ދުޢާ 24
“ބަ.. ބައްޕައަށް ކަމުދާ ގޮތަކަށް ނިންމީމަ އޯކޭ ވާނެ.. އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ ގޮތެއްވެސް..” އާލާ އިސްދަށަށް ޖަހާލަމުން ހިތްވަރުކޮށްލައިފައި ބުނެލިއެވެ. އޭނާގެ ދުލުން އެހެން ބޭރުވީތީ ހައިރާންވި ނަމަވެސް އެކަމަށް އިންކާރުކުރާނެހާ ހިތްވަރެއް އާލާގެ ނެތެވެ. އައި ގަދަ ރުޅިއާއި އެއްކޮށް އޭނާގެ ހިތަށްވެސް އަސަރު ކުރިއެވެ. އާލާގެ އަމިއްލަ ކައިވެނީގައި އޭނާގެ އެއްވެސް ބާރެއް ނެތެވެ. އަދި އެވަރުން ނުވެގެން އޭނާ ކައިވެނި ކުރަން އެ ޖެހުނީވެސް ޙަޔާތުގައި އެންމެ ރުޅި އައި އިންސާނާއާއި އެވެ. ނަމަވެސް ކޮންމެ ގޮތެއްވިޔަސް ވެހެވެ. ބައްޕަގެ ޙައްޤުގައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
ދާނިޔަލްގެ ހައިރާންކަން އިތުރުވީ އާލާގެ ޖަވާބު އަޑުއިވިފައެވެ. އޭނާ ހީކުރީ އާލާ ފާޅުގައި އެކަމަށް އިންކާރު ކުރާނެ ކަމަށެވެ. އޭނާގެ މޫނުމަތިންނާއި ދެލޮލުންވެސް ފެނުނީ ފުރިގެންވާ ނަފްރަތެވެ. ވީއިރު އެ ޖަވާބުގެ ފަހަތުގައި ވަނީ އަނެއްކާ ކޮން ސިއްރެއް ބާވައެވެ؟ އާލާ އެ ޖަވާބުދިނީ ކީއްވެހެއްޔެވެ؟ ދާނިޔަލްއަށް ދެލޯ މަރަލެވުނެވެ. އޭނާގެ ބޮލުގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ.
އަރީފްގެ ތުންފަތްމައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އޭނާގެ ހިތަށް މިއަދު ލިބުނު އުފާވެރިކަމަކީ ބަޔާންކުރެވޭ ވަރަށްވުރެ ބޮޑު އުފާވެރިކަމެކެވެ. އޭނާގެ ދަރިފުޅު ކައިވެނި ކުރަން އެ އުޅުނީ އޭނާއަށް މިހާތަނަން ފެނުނު އެ އުމުރުގެ އެންމެ ރަނގަޅު ޒުވާނާއާއެވެ. ކޮންމެ ބައްޕައަކުވެސް އެދޭނީ ތިމާގެ އަންހެން ދަރިފުޅު ހެޔޮލަފާ ސޯލިހް ފިރިއަކާއިއެކު އުފާވެރި ޙަޔާތެއް ވޭތު ކުރާކަށް ނޫންހެއްޔެވެ؟ އެ އުފާވެރި ޙަޔާތް އާލާއަށް ލިބޭނީ ދާނިޔަލްއާއި އެކުގައިވެގެންކަން އަރީފްގެ ހިތް ބުނެއެވެ. އޭނާ އެ ފިޔަވަޅު އެޅީވެސް އެހެންވެއެވެ.
“ކޮން އިރަކު މިއަދު ދާނިޔަލްގެ ޑިއުޓީ އޮތީ؟” ކައި ނިންމާފަ އައިސް ސޯފާގައި އިނދެ އަރީފް ދާނިޔަލް އާއި ސުވާލު ކޮށްލިއެވެ. ޝަޒިއްޔާ ރުޅި މޫނު ހަދައިގެން އިނަސް އޭނާ އެ ދެމީހުން ދައްކަމުން ދިޔަ ވާހަކަތައް ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. “މިއަދު ނުދަން އޮފީހަށް.. ކުޑަ ކަމެއް ދިމާވެގެން..” ދާނިޔަލް އޭނާ ބޮލުގަ ރިއްސާ ވާހަކަ އަރީފް ގާތު ނުބުންޏެވެ. އާލާ އެ ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު އެތާ އިނދެވެނީ ކިރިޔާއެވެ. ކާން އިން އިރުވެސް އޭނާ ރުޅިގަދަވެގެން ގޮސް ދެލޮލުން ފެން އަންނަ ވަރުވިއެވެ. މިހާރުވެސް އެ އިނދެވެނީ ހާދަ ވަރަކަށް ކެތް ކޮށްގެންނެވެ. އޭނާ އެ އިންނަނީ އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް ހިތާހިތުން ދާނިޔަލްއާއި ދިމާލަށް ހަޅޭތް ލަވަ ލަވައެވެ. ދާނިޔަލް އެ ގެއިން ދިޔުމަށް އެދި އޭނާ ހިތާހިތުން ދުޢާ ކުރެވުނު އަދަދުވެސް ނޭނގެއެވެ.
“ދެން ދަނީ ބޭބޭ.. މިހާރު ދޭއްޖަހާ ބޮޑުވީ އެޔޮށް.. ދެން އެހެން ދުވަހަކުން ބައްދަލުކޮށްލާނީ ދޯ އަނެއްކާވެސް..” ދާނިޔަލް އިން ތަނުން ތެދުވެލައިފައި ފޯނު ޖީބަށް ލަމުން ބުނެލިއެވެ. އެހިނދު އަރީފްވެސް ކޮޅަށް ތެދުވެލިއެވެ. “ވަރަށް އަވަހަށް ބައްދަލުވާން ޖެހޭނެ.. ކައިވެނީގެ ތައްޔާރީތައް މިހާރުވެސް ފަށަށް ވީއޭ.. މާދަން ވާނެ ކުޑަކޮށް މަޝްވަރާކޮށްލަން އެކަމާ.. ބޭބެ އަންގާލާނަން ގަޑިއެއް..” އަރީފް ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލް ގަދަކަމުން ހިނިތުންވެލިއެވެ. އަރީފް އެ އުޅެނީ ހާދަ އަވަސް އަރުވާލައިގެންނެވެ.
ސޯފާގައި އިން އާލާ ދާނިޔަލްއަށް ކަޅި އަޅާލިއެވެ. އަދި އޭނާވެސް ނިކަން ހިނި އައިސްފައި އެބަ ހުރެއެއް ނޫންހެއްޔެވެ؟ މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ މި ކައިވެނި ހުއްޓުވަން އޭނާގެ އަނގައެއްވެސް ނޯންނަނީ ބާވައެވެ؟ އޭނާ އެއްޗެކޭ ނުބުނެ އެހުރީ އާލާ އޭނާއަށް ކުރެވުނު ވަރު އަދިވެސް ކުޑަވެގެން ހެއްޔެވެ؟ އާލާ ހިތާހިތުން ހަޅޭތް ލަވަމުން ދިޔައެވެ. އޭނާ ބަލަހައްޓައިގެން އިން ގޮތުން ހީވަނީ ނަފްރަތުގެ އަލިފާނުން ދާނިޔަލް ފިއްސާލަފާނެހެންނެވެ.
ދާނިޔަލް އެގެއިން ނިކުތުމުން އާލާ ހަމަޖެހޭގޮތް ދައްކަމުން އިން ތަނުން ތެދުވެ ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. “އާލާ ދަރިފުޅާ.. މާދަން ކައިވެނީގެ ކަންކަމާއި މަޝްވަރާ ކުރާއިރު މައްސަލައެއް ނެތް ރުކާ ގެނަޔަސް.. އެއީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާ ވީމަ މި ބުނެލީ..” އާލާގެ ފިޔަވަޅުތައް މަޑުޖެހުނީ އަރީފްގެ އަޑަށެވެ. ދެލޯ މަރާ ބާރުކޮށްލުމަށްފަހު ހަމަޖެހުމަށްޓަކައި ދެތިން ނޭވާއެއް އޭނާ ލިއެވެ. އަދި ފަހަތަށް އެނބުރިލުމަށްފަހު ހިނިތުންވެލައިފައި މައްސަލައެއް ނެތްކަމަށް ބުނެލިއެވެ.
ދުވެލައިފައި ސިޑިން އަރައިގެން ގޮސް އާލާ އޭނާގެ ކޮޓަރިއަށް ވަނެވެ. އެއިރު އޭނާ ދިޔައީ ފުން ނޭވާތަކެއް ލަމުންނެވެ. އެނދުގައި އިށީނދެލުމަށްފަހު ދެފައި ވަށްކޮށްލިއެވެ. އަދި ބާލިހެއް ނަގާއި މޭގައި ޖައްސާ ބާރުކޮށްލިއެވެ. އެހިނދު އޭނާގެ ލޮލަށް ދެންމެ ހިނގާދިޔަ ހުރިހާކަމެއް ސިފަވެގެން ދިޔައެވެ. އެހިނދު ބާލިސް މޫނުގައި އަޅާ އާލާ ހަޅޭތް ލަވައިގަތެވެ. އޭނާ އެހެން ހެދުމުން އަޑު ބޭރަށް ނިކުންނަނީ ފުދޭވަރަކަށް މަޑުންނެވެ.
“އަހަރެން ކިހިނެތް އެ ދާނިޔަލް އާ އިންނާނީ؟ ދާނިޔަލް ދާނިޔަލް ދާނިޔަލް.. ހުރިހާ ތާކު މީނަގެ ދެފައި.. ކީއްވެގެންތަ ދާނިޔަލް މަގޭ ޙަޔާތުން ނުނިކުންނަން ތިއުޅެނީ؟ ހަމަ މަ ނޫން މީހެއް މިއޮށް ބޮޑު ދުނިޔެއިން ދާނިޔަލް އަށް ނުލިބުނީތަ؟ ރުފިޔާ އާއި އުޅުނަސް ފުކެއް ބޮޑުވަރު.. ބައްޕަ ބޯ ކާލައިގެން މަށާއި ކައިވެނި ކުރަން ދޯ ތިއުޅެނީ.. ހަނދާން ކުރާތި.. މަގޭ މީ ކަލޭ އަންބަކަށް ވާދުވަހުން ތިކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އަނގާލާނަން..” އާލާ ހީވަނީ ރުޅި އައިސްގެން ގޮސް މުޅި މީހާ ހަލާކުވެދާނެހެންނެވެ.
ބާލީސް އެއްލާލުމަށްފަހު އެދިޔަ ބާރުމިނުގައި ފާޚާނައަށް ވަނެވެ. އެޔަށްފަހު މާގަނޑު ދޫކޮށްލައި މާގަނޑު ދަށުގައިމަޑުކޮށްލިއެވެ. މުތީތަކެއްފަދައިން ފެން ތިކިތަށް އާލާގެ މޫނުގައި ބޮސްދެމުން ދިޔައިރު އޭނާ މަޑުން ހުރުމުގެ ސަބަބުން ހީވަނީ ފިނި ފެނުގެ ސަބަބުން އޭނާގެ ރުޅިގަނޑުވެސް ފިނިވީހެންނެވެ.
ތެތް އެއްޗެހި ބަދަލުކޮށްލުމަށްފަހު އާލާ އޭނާގެ ބެލްކަންޏަށް ނިކުތެވެ. އަދި ފޯނުން ކޮންމެވެސް މީހަކަށް ގުލާލުމަށްފަހު އެތާ ހުރި ސޯފާ ވައްތަރު ގޮނޑީގައި އިށީނދެލިއެވެ.
***
އެޕާޓްމެންޓެގެ ތަޅުވަޅަށް ތަޅުދަނޑި ކޮށްޕާލި ދާނިޔަލް މަޑުޖެހިލީ އޭނާގެ ފޯނަށް މީހަކު ގުލަން ފެށުމުންނެވެ. ޖީބުން ފޯނު ނަގައި ބަލައިލި ތަނުން އޭނާގެ މޫނުމަތި މާޔޫސްވިއެވެ. ގުޅަނީ އާދިންއެވެ. އެވަގުތު އޭނާގެ ލޮލަށް އިއްޔެ ވީ ހުރިހާކަމެއް ސިފަވެގެން ދިޔައެވެ. ނަގަން ނުނަގަން ހުއްޓާ ފޯނު ކެނޑުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދޮރު ހުޅުވައިފައި ގޭތެރެއަށް ވަތް ތަނުން އަނެއްކާވެސް އާދިން ގުޅިއެވެ. ދާނިޔަލް މިފަހަރު ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
ހިތްވަރު ކޮށްލައިފައި އިސްލާމީ ރިވެތި ސަލާމުން ދާނިޔަލް ސަލާމް ގޮވާލިއެވެ. އެހިނދު އާދިންވެސް އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ސަލާމް ބަލައިގަތެވެ. “ދާނިޔަލް.. ބޭބެ ބޭނުން ބައްދަލު ކޮށްލަން.. ތިގެއަށް ދިއުން ކިހިނެތް ވާނެ؟” އާދިން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ދާނިޔަލް އެކަމަށް ދެކޮޅު ނެހެދީ އޭނާގެ ބޮޑުބޭބެއާއި އޭނާ ގުޅުން ބަދަހިކުރަން ޖެހޭތީއެވެ. އަދި އާދިންއާއި އޭނާ ދައްކަންޖެހޭ ވާހަކަތަކެއްވެސް ހުރުމުންނެވެ. “އަޒާންއަށް އިނގޭނެ މިގޭ.. ހެންވޭރުގަ މިގޭ ހުރީ..” ދާނިޔަލް ކުޑަގޮތަކަށް ކިޔާލަދިނެވެ. އެހިނދު އާދިން މައްސަލައެއް ނެތް ކަމުގައިބުނެ ފޯނު ކަނޑާލިއެވެ.
އޭގެ އިރުކޮޅެއް ފަހެވެ. ދާނިޔަލް ސޯފާގައި ލައްވެލައިގެން ދެލޯ މަރާލައިގެން އިނެވެ. ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ދެލޯ ހުޅުވާލުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި ގޮސް ދާނިޔަލް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އާދިންއާއި އަޒާން ފެނި ދާނިޔަލް ގަދަކަމުން ހިނިތުންވެލިއެވެ. އަދި އެދެމީހުން ވަންނަން ތަން ދައްކަމުން ދާނިޔަލް ދުރަށް ޖެހިލިއެވެ.
ސޯފާގައި ތިން މީހުން އިށީނދެފައި އެކަކުވެސް ވާހަކަ ނުދެއްކުމުން ހިމޭންކަމުގެ ހިނދުކޮޅެއް ވޭތުވެ ދިޔައެވެ. އަޒާން ދާނިޔަލް އަށް ބަލަހައްޓައިގެން އިން އިރު ދާނިޔަލް އިނީ ދެއަތް ޖޯޑުކޮށްލައިގެން އިސްދަށަށް ޖަހައިގެންނެވެ. “ދާނިޔަލް.. މިއީ ދާނިޔަލްގެ ތިއްތިބެ އިނގޭ މިއަދަށްފަހު.. ހެހެ..” ތަނުގައިވީ ހިމޭންކަން ފޫއަޅުވާލަމުން އާދިން ބުނެލިއެވެ. އެހިނދު އާދިން އަށް ބަލައިލައިފައި ހިނިތުންވެލުމަށްފަހު ދާނިޔަލް އަނެއްކާވެސް އެހެން ދިމާލެއް ބަލައިލިއެވެ. އާދިންމެންނާ ހަތަރުކަޅި ހަމަކުރަން އޭނާއަށް އުނދަގޫ ވަނީއެވެ.
“ދާނިޔަލް.. ތިއްތިބެއަށް އިނގޭ ކާފަ އެގޮތަށް ވާހަކަ ދެއްކީމަ ދެރަވާނެކަން.. އެކަމަކު ކީއްކުރާނީ.. އެއީ ހަމަ ކާފަގެ ގޮތް.. ދާނިޔަލް ދެރަނުވޭ.. އަދި އެއްދުވަހުން ކާފައަށްވެސް ވިސްނޭނެ.. އަބަދުވެސް ތިއްތިބެއާއި ތިއްތިބެދައްތަ ދެން އަޒާން ހުންނާނީ ދާނިޔަލް އާ އެކު.. އިން ޝާ ﷲ..” އާދިން ހިނިތުންވެލަމުން ދާނިޔަލް އަށް ހިތްވަރު ލައިދިނުމުގެ ގޮތުން ބުނެލިއެވެ.
ދާނިޔަލް އިސްއުފުލާލުމަށްފަހު އާދިންއަށް ޝުކުރުވެރި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އިރުކޮޅެއް ވާންދެން އެގޮތުގައި ވާހަކަ ދައްކަން ތިބުމުން އެ ތިން މީހުންގެ މެދުގައި އޮތް ގުޅުން އިހުނަށްވުރެ ބަދަހިވެގެން ދިޔައެވެ. “ކުޑޭ ފޫއްސެއް ނުވޭތަ އެކަނި މިއޮށް ބޮޑު ތާ އުޅޭކަށް؟” އެ ކުޑަ ވަގުތުކޮޅު ތެރޭ އަޒާން ދާނިޔަލްއަށް ކިޔާނެ ނަމެއް ހަދާލިއެވެ. ދާނިޔަލްވެސް އެކަންތަށް މާބޮޑު ކަމަކަށް ނެހެދިއެވެ. އަޒާންއަކީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮވިއްޔާއެވެ.
“ހޫމް.. ނުވޭ ފޫއްސެއް.. އަޒާން ތިހެން ބުނީމަ މި ހަނދާން ވީ.. ތިއްތިބޭ ގާތު ވަރަށް ބޮޑު ވާހަކައެއް ބުނެލަންވެފަ އެބޮތް.. ވަރަށް މުހިއްމު ވާހަކައެއް..” ދާނިޔަލް ސޯފާގައި ހަމަޖެހިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އާދިންއާއި އަޒާންވެސް ދާނިޔަލް ދައްކަން އެ އުޅޭ ވާހަކައެއް އަޑުއެހުމުގެ ޝައުގުވެރިކަން ބޮޑުވެފައި ވީ ވަރުން ކެތްތެރިކަމާއެކު އެތާ ތިއްބެވެ.
“އަޅުގަނޑު މިއުޅެނީ ކައިވެނި ކުރަން.. އަދި ދުވަހެއް ފައިނަލް ނުކުރަން.. އެކަމަކު މާދަން އެބައޮތް އެ ގެއަށް ދާން.. ކައިވެނީގެ ކަންތަކުގެ ކުޑަ މަޝްވަރާއަކަށް.. ތިއްތިބޭ ވެސް އަޅުގަނޑާއި އެކީ ގޮސްފިއްޔާމު ވަރަށް އުފާވާނެ..” ދާނިޔަލް އާދިންގެ މޫނަށް ބަލަހައްޓައިގެން އިނދެ ހިނިތުންވެލައިފައި ބުނެލިއެވެ. އާދިންގެ މޫނުމައްޗަށް ވެރިވި ފުޅާ ހިނިތުންވުމުންވެސް އޭނާ އުފާވި މިންވަރު ހާމަކޮށްދެއެވެ. އަޒާންއާއި އާދިންގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ލިބިފައިވެއެވެ. “ވާހް.. ކޮންގްރެޓްސް ކުޑޭ..” އަޒާން އިން ތަނުން ތެދުވެގެން އައިސް ދާނިޔަލް ގާތު އިށީނދެފައި އޭނާގެ ކޮނޑަށް އަތް ވައްޓާލަމުން ލާނެއް ހިނިތުންވުމަކާއެކު ބުނެލިއެވެ.
ކުރިންވެސް އެދެމީހުންނަކީ ގާތް އެކުވެރިންކަމުން އެއީ ދެބެންގެ ދެދަރިންކަން އެނގުނު ފަހުން ދާނިޔަލް އާއި އަޒާންގެ ދެމެދުގައި އޮތް ގުޅުން ވަނީ އިހުނަށްވުރެ ވެސް ވަރުގަދަ ވެފައެވެ. “އެހެންތަ؟ ވަރަށް އުފާވެއްޖެ ތިއްތިބެ.. ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތަށް ކޮށް ނިންމަންވީ.. ކައިވެނި ވީހާވެސް އަވަސް ކުރުން ބުއްދިވެރީ..” އާދިން ދެއްކި ވާހަކައިން ދާނިޔަލްގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އަރީފްއެކޭ އެއްގޮތަށް އާދިންވެސް އެ ބޭނުންވީ މި ކައިވެނި އަވަސްކުރާށެވެ. އަނެއްފަހަރު އަނެއް ހަތަރު ކަންތަކާމެދު ވިސްނަން ވީއެވެ. އޭނާ ކައިވެނި ކުރަން އެއުޅެނީ އާދައިގެ އަންހެން ކުއްޖަކާ ނޫން ވިއްޔާއެވެ. އެހެން މީހުންނަށް އެކަން އިނގޭނެ ނަމައެވެ.
“ދާން ފަހުން އަންގާލާނަން ދާންވީ ގަޑި..” ދާނިޔަލް މަޑުމައިތިރިކަމާއެކު ބުނެލި ހިނދު އާދިން ހިނިތުންވެލައިފައި ބޯ ޖަހާލިއެވެ. އަދި ދާނިޔަލް ގާތަށް އައިސް އޭނާ ގައިގައި ބައްދާލައިފައި މަރުހަބާ ކިއެވެ. މިއަދު އަދީލް ނެތްކަމުގެ އިޙުސާސް ދާނިޔަލްއަށް ވާކަށް އާދިން ނޭދެއެވެ.
***
“ކީކޭ؟” އާލާ ކަންފަތުގައި ޖައްސާފައި އިން ފޯނު ދުރުކޮށްލީ ރުކާ ހަޅޭތް ލަވައިގަތްލެއް ބާރުކަމުންނެވެ. އޭނާ ކައިވެނިކުރަން ޖެހެނީ ދާނިޔަލް އާއި ކަމުގައި ބުނުމުން ރުކާއަށް ލިބުނު ހައިރާންކަމުގައި ހަޅޭތް ލަވައިގަނެވުނީއެވެ. “މަޑުކޮށްލާ އިނގޭ..” ރުކާ އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. އާލާ ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު ސްކްރީނަށް ބަލަހައްޓައިގެން އިނީއެވެ. ރުކާއަށްވެސް ފޯނު ކަނޑާލަން އިނގުނީ އަދި މިވަގުތު ހެއްޔެވެ؟
“އަދި އެއްފަހަރު ބުނެބަލަ.. ކީކޭ؟” އާލާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ބެލްކަންޏަށް ނިކުތް ރުކާ ފެނިފައެވެ. އޭނާއަށް ކޮޅަށް ތެދުވެވުނު އިރު ދެލޯ ވަނީ ބޮޑުވެފައެވެ. “ހަހަ.. ދެންމެ ސިޑިން އަރަނިކޮށް އާލް ގުޅީ.. ދެން އަވަހަށް މި އައީ..” ރުކާ ވީގޮތް ކުރުކޮށް ކިޔާލަދިނެވެ. އެޔަށްފަހު އަނެއްކާވެސް މައުލޫއަށް ދިޔައެވެ. “އަހަރެން މެރީ ކުރަން ޖެހެނީ އެ ދާނިޔަލް އާއޭ..” އާލާ ހަށަން ބަނދެލުމަށްފަހު ދެބުމަ ގޮށްޖަހާޅަމުން ބުނެލިއެވެ. އެވަގުތު ރުކާއަށް ލިބިގެންދިޔައީ އިންތިހާއަށް ހައިރާންކަމެވެ. އެއާއެކު އޭނާއަށް ދެން ވީ މަޖަލެވެ.
“ކޮބާ.. އެއިރުވެސް މަ ބުނީމެއްނު.. އެންމެ ފަހުން ދެމީހުން އިންނާކަށްނު ތި ޖެހުނީ..” ރުކާ ހިނިގަނޑެއް ޖަހާލައިފައި ބުނެލިއެވެ. އެވަގުތު އާލާ ރުކާއަށް ބަލައިލުމަށްފަހު ލޯ އަޅާލިއެވެ. އޭނާ އެހާ ރުޅިފަދަވެފަ ހުރި އިރު ރުކާ އަދިވެސް އެއުޅެނީ ސަކަރާތް ޖަހާށެވެ. “ހެއި.. އެއީ މަޖަލަށޭ..” އާލާ އެހުރީ ޙަޤީގަތުގަވެސް ރުޅި އައިސްފަކަން އިނގުމުން ރުކާ މައިތިވިއެވެ. އެޔަށްފަހު މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. “ރުކާ.. އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް.. އެ ދާނިޔަލް އާއިއެކީ އުޅޭކަށް ހަމަ އެއްގޮތަކަށްވެސް ބޭނުމެއް ނޫން.. އެކަމަކު ބައްޕަގެ އެދުމަށް ފުރަގަސް ދޭކަށްވެސް ބޭނުމެއް ނޫން.. ދެން މަ ކިހިނެތްތަ ހަދާނީ.. ރުކާ އަޅެ އަހަންނަށް ހަދާނެ ގޮތެއް ބުނެދީބަލަ..” ބޮލުގައި ހިފަހައްޓާލަމުން އެތާ އިން ސޯފާ ގޮނޑިއަށް އާލާ ވެއްޓިގަތެވެ.
އޭނާގެ މޫނުމައްޗަށް ބަލައިލިޔަސް އެ ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް ހިނގަމުން ދާކަން އިނގެއެވެ. ރުކާ ހަށަންބަނދެލައިގެން ރެއިލިންގައި ލައްވެލައިގެން ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އާލާއަށެވެ. އާލާ އިނީ ނުހަނު ފުން ވިސްނުމަކަށް ގެއްލިފައެވެ. “މަށަށް ފެންނަނީ އާލް ތި ކައިވެނި ކުރަން..” ވިސްނުމަކަށް ގެއްލިފައި އިން އާލާ ސިހުނީ ރުކާ ދިން ޖަވާބުންނެވެ.
ކުއްލިއަކަށް އޭނާ ރުކާއަށް ބަލައިލިއެވެ. އެ މޫނުމަތީގައި ވަނީ ހައިރާންކަމާއި އެއްވަރަށް ސިހުމެވެ. “އާނ.. އާލް ދާނިޔަލްއާއި މި ކައިވެނި ކުރޭ.. ކިހިނެތް އިނގެނީ ދާނިޔަލް އަކީ އާލް ތި ހީކުރާ ކަހަލަ މީހެއް ނޫންކަން؟ ހަމަ ވެދާނެއްނު އެއީ ވަރަށް ރަނގަޅު މީހަކަށްވެސް.. އިނގޭތަ؟ އަސްލު ޙަޤީގަތުގަ މީހަކާއި އިންނައިރު އޭނާއަކީ ކޮން ފެންވަރެއްގެ މީހެއްތޯ ބެލުން މާ މުހިއްމެއް ނޫނޭ.. މިބުނީ ވަކި ފަޤީރަކަސް އެއީކީ މައްސަލައެއް ނޫނޭ.. އެއީ އެމީހުން އަމިއްލައަށް ކުރާ ކަމެއް ނޫނެއްނު.. އެއީ މާތް ﷲ މިންވަރު ކޮށްދެއްވި ގޮތް.. އެކަމުގަ އެމީހުންގެ ކުށެއް ނެތް.. ދެން އެހެން ނޫނަސް މިހާރު އޭނާއަކީ ނިކަމެއްޗަކަށް ނުޥާނެ.. އެއީ މި ދިވެހިރާއްޖޭގެ އެންމެ މޝްހޫރު އެއް ހޮސްޕިޓަލްގެ މަތީ މަޤާމެއްގަ ހުރި ޑޮކްޓަރެކޭ އާލް..” ފަނޑު ހިނިތުންވުމަކާއި މަޑުމައިތިރިކަމާއެކު ރުކާ އާލާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އެކަމަކު.. މަ ކިހިނެތް އޭނައާއެކީ އުޅޭނީ.. ފެންނަ އިރަށްވެސް ހާދަ ރުޅިއެއް އާދެޔޭ.. ނޭނގެ ކީއްވެކަމެއް އެހެން ވަނީ.. އޭނާ މާ ފޮނިބޮޑީ.. ހިތަށް އަރާ ހަމަ ގޮސް އޭނާ ގައިގަ ޖަހާލަފާނަމޭ ބައެއް ފަހަރަށް..” އާލާ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ޅަގޮތްގަނޑު ފެނިފައި ރުކާއަށް ދެފަރާތަށް ކުޑަކޮށް ބޯ ހުރުވާލެވުނު އިރު ހިނިވެސް އައެވެ. ނަމަވެސް ގަދަކަމުން އެތެރެއަށް ހިނިގަނޑު ހިންދާލީއެވެ. “ތިހެން ވިއްޔާ ހުރޭ.. މަ ތި ދެމީހުން ކައިވެނި ނުކޮށް ދިޔަކަ ނުދޭނަން.. އަސްލު އިނގޭތަ؟ ތި ދެމީހުން ވަރަށް ގުޅޭ..” އާލާ ދެލޯ ބޮޑުކޮށްލަމުން ރުކާއަށް ލޯ އަލާލިއެވެ. އެޔަށްފަހު ރުކާއަށް ބާރަކަށް ގޮވާލައިފައި އެންމެ ގާތުގައި އޮތް ކުޝަން ނަގާ ރުކާއާއި ދިމާލަށް އެއްލިއެވެ. ރުކާ މަޖާވެގެން ހޭއިރު އާލާ ހުރީ ރުޅިއައިސްގެން ދެބުމަ މަގުލަސް ޖަހާލައިފައެވެ.
“ކޮން ރުކާއެއް ކިޔާކަށް.. އަރީފްބެގެ ނިންމުން ވަރަށް ބަރާބަރު.. އެޔަށްވުރެ ރަނގަޅު ފިރިހެން ކުއްޖެއް އާލް ހޯދާކަށް ހަމަ ލާހިކެއް ނޫން..” އާލާ ރުޅި އަރުވާލުމުގެ ބޭނުމުގައި ރުކާ ޖެއްސުމަށް އެހެން ބުނެލުމަށްފަހު ދުވެފައި އެކޮޓަރިން ނިކުމެގެން ދިޔައެވެ. ރުކާ ދިޔުމުން އަނެއްކާވެސް އާލާ އެ ގޮނޑިއަށް ވެއްޓިގަތެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އޭނާއަށް މިހާރު ވާންވީ ކިހިނެތް ކަމެއް ނޭނގެއެވެ. އެކަމުގައި އޭނާ ހަދާނެ ގޮތެއްވެސް ނޭނގެއެވެ. އާލާއަށް ވަނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ.
އާ ދުވަހަކަށް އިރު ފެނުން ތޮޅެލުމާއެކު މީހުން ހޭލަމޭލަވާން ފައްޓައިފިއެވެ. ސާފު އުޑުމަތީގައި މިނިވަންކަމާއެކު މަދުމަދުން ކާޅުތައް އުދުހެމުން ދެއެވެ. ދާނިޔަލް ހޮސްޕިޓަލުގައި އިން އިރު ވަރުބަލިކަމެއް ނެތި އޭނާގެ ވަޒީފާ އަދާކުރަމުން ދިޔައެވެ. ދޭތެރެއަކުން ލިބޭ ހުސްވަގުތުކޮޅެއްގައި އިޝާން ކޮށްފައި ހުރި މެސެޖުތަކަށް ޖަވާބު ދެމުންވެސް މެއެވެ. ބްރޭކް ގަޑި ވުމުން ދާނިޔަލް އިން ތަނުން ތެދުވެލައި ފޯނު ނަގައި ޖީބަށް ލީ ކެންޓީނަށް ދިޔުމުގެ ބޭނުމުގައެވެ.
ފުރަތަމަ ފިޔަވަޅު ކުރިޔަށް އަޅާލައިފައި އޭނާ ހުއްޓުނީ އެތެރެއަށް ވަދެގެން އައި އަޒާން ފެނިފައެވެ. “ހިނގާ ކެންޓީނަށް..” އަޒާން ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލް ބޯ ޖަހާލަމުން އަޒާން އާއި އެކު ނިކުމެގެން ދިޔައެވެ. ދިޔަ މަގުމަތީގައި އިޝާން ގުޅުމުން އޭނާގާތުވެސް ކެންޓީނަށް އައުމަށް ބުނެފައެވެ.
“އަނހަ އަޒާންވެސް ތަ؟ ދުވަސްކޮޅެއް ވެއްޖެ ދޯ ދިމާނުވާތާ..” އިޝާން އަޒާންއާއި ސަލާމްކޮށްލަމުން ބުނެލިއެވެ. ބޭނުންވާ އެއްޗިއްސާއި އެކު އައިސް ތިން މީހުން މޭޒުދޮށުގައި އިށީނދެ ހަމަޖެހިލިއެވެ. “އޭތް ބްރޯ.. އިއްޔެ ދާނިޔަލްގެ އަރީފްބެމެން ގެއަށް ދިޔައީ ކީތްކުރަންތަ؟ ކަންތައް ވީގޮތުގެ ވާހަކަ ނުވެސް ބުނަމެއްނު އަދި..” އިޝާން ކުއްލިއަކަށް ކަމެއް ހަނދާންވީފަދައަކުން ފޯރީގައި ބުނެލިއެވެ. އެވަގުތު ދާނިޔަލް އަނގައަށް ލައިލައި އިން ސޭންޑްވިޗް ތަށީގައި ބާއްވާލިއެވެ. އަޒާން އިނީ ލާނެތް ފާޑަކަށް ހިނި އައިސްފައެވެ. އޭނާ ކަރުކެހިލުމުން ދާނިޔަލްއާއި އިޝާން އޭނާއަށް ބަލައިލިއެވެ. އެހިނދު އަޒާން ހޭން ފެށުމުން އިޝާން ސުވާލުގެ ނަޒަރަކުން ދެމީހުންނަށް ބަލަހައްޓައިގެން އިނެވެ.
“ކުޑޭ އެއުޅެނީ މެރީ ކުރަންވެގެން..” ދާނިޔަލް އިޝާންއަށް ވީގޮތް ކިޔައިދިނުމަށްޓަކައި އަނގަ ހުޅުވާލި ވަގުތު އަޒާން އަވަހަށް ބުނެލިއެވެ. އެހެން ކަމުން ދާނިޔަލް ދެބުމަ ގާތްކޮށްލަމުން އަޒާންއަށް ބަލައިލިއެވެ. “ކީކޭ؟” އިޝާން ދެލޯ ބޮޑުކޮށްލުމަށްފަހު އޭނާގެ ހުރިހާ ސަމާލުކަމެއް ދާނިޔަލްއަށް ހުސްކޮށްލިއެވެ.
“އަރީފްބޭ މަ ކައިރީ ބުނެފަ އޮތީ ކުރިން ދުވަހެއްގަ ދިމާވެގެން ދާނިޔަލް މިހާރު ކައިވެންޏަކާއި ހަމައަށް ދާން ވީ ނޫންހޭ.. ކަމުދާ ކުއްޖަކު ފެނިއްޖެއްޔާ ބޭބެ ކައިރީ ބުނައްޗޭ.. ބޭބެ ކައިވެނި ހަމަޖައްސައިދޭނަމޭ.. ދެން މަ ބުނިން މަށަކަށް ނެތޭ އަދި ކަމުދާ ކުއްޖެއް ފެނިފަ.. ބޭބެ ހަމަޖައްސައިދޭ ކުއްޖަކު މަށަށްވެސް މައްސަލައެއް ނެތޭ.. ދެން އިއްޔެ ބުނީ އެގެއަށް ދާން.. ދިޔައީމަ މި އިނގުނީ.. އާލާ އާއި މަގޭ ކައިވެނި ހަމަޖެހުނީ.. އާލާ އެއީ އަރީފްބެގެ ހަމައެކަނި ހުރި ދަރިފުޅު..” ދާނިޔަލް ކުރުގޮތަކަށް އިޝާންއަށް ކިޔައިދިނެވެ. އެވަގުތު އިޝާންގެ ހައިރާންކަން މަޑުމަޑުން ފިލާގޮސް އޭނަގެ މޫނުމައްޗަށް ލާނެތްކަން ވެރިވިއެވެ.
“އެސޮރުވެސް ބޮޑުވީދޯ.. ދެން އުޅޭނީ އަބަދު އަންހެނުންނާއި އެކީ ޓައިމް ސްޕެންޑް ކުރަން ހަދައިގެން އަހަރެމެންނާއި ވެސް ދިމާ ނުވެ ކަންނޭނގެ.. މަގޭ ކޮއްކޮވެސް ބޮޑުވެއްޖެދޯ.. ބޭބެ ދޭން އޮތްހާވެސް ނަސޭޙަތަކީ ބަސް އަހައިގެން އުޅޭށޭ.. ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗަކަށް ނަހަދާށޭ..” ސަކަރާތް ޖެހުމުގެ ބޭނުމުގައި އިޝާން ދާނިޔަލް ކޮނޑުގައި ފިރުމާލައިފައި ބުނެލިއެވެ. އެވަގުތު އަޒާން ހޭން ފެށި އިރު ދާނިޔަލް އިޝާންގެ އަތް ފޮޅުވާލިއެވެ. އެ ދެމީހުންގެ ދިމާކުރުންތަކުން ދާނިޔަލް އަށް ރެކުން ވީ ނާދިރުކަމަކަށެވެ. ކޮންމެ ގޮތެއް ވިޔަސް މި ދެމީހުން ދެނެއް ދުލެއް ނުކުރާނޭ ދާނިޔަލްގެ ހިތަށް އެރިއެވެ. އެވާހަކަ ބުނެވުނީތީ ދެރަ ހީވެފައި ދާނިޔަލް މަޑުން އިނެވެ.
ދުވަހުގެ ބާކީ އޮތްބައި ވެސް އާދައިގެ މަތިން ދިޔައެވެ. އަރީފް ގުޅާފައި އެގެއަށް އަންނަންވީ ގަޑި ބުނުމުން ދާނިޔަލް އެކަންތައް އާދިންއަށްވެސް އަންގާލިއެވެ. ދާނިޔަލްއަށް މިރޭގެ ބައްދަލުވުން ވަރަށްވެސް މުހިއްމެވެ. އޭނާގެ ބޮޑުބޭބެ އަރީފްއަށް ތައާރަފްކޮށްދޭންވެސް އެބަޖެހެއެވެ. އަނެއްކޮޅުން މިރޭ އޭނާގެ ކައިވެނީގެ ބޮޑެތި ނިންމުންތައް ނިމިގެން ދާނެއެވެ. ދާނިޔަލް ހުންނަން ޖެހޭނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
ކަނޑު ނޫކުލައިގެ އުޅަނބޮއްޓާއި ހަމައަށް އަތުކުރި އޮޅާލެވިފައިވީ އަތްދިގު ގަމީހާއި ކަޅު ފަޓުލޫނުގައި ހުރި ދާނިޔަލް ގެއިން ނިކުމެގެން ކޮސް ކާރަށް އަރާ ދުއްވާލިއެވެ. މަގުމައްޗަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްގެން އޭނާ ދުއްވަމުން ދިޔައިރު ދާނިޔަލްގެ މިސްރާބު ހުރީ މަނިކުމެން ގެއަށެވެ. އޭނާ އެގޭ ކައިރީގައި ކާރު މަޑުކޮށްލުމަށްފަހު އާދިންއަށް ގުޅާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އާދިން އާއި އަޒާން އައިސް ކާރަށް އެރުމުން ދާނިޔަލް ކާރު ދުއްވާލިއެވެ. އޭނާ އާދިން ބަލައި އައީ އާދިންއަށް އަރީފްމެންގެ ގެ ހުންނަ ތަން ނޭނގުމުގެ އިތުރަށް ދާނިޔަލްއާއި އެއްކާރެއްގައި ދިއުމުގެ ބޭނުމުގައެވެ.
“ކުޑޭ ނާވަސްވެފަތަ ތީނީ..” ލާނެތް ރާގަކަށް އަޒާން ބުނެލި ހިނދު ދާނިޔަލް “ޕިސް” ލައްވާލިއެވެ. އޭނާ މަގުމައްޗަށް ސަމާލުކަންދީގެން އިން ނަމަވެސް ޙަޤީގަތުގައި އޭނާ ވަނީ ނުތަނަވަވްވެފައެވެ. އެކަން އެ މޫނުމަތިންވެސް ފާޅުވޭވޭ ހުއްޓެވެ. ދާނިޔަލް އެކަންތައް ފޮރުވަން އެ މަސައްކަތްކުރަނީ އެހެންވެއެވެ. ދެކުދިންގެ ސަމާސާ އަޑުއަހަން ފަހަތު ސީޓުގައި އިން އާދިން އިނީ ހެވިފައެވެ. އެތަށް ދުވަހަކަށް ފަހު އާއިލާއަށް މެންބަރެއް އިތުރުވުމުން އެ އާއިލާ ވަނީ އިތުރަށް ފުރިހަމަ ވެފައެވެ. އެންމެ ކަމެއް ފިޔަވައެވެ. މަނިކުގެ ހިތް ދާނިޔަލްއަށް ހެޔޮ ނުވުން ފިޔަވައެވެ.
ރޭގަނޑުގެ އެ ވަގުތު އަނދިރި މަގުތަކުން ލައިފައި އައިސް ދާނިޔަލްމެންނަށް އަރީފްމެންގެ ގެއަށް އާދެވުނެވެ. ދާނިޔަލް ކާރު ޕާކު ކޮށްލުމުން ތިން މީހުން އެކީ ކާރުން ނިކުމެގެން އެ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދޮރުވާނަށް ދާނިޔަލް ފެނުމުން ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ގޭޓު ހުޅުވާލިއެވެ. އެއިރު އަރީފް އެދިމާލަށް އަންނަމުން ދެއެވެ. ރޭގަނޑުގެ ވަގުތުކަމުން މުޅި ގޭގޭ ގޯތިތެރެއަށްވެސް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. އެހެން ކަމުން އެކަކު އަނެކަކުގެ މޫނު ރީއްޗަށް އިނގޭ ވަރެއް ނުވެއެވެ.
“އައްސަލާމް ޢަލައިކުމް.. ތި އާދެވުނީދޯ.. މިއީ ކޮން ބައެއްތަ ދާނިޔަލް؟ ބޭބެއަށް ތައާރަފް ކޮށޤދޭން ވާނެ އިނގޭ.. ހިނގާ އަވަހަށް އެތެރެއަށް ދަމާ.. މިތާ ތިބެގެން ވާހަކައެއް ނުދެއްކޭނެއްނު..” އަރީފް ދާނިޔަލްމެންނަށް ހިނިތުންވެލަމުން ބުނެލިއެވެ. އެހެން ކަމުން އެ ތިން މީހުން އަރީފްގެ ފަހަތުން ގޮސް އެގެއަށް ވަނެވެ. އަރީފް އިސްވެ ކުރީގައި ހުރެ ހިނގަމުން ދިޔުމުގެ ސަބަބުން ފެންނަން ހުރީ އޭނާގެ ފުރަގަހެވެ.
ތިން މީހުން ގޮސް ސޯފާގައި އިށީނދެލިއެވެ. އެވަގުތު އެންމެންނަށް އެކަކު އަނެކަކުގެ މޫނު ފެނުނެވެ. އަރީފްއާއި އާދިންގެ ދެލޯ ވަގުތުން ބޮޑުވިއެވެ. އަޒާންއާއި ދާނިޔަލް އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު ބުމަ އަރުވާލީ ކިހިނެތް ވީބާވައޭ ސުވާލު ކުރާ ފަދައަކުންނެވެ.
(ނުނިމޭ)
39 Comments
Comments are closed.
assalaamu a’laikum my dear readers.. 🙂 miothee vaahakaige 24th part.. 🙂 ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah.. and yeah, mirey thankolheh las ves vefa hurumaa eku noor maadhamaa kuree part ge coments thakah reply kohlaanan, in sha allah.. 🙂 hurihaakudhin thi dhemundhaa support ah vrh bodah shukuriyyaa.. 🙂 jazakumullah khairan and LY all.. 🙂 good night hurihaa kudhin.. 🙂 <3<3<3
Alhey …emme salhi hisaabun thi nimmaaly …when is the next part???
Wow.. varah salhi hama.. waiting for the next part.. ??
Alhey emme adu ahan beynun vr hisaabun thi ninmaaly..! ? V salhi Hama vrhaka. V Interesting..✨
Waiting for next part… Next part vy varakun avahah up kohla dhehcheyy…?❤️✨
Varah selhi waiting for next part
Masha Allah???woah???I’m speechless???Sifakurunthah vrh vrh vrh furihama???Aalaa ulhey vahtharu vrh majaa???heheh ???keehve baa areef n aadhin ekaku anekaku fenumun hairaan v ??Vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh interesting???????Love u bodukoh noor sis???❤?❤?
Third
alhe haadha lahun thi up kuree mi vaahaks kiyaahithun keh veekeeves nooney dhen oh bai varah avahah ip koh dheebala plx plx plx
V reethi mi part vs waiting, thanks Noor
Mihaar kyvetha hulhukolhu vaahaka up nukurany?
hulhukolhu vaahaka nimijjeyey kokko
emme fahu part eh nufeney
Dear kokko nd Anonymous..”aish noor “in naanaane red kulaiga..
Ethanah fihthaa lyma fennaane noor ge strys..dhn down ah gos 2 ah obaalyma fennaane ingey..☺
Ekam evaahaka nimijje ehnu.
No. Hama reehchah fennaane.. Noor ge name ah click kohlaba.. Dhn noor ge stories thaakun page 2 ga innaane.. Fahubai jahaafaves ebain e part ga.
Hulhukolhu 42 e ee fahubai
42 vana part ga eba oiy liyefa e ee fahubai kamah
Masha Allah..mi part vx varah varh reethi..hama bunaane ehcheh ves neynge.. hama ehaa reethi..adhi mi part emme kiyaa hihvi thankolhun ney dhw nimmaaly..dhn io part kn irakun up kurany..??vvarah kiyaahithun mi iny.. nd aish noor. varah bodah sorry mihaaru story ah comment nukureveythy.. last sem v ma hama varah bxy koh ulheny… ehnve nukureveny.. but knme part ehvx hama kiyan.. but remember coment nukurevunas kookie hama emme best vaahka ah dheynakan.. 😀
V V V V V reethi mi part ves
?
Wow varah reethi ❤
Alheyyyyy. Ma Sha Allah mi part ves varah reethi as always. ?
Aalaa thedhekey rukaa e bunee. Dhaan eii goas meehej nuuney. Aalaa ah fenun meehaa eyy eii ekkala dhuahu. Dhen ehaa rulhi nais loabi veba? Im sure Aalaa varah happy kohdheyne ey Dhaan. Aalaaa ah visnadheeba noor sis.??
Anehka kihineh vaan baa eulhenee. Alhey varah dhera vaane areef mennaa aadhin mennaa ekaku anekaku dheke rulhi annanna. Or maybe they are relatives? Omggg. Kihineh baaa mivaneeee. Soo curiouss. Cliffhanger akun ninmaalee thi emme curious vaa thanun?
Caantt waiit for the next updatee. Noor sis ah update kureveyyhaa avahakah up kohdheycheyyy.☺ Ly?
alheyyy dhen vaanee kihineh? masha allah mibai ves varah varah reethi. mistory heeveany hama real life ga vaa kemeh hen. and sis ihave a question ingey !! sis dhuvahakuves kureega liyunu vaahaa thakuge therey ga sis ah dhimaavi kameh himenintha. its hama hithuga ufedhey suvaaleh ehenve
maasha allah..vrh vrh vrh reethi…emme kiyaa hih vi hisaabun e nimunee..haadha dhera ey..hehe..wen nxt?caaaaant waitt…keh kurevey tho blan thaa thi jehunii…avahah up koh dhecheyy..plxxxx dear
Masha Allah vvvv reethi ey noor sis????????????????????????????enme curious vaahisaabun thi ninmaalyy ?????????????????kihineh baa vaany dhaaniyal ge thihthibey ey bunyma.. And hiw areef and aadhin know each other???????? ??????????????????????avahah nxt part up kohdhehchey Darling luv u much….. U r the best noor sis ??????????????????????????????
Masha allah vv reethi
Alhey reethivaahakaeh! Waiting for the next part
Masha Allah varah reethi. ??When next part?
Maasha allah… vrh vrh reethi…. waiting for the next part ?
Alheyy enme kiyan beynun vi hisaabun thi ninmaaly??? noor sis❤ varah avaha dhen inna part vx up koh dhechey ???mihaaru kiyaa hithun keymadhu vefa mi hunnaney??? btw noor sis❤ liyaa hurihaa vaahaka eyh vx i kiyaafa hunnaaney❤ hurihaa vaahaka hama ehaa reethi❤u are the best story writer ever?❤
25 avas koh bala
I think areef aky adheel memory loss v kanneynge . Dhen aalaa akeee shaziyyaa ah nahalaalah libifa o ehen meehakah libifa huri kuhjje kanneynge
Dhen aalaa aa dhaaniyal ekaku anekaku dheke loabi vaany
Dhaaniyal akee muhsandhi aailaaa eh ge kuhjjehkan inguny ma shaziyya ves gaboolu vaaane that what I think about whats next
ya..ehen hee vejje doodle thihen buneema..hehe
avahah up kohdyba kiyaahithun mihiree kehmadhuvefa
haalu kihineh
Vaahaka vreethi mirey vius
Kiyaaln libeyne kamuga v ebabalan publish kurevifa in
Thoa
Misite anme like vaa vaahak
Mee
Vvvv nice????
Avahah up kodhyba plxxxx..???vrh vrh salhi…?????good job Noor??
Alheyy enme ryth hisaabun thi ninmmaly plssss
Please Avahah up koh dheybah…. ????
Assalaamu a’laikum my dear readers.. 🙂 furathamaves 25 vana bai las vaa kamahtakaa nihaayathah ma’aafah edhen.. noor busy v ma aa mihaaru noor liye nimmaafa huri hurihaa part thah up koh nimunyma mi las vany.. liyevunuhaa avahakah in sha allah 25 vana part up kohladheynan.. ebai mihaaru liyamun mi dhanee.. mirey nimihje nama mirey ves up kohleveytho try kuraanan.. ehn nuvehje nama maadhan up kohladheveytho balaanan.. in sha allah.. 🙂
tenks
Avahah up kohdheebala.