އެވަގުތެ ބައްޕަ އަވަސް ނޭވާލާން ފެށިޔެވެ.ވަގުތުން އަހަރެން އެތަނުން ނެރެވުނެވެ.އަހަރެން ނުކުތްތަނާ ދޮންތަނާ ދޮންތަޔާއި ދޮންތަބެ އަހަރެންކައިރިޔަށް އައެވެ.
ހުދާއްކޮ ކިހިނެއްވީ؟ކީކޭ ޑޭޑް ބުނީ….ދޮންތަ އެހިއެވެ.އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.ހަމަ ގިސްލަ ގިސްލާފައި ރޮވުނީއެވެ.ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.މަންމައަށް ފަހު ބައްޕަ އަހަނާއި ވަކިވާކަށް ނޭދެމެވެ.ކުއްލިޔަކަށް އަ.އި.ސީ.ޔޫގެ ދޮރުހުޅުވުނެވެ.އަދި ދުއްވާއެދެއްގައި ބައްޕަ ނެރުނެވް.އަހަންނަށް ދުވެފައި ބައްޕަ ކައިރިޔަށް ދެވުނެވެ.
ޑޭޑް ޕްލީސްއަހަރެން ދޫކޮށްފަ ނުދާތި މަންމަވެސް އަހަރެން ދޫކޮށްފަ ގޮސްސި ޑޭޑް ވެސް……… އަހަންނަށް ބުނެވުނީ މިހާ ހިސާބަށެވެ.އެޔަށް ވުރެން އިތުރަށް އަހަރެންގެ އަގައިން އެންމެ ބަހެއްވެސް ނުނިކުތެވެ.ބުނަންބޭނުންވާ ބައިވަރު ވަހަކަތަކެއް އެބަހުއްޓެވެ.ނަމަވެސް އަޑެއް ނުނުކުތެވެ.
އެސްކިއުޒް..އެތަނުން ނަރުހަކު ބުންޏެވެ.ނަރުސް މީހާ މިހެން ބުނުމުން ދޮންތަބެ އަހަރެން ދުރުކުރިއެވެ.ބަލައިގެން ހުއްޓާ އަހަރެންގެ ކުރިމަތިން ގެންގޮށް ބައްޕަ އޮޕަރޭޝަން ތިއޭޓާއަށް ވެއްދުނެވެ.އަހަންނަށް ހަމަ ރޮވުނީއެވެ.ދޮންތަގެ ހަލަކީވެސް ކޮބައިތޯއެވެ؟ އަހަނަށް ވުރެން ހާލު ބޮޑެވެ.ވާނީވެސް އެހެންތާއެވެ.މިވެސް ކިޔަދޭން ވެއްޖިއްޔާމުން ދިގުވާހަކެވެ.އެހެނަސް ކުރުކޮށް ކިޔައިދޭނަމެވެ.
***********************
ދޮންތައަކީ ބައްޕަމެންގެ އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ.އެހެނެއްކަމަކު ދޮންތަގެ އެއްބަޑުއެއްބަފާ 3 މިހުންގެ ތެރެއިން އަޅާލާނެ މީހަކަށް ހުރީ ހަމައެކަނި ބައްޕައެވެ.ދެންތިބިމީހުންނާ ދޮންތައާއި ގުޅުމެއްނޯވެއެވެ.ހަމައެހެންމެ ބައްޕައާއިވެސް ދޮންތަނޫން އެހެން މީހަކާއި ގުޅުމެއް ނޯވެއެވެ.ކީއްވެކަން އެގޭހެއްޔެވެ؟މާމަމެން ނުރުހޭމީހަކާ ދޮންތަ ކައިވެނި ކުރީމައެވެ.ދޮންތަބެ އަކީ ގޯސްމީހަކަށް ވީތީއެއް ނޫނެވެ.ގެދޮރުނެއްމީހަކަށް ވީތީއެއްވެސް ނޫނެވެ.ހަމައެކަނި ދޮންތަބެ ޔަތީމަކަށް ވީތީއެވެ.އެކަމުގައި ދޮންތަބެގެ ކުށަކީ ކޮބައި ހެއްޔެވެ؟ކޮންމެ މީހެއްގެވެސް މަރު އްއިސް ޖެހުމުން އެމީހަކު މަރުވާނެއެއްނޫން ހެއްޔެވެ؟އެކަމުގަ ދޮންތަބެއަށް ކުރެވޭނެ ވަކިކަމެއް އެބައޮތް ހެއްޔެވެ؟ ޔަތީމުވުމަކީ އެމީހަކު ބާކީ ކޮއްލަންވިކަމެއް ނޫނެއްނޫން ހެއްޔެވެ؟ނަމަވެސް ހިތާމަޔަކީ ގިނަ ދިވެހިންގެ ވިސް ނުން ހުންނަގޮތަކީ މިއީއކަމެވެ.އަދި ބައްޕަދެކެ ރުޅި އައިސަބަބު އިނގޭ ހެއްޔެވެ؟އެއީ ކާފަނެތުމުން އާއިލާގައިހުރި އެންމެ ބޮޑު މީހާއަކީ ބައްޕައަށް ވުމުން،ދޮންތަގެ ވަލީދޭން ޖެހުނީ ބައްޕައަށެވެ. ބައްޕަ ގަބޫލު ކުރާ ގޮތުގައި ޔަތީމުވުމަކީ ދޮންތަބެގެ ކުށެއް ނޫނެވެ.ހަމައެހެންމެ އެއްވެސް މީހެއްގެ ކުށެއް ނޫނެވެ.އެހެން ކަމުން ބައްޕަ ދޮންތައަށް ވަލީ ދިނީއެވެ.މިސަބަބާ ހުރެ އެދުވަހު އެވަގުތުން ފެށިގެން އާއިލާ މީހުންނާއި ބައްޕައަދި ދޮންތަގޔާއޮތް ހުރިހަގުޅުމެއްކެޑުނެވެ.ދޮންތަމެން އިދެގެން ފުރަތަމަ އުޅުނީ ދޮންތަބެމެން ގޭގައެވެ. ނަމަވެސް މަންމަ ނިޔާވުމުން ބައްޕަގެ އެދުމަކަށް ދޮންތަމެން އަހަރެމްނެ ގެޔަށް ބަދަލު ވީއެވެ.ބައްޕައަކީ ކާމިޔާބު ވިޔަފާރިވެރިޔަކަށް ވެފައި އުޅެންޖެހޭލެއްބުރަކަމުން އަހަރެންގެ ކަންކަން ނުބެލޭނެތީއެވެ.ދޮންތަމެން ނެތް ނަމަ އަހަރެންގެ ހާލަކީ ކޮބައި ތޯއެވެ.މަންމަ ނެތެއްކަމަކު މަންމަ ނެތް ކަމުގެ އިހުސާސް ދުވަހަކުވެސް އަހަނަށް ވިޔަކަ ނުދެއެވެ.ހަމައެހެންމެ އަހަރެންގެ ބޭބެއެއް ނެތްތަން ދޮންތަބެ ފުރިހަމަ ކޮށްދެއެވެ.އަހަރެންގެ އެއްބަޑު ބޭބެއް ހުރިނަމަވެސް އެވަރަށް ހެޔޮ ނުވާނެއެވެ.ބައްޕައެކޭ އެއްފަދައިން އަހަރެންގެ ހުރިހާ ކަމެއް އެންމެ ގާތުން ބަލައެވެ.
***********************
މިހިޔާލުތަކުން އަހަނަށް ނުކުމެވުނީ އޮޕަރޭޝަން ތިއޭޓާރގެ ދޮރު ހުޅުވުނުއެޑަށެވެ.ވަގުތުއަހަންނަށް ބަލާ ލެވުނީ ތިއޭޓާރގެ ދޮރުމަށްޗަށެވެ.އޭރު ޑޮކްޓާރ ދޮރުމަތީގައި ހުއްޓެވެ.ދޮންތަމެންވެސް އެތްނުގައި ތިއްބެވެ.އަހަރެންވެސް މަޑުނަޑުން ތެދުވެ މޫނުފޮހެމުންގޮށް ޑޮކްޓާރ ކައިރީގައި މަޑުކޮށް ލީމެވެ.އެހެންޏާ ހުންނަ ހިނިތުންވުމެއް ޑޮކްޓަރ ގެ މޫނުމަތިން ނުފެނެއެވެ.ފެނަންނީ ހިއްދަތިކަމާއި މާޔޫސް ކަމެވެ.މަންމަ ނިޔާވި ދުވަހު އެހަބަރު ދިން ޑޯކްޓަރގެ މޫނުމަތިވެސް ހުރި ގޮތަށެވެ.އަހަރެންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.ހިތާމަވެރި ހަބަރެއް ލިބެން އުޅޭ ކަމުގެ ސިގުނަލެއް އަހަރެންގެ ހިތް އަހަންނަށް ދޭން ފަށައިފިއެވެ.
ވީއާ ރިއަލީ ސޮރީ….. ދަޕޭޝަންޓް އިޒް ނޯމޯ..އޮންޓޭބަލް ޑެތް އެއް.. އޮޕަރޭޝަންގެ ތެރެއިން ނިޔާވީ..އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން ސަލާމަތްކުރަން..ބަޓް ސްޓިލް ވި ކުޑްންޓް.. ވިއާ ރިއަލީ ސޮރީ.. މިހެންބުނެ ޑޮކްޓަރ ދިޔައެވެ.އެރު ދޮންތަ އަޑުން އަޑުނަގާ ރޮމުން ދިޔައެވެ.ދޮންތަބެ ދޮންތަ މަސަލަސް ކުރެވޭތޯ އުޅުނެވެ.އަހަރެންނަށް ހުރެވުނީ ލިބުނު ޝޮކެއްގެ ސަބަބުން ހުއްޓުން އަރާފައެވެ.އެނެމެ ކުޑމިނުން އެސްފިޔަޖަހާލާކަށްވެސް އަހަންނަށް ނޭގުނެވެ.ދޮންތަބެގެ މަސައްކަތުން ދޮންތަ އިރުކޮޅަކުން ހުއްޓައިފިއެވެ.އަދި މޫނު ދޮންނަން ހިގައިގަތެވެ.އޭރުވެސް އަހަރެން ހުރީ ޖެހިތާ ބުދެއް ހެންނެވެ.ދޮންތަބެ އަހަރެން ކައިރިޔަށް އައިވަގުތަކީ ބައްޕަ ނެރުނުވަގުތެވެ.އޮތި މޫނަ އެއްކޮށްހުދު ފޮތހިގަޑަކުން ނިވާކޮށްފައެވެ.އަހަރެން ހުރިތަނުން ގުޑާލަންވެސް އިގުނީ ދޮންތަބެ އަހަރެންގެ ކޮޑުގައި މުޑުމަޑުން ހިފުމުނެވެ.މަޑުމަޑުން ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ކައިރިޔަށް ގޮސް މޫނު ފެންނަވަރަށް ފޮތިގަޑު ތިރިކޮށްލީމެވެ.އަހަންނަށް އިތުރަކަށް އެއްކަމެއްވެސް ނުކުރެވުނެވެ.މޫނުމައްޗަށް އަދިރިވެގަތީ ނޭގިހުއްޓައެވެ.ދެފަހަރަކަށް މޫނު ދެފަރާތަށް އަބުރާލީމެވެ. ނަމަވެސް ވީކަމެއްނެތެވެ.މުޅިމޫނުމަތި އަދިރިވެގެން އަހަރެން ވެއްޓެނެދިޔައެވެ.ދެންކުރެވުނީ މީހަކުއަހަރެން ވެއްޓުނަ ނުދީ ހިފެހެއްޓި އިހުސާސެވެ. އައަށްފަހުވީއެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
*****************************
3 ގަޑިއިރު ފަސް
ލޮ ހުޅުވުނު އިރު ފެނުނީ ހުދުކުލައިގެ ސީލިންނެވެ.ދެން އަހަރެން ބަލައިލީ އަހަރެންގެ ވައަތަށެވެ.އޮތީ އައިވީއެއް ގުޅާފައެވެ.ކޮންމެވެސް ވަރަކަށް ބޮލަށްބަރުވާކުމުގެ އިހުސާސް ކުރެވުނެވެ. އެހެނަކަމުން މަޑުމަޑުން ލޯމަރާލީމެވެ.އަދި ކަނާއަތް ނަގައި ނިއްކުރި މަތީ ބައްވައިލިމެވެ.
އިރުކޮޅަކުންނިއްކުރިމަތިން އަތް ނެގުމަށްފަހު ލޯ ހުޅުވާލި ވަގުތު ފެނުނު މަންޒަރުން އަހަރެންގެ ހިތް އަގަޔަށް ނައީ ކިރިޔާއެވެ.ކަޅި ޖަހާ ނުލާ އަހަރެން ކައިރީގައި ފޯނަށް ގެއްލިފައި އިން މީހާ އާދިމާލަށް ބަލައިގެން އިދެވުނެވެ.ބަލާ ބެލުމަށް ޖަހަނީ 15 ނުވަތަ 16 އަހަރުގެ މީހެއް ހެންނެވެ.ހޭންޑޮސަން ކަމުން މިއުޅޭ ކޮރިޔަން ފިލްމްސްޓާރެއްކަމަށްވާާ ލީ ޖޮންގް ސުކްއަކަށް ދުލެއްނުކުރާނެއެވެ.ޖަހަނީވެސް ހަމައެވައްތަރެވެ.އެހާވެސް އަޅިއިގަންނަ ސިފަތަށް ގިނައެވެ.ކިތރުފޮދެއްހާ ހުދުލޮލެކެވެ.އެލޮލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެލޮލު ތެރޭގައިވަ ކަޅުކަންގަދަ ކަޅިޔެވެ.ބޯ އެސްފިޔައެވެ.ރީތި ބައްތަމެއްގެ ބުމައެކެވެ.ދޮންނަށް ކަޅަށް ނުކިޔޭ ހަންގަޑެކެވެ.ކަޅުކަޅު ރަޅުބާނީ އިސްށިގަޑެކެވެ.އެހާ ދިގެއްވެސް ނޫނެވެ.އެހާކުރެއްވެސް ނޫނެވެ.ހުރީ ރީތި ވަރަކަށް ކޮށާފައެވެ.މިހެންގޮސް ކިޔާނެކަމެއް ނެތެވެ.ރީތި ކަމުގެ އެވަނައެވެ.އަހަރެންގެ އެންމެ ފެވަރައިޓްކޮރިއަން ކެ-ޕޮޕް އައިޑަލް ޖަޔަމިންއަށް ވުރެންވެސް އަހަރެން ހިތައް މީނަ ރީތިވިއެވެ.އަޖައިބެކެވެ..އަހަރެންމީ ދުވަހަކުވެސް ފިރިހެން ކުއްޖެއްގެ ސިފަތައް މިހާ ޝާއިރީކޮށް ސިފަ ކުރިމީހެއް ނޫނެވެ.ދެން މިއަދު މިމީހަކު ފެނުނީމަ މިވަނީ ކީއްވެ ހެއްޔެވެ؟ހިތަށް އަރަމުންދިޔައެއްޗެހިތަކުން މުޅިމީހަ ވަގުތު ފިނިވިއެވެ.ޔަގީނެވެ.މިވަގުތު އަހަރެންގެ އަތް އައިސްފެންގަޑަކަށް ވުރެން ފިނިވާނެއެވެ.ނުވިތާކަށް ހިތްވެސް ނެގިނެގިފައި ޖެހެނީ ނޭގޭ ބާރު މިނެއްގައެވެ.ކައިރިގައިން މީހާއަށް އަޑު ނީ ވުނިއްޔާމުން ރަނގަޅެވެ.އެކަމަކު ދެވަނަ ސިކުންތު ހިތަށް އެރިއެވެ.މީކާކު ހެއްޔެވެ؟މީނަ އަހަރެން ކައިރީ މިއިނީ ކީއްވެ ހެއްޔެވެ؟ދެން އަނެއްކާވެސް އަހަރެން ވަށާ ބަލައިލީމެވެ.ދޮންތަމެންގެ ހިލަމެއްވޭ ތޯއެވެ.ނަމަވެސް އޭގެއިން މީހެއްގެ ހިލަމެއްވެސް ނެތެވެ. ކުރިން އަހަރެން އެޑޮމިޓްކޮށްފިނަމަ އަބަދުހެން އަހރެން ކައިރީގައި ހުންނަ ދޮންތަބެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ކީއްވެ ހެއްޔެވެ؟މީ ކިތަންމެ ރީތިމީހެއްކަމަކު، ނުވެސް ދަންނަ މީހަކު ކައިރީ ބައިންދާފައި އެދިޔައީ ކޮންތާކަށް ހެއްޔެވެ؟އަނެއްކޮޅުން އަހަރެން މީ އަންހެން ކުއްޖަކަށްވެފައި ބާއްވާފައިވެސް މިއޮތީ ޕޮރައިވެޓް ރޫމެއްގަ އެވެ.ބަލާލަން ކިތަންމެ ރީއްޗެއްކަމަކު މީހެއްގެ ހިތެއް ނޭގޭނެއެވެ.ހިތަށް އަރައިފިއްޔާމުން ކޮނަމެފަދަކަމެއް ކުރަންވެސްފަހެއް ނުޖެހޭނެ މިޙުންވެސް އުޅެއެވެ. މިހުރިހާ ހިޔާލުތަކެއް އަހަރެންގެ ސިކުޑިޔަށް އައިސް އަހަރެން މަޔޫސް ކޮއްލިއެވެ.ތީކާކުހޭ އަހާލަން ކިތަންމެ ބެނުން ވިއެއްކަމަކު އަގައިން އަޑެއްބޭރެއް ނުވިއެވެ.
އެސްކިއުޒް މީ..މތީ..ތީކާކު؟ މިތާ ކިއްތި ކުރަނީ؟ ކޮބާ ދޮންތަމެން؟ކީއްވެ މިތާ އަހަރެން ކައިރީ ތިއިނީ؟އެންމެ ފަހުން ނީދެވިގެން ކަށިން ހިތްވަރުނެރެ ހިތުގައިހުރި ހުރިހާ ސުވަލުތައް ބަންޑުން ކޮށްލީމެވެ.އެހެންޏާ ފުރަތަމަ ފަހަރަށް އަހަރެންނަށް ގޮތްނޭގޭ އިހުސާސްތަކެއް ކުރުވުވާ،ހަމައެހެންމެ އަހަރެން ލައްވައި ޝާއިރީ ގޮތަކަށް ފިރިހެނަކު ސިފަކުރުވި މީހަކީ ކާކުތޯ ބަލަންޖެހޭނެ އެއްނޫން ހެއްޔެވެ؟ ފޯނާ ގެއްލިފައި އިދެފައި އަހަރެންގެ ސުވާލު ބޮޑި އިވުމުން ސިހިފައި އަހަންނާ ދިމާލަށް ބަލއިލިއެވެ.އަދި ކަޅި ޖަހާނުލާ އަހަންނާ ދިމާލަށް ބަލަން އިނެވެ.ޔަގިނެވެ.މީނަ މިތަނަށް ވަން ފަހުން އަހަނާ ދިމާލަށް އެބެލީއެވެ.އެހެން ނޫން ނަމަ އެހެން އާގަމަ ވެފައެއް ނީއްނާނެއެވެ.އަހަރެން ހިތައް އެރިއެވެ.މިވިހާއިރު ފޯނަށް ގެއްލިފައި އިދެ މި ކުރިކަމެއް ބަލަން ވިއެވެ.މިތަނަށް ވަން އިރުން ފެށިގެން ގެއްލިގެން އިދެ އެކުރިކަމެއް ބަލަން ވާނެއެވެ.އެހެންޏާ ބަލިމީހެއް ކައިރިގައި ބައިންދާ ފައި ދާއިރު ބަލިމީހާ ދިމާލަށް ވަނީއްސުރެ ނުބަލައި އިނާނީ ވަރަށް މުހިންމު ކަމެއް ކުރަން އިނިމަ ތާއެވެ.މަޑުމަޑުން އޭނާގެ ފޯނަށް ބެލީމެވެ.ސަހަރޯއެވެ.މީދަމީހަކު މީނީ އެއްކަލަ ފިރިހެނުންގެ ލޯބިވާ ޕަބްޖީ ކުޅޭށެވެ.އެކަމަކުވެސް ދެންތީ ބޮޑު ވަރެވެ.ކޮންމެ މީހަކަސް މީނަ މިތާ ބައިންދަފަ ދިޔައީ އަހަރެން ބެލުމަށެވެ.އެހެނެއްކަމަކު މީނަމީނީ އޭނަގެ ލޯބިވާ ޕަބްޖީ ކުޅެށެވެ.ބަހެއްނުބުނެ މިތާ އޮވެ އަހަރެން މިތަނުން ފިލިނަމަވެސް މީނަޔަކަށް ނޭގޭނެއެވެ.ފޯނަށް ބަލައިގެން އިދެ ހިތާހިތުން އެތިވަރެއް ގޮވުމަށް ފަހު އޭނަޔާ ދިމަލަށް ބަލައިލީމެވެ.އެވަގުތު އަހަރެމެން ދެ މީހުންގެ 4ކަޅި ހަމަވިއެވެ.އިރުކޮޅަކަށް އޭނަގެ ލޮލަށް ގޭއްލިފައި އިނުމަށް ފަހު އަތްނަގާ އޭނަގެ ލޯ ކުރިމަތީހަނާ އަޅާލީމެވެ.
އޯ..ސޮރީ..އެއްޗެކޭ ބުނިންތަ..އޭނައަހައިލިއެވެ.
ސާބަސް އެއްފަހަރު ތި ޕަބްޖީއަށް އަނެއްފަހަރު އަހަންނަށް ގެއްލިފަ އިންނާތި އޭރު ހުރިހައެއްޗެއްވެސް އިވޭނެ…އަހަރެން އޭނައަށް އަޑުނިވޭނެހާ މަޑުން ބުނެލީމެވެ.
އޭސޮރީއޭ މަންޖޭ މިތަނަށް ވަނަތަނާ ރޫމްއަކަށް އަރަންޖެހުނީ އެހެންވެ ކުރިން މަންޖެއާދިމާލަށްނުބެލުނީ..ކުރިން ތިހަރީތި މަންޖެޔެއްކަން އިގުނުނަމަ ރޫމަށް ނާރާ މަންޖެޔަށް ބަލަން އިނީމުސް..އަޓްޓުޑޫ..ޕުއާމީ..އެހެންނޫންނަމަ 3 ގަޑިއިރު ވަންދެން ބަލަން އިދެވުނީސް ..އެހެންޏާ މިހާރުވެސް ނޭގެ 2 މިނުޓު ހަމަޔަށް މަންޖެޔަދިމާލަށް ބަލައިގެން އިގެވުނުކަމެއް..ތި ޑިސްޓްރެކް ތި ޑިސްޓްރެކްޓު ކުރީ..ސޯސޭޑް..މަންޖެވެސް އިނީމެއްނު އަހަންނަށް ގެއްލިފައި..ބަޓް އިޓްސް އޯލް ރައިޓް..ހިމްމެންގެ ކަންތަކޭ…ހޫން..އަދިވެސް ނުބުނަމެއްނުން ކުރިން ބުނިއެތި…. އަހަރެންގެ ކޯތާފަތް ވަގުތު ރަތް ވިއެވެ.ނަމަވެސް އަޅަނުލަމެވެ.އޭނަޔަށް ފަހަގަނުވިއްޔަމުން ރަނގަޅެވެ.އަނެއްކޮޅުންލާ ލާނެތް އަގަގަދަ މީހެކެވެއެވެ.
ކުރިން އަހަރެން ބުނީ..އެސްކިއުޒް މީ..ތިކާކު؟މިތާ ކީއްތި ކުރަނީ؟ ކޮބާ ދޮންތަމެން؟ކީއްވެ މިތާ އަހަރެން ކައިރީ ތިއިނީ؟ މިހެން އަހަރެން ބުނީ..އެންމެ ފިއްޔެއްވެސް މަދުނުކޮށް ބުނީމެވެ.
އޯ..ގަޑެއްގައިނީމަ ނީވުނީ..އަހަރެންމީ ދޯ..އޯކޭ އަހަރެންމީ… ކާކުހެން ހީވަނީ…
ހައުވުޑް އައިނޯ؟ތީކަކުކަމެއް..ނޭގޭތީއެއްނު މިއެހީ އެހެން ނުންނަމަ ބޭކާރުގޮތުގައި އަހާނީ ކާކު..ހަމަގައިމު ތިކާކުކަން އިގޭނަމަ އަހަނެއްނާހާނަން ދޯ..އަހަރެންވެސް އަހަރެންގެ ގޮތުގައި ބުނީމެވެ.
ހުމް..އަހަރެން ކަހަލަ މަންޖެއެއްދޯ..ހެހެ..އަދިވެސް ކަކުކަމެއް ބުނާކަށް ނޫޅެއެވެ.ކޮންކަހަލަ މީހެއްހެއްޔެވެ؟އަހަރެން ރުޅިއައިސް އަނެއްކޮޅަށް މޫނު އަބުރާލިމެވެ.
އަހަ.މަންޖެ ރުޅި އައީތަ..އޯކޭ މިބުނަނީ އަހަރެންމީ ކާކުކަން..އައިއޭމް….
*********************************
ނުނިމޭ
….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Shyn 1 dhw❤️❤️❤️❤️mi prt ves V. Salhi?????Curiously waiting for the nxt prt ?????
???LYSM???
thankx
Yaish
Yesh.. Yaish. Excited????? ????❤️
jimin tha noony jayamin tha
It’s jaemin. ?
ވަރަށް ރީތި އިނގޭ❣️! ހާދަ ލާނެތޭ ދޯ ހޫ އެވާރ އެތާ އިން ކުއްޖާ
Woah.. Salhi ingey.. Hama ehvana… Seems like varah special myhehhen yaish ah hadhaafa e iny. Am i right. ?????❤️❤️❤️❤️❤️.. And last part ah kuri comment up eh nuvey dhw.
Hei wonds… Thankx. And yeah vedhaane special person eh kamah ves. Fahun angalaann special person ehtho noon tho. Ok. And kamanaa faanu haadha hedhunaa heylaigen thi ulheny. ???????
IN REPLY TO ELVEN ANUAHS PENDING COMMENT.
thankx dear. Luv u too. Stay safe. Study well. ❤️
IN REPLY TO (R D S) CHANKS.
THANKX DEAR.. LAANEH GOLAEHDHW EYAKY. HEHE. LETS SEE KAAU THW AND DHN VAAGOTHEH. INSHA ALLAH WITH THIS EXCITEMENT VARAHAK NIMALAANY VES.
❤️
Maasha Allah sisooo varah mi part vx❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤keep it up❤❤❤sry hurihaa part akah com nukurevey thy?????ly.