Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..23

Cherrychoppers Level 3100 Login10 Stories100 Comments
September 19, 2020 One Min Read
16 Comments

ކުރިމަތީގައި ހެވިފައި އިން ޒާއިޝް ފެނުމުން
ހިނދުކޮޅަކަށް ނަމަވެސް އޭނަ އެސްފިޔަ ޖަހާލަން
ހަނދާންނެތުނުފަދައެވެ.އޭގެ ދެވަނަ ސުކުންތުގައި
ގަބޫލުނުކުރެވޭ ހާލުު އޭނަ ވަށައިގެންވި އެންމެންނަށް
އަވަސް ނަޒަރެއްދިނެވެ.މަންޒަރު ބަލަން ދުރުގައި ހެވިފައި
ތިބި ދެފަރާތުގެ އާއިލާ ފެނުމުން މިއީ އެންމެންގެ
ރޭވުމެއްކަން ޒުމްރާއަށް އެނގޭކަށް މާކަށް ގިންއިރެއް
ނުނެގިއެވެ.”ދެން ޖަވާބެއް ވެސް ނުދޭނަންތަ؟ނޫނީ މިތާ
މުޅި އުމުރު ދުވަހު އަހަރެން ބައިންދަންތަ ތި ގަސްތުކުރަނީ؟”
ޒާއިޝްގެ އަޑަށް އަނެއްކާވެސް އެދިމާލަށް ޒުމްރާގެ
ނަޒަރު ހުއްޓުނެވެ. ލާނެތް ގޮތަކަށް ހީލައިގެން އިން
ޒާއިޝް ފެނުމުން ޒުމްރާ ތުންކޮޅު އޫކޮށްލަމުން ބޯ
ޖަހައިލިއެވެ.އެއާއިއެކު ދެއާއިލާގެވެސް ރުހުމާއިއެކު
ވީހައިވެސް އަވަހަކަށް ޒާއިޝްއާއި ޒުމްރާގެ ކައިވެނި
ކުރުމަށް ހަމަޖެހިގެން ދިޔައެވެ.ކޮޅެއް ނެތް އުފާވެރިކަމުގެ
ކުލަތައް ދެއާއިލާގެ ތެރެއިން ފެންނަމުން ދިޔަނަމަވެސް
ކުރިމަތިވާން އުޅޭ ގަދަ ކޮޅިގަނޑުގެ އެއްވެސް ހިލަމެއް
ނުވާފަދައެވެ.
ފެއްސާއި ހުދުން ފަރުމާކުރެވިފައިވާ ތަނަވަސް ބޮޑު
ކެބިންގެ ތެރެއިން ފެނަނަމުން ދިޔައީ މަރުފަދަ ހިމޭން
ކަމެކެވެ.ކަޅުކުލައިގެ ބޮޑު ގޮނޑިޔަށް ހަށިގަނޑު
ދޫކޮށްލައިގެން ފުން ވިސްނުމެއްގައި އޮތް އާދިލް
ފުންނޭވާއެއް ދޫކޮށްލަމުން ގޮނޑިން ތެދުވެލިއެވެ.
މަޑު ހިނގުމެއްގައި ގޮސް ބިއްލޫރި ޖަހައިފައިވި
ބޮޑު ދޮރުކައިރީ މަޑުކޮށްލަމުން ހުދުކުލައިގެ
ދޮރުފޮތިގަނޑު ކަހައިލިއެވެ. ކުރިމަތިން ފެނަނަމުން
ދިޔަ މާސިންގާ ކަނޑަށް ބަލަހައްޓައިގެން އިރުކޮޅަކު
ހުރުމަށްފަހު ފަހަތަށް އެނބުރިލަމުން ކުރިމަތީ
އިސްޖަހައިލައިގެން އިން ޒާއިޝްއަށް ނަޒަރު ހުއްޓައިލިއެވެ.
“ކަޔާންގެ މަންމަ ވަކިވުމާއި ގުޅިގެން އަހަރެން ހުރީ
އިތުރު ކައިވެންޏެއް ނުކުރުމަށް އަޒުމު ކަނޑައަޅައިގެން.
އެކަމަކު އަހަރެންނަށް ޖުމައްޔާ ފެނުނު ފުރަތަމަ ދުވަހުން
ފެށިގެންވެސް އަހަރެންގެ ހިތްބުނަމުން ދިޔައީ ޖުމައްޔާ
އަކީ ކަޔާންއަށް މަހުރޫމްވެފައިވާ މަންމަ އެއްގެ ލޯބި ދެވޭނެ
ހަމައެކަނި އެކަކެ..އަދި ޖުމައްޔާގެ ހުރިހާ ހަގީގަތެއް
އެނގުމަށްފަހު އަހަރެންވެސް އަޒުމް ކަނޑައެޅީ ޖުމައްޔާގެ
ދަރިފުޅަށް އަހަރެންގެ ފަރާތުން ބައްޕައެއްގެ ލޯބި ފުރިހަމަޔަށް
ދޭން..އޭރު ޖުމައްޔާގެ ކުރީގެ ފިރިމީހާ އުޅުނީ ޒުމްރާ ގޮވައިގެން
އޭނަގެ ރަށުގަ..ޖުމައްޔާގެ އެތަކެއް އާދޭހަކަށްފަހު އިލަހާމް
ޒުމްރާ އަހަރެމެންނަށް ދިން ނަމަވެސް އޭނަ އަހަރެން ކައިރީ
އެދުނީ ޒުމްރާގެ ކައިވެނީގެ ވަލީވެރިޔަކަށް އޭނަ ހެދުމަށް..
ހަގީގަތުގައި މިކޮޅަށްއައިފަހުން ޒުމްރާ އޭނަގެ ބައްޕައާއި
ދޮންމަންމަ އަކަށް ވާހަކަދައްކާކަށް ބޭނުމެއް ނުވި..
އަޑު އެހިން އަދި އެމީހުންގެ އެހެން ދަރިޔަކުވެސް
ހުންނަވާހަކަ..އެކަމަކު ޒުމްރާއަށް ކަމުދިޔައީ މިދިރިއުޅުން..
މިއަރާމާއި ތަނަވަސްކަން..މިވީ 6 އަހަރުތެރޭ ޒުމްރާއަށް
މަދު އެކަށްޗެއްވެސް ނޯންނާނެ..އަހަރެންނަކަށް ހިޔެއްނުވޭ
ޒުމްރާ ގަބޫލުވާނެ ހެންނެއް ޒާއިޝް އިލްހާމްއާއި ވާހަކަ
ދައްކާކަށް..އެކަމު ކަން ކުރަންވީ ގޮތް އެނގޭނީ ޒާއިޝްއަށް..
ޒާއިޝްގެ ނަސީބުވެސް ވަރަށް ރަނގަޅު..އިލްހާމް މިދުވަސް
ކޮޅު އެބައުޅޭ މާލޭގަ..ޒާއިޝް ބޭނުމިއްޔާ އަހަރެން
އޭނަގެ އެޑްރެސް ދީފާނަން..މިކަމުގައި ގޮތެއް ނިންމަންވާނީ
ޒާއިޝް..” ދެ ޖީބަށް އަތް ޖަހައިލައިގެން ހުރެ އާދިލް
ވާހަކަ ދެއްކިއެވެ.
އެއާއިއެކު ޒާއިޝް ވިސްނުންތެރިކަމާއިއެކު ބޯ ޖަހައިލީ
އާދިލްގެ ވާހަކަތަކާއި އެއްބަސް ވުމުގެ ގޮތުންނެވެ.
އެއަށްފަހު އެކެބިންއިން ނުކުމެގެން ދިޔައީ އާދިލްގެ
އަތުން އިލްހާމްގެ އެޑްރެސް ވެސް ހޯދުމަށްފަހުއެވެ.
ސައިކަލަށް އަރައި ހަމަޖެހިލަމުން ޒާއިޝް އަދި އެއްފަހަރު
އޭނަގެ އަތުގައި އޮތް ގަނޑުކޮޅަށް ބަލައިލިއެވެ. ސިކުނޑި
ތެރޭގައި ފުނިޖެހެމުން ދިޔަ ޙިޔާލުތައް އެއްފަރާތްކޮށްލަމުން
އޭނަ ކުރިޔަށް ސައިކަލު ދުއްވައިލިއެވެ.ކުރިމަތިން ފެންނަމުން
ދިޔަ އެޕާޓްމެންޓު ދޮރުކުރިމަތީ ހުއްޓިލަމުން ޒާއިޝް ބެލް
އަޅައިލީ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައިލަމުންނެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭ ގޭގެ ދޮރުހުޅުވައިލިތަން ފެނުނީ
މެދު އުމުރުގެ ފިރިހެނެކެވެ.ބަލާބެލުމަށް 50 ގެ އަހަރުތައް
ގުނަމުންދާ މި ފިރިހެނާގެ ސިފަ ޒުމްރާގެ ސިފައާއި ނުހަނު
ވާދަވެރިއެވެ.ބޮލުގައި ފުދޭވަރަކަށް ނުރައިގެ އަސަރު ފެންނަން
ހުރި ނަމަވެސް ހަށިގަނޑުން މުސްކުޅިކަމަކަށް ނުދައްކައެވެ.
“އަމް..އި..އިލްހާމް އެބަ އުޅުއްވާތޯ؟” ކަރުކެހިލަމުން ޒާއިޝް
އަހައިލީ ހިތްނުތަނަވަސްވެފައިވާ ހާލުއެވެ.”އަޅުގަނޑަކީ އިލަހާމް
ކިހިނެއް ހަދައިލަދޭންވީތޯ؟”ޒާއިޝްގެ ފައިން ފެށިގެން ބޮލާއި
ހަމަޔަށް ނަޒަރެއް ދެމުން އިލްހާމް އަހައިލީ ކުޑަ
ހައިރާންކަމަކާއިއެކުއެވެ. އެއަށްފަހު ޒާއިޝްއަށް އެތެރެއަށް
ވަނުމަށް ދައުވަތު ދެމުން އޭނަ ގޮސް ސޯފާގައި އިށީންދެލިއެވެ.
ކުޑަކޮށް ހާސްވެހުރެ ޒާއިޝް އެތެރެއަށް ވަނުމަށްފަހު
ސޯފައިގައި ހަމަޖެހިލިއެވެ. “އަޅުގަނޑު ކުޑަ ވާހަކައެއް
ދައަކާލަން ކަމަށް..”ޒާއިޝް އެހެން ބުނެލުމާއިއެކު އިލްހާމް
ބޯ ޖަހައިލަމުން ވާހަކަ ކުރިޔަށް ގެންދިޔުމަށް އެދުނެވެ.
އެއާއިއެކު ޒާއިޝް އޭނަ ޒުމްރާއާއި ކައިވެނި ކުރަން
ބޭނުންވާ ވާހަކައާއި އިލްހާމްގެ ވަލީ މިކައިވެންޏަށް
ބޭނުންވާ ވާހަކަ ބުނުމުން އިލްހާމްގެ ކިބައިން ފާޅުވީ
ހިމޭންކަމެވެ.ނުތަނަވަސްވެފައިވާހާލު ޒާއިޝް އޭނަގެ
ނިތްކުރިމަތީ އުފެދެމުން ދިޔަ ދާތިކިތައް ފުހެލިއެވެ.
“އަހަރެންގެ ދަރިފުޅު ޒޯވާ..ޖުމައްޔާ ގެންދިޔަ ފަހުން
ހަބަރެއްވެސް ނުވޭ…6 އަހަރު ދުވަހަސް ފަހުން މި އިވުނީ
އޭނަ ޖަވާޒީ ހަޔާތެއް ފަށަން އުޅޭ ވާހަކަ..އަދި އެއީވެސް
އޭނަގެ ވާންއުޅޭ ފިރިމީހާގެ ފުށުން..އަހަރެނަނަކަށް ނޭނގެ
ކީއްވެކަމެއް އެދަރިފުޅު އަހަރެންނަށް އެހާ ނަފްރަތުކުރަނީ..
ހަމަގައިމުވެސް ދުވަހަކުވެސް އަހަރެންގެ ދެދަރިން އަހަރެން
ތަފާތެއް ނުކުރަން..”ފަނޑު ހިނިތުންވުމަކާއިއެކު އިލްހާމް
ދެއްކި ވާހަކައިން ޒާއިޝްގެ ހިތަށް އަސަރު ކުރިއެވެ.
ފުރަތަމަ ފަހަރަށް ޒުމްރާއާއިމެދު އެހިތުގައި ޝަކުވާ
އުފެދިގެން ދިޔައެވެ.”ޒޯވާ ދެކެ ލޯބިވާ އޭނައަށް އަޅައިލާ
ކުއްޖަކު އޭނަގެ ދިރިއުޅުމަށް އައީތީ ވަރަށް އުފާ ކޮށްފިން..
ބައްޕަގެ ހެޔޮދުއާ އަބަދުވެސް ވާނީ ތިދެކުދިންނާއިއެކު..
ބައްޕަ އުއްމީދު ކުރަން ޒާއިޝް ޒޯވާއަށް ދެރަގޮތެއް
ނުހަދާނެކަމަށް..”އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައިލަމުން
އިލްހާމް ވާހަކަ ދެއްކިއެވެ. އެއާއިއެކު ހިނިތުންވުމަކާއިއެކު
ބޯޖަހައިލަމުން ޒާއިޝް އެގެއިން ނުކުމެގެން ދިޔައީ
ހަމަޖެހިފައިވި ހިތަކައިގެންނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.އޮފީސް ނިންމައިގެން
ގެޔަށް އައިސް ވައިން ޒާއިޝް އަށް ކާމޭޒު
ދޮށުގައި އިން ކިޔާރާ ގޮވައިލިއެވެ.”ޒުމް ދައްތަ
އެބައިން ކޮޓަރީގަ”ކިޔާރާ ދެއްކި ވާހަކައަށް ބޯޖަހައިލަމުން
ޒާއިޝް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.”ޒުމް”
ބެލްކަނީގައި އޭނައަށް ފުރަގަސްދީގެން ހުރި ޒުމްރާއަށް
ގޮވައިލަމުން ޒާއިޝް އެދިމާލަށް މިސްރާބުޖެހިއެވެ.
“އޭއި ކިހިނެއްވެފަ ތިހުރީ..؟”ރެއިލިންގްގައި ބުރަކަށި
ޖައްސައިލަމުން ހިޔާލަކަށް ގެއްލިފައިހުރި ޒުމްރާގެ
ލޯ ކުރިމަތީގައި ފުއްޓަތްކެއް ޖަހައިލަމުން ޒާއިޝް
ހީލިއެވެ.”ޒާޝް މިއަދު ބައްޕައާއި ބައްދަލުކުރަން
ދިޔައިން ތަ؟”ސީދާ ޒާއިޝްގެ މޫނަށް ބަލަހައްޓައިގެން
ހުރެ ޒުމްރާ ކޮށްލި ސުވާލުން އޭނަ ކުޑަކޮށް ސިހުނު
ނަމަވެސް ހިނިތުންވުމެއް މޫނު މައްޗަށް ގެންނަމުން
އޭނަ ޒުމްރާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ހެހެ..އާދިލްބެ އާއި މީޓްވެޔޭ ކޮންމެ ދުވަހަކު..”
ދެކޮނޑު އަރުވައިލަމުން ޒާއިޝް ބުނެލިއެވެ.
“ޒާއިޝް އައި މެންޓް މައި ރިއަލް ފާދަރ..
އާދިލްބެއަކީ އަހަރެންގެ ދޮން ބައްޕައޭ..ބުނޭ ދޮގު
ނުހަދާ!”ޒުމްރާ ހިތްހަމަނުޖެހުނުކަން އެނގުމުން
ފުންނޭވާއެއްލަމުން ޒާއިޝް އޭނަގެ ދެއަތުން ޒުމްރާގެ
މޫނުގައި ހިފަހައްޓައިލިއެވެ.

“ނުނިމޭ”

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ޒާޔާ (ތިރީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް-12

Next
September 19, 2020

ނޭދެމޭ ވަކިވުމެއް-12

Previews
September 19, 2020

ޒާޔާ (ތިރީސްވަނަ ބައި)

16 Comments!

  1. ?LamHaa? says:
    September 19, 2020 at 6:43 pm

    Wow Maasha allah V V reethi mi part vx sis
    Whn is nxt part sisoo.. Curiously waiting for nxt part
    Stay safe dear
    Lyyysssmmm

    1. Cherrychoppers says:
      September 19, 2020 at 7:46 pm

      Jazaakillah khairan dear ?? means a lot ❤

  2. unknown queen says:
    September 19, 2020 at 6:58 pm

    Maasha Allah ❤️♥️ vvv reethi keep it up ??
    Next avahah up kollacchey ?
    Waitinggg?

    1. Cherrychoppers says:
      September 19, 2020 at 7:47 pm

      Jazaakillah khairan unknown queen ??? insha allah varah avahah next part up kohladheynan ?

  3. NAANI says:
    September 19, 2020 at 10:31 pm

    Vrh reethi mi part ves??masha allah, ❤️❤️
    Next part thankolheh avahah kiyailan libeyne kamah mi ummeedhu kurany???and thankolheh dhigukoh genes dheyne kamah Ummeedhu kurany… Sifa kohdhey gothaa liyaa goiy vrh salhi..ekm kiyailan libeyley thankolheh las???
    Curiously waiting for the next part…
    Tc❤️❤️

    1. Cherrychoppers says:
      September 19, 2020 at 11:27 pm

      Jazaakillah khairan NAANI varah ufaavejje ? insha allah next part dhigukoh up kohladheynan..and mihaaru mi try kuranee week eh ga 2 episodes enme madhuvegen nereveythoa insha allah ? tc dear ❤

  4. Unknown says:
    September 19, 2020 at 11:19 pm

    Maasha Allah ❤️❤️ vrh reethi mi part ves ??

    1. Cherrychoppers says:
      September 19, 2020 at 11:28 pm

      Jazaakillah khairan ❤❤❤❤? how’s you dear?

  5. Unknown says:
    September 19, 2020 at 11:48 pm

    Alhamdhulillah gud ❤️❤️how’s u sis? ??

    1. Cherrychoppers says:
      September 20, 2020 at 12:02 am

      Alhamdhullillah great ?

  6. It's me? says:
    September 20, 2020 at 7:54 am

    Wow maasha Allah ❤️ varah vess furihama ?❤️?

    1. Cherrychoppers says:
      September 20, 2020 at 12:26 pm

      Jazaakillah khairan dear ???

  7. ( RDS ) SHANKS says:
    September 20, 2020 at 9:24 am

    Haadha lahakun thi up kurany… Anyways waiting for next part…

    1. Cherrychoppers says:
      September 20, 2020 at 12:27 pm

      Sorry busy kamun las vanee..insha allah next part avas kohlaanan ?

  8. Starlight vixx says:
    September 20, 2020 at 1:36 pm

    Varah reethi mi part ves curiously waiting for the next part ☺️ ☺️☺️☺️☺️☺️☺️☺️ take care ♥️♥️♥️♥️♥️??????

    1. Cherrychoppers says:
      September 20, 2020 at 9:38 pm

      Jazaakillah khairan ❤❤❤

Comments are closed.



All Right Reserved!