Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ސައުރަތިރީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 29, 2020 5 Mins Read
31 Comments

ޒާޔާ ޓީވީ ބަލަން އިންދައި ގޭގެ ބެލް އަޅުވައިލި އަޑު އިވުނެވެ. “މިގަޑީ ކާކުތަ؟” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެ ސުވާލުކޮށްލުމަށްފަހު ޒާޔާ ސޯފާއިން ތެދުވިއެވެ. މިގެއަކީ އެހެން މީހަކުވެސް ވަންނަ ގެއަކަށް ނުވުމާއި އަދި މިއީ ލިއަމް ގެއަށް އަންނާނެ ވަގުތަކަށް ނުވީމަޔާއިއެކީ ޒާޔާގެ ހިތުގައި ސުވާލު އުފެދުނީ މިގަޑީ އެގެއަށް އަންނާނީ ކާކުކަމާއި މެދުގައެވެ. ދެވަނަ ފަހަރަށްވެސް އެ މީހަކު ބެލް އަޅުވައިލުމާއިއެކު ޒާޔާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ކުރިމަތީ ހުރި މީހާ ފެނިފައި ޒާޔާއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ޒާޔާއަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ މޫނުމަތީ އެއްޗަކުން ޖެހިހެންނެވެ. ޒާޔާއަށް އޭނާގެ ކުރިމަތިން މި ފެނުނީ ދުވަހަކުވެސް ދެން އޭނާއަށް ފެންނާނެ ކަމަށް ހީކުރެވިފައިވި މޫނެއްނޫނެވެ.

ޒާޔާ ބިރެއް ފެނިގެން އުޅުނު ފަދައަކުން އަވަހަށް ދޮރު ލައްޕައި ތަޅުލިއެވެ. ދޮރުގައި ލެނގިގަންނަމުން ޒާޔާއަށް އޭނާގެ އަނގަމަތީގައި އަތް އަޅަމުން ރޮއެގަނެވުނެވެ.

ޒާޔާ ކުއްލިއަކަށް އެގޮތަށް ކަންތައް ކުރުމުން ނިހާނަށް ހީވީ އޭނާގެ ހިތް އެއްކޮށް ޗިސްޗިސް ވީ ހެންނެވެ. އޭނާގެ ދަރިފުޅު އެގޮތަށް ކަންތައްް ކުރުމުން ހަމަ ގައިމުވެސް އޭނާގެ ހިތަށް އަސަރުކޮށް ހިތުގައި ޖެހޭގޮތް ވެއްޖެއެވެ. ނިހާން އެހެން ހުއްޓައި އޭނާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. ކަރުނަތައް ގަދަކަމުން ހިފަހައްޓަން މަސައްކަތްކުރަމުން ނިހާން މަގުމައްޗަށް ނުކުތެވެ. މަގުގެ ދެކޮޅު ބަލައިލައިފައި ނިހާން އޭނާގެ ފޯނު ނަގައިފައި އަޙްމަދަށް ގުޅައިލިއެވެ. އަދި އޭނާ ބަލައި އައުމަށް ބުންޏެވެ.

“ކިހިނެތްވީ ނިހާން؟” ނިހާން ގޮވައިގެން އައިސް ގެއަށް ވަންނަމުން އަޙްމަދު އަހައިލިއެވެ. “ކަމެއް ނުވޭ. އެ ގޭ ދޮރު ނުހުޅުވައިގެން. އަނެއްކާވެސް ފަހުން ގޮސްލާނީ.” ނިހާން ހަމަޖެހޭކަން ދައްކަމުން ބުންޏެވެ. ނިހާން އެއްގޮތަކަށްވެސް އޭނާގެ އާއިލާގައި އޭނާއަށް ނޭނގި ހިނގައިފައިވި ކަންތައް އަޙްމަދާއި ޚިއްޞާ ކުރާކަށް ބޭނުމެއްނުވެއެވެ.

ޒާޔާ އެގޮތަށް ރޯން ހުރެފައި ދެލޯ ފުހެލިއެވެ. އަދި ރުއިން ހުއްޓައިލުމަށްފަހު ނިއްކުރީގައި ފިރުމައިލިއެވެ. ޒާޔާ ރުއިން ހުއްޓައިލިއެއްކަމަކު އޭނާއަށް އަދިވެސް ގިސްލެވެމުން ދިޔައެވެ. ޒާޔާ މަޑުމަޑުން ގޭ ދޮރު ހުޅުވައިލައިފައި ބޭރަށް ބޯ ދިއްކޮށްލިއެވެ. އޭރު ނިހާން ފެންނާކަށް ނެތެވެ. ޒާޔާ އަނެއްކާވެސް ދޮރު ބޮޑަށް ހުޅުވައިލަމުން ބޭރު ބަލައިލިއެވެ. އެއްވެސް ދިމާލަކުން ނިހާން ފެންނާކަށް ނެތެވެ. އެހެންކަމުން ޒާޔާ ގެއަށް ވަދެ އަނެއްކާވެސް ދޮރު ލައްޕައި ތަޅުލިއެވެ.

ބައްޕަ އާއި ދޭތެރޭ ވިސްނަމުން ގޮސް ޒާޔާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ވިސްނަން ފެށިވަރަކަށް އަނެއްކާވެސް ޒާޔާއަށް ރޮވެން ފެށުނެވެ. ނިހާން އޭނާ ގެއިން ނެރުނު ދުވަސް ހަނދާންވެފައި ޒާޔާއަށް މާ ބޮޑަށްވެސް ރޮވުނެވެ. ޒާޔާ އެހެން އޮތްއިރު ބައްޕައަށް ޙަޤީޤަތް އިނގޭނެގޮތެއް މެދުވެރިކުރައްވާތޯ ޒާޔާއަށް ދުޢާކޮށްލެވުނެވެ.

ލިއަމް ޑިއުޓީ ނިންމައިލައިފައި ގެއަށް ވަނީ ޒާޔާ އެގޮތުގައި ރޯން އޮއްވައެވެ. ލިއަމް ބަދިގެއަށް ވަތްއިރު ކާން ހަދައިފައި ނެތް މަންޒަރު ފެނުމުން ޒާޔާ ކޮބާބާއޭ ލިއަމްގެ ހިތަށް އެރިއެވެ. ޒާޔާއަށް ގޮވައިލަމުން ލިއަމް ބަދިގެއިން ނުކުތެވެ.

ކޮޓަރީގައި ރޯން އޮތް ޒާޔާއަށް ލިއަމްގެ އަޑު އިވުމުން އަވަހަށް ދެލޮލުން ފައިބަ ފައިބައި ހުރި ކަރުނަތައް ފުހެލައިފައި އެނދުން ތެދުވިއެވެ. އަދި މޫނުދޮވެލައިފައި ކޮޓަރިން ނުކުތެވެ.

“ޒާޔާ! ކިހިނެތްވެފަ ތިހުރީ؟” ރަތްވެ ދުޅަވެފައިވާ ޒާޔާގެ ދެލޯ ފެނި ލިއަމްއަށް އަހައިލެވުނެވެ. އެވަގުތު އޭނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އަނެއްކާ ލިއަމް ގޭގައި ނެތީސް ކަންތައްގަނޑެއް ހިނގީ ބާވައެވެ. ޒާޔާގެ ދެލޯހުރިގޮތާއި ޒާޔާގެ މިލައި މޯޅިވެފައިވި މޫނު ފެނުމުން ކޮންމެއަކަސް ލިއަމް ބިރުގަންނަގޮތްވެއްޖެއެވެ.

“ޒާޔާ. ކޮންމެވެސް ކަމެއް ވެއްޖެ. ބުނޭ!” ޒާޔާއާއި ދިމާލަށް ކުޑަކޮށް ގުދުވެލަމުން ލިއަމް އަމުރުވެރި ރާގަކަށް ބުންޏެވެ. އޭރު ޖެހިލުންވެފައިވި ފަދައަކުން ޒާޔާ ލިއަމްގެ މޫނަށް ބަލައިލިއެވެ. ލިއަމް ދެލޯ އަޅައިގެން ހުރި ގޮތުންނާއި އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން ޒާޔާ ހިސާބަކަށް ޖެހިލުންވާގޮތްވީއެވެ.

“މިއަދު…” ޒާޔާއަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. ޒާޔާއަށް އެ ވާހަކަ ފަށާނެ ގޮތެއްވެސް ނޭނގުނެވެ. “ހްމްމް؟ މިއަދު؟” ލިއަމް ޒާޔާއަށް ބަލައިލީ ދެން ވީ ގޮތް ކިޔައިދިނުމަށް ބުނެދޭށޭ ބުނާފަދަ ގޮތަކަށެވެ. “މިއަދު… މިއަދު.. އައީ މިގެއަށް.. ބަ.. ބައްޕަ.” ޒާޔާއަށް އެ ޖުމުލަ ބުނެވުނީ އަޅައަޅައިގަންނަމުންނެވެ.

“ދެން.. ޒާޔާ ކިހިނެތް ހެދީ؟” ލިއަމް އަދިވެސް ހުރީ އިތުރަށް އެނގެން ބޭނުންވެފައެވެ. “އަހަރެން އަވަހަށް ދޮރު ލައްޕާ ތަޅުލީ… އަހަރެން.. އަހަރެން ބޭނުން ބައްޕަ ކުރިމަތީގަ އަހަރެންގެ ހިތުގަވާ ޝަކުވާތައް ބަންޑުންކޮށްލަން.. އެކަމަކު.. އެކަމަކު އަހަރެންގެ ނެތް ބައްޕައާ ކުރިމަތިލާނެހާ ހިތްވަރެއް. ލިއަމް.. ލިއަމް ޕްލީޒް ހެލްޕް މީ.” ޒާޔާ ރޮމުން ރޮމުން ބުންޏެވެ. ލިއަމް ޒާޔާ ގެނައިސް އޭނާގެ އަތުތެރޭ ފޮރުވައިލިއެވެ. އަދި ޒާޔާގެ ބޮލުގައި ފިރުމައިލަމުން ހުއްޓައިލުމަށް ބުންޏެވެ. އަދި ޒާޔާއަށް އޭނާގެ ބައްޕައާއި ބައްދަލުވެވޭނެގޮތެއް ވަރަށް އަވަހަށް ހަދައިދޭނަން ކަމުގައި ބުންޏެވެ.

“އަފްލާހުބޭ.. އަފްލާހުބޭ.” އާލިޔާގެ ކޮޓަރީގައި ހުރެ ފަވާޝަތު ވަރަށް ބާރަށް އަފްލާހަށް ގޮވަމުން ދިޔައެވެ. ފަވާޝަތު މާ ބާރަކަށް ގޮވަން ފެށުމުން ބަދިގޭގައި ކާން އިން އަފްލާހް ތެދުވެ ބާރަކަށް ގޮސް އާލިޔާގެ ކޮޓަރިއަށް ވަނެވެ. އޭރު ފަވާޝަތު އާލިޔާ އޮތް އެނދާއި ތަންކޮޅެއް ދުރުގައި ރޯން ހުއްޓެވެ. ފަވާޝަތު އާލިޔާއާއި ދިމާލަށް އިޝާރާތްކުރުމުން އަފްލާހަށް އެނދާއި ދިމާލަށް ބަލައިލެވުނެވެ. އޭރު އާލިޔާ އެއް އަރިއަކަށް އޮތުމުގެ ސަބަބުން އަފްލާހަކަށް އާލިޔާގެ މޫނެއް ނުފެނުނެވެ. އަފްލާހް މަޑުމަޑުން އާލިޔާ ގާތަށް ގޮސް އާލިޔާގެ އަތުގައި ހިފައި އާލިޔާގެ މޫނު ފެންނާނެ ގޮތަށް އަނބުރައިލިއެވެ. އެއާއިއެކު އަފްލާހުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

އާލިޔާގެ ދެލޯ މެރިފައިވީއިރު އާލިޔާގެ އަނގައިން ފޮނު ނުކުމެ ނުކުމެ ހުއްޓެވެ. “ފިޓް ޖެހުނީ ކަންނޭނގެ.” އަފްލާހްގެ މޫނުމަތިން ހާސްކަން ފެންނަން ފެށިއެވެ. އަފްލާހް ބުނެލި އެ ޖުމުލައިން ފަވާޝަތަށް އިތުރަށް ރޮވުނެވެ. އަފްލާހު އަވަސްއަވަހަށް ފޯނު ނަގައި ހޮސްޕިޓަލަށް ގުޅައިލަމުން ވަރަށް އަވަހަށް އެގެއަށް އެމްބިއުލެންސަށް ފޮނުވައިދިނުމަށް ބުންޏެވެ.

ހިތްދަތި ގޮތަކަށް އަފްލާހް އާލިޔާއަށް ބަލައިލިއެވެ. އޭރު އަފްލާހުގެ ދެލޯ ފެންކަޅިވާން ފަށައިފައިވިއެވެ. ފަވާޝަތު މަޑުމަޑުން ހިނގައިލައިފައި އައިސް އަފްލާހު ގާތުގައި އިށީނެވެ. “ފަވާ. ކެތްކުރާތި. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ އިނގެ.” ފަވާޝަތު ގެނައިސް އޭނާގެ މޭތެރޭ ފޮރުވައިލަމުން އަފްލާހު ފަވާޝަތަށް ހިތްވަރުދެމުން ގެންދިޔައެވެ. އަފްލާހު އޭނާގެ ކަށީގައި ނެތް ހިތްވަރު ލައިގެންވެސް ފަވާޝަތަށް ހިތްވަރުދެވޭތޯ ބެލިއެވެ.

އެމްބިއުލެންސް އެގޭ ދޮށަށް އައުމުން އޭގައި ތިބި މީހުންގެ އެހީއާއިއެކު އާލިޔާ އެމްބިއުލެންސްއަށް އެރުވުނެވެ. އާލިޔާގެ ޙާލަތު ގޯސްކަމުން އެމްބިއުލެންސް ތެރޭގައިވެސް އާލިޔާއަށް ފަރުވާދެވެން ފެށުނެވެ. އާލިޔާ އެމްބިއުލެންސްގައި ފޮނުވައިލުމުން އަފްލާހް ދިޔައީ ފަވާޝަތު ގޮވައިގެން އޭނާގެ ސައިކަލުގައެވެ.

އާލިޔާ ހޮސްޕިޓަލަށް ގެންދެވުމާއިއެކު އެންމެ ފުރަތަމަވެސް އާލިޔާ ވެއްދުނީ އެމަރޖެންސީ ރޫމަށެވެ. އަފްލާހްމެނަށް ހޮސްޕިޓަލަށް ވަދެވުނީ އާލިޔާ ރޫމަށް ވެއްދި ފަހުންނެވެ. ފަވާޝަތު އެމަރޖެންސީ ރޫމުގެ ދޮރުމަތީ ހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައި ބައިންދައިފައި އަފްލާހް ދިޔައީ އާލިޔާގެ ހުރިހާ ކަމެއް ހަމަޖެއްސުމަށްޓަކައި ރިސެޕްޝަން ކައިރިއަށެވެ.

ފަވާޝަތު އެތަނުގައި އިން އިރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ. އޭނާގެ ހަނދާނުގައި އެނބުރެމުން ދިޔައީ ފަވާޝަތު އާލިޔާއަށް ކާ އެއްޗެހި ހިފައިގެން އާލިޔާގެ ކޮޓަރިއަށް ވަތްއިރު އާލިޔާ އޭނާ ގާތުގައި ދެއްކި ވާހަކަތަކެވެ.

…….

“ފަވާ. ބޮޑުދައިތައަށް ހީވަނީ ބޮޑުދައިތަ ދެން މާ ގިނަ ވަގުތަކު މި ދުނިޔެއަކު ނޯންނާނެހެން. ވަރަށް އުނދަގުވޭ އެބަ ބޮޑުދައިތައަށް.” އުނދަގޫ ގޮތަކަށް އާލިޔާ ވާހަކަ ދައްކަމުން ދިޔައެވެ. “ބޮޑުދައިތާ ޕްލީޒް. ހިނގާ ޑޮކްޓަރަށް ދައްކަން ދާން. މި ދަނީ އަފްލާހުބެ ގާތުގަ ބުނަން.” ރޮވިފައިވި އަޑަކުން ފަވާޝަތު އާދޭހުގެ ރާގެއްގައި ބުންޏެވެ. ފަވާޝަތު ތެދުވަން އުޅުނު ވަގުތު އާލިޔާ އޭނާއަށް ހިފެހެއްޓުނު އެންމެ ބާރަކަށް ފަވާޝަތުގެ އަތުގައި ހިފެހެއްޓިއެވެ.  ފަވާޝަތަށް އާލިޔާ އާއި ދިމާލަށް ބަލައިލެވުނު ވަގުތު އާލިޔާ އޮތީ އޭނާއާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލަހައްޓައިގެންނެވެ. “ބޮޑުދައިތަ މި ދައްކާ ވާހަކަ އެއްފަހަރުވެސް އަޑުއަހައިލިއްޔާ ކީއްތަވާނީ؟” އާލިޔާ އެހެން ބުނިއިރު އެ އަޑުގައިވެސް ރުޅިވެރިކަން އުފެދިފައިވިއެވެ. ފަވާޝަތު އިސް ޖަހައިލަމުން އާލިޔާ ގާތުގައި އެނދުގައި އިށީނެވެ.

ފަވާޝަތު ނުވެސް ވިސްނައި ހުއްޓައި އާލިޔާ ފެއްޓީ ޒާޔާގެ ވާހަަކަ ދައްކާށެވެ. ޒާޔާގެ ވާހަކަ ކިތަންމެހާ އަޑުއަހަން ބޭނުމެއްނުވިޔަސް މީގެ ވަގުތުކޮޅެއް ކުރިން އޭނާއަށް ފެނުނު އާލިޔާގެ ރުޅިވެރި މޫނުގެ ސަބަބުން ފަވާޝަތަށް އެވާހަކަ ހުއްޓުވަން އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ފަވާޝަތަށް ކިރިޔާވެސް އެ ވާހަކައަށް ސަމާލުކަމެއް ދެވުނީ އާލިޔާ ޒާޔާގެ އެއްވެސް ކުށެއް ނެތްކަމުގައި ބުނެލުމުންނެވެ. “ކީއްވެ ތިހެން ތި ބުނީ އޭނަ ހުރިހާ ކަމެއް ކުރިއިރުވެސް؟” ފަވާޝަތު ހިސާބަކަށް ނުރުހުންެވެފައި އިނދެ އެހިއެވެ. ޒާޔާ އެ ހުރިހާ ކަމެއް ކުރިއިރުވެސް އެންމެން އެ ބުނަނީ ޒާޔާގެ އެއްވެސް ކުށެއް ނެތްކަމުގައެވެ. މިއީ ކިހިނެތްވާނެ ކަމެއް ހެއްޔެވެ؟

ފަވާޝަތު އެ ސުވާލުކުރުމާއިއެކު ޖަމީލާ ޒާޔާ ބަދުނާމުކޮށްލަން ކުރި ހުރިހާ ކަމެއް ފަވާޝަތަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން އިން ފަވާޝަތު އިނީ ޤަބޫލުކުރަން ދަތި ނަޒަރަކުން އާލިޔާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ ހަމަ ވެދާނެ ގޮތެއް ހެއްޔެވެ؟

“ބޮޑުދައިތަ ކިތަންމެހާވެސް ބޭނުން ބޮޑުދައިތައަށް ކުރެވިފަވާ ކަންތަކަށް ޒާޔާގެ ކިބައިން މާފަށް އެދެން. ބޮޑުދައިތަ ބޭނުން ޒާޔާއާ ބައްދަލުކުރަން. އެކަމަކު އެ ނަސީބެއް ލިބޭކަށެއް ނެތް. ޒާޔާގެ މާފު ނުލިބި މި ދުނިޔެއިން ދާން ޖެހުނިއްޔާ ވަރަށް ދެރަ…. ނިކަން ވިސްނާލާ. އެ މައުސޫމް ކުއްޖާގެ ބޮލުގަ އަހަރުމެން ހާދަ ބޮޑެތި އިލްޒާމުތަކެއް އަޅުވައިފީމޭ. ހާދަ ނުބައި އަމަލުތަކުގަ އެ ކުއްޖާ ބައްދާލާފީމޭ.. ނުކުރާ ކަމެއްގަ އެ ކުއްޖާ ބޭޒާރުކޮށްލައިފީމޭ.. ދެން ވިސްނާލާ އޭނައަށް ވާނެ ވަރު. މާތްﷲ އަހަންނަށް މި ދުނިޔެމަތީގަ ކުރެވިފަވާ ފާފަތައް ފުއްސަވާށި!” ވޭނާއި ހިތާމަ އެކުލެވިގެންވާ އަޑަކުން އާލިޔާ އެ ހުރިހާ ވާހަކަތަކެއް ދެއްކިއިރު ފަވާޝަތަށްވެސް އިނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޒާޔާއާއި މެދު މި ހުރިހާ ދުވަހު ކުށްހީކުރެވުމުން ފަވާޝަތަށް އޭނާގެ އަމިއްލަ ނަފްސުދެކެވެސް ރުޅިއާދެވެން ފެށިއެވެ.

ކުއްލިއަކަށް އާލިޔާ އެހެން އޮވެފައި އެއްފަރާތަކަށް ފުރޮޅިލައިފައި އާލިޔާއަށް ވާން ފެށި ގޮތްތައް ފެނި ފަވާޝަތަށް ސިހިފައި އެނދުން ތެދުވެވުނެވެ. އަދި އަނގަމަތީގައި އަތް އަޅައިގެން ހުރެ ލޮލުން ކަރުނަ ފައިބާ ޙާލު ކޮޓަރީގައި ހުރި ފާރުގައި ލެނގިގަނެވުނެވެ.

……..

އަފްލާހުއާއި ފަވާޝަތު އެހެން އިންދައި ރޫމުން ޑޮކްޓަރުންތައް ނުކުތެވެ. އޭރު އެމީހުންގެ މޫނުމަތިން ފެނުނު މާޔޫސްކަމުގެ ކުލަވަރުން އަފްލާހުއާއި ފަވާޝަތުގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެން ފެށިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލިއަމް އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ނުކުތީ ނިހާން ހޯދުމުގެ ބޭނުމުގައެވެ. ޒާޔާ ގާތުގައި އެ ވާހަކަ ނުބުނެ ލިއަމް ނުކުތީ ޒާޔާ އޭނާ ހުއްޓުވައިފާނެތީއެވެ. ލިއަމް އަބަދު ޒާޔާ ފޮރުވައިގެން ގެންގުޅޭކަށް ބޭނުމެއްނުވެއެވެ. އަމުދުން ޒާޔާގެ ބައްޕައަށެވެ. ނިހާންވެސް އެގެއަށް ޒާޔާ ހޯދަން އަންނާނީ ކޮންމެވެސް ކަމެއް ވީމައިކަން ލިއަމްއަށް އިނގެއެވެ. ނިހާން އެއް އަބަދަކުއެއް ޒާޔާދެކެ ރުޅިއައިސްފައެއް ނުހުންނާނެތާއެވެ. ގައިމު ދެބަފައިންނަށް އެކަކު އަނެކަކު އެ ފެނުނީ ދެއަހަރު ފަހުން ވިއްޔާއެވެ.

އާލިޔާގެ ޖަނާޒާގެ ކަންތައް ނިންމައިލުމަށްފަހު އެންމެންތައް ސަހަރާއިން ނުކުތެވެ. އަފްލާހުވެސް ރޮވޭ ޙާލު އެންމެނާއިއެކު އެތަނުން ނުކުތެވެ. އަފްލާހު ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ފަވާޝަތު އެކަނި ގޭގައި އިނުމުގެ ސަބަބުންނެވެ. މިހާރު ފަވާޝަތު އިންނާނީ ކޮންފަދަ ޙާލަތެއްގައެއްކަމެއް އިނގެނީކީއެއް ނޫނެވެ.

އަފްލާހު ގެއަށް އައިސް ވަތްއިރު އޭނާއަށް އިޙުސާސް ކުރެވުނީ ޒާތެއްގެ ފަޅުކަމެކެވެ. ފަވާޝަތުވެސް ދިމާލަކުން ފެންނާކަށް ނެތެވެ. އަފްލާހް މަޑުމަޑުން ހިނގައިލައިފައި ގޮސް ފަވާޝަތުގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލިއެވެ. އަދި މަޑުމަޑުން ޓަކި ޖަހައިލިއެވެ. ނަމަވެސް ފަވާޝަތެއް ދޮރެއް ނުހުޅުވިއެވެ. އަފްލާހު މަޑުމަޑުން ކޮޓަރި ދޮރު ހުޅުވައިލިއެވެ. އޭރު ފަވާޝަތު ލިޔާ މޭޒުކައިރީ އޭނާގެ ފޯނަށް ފެންކަޅިވެފައިވި ދެލޮލާއިއެކީ ބަލަން އިނެވެ. ފަވާޝަތުގެ ދެލޯ ދުޅަވެފައިވި ގޮތުން އޭނާ އެހުރީ ވަރަށް ރޮއެފައިކަން އިނގެއެވެ.

“ފަވާ.” އަފްލާހު އެތެރެއަށް ވަންނަމުން ފަވާޝަތަށް މަޑުމަޑުން ގޮވައިލިއެވެ. ފަވާޝަތު ލުއި ނަޒަރެއް އަފްލާހަށް ދިނުމަށްފަހު އަނެއްކާވެސް އޭނާގެ ފޯނަށް ބަލަން ފެށިއެވެ. “ހިނގާ ބޭރަށް ކާން ދާން.” ފުން ނޭވައެއް ލަމުން އަފްލާހު ބުންޏެވެ. “ނޫން އަފްލާހްބޭ. އަހަރެން އަދި ނެތް ބޭރަށް ނިކުންނަ ހިތެއް. ކާއެއްޗެއް ގެނެސްދީ އެހެންނޫނިއްޔާ.” އަފްލާހް ބޯ ޖަހައިލުމަށްފަހު އެ ކޮޓަރިން ނުކުތެވެ.

ފަވާޝަތު އިނީ އޭނާގެ ފޯނުގައި ހުރި އޭނާއާއި ޒާޔާއާއި ދެމީހުން ނަގައިފައި ހުރި ފޮޓޯތަކަށް ބަލާށެވެ. ޒާޔާގެ ހިނިތުންވެފައިވި މޫނު ފެނިފައި ފަވާޝަތަށް އާލިޔާ ދެއްކި ވާހަކަތައް ހަމަ އެވަގުތުން ވަގުތަށްވެސް ޤަބޫލުކުރެވުނެވެ. ޒާޔާއަކީ މައުސޫމް އަންހެން ކުއްޖެކެވެ. ޒާޔާގެ މޫނުމަތިން އެއްގޮތަކަށްވެސް މަކަރުވެރިކަމުގެ އެއްވެސް ސިފައެއް ފެންނާކަށް ނެތެވެ. އެއްވެސް ވަރަކަށް ކަމުގެ ޙަޤީޤަތެއް ބަަލައިނުލައި ޒާޔާއާއި ދޭތެރޭ އޭނާއަށް ކުށްހީކުރެވުނީއެވެ. ފަވާޝަތު އެހެން އިނދެފައި ޒާޔާ ހެޔޮޙާލުގައި ލެއްވުން އެދި ދުޢާ ކުރިއެވެ. އަދި އަވަސް މުސްތަޤުބަލެއްގައި ޒާޔާއާއި ބައްދަލުވެވޭނެ ގޮތެއް މެދުވެރިކޮށްދެއްވާތޯވެސް ދުޢާކުރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އަލްވަދާޢު-12

Next

ލޯބީގެ ހައްގުގައި 18

Next
September 30, 2020

ލޯބީގެ ހައްގުގައި 18

Previews
September 29, 2020

އަލްވަދާޢު-12

31 Comments!

  1. Dhonthy says:
    September 29, 2020 at 11:08 pm

    Salaam hurihaa kiyuntherin 🙂 🙂 🙂 I am so sorry for the delay dear readers 🙁 Ekm es unmeedhukuran mi bai es kiyaalaa hithun kiyaalaanekamau. Dhn oiy bai es hama lasnukou avahau upload kolladheveythw vv masakkaiy kuraanan. Enjoy reading and leave a comment 😀 😀 😀 Love you all <3 <3 <3 <3

  2. Aishath Lam'aa Fuad says:
    September 29, 2020 at 11:48 pm

    Thanks dhonthy luv you so much when is next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️can’t wait

    1. Anonymous says:
      September 29, 2020 at 11:49 pm

      Love it

    2. Dhonthy says:
      September 30, 2020 at 11:19 am

      Aishath Lam’aa Fuad 🙂 🙂 🙂 Welcome dear and love you too <3 <3 Next episode iraadhakurevviyyaa liyevunuhaa avahakau upload kolladheynan. Keep waiting 😀 😀 😀 😀 <3 <3 <3

  3. Le says:
    September 30, 2020 at 12:51 am

    Thanks dhonthy varah reethi mi bai ❤❤❤❤❤

    1. Dhonthy says:
      September 30, 2020 at 11:20 am

      Le 🙂 🙂 🙂 Thank you so much dear <3 <3

  4. ?KIMTAETAE-JEONKOOKIE? says:
    September 30, 2020 at 6:34 am

    wooooww?

    1. Dhonthy says:
      September 30, 2020 at 11:25 am

      KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you so much dear! 😀

  5. ( RDS ) SHANKS says:
    September 30, 2020 at 6:38 am

    Salhi…. ??????

    1. Dhonthy says:
      September 30, 2020 at 11:26 am

      ( R D S ) S H A N K S 🙂 🙂 🙂 Thank you 😀

  6. Ram says:
    September 30, 2020 at 7:15 am

    Maasha allah vvvvvvv reethi?????❤❤❤❤❤ pls pls next part

    1. Dhonthy says:
      September 30, 2020 at 11:27 am

      Ram 🙂 🙂 🙂 Thank you so much dear <3 <3 <3 Next ep upload kolladheynan liyevuneema inge 😀 😀

  7. Aal says:
    September 30, 2020 at 7:22 am

    Nice masha allah ❤️

    1. Dhonthy says:
      September 30, 2020 at 11:27 am

      Aal 🙂 🙂 🙂 Thank you <3

  8. R¥N says:
    September 30, 2020 at 8:23 am

    Maasha Allah ?????????????????????????sisooooo varah reethi mi part ves ?????????????????????????????????curiously waiting for the next part ?????????????????????????Lysm dhonthy ??????Tc ????

    1. Dhonthy says:
      September 30, 2020 at 11:29 am

      RYN 😀 😀 😀 Thank you dear! vv ufaawejje bcs of this colorful comment 😀 😀 And yes! Keep waiting for the next episode 😀 😀 😀 Love you too and take care <3 <3 <3 <3 <3

  9. ❤️shyn❤️ says:
    September 30, 2020 at 8:30 am

    Maasha allah ???????v. reethi mi prt ves ?????Curiously waiting for❤️❤️❤️❤️❤️❤️ the nxt part ??????

    1. Dhonthy says:
      September 30, 2020 at 11:30 am

      shyn 🙂 🙂 🙂 Thank you dear 😀 😀 vv ufaawejje inge 😀 😀 And yes! Keep waiting for the next episode <3 <3 <3 <3

  10. Sadha says:
    September 30, 2020 at 10:21 am

    Hey dhonthy…. Mail id libidhaane tha… Vrh bodu vhk eh eboiy

    1. Dhonthy says:
      September 30, 2020 at 11:31 am

      Sadha 🙂 It’s up there in the info box 😀

  11. Sadha says:
    September 30, 2020 at 10:57 am

    Wooooooooooowwww Mi part vx vrh vrh salhi… Dun zaayaa vx Favaa mn gaathah dhaanama…. Love you dhonthy…. Curiously Waiting for next part…. Btw vrh bodu vhk eh eboiy….

    1. Dhonthy says:
      September 30, 2020 at 11:32 am

      Sadha 🙂 Thank you dear 😀 😀 Yeah Zaayaa Fawaa gaathau dhaanama dhw. Hehe 😛 😛 😛 Love you too and yes! Keep waiting for the next episode 🙂 🙂 <3 <3 <3 <3

  12. maasha says:
    September 30, 2020 at 11:18 am

    Ok wow waiting for next part

    1. Dhonthy says:
      September 30, 2020 at 11:33 am

      maasha 🙂 🙂 🙂 Thank you dear! Yes! Keep waiting 😀 😀 😀

  13. UNKNOWN QUEEN ✨ says:
    September 30, 2020 at 1:35 pm

    VARAH SALHI…. CURIOUSLY WAITING FOR THE NEXT…… DHONTHII… LOVE YOU.. AND STAY SAFE AND TC INGEY… MAY GOD BLESS YOU..❤️❤️❤️❤️❤️❣️❣️❣️❣️??

    1. Dhonthy says:
      October 1, 2020 at 8:16 am

      UNKNOWN QUEEN 🙂 🙂 🙂 Thank you dear! 😀 😀 And yes! Keep waiting for the next episode. Love you too and stay safe 🙂 May Allah bless you too dear <3 <3 <3 <3 <3

  14. Aishath Lam'aa Fuad says:
    September 30, 2020 at 9:47 pm

    Dhonthy ge birthday 13th April 2005. Lamge birthday 11th April 2008

    1. Dhonthy says:
      October 1, 2020 at 8:18 am

      Oh. Happy to hear that dear 🙂 🙂 🙂 <3

  15. ⛦Xoya⛤ says:
    October 1, 2020 at 8:30 am

    Sorry varah bodah late koh comment kurevunyma. Masha Allah mi part ves varah reethi. Varah curious vefa mi hury aneh part ah. Dhonthy u are the best hama. ???????????????????????❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Dhonthy says:
      October 1, 2020 at 9:32 am

      Xoya 🙂 🙂 🙂 Thank you dear and it’s okay. vv ufaawejje xoyage comment kiyaalaafa 😀 😀 😀 <3 <3 <3 <3 <3 Take care and be safe 🙂 🙂 <3 <3 <3

  16. ⛦Xoya⛤ says:
    October 1, 2020 at 8:32 am

    Take care. Be safe.?????????????????????

Comments are closed.

Next Episodeޒާޔާ (ފަންސަތިރީސްވަނަ ބައި)←


All Right Reserved!