Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
love is sour n sweet
ހިތާމަމަޖާލޯބި

ހުދާއްކޮ 2

Cutie AAI Level 110 Stories
September 20, 2020 3 Mins Read
3 Comments

ކޮޓަރިޔަށްގޮސް ބުރުގާ އަޅައިގެން ނުކުތީމެވެއޭރު ދޮންތަ އަހަރެންގެ އިންތިޒާރުގައި ސައިކަލް މަތީގައި އިނެވެ.އަހަރެން އެރުމައި އެކު ސައިކަލް ދުއްވާލިއެވެ.ހޮސްޕިޓަލާއި ދިމާލަށެވެ.ހޮސްޕިޓަލާ ހިސާބަށް ދެވުމުން ސައިކަލް މަޑުކުރިކަމެއް ނޭނގެއެވެ.އަހަރެން އޭގެއިން ފުންމައިގެން ތެދުވިމެވެ.އަދި ދުވެފައި އައި.ސީ.ޔޫ އާއި ދިމާލަށް ދިޔައީމެވެ. މިފަހަރުވެސް އަހަންނަށް އެތަނަށް ދެވުނު ވަގުތަކީ ޑޮކްޓާރުވެސް އައި.ސީ.ޔޫ އިން ނުކުތް ވަގުތެވެ.

” ޕޭޝެންޓް މިވަގުތު ސްޓޭބަލް.. ބަޓް މިވީ ގޮތުން ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރަން ޖެހޭނި.. ކޯޒް ފަހަރަކަށްވުރެން ފަހަރެއް ހާލަތު ދަތް ވަމުން މިހާރު އެދަނީ.. ” މިހެން ބުނެ ޑޮކްޓާރ ހިގައި ގަތެވެ.އަހރެންގެ ހިތް ކުދި ކުދިކޮށްފައެވެ. ދުއް އެތަށް ހުވަފެންތަކެއް އަދާ އަޅިޔަށް ހެދުމަށްފަހުގައި އެވެ. އަހަރެންގެ ބަޑި ދިޔައީ ފަޅާފަޅައިގެންނެވެ. ދޮންތަ އާއި ދޮންތަބެވެސް އަހަރެން ހަމަޔަކަށް އެޅުވޭތޯ މަސައްކަށް ކުރިއެވެ.ހަލާކުވެފައި ވާ ހިތަކާ އެކުވެސް އެންމެ ވަގުތެއްގައި ވެސް ދޮންތަމެނސް އެމީހުންގެ ޒިންމާ ހަދާން ނައްތައެއް ނުލައެވެ.ކިތަންމެ މަސައްކަތެއް ކުރިޔަސް ކީއް ހެއްޔެވެ؟އަހަރެން ހަމަޔަކަށް އެޅުވޭނެ ހެއްޔެވެ؟އިރުކޮޅަކު އަހރެން ގާތުގައި ހުރުމަށްފަހު އަހަރެން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުމުން ދޮންތަބެ ރިސެޕްޝަންއަށް ދިޔައެވެ.ފައިސާ ދެއްކުމަށްޓާކައި އެވެ.ދޮންތަބެ ދިޔަތާ މާގިނަ އިރެއް ނުވަނީސް އައި. ސީ. ޔޫ ގެ ދޮރު ހުޅުވުނެވެ.ނުކުތި ހުދު ޔުނީފޯމްގައި ހުރި ނަރުހެކެވެ.

ހުދާ…. އެ ނަރުސް ކުއްޖާ އަހަންނަށް ގޮވަލިއެވެ.އަދި އައުމަށް ބުނެލިއެވެ.އަހަރެން މަޑުމަޑޫން ހިގާފައި އޭނަ ކައިރިޔަށް ދިޔައީ މެވެ.

“ތީ ހުދާ ތޯ؟ ” ނަރުސް ކުއްޖާ އަހަރެން ކުރެން އަހާލިއެވެ. ހަމަ އަހާލުމާއި އެކު އަހރެން ބޯ ޖަހައި ލީމެވެ.

“ހުދާގެ ބައްޕަ ބޭނުންވޭ ހުދާ އާއި ބައްދަލު ކޮއްލަން..އާދޭ އަހަންނާއި އެއްކޮށް އެތެރެޔަށް..”ނަރުސް ކުއްޖާ މިހެން ބުނުމުން އަހަރެން އޭނަގެ ފަހަތުން އެތެރެއަށް ވަނީމެވެ. މުޅިތަނުގައި ހިފާލާފައި ވަނީ މެޝިންތަކުގެ އަޑެވެ.ނަރުސް ކުއްޖާ އަހަރެން ބައްޕަ އޮތް އެދު ކައިރިޔަށް ގެންދިޔައެވެ.ބައްޕަ ފެނުމުން ނުރޯން ކިތަންމެ މަސައްކަތް ކުރިޔަސް އެކަން ވީ ނާކާމިޔާބެވެ.ބައްޕަގެ ގައިގައި ހަރުކޮއްފައި ހުރި އެއްޗެހިތަކާއި ބޮލާއި ގައިގެ އެކިތަންތާ ބޭސް އަޅާފައި ހުރިތަން ފެނުމުން ހިތަށް ކެއްނުވީ އެވެ. އައި. ސީ. ޔޫ ގައި މިހާރު ހިފާފައި ހުރީ އަހަރެންގެ ގިސްލުމުގެ އަޑާއި މެޝިންތަކުގެ އަޑެވެ. ނަރުސް ކުއްޖާ އަހަރެންގެ ކޮޑޫގައި ހިފާލީ ހިއްވަރު ކުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ.މަޑުމަޑުން ބައްޕަ ކައިރިޔަށް ޖެހިލީމެވެ.

” ޑޭ… ޑޭ… ޑޭޑް..” ހިއްވަރު ކޮއްލާފައި ބައްޕައަށް ގޮވާލީމެވެ.އޭރު ބައްޕަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ބަލާކަށް ނުހުރެ އަހަރެން ބައްޕަ ގައިގައި ބައްދައިލިމެވެ.ދުވަހަކުވެސް ދުނުކުރުމަށް އެދޭ ފަދަ ގޮތަކަށެވެ.ނަމަވެސް ބައްޕައަށް ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟އިރުކޮޅަކުން އަހަރެން ބައްޕަގެ ގައިން ދޫކޮއްލީމެވެ. ނަމަވެސް އަތުން ދުލެއް ނުކުރަމެވެ.

” ދަރި… ދަރިފުޅާ… ވަރަށް މަސައްކަތުން ބައްޕަ އަހަރެންނަށް ގޮވާލިއެވެ. އެހެން ނަމަވެސް އަހަރެންނަށް އިތުރަށް އަގައިން އެންމެ ބަހެއްވެސް ބުނެއެއް ނުލެވުނެވެ.

” ދަ.. ދަ… ދަރި… ފު.. ޅާ.. ކޮން.. ކޮންމެ.. މީ.. ހަ.. ހަ… ކީވެ.. ސް.. މި.. ފަ.ނާ ވަނ.. ވަނިވި.. ދުނިޔެ… ދޫކޮ..ށް.. ދާނެ.. މީ.. މީހެއް..ދުނިޔެ.. މަތީގައި.. ތިބޭ… މީހުނަށް.. ދެން ކުރެވެން.. އޮތް… ކަމަކީ… އެމީހެއްގެ.. މައް… މައްޗަ… ށް… ހެޔޮ.. ދުޢާ.. ކުރުން.. ދަރި.. ފުޅުގެ.. މަންމަ… ވެސް… ވަނީ.. މި.. ފަނާ ވަނިވި…. ދުނި.. ޔެ.. ދޫކޮށް.. ދެމި އޮތުމުގެ… މަންޒި… ލަށް… ދަތުރު.. ކޮއްފައި… ބައްޕަ…. އަށް… ހީ.. ހީ.. ހީވަނީ…. ބައްޕައަށް.. ވެސް.. ދެން.. މި ދުނި… ޔޭގައި… މާގިނަ.. ދުވަހެ… އް.. ނެތް.. ކަން.. ނޭނގޭ.. ދަރި.. ފުޅާ… ދޮން.. ތަމެން.. ގެ.. ބަސް… އަހާތި… އިރާ.. ދަ.. ކުރެއް..ވިއްޔާމުން.. ދޮންތަ.. މެން.. ދަރިފުޅަށް… ދެރަ.. ގޮތެއް.. ނުހަދާނެ…ދަރި.. ފުޅު. ބަސް.. އަހައި ގެން.. ކިޔަ.. ވާތި…. ބައްޕަ.. އާއި… މަންމަ… ނެތަސް… ދޮންތަ.. އާއި.. ދޮންތަބެ.. ގެ.. ބަސް.. އަހައި.. ގެން.. ބައްޕަ.. އާއި.. މަންމަގެ.. ހުވަފެން ހަޤީޤަ.. ތަކަށް ހަދާތި.. އިންޝާﷲ.. ދަރިފު.. ޅަށް.. ދަރިފު.. ޅުގެ.. ހުވަފެން. ހަޤީޤީގަ… ތަކަށް.. ހެދޭނެ… އެދުވަ.. ހަކުން.. ބައްޕަ.. މި.. ދުނީޔޭގައި.. ނެތް ނަމަވ.. ވެސް.. ބައްޕަ.. ވަރަށް.. އުފާ… ވާނެ. ދަރިފުޅު ހަ.. ޔާ.ތުގައި ދިމާވާ ހުރިހާ.. ކަމެއްގަ..އި ކާ.. މިޔާ… ބު .. ލިބުމަ… ކީ.. ބަ.. ބަ.. ބައް.. ޕަގެ. އެންމެ… ފަހު.. ދުޢާ….  މަންމަ.. އާއި.. ބައްޕަ ….. މެތަށް ..  ދޮންތަ……. އާއި……….. ދޮންތަބެ ……… އަކީ ….. އަކީ…. މަންމަ… އާ..އާއި ބައް.. ޕަ.. ކަމަށް  ބަ…. ބަލައިގެން….. އެމީހުންގެ…… ބަ… ބަސްއަހާތި. ގޯސްކަމެއް….. ނޫ… ނޫނިއްޔާ….. އެ…އެމީހުން… ބު.. ބުނ… ބުނާ ކޮންމެ…. ކަމެއް.. ފު.. ފުރި.. ފުރިހަމަޔަށް.. ކު..ކުރާ… ކުރާތި. އެމީހުނަށް،…. އިހުތިރާމް…. ކުރާތި……. އިންޝާﷲ އެ އެ…މީހުން..  ދަރިފުޅު އަ.. އަ.. މިއްލަ..  ކުއްޖެއް..  ގޮތުގައި … ބަލާނެ…. ދަރިފުޅާ … ގޯސްމަ…މަ..ގަކުން… ނުދާތި….. ތި.. ތި.. ތިއީ އަންހެން…. ކުއްޖެއް…. ވި.. ވިސް.. ވިސްނަން.. ޖެ… ޖެހޭ ވަރަށް… ބައިވަރު ކަންކަން………. ހުނާނެ…….. ކުރަންޖެހޭ ….. ބައިވަރު …….. ކަންކަން ………. ހުނާނެ….. ކުރިމަތިލަންޖެހޭނެ އެތަށް… ގޮންޖެހުން ތަކެއް…… ހުންނާނެ…. އެހެންވިމާ……. ދިމާވާ ހުރިހާ….. ކަމެއް ހިއްވަރާއެކު ކުރިމަތިލާތި…….. އަދި ދޮންތަގެ……. އެހީ ބޭނުންވާނަމަ ……. ދޮންތަ ގާތުގައި……. ބުނާތި…. އަދި ދަރިފުޅު….. ޖަ. ޖަވާޒީ.. ހަޔާތެއް ފަ….ފަށަންޖެހޭއިރު ބަ.. ބައް..ބައްޕަ ނެތަސް ދޮންތަ އާއި ދޮންތަބެ … ހިންހަމަ ޖެހޭފަދަ …. ރަނގަޅު … ކުއް… ކުއްޖެއް ހޯދާތި…..މއީ ބައްޕަގެ އެންމެ ފަ…… ފަހުގެ…. ވަސިއްޔަތް ދަރިފުޅަށް……. ދޮންތަމެން ގާތުގައި…. ބު…. ބުނެ ދޭތި ބަ…….ބައްޕައަށް ……ދެ…ދެން މާގިނަ…… ދުވަހެއް …. ނެތޭ ދުނިޔޭގައި ހުންނަން……..ބައްޕަގެ.. ޕް.. ޕްރިން… ޕްރިންސެސް ވަ… ވަރަ….. ވަރަސް……ރަނގަޅަށް ބަލައިދޭށޭ. ވަރަށް ލޯބިވޭ…….. ހުރިހާ ކުދިން…… ދެކެވެސް.ވަރަށް……. ސަލާމް ހިތް…….. ހެޔޮ ކުރާ…” މިހެން ބުނެވުނު ތަނާ އެތަނުގައި ހުރި މެޝިން ބީޕް އަޅާން ފެށިއެވެ. ބައްޕަގެ ނޭވާވެސް އަވސްވާން ފެށިއެވެ. ވަގުތުން ދެތިން ނަރުހުން އަވަސް އަވަހަށް އެތަނަށް އައެވެ. އަދި އެތަނުން އެކަކަކު އަހރެން އެތަނުން ނެރެން މަސައްކަތް ކުރިއެވެ.ވަރަށް ހާލުން އަހަރެން ރޮއެ އާދޭސް ކުރަނިކޮށް އެމީހުން އަހަރެން އެތަނުން ނެރުނެވެ.އަހަރެން ނުކުތްތަނާ ދޮންތައާއި ދޮންތަބެ އަހަރެންގެ ގާތަށް އައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cutie AAI

Level 110 Stories

Hi guys.i am AMINATH AAYA IQBAL.I am 14 year old.share almost all experience with all my loving readers.writter of "hudhaahkko".will accept all ur ideas and comments no matter gud or bad.will always luv u all.I.A. will always be in touch with u all. Hangouts:[email protected]

Other Articles

Previous

ފުހެވިގެން ނުދާނޭ – 02 ، 03 –

Next

ލޯބީގެ ހައްގުގައި 14

Next
September 20, 2020

ލޯބީގެ ހައްގުގައި 14

Previews
September 20, 2020

ފުހެވިގެން ނުދާނޭ – 02 ، 03 –

3 Comments!

  1. ✨Anaa naako✨ says:
    September 22, 2020 at 10:19 am

    Vrh reethi?❤️?❤️ waiting for the next part.stay safe and sound..

  2. Cutie AAI says:
    September 24, 2020 at 9:38 am

    shukihyaa anaa naakko. insha allah soon up kohdheynan

  3. Cutie AAI says:
    September 27, 2020 at 2:13 pm

    guys have uploaded hudhaahkko part 3. insha allah site in up kurihaa avahakah kiyuntherinaa hamayah vaahaka libeyne

Comments are closed.

Next Episodeހުދާއްކޮ 3←


All Right Reserved!