” އަޑު އިވިއްޖެތަ! އަހަރެން އަލާވްޔާ ދެކެ އެއްވެސް ވަރަކަށް ލޯބި ނުވާ. އެހެން ނޫނަސް އަލާވްޔާ ތީއި އަހަރެންގެ ޓައިޕެއް ވެސް ނޫން. ތި ކަހަލަ މިޑްލް ކުލާސް އާއިލާއަކަށް ނިސްބަތްވާ ކުއްޖަކު ދެކެ އަހަރެން ކަހަލަ މުއްސަނޖަކު ލޯބިވާނެ ކަމަށް ހީކުރުމަކީ ވެސް މޮޔަ ކަމެއް” ވަރަށް ހިތްވަރުކޮށްފައި މާއިޝް އަލާވްޔާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. *********************************************
“ނޫން، އަހަރެން ޤަބޫލު ނުކުރާނަން. މާއިޝް ތިއީ ތިކަހަލަ މީހެއް ނޫން. ބުނޭ ތީއި ދޮގެކޭ، ބުނޭ މާއިޝް އަހަރެން ދެކެ ލޯބިވެޔޭ”މާއިޝް ބުނީ އެއްޗިހި ޤަބޫލުކުރުން އަލާވްޔާއަށް ވީ އުނދަގޫ ކަމަކަށެވެ. “އަހަރެން ދޮގެއް ނޫނޭ މި ހަދަނީ، އަހަރެން ހަމަ އަސްލަށްވެސް އަލާވްޔާ ދެކެ ލޯބި ނުވެޔޭ! އޭރު ވެސް އަހަރެން އަލާވްޔާއާއި ރައްޓެހިވީ ލޯބި ވާތީ އެއް ނޫން. އަހަރެން އަލާވްޔާ ޖެއްސީ ސައިޑަކުން. ތި ކަހަލަ އެތައް ބައިވަރު ސައިޑު ބިޓުންތަކެއް އަހަރެންގެ ހުންނާނެ” މާއިޝް ބުނެލިއެވެ.
އަބާން ބުނެލި ކޮންމެ ޖުމުލައަކުން އަލާވްޔާގެ ހިތް ތޮރުފަމުން ދިޔައެވެ. ވެހެމުން ދިޔަ ވާރޭއަށް ވެސް އަލާވްޔާގެ ފަރުވާލެއް ނެތް ފަދައެވެ. އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. ހިތަށް އަރާ ކަހަލައޭ، އޭނާގެ ކުރިމަތީގައި މި ވަގުތު މިހިރީ ހަމަ މީގެ އެއް އަހަރު ކުރިން އޭނަ ދެކެ ލޯބިވާކަމަށް ރެއާއި ދުވާލު އެތަކެއް ފަހަރަކު ބުނި މާއިޝް ހެއްޔެވެ، ނުވަތަ މިއީ އެހެން މީހެއް ހެއްޔެވެ.
އަލާވްޔާ މާއިޝްގެ ކޮލަށް، ހޫނު އެތިފަހަރެއް އަރުވާލިއެވެ. “ހައު ޑެއާރ ޔޫ! އަހަރެން ދުވަހަކުވެސް ހީނުކުރަން މާއިޝް ތިވަރުގެ ދެރައެއް އަހަންނަށް ދޭނޭ ކަމަކަށް. މާއިޝް އަހަރެން ދޫކޮށްލާފައި ދިޔުމުން ވެސް މި ހުރިހާ ދުވަހު އަހަރެން މާއިޝްގެ އިންތިޒާރުގައި ހުރީ މާއިޝް ދެކެ ވާ ލޯތްބެއްގެ ސަބަބުން. އެކަމަކު މިއަދު މި އެނގުނީ އެއީ އަހަންނަށް ހެދުނު ބޮޑު މިސްޓެކެއްކަން. އައި ހޭޓް ޔޫ މާއިޝް އަބްދުﷲ، އައި ހޭޓް ޔޫ” މިހެން ބުނެ މާޔާ އެތަނުން ދާން ހިނގައިގަތެވެ. މާއިޝްއަށް ކެތްކޮށްލެވުނީ އެ ހިސާބަށެވެ. ކައިރީގައި ހުރި ޖޯލީގައި އިށީނދެވުމާއި އެކު ރޮވުނެވެ. “އައި އޭމް ސޮރީ އަލާވްޔާ” މާޔޫސްކަމާއި އެކު މާއިޝްގެ އަނގައިން މި ހަތަރު ލަފްޒު ނިކުތެވެ. އިރުކޮޅަކު އެތާނގައި އިނުމަށް ފަހު އަސުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ގެޔަށް ދިޔުމަށް މާއިޝް ހިނގައިގަތެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތައް ވަނީ ފެންބޮޑުވެފައެވެ. ބައެއް މަގުތަކުގައި ފެން ބޮޑުވުމުން އެއްގަމު ދުއްވާ އުޅަނދުތަކުގެ އެއްބައި ވަނީ ފެންގަނޑުތަކުގެ އަޑިޔަށް ގޮއްސައެވެ. އުޑު މަތީ ވަނީ އެއްކޮށް ބަނަވެފައެވެ. މި ވަގުތަށް ވާރޭ ހުއްޓާލައިފައި ވީ ނަމަވެސް ލަފާކުރެވޭ ގޮތުގައި އަދި ވެސް ވާރޭ ވެހޭނެއެވެ. ޖައްވުގައި ވަނީ މަޑު ތެތް ފިނި ކަމެއް ހިފާފައެވެ. ގެތަކުގެ ތެރޭގައި ތިބި މީހުންތައް ތިބީ އޭސީ ނިވައިލައިގެން ގައިގާ ރާޖާ އޮޅައިގެންނެވެ. މިއޮތް ފިނި ވަގުތުގައި ވެސް މާއިޝް ފެންވަރައިލައިގެން ފާހަނައިން ނިކުތެވެ. ގައިގާ ތުރުތުރު އަޅާ ވަރުން އެއްތާ ހަމައަށް ހުރެވޭ ވަރެއް ނުވެއެވެ.
މާއިޝްގެ ކަސްރަތީ ހަށިގަނޑު ބަލާލާފައި ހަށިގަނޑު ރީއްޗަށް ބަހައްޓަން ކަސްރަތު ކުރާކަން އެނގެއެވެ. ބައިމަތި ފުޅާވެފައި ހަމުގެ ކުލަ އައްޔެވެ. ބޯ ވަނީ މަޑު މުށި ކުލައަކުން ޑައި ކުރެވިފައެވެ. ކަޅީ އިނީ މަޑު އަޅިކުލައެއްގައެވެ. މޫނު މަތީގެ ރީތިކަން އިތުރަށް ފުރިހަމަވަނީ ދެ ކޮލުގެ ތިރިން ތިރީ ކަތުރުކަށިގަނޑު ފާހަގަ ވާ ހެން އިނުމުންނެވެ. އިސްކޮޅުން ދިގުވެފައި ހިއްކެވެ. ބަނޑުގައި ސިކްސް ޕެކް އެބްސް ވާއިރު އަތުގައި ބައިސެޕްސް ހުއްޓެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތި ކަމެއް ލިބިފައިވާ މި ޒުވާނާއަކީ ރާއްޖޭގައި ހުރި އެންމެ ރީތި ފިރިހެން ކުއްޖާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އަންހެން ކުދިންގެ ސަމާލުކަމާއި، ލޯތްބާއި، ރައްޓެހިވަން އަހާ ހުށަހެޅުންތަކަކީ މާއިޝްއަށް ސްކޫލް ދައުރުން ފެށިގެން ވެސް ލިބެމުން އަންނަ ކަންކަމެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ސަބަބަކީ އޭނާގެ ހިތުގައި ވަނީ ސްކޫލް ދައުރުން ފެށިގެން ވެސް ހަމައެކަނި އަލާވްޔާގެ ނަން ކަމަށްވާތީއެވެ.
ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ކުޑަ އިރު ވެވޭ ލޯތްބަކީ ޙަޤީޤީ ލޯތްބެއް ނޫނެވެ. އެއީ ފުރާވަރަށް އަރަމުން އަންނަ އިރު އަނެއް ޖިންސުގެ މީހާ ރީތިވެ އޭނާއަށް ހިތްކިޔުމެވެ. ނަމަވެސް އެއީ ދޮގެއްކަން މާއިޝް މިވަނީ ސާބިތުކޮށް ދީފައެވެ. އެންމެ ތުއްތު ކުދިން ފިޔަވާއި ލޯބިވާނެ ވަކި އުމުރެއް ނޯވެއެވެ. ސަބަބަކީ އެކުދިންނަށް ލޯތްބަކީ ކޯންޗެއްކަން އަދި ނޭނގޭތީއެވެ. ނަމަވެސް އެކުދިން ވެސް މަންމައާއި ބައްޕަ އަދި އާއިލާ މީހުން ދެކެ ލޯބި ވާނެއެވެ. ގޭމީހުންގެ އިތުރުން އަހަރެމެން މި ކިޔާ “ފަސްޓް ލަވް” ވެވޭނީ އާންމުކޮށް ފުރާވަރުން ފެށިގެން މަތީގެ ކުދިން ނުވަތަ މީހުންނަށެވެ. ގިނަ މީހުންނަށް ލޯބި ވެވިއްޖެކަން ވަގުތުން އެނގޭނޭ، އެއްބަޔަކަށް އެނގޭ އިރު މާ ލަސް ވެސް ވެދާނެ، އަނެއްބަޔަކަށް އެނގިގެން ވެސް ލޯބި ހުށަހަޅަން ނުކެރިފައި ނުވަތަ ޙާލަތުގެ ސަބަބުން މަޖުބޫރު ވެގެން ލޯބި ހުށަނޭޅިފައި ވެސް ތިބެ ދާނެއެވެ.
ސްކޫލް ނިމިގެން މިހާރު ތިން އަހަރު ވީއިރު ވެސް މާއިޝްއަށް އެހެން ކުއްޖަކަށް އޭނާގެ ޙަޔާތުން ޖާގަ ނުދެވިގެން މި އުޅެނީ އޭނާ އަލާވްޔާ ދެކެ ވާ ތެދުވެރި، ސާފު ލޯބީގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މި ވަރުގެ ރީތި ކަމެއް ލިބިފައިވާ ނަމަ އެކަމުގެ ފައިދާ ނުނަގާ މީހެއް ނުހުންނާނެއެވެ. ނަމަވެސް މާއިޝް ޤަބޫލުކުރާ ގޮތުގައި އޭނާއަށް ލިބިފައިވާ ރީތިކަމަކީ އޭގެ ފައިދާ ނަގަން ޖެހޭ ކަމެއް ނޫނެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ތިން ހަތަރު ބިޓުން ނަގައިގެން ނުވަތަ މަހަކަށް ބިޓެއް ނަގައިގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަންހެން ކުދިންނަށް ބޭވަފާތެރިވުމަކީ މާއިޝް އެއް އިރަކު ވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. ********************************************* މިހެން ބުނުމުން ތި އެންމެން ހިތަށް އަރާނެ ދޯ މާއިޝްއަކީ އެހާ ރަނގަޅު މީހެއް ނަމަ އަލާވްޔާ ގާތު އޭނާގެ ބައިވަރު ބިޓުން ތިބެޔޭ ބުނީ ކީއްވެބާއޭ، އަދި އަލާވްޔާ ދޫކޮށްލާފައި ދިޔައީ ކީއްވެބާއޭ، މި ސުވާލުގެ ޖަވާބު ހޯދަން ހިނގާ މީގެ ތިން އަހަރު ކުރިއަށް ޖެހިލަމާ. ********************************************** ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން މާއިޝްގެ ހިތަށް ފިނިކަން ލިއްބައިދެމުން ދިޔައެވެ. މާއިޝް އޮތީ އޭނާގެ ތަނަވަސް ބޮޑު ކޮޓަރިން ނިކުމެވޭ ގޮތަށް ހަދައިފައިވާ ބެލްކަނީގައި ހުރި ޖޯއްޔެއްގައި އޭނާގެ ގިޓަރ ހިފައިގެންނެވެ. ރެއަކީ ރީތި ހަނދުވަރު ދޭ ރެއެކެވެ. އެހެންކަމުން ޖޯލި ކައިރިއަށް ވަނީ ރީތިކޮށް ހަނދުވަރުގެ އަޅި އެޅިފައެވެ. މަންޒަރު ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ފިނި ފިނި ވައިރޯޅިތަކުގެ ސަބަބުން މާއިޝްގެ ހިތަށް އެތަކެއް ގުނައަކަށް ހިތްހަމަޖެހުން ލިބެއެވެ.
އެ ރީތި މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މާއިޝްގެ މޫނުމަތީގައިވާ ހިނިތުންވުމުންނެވެ. އެ ހިނިތުން ވުމުގެ ފަހަތުގައި ވަނީ ކާކުކަން އަޅުގަނޑު ނުބުންޏަސް މިހާރު ތި އެންމެންނަށް ވެސް ވާނީ ގެސްކުރެވިފަ ކަންނޭގެ.. އާން، ތި ހީވީ ރަނގަޅަށް މާއިޝްގެ މި ހިނިތުންވުމުގެ ފަހަތުގައި ވަނީ އަލާވްޔާއެވެ.
އަލާވްޔާއަކީ މާއިޝްއާއި އެއް ކުލާހެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މާއިޝްއާއި އަލާވްޔާއަކީ ގްރޭޑް ނުވައެއްގައި އޭރު ތިބި އެންމެ ކިޔަވަން މޮޅު އަދި ކަންކަމުގައި އިސް ނަގަން ކެރޭ ދެ ކުދިންނެވެ. އެކަކަށް ވުރެ އަނެކަކު މޮޅެވެ. މި ދެ ކުދިންނަކީ ވެސް ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ދެ ކުދިންނެވެ. އެހެންކަމުން ދެކުދިން ވެސް ތިބެނީ ސްކޫލް ބޭންޑްގެ އިސް އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ މަޤާމުގައެވެ. ދެމީހުންގެ އަޑު ވެސް އެހާމެ ރީއްޗެވެ. އަދި ޙާއްޞަކޮށް ދެ ކުދިންގެ އަޑު އެއް ވެއްޖެނަމަ އަޑު އަހާ ފޫހި ނުވާނެހާ ފުރިހަމައެވެ. ލަވަކިޔުމުގެ އިތުރުން މި ދެ ކުދިންނަށް ގިޓާރ ކުޅެން ވެސް އެނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Yayyyy….. Mee first
Yayyy you are first?? congrats
me second dhww…. mi part vx vrh reethi…..
Yes princess you are second but better luck next time?? and thank you so much❤️
Loabi bunedheefa in goii kamaku nudhey
Furaavaruge kudhin nah kurevey emme nurangalhu kanthah eii
migothah vaahaka egga egothah bunefa hunnairun mee ekudhinnah libey hivvarakah vegen dhaane
ehenma migothah vaahaka thakuga nu himeniyyaa rangalhu vaanee
islam dheenuga onna gotheh noon meekee
Baeh vahaka takuga hurey v reethikoh islam dheenuge gavaaidhu thakah fethey gothah bunedheefa
ekamah visnaalaagen liyun muhimmu
overall koh vaahaka hama vvv reethi
Basthah ekulavaalaafa huri goii ves
eggothakah ves rulhi akunnoon benefa eyneekee
Rangalhakah
alhugandah visney goii mikanuga
when next?
Agreed
Hey thanks a lot for your review… I appreciate it a lot and I’ll try my level best to not repeat it next time.. Everyone has a different point of you, and I just wanted to share some of my own experiences and my friend’s through the story and connect a little bit more with my reader’s… After all, Islam dheenuga loabi vevumakee kusheh noon… And I feel like most of us experience love in our early teenage… But it was never my intention to bring them in the wrong path… Please don’t get me wrong there… it is just my point of you… but still, I’m extremely sorry if you felt like that and inshallah I’ll keep it in mind for the next… Thanks again because your review was very helpful… I believe that it is very important to share reader’s honest reviews, and thoughts with me so that I can improve ? vrh ufaa vejje story reethi veema? next part, next weekga up kohlaanan or maybe even before that?❤️