Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ފަންސަތިރީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
October 1, 2020 11 Mins Read
36 Comments

“ހެލޯ ލިއަމް. ވަރަށް އަވަހަށް އެކްސް.ބީ އޮފީހަށް އައިސްލަދީބަލަ.” އެކްސް.ބީ އޮފީހުގެ މުވައްޒަފެއް ލިއަމްއަށް ގުޅައިލަމުން ބުންޏެވެ. ލިއަމް މި ދަނީކަމަށް ބުނެ ފޯނު ކަނޑައިލިއެވެ. އަދި އޭނާގެ މިޞްރާބު މާލޭގެ މަޝްހޫރު ވިޔަފާރިވެރިއާކަމަށްވާ އަޙްމަދު ހިންގާ އެކްސް.ބީ އޮފީހާއި ދިމާލަށް ބަދަލުކޮށްލިއެވެ.

“ކީއްކުރަން މިތަނަށް އަންނަން ބުނީ؟” އޮފީހަށް ގޮސް އޮފީސް ދޮރުމަތީ ދެންމެ ލިއަމްއަށް ގުޅި ކުއްޖާ ހުރުމުން ލިއަމް އެކުއްޖާ ގާތުގައި އަހައިލިއެވެ. “މީހަކު ލިއަމް އާ ބައްދަލުކޮށްލަން ބޭނުންވާތީ. އެހެންވެ.. ހިނގާ.” އެކުއްޖާ އެދުނީ އެކުއްޖާގެ ފަހަތުން ލިއަމް އައުމަށެވެ. ސުވާލުފުނިތަކެއް ސިކުނޑިއަށް ގިނަކޮށްގެން ހުރެ ލިއަމް އެކުއްޖާގެ ފަހަތުން ހިނގައިގަތެވެ.

އެކުއްޖާ ލިއަމް ގޮވައިގެން ދިޔައީ އަޙްމަދުގެ ކެބިންއާއި ދިމާލަށެވެ. “މޭ އައި ކަމް އިން ސަރ؟” ކެބިންގެ ދޮރު ހުޅުވާ ކުޑަކޮށް އެތެރެއަށް ބޯ ދިއްކޮށްލަމުން އެ ކުއްޖާ އަހައިލިއެވެ. އަޙްމަދު ވަންނާށޭ ބުނުމުން އެކުއްޖާ ލިއަމް ގޮވައިގެން އެތެރެއަށް ވަނެވެ.

“ސަރ. މިހުރީ ލިއަމް.” އެކުއްޖާ ގާތުގައި ހުރި ލިއަމްއަށް އިޝާރާތް ކުރަމުން އެކުއްޖާ ބުންޏެވެ. “ލިއަމް. އާދޭ މިތާ އިށީންނަން. ދެން އޯކޭ މޫސަ ދިޔަޔަސް.” އަޙްމަދު ބުނުމުން މޫސަ އަޙްމަދާއި ލިއަމްއަށް ހިނިތުންވެލައިފައި އެ ކެބިން އިން ނުކުމެއްޖެއެވެ. “ކިހިނެތްވީތޯ ކުއްލިއަކަށް ބައްދަލުކޮށްލަން ބޭނުންވީ؟” ލިއަމް އަޙްމަދާއި އަދަބުވެރިކަމާއިއެކު ސުވާލުކުރިއެވެ. ލިއަމް އުޅޭ ވަޒީފާގެ ގޮތުން އޭނާއަށް ވަރަށް ގިނައިން އެ އޮފީހަށްވެސް އަންނަން ޖެހެއެވެ. އެހެންކަމުން ލިއަމް އާއި އަޙްމަދު އެކަކު އަނެކަކު ދަންނަތާ މިހާރު ދުވަސްތަކެއްް ވެދާނެއެވެ. “އަސްލު އަޅުގަނޑެއް ނޫން ލިއަމް އާ ބައްދަލުކުރަން ބޭނުންވެގެން މިއުޅެނީކީއެއް. އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރިއެއް. އޭނަ އިރުކޮޅަކުން އަންނާނެ. އޭނަ އަންނަންދެން މަޑުކޮށްލާ.” ލިއަމް ބޯ ޖަހައިލައިފައި ގޮނޑީގައި ލެނގިލިއެވެ. އަޙްމަދުގެ އެކުވެރިޔާ އަންނަންދެންވެސް ލިއަމް އާއި އަޙްމަދާއި ދެމެދު ވާހަކަތަކެއް ދެކެވިގެން ދިޔައެވެ.

“އަހަނ. ނިހާން. އާދޭ އާދޭ. މީނީ ނިހާން ބައްދަލުކުރަން ބޭނުންވެގެން އުޅޭ ކުއްޖާ.” މިނެޓްތަކެއް ފަހުން ކެބިންއަށް ނިހާން ވަނުމުން އަޙްމަދު ނިހާންއަށް ގޮވައިލަމުން ބުންޏެވެ. އަޙްމަދުގެ ދުލުން އެ ނުކުތް ނަމަކުން ލިއަމްއަށް އިނދެވުނީ ފަހަތް ބަލައިލަން ނުކެރިފައެވެ. އެއީ އެހެން ނިހާނަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ލިއަމްގެ ހިތް ހަމަ ނުތަނަވަސްވަނީއެެވެ. ނިހާން އައިސް ލިއަމްގެ ކުރިމަތީ އިށީނުމުން ލިއަމް ކުޑަކޮށް ނިހާންއާއި ދިމާލަށް ބަލައިލައިފައި އިސް ޖަހައިލިއެވެ. އޭނާއަށް މިފަދަ ގޮތަކަށް ޒާޔާގެ ބައްޕައާއި ދިމާވެދާނެކަމަކަށް ކުރިން ހީކުރެވިފައެއް ނެތެވެ. ލިއަމް އޭރު ނިހާން ހޯދަން ނުކުތީވެސް ވަކި ނިހާން އާއި ބައްދަލުވާނެކަމުގެ މާބޮޑު އުންމީދެއްވެސް ނެތިއެވެ.

“ލިއަމް. ހިނގާ ދާން ރަސްފަންނާއި ދިމާލަށް.” ކުޑަ ވަގުތުކޮޅަކަށް ލިއަމް އާއި ދިމާލަށް ބަލަން އިނުމަށްފަހު ނިހާން ބުނެލިއެވެ. ލިއަމް އަށް އިސް އުފުލައި ނިހާން އާއި ދިމާލަށް ބަލައިލެވުނެވެ. އޭރު ނިހާން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. ލިއަމް ހީކުރީ އެވަގުތުވެސް ނިހާން ރުޅިއައިސްގެން އޭނާއާއި ދިމާލަށް އެއްޗެހި ގޮވާނެ ކަމަށެވެ. ލިއަމްއަށް އެ ހުރިހާ އެއްޗެއް ހީވިއިރު ލިއަމްއަށް ނޭނގުނު ކަމަކީ ނިހާނަށްވަނީ ކަމުގެ ޙަޤީޤަތް އެނގިފައިކަމެވެ. “ނުދާނަންތަ؟” ލިއަމް ބަލަހައްޓައިގެން އިންނަން ފެށުމުން ނިހާން އަހައިލިއެވެ. ލިއަމް އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރައިލިއެވެ. “ހެހެ. ހިނގާ އަވަހަށް.” ނިހާން ކެބިން އިން ނުކުތުމުން ލިއަމްވެސް ނިހާންގެ ފަހަތުން އިސްޖަހައިގެން ހުރެ ހިނގައިގަތެވެ.

މަގުމަތީގައި ދެމީހުން ހިނގައިފައި ދިޔައިރުވެސް އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ލިއަމް ހުރީ ނިހާން އެއްޗެކޭ ކިޔައިފާނެކަމަށް ހީކޮށް އެއްޗެކޭ ބުނަން ނުކެރިފައެވެ. ނިހާން ދިޔައީ އޭނާ ލިއަމްއާއި ދައްކާނެ ވާހަކަތައް ސިކުނޑީގައި ރާވަމުންނެވެ. އޭނާ ހުރީ ކުރިއައިލައި އެކަމަށް ތައްޔާރުވެސް ވެގެންނެވެ. އެހެނަސް އަދިވެސް އިތުރަށް ދައްކާނެ ވާހަކަތަކާއި މެދު ވިސްނައިލަނީއެވެ. ނިހާން ޢަޒުމު ކަނޑައަޅައިގެން ހުރީ ކޮންމެގޮތެއް ހަދައިފައިވެސް ލިއަމްގެ ފަރާތުން މިރޭ ހުރިހާ ކަމެއް އޮޅުންފިލުވާށެވެ.

ނިހާން ލިއަމް ގޮވައިގެން އެތާ އިށީންނަން ހަދައިފައި ހުރި ގާގަނޑު ކައިރިއަށް ދިޔައެވެ. އޭރު ކޮންމެވެސްވަރަކަށް މީހުން އެތާ ތިއްބެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަމެއްގައި މަޝްއޫލުވެގެން ތިއްބެވެ. ކަނޑުން ނަގާ ބޮޑެތި ރާޅުތައް އައިސް އެހިސާބުގައި ހުރި ބޮޑެތި ގާފުނިތަކު މައްޗަށް ބިންދަމުން ދިޔައެވެ. ނިހާން އިރުކޮޅަކު އެ މަންޒަރަށް ބަލަހައްޓައިގެން ހުރުމަށްފަހު އިސްދަށަށް ޖަހައިގެން ހުރި ލިއަމް އާއި ދިމާލަށް ބަލައިލިއެވެ.

ލިއަމް އެގޮތަށް އިސްޖަހައިގެން ހުއްޓައި ކުއްލިއަކަށް ނިހާން ކުރިކަމަކުން ލިއަމް ދިޔައީ ސިހިގެނެނެވެ. ދެބުމަ ގޮށްޖަހައިލަމުން އޭނާ ގައިގައި ބައްދައިލައިގެން ހުރި ނިހާންއާއި ދިމާލަށް ބަލައިލިއެވެ. “ޝުކުރިއްޔާ ލިއަމް. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ލިއަމްގެ ބުރަކަށީގައި ފިރުމަ ފިރުމައިފައި ނިހާން ލިއަމްއަށް ޝުކުރު އަދާކުރަމުން ދިޔައެވެ. އޭރުވެސް ލިއަމްއަށް ހުރެވުނީ ދެބުމަ ގޮށް ޖަހައިގެންނެވެ. ނިހާން މި ޝުކުރު އަދާކުރަނީ ކޮންކަމަކަށް ހެއްޔެވެ؟

ނިހާން ލިއަމް އާއި ދުރުވެލަމުން ލިއަމްގެ މޫނަށް ބަލައިލިއެވެ. އޭރު ލިއަމް ހުރީ ވާނުވާ ނޭނގޭފަދަ ގޮތަކަށް ނިހާންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “ހިނގާ އެތާ އިށީންނަން.” ގާގަނޑާއި ދިމާލަށް އިޝާރާތް ކުރަމުން ނިހާން ބުންޏެވެ. ލިއަމް ބޯ ޖަހައިލަައިފައި ނިހާންއާއިއެކު ގޮސް އެ ގާގަނޑު މަތީގައި އިށީނެވެ.

“ކޮބާ ޒާޔާ؟” ނިހާން ކުއްލިއަކަށް ޒާޔާ ކޮބައިހޭ އަހައިލުމުން ލިއަމްއަށް އޭނާގެ ދެލޯ ބޮޑުކޮށްލަމުން ނިހާން އާއި ދިމާލަށް ބަލައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ލިއަމް އޭނާގެ މޫނުމަތިން ހަމަޖެހޭކަން ދައްކަމުން ހިނިތުންވެވޭތޯ ބެލިއެވެ. “އެ.. އެބައުޅޭ.” ޖެހިލުންވެފައި އިނދެ ލިއަމް ބުންޏެވެ. ލިއަމް އަށް ވަމުން ދިޔަ ގޮތް ނިހާންއަށް ވަރަށް ފަސޭހައިން ފާހަގަކުރެވެމުން ދިޔައެވެ. އެހެންކަމުން ނިހާން ހިނިތުންވެލައިފައި ލިއަމްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ލިއަމް ސިހުމަކާއިއެކު ނިހާނަށް ބަލައިލިއެވެ. “ލިއަމް އެއްގޮތަަކަށްވެސް ހާސްވާނެކަމެއްނެތް. އަހަންނަށް މިހާރު ހުރިހާ ކަމެއްގެ ހަގީގަތް އެނގިއްޖެ. އެހެންމަ އަހަރެން މި އައީ ޒާޔާ ބަލާ. އަހަރެން ބޭނުންވަނީ އަހަރެން ރަށަށް ދާއިރު ޒާޔާ ގޮވައިގެން ދާން.” ނިހާން ދެއްކި ވާހަކަތަކުން ލިއަމްއަށް ހަމަޖެހުމެއް ލިބުނެވެ. ހީވީ ލިއަމްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އަދި ކިރިޔާހެނެވެ. “ވަރަށް އުފާވެއްޖެ ޒާޔާގެ ބައްޕައަށް ހުރިހާ ކަމެއް ހަގީގަތް އެނގުނީމަ.” ނިހާނަށް ބަލައިލައި ހިނިތުންވެލަމުން ލިއަމް ބުންޏެވެ. ނިހާންވެސް ހިނިތުންވެލިއެވެ. “އަހަރެން އަސްލު ވަރަށް އުފާވެފަ މިހުރީ މިއޮތް ހުރިހާ ދުވަހު އަހަރެންގެ ދަރިފުޅު ލިއަމް ބަލައިދިނީތީ. އެ ދަރިފުޅަށް ދެރައެއް ނުދީ ގެންގުޅުނީމަ ވަރަށް ބޮޑަށް ޝުކުރިއްޔާ ލިއަމް.” ނިހާން ތަކުރާރުކޮށް ލިއަމްއަށް ޝުކުރު އަދާކުރަމުން ދިޔައެވެ. އޭރު ނިހާންގެ ދެލޯ ކުޑަކޮށް ފެންކަޅިވެފައިވިއެވެ. ލިއަމް އެއީ އެހާވަރުގެ ކަމެއް ނޫނޭ ބުނެލިއެވެ.

“އިނގޭތަ؟ ޒާޔާ ފުރަތަމަ ދުވަސްކޮޅު ގެއަށް ގެނައި އިރު ވަރަށް ސަކަރާތްކޮށް އުޅުނީ. އަހަރެން ވަރަށް މަސައްކަތްކޮށްގެން އޭނަ ހަމައަކަށް އެޅުނީ. އޭރު އަބަދުވެސް ބައްޕަ އެހެން ހެދީއޭ މިހެން ހެދީއޭ ކިޔާފަ ރޯނެ. ގިނަ ރޭރޭ ޒާތެއްގެ ހުވަފެންތަކެއް ފެނިގެން ހޭލާ ރޯން އިންނާނެ. ގިނަ ދުވަސްވީވަރަކަށް މާތްﷲ ގެ އިރާދަފުޅުން ޒާޔާ ރަނގަޅުވަމުން އައީ… ދެން މިހާރު ޒާޔާ މިކޮޅުން އޯލެވެލްއާ ހުރިހާ އެއްޗެއް ހަދާފަ ކޮލެޖެއްގަ ކިޔަވަމުން އެ ގެންދަނީ.” ލިއަމް ވާހަކަދައްކަމުން ދިޔައިރު އެ ވާހަކަތައް އަޑުއަހަން އިން ނިހާންއަށް އިނދެވުނީ އުފަލުން ނުރޮވިއެވެ. ޒާޔާއަށް އެ ލިބިގެންދިޔަ އުޖާލާ މުސްތަޤުބަލުގެ ފަހަތުގައިވާ މާތް އިންސާނާއަކީ މިއީއެވެ. “ޒާޔާގެ ބައްޕަ ރޮނީތަ؟” ނިހާން ލޯ ފުހެލި މަންޒަރު ފެނިފައި ލިއަމް ކަންބޮޑުވުމަކާއިއެކު އަހައިލިއެވެ. “އުފަލުން…. އެކަމަކު.. އަހަރެން މީ ހާދަހާ ގޯސް ބައްޕައެކޭ. މައުސޫމް ދަރިފުޅުގެ ނުބައިވެގެންވާ އިލްޒާމެއް އަޅުވާ އެ ދަރިފުޅު ބަދުނާމުކޮށްލެވުނީ. ލިއަމްގެވެސް އެއްވެސް ކުށެއް ނެތި ލިއަމްވެސް ބަދުނާމުވީ. މިހާރު އަހަރެންގެ ދަރިފުޅު އަހަންނަށް ނަފްރަތު ކުރާނެ.. މި ބައްޕައެއް ބޭނުމެއްނުވާނެ.” އަސަރުން ފުރިފައިވި އަޑަކުން ނިހާން ވާހަކަދެއްކިއެވެ. ފިރިހެނެއްކަމަކު އިންސާނެއްވިއްޔާ ހިތާމަވެރި ކަމެއް ދިމާވެއްޖެއްޔާ ކޮންމެ މީހަކުވެސް ކަރުނަ އަޅައި ރޯނެއެވެ. “ނޫން. އެއްގޮތަކަށްވެސް ތިހެން ހީނުކުރޭ. ޒާޔާގެ ހިތް ޒާޔާގެ ބައްޕައަށް ބުރައެއް ނުވާނެ. ޒާޔާއަކީ އެހާ ހިތްހަރު ކުއްޖެއްނޫން… ހިނގާ އަހަންނާ އެކު. ޒާޔާ ކައިރިއަށް.” ލިއަމް ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ބުނެލި ޖުމުލައިން ނިހާންގެ ހިތް އުފަލުން ނަށައިލި ކަހަލައެވެ. އޭނާ އިނީ ލިއަމް ގާތުގައި ޒާޔާއާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނަން ނުކެރިފައެވެ. އޭނާއަށް މާޒީގައި ކުރެވިފައިވާ ކަންތަކާއި މެދު ލަދުގަނެފައި އިނުމުގެ ސަބަބުންނެވެ. “ހިނގާ އަވަހަށް.” ނިހާން ތެދުވުމުން ލިއަމް ތެދުވެ ނިހާން އާއިއެކު އޭނާގެ ގެއަށް ދާން ހިނގައިގަތެވެ.

ލިއަމް ބޭރަށް ދިޔަގޮތަށް އަދިވެސް ގެއަށް ނާންނާތީ ޒާޔާ އުޅުނީ ފޫހިވެގެންނެވެ. ފޫހިވެގެން އުޅުނަސް އޭނާގެ ސިކުނޑީގައި އަދިވެސް އެނބުރެމުން ދަނީ ނިހާންގެ ޚިޔާލުތަކެވެ. މިއީ އޭނާއަށް މީގެ ދެއަހަރު ފަހުން އޭނާއަށް އޭނާގެ ބައްޕަ ފެނުނު ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރެސްޓޯރެންޓުންނެވެ. ދެން ފެނުނީ ޒާޔާއަށް އޭނާ އުޅޭ ގޭ ދޮރުމަތިންނެވެ. ދެން ނިހާން ފެންނާނީ އޭނައާއި ދާދި ގާތުގައި ހުއްޓައިކަމެއްވެސް އެނގެނީކީއެއް ނޫނެވެ.

ޒާޔާ ސިޓިންގްރޫމުގައި އެގޮތަށް ވިސްނުމެއްގައި ވަނިކޮށް ގޭދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ލައްވައިލި އަޑު އިވުނެވެ. ލިއަމް އައީކަން ޔަގީންވުމުން ޒާޔާގެ ހިތުގައި އުފެެދިފައިވި ފޫހިކަން އެކީ ފިލައިގެން ދިޔައެވެ. އަދި ހިނިތުންވެލައިގެން އިނީ އޭނާގެ މޫނުމަތިން އެއްވެސް ކަމެއް ނުވާކަމަށް ލިއަމްއަށް ދައްކަންވެގެންނެެވެ.

“ލިއަމް ހާދަ ލަހު..” ޒާޔާ ލިއަމްއާއި ދިމާލަށް ދާން ހިނގައިގަނެފައިވެސް އޭނާއަށް ހުރެވުނުތާ ހުއްޓެވުނީ ލިއަމްގެ ފަހަތުން ވަތް ނިހާން ފެނުމުންނެވެ. ޒާޔާގެ ދެފައިިގައި ހީވީ ކަސްތޮޅު އެޅުވިގެން ދިޔަހެނެވެ. މީހާގެ އަނގަވެސް އެއްކޮށް ބަންދުވެގެން ދިޔައީއެވެ. ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ އަނގަމަތީގައި އޭނާއަށް ވާހަކަނުދެއްކޭނެހެން ފޮތިގަނޑެއް އެޅީހެނެވެ.

ލިއަމް ނިހާން އާއި ޒާޔާއާއި ދެމީހުނަށް ބަލައިލައިފައި އެތަނުން ދުރަށް ދިޔައެވެ. އެ ދެބަފައިންނަށް ވަގުތު ދިނުމަށްޓަކައެވެ. ލިއަމް އެތަނުން ދިޔުމުން ނިހާނާއި ދިމާލަށް ދެލޯ ބޮޑުކޮށްލައިގެން ހުރި ޒާޔާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އެހެނަސް ކުރިމަތީގައި އެހުރީ އޭނާގެ އުފަން ބައްޕަކަން ހިތަށް ވިސްނައިދެމުން ޒާޔާ ހަމައަކަށް އެޅޭތޯ ބެލިއެވެ.

ނިހާންއަށް ހުރެވުނީ އަސަރުން ފުރިފައިވި ބެލުމަކުން ޒާޔާއަށް ބަލާށެވެ. ނިހާންގެ ދެލޮލުން އޭނާއަށް މާފުކޮށްދޭށޭ ބުނާ ފަދައެވެ. ޒާޔާ ދެލޯ ބޮޑުކޮށްލައިގެން އެއްވެސް އަސަރެއް ނެތް ގޮތަކަށް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ނިހާންއަށް އެ މޫނުމަތިން ފެނިގެން ދަނީ މައުސޫމްކަމެވެ. ޒާޔާގެ ތާޒާވި މޫނުން ޒާޔާގެ އެއްވެސް ކުށެއް ނުވާކަން ހެކިކޮށްދެއެވެ.

ޒާޔާ އެހެން ހުރެފައި އަވަސްއަވަހަށް އެެސްފިޔަ ޖަހައިލުމަށްފަހު އެތަނުން ދާން އުޅުނެވެ. ނިހާނަށް ފަސްދީފައި ދާން އެއް ފިޔަވަޅު އަޅައިލެވުނުތަނާ ޒާޔާއަށް އިވުނީ މިއިން ދުވަހަކުވެސް ނިހާންގެ ދުލުން ދެން އޭނާއަށް އަޑުއިވޭނެކަމަށް ހީކުރެވިފައިނުވާ ލަފުޒެކެވެ. ނިހާން ވަރަށް ލޯބިން ދަރިފުޅާއޭ ކިޔައި ގޮވައިލުމުން ޒާޔާއަށް ފެންކަޅިވެފައިވި ދެލޮލާއިއެކު ނިހާނާއި ދިމާލަށް ބަލައިލެވުނެވެ. ޒާޔާގެ ފެންކަޅިވެފައިވި ދެލޯ ފެނުމުން ނިހާންގެ ދެލޯވެސް ވަގުތުން ފެންކަޅިވެގެން ދިޔައެވެ.

ޒާޔާއަށް ދެން އިތުރަކަށް ކެތެއް ނުކުރެވުނެވެ. އަނގަމަތީ އަތް އަޅަމުން ޒާޔާއަށް ރޮއެގަނެވުނެވެ. ޒާޔާ ރޯން ފެށުމުން ނިހާން އައިސް ޒާޔާ ގާތުގައި ހުއްޓުނެވެ. ނިހާން ޒާޔާގެ ދެކޮނޑުގައި ހިފައިލި ވަގުތު ޒާޔާ އަށް ނިހާންގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. “ބައްޕާ… ބައްޕާ..” ރުއިމުގެ ތެރެއިން ޒާޔާއަށް އޭނާގެ ބައްޕައަށް ގޮވައިލެވުނެވެ. “އޯއި ދަރިފުޅާ. ބައްޕަ މިހުރީ އައިހޭ. ދަރިފުޅު ބަލައި ބައްޕަ މިއައީއޭ.” ނިހާން ޒާޔާގެ ބޮލުގައި ފިރުމަމުން ބުންޏެވެ. “އަޅުގަނޑު ބަލައިތަ ތި އައީ؟” ނިހާންގެ ކޮނޑުން ބޯ ނަގަމުން ޤަބޫލުނުކުރެވިފައިވި ރާގަކުން ޒާޔާ އަހައިލިއެވެ. “އާނ. ބައްޕަ ދާއިރު ބޭނުންވަނީ ޒާޔާ ގޮވައިގެން ރަށަށް ދާން.” ނިހާން އެ ޖުމުލަ ބުނެލުމާއިއެކު އަނެއްކާވެސް ޒާޔާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނާ ރަށަށް ދިއުމުން އަނެއްކާވެސް ހާދަ މީހުނެއް އޭނާއާއި ދިމާލަށް އެއްޗެހި ކިޔާނެއެވެ. އަނެއްކާ ޖަމީލާވެސް އޭނާއަށް އިތުރު ލަނޑެއްވެސް ދޭން އުޅެފާނެއެވެ. “ނޫން. އަހަރެން ނުދާނަން ބައްޕާ. އަހަންނަކަށް ނުކެރޭނެ. ލިއަމް.. ބައްޕަ ގާތު ބުނެބަލަ އަހަންނެއް ނުދާނަމޭ.” ޒާޔާ އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔަމުން ދިޔައެވެ. ލިއަމް އަށް ގޮވިއިރު ލިއަމްގެ ޚަބަރެއް ނުވުމުން ލިއަމްވީ ބޭރަށް ނުކުމެ ކަން ޒާޔާއަށް އެނގުނެވެ. ނަމަވެސް ލިއަމް ހުރީ އެގޭ ބަދިގޭގައި ފިލައެވެ. ދެބަފައިން ދައްކާ ވާހަކަތައް އަޑުއަހަންވެގެންނެވެ.

“ޒާޔާ. ހަމަޖެހިބަލަ ދަރިފުޅާ.” ނިހާން ޒާޔާގެ އަތުގައި ހިފައިލަން އުޅުނެވެ. ނަމަވެސް ޒާޔާ އޭނާގެ އަތް ފޮޅުވައިލިއެވެ. ޒާޔާއަށް ހީވީ މިހާރުވެސް ނިހާން އޭނާގެ އަތުގައި ހިފައިގެން ރަށަށް ގެންދާނެކަމަށެވެ. “މިބުނީއެއްނު ނުދާނަމޭ!” ޒާޔާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އެވަގުތު އޭނާއަށް މި ހަޅޭއްލެވުނީ އޭނާގެ ބައްޕައާއި ދިމާލަށްކަން ރޭކައިލުމުން އަނެއްކާވެސް ޒާޔާއަށް ރޮވޭގޮތްވިއެވެ. “ދަރިފުޅާ. ހަމަޖެހިލާފަ އާދެބަލަ ބައްޕަ އާއެއްކޮށް މިތާ އިށީންނަން.” ނިހާން ރީތިކޮށް ބުނުމުން ޒާޔާ ދެލޯ ފުހެލައިފައި އައިސް ނިހާން އާއިއެކު ސޯފާގައި އިށީނެވެ.

“ދަރިފުޅާ. އަސްލު ބައްޕަ މިރޭ ވަރަށް އުފަލުން މިހުރީ ދަރިފުޅު ބައްޕައާ ރީތިކޮށް ވާހަކަދެއްކީމަ މިރޭ. ބައްޕައަށް އެނގިއްޖެ އެ ހުރިހާ ކަމަކަށްފަހުވެސް ދަރިފުޅުގެ ހިތުގަ ބައްޕައާ ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތްކަން. ދަރިފުޅާ! ބައްޕަ ދަރިފުޅު ބަަލައި މިއައީ މި ހިނގައިދިޔަ ހުރިހާ ކަމެއްގެ ޙަޤީޤަތް އެނގިހުރެ.” ނިހާން ވާހަކަދައްކަމުން ގޮސް އެންމެ ފަހަށް ބުނެލި ޖުމުލައިން ޒާޔާއަށް ނިހާނާއި ދިމާލަށް ބަލައިލެވުނެވެ. ޤަބޫލުނުކުރެވިފައިވި ފަދައަކުންނެވެ. “އާނ ދަރިފުޅާ. ބައްޕައަށް ހުރިހާ ކަމެއްގެ ހަގީގަތް އެނގިއްޖެ. ބައްޕަައަށް އެނގިއްޖެ އެކަމުގަ ދަރިފުޅުގެވެސް އަދި ލިއަމްގެވެސް އެއްވެސް ކުށެއް ނެތްކަން. އެ ހުރިހާ ކަމެއްގެ ފަހަތުގަ ހުރި ނުބައިވެގެންވާ ޝައިޠާނަކީ ދަރިފުޅުގެ ދޮންމަންމަކަން ބައްޕައަށް އެނގިއްޖެ.” ފުރަތަމަ ޖުމުލަތައް ނިހާން މަޑުމައިތިރިކަމާއިއެކު ބުންޏެއްކަމަކު އެންމެ ފަހު ޖުމުލަ ނިހާން ބުނިއިރު އޭނާގެ ދެދަތްޕިލަ ވަނީ ޖެހި ބާރުވެފައެވެ.

ދަރިފުޅާ! ބައްޕައަށް މާފުކޮށްދީ.. ޖަމީލާ ބައްޕަގެ ލޮލުގަ އަނދުން އަޅުވާލިލެއް ގަދަކަމުން ބައްޕައަށް އޭރު އެއްވެސް އެއްޗެއް ނުވިސްނުނީ.. ދަރިފުޅު ބައްޕައަށް މާފުކޮށްދޭނަންތަ؟” ނިހާން ޒާޔާގެ އަތުގައި ހިފައިލިއެވެ. އޭރު ބަދިގޭގައި މަންޒަރު ބަލަން ހުރި ލިއަމް އުންމީދުން ފުރިގެންވާ ނަޒަރަކުން ޒާޔާއަށް ބަލަހައްޓައިގެންނެވެ. ލިއަމް ހިތާއިހިތުން މާފުކުރާށޭ ކިޔަމުން ދިޔައެވެ. “ބައްޕާ.. އެއީ ބައްޕައަށް ނޭނގި ކުރެވުނު ކަމެއްނު. ޒާޔާ އަބަދުވެސް ބައްޕައަށް މާފުކުރާނަން. އެހެންނޫނަސް ބައްޕަ ޒާޔާ ގާތު މާފަށް އެދުނީމަ ވަރަށް އޮޑް. ހެހެހެ.” މަޑު ހުނުމަކާއިއެކު ޒާޔާ ބުންޏެވެ. އެތައް ދުވަހަކަށްފަހު ޒާޔާގެ މޫނުމަތިން ރީތި ހިނިތުންވުމެއް ފެނުމުން ނިހާންގެ ހިތަށް ފިނިކަމެއް އިޙުސާސްކުރެވުނެވެ. އޭނާ ބޭނުންވަނީ އަބަދުވެސް އޭނާގެ ދަރިފުޅު ހިނިތުންވެލައިގެން ހުންނާށެވެ. “އެކަމަކު ޖަމީލާއަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން.” ދެލޯ ހަނިކޮށްލަމުން ޒާޔާ ބުންޏެވެ. ނިހާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. “އިނގޭތަ؟ ދަރިފުޅު ތީ މިހާރު ކުއްޖެއްގެ ދޮންތައެކޭ!” ވަރަށް ފޯރިއާއިއެކު ނިހާން ބުންޏެވެ. “އޭނ.. ތިބުނީ؟” ޒާޔާއަށް ނިހާން އެބުނި އެއްޗެއް ނުވިސްނުނެވެ. “މިބުނީ މިހާރު ދަރިފުޅުގެ އިތުރަށް ބައްޕަގެ އެހެން ކުއްޖަކުވެސް ހުރެޔޭ.” ނިހާން ބުނެލި ޖުމުލައިން ޒާޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “އަސްލުވެސްތަ ބައްޕާ. އަޅެ ޒާޔާ ވަރަށް އުފާވެއްޖެ. ކޮން ނަމެއް ކިޔަނީ ކޮއްކޮއަށް؟” ޒާޔާވެސް ހަމަ އެހާ ފޯރީގައި ވާހަކަ ދެއްކިއެވެ. “ނިހާ. އައިޝަތު ނިހާ ނިހާން.” ނިހާން ބުންޏެވެ. “ވާއު. ގުޅުވާލާފަ ދޯ. ޒާޔާއާ މަންމައާ. ނިހާއާ ބައްޕައާ. ހެހެ.” ޒާޔާ ހީލުމުން ނިހާންވެސް ހީލިއެވެ. ދެބަފައިން އިރުކޮޅަކު ވާހަކަދައްކައިލަން ތިއްބެވެ. ދެމީހުންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. “ބައްޕަ ދެން ދަނީ އިނގޭ ދަރިފުޅާ. ބަސްއަހައިގެން އުޅޭތި. ބައްޕަ އަދި އަންނާނަން.” ޒާޔާގެ ނިތަށް ބޮސް ދީފައި ބަދިގޭގައި ފިލައި ހުރި ލިއަމްއަށް ލުއި ނަޒަރެއް ދެމުން ނިހާން އެގެއިން ނުކުތެވެ.

ޒާޔާ ހިނިތުންވެލައިގެން ހުރެ ދޮރު ތަޅުލައިފައި އައިސް ބަދިގެއަށްވަންނަން ދިޔައެވެ. ޒާޔާ ބަދިގެއަށް ވަންނަން އުޅުނުތަނާ ލިއަމް ފުންމައިލައިފައި ޒާޔާގެ ކުރިމައްޗަށް އެރިއެވެ. އެވަގުތު ޒާޔާއަށް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ. ޒާޔާއަށް ވީ ގޮތް ފެނިފައި ލިއަމްއަށް ބާރަކަށް ހެވައިގަނެވުނެވެ. “ލިއަމް ގަނޑާ. ހާދަހާ ލާނެތޭ ދޯ މިހާރު.” ރުޅިއަންނަކަމަށް ހެދެމުން ޒާޔާ ބުންޏެވެ. ރުޅިއައިއްސައިކަމަށް ހެދިގެން ހުއްޓަސް ޒާޔާއަށްވެސް ހުރީ ކިރިޔާ ނުހެވިއެވެ. “އުފަލެއް ނުވޭތަ؟ މިހާރު ތިހުރީ ހަމަ ކުރީގެ ޒާޔާގޮތަށް. ދެން އަވަހަށްދޭ ބައްޕައާއެކު ރަށަށް އަހަރެން ދޫކޮށްލާފަ.” މާޔޫސްވާކަމަށް ހެދެމުން ލިއަމް ބުނެލިއެވެ. ޒާޔާގެ މޫނުމައްޗަށް ވަގުތުން ސީރިއަސްކަން ވެރިވިއެވެ. ޒާޔާ ހީކުރީ ލިއަމް ހަމަ އަސްލުވެސް ދެރަވީ ކަމަށެވެ. “އޭތް. ސީރިއަސްވީތަ؟ ސާބަސް..އަހަރެން ހަމަ އެކްޓެއްކޮށްލާއިރަށް ތިހުރީ ވާވަރު.” ލިއަމް އެހެން ބުނެ އަނެއްކާވެސް ހެވައިގަތުމުން ޒާޔާގެ ދެބުމަ ގޮށްޖެހުނެވެ. “ހަހް. ވަރަށް ފޫހިވޭ.” ޒާޔާ އެހެން ބުނެ ލިއަމް ކޮށްޕައިލައިފައި ބަދިގެއަށް ވަނެވެ. “ޒާޔާ. އަސްލުވެސް އަހަރެން ވަރަށް ދެރަވާނެ ޒާޔާ ދިޔައީމަ. ވަރަށް ފޫހިވާނެ. ބަޓް އިފް ޔޫ އަރ ހެޕީ، ދެޓްސް އޯލް.” ލިއަމް އަށް ފުރަގަސްދީގެން ހުރި ޒާޔާއަށް ބަލައިލަމުން ލިއަމް ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭނެވަރަށް ބުނެލިއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް ހަފްތާއެއް ވޭތުވެއްޖެއެވެ. އާއިލާއާއިއެކު ދުވަސްތަކެއް ހޭދަކޮށްލުމަށްފަހު މަލައިކާ އަނެއްކާވެސް ޒާޔާގެ ރަށަށް އަތުވެއްޖެއެވެ. މަލްހާގެ ހަނދާންތައް ހިތި ހަނދާނެއްގެ ގޮތުގައި މަލައިކާގެ ހިތުގައިވިއެއްކަމަކު މަލައިކާ އަދިވެސް މަސައްކަތް ކުރަނީ ހަމަޖެހިލައިގެން އުޅެވޭތޯއެވެ. ﷲ މަތިން ހަނދުމަކޮށް މަލައިކާ އަބަދުވެސް އޭނާގެ މަންމައަށް ހެޔޮދުޢާ ކުރެއެވެ. އަދި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވެސް އެތައްފަހަރަކު ދުޢާކުރެއެވެ. މަލައިކާ އެންމެ އުފާވީ މި ފާއިތުވީ ދުވަސްތަކުގައި އޭނާގެ ބައްޕައާއި މަލަކާ އޭނާ ދިން ނަޞޭޙަތްތަކުގައި ހިފައި އިސްލާމްދީން ޤަބޫލުކުރުމުންނެވެ.

ޒާޔާގެ ގޭ ދޮށަށް މަލައިކާއަށް ދެވުނުއިރު ޖަމީލާ އެއްޗެހި ދޮންނަން އުޅޭ މަންޒަރު މަލައިކާއަށް ފެނުނެވެ. ޖަމީލާއަށް ގޯނާއެއްކޮށްލާނަމޭ ހިތައި މަލައިކާ ގޭތެރެއަށްވަނެވެ. ޖަމީލާ ހިއްކަން އަޅުވައިފައި ހުރި އެއްޗިއްސާއި ދިމާލަށް މަލައިކާ ބަލައިލުމާއިއެކު އެ އެއްޗެހި އެއްކޮށް ބިންމައްޗަށް ވެއްްޓުނެވެ. ޖަމީލާ އެކަމާ ކުދިކިޔަމުން ގޮސް އެއްޗެހިތައް ނަގައި އަނެއްކާވެސް ރޯނުގައި އަޅުވަން ފެށިއެވެ. މަލައިކާ ނުބައި ޒާތަކަށް ހީލައިފައި ޒާޔާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

ޒާޔާގެ ކޮޓަރިއަށް ދިއުމުގެ ކުރިއަށް މަލައިކާ އެންމެ ފުރަތަމަ ވަނީ ނިހާންގެ ކޮޓަރިއަށެވެ. އޭރު ނިހާ ފަންސޫރެއް ހިފައިގެން ފޮތެއްގައި ކުރަހަން އިނެވެ. މަލައިކާ ޒާޔާގެ ސިފަ ޖެހިލަމުން އައިސް ނިހާ ގާތުގައި އިށީނެވެ. “ދޮންތަގެ ލޯބިކޮޅޫ.” ނިހާގެ ދަތްދޮޅީގައި ހިފައިލަމުން މަލައިކާ ބުނެލިއެވެ. ނިހާ ބީރައްޓެހި ނަޒަރަކުން މަލައިކާއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. މަލައިކާ ނިހާ އުރައިލަން އުޅެނިކޮށް ޖަމީލާ ދޮރު ހުޅުވައިލުމުން މަލައިކާ އަވަަހަށް އެއިންތަނުން ގެއްލިއްޖެއެވެ. އެވަގުތު ބިރެއް ފެނުނު ފަދައަކުން ނިހާ ރޯން ފެށިއެވެ. ޖަމީލާ ވަށިގަނޑު ބަހައްޓައިފައި އައިސް ނިހާ މަސަލަސްކުރަން އުޅުނެވެ.

މަލައިކާ އޭނާގެ އަސްލު ސިފައަށް ބަދަލުވެލަމުން އެ ކޮޓަރިން ނުކުތެވެ. މަަލައިކާ އެގޮތަށް ކަންތައް އެ ކުރީ ޒާޔާ އަންނަ ދުވަހު ނިހާ އާއި ޒާޔާއާއި ދެމެދު އެއްވެސް ކަހަލަ ބީރައްޓެހިކަމެއް ބާއްވަން ބޭނުންނުވުމުންނެވެ. އަދި އޭނާ އެގޮތަށް ކަންތައް ކުރުމުން ޖަމީލާއަށް ނިހާ އާއި ޒާޔާ ދުރުކުރުވަން އުނދަގޫވާނެކަންވެސް މަލައިކާއަށް އިނގޭތީއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ފަވާޝަތުގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އަފްލާހް އެދުވަހު ފަވާޝަތު ގޮވައިގެން ބޭރަށް ނުކުތެވެ. ސައިކަލު ދުއްވުމުގެ ބަދަލުގައި ދެމީހުން މިފަހަރުވެސް ނުކުތީ ހިނގައިލާށެވެ. “މަޖާ ކާނަން؟” ގާޑިޔާތައް ކައިރިއަށް ދެވުމުން އަފްލާހު ފަވާޝަތު ކައިރީ އެހިއެވެ. ފަވާޝަތު ހިނިތުންވެލައިގެން ހުރެ އާނއެކޭ ބުނެލިއެވެ. އަފްލާހު ފަވާޝަތު ގޮވައިގެން އެތާ އިން މޭޒެއް ކައިރީ އިށީނެވެ. އަދި ދެ މަޖާ ތައްޓަކަށް އޯޑަރުކުރިއެވެ. ފަވާޝަތު އެހެން އިނދެފައި ތަންކޮޅެއް ދުރަށް ބަލައިލެވުނުއިރު އޭނާއަށް ފުރަގަސްދީގެން އިން ކުއްޖަކު ފެނިގެން ލޯ ހަނިކޮށްލައި އެ ކުއްޖަކާ ދިމާލަށް ބަލައިލިއެވެ. އެކުއްޖާ ގާތުގައި އިން ފިރިހެން މީހާއެއްވެސް ފަވާޝަތަކަށް ރީއްޗަކަށް ނުފެނެއެވެ. ނަމަވެސް އެކުއްޖާގެ މަޑުމުށިކުލައަކަށްދާ ދިގު އިސްތަށިގަނޑު ފެނިފައި އެއީ ޒާޔާކަމަށް ފަވާޝަތުގެ ހިތް ބުނެލިއެވެ.

ފަވާޝަތު އެހެން އިނދެފައި ކޮޅަށް ތެދުވުމުން އަފްލާހު ފަވާޝަތަށް ބަަލައިލިއެވެ. އަފްލާހުއަށް އެެއްޗެއް ނުބުނެވި އުޅެނިކޮށް ފަވާޝަތު ހިނގައިގަތުމުން އަފްލާހަށް އެހުރިތާ ހުރެވުނީއެވެ.

“ހާއި.” ދާދި ގާތުން ދަންނަ އަޑެއް އިވުނުހެން ހީވެގެން ޒާޔާ ފަހަތް ބަލައިލިއެވެ. އޭރު ޒާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ޒާޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “ފަވާ!” ޒާޔާއަށް ގޮނޑިން ތެދުވެވުނެވެ. “ޒާޔާ!” ފަވާޝަތުވެސް އުފަލުން ހުރެ ޒާޔާއަށް ގޮވައިލިއެވެ. ދެމީހުންވެސް އެހެން ހުރެފައި އެކަކު އަނެކަކު ގައިގައި އޮޅުލައިގަތެވެ. ވާނުވާއެއް ނޭނގިފައި ލިއަމް އެދެމީހުނަށް ބަލަން ހުއްޓެވެ. އަފްލާހުވެސް ހުރީ އެ ޙާލެއްގައެވެ. އަދި ފަވާޝަތު އެހުރީ ޒާޔާ ގާތުގައިކަން އެނގުމުން އަފްލާހުގެ މޫނުމަތިން ހައިރާންކަން ފާޅުވާން ހުއްޓެވެ.

“ޒާޔާ. އައިމް ސޯ ސޮރީ. އަހަންނަށް މިއޮތް ހުރިހާ ދުވަހު ޒާޔާއާމެދު ކުށްހީކުރެވުނީ. ޒާޔާއަށް އަޑުނީވޭ ހިސާބުގަ ހުރެ ޒާޔާއާ ދިމާލަށް އެތަކެއް އެއްޗިއްސެއް ކިޔުނު.. އަހަ…” ފަވާޝަތު ވާހަކަ ދައްކަ ދައްކައި ހުއްޓައި ޒާޔާ އޭނާގެ ޝަހާދަތް އިނގިލިން ފަވާޝަތުގެ ތުންފަތުގައި ޖައްސައިލުމުން ފަވާޝަތަށް ވާހަކަދެއްކުން ހުއްޓައިލެވުނެވެ. “އިޓްސް އޯކޭ ފަވާ. މިހާރު ހުރިހާކަމެއް އެނގިއްޖެއްނު ދޯ.. ދެން ވެދިޔަތަން ހަނދާން ނައްތާލާ އިނގެ… އާދޭ ޖޮއިން ވެލަން އަހަރުމެންނާ.” ޒާޔާ ބުނުމުން ފަވާޝަތު ހިނިތުންވެލަމުން ޒާޔާއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އަދި ދުރުގައި ހުރި އަފްލާހުއަށް ހަނާ އަޅައިލަމުން އެތަނަށް އައުމަށް ބުންޏެވެ. އަފްލާހު އައިސް ލިއަމް ގާތުގައި އިން ގޮނޑީގައި އިށީނެވެ.

“ލިއަމް ސަރ ތަ މީ؟” އިސްޖަހައިލައިގެން އިން ލިއަމް އަށް ބަލައިލަމުން ފަވާޝަތު އެހިއެވެ. ލިއަމް އިސް އުފުލައިލިއެވެ. އަދި ލުއިގޮތަކަށް ހިނިތުންވެލިއެވެ. “ވަރަށް އުފާވެއްޖެ ސަރ އާ ދިމާވީމަ. ކިހިނެތް ކަންތައްތައް؟” ލިއަމް ހިނިތުންވެލައިފައި ހުރިހާ ކަމެއްވެސް ރަނގަޅުކަމުގައި ބުނެލިއެވެ. އަފްލާހު އެހެން އިންދައި ގާޑިޔާގައި އުޅޭ މީހެއް ދެ މަޖާތަށި ހިފައިގެން ދެކޮޅު ބަލަން ހުއްޓެވެ. ހީވާ ގޮތުން އެ މީހާ އަފްލާހުމެން ހޯދަނީއެވެ. “އޭ ބާއި..” އަފްލާހު އެ ބިދޭސީމީހާގެ ބަހުރުވައިން އެ މީހާއަށް ގޮވައިލިއެވެ. އެމީހާ ބަލައިލުމާއިއެކު އަފްލާހު އެދިމާލަށް އައުމަށް ހަނާއަޅައިލިއެވެ. އެއާއިއެކު އެމީހާ އެމީހުން ކައިރިއަށް އައިސް އެ ތަށިތައް ބަހައްޓައިފައި ދިޔައެވެ.

ކާން ތިބިއިރު ޒާޔާއާއި ފަވާޝަތުގެ އަނގަ ބަންދުނުވެއެވެ. މި ދެއަހަރުތެރޭ އެ ދެމީހުންގެ ޙަޔާތުގައި ދިމާވި ހުރިހާ ކަމެއް އެކަކު އަނެކަކާއި ޚިއްޞާ ކުރަމުން ދިޔައެވެ. އަފްލާހުމެން ކައި ނިންމައިގެން ތިބީ އެތާ ހަދައިފައި ހުރި ގާގަނޑު މައްޗަށެވެ. ޒާޔާއާއި ފަވާޝަތަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ޒާޔާ އެންމެ ދެރަވީ ފަވާޝަތުގެ ބޮޑުދައިތަ މަރުވި ވާހަކަ ފަވާޝަތު ބުނުމުންނެވެ. އެވެސް އަދި ޒާޔާއާއި އާލިޔާ އެހާ ބައްދަލުކޮށްލަން ބޭނުންވެފައިވަނިކޮށެވެ. ޒާޔާ އާލިޔާއަށް ހެޔޮދުޢާކުރިއެވެ.

ހަތަރު މީހުނަށް އެދުވަހު ގެއަށް ދެވުނީ އިރުއޮއްސުނު ވަގުތުއެވެ. ފަހުންވެސް ބައްދަލުވާނެކަމުގެ އުންމީދުގައި ހަތަރު މީހުން އެދުވަހުގެ ވަދާޢީ ސަލާމް ކުރުމަށްފަހު ވަކިވިއެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ދެއެވެ. އެއްމަސް ފާއިތުވެގެން ދިޔައިރު ޒާޔާ ކިޔަވާ ކޮލެޖުން ވަނީ ޒާޔާމެނަށް ބްރޭކް ދީފައެވެ. އެމީހުންގެ އެގްޒާމް ނިމުމާއިއެކު އެމީހުނަށް ޗުއްޓީ ލިބުނީއެވެ.

ލިއަމްގެ ގެ ހީވަނީ މިއަދު ގުރާ ކޮށްޓެއްހެނެވެ. ނިހާން އެގެއަށް އައިސް އުޅޭއިރު މަތީންވެސް އެގެއަށް އައިސް އުޅެއެވެ. މަތީން އެގެއަށް އައީ ނިހާން ބުނުމުންނެވެ. ފަވާޝަތާއި އަފްލާހުވެސް މިއަދު އުޅެނީ އެގެއަށް އައިހެވެ. އެންމެން އެއްްްކޮށް ފުރަން އުޅޭތީ ލިއަމް އޭނާގެ ޚަރަދުގައި އެންމެނަށް މިއަދު ކެއުމެއް ދެނީއެވެ. ނިހާން ވަނީ އެމީހުނާއިއެކު ލިއަމްވެެސް ދިއުމަށް ލިއަމް ގާތުގައި ބުނެފައެވެ. އެހެނަސް ލިއަމްގެ ވަޒީފާގެ ކަންތައް އޮތްގޮތުން ލިއަމްއަށް ދެވޭގޮތެއް ނެތުނީއެވެ.

މެންދުރުގެ ކެއުން ނިންމައިލައިފައި އެންމެންތައް އެމީހެއްގެ ގެއަށް ދިޔައެވެ. ޒާޔާ ދެން އުޅުނީ އޭނާގެ އެއްޗެހި ފޮއްޓަށް އެޅުމުގައެވެ. ލިއަމްވެސް ޒާޔާއަށް އެހީތެރިވަމުން ދިޔައެވެ. “ޒާޔާ.” ޒާޔާގެ އަތަށް ޒާޔާގެ ހެދުމެއް ދެމުން ލިއަމް ޒާޔާއަށް ގޮވައިލިއެވެ. “ހްމްމް.” ޒާޔާ ބުނެލިއެވެ. “ޑޯންޓް ފޯރގެޓް މީ. އައިމް ގޮނަ މިސް ޔޫ.” ޒާޔާގެ އަތުގައި ހިފައިލަމުން ލިއަމް ބުންޏެވެ. ޒާޔާ ހިނިތުންވެލައިފައި ލިއަމްގެ އަތުގައި އޭނާގެ އަނެއް އަތް ބާއްވައިލިއެވެ. “ނެވަރ. ލިއަމް ތިކޮށްދިން ކަންތައްތައް ދުވަަހަކުވެސް ހަނދާނުން ފުހެވިގެން ނުދާނެ. ލިއަމް މަތިން އަދި އަމުދުން ޒާޔާ ހަނދާނެއް ނުނެތޭނެ… ޒާޔަވެސް ވަރަށް މިސް ވާނެ. އަންނައްޗޭ ޒާޔާމެން ރަށަށް ގިނަގިނައިން އިނގެ.” ލިއަމް ބޯ ޖަހައިލިއެވެ. ދެމީހުނަށް އެގޮތަށް އެކަކު އަނެކަކު އަތުގައި ހިފަހައްޓައިލައިގެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. “އަވަސްކުރަމާ.” ހޭވެރިކަންވުމުން ލިއަމް އަވަހަށް ބުންޏެވެ. ޒާޔާއަށްވެސް ހޭވެރިކަމެއްވީ އޭރުއެވެ. “އާނ. މި ނިމެންވަނީ މިހާރު.” އެނދުމަތީ އޮތް ހެދުން ނަގާ ފޮއްޓަށް ލަމުން ޒާޔާ ބުންޏެވެ.

އެދުވަހު މެންދުރު ފަހު ދޭއް ޖެހިއިރު އެންމެން ތިބީ ހަ ނަމްބަރު ޖެޓީ ކައިރީގައެވެ. ލިއަމް އެމީހުންގެ ފޮށިތައް ލޯންޗަށް އެރުވުމުގައި އުޅުނެވެ. ހުރިހާ ފޮއްޓެއް އަރުވައި ނިމުމުން ލިއަމް ލޯންޗުން ފައިބައިފައި ކޮންމެ މީހަކާވެސް ވަކިވަކިން ސަލާމްކޮށްލިއެވެ. ޒާޔާއާއި ސަލާމްކުރިއިރު ލިއަމްގެ ދެލޮލުން ކޮންމެވެސް ވަރަކަށް މާޔޫސްކަން ފެންނަން ހުއްޓެވެ. އެހެނަސް ހިނިތުންވެލައިފައި ލިއަމް ގޮސް އޭނާގެ ކާރަށް އެރިއެވެ.

ކޮންމެއަކަސް އެންމެން ލޯންޗަށް އަރައި ހަމަޖެހިލިއެވެ. ޒާޔާ އެއްފަހަރު ލިއަމްގެ ކާރަށް ބަލައިލިއެވެ. އޭރު ލިއަމް ކާރުތެރޭ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިންތަން ޒާޔާއަށް ފެނުނެވެ. ޒާޔާގެ ހިތަށް ނޭނގޭގޮތްތަކެއް ވެގެން ދިޔައެވެ. ލިއަމް އެ ބަލަހައްޓައިގެން އިންނަ ގޮތުން ލިއަމް އެ އިންނަނީ ޒާޔާ ދާތީ ދެރަވެފައިކަން އިނގެއެވެ. ލޯންޗު ނައްޓައިލީވެސް ޒާޔާ އެގޮތަށް ލިއަމްއާއި ދިމާލަށް ބަލަަހައްޓައިގެން އިންދައެވެ.

ބަރާބަރު އެއްގަޑިއިރު ތެރޭ ލޯންޗު ލަފައިފިއެވެ. ޒާޔާގެ ހިތަށް އެތައް ގޮތްތަކެއް ވަމުން ދިޔައެވެ. ހިތް ނުތަނަވަސްވަމުން ދިޔައެވެ. ހިތް ބިރުގަންނަގޮތްވަމުން ދިޔައެވެ. މީހާ އެއްކޮށް ހާސްވާގޮތްވާން ފެށިއެވެ. ޒާޔާ ގާތުގައި އިން ނިހާނަށް ދިޔައީ މި ހުރިހާ ކަމެއް ފާހަގަކުރެވެމުންނެވެ. ނިހާން ޒާޔާގެ ގާތަށް ޖެހިލައި ޒާޔާގެ ކޮނޑުގައި އޭނާގެ އަތް އަޅުވައިލިއެވެ. “މާ ބޮޑަށް ނުވިސްނައްޗޭ ދަރިފުޅާ. ވަރަށް ހިތްވަރުކުރާތި. ހިނގާ އަވަހަށް.” ނިހާން އެހެން ބުނެ ތެދުވިއެވެ. އޭރު އެހެންމީހުންތައް ލޯންޗުން ފައިބައިފިއެވެ. ޒާޔާ ވަރަށް ފުންކޮށް ދެތިން ނޭވައެއް ލުމަށްފަހު ތެދުވިއެވެ. އަދި ނިހާންގެ ފަހަތުން ހިނގައިގަތެވެ.

ނިހާން ލޯންޗުން ފައިބައިފައި ޒާޔާއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ޒާޔާ އިސްޖަހައިގެން ހުރެ ލޯންޗުން ފޭބިއެވެ. އޭރުވެސް ބަނދަރުމަތީ މީހުން ވަރަށް ގިނައެވެ. ޒާޔާ އިސްޖަަހައިގެން ހުރީ އެކަކަށްވެސް އޭނާގެ މޫނުދައްކަން ބޭނުންނުވުމުންނެވެ. އަދި އޭނާއަށް ވަމުންދާގޮތްތައް އެހެން މީހަކަށް ނުދެއްކުމަށެވެ. ޒާޔާ އެހެން ހުރެފައި މަޑުމަޑުން އޭނާގެ އިސް އުފުލައިލިއެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް ވަނީ ޒާޔާއާއި ދިމާލަށް އަމާޒުވެފައެވެ. އަދި އެމީހުން ސިއްރުސިއްރުން އެއްޗެހިތަކެއް ކިޔަން ފެށުމުން ޒާޔާއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. އެވަގުތު އޭނާގެ ނޭވާ ހާސްވާން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ލޯބީގެ ހައްގުގައި 18

Next

ޔުމްނު 2

Next
October 1, 2020

ޔުމްނު 2

Previews
September 30, 2020

ލޯބީގެ ހައްގުގައި 18

36 Comments!

  1. R¥N says:
    October 1, 2020 at 9:47 am

    Ryn 1 thrrr

    1. Dhonthy says:
      October 1, 2020 at 7:16 pm

      Yes ryn au first 😀 Congrats! 🙂

  2. Laiba says:
    October 1, 2020 at 9:50 am

    ހޭއި ދޮންތި ލައި ފުރަތަމަ ދޯ! ކިޔާފައި ކޮމެންޓު ކޮށްލާނަން

    1. Laiba says:
      October 1, 2020 at 3:02 pm

      V. Reethi ?.. Ahh I hope zaaya ah happy life eh dhen libeyne kamah..

    2. Dhonthy says:
      October 1, 2020 at 7:18 pm

      Laiba 🙂 🙂 🙂 Thank you dear. Yeah let’s hope dhw 🙂 <3 <3

  3. R¥N says:
    October 1, 2020 at 9:52 am

    Sisoo varah reethi mi part ves ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?Maasha Allah ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?varah curious kohlaafa thi ninmaaly mi part vx dhonthy ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️curiously waiting for the next ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?ly

    1. Dhonthy says:
      October 1, 2020 at 7:19 pm

      RYN 😀 😀 😀 Thank you dear!! vvv ufaawejje mi comment kiyaalaafa. And yes! Keep waiting curiously for the next episode 😛 😀 😀 Love you too <3 <3 <3 <3

  4. Liyaa says:
    October 1, 2020 at 11:31 am

    Mashaa allah v v reethi vaahaka zaayaa n liyam gulhuvacheyy vaahaka nimayy iru a rae v reethi vaane

    1. Dhonthy says:
      October 1, 2020 at 7:20 pm

      Liyaa 🙂 🙂 🙂 Thank you dear! Mee love story eiy nuweema thihen hadhan undhaguwaane but balaanan zaayaa and liam gulhuvaaleveythoa inge 🙂 🙂 🙂 <3 <3 <3

  5. Jumy says:
    October 1, 2020 at 11:45 am

    ❤️❤️❤️❤️❤️❤️❤️❤️❤️???Oh my God Vv salhi n when nxt dhontheee

    1. Dhonthy says:
      October 1, 2020 at 7:23 pm

      Jumy 🙂 🙂 🙂 Thank you dear! Next ep hama liyevunuhaa avahakau upload kolladheynan inge 🙂 🙂 🙂 <3 <3 <3 <3

  6. ޔޫހާ says:
    October 1, 2020 at 12:32 pm

    Varah reethi dhonthyyy??????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????❤️❤️❤️❤️❤️❤️?????????

    1. Dhonthy says:
      October 1, 2020 at 7:23 pm

      Yoohaa 🙂 🙂 🙂 Thank you dear 😀 😀 <3 <3 <3 <3 <3 <3

  7. maasha says:
    October 1, 2020 at 12:48 pm

    Oh wow waiting for next part

    1. Dhonthy says:
      October 1, 2020 at 7:24 pm

      maasha 🙂 🙂 🙂 Thank you dear. And yes! Keep waiting for the next episode.

  8. UNKNOWN QUEEN ✨ says:
    October 1, 2020 at 1:01 pm

    WOW.. VV SALHI .. MAASHA ALLAH… ??YOU ARE SO TALENTED… YOU ATE THE BEST.. ❤️❤️DHONTHII…❣️❣️❣️❣️❣️ CURIOUSLY WAITING FOR THE NEXT… LOVE YAH AND TC.. ???STAY SAFE.. ❤️❤️❤️❤️❤️

    1. Dhonthy says:
      October 1, 2020 at 7:26 pm

      UNKNOWN QUEEN 🙂 🙂 🙂 Thank you dear. vv ufaawejje mi comment kiyaalaafa 😀 😀 And yes! Keep waiting curiously for the next episode 😛 😀 😀 Stay safe. Love you too and take care <3 <3 <3 <3 <3

  9. Naayooo says:
    October 1, 2020 at 1:47 pm

    Maasha Allah Vara reethi zaaya ah kihinetha vee ??? Can’t wait for the next part,Insha Allah Vara avaha next part upload kohladhevachey

    1. Dhonthy says:
      October 1, 2020 at 7:27 pm

      Naayooo 🙂 🙂 🙂 Thank you dear. Zaayaa au kihineiybaa dhw evee?? Balamaa!
      Anyways, keep waiting for the next episode. Insha Allah e bai hama liyevunuhaa avahakau upload kolladheynan. 🙂

  10. ❤️shyn❤️ says:
    October 1, 2020 at 2:12 pm

    Dhonthyyyyyy???????????V loabi mi prt ves?????????Curiously waiting for the nxt prt????????
    ????LYSM ????
    ????TC????

    1. Dhonthy says:
      October 1, 2020 at 7:29 pm

      Shyn 🙂 🙂 🙂 Thank you dear. vv ufaawejje mi comment kiyaalaafa. And yes! Keep waiting curiously for the next episode 😀 😀 😀 Love you too and take care <3 <3 <3 <3

  11. Le says:
    October 1, 2020 at 2:59 pm

    Wow waiting for next party❤❤❤❤❤❤❤❤❤

    1. Dhonthy says:
      October 1, 2020 at 7:30 pm

      Le 🙂 🙂 🙂 Thank you dear and keep waiting for the next episdoe 🙂 <3 <3 <3

  12. ⛦Xoya⛤ says:
    October 1, 2020 at 3:22 pm

    Oooooooh dhonthyyyyyyyy mi part varah habeyyyyyyyys. Curiouslyyyyyyyyyyyy witinggggggg for the next part. Love yoooooou. ???????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????????????????????????????????????????????????????????????????????.

    1. Dhonthy says:
      October 1, 2020 at 7:31 pm

      Xoya 😀 😀 😀 Thank you dear! vvv ufaawejje mi comment kiyaafa 😀 😀 😀 😀 😀 Keep waiting curiouslyyyyy for the next episode 😛 😛 😛 Hehe! Love you too Xo <3 <3 <3 <3 <3

  13. maasha says:
    October 1, 2020 at 7:11 pm

    Dhonthe I am crying now

    1. Dhonthy says:
      October 1, 2020 at 7:33 pm

      maasha 🙂 Don’t cry. Everything will be okay 🙂 🙂 <3 <3 <3

  14. ?KIMTAETAE-JEONKOOKIE? says:
    October 2, 2020 at 3:36 pm

    wowwww???

    1. Dhonthy says:
      October 2, 2020 at 5:19 pm

      KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you <3

  15. Anonymous says:
    October 2, 2020 at 5:27 pm

    Who wants be friends I’m 13

    1. ⛦Xoya⛤ says:
      October 3, 2020 at 8:39 am

      Hi anonymous. I’m 16. Friends? ????

  16. LuC!F3r says:
    October 3, 2020 at 11:36 am

    Hey Blue.. Adhi mikan feshy mivaahaka.. Catch up koffa kollaanan comment eh

    1. Dhonthy says:
      October 3, 2020 at 3:58 pm

      Hellw Luci 🙂 🙂 🙂 Yes!
      Curiously waiting for your comment 😀 😀

  17. LuC!F3r says:
    October 3, 2020 at 11:37 am

    Kiyan*

  18. Sadha says:
    October 3, 2020 at 10:55 pm

    Whoaaaaaa… Vrh vrh vrh vrh salhi Mi part… Finally beynun vi gothah kan kan vehje…. Ekm dhn Neyge kihineh Kameh vaaniii
    iii Vrh curious vefa mihuriii dhn in part kiyaalan…..❤️ Love ya

    1. Dhonthy says:
      October 3, 2020 at 11:58 pm

      Sadha 😀 😀 😀 Thank you dear! Keep waiting curiously then 😀 😀 😛 V avahau next part kiyaalan libeyne inge. Love ya too <3 <3 <3

Comments are closed.

Next Episodeޒާޔާ (ސަތިރީސްވަނަ ބައި)←


All Right Reserved!