެޅެންފެށީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ.
އައިސްފައިހުރި ރުޅިއެއްގެ ސަބަބުން
ޒާއިޝްއަށް އިވްރާގެ ކޮލަށް ފިއްތާލެވުނެވެ.
އެވަގުތު އިވްރާގެ ލޯ ފެންކަޅިވެގެން ދިޔައީ
ވީ ތަދެއްގެ ބޮޑު ކަމުންނެވެ.އިވްރާގެ
ހަޅޭކުގެ އަޑަށް ތެޅެމުން ފޮޅެމުން ކަަހަލަ
ގޮތަކަށް އެތަނަށް އައި ޔޫހާން އާއި
ކިޔާރާގެ ދެ ލޯ ބޮޑުވީ ފެނުނު މަންޒަރަކުންނެވެ.
އެވަގުތު އިވްރާ ލޮލުގެ އިޝާރާތުން ދާން
ބުނުމުން ލަސްނުކޮއް ޔޫހާން ސައިކަލުގައި
ނައްޓާލިއެވެ. އިވްރާގެ އަނގަމަތިން
އަތް ނައްޓާލަމުން ޒާއިޝް އިވްރާ ކޮއްޕާލިއެވެ.
ފަރުވާކުޑަ ނަޒަރެއް އިވްރާއަށް ދެމުން
އޭނަ ހަރުކޮށް ހިނގައިގަތެވެ.
**************************
ކޮލެޖުން ނިކުތް ޔަނާ ގަޑިއައް ނަޒަރެއް ދެމުން
ކުރިއަށް ހިނގައިގަތެވެ. އެއްއަތުން ދަބަހުގައި
ހިފަހައްޓާލަމުން،އަނެއް އަތުން އޭނަ ފޮތްތަކުގައި
ހިފާ ބާރުކޮއްލަމުން ފިޔަވަޅުތައް އަވަސް
ކޮށްލިއެވެ. އެހެން ނަމަވެސް އޭނަގެ ފިޔަވަޅުތަކަށް
ހުއްޓުމެއް އައީ ކުރިމައްޗަށް އެރި މީހެއްގެ
ސަބަބުންނެވެ. ކުރިމަތީގައި ޕާޓޭ ފާޑަކަށް
ތިބި ތިންމީހުން ފެނި ޔަނާގެ ސިކުނޑީގައި
ނުރައްކާތެރިކަމުގެ އެލާރމް އެޅެން ފެށުނެވެ.
މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ދާ
ހިއްލައި ފޯ ވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގި
ހަރކާތް ހުއްޓިފައިހުރެ އޭނަ އައިކޮޅަށް
އެނބުރިލިއެވެ. ކުރިމަތީގައި ހުއްޓި ހުރި
މީހާ ފެނި ފިނި ނޭވާއެއް ޔަނާއަށް ބޭރު
ކޮށްލެވުނެވެ. މަޑުމަޑުން އޭނަގެ ނަޒަރު
އެ މީހެއްގެ މޭމަތިން ގޮސް ލޮލާ ހަމައިން
ހުއްޓުނެވެ. އެއާއެކު އޭނަ ލާން އުޅުނު
ނޭވާވެސް ކަރުގައި ތާށިވި ފަދައެވެ. ކުރިމަތީގައި
ހުއްޓިގެން އެ ހުރީ ނިޔާން ނޫން އިތުރު
މީހެއް ނޫނެވެ. މަޑުމަޑުން ޔަނާގެ އަތްތިލާގައި
ހިފާލަމުން ނިޔާން އެމީހުންނަށް ނުރައްކާތެރި
ނަޒަރެއް ދިނެވެ. އަދި ޔަނާގެ އަތުގައި ހިފައިގެން
ހުރެ ކުރިއަށް ހިނގައިގަތެވެ. ނިޔާންގެ އެ ރީތި
މޫނުން ނަޒަރު ވަކިކޮށްލަން ޔަނާއަށް ނުކުޅެދުނެވެ.
އިހްސާސްވެގެންދިޔަ ރައްކާތެރިކަމުން އޭނަ އަށް
ހިނިތުންވެލެވުނެވެ. “އަދިވެސް ހެނީތަ.. އަހަރެން
ނައިނަމަ ޔަނާއަށް ވާނެ ގޮތެއްވެސް ނޭނގެ..”
ފުންނޭވާއެއް ދޫކޮއްލަމުން ނިޔާން ކުރިބަލަން
ފެށިއެވެ.”ދެންވެސް އެކަނިން ނުދައްޗޭ.. މި
މާލޭގައި މި އުޅޭ މީހުންގެ ގޮތެއް ނޭނގޭނެ”
ނިޔާންގެ އެވާހަކައަށް ޔަނާ ބޯ ޖަހާލިއެވެ.
ގެއާ އަރާހަމަވުމުން ނިޔާން ޔަނާގެ އަތުން
ދޫކޮށްލިއެވެ. “ތޭންކްސް..ނިޔާންބޭ” މަޑުމަޑުން
ޔަނާ އެހެން ބުނެލުމުން ނިޔާން ހީލިއެވެ.”ނިޔާން
..ނިޔާން ކިޔަސް އޯކޭ ވާނެ..”ޔަނާ ހިނިތުންވެލަމުން
ކުރިއަށް ހިނގައިގަތް ނަމަވެސް އޭނައަށް ހުއްޓެން
މަޖުބޫރުވީ ނިޔާން އެއަތްތިލާގައި ހިފާލުމުންނެވެ.
“ގުޑް ނައިޓް”ހިނިތުންވެލަމުން ނިޔާން ބުނެލިއެވެ.
“ގުޑް ނައިޓް” މަޑުމަޑުން ޔަނާ އެހެން ބުނެލީ
ހިނިތުންވެލަމުންނެވެ.
****************************
“ކޮފީ” ބެލްކަނީގައި ހުރި އިވްރާގެ އަތަށް ކޮފީ
ތައްޓެއް ލައިދެމުން ކިޔާރާ ހިނިތުންވެލިއެެވެ.
“ކިޔާ.. ވާހަކައެއް އަހާލަންތަ؟” ސީދާ ކިޔާރާގެ
މޫނަށް ނަޒަރު ހުއްޓާލަމުން އިވްރާ އެއްސެވެ.
ކިޔާރާ ހޫމްއެއް އަޅުވައިލިއެވެ. “މީ…. ޒް..ޒޫކީގެ
މަންމަ ކޮބާ؟”އިވްރާ އަހައިލިއެވެ. އެވަގުތު
ކިޔާރާގެ މޫނަށްވެރިވި ނުތަނަވަސްކަން އިވްރާއަށް
ފާހަގަ ކުރެވުނެވެ. ކޮފީ ތަށި މޭޒުގައި ބަހައްޓަމުން
ކިޔާރާ ފުންނޭވާއެއް ދޫކޮއްލިއެވެ. “މީގެ… ތިންމަސް
ކުރިން ނިޔާވެއްޖެ”ދުރު ބަލަހައްޓައިގެން ހުރެ ކިޔާރާ
ދިން ޖަވާބުން އިވްރާގެ މެއަށް ހޫނު ވެލައިގެން
ދިޔައެވެ.”އިވީގެ ދައްތަވެސް…ތިންމަސްކުރިން
ނިޔާވީ” އަތުގެ އިނގިލި ތަކާ ކުޅެމުން އިވްރާ ބުނެލިއެވެ.
“އިވީގެ ދައްތައެއްވެސް ހުރޭތަ؟” ކިޔާރާގެ އަޑުގައިވީ
ހައިރާންކަމެވެ. “ހްމްމްމް..ޒޯވާ. ސްޓެޕް ސިސްއެއް.. އެކަމު
އިވީ އަމިއްލަ ދައްތައެއްހެން ލޯބިވޭ..ކިޔާއައް އިނގޭތަ
ކުޑައިރު އިވީމެން ދެމީހުން ވަރަށް ކްލޯޒް ވާނެ
…ހިއެއް ނުކުރަން ދުވަހަކުވެސް ވަކިވާން ޖެހިދާނެއެކޭ
އެކަމު ދައްތަގެ މަންމަ އިވީމެން އުމުރުން ގާތްގަނޑަކަށް
10 އަހަރުގަ.. މާލެ ގެންދިޔަފަހުން ހަބަރެއްނުވޭ..
މެރީ ކުރިކަން އެނގުނު ބައްޕަގެ ފަރާތުން
ދެން އޭގެ އަހަރެއްވަރުފަހުން ލިބުނީ…ދައްތަ..
ދައްތަ ނިޔާވި ޚަބަރު” އިވްރާގެ ލޮލުން ވެއްޓުނު
ކަރުނަ ތިކި އެ އަތްތިލައިގެ ތެރެއަށް ހިނދިގެން
ދިޔައެވެ.އިވްރާއަށް ހިތްވަރު ދިނުމުގެ ގޮތުން
ކިޔާރާ އިވްރާގެ އަތުގައި ހިފައިލިއެވެ. އެވަގުތު
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށްވެސް
ފަސް އެނބުރި ބަލައިލެވުނެވެ.
ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ނޭނގި ވެވުނީ ލޮތްބޭ- ޓްރެއިލަރ

Next

ޒަޚަމް 11

Next
July 8, 2020

ޒަޚަމް 11

Previews
July 7, 2020

ނޭނގި ވެވުނީ ލޮތްބޭ- ޓްރެއިލަރ

18 Comments!

  1. Baby gorl says:
    July 7, 2020 at 10:55 pm

    Umm kudakoh kuru but I appreciate your work ? kon irakun next part ?

  2. Unknown says:
    July 7, 2020 at 11:03 pm

    Vrh reethi mi part ves ❤️?? zaaish dhw e aii ? dhn kihineh baa vaany ? curiously waiting for next part ??

    1. Cherrychoppers says:
      July 9, 2020 at 7:04 pm

      Jazaakillah khairan unknown ☺️ let’s see dhw ❤️

  3. Bookworm says:
    July 8, 2020 at 7:19 am

    Vvvvv reethi mi part vx…curiously waiting for the nxt part???…keep it up dear…

    1. Cherrychoppers says:
      July 9, 2020 at 7:04 pm

      Jazaakillah khairan Bookworm❤️

  4. Scarlet says:
    July 8, 2020 at 1:13 pm

    Vvvvvvvv Reethi… But haadha kurey

    1. Cherrychoppers says:
      July 9, 2020 at 7:06 pm

      Jazaakillah khairan scarlet next part dhigukohlaanan IA ❤️

  5. Shuba... says:
    July 8, 2020 at 2:22 pm

    Alheyyyyyyyyyyy…. Haadha kurey. But nice❤️❤️❤️

    1. Cherrychoppers says:
      July 9, 2020 at 7:07 pm

      Jazaakillah khairan shuba… Next part dhigukohlaanan ingey IA❤️

  6. Someone says:
    July 9, 2020 at 9:08 pm

    Very nice omg…. Im going crazy…….. Do keep. It up okkkk

    1. Cherrychoppers says:
      July 10, 2020 at 10:51 pm

      Aawwn jazaakillah khairan ❤️

  7. naash says:
    July 10, 2020 at 11:10 pm

    Maasha Allah maasha Allah vvvvv Reethi mi part vs.. Kaaku baa dhw eii ???.. I think zaaish kanneynge.. Whn nxt dear??? Curiously waiting Dr the nxt part.. Plss upload it soon.. Stay safe take care.. Keep it up

    1. Cherrychoppers says:
      July 12, 2020 at 3:42 am

      Jazaakillah khairan naash ?? n u tooo stay safe dear ?

  8. Kiyuntheriyeh says:
    July 15, 2020 at 3:55 am

    Vrh confused vehje.. Can yuh tell me who is niyaan and navaa ?

    1. Cherrychoppers says:
      July 20, 2020 at 5:12 pm

      Niyaan akee ivraage boyfriend n navaa aky ivraage bestfriend plus niyaan’s sis .. mihaaru olhun filaifi thoa ??

  9. Cherrychoppers says:
    July 15, 2020 at 4:37 pm

    Thank you so much baby gorl ?❤

  10. Shai says:
    July 16, 2020 at 11:32 am

    Mi story v reethi. when next? Haada lahey dhw v foohi eahaa lasvaathee

    1. Cherrychoppers says:
      July 20, 2020 at 5:14 pm

      Jazaakillah khairan shai..? kudakoh busy kamun lasvanee sorry dear ?

Comments are closed.

Next Episodeހިތް ކަލާޔައް އެދޭތީ..19←


All Right Reserved!