ދުޢާ 22
ބާރުބާރަށް ބަދިގެއިން ނިކުމެގެން ވިޝާމާ އައީ އަޒާންމެން ގާތު ސައިބޯން އައުމަށް ބުނާށެވެ. އެހެން ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން ހުރި ފިޔަވަޅު މައްޗަށް އޭނާ ގަނޑުވީއެވެ. ކާރުން ފައިބައިގެން ދުވެލައިފައި ގޭތެރެއަށް ވަތް އާދިންއަށްވެސް ވީ ހަމަ އެވަރެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އޭނާއަށް ހުރިތާ މަޑުކޮށްލެވުނު އިރު އެއްވެސް ޙަރަކާތެއް ގެންނަންވެސް އޭނާ ހަނދާން ނެތިފައި ވީ ފަދައެވެ.
ހައިރާންކަންމަތީ އިރުކޮޅެއް ވާންދެން ހުރުމަށްފަހު އާދިން އަވަސް އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ. އެޔަށްފަހު މަނިކާއި ދާނިޔަލް ގާތުގައި ހުއްޓުނެވެ.
މަނިކު ހުރީ އަނގައިން ބަހެއް ބުނަން ނޭނގުނުތާ އެސްފިޔަވެސް ޖަހާލަން ދަތިވެފައެވެ. އެތަށް އަހަރެއް ފާއިތުވެ ދިޔަޔަސް ތިމާގެ ދަރިފުޅު މަތިން ހަނދާން ނެތޭނީ ކާކު ހެއްޔެވެ؟ މިހާރު އޭނާ ކުރިމަތީ އެހުރި ޒުވާނާ މިގެ ހަތާވީސް އަހަރު ކުރިން އޭނާއާއި ވަކިވި އޭނާގެ ދޮށީ ފިރިހެން ދަރިފުޅާ އެއްވެސް ތަފާތެއް ނެތެވެ.
“އާދިން.. މިއީ ކާކު؟” އާދިން އައި ކަން އެނގުމުން މަނިކު ދާނިޔަލްގެ ދެލޮލަށް ބަލަހައްޓައިގެން އެހުރިގޮތަށް ހުރެ ބުނެލިއެވެ. މަޑުން ބުނި ނަމަވެސް އެ އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް އެކުލެވިގެން ވިއެވެ. ކަންތައް ވަމުން ދިޔަ ގޮތުން ދާނިޔަލްގެ އިތުރުން އަޒާންވެސް ހުރީ ހައިރާންވެ ނުތަނަވަސްވެފައެވެ.
“އާދިން އާއި މަ އެބަ ސުވާލު ކުރަން.. މަ މި އަހަނީ މިއީ ކޮން ޒުވާނެއް ހޭ؟” މަނިކު އަނެއްކާވެސް އޭނާގެ ހަރުކަށި އަޑުން ސުވާލު ކޮށްލިއެވެ. މަނިކުގެ އަޑު ކަންފަތުގައި ޖެހުމުން އާދިން އާއި ވިޝާމާގެ އިތުރުން
ދާނިޔަލްއާއި އަޒާންގެ ހިތުގައިވެސް ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. “މިއީ ދާނިޔަލް.. އަޒާންގެ އެކުވެރިއެއް އަދި އަހަރެމެންގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއް.. ކިހިނެތް ވީ ބައްޕާ؟” ޖެހިލުންވެފައި ހުރިނަމަވެސް އާދިން ހިތްވަރުކޮށްލައިފައި ބުނެލިއެވެ.
“އިތުރު އެއްޗެއް ބުނާކަށް ނެތްތަ؟” މަނިކު ދެންވެސް ކޮށްލީ ސުވާލެކެވެ. އޭނާ އެބުނި ވާހަކަ ނަގައިގަނެވުނީ ހަމައެކަނި ވިޝާމާއަށާއި އާދިންއަށެވެ. “ކިހިނެތް ވީތަ ބައްޕާ؟” އާދިން އޭނާގެ އަޑު ހަމައަކަށް އަޅުވާލަމުން އަހާލިއެވެ. “އާދިން.. މަށަށް އޮޅުވާލަން މަސައްކަތް ނުކުރާތި.. އަދި މަށަށް ދޮގުހަދަން ހިތަށްވެސް ނާރުވާތި.. މިއީ މަގޭ ދޮށީދަރިފުޅު އަދީލްއާއި ގުޅުން ހުރި ޒުވާނަކަށް ނޫނީ ނުވާނެ.. ދޮގެއްތަ މީ؟” މަނިކު އަދިވެސް ދާނިޔަލްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެވަގުތު މުޅި ގޭތެރެއަށް ހިމޭންކަން ވެރިވެގެން ދިޔަ އިރު ދާނިޔަލްގެ ދެބުމަ ގާތްވީ މަނިކުގެ ދުލުން އޭނާގެ ބައްޕަގެ ނަން ބޭރުވުމުންނެވެ.
“މައްސަލައެއް ނެތް.. އާދިންއަކަށް ޖަވާބެއް ނުދެވުނު.. ދާނިޔަލް.. ދާނިޔަލް ގެ ބައްޕައަށް ކިޔަނީ ކޮން ނަމެއް؟” މިފަހަރު މަނިކު ސުވާލު ކޮށްލީ ސީދާ ދާނިޔަލް އާއިއެވެ. ކުރިއަށް އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ހާލު ވާނުވާ ނޭނގި ހުރެ ޖަވާބު ދިނުމަށްޓަކައި ދާނިޔަލް ތައްޔާރުވެލިއެވެ. ކޮންމެ ގޮތެއް ވިޔަސް ބޮޑެތި މީހުންނަށް އިޙުތިރާމު ކުރުމަކީ އޭނާގެ ކަށީގައި ހަރުލައިފައިވާ އާދައެކެވެ. އެކަމަކާއި އޭނައަށް ދެކޮޅެއް ނުވެވޭނެއެވެ.
“މު.. މުޙައްމަދު އަދީލް ހަސަން މަނިކު..” ޖެހިލުން ވެފައި ހުރެ އާގަންނަމުން ދާނިޔަލް ބުނެލިއެވެ. ދާނިޔަލްގެ އަޑު މަނިކުގެ ކަންފަތަށް ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާ ދެކެންވެސް ބޭނުންނުވާ ދުވަސް މިއޮތީ އައިސް ޖެހިފައެވެ. މާޒީ އަލުން ލިޔެވިގެން އައިސް އެއޮތީ އޭނާ ކުރިމަތީގައެވެ. އެވަގުތު މުޅި ގޭތެރެއަށް ވެރިވީ ހިމޭންކަމެވެ. މަނިކުވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ވާންދެން ހުއްތެވެ. “މަގޭ އެދުމަށް ދެކޮޅު ހަދައިފަ.. މަގޭ ކުރިމަތީ މަށަށްވުރެ އޭނާއަށް މުހިއްމު ވީ އެ ސުންޕާ އަންހެނާ..
މަގޭ އެކަމަށް ނުރުހުނީމަވެސް އޭނާއަށް މުހިންމުވީ ހަމަ އެ އަންހެނާ.. ނޭނގެ މަގޭ ދަރިއަށް އޭނާ ޖެއްސީ ކޮން ޖާދުލެއް ކަމެއްވެސް.. މުއްސަނދިން ވީމަ ފައިސާކޮޅުގެ ދަހިވެތިކަމުގަ ހެދީ ކޮން ފަންޑިތައެއް ކަމެއްވެސް ނޭނގޭ.. މަގޭ ދަރިއާއި މަށާއި ދޭތެރެ ޖެއްސީވެސް ހަމަ އެ އަންހެނާ.. އަހަރެމެން ދެމީހުންގެ ގުޅުން ކެނޑުނީވެސް ހަމަ އޭނާގެ ސަބަބުން.. މުޅި މި އާއިލާގެ ހަލާކަކީވެސް ހަމަ އޭނާ..” އިރެއް އިރަކަށް ބާރުވަމުން ދިޔަ މަނިކުގެ އަޑުން އެވަގުތު އެތާ ތިބި އެންމެންނަށް ސިހުން ގެނުވަމުން ދިޔައެވެ.
“ކަލޭ މަންމަގެ ސަބަބުން ކަލޭގެ ބަސްނާހާ ބައްޕައާއި މަށާއި ދޭތެރޭ އޮތް ގުޅުން ކެނޑުނީ.. ހަމަ އެ އަންހެނާގެ ސަބަބުން.. އެދުވަހު ކަލޭ ބައްޕައަށް މަށަށްވުރެވެސް މުހިއްމުވީ ކަލޭ މަންމަ.. މަށާއި ދެކޮޅަށް ފުރަތަމަ ފަހަރަށް އެދުވަހު އަދީލް ތެދުވި.. އޭނާގެ އުފަން ބައްޕަ އާއި ދެކޮޅަށް.. އެވެސް މަގުމަތިން ދިމާވި ފަޤީރު އާއިލާއެއްގެ ސުންޕާ އަންހެނަކާއި ހެދި.. ކަލޭ މަންމައާއި ހެދި.. ކަލޭވެސް ރަނގަޅަށް ވިއްޔާ މަގޭ ކާފަ ދަރި އަތުއަޅުވާލައިގެން ތިއުޅެނީ އެ ބޭނުމުގަ.. ނޫންތަ؟ ރުފިޔާ ފޮއްޗެއް ލިބޭނެކަމަށްތަ ކަލޭ ހީކުރީ.. ނޫން..” މަނިކު ދައްކަމުން ދިޔަ ވާހަކަ އެންމެ ރަނގަޅަށް ނަގައި ނުގަނެވުނަސް އޭނާގެ ކޮންމެ ބަހެއް ދިޔައީ ތޫނު ހަންޖަރެއް ފަދައިން ދާނިޔަލްގެ ނިކަމެތި ހިތް ތޮރުފަމުންނެވެ.
މަންމައާއި ބައްޕައާއި ދިމާލަށް މަނިކު ހިތު ހުރި އެއްޗެއް ގޮވަމުން ދިޔައިރު އެ ދަރިފުޅުގެ ހިތަށް ކުރާނެ އަސަރާއި މެދު އޭނާ ކުޑަކޮށްވެސް ވިސްނާ ނުލަނީހެއްޔެވެ؟ ޒުވާނަކަށްވެފަ ހުރި ފިރިހެން ކުއްޖަކަސް އޭނާގެ ލޮލުން ކަރުނަ އަންނާނީ ކިހާ ދެރައެއް ވީމަ ހެއްޔެވެ؟ މަނިކަށް އެވަރުވެސް ހަމަ ނުވިސްނުނީ ހެއްޔެވެ؟
“މަގޭ މުދަލަކުން ލޯ ލާރިއެއްވެސް ކަލެއަކަށް ނުލިބޭނެ.. ކަލޭ ބައްޕަ މަށާއި ގުޅުން ކަނޑާލައިފަ ފިލައިގެން ދިޔަ ދުވަހުއްސުރެ އެއީ އަހަންނަށް ނެތް މީހެއް.. ވީ އިރު ކަލޭ އަދި ވާނީ މަގޭ ކާކަށް؟ މަގޭ އަތުން ފައިން ގޯހެއް ނުހެދެނީސް ހަމަ މިހާރު މަގޭ ކުރިމަތިން ދުރަށްދޭ.. ކަލޭވެސް ވާނީ ހަމަ ކަލޭ މަންމަ ކަހަލަ މީހަކަށް.. އެހުރީ ވަތް ދޮރު ހަމަ މިހާރު މި ގެއިން ނިކުމޭ..” ކުއްލިޔަކަށް ހީވީ މުޅި ގޭތެރޭގައި ބޮމެއް ގޮއްވާލިހެންނެވެ.
މަނިކުގެ ހަޅޭކުގެ އަޑު މުޅި ގޭތެރެއަށް ފެތުރިގެން ދިޔައެވެ. އެ އަޑާއެކު ކުރިމަތީގައި ހުރި ދާނިޔަލްގެ ދެލޯ ފިއްތާ ބާރުކޮށްލެވުނު އިރު އޭނާ ސިއްސައިގެންވެސް ދިޔައެވެ. ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ޚާދިމުންވެސް އެއިރު ދުރުގައި މަޑުކޮށްލައިގެން ތިބީ ކަމެއް ވަރަށް ގޯސްވެއްޖެކަން އެމީހުންނަށްވެސް ރޭކާލުމުން ކަންނޭނގެއެވެ.
“ބައްޕާ..” އާދިންއަށްވެސް ކެތްވީ ވަކި ވަރަކަށެވެ. އޭނާ މަނިކަށް ގޮވާލި އިރު އޭނާގެ ދެލޮލުގެ ތެރޭގައިވެސް ކަރުނައިގެ ފަށަލައެއް ވެއެވެ. އެދުވަހުވެސް ކަންތައް ވެގެން ދިޔައީ ހަމަ މިހެންނެވެ. އަލުން އަނބުރާ އެދުވަސް ތަކުރާރުވާކަށް އޭނާ ނޭދެއެވެ. “ބައްޕަ ޤަބޫލު ކުރިޔަސް ނުކުރިޔަސް މިއީ ޙަޤީގަތް.. މިކަން ޖެހޭނީ ޤަބޫލު ކުރަން.. ބައްޕަ އެއްފަހަރާ ތިހުރިހާ އެއްޗެއް ކިޔާ މި ފިރިހެން ކުއްޖާ އާއި ދިމާލަށް ހަޅޭތް ލެވި އިރު އެންމެ ފަހަރަކުވެސް ވިސްނާލަބަލަ.. ބައްޕާ މިއީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅޭ..” އާދިން ދެން ބުނެލި ވާހަކައިން ދާނިޔަލްއަށް ސިހިފައި އާދިންއާއި ދިމާލަށް ބަލައިލެވުނެވެ.
މަނިކު މިއޮށް ހުރިހާ އިރު ދެއްކި ވާހަކައަކީ މިއީތާއެވެ. އެއިރު ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ދާނިޔަލްއަށް ވިސްނާވެސް ނުލެވުނީއެވެ. ދާނިޔަލްގެ އިތުރުން އެތާ އެވަގުތު ހުރި އަޒާންއަށްވެސް ލިބުނީ ޝޮކެކެވެ. އޭނާގެ ދެބެންގެ ދެދަރި ބޭބެއެއް ހުންނަކަން މީގެ ކުރިން އޭނާއަށް އިނގިފައި ނުވެއެވެ. މަންމަ ނޫނީ ބައްޕަ ފަރާތުން ބޮޑުބޭބޭއެއް ނޫނީ ބޮޑުދައިތައެއް ހުންނަ ކަންވެސް ނޭނގެއެވެ.
“އެދުވަހުވެސް ބައްޕަ އިސްކުރީ ބައްޕަގެ އަމިއްލަ އެދުން.. ދޮންބެ އާދޭހާއިއެކު ކިތަށް ފަހަރު ބައްޕަ ގާތު އެދުނީ؟ ދޮންބެ ކިތަށް ފަހަރު ބައްޕައަށް ވިސްނައިދޭން މަސައްކަތްކުރީ؟ އެކަމަކު ބައްޕައަށް އެދުވަހުވެސް ދޮންބެގެ އުފަލަށްވުރެ މުހިއްމުވީ ބައްޕަގެ އިއްޒަތާއި ގަދަރު.. ބައްޕަގެ އަމިއްލަ އެދުން.. ރުފިޔާ އާއި ލާރި.. ހެޔޮ ނުވާނެ ބައްޕާ.. މިއަދު ދާނިޔަލް އަށް އެހެން ނަހަދާ.. އާދޭސްކޮށްފަ ބުނަން.. ހަތާވީސް އަހަރު.. ހަތާވީސް އަހަރު ފާއިތުވެގެން ދިޔައީ ދޮންބެއާއި ވަކިން.. ބައްޕަ ދޮންބެ މަތިން ހަނދާންވެސް ނުވޭތަ؟
މައްސަލައެއް ނެތް.. ދޮންބެ ދެކެ ތިހާ ރުޅި އަޔަސް ދަރިއަކާއިމެދު އޮންނަ ކުލުނު ބައްޕަގެ ހިތުގަ އޮންނާނެއްނު.. ދޮންބެ ވީތަނެއްވެސް ބައްޕަ ބަލައިނުލާނަންތަ؟ މިއަދު ދޮންބެގެ ޙާލަކީ ކޮބައިކަންވެސް ބައްޕަ ހަމަ ނުބަލާނަންތަ؟” އާދިންގެ އަޑުގައި ވީ ރިހުން އެތާ ހުރި އެކަކަށްވެސް ނުފޮރުވުނެވެ. ވިޝާމާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ އިރު އަޒާން ހުރީ ލިބުނު ޝޮކުގައި އަދިވެސް އަނގައިން ބުނަން ނޭނގިފައެވެ. ދާނިޔަލް އިސްދަށަށް ޖަހާލިއެވެ.
“ބައްޕަ އާއި ދެން ދިމާ ނުވާނެ..” އެންމެންގެ ސަމާލުކަން ހުއްޓުނީ ދާނިޔަލްގެ އަޑަށެވެ. އެއިރު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވެފައި ހުއްޓެވެ. އެހެން ކަމުން ދާނިޔަލްއަށް ތިރިވެސް ފެންނަމުންދިޔައީ ފުސްކޮށެވެ. އޭނާއަށް ތަންތަން ސާފުކޮށް ފެންނަ ވަރުވީ ލޮލުން ކަރުނަ ތިކި ވެއްޓުމުންނެވެ. އާދިން ދާނިޔަލްއަށް ބަލަހައްޓައިގެން ހުރީ ޖަވާބު ދޭށޭ ބުނާ ފަދައަކުންނެވެ.
“ބައްޕަ އަޅުގަނޑު ކުޑައިރު ނިޔާވެއްޖެ.. އުމުރުން ހަތަރު އަހަރުން ފެށިގެން ދެން އަޅުގަނޑު ބަލާބޮޑުކުރީ މަންމަ އެކަނި..” ދާނިޔަލް އަނގައިން ބުނެލި އިރު އޭނާގެ އަޑު ވަނީ ކުރެހިފައެވެ. އަނގަ ކުޑަކޮށް ހުޅުވިފައި ހުރީ އޭނާގެ ލަގޮނޑިއަށް ތަދުވަމުން ދިޔަލެއް ބޮޑުކަމުންނެވެ. ދާނިޔަލްގެ ދުލުން ބޭރުވެގެން ދިޔަ ޚަބަރާއެކު އާދިންއަށް އޭނާގެ އަތް އިސްތަށިގަނޑު ތެރެއަށް މަހާލެވުނެވެ. ދެފަރާތަށް ކުޑަކޮށް ބޯ ހުރުވަމުން ދިޔައިރު ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އޭނާއަށް ހުއްޓެވުނީ ސޯފާގައި ޖެހުމުންނެވެ.
ވިޝާމާއަށް އަނގަމަތީ އަތް އަލާލެވުނު އިރު އޭނާއަށް ކޮންމެވެސް ވަރަކަށް ގިސްލެވެމުން ދިޔައެވެ. މަނިކު ހުރީ ގަބުވެފައެވެ. ނަމަވެސް ދެން އޭނާ ހަދާނީ ކިހިނެތް ބާވައެވެ؟
“ނުކުމޭ.. ހަމަ މިހާރު މަގޭ ކުރިމަތިން ދުރަށް ދޭ.. މަގޭ ދަރި މި ދުނިޔެއާއި ވަކިވީވެސް ހަމަ ކަލެއާއި ކަލޭގެ މަންމަގެ ސަބަބުން.. އަރާމު ދިރިއުޅުމެއް އުޅެވެން އޮށްވާ އެ ފަޤީރު ދިރިއުޅުމަށް ދިޔައީމަ ކަންތައްވެސް ވާނެއްނު.. ހަމަ މިހާރު މިގެއިން ނިކުމެގެން ދޭ..” އެންމެން އަނެއްކާވެސް ސިހުނީ މަނިކުގެ ބާރު ހަލޭކުގެ އަޑުންނެވެ. އާދިން އިސް އުފުލާލައިފައި މަނިކާއި ދިމާލަށް ބަލައިލި އިރު އެ މޫނުމަތީގައިވަނީ ޝަކުވާއެވެ.
މިއަދުވެސް މަނިކަށް ކަންތައް ކުރަން އިނގުނު ގޮތަކީ އެއީހެއްޔެވެ؟ އެންމެފަހުން އަދީލްގެ މަރުގެ އިލްޒާމްވެސް އެ އެޅުވީ ކުށެއް ނެތް ދާނިޔަލް އާއި އާލިމާގެ ބޮލުގައެވެ. ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟ އާދިން ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލީ މަނިކުގެ ވިސްނުން ހުރި ގޮތުންނެވެ. އޭނާއަށް އެއްޗެކޭ ބުނެވެން ވާއިރަށް ދާނިޔަލް އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ.
އެގެއިން ނިކުތް ދާނިޔަލްގެ ދެލޯ ފުރި ބަންޑުންވަމުން ދިޔައީ ކަރުނައިންނެވެ. ކުރިމައްޗަށް ބަލައިލުމަށްފަހު ދެލޯ ފުހެލައިފައި އަވަސް އަވަހަށް ހަތަރު ހަރުފަތުގެ ސިޑިން ގިރާކޮށްލަމުން ފޭބިއެވެ. ދިގު ފިޔަވަޅުތަކެއްގައި ދިޔަ ދާނިޔަލް ކާރަށް އެރުމަށްފަހު އަވަހަށް އެގެއިން ނިކުމެގެން ބާރު ސްޕީޑުގައި ދުއްވާފައި ދިޔައީ އޭނާގެ ގެއާއި ދިމާލަށެވެ.
***
“އަނހާ.. ރުކާވެސްތަ؟ ހާދަ ދުވަހެއް ވެއްޖެޔޭ ރުކާ މިގެއަށް ނާންނަތާ..” އާލާ އާއި އެކު ގެއަށް ވަދެގެން އައި ރުކާ ފެނި ސޯފާގައި ޓީވީ ބަލަން އިން ޝަޒިއްޔާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ޝަޒިއްޔާ އާއި ޖެހިގެން އިން ސޯފާގައި ދެމީހުން އިށީންނަމުން ޝަޒިއްޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “އޮފީހުގަ މާ ބުރަކޮށް އުޅޭތީވެ ނާދެވެނީއޭ ދައްތާ.. އާލާވެސް ނުއެއް ބުނޭ ވިއްޔަ އަންނާކަށް..” ރުކާ ވާހަކަ ދައްކަމުން ގޮސް ސަމާސާ ކޮށްލިއެވެ. އެވަގުތު އާލާގެ އަތުގެ ހަމަލާއެއް ރުކާގެ ކޮނޑަށް އަރައިގެން ދިޔައެވެ.
“މީގެ ކުރިންވެސް ކިޔައިގެނެއް ނޫން މިގެއަށް ރުކާ އަންނަނީ.. ބޭނުން އިރަކު ރުކާއަށް މިގެއަށް އާދެވޭނެ ވާހަކަ ވަރަށް ކުރިއްސުރެ އޮންނާނީ ބުނެފަ.. ދޮގެއްތަ މީ މަންމާ؟” އާލާވެސް ރުކާގެ ސަމާސައިގައި ބައިވެރިވެލިއެވެ. ޝަޒިއްޔާވެސް ހިނިގަނޑެއް ޖަހާލައިފައި ލުއި ކާނާއެއް ގެނައުމުގެ ބޭނުމުގައި އެތަނުން ދިޔައެވެ.
“އާލް.. ދެންމެ އާލާ މަންމަގެ މޫނުމަތީގަ އެ ވީ ހިނިތުންވުން ދުށިންތަ.. އެ މުހިއްމެއްނޫންތަ އާލްއަކަށް؟ އެ ހިނިތުންވުން އާލާއަށް ފެންނާނީ މަންމަމެންގެވެސް އެދުމާ އެއްގޮތަށް ކަންތައްކުރީމަކާނު.. ދޯ؟” ރުކާ އަނެއްކާވެސް އާލާއަށް ވިސްނައިދިނެވެ. އާލާ އިސްދަށަށް ޖަހާލުމަށްފަހު ބޯ ޖަހާލީ ރުކާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުންނެވެ.
އެތަށް އިރެއް ވާންދެން އާލާއާއި ޝަޒިއްޔާ އާއިއެކު ވާހަކަ ދައްކަން އިނުމަށްފަހު ރުކާ އެގެއިން ނިކުމެގެން ދިޔައެވެ. އެހެން ކަމުން އާލާ އާއި ޝަޒިއްޔާ އެކަނިވިއެވެ. “ދަރިފުޅާ އާލާ ވިސްނައިފިންތަ ބައްޕަ އާއި މަންމަ މިއަދު ދެއްކި ވާހަކަ އާއިމެދު؟ މަންމަމެންވެސް ދަރިފުޅުގެ މުސްތަޤްބަލް އުޖާލާވާން އެދޭތީވެޔޭ އެހެން ބުނީ.. ހަމަ ދަރިފުޅަށް ހެޔޮ ގޮތް ވާން އެދޭތީވެ.. މިރޭ ބައްޕަ އަހާނެ ދަރިފުޅުގެ ޖަވާބަކާއި މެދު.. ވިސްނާލައްޗޭ އެކަމާ..” އާލާގެ ބޮލުގައި ފިރުމާލުމަށްފަހު ޝަޒިއްޔާ ސިޑިން އަރައިގެން ދިޔައެވެ. އެވަގުތު އާލާ އޭނާގެ އަތް ދަބަސް ކޮފީ ޓޭބަލް މަތީ ބާއްވާލުމަށްފަހު ސޯފާގައި އޮށޯވެލިއެވެ. އިރުކޮޅެއް ވާންދެން އެހެން އޮތުމަށްފަހު ދުވެލައިފައި އޭނާގެ ކޮޓަރިއަށް ދިޔުމަށްތަކައި ސިޑިން އަރައިގެން ދިޔައެވެ.
***
ދާނިޔަލް ސޯފާގައި އިށީނދެ އިން އިރު އޭނާދެ އުޅަނބޮށި ފައިގައި ވިއްދާލައިފައި ދެއަތުން ވަނީ މޫނު ފޮރުވާލެވިފައެވެ. ހަމަ ހިމޭންކަން ވެރިވެފައިވީ ސިޓިންގްރޫމުގައި ހިފާލައިފައިވަނީ ދާނިޔަލްގެ ވޭނީ ރުއިމުގެ އަޑެވެ. ޙަޔާތުގެ ފުރަތަމަ ފަހަރަށް އޭނާގެ އާއިލާ މީހަކާއި ދިމާ އެވީ މިއަދުއެވެ. ނަމަވެސް އޭނާއަށް އެ ލިބުނީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟ ހަމައެކަނި ހުރި ކާފަވެސް އޭނާއަށް ކުރަނީ ނަފްރަތެވެ. އޭނާ ދެކެންވެސް ބޭނުން ނުވެއެވެ. ކާފަ އޭނާގެ ބައްޕަ ދެކެ އެ ރުޅި އައީ މަންމައާއި ގުޅުމުން ހެއްޔެވެ؟ މަންމަގެ އޮތް ކުށަކީ އެ މަންމައަކީ ކާފަމެންނެކޭ އެއްވަރަށް ފޯރާ ބަޔަކަށް ނުވުންހެއްޔެވެ؟ ކޮންފަދަ ނާއިންސާފުވެރި ނިންމުމެއްހެއްޔެވެ؟
އެތަށް އިރެއް ވާންދެން އެގޮތިގައި އިން ދާނިޔަލްއަށް ސޯފާގައި އޮށޯވެވުނީ ލިބުނު ވަރުބަލި ކަމާއެކު އަރާމުކޮށްލަން ބޭނުންވީ ވަރުންނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އަރީފްއާއި ޝަޒިއްޔާ ސިޓިނގްރޫމުގައި ތިބީ އާލާގެ އިންތިޒާރުގައެވެ. އާލާގެ ޖަވާބަކަށް މިރޭ އޭނާ އެހުރީ ނުހަނު ކެތްމަދުވެފައެވެ. އޭނާގެ ހުވަފެން ޙަޤީގަތަކަށް ވުމަށް ކުރެވޭ އުންމީދު ހާދަ ބޮޑެވެ. އަރީފްއާއި ޝަޒިއްޔާ ކެތްތެރިކަމެއްނެތި ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީ އާލާ އައިސް ސޯފާގައި އިށީނުމުންނެވެ.
އަރީފް ފުރަތަމަ ސީދާ މައުލޫއަށް ނުގޮސް ޝަޒިއްޔާ އާއި ދެމީހުންވެގެން އާލާއާއި އެކު ސަމާސާ ކޮށްލިއެވެ. އެއީ އާލާގެ ހިތް ހަމަ ޖައްސާލަދިނުމުގެ ބޭނުމުގައެވެ. “ދަރިފުޅު ގޮތެއް ނިންމައިފިންތަ މިހާރު..” ޝަޒިއްޔާއަށް ބަލައިލުމަށްފަހު އަރީފް އާލާއާއި ސުވާލުކޮށްލިއެވެ. އެހިނދު އާލާ އިސްދަށަށް ޖަހާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މިއަދާއި ހަމައަށްވެސް ބައްޕައާއި މަންމަ ތި އައީ އަޅުގަނޑު ބޭނުންވީހާ އެއްޗެއް ހޯދައިދީ އަޅުގަނޑު ބޭނުންހާ ކަމެއް ކޮށްދެމުން.. ކިޔެވުމުގެ ހުރިހާކަމެއްގަވެސް މަންމަމެން އަޅުގަނޑަކަށް އެއްވެސް ބާރެއް ނުފޯރުވާ.. ބޭނުން އެއްޗެއް ކިޔެވުމުގެ ފުރުސަތު އަޅުގަނޑަށް ދޫކޮށްލީ.. ޙަޔާތުގަ މަންމަމެން ނެތް އެއްވެސް ކަމެއްގަ އަމިއްލަ އެދުން އިސްކޮށްފަ.. ވީ އިރު އަޅުގަނޑަކަށް ހިއެއް ނުވޭ ފުރަތަމަ ފަހަރަށް މަންމަމެން އަޅުގަނޑު ގާތު ކަމަކަށް އެދުމުން އެކަމާއި ދެކޮޅު ހަދަން ޖެހޭނެހެނެއް..” އާލާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އަރީފްއާއި ޝަޒިއްޔާގެ ތުންފަތްމައްޗަށް އެވަގުތު އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ތިބުނީ ދަރިފުޅު ކައިވެންޏާމެދު ރުހެއޭތަ؟” އަރީފް އަނެއްކާވެސް ސުވާލު ކޮށްލިއެވެ. އެހިނދު އާލާ ބޯ ޖަހާލިއެވެ. “ވަރަށް އުފާވެއްޖެ ދަރިފުޅުގެ ތި ނިންމުން އަޑު އިވިފަ..” ޝަޒިއްޔާ އާލާ ގާތަށް ގޮސް އޭނާ ގާތު އިށީނދެލައިފައި އާލާގެ ބޮލުގައި ފިރުމާލިއެވެ. “ބައްޕަމެން ކަނޑައަޅާ ކުއްޖަކާ ކައިވެނި ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް.. އަޅުގަނޑަށް އިނގޭ މަންމަމެން އަޅުގަނޑަށް ދެރަވާފަދަ އެއްވެސް ކަމެއް ނުކުރާނެކަން..” އާލާ އަނެއްކާވެސް އިތުރު ކޮށްލިއެވެ. އެހިނދު އަރީފްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އާލާގެ ފަރާތުން އޭނާ އެންމެ ބޭނުންވީ ޖަވާބު އެ ލިބުނީއެވެ.
އެންމެ ހިތްހަމަ ނުޖެހުނު ގޮތް ނަމަވެސް އާލާ އެހެން ބުނީ މަންމަމެންނަށް އިތުބާރު ކުރެވޭތީއެވެ. ނުވެސް ދަންނަ މީހަކާއި އެކީ ދިރިއުޅުން ވޭތިކުރާނެ ގޮތެއް އޭނާގެ ސިކުނޑިއަށް ނުވެސް ގެނެވެއެވެ. “ވަރަށް ވަރަށް އުފާވެއްޖެ ބައްޕަ.. ބައްޕައަށް ވަރަށް ކަމުދާ ކުއްޖެއް ފެނިއްޖެ.. އެހެން ވީމަ ވަރަށް އަވަހަށް އެކުއްޖާ އާއި ބައްދަލު ކުރަން ދަރިފުޅު ތައްޔާރުވެގެން ހުރޭ..” އަރީފް ފުޅާ ހިނިތުންވުމަކާއެކު އިއްވާލިއެވެ. ޝަޒިއްޔާވެސް ހިނިތުންވެލިއެވެ.
ކޮޓަރިއަށް ވަދެގެން އައި އަރީފް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް ޝަޒިއްޔާ ވަތް ތަނުން އޭނާގެ އެ ހިނިތުންވުން ފޭދިގެން ދިޔައެވެ. ޝަޒިއްޔާ އޭނާގެ ހޮވުމާމެދު ބުނާނެ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. ނަމަވެސް އެ ޒުވާނާއާއި މެދު އޭނާއަށް ފުރިހަމަ އިތުބާރު އޮވެއެވެ. ވީއިރު ޝަޒިއްޔާއަށް ވަކި އޭނާ ކަމުނުދާންވީ އެއްވެސް ސަބަބެއް ނެތެވެ.
“ކޮބާތަ އަރީފް ބުނި ނަސީބުގަދަ ޒުވާނަކީ.. މަގޭ އާލާ ލިބޭނީ ވަރަށް ނަސީބުގަދަ ކުއްޖަކަށް..” އެނދުގައި އިށީނދެލަމުން ޝަޒިއްޔާ ބުނެލިއެވެ. އެހިނދު އަރީފް ބެލްކަންޏާވީ ދޮރާއި ދިމާލަށް އެނބުރިލުމަށްފަހު ދެޖީބަށް އަތް ޖަހާލިއެވެ. މިހާރު ޝަޒިއްޔާއަށް ފެންނާނީ ހަމައެކަނި އޭނާގެ ފުރަގަހެވެ.
“އަހަރެން ވަރަށް އުންމިދާއިއެކީ ޝަޒިއްޔާ ގާތު މިބުނަނީ.. ޝަޒިއްޔާ ޖެހޭނެ އެ ޒުވާނާ ހިތުން ރުހުމުން ޤަބޫލު ކުރަން..” ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާއެކު އަރީފް ބުނެލިއެވެ. އެހިނދު ޝަޒިއްޔާ ހިނިގަނޑެއް ޖަހާލުމަށްފަހު އަނގަބަހުން އެކަމަށް އެއްބަސްވެލިއެވެ. އޭނާގެ ހިތް އުފަލުން ނަށަނީވިއްޔާއެވެ. ދަރިފުޅުގެ ކައިވެނި ދުވަސްކޮޅަކުން ކުރެވިގެންދާތީއެވެ.
(ނުނިމޭ)
53 Comments
Comments are closed.
wow me first tha adhi story nukiyn
v reethi mipart. adhi visneyne dhaniyal ge kaafa ahves. sifakurun v reethi kiriyaa nurovuny
yess dear first.. marhabaa dear.. 🙂 awww.. jazakillah khairan dear.. 🙂 yeah, in sha allah adhi visneyne.. 🙂 asluvestha? jazakillah khairan dear.. vrh vrh vrh ufaavehje.. 🙂
Yesssss. Up vejjjee o. Kiyaalaafa comment kollaaanan?
Ma Sha Allah. So much drama mi part ga. Asluvess rovijje hama. Dhaan dheraveema varah dhera veyy. Dhen dhaan dhera nukohbaa. Dhaan ge kaafa ves dhennn e visnun gengulheyykah nuwaane ehnuuu. Dhaan ge kaafa ah heyo visnun dheeeba??
Ommgg Aaalaaa ah kihineh baa vaaaneeee dhaan ey buneema. Im reallly sure areef bunaannee dhaan aa marry kuraashey. Ithurahh rulhi annaane kanneyyge. Areef ge wife emme rulhi annaaanee omgg. Caaanttt waaiit for the next paarttt. Up kohdhehcheyy avahahhh?
Anddd noor sis kihinehthaa?
How is studiess goingg?
Dhaan happyy kohdhehcheyy ingey pleaase? dhaan is my faaavv characterr meeeega?
Ly?☺
Awww. Noor sis. Itss okayy. Understand veyy busy veema up nukureveyyne kann. Dhenn try and update ingeyy noor sis ah free vaa varakunn. Always support kuraanan noor sis ahh.?
hehe.. al’hamdhulillaah, yess dear.. 🙂 alhey.. hehe.. dear nurohchey ingey.. dhaan ves beynumeh nuvaanennu dhw ehn kudhin dhera vaakah.. dhaan bunanee hurihaa kudhinves hiyyvaru kurahchw.. hehe.. 🙂 in sha allah, adhi dhaan ge kaafa ah ves heyo visnun libeyne.. ummeedhu kandaalaakah nuvaanennu dhw eh kamehgaves.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 in sha allah, noor try kuranee mee v haaves avahakah up kohladheveytho.. 🙂 ekam hama heevanee 23rd part lasvedhaanehen.. 🙁
al’hamdhulillaah im great.. dear kihineiyytha? 🙂 al’hamdhulillaah hama baraabaru.. studies aa vegen kudakoh bxy vanee mianna week ga.. ehnve story las vaane kamah beleveny.. 🙁 dear thiee student eh tha? ehn vehje nama dear ge kiyevun kihineiyy? 🙂 alhey dear.. hehe.. dhn balamaa dhw vaagotheh.. adi gandakahfahu usgandeh annaaney bunyehnu dhw? in sha allah, hama ehn ves vedhaanennu dhw? dhn balamaa.. 🙂 alhey.. ehentha? hehe.. aww.. <3<3<3<3<3
jazakillah khaira dear.. vrh vrh vrh bodah.. mi haalathu visnuneema vrh vrh vrh ufaavehje.. 🙂 aww.. jazakillah khairan bodu bodukoh.. 🙂
Someone hama baraabaru alhamdhulilllah?
And yess someone akee ves student ehh. Studies hama varah rangalhah dhanee in sha allah.?
Andd yess cantt wait for the next updatee?
You be the besstt?☺
masha allah sis. hama kuree part thekey effadhain mi part ves vara reethi. mi adhu hendhunun fashaigen ethah faharaku belin mi story up vitho hehe finally uped dho
jazakillah khairan dear.. 🙂 ehentha? vrh vrh vrh ufaavehje! 🙂 alhey.. ehentha? vrh bodah sorry ingey dear.. 🙁 hehe, al’hamdhulillaah yess.. 🙂 jazakillah khairan dear.. 🙂
Awwn?????Masha allah…vrh reethi mi part…Dandelion ah heevany dhaaniyal n aalaa hen merry kuraany..maniku haadha
Nulafayey..vrh sad vi mi part kiyaalaafa..next part avahah up kohdhehchey ingey..ly noor sis ????❤♥Assu mi part ah vrh wait kurin..BTW
You had uploaded this part..heheh..
assalaamu a’laikum my dear readers.. 🙂 al’hamdhulillaah, miothee vaahakaige 22 vana bai up vefa.. hehe 🙂 ummeedhu kuran hurihaa kudhinnah mi part kamudhaane kamah.. 🙂 noor balaanan time v varakun thikudhinge comment thakahves reply kureveytho.. in sha allah.. 🙂 ekam dhn othy hithaama veri kahabareh! 🙁 mi feshey week aky noor ah vvvvvvvv bxy week eh.. ehn v ma noor ah neynge 23 vana bai up vaanee seedhaa maadhamaa ey bunaakah.. ekamahtakaa hurihaa kiyuntheringe faraathun nihaayathah ma’aafah edhen.. 🙁 ekam ves vaguthu v varakun noor balaanan vaahaka publish kureveytho.. mifeshey week thereyge konmes dhuvahakun noor up kohdheveytho try kuraanan 23rd part.. in sha allah.. 🙂 las dhw? noor ah ves ingey ekan.. ekam keeh kuraanee kudhinney.. noor ah hama v varu.. ekamakuves noor hama try kuraanan v varakun.. in sha allaj.. 🙂 thikudhin thi dhey support ashaa keiyytheri kamaaeku vaahaka ah kuraa inthizaarah fahfashun shukuru dhannavan.. jazakumullah khairan and LY all.. 🙂 <3<3<3
Sis kiyavaa kuhjeh tha… And how old are you… Hama hithaherima anhaaly… OK nubunnyass ..its OK. I respect you…??
Very nice Waiting for next part please upload it fast
V reethi mi part when next part? Please upload fast Waiting for next part
maasha allah..vrh vrh vrh vrh furihama…out of words..n engeytha? kiriyaa nurovi mihuree..loluga karuna thah ebahuri…bunevey nii noor sis molhee ey kudhin kidhin rovvan..hehehe…waiting for next n ly sis bodu koh
Nice part but upload next part fast ok dhw?
Noor sis dhen avahah aalaa and dhaan gulhuvaba. Shaziyya ok vahchey plssssss
Wow. Hama rovijje sifa kohdheefa oih gothun. dhaniyalge hithah asslu haadha asareh kuraaney ??.. Dhaniyalge kaafa dhn ehaa rude vaan jeheytha ?.. Anehkaa dhaniyalge kaafa evarakun aadhil dheke nuruheny dhaniyalge kaafa ehn meehakaa marry kuran bunyma aadhil ehbas nuvymatha?E anhen kujjaky anhekaa shaziyyaatha? Areef saziyyaagaathu e bunaan ulheny dhaaniyalge vaahakatha? Ohh varh interesting❤️❤️. Avahah next part up kohdheeba ??? .
masha allah..noor ge story thah v reethi..enme furihama kameh genes dheny islaamy rivethi sifathah himanaalaifaa vaathy..mee Chim ge 1st comment mi story ah..mi part kiyaafa hama rovijje dheravegen..??
keep it up dear?
???its beautiful …..
V v. V v v reethi…. ????????
Just love it..???????????????????❤️❤️❤️❤️❤️❤️
Dhn alhea noor sis plx dhn oyeh bai mirey up kofhdhybala…. Kiyaahuthun falhain midhany,???.. Plx plx plx plx plx plx plx noor sis plx..?
.
Vvv reethi mi part ves.??
Pls tomorror aneh part genes deythih
Varah reethih vaahakah mihaaru ethah faharaku vaahakah kiyaa fin ?????
Masha allah.vvvvv reethi mi part ves…noor sis ah vaguthu v irakun next part upkohleema ok vaane..we will wait..ly sis❤❤❤
Student eh veema busy vaane kan ingeyy..even i am a student. So its ok up kuraaleh adhi lasviyas ???
Alhey.. our dhaniyal ah ehen hadhan heyo nuvaane eves kushakaanulaa.. alhugada vx haadha asare koffiyey.. dhaniyal ge kaafa ah visneyne dhivahegge inthizaarugai.. n really looking forward to dhaniaalaa (dhaniyal n aalaa) ge drama ah.. hehe..
keep up the good work dear n pls upload soon?????
noor how old r U???? stry reethi kamun ahaalee??
Masha Allah… Vvvvv reethi noor sis.. ?????????alhe dhaaniyal ah ehen hadhaakah nuvaaanehnu… Dhaan ge kaafa ge visnun rangalhu kohbala noor sis?????????? Suhboooooo kihineh baa vany eii dhaaniyal ey aalaa and shaziyaa kairy bunyma OMG… ?????????vv rulhi annane kannenge dhw… ?????aslu dhaan aki vv rich family ehge kuhjekey dhw….. Bt dhaan ge dad dhaan mom aa marry kuryma dhaan ge kaafa hihhama nujehunyma gein beyru kohly dhw… ?????????haadha reychey.. Hama Rovihjje… ???????????????waiting Curiously for the next part…. Avahah up kohdhehchey plyxx darling luv u sooooo much?????????????????
Hama aslu vx rovijje???..masha allah as usual sifakurun thah varah reethi…noor ge tests thah feshenee tha?? Ehn kamuga vanya best of luck for ur exams…i can understand that midhuvas kolhu busy vaane kan…as i am having my olevel exams…study well noor sis…free v irakun story up kohdheyne kamah ummeedhu kuran…study well…????
Hi noor.. vaahakaage hurihaa parts vets Hama Barbarah kiyan. But busy v ma comment nukurevenii. Hurihaa part thah ves varah kamudhy. Varah reethi.. masha Allah. Noor thi kuraa Hiyvarah hama saabas
adhi kiriyaa kiyaale vey varuvee.. rovijje dhaan ge kaafa dhaan aa dhey therey kanthah kuri goii kiyaalaafa…?? btw vrh vrh reethi…. ishaan umeedhu kuran dhen in part ves thankolheh avahah up vaane kamah ?? hehe
Masha allah varah reethi mi part ves?. Story ekkoh v.salhi.? keep it up?
Vvv reethi❤hama rovihje …waiting fr the next part
V reethi than kolheh dhigu koh genesdheeba
Masha allah??vv reethi stry ge mi baivx……Nau ah vx ingey studies kanthakuga bxy vaane kan??….dealing with same thing here?hehe…Noor dear ah vaguthu v varakun readers ah stry genesdheyne kan yageen….am i right???☺Gud luck dear..
Abadhuvess Dhaniyal ah dhera goi mi vanee.. inn sha allah khair adhi…
Varah reethi varah asarukohfi..rovijje avahah manma byvi kudafosi balaa.
Varah wait eba kureveyy. Engeyy lasvedhaney noor bunefa oi kan vess.. plzzz upload as soon as posble
Part23 kba
V rythi mi partves..Next park up vaany kondhuvahakun??
Haadha dhuvahekey??
Waiting waiting for the awesome story!!! Love it?
when next part dear. waiting waiting
Eagerly waiting for the next part…..
Still waiting………..!
Still waiting…?
Waiting….?
noor…….habareh ves nuvey☹☹…..
Waiting 🙁
Noor habarehves nuvey mithibee inthizaarukuraane.
dear when is next part. lasvehdhaane vaahaka bunehlaafa inas ehkam vaahaka reethi kamun ahbadhuves upload vehjje thw beleny kiyaahithun. ehgey busy vyma kan vaahaka lasvany. kiyaahiyyvaathyve abadhu upload vaaireh eheny igey noor dear. dheranuvahchey ahbadhu when next when next kiyas. ehen ahaalany vaahaka kiyaahiyyvaaleh bodukamun. when next dear eagerly waiting for the next part hehehe. noor ge stories are best
Dandelion ah mihaaru emme wait kureveny mi stry ah.. ☺?noor sis is a student so Dandelion gaboolu kuraa gothuga up vaaleh lasvumaky massala eh noon..ehennu?☺?…..noor ge mi stry in vx dandelion ge ulhumah badhalu thakeh annahen heevey..☺?eagerly waiting for the next part ingey…???Bundles of to u my dear..????