ދުޢާ 23
“އަހަރެން ވަރަށް އުންމިދާއިއެކީ ޝަޒިއްޔާ ގާތު މިބުނަނީ.. ޝަޒިއްޔާ ޖެހޭނެ އެ ޒުވާނާ ހިތުން ރުހުމުން ޤަބޫލު ކުރަން..” ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާއެކު އަރީފް ބުނެލިއެވެ. އެހިނދު ޝަޒިއްޔާ ހިނިގަނޑެއް ޖަހާލުމަށްފަހު އަނގަބަހުން އެކަމަށް އެއްބަސްވެލިއެވެ. އޭނާގެ ހިތް އުފަލުން ނަށަނީވިއްޔާއެވެ. ދަރިފުޅުގެ ކައިވެނި ދުވަސްކޮޅަކުން ކުރެވިގެންދާތީއެވެ.
“ޝަޒިއްޔާ.. އަހަރެންގެ ހޮވުމަކީ ގޯސް ހޮވުމަކަށް ނުވާނެ.. އެއީ ހަމަ ޔަގީން ކަމެއް.. އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ ކުއްޖެއް އެއީ.. އޭނާއަކީ ހެޔޮލަފާ ރަނގަޅު ކުއްޖެއް.. އަދި ރަނގަޅު ވަޒީފާއެއްގަ އުޅޭ ހަރުދަނާ ޒުވާނެއް.. އިރެއްގަ ހާލެއްގަ އުޅުނަސް މިއަދު އެއީ ކާމިޔާބު ޒުވާނެއް.. އެއީ ދާނިޔަލް..” އަރީފް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
އެހެން ނަމަވެސް ޝަޒިއްޔާއަށް ކޮއްޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. “ދާނިޔަލް އޭ؟ އަރީފް ސަމާސާ ކުރަނީ ދޯ؟ ހެހެ..” ޝަޒިއްޔާ ޤަބޫލު ނުކުރެވިފައި ބުނެލިއެވެ. އެވަގުތު އަރީފް އެނބުރި ޝަޒިއްޔާ ގާތަށް އައިސް އޭނާ ކުރިމަތީ ހުއްޓިލިއެވެ. އަދި ދެކޮޅަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. “ނުވާނެ ތިކަމެއް.. މަގޭ ދަރިފުޅާއި އެކަހަލަ މީހަކާއި ނީނދެވޭނެ.. އަރީފް ޖެހޭނީ ހަނދާން ނައްތާލަން.. ހަމަ ގައިމުވެސް މަށެއް ތިކަމަކާއި ޤަބޫލެއް ނުވާނެ.. ދުވަހަކުވެސް..” ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝަޒިއްޔާ ނުރުހުންވެފައި ބުނެލިއެވެ.
“އެ ކީއްވެ؟ އެކީއްވެ އެހެން ނުވާންވީ؟ އާލާ މި ކައިވެންޏަށް ތައްޔާރު އިރު ޝަޒިއްޔާ ކީއްވެ އެކަމައި ދެކޮޅު ވާންވީ.. އޭނާ އަމިއްލަ އަށް މިއަދު ކިހާ އުފާވެފަ އެބުނީ އޭނާގެ އުފަލަށް އަހަރެމެން ހުރަސް ނާޅާ ވާހަކަ.. ވީ އިރު އޭނާ މިކައިވެންޏާއި ހިތްހަމަ ޖެހިގެން ހުރި އިރު ޝަޒިއްޔާ ކީއްވެ އެކަމާ ދެކޮޅު ހަދަންވީ؟” އަރީފްވެސް ދުލެއް ނުދިނެވެ.
“މަގޭ ދަރިފުޅާއި އެ ދާނިޔަލް އާއި އެކަށީގެން ނުވާތީ.. ވަރަށް ސާފުކޮށް މިބުނީ.. މަގޭ ދަރިފުޅާއި އިންނަން ވާނީ އޭނާ ބޭނުންވާ ކަންތައްތައް ފުއްދައިދެވޭނެ މީހަކަށް.. އެ ޤާބިލްކަން ހުރި މީހަކަށް..” ޝަޒިއްޔާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ.
“ކީއްވެ ދާނިޔަލް އަށް އެކަން ނުވާންވީ؟ ކުޑަމިނުން ޝަޒިއްޔާއަށް އިނގޭތަ މިއަދު އޭނަ ހުރި ހިސާބު؟ މިއަދު އެއީ މުޅި މި ރާއްޖޭގަ ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްގެ ވަޒީފާ އަދާކުރާ މޮޅު ޑޮކްޓަރެއް.. ދެން ކީއްވެ ދާނިޔަލްގެ އެ ފެންވަރު ނުހުންނާންވީ؟” އަރީފް ދެބުމަ ގާތްކޮށްލަމުން ބުނެލިއެވެ. އޭނާގެ އަންހެނުންނާއު އެއްގޮތަކަށްވެސް ދެބަސްވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ޝަޒިއްޔާ އޭނާ ބުނާ ބަހެއް ޤަބޫލު ކުރަނީކީ ނޫން ވިއްޔާއެވެ.
“އަހަރެން ބުނާނެ ވަރަށް ބުނެފިން.. އެހެން ވީމަ ޝަޒިއްޔާއަށް މިފަހަރު ޖެހޭނީ އަހަރެންގެ ބަސް ޤަބޫލު ކުރަން.. މި ނިންމުމެއްވެސް ބަދަލެއް ނުވާނެ.. އަހަންނަށް އިނގޭ އާލާއާއި އެންމެ އެކަށީގެންވާ ކުއްޖަކީ ހަމަ ދާނިޔަލްކަން.. ﷲގެ އިރާދަފުޅުން ދާނިޔަލް އެކަން އަދި ޝަޒިއްޔާއަށް ދައްކާނެ.. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާ ފަދައިން ޝަޒިއްޔާ އޭނާއާއި މެދު ތިހާ ހިތްހަމަ ނުޖެހިފަ ހުރުމުން ޝަޒިއްޔާއަކަށް ނުފެންނާނެ ދާނިޔަލްގެ ރަނގަޅު ކަމެއްވެސް.. އޭނާގެ ރަނގަޅު އެއް ސިފައެއްވެސް ނުފެންނާނެ.. ޝަޒިއްޔާ މަސައްކަތެއްވެސް ނުކުރޭ އޭނާ ދަސްކުރާކަށްވެސް.. ދެން ނޭނގޭނެއްނު އޭނާއަކީ ކޮންކަހަލަ ޒުވާނެއް ކަމެއްވެސް.. އެކަމަކު ބުނަން؟ ޝަޒިއްޔާ މިކަމާ ދެކޮޅަށް އާލާ ގާތު އެކައްޗެއްވެސް ބުނެގެން ނުވާނެ.. އަހަރެންވެސް ކިތަށް ފަހަރު ޝަޒިއްޔާގެ އެދުމާ އެއްގޮތަށް ދޫ ދިނިން.. އެހެން ވީމަ މިފަހަރު މަށަށްވެސް ޝަޒިއްޔާ ދޫ ދީ..” އަރީފް އޭނާ ބުނަން ބޭނުންވީ މިންވަރަށް ބުނެފައި ގޮސް އެނދަށް އަރައި އޮށޯތެވެ.
ޝަޒިއްޔާ އަރީފްއަށް ބަލައިލީ ނުރުހުމުގެ ލޮލަކުންނެވެ. އެޔަށްފަހު ދިޔަ ގޮތަށް ގޮސް އެނދަށް އަރައި އޮށޯވެލީ ނިދާލުމަށެވެ.
***
ދެލޯ އުނގުޅަމުން މަޑުމަޑުން އެސްފިޔަރަށް ތަޅުވާލައިފައި ދާނިޔަލް ލޯ ހުޅުވާލިއެވެ. މުޅި ގޭ ވަނީ އަނދިރިވެފައެވެ. ކަޅުފޮއި އެތަނަށް ކިރިޔާވެސް އަލިކަމެއް ވަނީ ބެލްކަންޏާއިވީ ދޮރުންނެވެ. ހޭވެރިކަން ވުމުން ފުންމައިގެން ދާނިޔަލް ތެދުވިއެވެ. ހެނދުނު އެއިރު ނިދުނު ގޮތަށް އޭނާއަށް އެ ހޭލެވުނީ އަދި ކިރިޔާއެވެ. ޖީބުން ފޯނު ނަގައިފައި މުޅި ފޯނުގައި އިން ބައްތި ދިއްލާލިއެވެ. އެއަށްފަހު އަލި ކުރަމުން ގޮސް ބޮކިތައް ޖައްސަން އިން ސްވިޗަށް ފިތާލިއެވެ.
އެހިނދު މުޅި ތަން އެކީ އެކައްޗަކަށް އަލިވެގެން ދިޔަ ގޮތުން ދާނިޔަލްގެ ލޮލަށް އުނދަގޫވިއެވެ. ދެލޮލުގައި އަތް އަޅާލި އިރު ދެލޯ ވަނީ ކުޑަވެފައެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި އަތްނަޤައި އެތަނަށް ލޯ ހާނުވަމުން ހަމަޖެހިލިއެވެ. އެ ރީތި ދެލޯ ރަތްވެފައި ވާއިރު އެއިރު ރުއިމުގެ ސަބަބުން އޭނާގެ ލޮލުން ކޮންމެވެސް ވަރަކަށް ދިލަ ނަގަމުން ދިޔައެވެ.
ދާނިޔަލް ކުއްލިއަކަށް ފޯނަށް ބަލައިލީ ކަމެއް ހަނދާންވީ ފަދައަކުންނެވެ. “ސުބްހާނައްﷲ..” ދާނިޔަލްއަށް މޫނުމަތީ އަތް އުނގުޅާލެވުނު އިރު އޭނާގެ ލޮލުން ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ. ގަޑިން މިހާރު އެގާރަ ޖަހާ ބޮޑު ވީއެވެ. ނިދީގައި އޮތް ގޮތަށް ހަތަރު ނަމާދު ދޫކޮށްލެވުނީއެވެ. ދާނިޔަލްގެ ހިތަށް ބިރުވެރިކަން ވަންނަން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
އަވަސް އަވަހަށް ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ފެންވަރާލައި ތާޒާވެލައިގެން އައިސް ދާނިޔަލް ޤިބްލައަށް ވާގޮތަށް ހުއްޓި ނަމާދުކުރަން ފެށިއެވެ. ނަމާދު ކޮށް ނިންމުމަށްފަހު ދާނިޔަލް ދެއަތް އުފުލާލައި ދުޢާ ކުރަމުން ދިޔައެވެ. އެއިރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ފާފަ ފުއްސެވުމަށް އެދ އެތަށް ފަހަރެއް މަތިން ދާނިޔަލް ދުޢާ ދެންނެވި އިރު މައިންބަފައިންނަށްޓަކައި ވެސް އެތަށް ފަހަރަކު ދުޢާ ދެންނެވިއެވެ. އަދި އޭނާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރީ އޭނާއަށް ދިމާވަމުންދާ ކަންތައްތަކުންވެސް މެއެވެ.
އިން ތަނުން ތެދުވެލުމަށްފަހު ދާނިޔަލް އެނދުގައި އިށީނދެލިއެވެ. މިހާރު އޭނާގެ ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިފައިވެއެވެ. ނަމާދުކޮށްފައި ﷲއަށް ދުޢާ ދެންނެވުމުން ހިތަށް އެ ލިބޭ ހަމަޖެހުމަކީ ދުލުން ބަޔާންކުރެވޭ ވަރަށްވުރެވެސް ބޮޑު ހަމަޖެހުމެކެވެ. ދާނިޔަލް އޭނާގެ މޫނުމަތި ފުހެލުމަށްފަހު ދެއަތުން މޫނު ފޮރުވާލިއެވެ. އެހިނދު އަނެއްކާވެސް މިއަދު ހެނދުނު ހިނގާދިޔަ ހާދިސާ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައެވެ.
“މަންމާ.. ބައްޕާ.. އެންމެ ފަހުން ދާންއަށް ކާފައާއި ވެސް ދިމާވެއްޖެ.. އެކަމަކު އިނގޭތަ؟ ކާފަ ބޭނުމެއް ނުވޭ ދާން ކާފައަށް ފެންނާކަށްވެސް.. ކާފަ ވަރަށް ރުޅި އާދޭ ދާން ދެކެ.. ހެހެ.. ކުޑައިރުއްސުރެ ދާން ދެކެމުން އައި ހުވަފެނެއް އެއީ ކޮންމެވެސް ދުވަހަކުން އާއިލާ އެންމެންނާއި ދިމާ ވުމަށް.. އަލްޙަމްދުލިއްލާހް! މިއަދު އެ ހުވަފެން ހާސިލް ވެއްޖެ.. އެކަމަކު.. ދާން އުންމީދުކުރި ގޮތަކަށް ނޫން ކަންތައް ވެދިޔައީ.. މުޅި އާއިލާ ތެރޭ ދާންގެ ސަބަބުން މައްސަލަ އުފެދުނީ.. ބައްޕަގެ ކޮއްކޮ.. ބައްޕާ.. ބައްޕަގެ ކޮއްކޮ އާދިންބޭ އާއި ވެސް ދާން އަށް ދިމާވި.. އަދި ދާންއަށް ދެބެންގެ ދެދަރި ކޮއްކޮއެއްވެސް ލިބިއްޖެ.. އަޒާން.. ހެހެ.. އެކަމަކު ދާން އެންމެ ބޭނުންވި ކާފަ ދާންއަކަށް ނުލިބުނު..” ހިތި ހިނިތުންވުމަކާއެކު އަދީލްއާއި އާލިމާގެ ފޮޓޮއަކަށް ބަލަހައްޓައިގެން އިނދެ ދާނިޔަލް އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ.
ލޮލުން ވެއްޓުނު ކަރުނަ ފުހެލުމަށްފަހު އެ ފޮޓޯ ސައިޑް ކަބަޑު ތެރެއަށް ލައިފައި އައިސް އެނދަށް އަރައި އޮށޯވެލީ ނިދާލުމުގެ ބޭނުމުގައެވެ. ބަނޑުހައިވެފައި ހުއްޓަސް ބޮލުގައި ކޮންމެވެސް ވަރަކަށް ރިހުމެއް ވުމުން އޭނާ ބޭނުންވީ އަރާމު ކޮށްލާށެވެ.
އާ ދުވަހަކަށް އިރު އެރި އިރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންތައްތައް ދިޔައީ ބަދަލުވަމުންނެވެ. ދާނިޔަލްވެސް ފަތިސް ނަމާދުން އައިސް ކޮފީއެއް ބޯލަން މޭޒުކައިރީ އިށީނދެގެން އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. އަދިވެސް ރޭގައި ހުރި ބޮލުރިހުން ކޮންމެވެސް ވަރަކަށް ހުއްޓެވެ. އެހެން ކަމުން ކިތަންމެ ދާން ބޭނުންވިޔަސް މިއަދު އޮފީހަށް ސަލާމް ބުނަން ދާނިޔަލް ނިންމިއެވެ.
***
“ދަރިފުޅާ އާލާ.. މިއަދު ކޮން އިރަކަށްތަ ޑިއުޓީ އޮތީ..” ހެނދުނުގެ ނާސްތާ ކުރަމުން ދިޔައިރު ޝަޒިއްޔާގެ މޫނުމަތީގައި އިއްޔެ ވީ ހިނިތުންވުމެއް ނުފެނެއެވެ. އާލާގެ ހިތުގައި އެކަމާމެދު ސުވާލު އުފެދުނުވެސް މެއެވެ. ނަމަވެސް އެކަމާއި ސުވާލު ނުކުރީ މަންމަގެ ގޮތް އިނގޭތީއެވެ. “ހަވީރު އޮތީ..” އާލާ މަޑުމައިތިރި ކަމާއެކު އަރީފްއަށް ބަލައިލަމުން ބުނެލިއެވެ. އެޔަށްފަހު ހިނިތުންވެލުމަށްފަހު ކިހިނެތްވީތޯ ސުވާލު ކޮށްލިއެވެ. “މިއަދު ދަރިފުޅުގެ ކައިވެންޏަށް ބައްޕަ ހަމަޖެއްސި ފިރިހެން ކުއްޖާ މިގެއަށް ގެންނަން ކަމަށް.. ބައްދަލު ކޮށްލަންވެގެން… ކިހިނެތް ވާނެ؟” އާލާގެ މޫނުމަތީގައި ވީ ހިނިތުންވުން ވަގުތުން ފޭދިގެން ދިޔައެވެ.
އެވަގުތު އޭނާގެ ސިކުނޑީގައި ކޮއްޓާލީ އޭނާގެ ފުރަތަމަ ލޯތްބެވެ. ނުވެސް ދަންނަ އެ ޒުވާނާ އާލާގެ ލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ. ކިތަންމެ އުންމީދެއް ކުރިޔަސް އެ ޒުވާނާ އޭނާއަށް ނުލިބޭނެކަން އާލާގެ ސިކުނޑި ބުނަމުން ދިޔައެވެ.
ގަދަ ކަމުން ހިނިތުންވެލުމަށްފަހު އާލާ އަރީފްގެ ޚިޔާލާއި އެއްބަސްވިއެވެ. އެވަގުތު އެ ދެމީހުންގެވެސް ސަމާލުކަން ދަމައިގަތީ ތަށިތެރެއަށް ސަމްސާ ބާރުބާރަށް ބޭއްވުމަށްފަހު އިންތަނުން ތެދުވެގެން ދިޔަ ޝަޒިއްޔާގެ އެ ޢަމަލެވެ. އާލާ އަރީފްއަށް ބަލައިލީ ސުވާލުގެ ނަޒަރުންނެވެ. “ބައްޕައަށް ބުނެވުނު އެއްޗެއްގަ ސަބަބުން ކުޑަކޮށް ހިތްހަމަ ނުޖެހިފަ އެހުރީ.. އަޅާނުލާ.. އިރުކޮޅަކުން ރަނގަޅުވާނެ.. ދަރިފުޅަށްވެސް އިނގެއެއްނު ދެން މަންމަގެ ގޮތް.. ހެހެ..” އަރީފް ސަމާސާ ރާގެއްގައި ބުނެލިއެވެ. އެހިނދު އާލާވެސް ހިނިތުންވެލުމަށްފަހު ސައިބުއިމައިގެން ކުރިޔަށް ދިޔައެވެ.
ސޯފާގައި އިން ދާނިޔަލް އިން ތަނުން ތެދުވެލީ ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. “ކިހިނެތް ވީ މިއަދު ހޮސްޕިޓަލަށް ނުދިޔައީ؟” ދޮރު ހުޅުވާލިތަނުން އަވަހަށް އެޕާޓްމެންޓް ތެރެއަށް ދެމިގަތުމަށްފަހު އިޝާން ސވާލު ކޮށްލިއެވެ. ދާނިޔަލް ގޭގެ ދޮރު ލައްޕާލުމަށްފަހު އައިސް ސޯފާގައި އިށީނދެލިއެވެ. އެޔަށްފަހު ސޯފާގައި ލައްވެލައިފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. “ކިހިނެތް ވީތަ؟” އިޝާން ދާނިޔަލްގެ ކުރިމަތީގައި އިން ސޯފާގައި ހަމަޖެހިލަމުން ސުވާލުކޮށްލީ ދާނިޔަލްގެ މޫނުން ފެންނަމުން ދިޔަ ނުތަނަވަސްކަމުންނެވެ.
“ވަރަށް ބައިވަރު ވާހަކަ ދައްކަން ވެފަ އެބަހުރި އިޝާން ގާތު.. އަހަންނަށް ވަރަށް ބޮޑު ޙަޤީގަތެއް އެނގިއްޖެ އިއްޔެގަ.. ދެން އެކަމާ ހުރެ ބޮލުގަ ރިއްސާވަރުން އަސްލު މިއަދު އޮފީހަށް ނުދާން ނިންމީ..” ދާނިޔަލް ކުރުގޮތަކަށް ބުނެލިއެވެ. އެވަގުތު އިޝާން ދެބުމަ ކައިރިކޮށްލަމުން ހަށިގަނޑު ތެދުކޮށްލީ ދާނިޔަލް ގާތުން އެކަމެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.
“ކިހިނެތް ވީ؟ ކޯންޗެއް އިނގުނީތަ އަނެއްކާ؟ ދާނިޔަލް ބޭނުމިއްޔާ ކިޔައިދިނަސް މައްސަލައެއް ނެތް.. އަހަންނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން އިރާދަކުރެއްވިއްޔާ.. އެކަމަކު.. ދާނިޔަލް ބޭނުން ނެތިއްޔާ މައްސަލައެއް ނެތް..” އިޝާން ހިނިތުންވެލައިފައި ބުންޏެވެ. އެހިނދު ދާނިޔަލް އޭނާގެ ދެއަތުން މޫނު ފޮރުވާލިއެވެ. “މަ ބައްޕަ ސައިޑްގެ ފެމިލީ އާއި ދިމާ ވެއްޖެ.. ބޮޑުބޭބެއާއި ދައްތައާއި ކާފަ އަދި ކަޒިން ވެސް..” ދާނިޔަލް ދެއްކި ވާހަކައަކުން އިޝާންގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ.
“އަހަރުން ބޮޑުބޭއަކީ އާދިން ސަރ.. އިނގޭނު އާދިން ސަރ؟ އެއީ ދާންގެ ބައްޕަގެ ކޮއްކޮ.. އެ ހޮސްޕިޓަލް އެއީ އެ ފެމިލީ ބިޒްނަސް އެއް.. ދެން ކާފަދޯ.. ކާފަ ރުޅި އާދޭ މަ ދެކެ..” މަނިކުގެ ވާހަކަ ބުނެލި ހިނދު ދާނިޔަލްގެ މޫނަށް މާޔޫސްކަން ވެރިވާން ސިކުންތެއްވެސް ނުނެގިއެވެ. “އަޒާން އެއީ މަގޭ ދެބެންގެ ދެދަރި ކޮއްކޮ.. އެއީ ހަމައެކަނި ހުރި ކަޒިން އަކީ އިނގިފަ އޮތް ގޮތުން.. އާދިންބެގެ ނުހުރޭ އިތުރު ކުއްޖެއް.. އަޒާން ކުރިން ދެއްކި ވާހަކަތަކުން އެކަން އިނގުނީ..” ދާނިޔަލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ހުޅުވާލި އަނގަ ލައްޕަންވެސް ނޭނގިފައި އިޝާން އިނީ ހައިރާންވެ އަންތަރީސްވެފައެވެ.
ދާނިޔަލް އިސް އުފުލާލި އޮރު އިޝާން އިން ގޮތް ފެނި އޭނާގެ މޫނުމަތީގައިވި މާޔޫސްކަން ކޮންމެވެސް ވަރަކަށް ފިލާ ހިނިތުންވުމެއް ވެރިވއެވެ. “އަނގަ ލައްޕާ.. ދިރޭ އެއްޗެއް ވވަދެދާނެއްނު..” ދާނިޔަލް ކުޑަކޮށް ހިނިތުންވެލައިގެން އިނދެ އަހާލިއެވެ. “އަނގަ ލެއްޕޭނެތަ.. ކުއްލިއަކަށް ހުރެފަ އެހާ އަވަހަށް ހުރިހާކަމެއް ވެގެން ތި ދިޔައީ.. އަދި އެވެސް އެހާ ސަޕްރައިސިންގް.. އެކްސްޕެކްޓްވެސް ނުކުރެވޭ މިކަހަލަ ކަމެއް ވެދާނެ ކަމަކަށް.. ދާން ތިއީ ޑރ އާދިންގެ ނެފިއު އޭ؟” އިޝާން އަނެއްކާވެސް ސުވާލު ކޮށްލިއެވެ. އެހިނދު ދާނިޔަލް ބޯ ޖަހާލިއެވެ.
“ދެން ޑރ އާދިން ކީކޭ ބުނީ؟ ކިހިނެތް އިނގުނީ އަސްލު؟” އިޝާން އޭނާގެ ސުވާލުބޮނޑި ބަނދެލިއެވެ. “އާދިންބެއަށް އިނގުނީ.. އާދިންބޭ ހުރިހާ ހަޤީގަތެއް ކިޔައިދިނީވެސް.. ދެން ކާފަ.. އާދިންބެ ނާދޭ އަހަރެން ދެކެ ރުޅިއެއް.. އަލްޙަމްދުލިއްލާހް..” ދާނިޔަލް ރީތި ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. އިޝާން އަދިވެސް އިނީ އޭނާގެ ހައިރާންކަން މަތީގައެވެ. ވާނީވެސް އެހެންތާއެވެ.
އިޝާން އިން ގޮތުން ހެވިލައިފައި އިން ދާނިޔަލް ސިހުނީ އޭނާގެ ފޯނު ރިންގްވީ އަޑަށެވެ. ފޯނު ސްކްރީނަށް ބަލައިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެޔަށްފަހު ފޯނު ބޭއްވި އިރު އޭނާގެ މޫނުމަތީގައި ވީ ބުނެދޭން ނޭނގޭ އަސަރެކެވެ. ވާނުވާ ނޭނގިފައި އިޝާން ކިހިނެތް ވީތޯ އަހާލިއެވެ.
“އަރީފްބެ.. މަ ކިޔައިދިނީމެއްނު އަރީފްބެގެ ވާހަކަ.. ބުނީ އެގެއަށް ދާށޯ މެންދުރު ކެއުމަށް.. އަނެއްކާ ނޭނގެ ކިހިނެތް ވީ ކަމެއްވެސް..” ދާނިޔަލް ހާސްވެފައި ބުނެލިއެވެ. އަށް އަހަރު ފާއިތުވެ ދިޔަ ނަމަވެސް ޝަޒިއްޔާ ކުރިމައްޗަށް އަރަން އޭނާ ޖެހިލުން ވެއެވެ. އޭނާ ދެކެ ޝަޒިއްޔާ އެހާ ނަފްރަތު ކުރާ އިރު މިއަދު ކާން ދިޔުމުން ވާނީ ކިހިނެތް ބާވައެވެ؟
“ދެން ދޭބަލަ.. އަނެއްކާ އިތުރު ޚަބަރެއް ލިބެން އުޅެނީ ނޫންކަމެއްވެސް ނޭނގެއެއްނު..” އިޝާން އޭނަގެ ސީރިއަސްކަން ކަނޑުވާލުމަށްފަހު ސަމާސާ ރާގެއްގައި ބުނެލިއެވެ. އެހިނދު ދާނިޔަލް އޭނާއާއި އެންމެ ގާތުގައި އޮތް ކުޝަން އިޝާންއާއި ދިމާލަށް އެއްލިއެވެ. ދެމީހުންގެ މެދުގައި އޮތް ސީރިއަސްކަން ކެނޑި ސަކަރާތްޖެހުން ފެށުނީ އެވަގުތުއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އިޝާންވެސް ދިޔުމުން ދާނިޔަލް ފެންވަރާލަން ވަނީ މެންދުރު ނަމާދު ވަގުތު ކައިރިވާތީއެވެ. ތައްޔާރުވެގެން ނިކުތް ދާނިޔަލް ވަރަށްވެސް ފުރިހަމައެވެ. ކަޅުކުލައިގެ ފަޓުލޫނާއި އުޅަނބޮއްޓާއި ހަމައަށް އަތް އޮލާލެވިފައިވި އަޅިކުލައިގެ އަތްދިގު ގަމީހުގައި ދާނިޔަލް ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ރީތި އިސްތަށިގަނޑު އެއްފަރާތަކަށް ކަފި ކޮށްލައިފައިވާއިރު މޫނުމަތިން ފެންނަނީ ތާޒާކަމެވެ.
މިސްކިތަށް އަރައިގެން ދިޔަ ދާނިޔަލްގެ މޫނުމަތީގައިވަނީ ރީތި ހިނިތުންވުމެކެވެ. ޖަމާޢަތް ފެށުމާއެކު ދާނިޔަލްވެސް ނަމާދުކުރަމުން ދިޔައެވެ. އިމާމާ ކިޔަވަމުންދިޔަލެއް އަސަރުގަދަކަމުން އޭނާގެ ހިތަށްވެސް އަސަރުކުރަމުން ދިޔައެވެ. ނަމާދުގައި ވީހާވެސް ބޮޑަކަށް ޚުޝޫޢަތްތެރިވެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.
ނަމާދުކޮށް ނިމުމުން ހިތްހަމަޖެހިލައިގެން ހުރެ ދާނިޔަލް އައިސް އަރީފްމެން ގޭ ކައިރީގައި ކާރު ޕާކުކޮށްލިއެވެ. އަދި ކާރުން ފޭބުމަށްފަހު ކާރު ކައިރީ މަޑުކޮށްލަމުން ޖީބުގައި އޮތް ފޯނު ނަގައި އަރީފަށް ގުޅާލިއެވެ. އެޔަށްފަހު ފޯނު ކަންފަތުން ދުރުކޮށްލި އިރު އޭނާގެ މޫނުމަތިން ފެންނަނީ ރިތި ހިނިތުންވުމެކެވެ. މަގު ހުރަސްކޮށްލުމަށްފަހު ކުރިމަތީގައި ހުރި ފުޅާ ގޭޓު ތެރެއިން ލައިފައި ދާނިޔަލް އެތެރެއަށް ވަނެވެ. އެއިރު ދިގު ވޯކްވޭ ނިމޭ ހިސާބުގައި ހުރެ އަރީފް ހަނާ އަލާލިއެވެ.
ފިރިހެންވަންތަ ހިނގުމެއްގައި ގޮސް ދާނިޔަލް އަރީފްގާތު ހުއްޓިލިއެވެ. ހިނިތުންވެލުމަށްފަހު އަރީފްގެ ދައުވަތު ޤަބޫލުކުރީތީ ދާނިޔަލްއަށް ޝުކުރު އަދާކޮށްލިއެވެ. އެޔަށްފަހު އޭނާއާއިއެކު އައުމަށް އެދި ދާނިޔަލް ގޮވައިގެން އަރީފް ގޭތެރެއަށް ވަނެވެ. އަހަރުތައް ފާއިތުވެ ދިޔަޔަސް އެއްވެސް ބަދަލެއް އައިސްފައި ނުވާހެން ދާނިޔަލްއަށް ހީވިއެވެ. އިސްދަށަށް ޖަހާލައިގެން ހުރެ އަރީފްއާއި އެކު ގޮސް ދާނިޔަލް ކާބަޔަށް ވަނެވެ. އެއްވެސް މީހެއް އެއިރު ނަސީބަކުން އެތާކު ނެތެވެ. އާލާއާއި ޝަޒިއްޔާގެ ހިލަމެއް ނުވުމުން ހިތާހިތުން ދާނިޔަލް ﷲއަށް ޙަމްދުކޮށްލިއެވެ. ދެން ވާން އޮތް ކަންތަކުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލު ދާނިޔަލް ހިނިތުންވެލައިފައި ގޮނޑީގައި އިށީނދެލިއެވެ.
ދާނިޔަލް އިސް އުފުލާލީ އެތަނަށް މީހަކު އައި ހެން ހީވުމުންނެވެ. އެއިރު ޝަޒިއްޔާ އެތަނަށް އައި އިރު އޭނާގެ ފަހަތުން އިސްދަށަށް ޖަހާލައިގެން ހުރެ އާލާ އަންނަމުން ދިޔައެވެ. ދާނިޔަލްއަށް ދެލޯ ބޮޑުކޮށްލެވުނު އިރު ނޭވާވެސް އަވަސް ވާން ފެށިހެން ހީވެއެވެ. އިސްދަށަށް ޖަހާލީ އެހެންވެގެން ކަންނޭނގެއެވެ. އޭނާ އިސްދަށަށް ޖަހާލިލެއް ބޮޑުކަމުން ފަން އިސްތަށިތައް ނިތްމައްޗަށް ވެރުނެވެ.
ކާބަޔަށް ވަދެގެން އައި އާލާ އިސްދަށަށް ޖަހާލައިގެން އައީ އެތާ އޭނާގެ ބައްޕަ އެބުނާ ޒުވާނާ އިނުމުންނެވެ. އާލާ ހީވަނީ އެމީހަކަށް ނުބަލަން ހުވާކޮށްގެން ހުރި ހެންނެވެ. އޭނާ ހިތްހަމަ ނުޖެހިފައި ހުއްޓެއްކަމަކު އެކަންތައް މޫނުމަތިން ނުދައްކަން މަސައްކަތްކުރަމުން ދިޔައީ އިންތިހާއަށެވެ. މިކަހަލަ ކައިވެންޏެއް ކުރުމަކީ އޭނާ ހުވަފެނުންވެސް ދެކެފައި ނުވާ ކަމެކެވެ. އޭނާ ބޭނުންވަނީ އޭނަ ލޯބިވާ މީހަކާއި އެކީ ދިރިއުޅޭށެވެ. ނަމަވެސް އޭނާގެ ނަސީބު ދެރަކަމުން އެގޮތަކަށްވެސް އެކަމެއް ނުވިއެވެ.
ރުޅި މޫނު ހަދާލައިފައި އައިސް އަރީފްގާތު ޝަޒިއްޔާ އިށީނެވެ. އެވަގުތު އަރީފްގެ އެއްފަރާތެއްގައި އިން ދާނިޔަލް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާއަށް ހާދަ ބަދަލެއް އައިސްފިއެވެ. ބައިމަތި އިހުނަށްވުރެ ފުޅާވެފައި ވާއިރު އެ ވަރުގަދަ އިސްތަށިގަނޑު ހަމަ އިހުނެކޭ އެއްފަދައިން ރީއްޗެވެ. އެ ދޮން މޫނު އިހުނަށްވުރެ ފުރިހަމަ ކޮށްދެނީ ކަޅުކަންގަދަ ބުމައާއި އާދައިގެ ވަރަކަށް ހުރި ތުނބުޅިންނެވެ. ޝަޒިއްޔާއަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް އާލާގެ މޫނަށް ބަލައިލައިފައި ދާނިޔަލްއަށް ބަލައިލުމަށްފަހު އެ ދެމީހުން ގުޅެއޭ ހިތަށް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހަރުކަށިކަން ހިތަށް ވެރިކުރުވަމުން އޭނާގެ ހިތުގައި ދާނިޔަލްގެ މައްޗަށް ނަފްރަތު އުފެއްދިއެވެ.
“އިހަށް ކާން ފަށަމާ.. ކައިގެން ވާހަކަ ދައްކާނީ..” އަރީފް އެންމެން ގާތު ކާން ފެށުމަށް އެދުނެވެ. އާލާ ކެއުމައިގެން ކުރިޔަށް ދިޔައިރުވެސް އެންމެ ފަހަރަކުވެސް އިސް އުފުލާލައި ބަލައި ނުލައެވެ. އެހެން ނަމަ އޭނާއަށް ކުރިމަތީގައި އިން ދާނިޔަލް ކިތަންމެހާވެސް ރީއްޗަކަށް ފެނުނީހެވެ. ނަމަވެސް އޭނާގެ އިނީ ކުރިމައްޗަށް ނުބެލުމަށްޓަކައި އިސްދަށަށް ޖަހާލައިގެންނެވެ.
“ކޮބާ.. ކައިވެސް ނިމުނީ.. ދައްކަން އައި ވާހަކަ ފަށަމާ.. އާލާއަށް އިނގޭނެ ދޯ ކީއްކުރަންކަން މިއައީ.. އެކަމް ދާނިޔަލްއަކަށް ނޭނގޭނެ..” އިސްދަށަށް ޖަހާލައިގެން އިން އާލާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްލުމަށްފަހު އިސް އުފުލާލީ އަރީފް ދާނިޔަލްގެ ވާހަކަ ބުނުމުންނެވެ. ތެދެކެވެ. އެއިނީ ހަމަ ދާނިޔަލްއެވެ. އޭނާގެ ކައިވެންޏަށް ބައްޕަ ހަމަޖެއްސި ޒުވާނަކީ މިއީ ހެއްޔެވެ؟ އާލާގެ ހިތުގައި ނުރުހުމުގެ އަލިފާންގަނޑު ބޮޑުވަމުން ދިޔައީ އޭގެ އިންތިހާއަށެވެ. ނަމަވެސް ބައްޕަ އިނުމުން ކެތްކޮށްލިއެވެ.
“ދާނިޔަލް.. ބޭބެ ދާނިޔަލްގެ ކައިވެންޏަށް ހަމަޖައްސައިދިން ކުއްޖަކީ އާލާ..” އަރީފް ބުނި ވާހަކައިން ދާނިޔަލްއަށްވެސް ކުއްލިއަކަށް ދެލޯ ބޮޑުކޮށްލުމަށްފަހު އާލާގެ މޫނަށް ބަލައިލެވުނެވެ. އެއިރު އާލާ އިނީ ރުޅިން ފަޅައިގެންދާ ވަރުވެފައެވެ. އޭނާގެ ދެލޮލުންވެސް ދާނިޔަލްއަށް ނުރުހުންތެރިކަން ފެނުނީ އޭގެ އެންމެ މައްޗަށެވެ. އާލާއަށް ބަލައިލުމަށްފަހު އަރީފްއަށް ދެމީހުން އެއްފަހަރާ ބަލައިލި އިރު އަރީފް ނިކަން ހެވިފައި އިނެވެ.
“ދެކުދިން ސަޕްރައިޒް ވެއްޖެދޯ.. ހެހެ.. އެހެންވެ ސަޕްރައިޒެއް ދޭންވެގެންނޭ ކުރިން ނުބުނީ.. ދެން ހައިރާންކަން ކަނޑުވަބަލަ.. ބައްޕައަށް އިނގެޔޭ ތި ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވާކަން..” އާލާ ދެލޯ ބޮޑުވި އިރު ދާނިޔަލް ކޮށި އެރީ އަރީފް ބުނެލި ވާހަކައަކުންނެވެ. އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ ބުނުމުން ދެމީހުންވެސް ތިބީ ވާނުވާގައެވެ. “ހެހެހެ.. ބައްޕައަށް ފޮރުވަން ނޫޅެބަލަ ދެން.. އެދުވަހު އާލާ ވެއްޓެންދަނިކޮށް ދާނިޔަލް ހިފެހެއްޓިތަން ބައްޕަ ދުށީމޭ.. ބައްޕަ އެވަގުތު ކާރުން ނިކުމެފަ އަވަހަށް އެތަނަން ދާންވެގެން ދަނިކޮށް ނަސީބަކުން ދާނިޔަލް އާލާ ސަލާމަތް ކޮށްފި.. ދެމީހުން އެތާ ތިބި އިރު ހީވަނީ އިތުރު އެހެން ބަޔަކު އެތާ ތިބިކަން ދެކުދިން ކުރެ އެކަކަށްވެސް ރޭކާ ނުލާހެން.. އެކަކު އަނެކަކު ދެކެ ލޯބިނުވާނަމަ އެގޮތަށް ދީވާނާ ވެފަ ނުތިބޭނެއްނު.. ހަހަހަހަ..” ސަމާސާ ރާގެއްގައި މަޖާވެލައިފައި އަރީފް ބުނެލިއެވެ. އެ އުމުރަށް ދިޔަ ނަމަވެސް އޭނާގެ ސަމާސާކަން އަދިވެސް ނުކެނޑެއެވެ.
އަރީފް ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން ޝަޒިއްޔާވެސް އިނީ ހައިރާންވެ އަންތަރީސް ވެފައެވެ. އޭނާގެ އާލާ ހަމަ ޙަޤީގަތުގައިވެސް އެ ދާނިޔަލް ދެކެ ލޯބިވަނީހެއްޔެވެ؟ “ހެހެހެ.. އެހެން ވީމަ ބައްޕައަށް ތެންކްޔޫ ނުބުނާނަންތަ ކައިވެނި ހަމަޖައްސައިދިނީތީ؟” އާލާއަށް ބަލައިލައިފައި ލާނެއް ފާޑަކަށް އަރީފް ބުނެލިއެވެ. އެވަގުތު އާލާ ބަލައިލީ ދަނިޔަލްއަށެވެ. ދާނިޔަލްވެސް އެއިރު އިނީ ހައިރާންވެފައި އާލާއަށް ބަލަހައްޓައިގެންނެވެ.
“ބައްޕަ..” އާލާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަރީފް ވާހަކަ ދައްކަން ފެށުމުންނެވެ. “އުހުމް އުހުމް.. ދެން ފޮރުވަން ނޫޅޭ.. ބައްޕަ ބޭނުމީ ސީދާ ކައިވެނީގެ ތާރީޚާއި ކުލަ އެކަނި ތި ދެކުދިންގެ ފަރާތުން.. ހުރިހާ ކަމެއް ބައްޕަ ހަމަޖައްސައިދޭނަން.. ތިދެކުދިންނަށް ކަމުދާ ކުލައާއި ތާރީޚާއި ހުރިހާ އެއްޗެއް ބައްޕަ ގާތު ބުނެލާ..” އަރީފް ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ.
ދާނިޔަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަންތައް މިވަނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ކައިވެނި އާލާއާއި ހަމަޖެހުނީހެއްޔެވެ؟ ދާނިޔަލްގެ ދުލުން ބަހެއް ބޭރުނުވި ތާނގާ އިނދެވުނީ އެސްފިޔަވެސް ޖަހާލަން ނޭނގިފައެވެ. އޭނާގެ ޙަޔާތުގައި ކަންތައް މިވަނީ ކިހިނެތް ހެއްޔެވެ؟ އާއިލާއާއި ބައްދަލުވިތާ އަދި ކިރިޔާ ސައުވިސް ގަޑިއިރުވެސް ވީކަމެއް ނޭނގެއެވެ. މިހާރު އެ ހަމަޖެހިގެންދިޔައީ އޭނާގެ ކައިވެންނެވެ. އަދި އެވެސް އޭނާދެކެ މުޅި މިދުނިޔެއިންވެސް އެންމެ ބޮޑަށް ނަފްރަތުކުރާ އަންހެން ކުއްޖާއާއިއެވެ. ހުރިހާކަމެއް ވެގެން އެދަނީ ހާދަ އަވަހަކަށެވެ.
“ބަ.. ބައްޕައަށް ކަމުދާ ގޮތަކަށް ނިންމީމަ އޯކޭ ވާނެ.. އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ ގޮތެއްވެސް..” އާލާ އިސްދަށަށް ޖަހާލަމުން ހިތްވަރުކޮށްލައިފައި ބުނެލިއެވެ. އޭނާގެ ދުލުން އެހެން ބޭރުވީތީ ހައިރާންވި ނަމަވެސް އެކަމަށް އިންކާރުކުރާނެހާ ހިތްވަރެއް އާލާގެ ނެތެވެ. އައި ގަދަ ރުޅިއާއި އެއްކޮށް އޭނާގެ ހިތަށްވެސް އަސަރު ކުރިއެވެ. އާލާގެ އަމިއްލަ ކައިވެނީގައި އޭނާގެ އެއްވެސް ބާރެއް ނެތެވެ. އަދި އެވަރުން ނުވެގެން އޭނާ ކައިވެނި ކުރަން އެ ޖެހުނީވެސް ޙަޔާތުގައި އެންމެ ރުޅި އައި އިންސާނާއާއި އެވެ. ނަމަވެސް ކޮންމެ ގޮތެއްވިޔަސް ވެހެވެ. ބައްޕަގެ ޙައްޤުގައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
ދާނިޔަލްގެ ހައިރާންކަން އިތުރުވީ އާލާގެ ޖަވާބު އަޑުއިވިފައެވެ. އޭނާ ހީކުރީ އާލާ ފާޅުގައި އެކަމަށް އިންކާރު ކުރާނެ ކަމަށެވެ. އޭނާގެ މޫނުމަތިންނާއި ދެލޮލުންވެސް ފެނުނީ ފުރިގެންވާ ނަފްރަތެވެ. ވީއިރު އެ ޖަވާބުގެ ފަހަތުގައި ވަނީ އަނެއްކާ ކޮން ސިއްރެއް ބާވައެވެ؟ އާލާ އެ ޖަވާބުދިނީ ކީއްވެހެއްޔެވެ؟ ދާނިޔަލްއަށް ދެލޯ މަރަލެވުނެވެ. އޭނާގެ ބޮލުގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ.
(ނުނިމޭ)
28 Comments
Comments are closed.
tenxs a lot noor.
marhabaa dear.. 🙂
assalaamu a’laikum my dear readers.. 🙂 kobaa kihineh hurihaa kudhin? vrh dhuvas kohlaafa dhw mi dhimaa v alun.. hehe.. one week, haadha gina dhuvahekey dhw? vrh bodah sorry ingey mi part ah thikudhin lavvaa ehaa dhigu inthizaareh kuruvunyma.. 🙁 anyway, al’hamdhulillaah! miothy 23 vana bai up vefa.. noor ah hama free v haa avahakah proof read kohlaafa mi up kohly.. ummeedhu kuran thikudhinnah mi part kamudhaane kamah.. 🙂 kuree part ge comment thakah noor ah reply nukurevuny ingey kudhinney.. noor ah vanyaamu adhives reply kureveytho balaanan ingey.. in sha allah.. 🙂 mi part ge comment thah noor ah fenunuhaa avahakah reply kureveytho try kuraanan, in sha allah.. 🙂 hurihaa kudhin noor ah dhey support ah varah bodah shukuriyyaa.. 🙂 jazakumullah khairan and LY all.. 🙂
Yey .. Me fiirst tha?
hehe.. marhabaa dear.. you’re second.. 🙂
Oh .. Hehe???.. Kurin nufenunu e comment eh.???. Btw story is vvv nice..???? I just love this part..?????
hehe.. ehen dhw.. 🙂 ehen tha? vrh ufaavehje navii dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. 🙂
Varah reethi
jazakillah khairan dear.. 🙂
Finally??❤
Haadha lahey up vaaleh mihaaru inthizaaru kohkoh varu Bali vehjje? vaahaka v reethi?
Varah reethi story???????
vara salhi. kon irakun next prt
Mendhuru namaadhuga adu harukoh kiyavaatha???
Next part kon irakun.. vahaka v reethi. Ma sha allah.. grt work. Allahumma barik laki
I was waiting for this for so long. I love this story. Please upload the next part soon.
Thank you.
Inthixaaru ge nimunathuvehjje v v salhiey mi part vs thanks Noor
masha allah!mi part ves varah varah varah reethi. sis thikuraa maskkathuga mai allah barakaai lavvaashi
Masha allah vvvvv reethi mi part..when next??pls thankolheh avahah up kohla dheythi…..curiously waiting.❤❤❤
Alheyyy..☺??OMG..☺??Jazakhallah khairan noor sis..???haadha wait kurymey..??finally uploaded dhw..heheh..??????Al’hamdhulillah…masha allah..wow??Mi part vx vrh vrh vrh reethi..?☺love u bodukoh❤????
Mendhuru namadhuga kiyavaa adu ivaynetha?
Varah reethi…. Masha Allah?? kurien ves heevi fahun e dhekudhin gulheeneyey egothaha ….n yes it happened…. Curiously waiting for next part Noor dear..?
maasha allah..vrh vrh furihama..wen next? lov u alot sis
Yayyyyyy!!!! Finally update vejjje o. Soo happyyyy. Waited for so longgg mi part ahh. Noor sis sorry bunaakah nujeheyyne ey. Understand veyyy lasvee keehve kann. Its okayy eyy. Someone ge hithuga neiy Noor sis akah evves burakameh.?
Someone ge haalu vrh rangalhu alhamdhulillahi. Noor kihinehtha. And how are your studies going. All the best on your exams ingey?
And omggg so much draamaa. Someone dheravey dhaan ehaa ginain roa irun. Dhaan nurohvaba dhw? someone beynunvanee dhaan gaiga hug kollan roairun. Dhaan ah happy days genesba avahah.?
And omg aalaa. Keehve nuunekey nubunee. I am sure she has something on her mind. Alhey dhen adhives dhaan ah dhera goiy vaanee ey. Dhen dhemeehun loabi veema varah loabi vaane dhw alhey. Dhemeehun loabi kuruvaba.?
Andd aalaa ah fenun kujjaa akee dhaan dhw. Alhey nubunahchey eii ehen kujjekey. Eyrah varah dhera vaane. Eyrah dhaan aa aalaa ge massala jeheyne. No.?
Cantt wait for the next update. Veryy curiouss. Noor sis ah update kureveyyhaa avahah update kohdhehchey. You are the besst. Ehaa busy koh ulhemunves up kohdheyyythee varah happu veyy. Thankk youu noor sis.? Lovee youu.?☺
Noor sis thikuraa masahkathiga maaiy allah barakaaiy lahvaashi. Aameen.?
Pispis. Alhey? someone ge comment dhigu noor sis ge comment ah vuren. Its just that there is so much to sayyyy. And nubune nuhurevenee ’cause I love this storryy soo mucccchhhh. Varahhh reeethi mi story. The best story i’ve read so far. Ma sha allah?
Aala ah rasfannu in fenunu boy akee dhaniyal, white tshirt eh laigenn hutta.. edhuvahu dhaan avahah anehfarathah enburunee aalaa ehchehi kiyaane thee
Waaaaaau Masha Allah ?????????????best of all…. Haadha inthixaareh kohfymey mi story ah…… Finally up vehje.. I know sis bxy vyma kan up nukurevuny….. Any way. No problem…. Nxt part avahah up kohdhehchey plyxx….. Vv lurvs….. Waiting Curiously for the next part.. Alhe aalaaa ah fdnun boy aki dhaan.. Dhw.. Alhe dhaan H hus dhera goih vani… Dhaan happy kohba.. And dhaan ge kaafa okay kohbala dhenn??????????????????????????..
Vaahaka up vaathanun liyaa comentga dhen next part annaane dhuvaheh buneliyyaa varah rangalhu vaane.