Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 31

hygge Level 510 Stories100 Comments100 Login500 Comments
November 11, 2018 11 Mins Read
45 Comments

ޝަޒިއްޔާވެސް އުފާވެރިކަމާއެކު އިން ތަނުން ތެދުވިއެވެ. “އަވަހަށް ހިނގާ ދަރިފުޅުމެން ކާން.. ބަނޑުހައިވެފައެއްނު މިހާރު ތިބޭނީވެސް.. އަށެއް ޖަހާ ބޮޑުވީ މިހާރު..” ޝަޒިއްޔާ އައި ގޮތަށް އައިސް އާލާމެން ގާތު ހުއްޓިފައި ބުނެލިއެވެ. ދާނިޔަލްއެކޭ އެއްފަދައިން ޚުދު އާލާވެސް ހުރީ މަންމަގެ މިޒާޖަށް އައި ކުއްލި ބަދަލުން ހައިރާންވެ އަންތަރީސްވެފައެވެ. ދާނިޔަލްދެކެ އެޔޮށް ރުޅި އަންނަ އިރު މިއަދު އޭނާ ދާނިޔަލްއާއި އެ ވާހަޖަ ދެއްކީ ނުހަނު އެކުވެރި ރާގަކަށެވެ. ދާނިޔަލްއާއި އޭނާ ކައިވެނި ކުރުމުން އޭނާ އުފާނުވާހެން ހީވާ ވާހަކަވެސް ދެއްކީ ހަމަ އެ މަންމައެވެ. އެއީވެސް މީގެ އަދި މީގެ އެއްދުވަސް ކުރިއެވެ. ނަމަވެސް މިވީގޮތެއް ހަމަ އެއްގޮތަކަށްވެސް އާލާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. ޝަޒިއްޔާ ކުރިން ރުޅި އައި ނަމަވެސް ވީ ކަމެއް އެގޮތަކަށް ބާއްވައިފައި ދާނިޔަލް ޝަޒިއްޔާއަށް ހިނިތުންވެލިއެވެ.

ކެއުމަށް އިންސާފު ކުރަމުން ދިޔައިރުވެސް ޝަޒިއްޔާގެ ސަބަބުން އާލާ އިނީ އަނގައިން ބުނަން ނޭނގިފައެވެ. މަންމައަށް މި އައި ކުއްލި ބަދަލުގެ ސިއްރަކީ ކޮބައިބާވައެވެ؟ މަންމަ އެހާ ގާތްކޮށް ދާނިޔަލްއާއި އެ ވާހަކަ ދައްކަނީ ކީއްވެބާވައެވެ؟ ނުވިތާކަށް މަންމަގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެފައިވުމުގެ ސިއްރަކީ ކޮބައިބާވައެވެ؟

ރޭގަނޑުގެ ކެއުން ނިންމުމަށްފަހު ހަތަރު މީހުން ނިކުމެ ތިބީ ބޭރު ބަގީޗާތެރޭގައެވެ. އެންމެންވެސް އެކި އެކި މައުލޫތަކަށް ވާހަކަ ދައްކަމުން ދިޔަ އިރު ކުރިން އެކަކު އަނެކަކާމެދު އޮތް ރުޅިވެރިކަންވެސް ވަނީ ނެތި ގޮސްފައެވެ. މުޅި މާހައުލަށް އުފާވެރިކަން ވެރިވެފައިވާއިރު ހިތްތަކަށް ހަމަޖެހުން ގެނުވައިފާކަން ޔަގީނެވެ.

“މަންމާ.. މަންމަ ދާނިޔަލްއާއި މެދު ހިތްހަމަޖެހޭތަ؟” އަރީފްއާއި ދާނިޔަލް އެދެމީހުންގެ އަމިއްލަ ވާހަކައިގައި މަސްއޫލުވި ވަގުތު ބަލައިފައި އާލާ މަޑުމަޑުން ޝަޒިއްޔާ ގާތު ސުވާލުކޮށްލިއެވެ. އެވަގުތު ޝަޒިއްޔާ އާލާގެ މޫނަށް ނަޒަރު ހިންގާލި ގޮތުން ހީވީ ސްކޭން ކުރާ މެޝިނަކުން ސްކޭން ކޮށްލިހެންނެވެ. “ކީއްވެ ހިތްހަމަ ނުޖެހޭންވީ؟ އަބަދު ރުޅިއައިސްފައި ހުރުމުގެ ބޭނުމެއް ނެތެއްނު..” ޝަޒިއްޔާ އެއް މިޔަކަނުން ހިނިތުންވެލުމަށްފަހު ބުނެލިއެވެ. އާލާގެ ސިކުނޑީ ނުތަނަވަސްކަމުން ވަށާލުމުން އޭނާ ދެން އިތުރަށް އެ މައުލޫއަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދާނިޔަލް އަނެއްކާ އޭނާގެ މަންމަގެ ބޯވެސް ކާލީހެއްޔެވެ؟ އޭނާއަށް ހަމައެކަނި ދާނިޔަލްގެ ކުށް އަބަދުވެސް ފެންނަނީ ކީއްވެގެންބާވައެވެ؟

އާލާ އާއި ދާނިޔަލް ތިބިތަނުން ތެދުވެލީ ގެއަށް ދާންވެގެންނެވެ. “ދެން އެހެން ދުވަހަކުން އަދި އަންނާނަން.. އިން ޝާ ﷲ..” ދާނިޔަލް އޭނާގެ ފޯނު ޖީބަށް ލަމުން އަރީފްއަށާއި ޝަޒިއްޔާ ރީތި ހިނިތުންވުމެއް ރައްދުކޮށްލައިފައި ބުނެލިއެވެ. ދެމީހުންވެސް ހިނިތުންވުމަކާއެކު ބޯ ޖަހާލުމުން ދާނިޔަލް ކުރިޔަށް ހިނގައިގަތެވެ. އާލަވެސް ދާނިޔަލްގެ ފަހަތުން ހިނަގަމުން ދިޔައެވެ.

“ކޮންތާކަށް މިދަނީ؟” ކާރުތެރޭގައި އިނދެފައި އާލާ ސުވަލު ކުރީ ދާނިޔަލް ޖުމްހޫރީ މައިދާނާއި ދިމާލުން ދާތީއެވެ. “ގެއަށް..” ދާނިޔަލްގެ ޖަވާބު ވަރަށްވެސް ކުރެވެ. އަސްލަކީ ދާނިޔަލް އަތިރިމަތިން އެދަނީ ނުތަނަވަސްވެފައިވީ އޭނާގެ ސިކުނޑި ހަމައަކަށް އަޅުވާލައި އެ ހިތަށް ހަމަޖެހުމެއް ގެނައުމަށް ކަމެވެ. އަދި އެފަދަ މާހައުލަކުން ދަތުރު ކުރުމުން އާލާވެސް އިހުނަށްވުރެ ހަމަޖެހިލަން ފުރުސަތު ހޯދައިދިނުން ކަމެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން އާލާ އިތުރަށް ބަހެއް ބުނާކަހަލަ ޚިޔާލެއް ނުކުރިއެވެ. ކާރުގެ ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އޭނާވެސް އިނީއެވެ. ފުދޭވަރަކަށް ދަންވެފައި ވުމުން މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންގެ އަދަދު އިހުނަށްވުރެ ވަނީ މަދުވެފައެވެ. އެހެން ކަމުން ދާނިޔަލްމެންނަށް ކާރު މަޑުނުކޮށް އަމާންކަމާއެކު ދުއްވައިފައި ދެވުނެވެ.

ދުވަސްތައް ހަފްތާތަތަކަށް ބަދަލުވަމުން ދިޔައެވެ. އާދުވަހަކަށްޓަކައި ދުނިޔެމައްޗަށް އިރުގެ ރަންދޯދިތައް އަތްގަދަ ކުރަމުން ދިޔަ އިރު  ކުރެހުންތެރިއެއްގެ ފިހިންވެސް އެ މަންޒަރު ފަވާނުލެވޭނެކަން ގައިމެވެ. ކާޅުތައްވެސް އެސޮރުމެންގެ ހަށިގަނޑަށް އަރާމުކަން ހޯދުމައްތަކައި ޖައްވުގައި ބުރުއަޅަމުން ދިޔަ އިރު މަގުމަތިން ދޭތެރެއަކުން ކަސްރަތަށް ދުވާ މީހަކު ފެނިލައެވެ. އެއީވެސް އިނގިލިން ގުނާލެވޭހާ މަދުންނެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތު މުޅި މާލެތެރެ ނިދައިފައިވާ ފަދައެވެ.

ހެނދުނު ހެނދުނާ ތެދުވެގެން ދާނިޔަލްވެސް އުޅުނީ ދުވަން ނިކުމެއެވެ. މާލޭގެ ބޮޑުބައެއްގައި ދުވެލި އިރު އެ ހަށިގަނޑަށް ވަރުބަލިކަން ވެރިވެފައި ވެއެވެ. ނަމަވެސް ހެނދުނުގެ އެ ރީތި މަންޒަރު ވަނީ އެ ހިތަށް ހަމަޖެހުން ގެނުވުމުގެ މަގްސަދަކަށް ވެފައެވެ. ގުދުރަތީ އެ ރީތި މަންޒަރުތަކުން ފެންނަމުން ދިޔައީ މާތް ﷲގެ ކުޅަދުންވަންތަކަމެވެ. ގެއާއި ހަމައަށް އާދެވުމުން ވެފައި ހުރި ވަރުބައްޔާއިއެކު އޭނާ ގޮސް ގެއަށް ވަނެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ދާނިޔަލްއަށް ހުއްޓުން އެރީ ކައްކާބައިން ދުވަމުންދިޔަ ވަހުންނާއި އިވެމުން ދިޔަ އަޑުންނެވެ. އޭނާއަށް މި އުޅެވެނީ ހުވަފެނެއްގަބާވައޭ ދާނިޔަލްގެ ހިތަށް އެރީވެސް މަދެއްކޮށެއް ނޫނެވެ.

މަންޒަރުތައް ޤަބޫލު ނުކުރެވިގެން ދާނިޔަލް މަޑު ފިޔަވަޅުތަކެއްގައި ބަދިގެބަޔާއިދިމާލަށް މިސްރާބު ޖެހިއެވެ. ޙަޤީގަތް އެޔޮތީ އޭނާގެ ކުރިމަތީގައެވެ. ދާނިޔަލްގެ ދެލޯ އޭނާއަކަށް ދޮގެއް ނުހަދައެވެ. ހަށަން ބަނދެލަމުން ދާނިޔަލް ފާރުގައި ލައްވެލިއެވެ. އެއިރު އާލާ އުނދުން ކައިރީ ޙަރަކާތްތެރިވަނީއެވެ. އޭނާއަށް އިނގުނު ގޮތަކަށް ކަންތައް ކުރެވޭތޯ އާލާ ބަލަމުން ދިޔައެވެ. އާލާގެ މޫނުމަތިން ދާތިކިތައް ވިދަމުން ދިޔައިރު ކަންފަތް ކައިރިން އިސްތަށިކޮޅުތައް ވެރިވެފައިވުމުން ހިތްގައިމު ގޮތެއް ހުއްޓެވެ.

އިރުކޮޅަކު އެތާ ހުރުމަށްފަހު ދާނިޔަލްއަށް ހޭވެރިކަން ވުމުން އޭނާ ސިޓިންގް ރޫމަށް އައިސް ސޯފާގައި އިށީނދެލީ ވަރުބަލި ފިލުވާލާށެވެ. އާލާއަށް މިއަދު ވެގެން މިއުޅެނީ ކީއްބާވައެވެ؟ މިއީ މީގެ ކުރިން ދުވަހަކުވެސް ފެނުނު ސިފައެއް ނޫނެވެ. އަނެއްކާ އަރީފް އާލާ ގާތު ވާހަކައެއް ދެއްކީބާވައެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އާލާގެ ފަރާތުން ފެންނަމުން މިދާ ސިފަތަކުގެ ސަބަބުން ދާނިޔަލްގެ ހިތަށް އުފާވެރިކަން ވެރިވަމުން ދިޔައެވެ. އާލާއަށް ވެވުނު މިންވަރަކުން އޭނާ މަސައްކަތް ކުރަން އުޅޭތަން ފެނުމުން ދާނިޔަލްގެ ހިތް އާލާއަށްޓަކައި އިތުރަށް ލެނބެމުން ދިޔައެވެ. ދެރައީ އޭނާއަށް އެހީވެވޭނެ ފުރުސަތެއްވެސް ދާނިޔަލްއަށް ނެތުމެވެ.

“ސައިބޯން އާދޭ..” ދާނިޔަލްގެ ޚިޔާލީ ދުނިޔެއިން ލޯ ހުޅުވާލެވުނީ އާލާގެ އަޑަށެވެ. އާލާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތްތާނގައި ދާނިޔަލް ބަލައިލުމުން އަވަސް އަވަހަށް އެތަނުން ދާން އާލާ އެނބުރިލިއެވެ. ބޯ ޖަހާލުމަށްފަހު ދެކޮޅުހެދުމެއްނެތި އޭނާ އާލާގެ ފަހަތުން ދިޔައެވެ. އޭނާގެ އަނބިމީހާ ފުރަތަމަފަހަރަށް އޭނާ ގާތު ކާން އައުމަށް އެދުމުން އެކަމާއި ދެކޮޅު ހަދަންވީ ކީއްކުރަން ހެއްޔެވެ؟ ދާނިޔަލް އާލާގެ ފަހަތުން ދިޔައީވެސް ސާފު ހިތަކައިގެންނެވެ.

ކާމޭޒުކައިރީ އިން ގޮނޑިއެއް ދަމާލައިފައި އިށީނުމަށްފަހު ކުރިމަތީ ހުރި ތައްޓަށް ދާނިޔަލް ނަޒަރު ހުއްޓާލިއެވެ. އެންމެ ރަނގަޅު ވަރަށްވުރެ ބޮޑަށް ޓޯސްޓުކޮށްފައި އޮތް ޕާންފޮއްޗަކާއެކު އޮތީ ތަވައިން އެ ނައްޓަން އުޅުމުގެ ތެރޭގައި ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ބިސްގަނޑެކެވެ. އޭގެއިން އެއްބައިވެސް އޮތީ އަނދައިފައެވެ. ދާނިޔަލް ޝަކުވާ ކުރުމެއްނެތި ކާން ފެށީ އެއީ އާލާ ނުހަނު ބުރަ މަސައްކަތުން ހެދި އެއްޗެއްކަން އިނގޭތީއެވެ.

ދާނިޔަލް އެއްޗެކޭ ނުބުނެ ކާންފެށުމުން އާލާ ހައިރާންވިއެވެ. އޭނާ ހީކުރީ އެކަހަލަ އެއްޗެއް ކާން ދިނުމުން ދާނިޔަލް ދާނީ ރުޅި އައިސްގެން އާލާ އާއި ދިމާލަށް އެއްޗެހި ގޮވައިފަ ކަމަށެވެ. އެހެން ކަމުން އޭނާ އެހުރީވެސް ދާނިޔަލް އެއްޗެކޭ ބުނެފި ނަމަ ދެން ކަންތައް ކުރާނެ ގޮތެއްވެސް ރާވައިގެންނެވެ. ނަމަވެސް ކަންތައް މިވީ ދިމާ އިދިކޮޅަށެވެ. އެއްވެސް ޝަކުވާއެއްވެސްނެތި ދާނިޔަލް އެފެށީ ކާށެވެ. އޭގައި ކޮންމެ ރަހައެއް ލިޔަސްވެސް މެއެވެ. ދާނިޔަލްގެ ކެތްތެރިކަމާއި އެ ރަނގަޅު ސިފައަށް އާލާއަށް ހިތާހިތުން ތައުރީފް ކޮށްލެވުނެވެ.

“ވަރަށް މީރު.. ވަރަށް އުފާވެއްޖެ އާލާ އަމިއްލައަށް ކައްކާފަ މަށަށް ކާން ދިނީމަ..” ދާނިޔަލް ކައި ނިންމައިފައި ތެދުވަމުން އާލާއަށް ބަލައިލައިފައި ބުނެލިއެވެ. އާލާ ހުރިގޮތަށް ގަބުވެފައި ހުރީއެވެ. އޭނާގެ ދުލަށް ބުނާނެ އެއްޗެއް އެވަގުތު ނުވެސް އައެވެ. ސިކުނޑި ހުރީ ފާޑަކަށް މަސައްކަތްކުރުން ހުއްޓިފައެވެ.

“އާލާ ނުދަންތަ ކާފަގެއަށް؟ އަޒާން ބުނެފަ އޮތީ މިއަދު އެގެއަށް ދާން.. މާދަމާއަށް އެކި ކަންކަން ނިންމަން ވެގެން.. މި ހަފްތާ އެއްކޮށް މި އުޅެނީ އެކަމުގަ އެކަމަކު މިއަދު ގޭ އެންމެން އުޅޭނެ.. ރުކާ ނުބުނޭތަ އާލާ ކައިރީ..” ކޮޓަރިއަށް ވަނުމަށްފަހު އާލާވެސް އައުމުން ދާނިޔަލް ސުވާލުކޮށްލިއެވެ. އެހިނދު އާލާ އިނީ ބީރައްޓެހި ފާޑަކަށް އޭނާއަށް ބަލަހައްޓައިގެންނެވެ. އާލާއަށް މިއިން ކަމެއް ނޭނގެނީކަން ގައިމެވެ.

“ރުކާ ނުބުނޭތަ ހަމަ އާލަ ކައިރީގަ އޭނާއާއި އަޒާން އާއި މެރީ ކުރަން އުޅޭ ވާހަކަ؟” އާލާއަށް އިންތަނުން ތެދުވެވުނީ ދާނިޔަލް ބުނެލި ވާހަކައަކުންނެވެ. ރުކާ އޭނާ ގާތު ނުވެސް ބުނެ އެއުޅެނީ މީހަކާ އިންނަން ހެއްޔެވެ؟ ރުކާ އޭނާ ހާދަ ދުރުކޮށްލައިފިއެވެ. ކައިވެންޏަށް މިހާ ދުވަސް ކައިރި ވީއިރުވެސް ނުބުނާނީ އެހެންވެ ނޫންހެއްޔެވެ؟ އާލާގެ ސިކުނޑި ނުތަނަވަސްކަމުން ފުރާލިއިރު ދެލޯ ފެންކަޅިވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭނާގެ ކައިވެނި ކުރެވެން އުޅުނު އިރު އެންމެ ކުދިކުދި ކަންތަކަށް ދާންދެން އާލާ ދިޔައީ ރުކާއާއި ޙިއްސާކުރަމުންނެވެ. ނަމަވެސް ރުކާގެ ކައިވެންޏާއި ޖެހުމުން އޭނާ އާލާއަށް ކުޑަމިނުން އަންގާވެސް ނުލިއެވެ. އެންމެ ގާތް އެކުވެރިޔާ ކަންތައްކުރިގޮތުން އާލާގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. ފުރަތަމަފަހަރަށް ހިތުގައި ރުކާއާއި މެދު ޝަކުވާ އުފެދުނެވެ.

އާލާ ގަނޑުވެފައި ހުރުމުން ދާނިޔަލް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. “އާލާ؟” އާލާގެ ލޮލުން ފާއްދާލި ކަރުނަ ތިކި ފެނިފައި ދާނިޔަލްއަށް ސިހުން ގެނުވިއެވެ. އޭނާއާއި ދިމާލަށް މިސްރާބު ޖެހީ އެހެންވެއެވެ. “ކިހިނެތް ވީތަ؟ އާލާ ރޮނީތަ؟” އާލާގެ ލޮލުން ފާއްދާލި ކަރުނަ ތިއްކަށް އިޝާރާތް ކޮށް ދާނިޔަލް ބުނެލިއެވެ. އެހިނދު އަވަސް އަވަހަށް އާލާ ދެފަރާތަށް ބޯ ހުރުވާލިއެވެ. “ދެން މީ ކޯންޗެއް؟” އެ ކަރުނަތިކީގައި ޝަހާދަތް އިނގިލި ޖައްސާލުމަށްފަހު އާލާއަށް ދައްކާލަމުން ދާނިޔަލް ސުވާލުކޮށްލިއެވެ. “ނޭނގެ.. އާލް ދާނަން.. އެކަމަކު ބެސްޓްފްރެންޑްގެ ވެޑިންއަށް ރެޑީވާކަށް ނޫން.. ދާނިޔަލްގެ ކޮއްކޮއެއްގެ ވެޑިންއަށް ރެޑީވާން..” އާލާ އެހެން ބުނުމަށްފަހު އަވަސް އަވަހށް ދާނިޔަލް ކައިރިން ސަލާމަތްވެގެން ގޮސް ފާހާނާއަށް ވަނެވެ.

އާލާ ކަންތައްކުރިގޮތުން ދާނިޔަލް ހުރީ ސުވާލުމާކެއްގެ ތެރޭގައެވެ. އޭނާއަށް އެވީ ކިހިނެއް ހެއްޔެވެ؟ ރުކާގެ ވާހަކަ ބުނުމުން ހަމަ ހުރެފަ ދެރައެއް ނުވާނެ ނޫންބާވައެވެ؟ އަނެއްކޮޅުން އޭނާ އާއި ރުކާ އާއި ދެމެދު މައްސަލައެއް ނުޖެހޭނަމަ އާލާ އެތަނަށް ދާންބޭނުންވާނީ ރުކާއަށްޓަކައި ނޫންހެއްޔެވެ؟ ހުރިހާ ސުވާލެއްވެސް ވީ ދާނިޔަލްގެ ހިތުތެރޭގައެވެ. ޖަވާބެއް ލިބުމެއް ނެތިއެވެ.

ދާނިޔަލް އޭނާގެ ކާރު މަނިކުމެން ގޭގައި ހިނގުމަށާއި ކާރު ވައްދަން ހަދާފައި އޮތް ވޯކްވޭއިން އެތެރެއަށް ވައްދާލި އިރު ގޭގެ އެކި ދިމަ ދިމާލުގައި ޚާދިމުން ޙަރަކާތްތެރިވަމުން ދިޔައެވެ. މީގެ ކުރިން ނުފެންނަ ފޯރިއެއް މުޅި ގޭތެތެރެއިން ފެންނަމުން ދިޔައެވެ. ކާރު ޕާކުކޮށްލުމަށްފަހު ދާނިޔަލް ކާރުން ފޭބުމުން އާލާވެސް ކާރުން ފޭބިއެވެ. ދެމީހުން އެކު އެކީގައި ގެއަށް ވަދެވެން އިން ފުޅާ ފަސް ހަރުފަތުގެ ސިޑިން އަރައިގެން ގޮސް އެތެރެއަށް ވަނެވެ. އެއިރު ދެ އާއިލާގެ މީހުން ގޭތެރޭގައި ޙަރަކާތްތެރިވަމުން ދިޔައެވެ. އެކި މީހުން އެކި ކަންކަމުގައި އަވަދިނެތި އުޅުނު އިރު ހީވަނީ ގެއަށް ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ.

“އަނހަ ދާނިޔަލް އާދެވުނީތަ؟” ދާނިޔަލް ފެނުމުން އާދިން އައިސް އޭނާ ކޮނޑުގައި ކުޑަކޮށް ޖަހާލައިފައި ވާހަކަ ދެއްކިއެވެ. އެއިރު ގާތުގައި ހުރި އާލާ އެކި ތަންތަނަށް ކަޅި ހިންގަމުން ދިޔައީ ރުކާ ފެނޭތޯއެވެ. އޭނާގެ ނަސީބު ދެރަކަމުން ރުކާ ފެންނަ ގޮތެއް ނުވިއެވެ. “ދޭ ތިއްތިބޭދައްތަމެން ކައިރިއަށް.. އަހަރެން މިދަނީ އަޒާން އާއި އެކު..” ތަންކޮޅެއް ދުރުގައި ހުރި އަޒާން ހަނާ އަޅާލުމުން ދާނިޔަލް އެދިމާލަށް ދަމުން އާލާ ގާތު ބުނެލިއެވެ. އެހެން ކަމުން އިތުރު ގޮތެއް ނެތުމާއެކު އާލާ ވިޝާމާމެން ގާތަށް ގޮސް އެތާ އިށީނެވެ. އަދިވެސް އާލާ ވިޝާމާމެންނާއި މާ ގާތް ނުވާތީ އޭނާ އިނީ ބީރައްޓެހި ގޮތަކަށެވެ. “އާލާ.. އާދެބަލަ ދައްތައާއި އެކީ މީތި އެކޮޅަށް ގެންދަން..” ވިޝާމާ އާލާއަށް ގޮވާލުމަށްފަހު އެދުނީ އެތާ ހުރި ދެ ޖޫސްތަބަށް އޭނާއާއި އެކު ބަދިގެއަށް ގެންދިޔުމަށެވެ. ލުއި ހިނިތުންވުމަކާއެކު އާލާ ގޮސް އޭގައި ހިފަން އުޅުނު ވަގުތު ވިޝާމާ އަތުން އާލާ ގަޔަށް ޖޫސް އެޅުނެވެ.

އެވަގުތު ނުރުހުންވެފައި އާލާ ވިޝާމާއަށް ބަލައިލިއެވެ. “ސޮރީ އާލާ.. އާލާއަށް ރަނގަޅަށް ނުހިފެނީސް ދައްތައަށް ދޫކޮށްލެވުނީމަ ކަންނޭނގެ އެ ވެރުނީ.. ހިނގާ ފެންކޮޅެއް ލައިގެން ސާފުކޮށްލަމާ..” ވިޝާމާ ދެރަވެލައިފައި ބުނެލިއެވެ. “ރަނގަޅަށް ބަލައިގެން ކަންތައް ކުރާ ނަމައެއްނު..” އާލާ ނުރުހުންވެފައި ބުނެލިއެވެ. އެވަގުތު އެތަނަށް އައި ދާނިޔަލްއަށް ހަމަ ރަނގަޅަށްވެސް އާލާ ވިޝާމާއާއި ވާހަކަ ދެއްކި ގޮތް އަޑު އިވުނެވެ.

“އެކްސް ކިއުޒް މީ.. އެއީ އެއްވެސް ކަމެއް ނޫން އިނގޭ ދައްތާ.. އާލާއަށް އެހާ ރައްޓެހި މާހައުލެއް ނޫން ވީމައާއި އެއްކޮށް އަނެއްކާ ކުއްލިޔަކަށް މިކަހަލަ އެކްސިޑެންޓެއް ހިނގީމަ އެހެން އެ ބުނެވުނީ.. ވަރަށް ގިނައިން އާލާއަށް ވާގޮތެއް އެއީ.. އެހެންވެ މިހާރު ގިނައިން އޭނާ ބޭރުތެރެއަށް ދާން ގެންދަނީވެސް.. އެކަން ރަނގަޅުވޭތޯ ބަލަން.. މިހާރު މަޑުމަޑުން އެބަ ރަނގަޅުވޭ ކަންނޭނގެ..” ދާނިޔަލް ވާހަކައެއް ހަދާލުމަށްފަހު އާލާގެ އަތުގައި ހިފައިގެން އެތަނުން ދިޔައެވެ. ދާނިޔަލް އެ ވާހަކަ ހަދަ ހަދައިގެން ދެއްކި އިރު އާލާ އޭނާއަށް ބަލަހައްޓައިގެން ހުރީ ދެލޯ އަނގުރުކޮޅަކަށް ހަދައިގެންނެވެ.

“ދޫކޮށްލަންވީ އަތުން.. ކީއްކުރަން އެހެން ތިބުނީ.. މިހާރު އެންމެން ކުރިމަތީގަ މަ ބަލިމީހަކަށް ދޯ ތިހެދީ..” ދާނިޔަލްގެ އަތް އޭނާގެ އަތުން ނައްޓުވަން އުޅެމުން އާލާ ކިޔަމުން ދިޔައެވެ. އެވަގުތު އެތާ ހުރި ފާރާއި އާލާ ކައިރިކުރުމަށްފަހު އޭނާއަށް ނުދެވޭނޭހެން ދާނިޔަލް ދެފަރާތުން އަތް އަޅުވާލައިފައި އާލާ ހައްޔަރު ކޮށްލިއެވެ.

“ބަލި މީހަކަށްވެސް ހަދަން ޖެހުނީމަ ޖެހޭނީ ހަދާކަށްނު.. އަހަންނަކަށް ނުބުނެވޭތަ އަހަރެންގެ މައިންބަފައިންނާއި ތިހެން ވާހަކަ ނުދައްކަން.. އެއީ އަހަރެންގެ އުފަން މައިންބަފައިން ނޫނަސް އެއީ ދެން އަހަރެން މަންމަ ބައްޕަ ކިޔަން ތިބި ދެމީހުން.. އަހަރެންގެ އުފަން މައިންބަފައިން ނެތް ދުނިޔޭގަ އަހަރެންގެ މައިންބަފައިންނަށް ތިބީ ހަމައެކަނި އެ ދެމީހުން.. ތިއްތިބޭ ދައްތަ އެހުރީ މިއަދު އަހަރެންގެ މަންމަގެ މަގާމުގަ.. އާލާ އެގޮތަށް ވާހަކަ ދެއްކީމަ ބަލި މީހެއް ނޫން މޮޔައެކޭ ވެސް ބުނެވިދާނެ.. ފުރާ ފުރިހަމަ ވެފަ ހުރި ބޮޑު އަންހެނެއް ގާތު ނުކުރާށޭ ބުނާ ކަމެއް ކުރަންޏާ އެހެންނު ބުނެވޭނީ.. ކުޑަކުއްޖެއް ގާތުވެސް އެއްފަހަރު ކަމެއް ކުރުން ހުއްޓާލާށޭ ބުނެފިއްޔާ ދެވަނަ ފަހަރު އެކަމެއް ކުރަން ޖެހިލުންވާނެ.. އެކަމަކު އާލާއަށް އެހެނެއްވެސް ނުވިތާ..” މަޑުން ވާހަކަ ދެއްކި ނަމަވެސް ދާނިޔަލް އަޑުގައި ހަރުކަށިކަމެއް ވިއެވެ.

“އާދޭސްކޮށްފަ ބުނަން.. އަހަރެން ދެކެ ކިތަންމެ ރުޅިއެއް އަޔަސް އެ ރުޅި އާއިލާ މީހުންނަށް ނުބާލާ.. އާލާ ވަކި ރުޅިއެއް ނާންނާނެތަ އަހަރެން އާލާގެ މައިންބަފައިންނާ އެގޮތަށް މުޚާތަބު ކޮށްފިއްޔާ؟ އަންނާނެ.. ތި ހިތުގަ މައިންބަފައިންނަށްޓަކައި ކުލުނެއް ވާނަމަ އަންނާނެ.. އުންމީދު ކުރަން ދެވަނަ ފަހަރަށް މިކަން ތަކުރާރު ނުވާނެ ކަމަށް..” ދާނިޔަލް މަޑުމައިތިރިކަމާއެކު އާލާއަށް ވިސްނައިދޭ ފަދައަކުން ބުނެލިއެވެ. އެއިރު އާލާ ހުރީ އިސްޖަހައިގެންނެވެ. ކުރެވުނު ކުށް އިޙުސާސްވީ ކަންނޭނގެއެވެ. ދާނިޔަލް އޭނާގެ އަތް ނައްޓުވާލިއެވެ. އެއިރުވެސް އާލާ އެހުރިގޮތަށް އިސްޖަހާލައިގެން ހުއްޓެވެ. “ސޮރީ..” އެހެން ބުނެލުމަށްފަހު ދާނިޔަލް އެތަނުން ދިޔައެވެ. އާލާއަށް ފުރަގަސްދީގެން ހިނގަމުން ދިޔަ ދާނިޔަލްއަށް އާލާ ބަލައިލި އިރު އެ ދެލޮލުގައި ކަރުނައިގެ ފަށަލައެއް ވިއެވެ. ދާނިޔަލް އެގޮތަށް ވާހަކަ ދެއްކުމުން އެ ހިތަށް އެވަރަށް އަސަރު ކުރަނީ ކީއްވެބާވައެވެ؟

“ސޮރީ ދައްތާ..” ވިޝާމާ ގާތަށް ދިޔުމަށްފަހު އާލާ މައާފަށް އެދުނެވެ. ދާނިޔަލް ބުނި ވާހަކަ އޭނާއަށް ވިސްނިއްޖެއެވެ. ބޮޑެތި މީހުންނަށް އިޙުތިރާމް ކުރަންޖެހޭކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ. ކުރިން އޭނާ އިޙްތިރާމުކުރާ ބޮޑު މީހަކަށް ހުންނާނީ ހަމައެކަނި އޭނާގެ މަންމައާއި ބައްޕައެވެ. އެ ދެމީހުންގެ ބޭރުން އޭނާ އިޙްތިރާމްކުރާ އެކަކުވެސް ނުހުންނާނެއެވެ. އެއީ އޭނާ ޤަބޫލުކުރާ ގޮތްވެސް މެއެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އެމީހުންނަށް އިޙްތިރާމް ކުރުމުން އޭނާއަށް އެމީހުންނަށްވުރެ ދަށް ވެވެނީއެވެ.

ވިޝާމާ އާލާއަށް މައާފް ކުރީ ހެޔޮހިތުންނެވެ. އެ ވަގުތަކީ އާލާއާއި ވިޝާމާއާއި ދެމެދު އޮތް ގުޅުން ރަނގަޅުވެ އެދެމީހުން އިތުރަށް ގާތްކުރުވި އުފާވެރި ވަގުތުކޮޅެވެ. ވިޝާމާ ދިޔުމުން އާލާ ސޯފާގައި އެތާ ހުރި މާތަކަކާއި ކުލެލިއެވެ. “އާލް..” އާލާ ސިހުނީ ނުހަނު ގާތުން އިވުނު ރުކާގެ އަޑުންނެވެ. އޭނާއަށް ބަލައިލުމަށްފަހު އިން ތަނުން ތެދުވެ ދާން ހިނގައިގަތް އިރު އާލާގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ. އާލާ އެދިޔަ ގޮތަށް ގޮސް ނިކުތީ އެގޭގެ ބޮޑު ބަގީޗާއަށެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނާ ފަހަތުން ރުކާ އައި ކަމެވެ.

“އާލް ސޮރީއޭ.. އާލްއަށް ސަޕްރައިޒްއެއް ދޭންވެގެންނޭ ކުރިން ނުބުނެ ހުރީ.. ހަމަ އަސްލުގަވެސް މިއަދު ބުނަން ހުރީ.. އެކަމް ނުބުނެވި އުޅެނިކޮށް ކޮންމެވެސް ގޮތަކުން އާލްއަށް މިއޮތީ އިނގިފަ.. އަހަރެން ބޭނުން ނުވީ އަހަރެންގެ ކައިވެނީގެ އެއްވެސް ބުރައެއް އާލް ނުއުފުލަން..” ރުކާ އައިސް އާލާގެ ފަހަތުގައި ހުއްޓިލުމަށްފަހު ބުނެލިއެވެ. “ނިމުނީތަ؟” ރުކާގެ އަޑެއް ބަޑެއް ނީވުމުން އޭނާއާއިވީ ފަރާތަށް އެނބުރިލުމަށްފަހު އާލާ ބުނެލިއެވެ. އެއިރު އެ ދެލޮލުގައި ކަރުނަތައް ވިދަވިދާ ހުއްޓެވެ.

“ރުކާގެ ވެޑިންގެ ވާހަކަ ރުކާއަށްވުރެ ކުރިން އެހެން މީހެއްގެ ދުލުން އިވުނީމަ މި ހިތަށް ކިހާ އަސަރެއް ކުރިކަން ރުކާ އަށް އިނގޭތަ؟ ކުޑައިރުއްސުރެ ތިއީ އަހަރެންގެ ބެސްޓްފްރެންޑެއްގެ ގޮތުގަ ދެކުނު އަންހެންކުއްޖާ.. އެކަމަކު އެ އަންހެންކުއްޖާގެ ވެޑިންގެ ވާހަކަ އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ އެ އަންހެންކުއްޖާގެ ވާން އުޅޭ ފިރިމީހާގެ ބޭބެގެ ފަރާތުން.. އާނ.. އަހަރެންގެ ފިރިމީހާގެ ފަރާތުން.. ދެން ތިބުނީ ރުކާގެ ކައިވެނީގެ އެއްވެސް ބުރައެއް އަހަރެން އުފުލަން ބޭނުން ނުވާތީއޭ.. ރުކާ އަޅެ ބުނާނެ އެއްޗެއް ނޭނގިގެންތަ ތިހެން ތިބުނީ؟ އަހަރެން ބޭނުމެއް ނުވާނެތަ އަހަރެންގެ ކައިވެނީގަ އަހަރެންގެ ބެސްޓް ފްރެންޑް އުޅުނު ގޮތަށް އޭނާގެ ކައިވެނީގަ އަހަރެން އުޅެން؟ އަހަރެން ބޭނުމެއް ނުވާނެތަ އަހަރެންގެ ބެސްޓްފްރެންޑްގެ ކައިވެނި ފުރިހަމަ ވާކަށް؟ އަހަރެން ހިއެއް ނުކުރަން ރުކާ އަހަރެން ތިހާ ދުރުކޮށްލާނެ ކަމަކަށް.. ކީއްކުރާނީ.. އެކަމަކު މިއަދު އަހަރެން ޖެހޭނީ ހަގީގަތް ގަބޫލުކުރަންތާ.. ރުކާ އަހަރެން ވަރަށް ދުރުކޮށްލައިފި..” އާލާއަށް އިތުރަށް ވާހަކަ ނުދެއްކުމުން އެތާ ހުރި ބެންޗެއްގައި އިށީނދެލިއެވެ. އެއިރު އެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔަ އިރު ކޮންމެވެސް ވަރަކަށް ގިސްލެވެމުން ދިޔައެވެ.

ތެދެކެވެ. އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ ބުނެ އުޅެއެވެ. އެ އެކުވެރިކަން އެހާ ކުއްލި ގޮތަކަށް ނެތިގެން ދިޔުމުން އަސަރު ނުކުރާނީ ކާކުގެ ހިތަށް ހެއްޔެވެ؟ “ނޯ އާލާ.. ތިހެނެއް ނޫނޭ.. އަހަރެން އެއްގޮތަކަށްވެސް އާލް ދުރެއް ނުކުރަން.. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެގެން ދިޔަސް މިއީ ބަދަލު ނުވާނެ ކަމެއް.. އަބަދުވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ތިއީ.. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އެކަން އަހަރެން ޤަބޫލުވެސް ކޮށްފިން.. އެހެންވެ ސޮރީ.. ވަރަށް ވަރަށް ބޮޑަށް ސޮރީ.. އާލް ދުރެއްވެސް ނުކުރަން.. ތިއީ ހަމަ އެންމެ އެންމެ ބެސްޓް ފްރެންޑް.. ނޯ މެޓާ ވަޓް، ޔޫ ލް ބީ މައި ބެސްޓް ފްރެންޑް ފޯރ އެވާ އެންޑް ދެޓް ވޯންޓް ބީ ޗޭންޖްޑް..” ރުކާ އާލާ ގައިގައި ބައްދާލަމުން އަސަރާއެކު ބުނެލިއެވެ.

އާލާ އިން ތަނުން ތެދުވެގެން ދިޔައީ އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ. މާޔޫސްކަމާއެކު ކަރު އެލުވާލަމުން އާލާ އެތަނުން ދިޔަ އިރު އެ ދެމީހުންކުރެ އެކަކަށްވެސް ނޭނގުނު ކަމަކީ އެ ދެމީހުން ދެއްކި ވާހަކަތައް އެހެން ބަޔަކަށްވެސް އަޑު އިވުނު ކަމެވެ.

***

އާ ދުވަހަކަށް އިރު އަރައިފިއެވެ. އެކި މީހުންގެ ޙަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބަޔަކު އުފަލާއި މަޖަލުގައި އުޅެމުން ދިޔަ އިރު އަނެއްބަޔަކު އެބައިމީހުންގެ ކިބައިން އެ އުފާވެރިކަން ނިގުޅައިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވަގުތުތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ދާނިޔަލްއާއި އާލާ މަނިކު މެން ގެއަށް ދިޔައީ ކައިވެނި ކުރާ ވަގުތު ކުޑަތަން ވަމުން ދާތީއެވެ.

އާލާ އެގޭ ތެރޭގައި ތަނބެއް ކައިރީ ހުއްޓި ހުރީ އޭނާގެ މަންމަމެން އަންނާނެ ވާހަކަ ބުނުމުން އެމީހުންގެ އިންތިޒާރުގައެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ އޭގެ މިނެޓެއްވަރު ފަހުންނެވެ. “ދަރިފުޅު އެކަނިތަ؟ ކޮބާ ދާނިޔަލް؟” އަރީފް އާލާއާއި ނުހަނު ލޯބިން ސުވާލު ކޮށްލިއެވެ. “ވެއްޖެ އަޒާންމެން ކައިރީގަ ކަންނޭނގެ..” އާލާ ހިނިތުންވެލުމަށްފަހު ބުނެލިއެވެ. އާލާއާއި ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު އަރީފްމެން އާދިންމެން ގާތަށް ދިޔުމުން އަނެއްކާވެސް އާލާ އެކަނިވިއެވެ.

“އާލް.. އާދެބަލަ.. ރުކާ ވަރަށް ދެރަވެފަ ހުރީ އާލް ނެތީމަ..” ރިޔާޝާ އެގޭތެރެއަށް ވަދެގެން އައިސް އާލާ ގާތު ހުއްޓެމުން ބުނެލިއވެ. އާލާ ނުދާން ދެކޮޅު ހެދުމަށްޓަކައި ބަހަނާއެއް ދެއްކިއެވެ. އެހެން ނަމަވެސް ގޮތް ދޫނުކޮށް ރިޔާޝާ އޭނާގެ އަތުގައި ހިފާ ދަމައިފައި ގެންދިޔައީއެވެ. ރިޔާޝާ ކާރަށް އެރުމަށްފަހު އެމީހުން ގެއާއި ދިމާލަށް ކާރު ދުއްވާލިއެވެ.

“ކުޑޭ މެރީކުރި ދުވަހު އަރުވާލި ފޯރި ހަނދާން އެބަހުރިތަ؟” ދާނިޔަލް ސަމާސާ ރާގަކަށް އަޒާން ގާތު ސުވާލު ކޮށްލިއެވެ. އެހިނދު ދާނިޔަލް ކުރަން އެއުޅެނީ ކީއްކަން ނަގައިގަނެވި އަޒާން އަވަހަށް އެމީހުން ގާތުން ރެކެން އުޅުނެއެވެ. “އަ އަ އަ.. ތިހާ އަވަހަކަށް ނޫން.. އަދި ވަގުތު އެބައޮތޭ އަޒާންއަށް ތި ވާން އުޅޭ އަނބިގޮއްޔަ ފެންނަން.. މިހާ ކުރިން ގޮސްގެން އެތާ އިނދެ އިނދެ ބުރަކަށްޓައް ތަދެއް އަރައިފާނު.. އެކުއްޖާ އަދި ނުވެސް އަންނާނެ ވިއްޔަ..” އިޝާންވެސް ދާނިޔަލްގެ ބަހަށް ބާރުދީފައި އަޒާންއާއި ދިމާކޮށްލިއެވެ. މޮޅުނުވެވޭނެކަން އެނގުމުން އަޒާން އެންމެފަހުން ހަތިޔާރު ބެހެއްޓީއެވެ.

ރިޔާޝާއާއި އެކު ގޮސް އާލާ އެންމެފަހުން ރުކާގެ ކޮޓަރިއަށް ވަނެވެ. އެއިރު ޑްރެސިންގް ޓޭބަލް ކައިރީ ރުކާ އިނެވެ. އާލާ ފެނުމުން ރުކާ އޭނާގެ ނަޒަރު އާލާއަށް ހުއްޓާލިއެވެ. ފައިތިލައާއި ހަމައަށް އަންނަ ވަރުގެ ދިގު މެރޫންކުލައިގެ މެކްސީއާއި ޕީޗްކުލައިގެ ޝޯލްގައި އާލާ ވަރަށްވެސް ފުރިހަމައެވެ. ޙަޤީގަތުގައި ދިގުކޮށް ހުންނަ ހެދުން ލުމުން އާލާ ހަމަ ފެންނަލެއް ފުރިހަމައީއެވެ. އާލާ ރުކާއަށް ބަލައިލުމަށްފަހު ގޮސް އެނދުގައި އިށީނދެލިއެވެ. އޭނާ ރުކާގާތަށް ދާކަހަލަ ޚިޔާލެއް ނުކުރިއެވެ. އާލާގެ އެ ޢަމަލުން ރުކާގެ ހިތަށް އަސަރު ކުރިއެވެ. އޭނާއަށް ކުރެވުނު ކަމެއްގެ ސަބަބުން މިއޮށް އުފާވެރި ދުވަސް ޚަރާބުވީއެވެ. ކޮންމެއަކަސް ކުރާނެ ކަމެއް ނެތެވެ.

ރިޔާޝާއަށް ރުކާ ރީތި ނުކުރެވިގެން އުޅޭކަމަށް ހެދެމުން ވާހަކަ ދެއްކީ އާލާ ގެނައުމުގެ ބޭނުމުގައެވެ. ކަން ވީވެސް އެހެންނެވެ. ދެބުމަ ގޮށް ޖަހާލުމަށްފަހު އާލާ ރުކާ ގާތަށް ދިޔައީ ހިތާ ދެކޮޅަށެވެ. ރިޔާޝާއާއި ހެދި ބޮލަށް އުނދަގޫވެގެންނެވެ. ތުން ދަމައިގެން ހުރެވެސް އޭނާ ރުކާ ރީތިކޮށް ނިންމާލި އިރު ރުކާ ހީވަނީ ހަވީރަށް ފޮޅިފައި އިން މަލެއް ހެންނެވެ.

ރުކާ އާއި ރިޔާޝާއާއި އެކު އާލާ ގޮސް މަނިކުމެން ގެއަށް ވަތް އިރު އެންމެން ތިބީ އެމީހުންގެ އިންތިޒާރުގައި ކަހަލައެވެ. އެންމެންގެ ނަޒަރު އެ ތިން އަންހެންކުދިންނަށް ހުއްޓިފައިވެއެވެ. އާލާ ލަދުގަތް ނަމަވެސް ކެތްތެރިވެލިއެވެ. ރުކާގެ ޙާލަކީވެސް އެއީއެވެ.

ކައިވެނީގެ މަތިވެރި ގުޅުމުން ރުކާއާއި އަޒާން ގުޅިގެން ދިޔައިރު އެންމެންގެ ދުލުން މަރުޙަބާގެ ބަސްތައް އޮހެމުން ދިޔައެވެ. “އާލް ސޮރީ.. ޕްލީޒް އާލް މިފަހަރު ރުކާއަށް މާފް ކޮށްދޭން ވީނު.. ދެން އެހެން ނަހަދާނަމޭ.. ހަމަ އަސްލުގަވެސް ސޮރީ..” ދާނިޔަލް އާއި އެކު އާލާ ރުކާއާއި އަޒާން ގާތަށް އައުމުން އާލާގެ އަތުގައި ހިފާލައިފައި ރުކާ ބުނެލިއެވެ. އާލާއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވިއެވެ. އޭނާ ބަލައިލީ ދުރަށެވެ. އެވަގުތު އަޒާން ލޮލުން އިޝާރާތް ކޮށްލުމާއެކު ދާނިޔަލް ބޯ ޖަހާލިއެވެ. އެޔަށްފަހު އާލާގެ އަތުގައި ހިފައިގެން އެތަނުން ދިޔައެވެ. އާލާ ދިޔުމުން ރުކާ އަޒާންއަށް ބަލައިލީ މާޔޫސްވެފައި ހުރެއެވެ. ކަރުނަ އަންނަހެން ހީވުމުން އޭނާ އިސްޖަހާލީއެވެ. އަޒާން އޭނާގެ އަތުގައި ހިފާލުމަށްފަހު ދެލޯ މަރާލީ ހުރިހާ ކަމެއް ރަނަގަޅުވާނޭ ބުނާ ފަދައަކުންނެވެ.

“މިހާރު ކިހިނެތް ވީ؟” ނުރުހުންވެފައި އާލާ ދާނިޔަލްއަށް ބަލައިލަމުން ބުނެލިއެވެ. “އިނގޭ ތިއުޅެނީ ރުކާއާއި އާލާއާއި ދެމެދު މައްސަލަ ޖެހިގެންކަން.. އިއްޔެ ތި ދެމީހުން ދެއްކި ވާހަކަ އަހަރެމެންނަށް އަޑު އިވުނު.. ރުކާ އެ ބުނީނު ރުކާ އުޅުނީ ސަޕްރައިޒް ދޭންށޭ.. އަހަރެންނަށް އާލާ ގާތު އެވާހަކަ ކުރިން ބުނެވުނީމަ ހުރިހާ ކަމެއް ފެނަށް ވެގެން ދިޔައީ.. ދެން ރުކާ މައާފަށް އެދޭއިރު އާލާ ވާނެއްނު މައާފް ކުރަން.. އިނގޭތަ؟ މައާފްކުރުމަކީ އެންމެ ރިވެތިވެގެންވާ އެއް ސިފަ.. އިސްލާމްދީން ބާރުއަޅާ ސިފައެއް މައާފް ކުރުމަކީ.. މައާފަށް އެދޭ މީހާއަށްވުރެވެސް މައާފް ދޭ މީހާ ހެޔޮވެގެންވޭ.. ވީ ކަމެއް ވީ.. އާލާގެ ހިތަށް ތަދުވިޔަސް އެ ތަދު ހަނދާން ނައްތާލާފަ މިވަގުތު ރުކާއަށް މައާފްކުރުން އެންމެ ރަނގަޅު ގޮތަކީ.. އާލާ ބޭނުމެއް ނޫނެއްނު އާލާ އިޙުސާސްކުރި ތަދެއް ދެވަނަ ފަހަރަށް އެހެން މީހަކު އިޙުސާސްކުރުވާކަށް؟ އިންސާނުންނަންވިތީ ކުށްވެސް ކުރެވޭނެއޭ.. އެކުށަށް ވާނެ މައާފް ކޮށްދޭން.. އަހަރެމެންނަށް ކިތަށް ކިތަށް ފާފަ ކުރެވޭ؟ އެކަމަކުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ކުށްތަކަށް މައާފް ކުރައްވައެއްނު.. އެ ފާފަތައް ފުއްސަވައިދެއްވައެއްނު.. އެކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެ.. އެކަލާންގެ އަހަރެމެން ކުރާ ފާފަ ފުއްސަވައިދެއްވާއިރު އަހަރެމެން ކުރާ ކުށްތަކަށް މަޢާފް ދެއްވާއިރު އަހަރެމެންނަށް ކީއްވެ އެހެންމީހުންނަށް މައާފް ނުދެވޭންވީ؟ ދެވޭނެ.. އެއީ އެންމެ ރަނގަޅު ގޮތަކީ.. ރުކާގެ މި އުފާވެރި ދުވަސް އޭނާއަށް އުފާވެރި ކޮށްދީ އާލާ.. އޭޒް ހާ ބެސްޓް ފްރެންޑް..” ދާނިޔަލް ދެޖީބަށް އަތް ޖަހާލުމަށްފަހު ހިނިތުންވެ ހުރެ އާލާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“ހެލޯ މިސްޓަރ.. އަހަރެން ނުބުނަމެއްނު ލެކްޗަރ ދޭށެކޭ؟ އެހެން ނޫނަސް އަހަރެން ރުކާ އަށް މައާފް ކުރާނަމޭ.. އަހަރެން މިއީ އެހާ ހިތް ހަރު މީހެއް ނޫން.. އަހަރެން މި މައާފް ކުރަނީ ވަކި ދާނިޔަލް ތި ވާހަކަ ކިޔައިދިނީމަކާ ނޫން އިނގޭ.. އެހެން ހީނުކުރާތި..” އަޅަ އަޅައިގަންނަމުން ނަމަވެސް އާލާ ބުނެލިއެވެ. ދާޏިޔަލް ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ކޮންމެ ހާލެއްގައިވިޔަސް މި އަންހެން ކުއްޖާ އޭނާގެ ގޮތުގައި ހިފަހައްޓާނެއެވެ.

“އޯކޭ.. އަހަރެން ތިކަމުގެ ކްރެޑިޓެއް ނުނަގާނަމޭ.. އެހެން ނޫނަސް ތިކަހަލަ ބޭބިޝް ކުދިން އުޅޭނީ ތިހެންނެއްނު.. ދާނިޔަލްއަށް އެކަން އިނގެޔޭ ބޭބިޝް އާލް..” ލާނެތް ރާގަކަށް އެހެން ބުނެލުމަށްފަހު އާލާގެ ކޮލުގައި ހިފާލައިފައި ދާނިޔަލް އެތަނުން ދިޔައީއެވެ. “ބޭބިޝް އާލް އޭ.. ހުއް.. ތިއީ ބޭބީ އަކީ..” ދާނިޔަލްއަށް އަޑުނީވޭވަރުން އާލާ އެހެން ބުނެލުމަށްފަހު ދެއަތް އުރާލަމުން އޭނާ ދެބުމަ ގޮށް ޖަހާލިއެވެ. އަދި ދާނިޔަލް ފަހަތުން ގޮސް އަނެއްކާވެސް ރުކާމެން ގާތު ހުއްޓުނެވެ.

“ކޮންގްރެޓްސް ރުކާ.. މަގޭ ލޯބި ލޯބި ރުކާވެސް ބޮޑުވީއޭދޯ..” ރުކާ ގާތަށް ގޮސް ރުކާ ގައިގައި ބައްދާލުމަށްފަހު ސިއްރުން އާލާ ބުނެލިއެވެ. އޭނާ ކައިވެނި ކުރި ދުވަހު ރުކާވެސް ވާހަކަ ދެއްކީ އެގޮތަށެވެ. “އާލް މައާފް ކުރީތަ އަހަންނަށް؟” އާލާ ދުރުވެލުމުން ރުކާ ހައިރާންކަން މަތީ ހުރެ ބުނެލިއެވެ. އެވަގުތު އާލާ ހިނިތުންވުމަކާއެކު ބޯ ޖަހާލުމުން ރުކާ އަނެއްކާވެސް އޭނާ ގައިގައި ބާރަށް ބައްދާލިއެވެ. އޭނާގެ އެކުވެރިޔާ އަލުން އަނބުރާ ލިބުނީއެވެ. އަޒާން ދާނިޔަލްއަށް ބަލައިލުމަށްފަހު އެއް ލޯ މަރާލިއެވެ. އެހިނދު ދާނިޔަލް އަޒާންގެ ކޮނޑަށް އަތް ވައްޓާލިއެވެ.

“އުފާ ކުރާނެ ވަރަކަށް އުފާކުރަންވީ.. އަހަރެން ނުދޭނަން ދެން އޭނާއަކަށް މާ ގިނަ ވަގުތެއް..” ދުރުގައި ހުރި ތަނބެއް ކައިރީ ދެމީހަކު ތިއްބެވެ. އެކަކު އަތުގައި ކޯކު ތައްޓެއް އިން އިރު އަނެކަކު ހުރީ ހަށަން ބަނދެލައިގެންނެވެ. އެދެމީހުން އުޅޭ ގޮތުން ހީވަނީ މީހަކަށް ފެނިދާނެތީ ވަރަށްވެސް ސިއްރުން އުޅޭހެންނެވެ. ދާނިޔަލްމެންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި އިރު އެ ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ނުލަފާ ހިންޏެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވީ ނުރައްކާތެރިކަން އެހެން މީހުންނަށް އިނގޭނެ ނަމައެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރު ކުރެވެނީއެވެ.

Next

މާފްކުރާށޭ ކަލާ 4

Next
November 11, 2018

މާފްކުރާށޭ ކަލާ 4

Previews
November 11, 2018

އިންތިޒާރު ކުރެވެނީއެވެ.

45 Comments!

  1. aish noor says:
    November 11, 2018 at 2:28 pm

    assalaamu a’laikum my dear readers.. 🙂 al’hamdhulillaah miothee vaahakaige 31 vana part up vefa.. :- ) mibai las v kamahtakaa hurihaa kiyuntherynge faraathun nihaayathah ma’aafah edhen.. noor dhogu hadhaakah nethin.. hageegathugaves noor ah vaguthu nuvyma las v.. thikudhin mi vaahaka qabool kohfiyyaa noor vrh ufaavaane.. qabool nukurevenyaa noor ah neynge dhn bunaane ehcheh.. ummeedhu kuran understand vaane kamah hurihaa kudhinnah ves.. wa’llah aulam.. 🙂 ehves gothakah samaalu kan hoadhan noony gasdhuga thikudhin inthizaaru kuruvumuge beynumuga eh noon noor las kureekee.. 🙂 thikudhinge comment thakah reply nukurevunythy ves nihaayathah ma’aafah edhen.. noor ah vaguthu v varakun reply kuramun dhaanan, in sha allah.. 30 vana part ge hurihaa comment thah ves kiyaalaafa eyah reply kohfa mi part ge comment thakah reply kurevihjeyyaa noor kuraanan, in sha allah.. 🙂 ehves reply eh noor nukuranyaa eyge maana akee noor bxy ey ingey readers.. 🙂 thikudhin keiyytheri kamaaeku vaahaka ah inthizaaru kureethee vvvvvvvvvvvvvvvvvvvvvvvv bodah shukuriyyaa.. thi dhevvaa ehytheri kamashaa support ah ves vvvvvvvvvvvvvvvvvvvvvvvvvvvv bodah shukuriyyaa ingey.. 🙂 jazakumullah khairan and LY all.. 🙂 <3<3<3

  2. Advice says:
    November 11, 2018 at 2:33 pm

    Abadhu aalaa dhaanial dheke rulhi ais… Abadhu vx eh kanthakeh. … V hadi vejje mhr. ..

  3. Aanyy says:
    November 11, 2018 at 2:35 pm

    First

    1. Aanyy says:
      November 11, 2018 at 2:36 pm

      Yeyyyyyyy
      Adhi nuvess kiyan
      Ekamuvess ok
      Thanks for the new bai??

    2. aish noor says:
      November 12, 2018 at 2:47 pm

      yess dear first.. congrats Aanyy.. 🙂 marhabaa dear.. 🙂

  4. shaha says:
    November 11, 2018 at 2:36 pm

    Second. Yay v reethi mi vaahaka Masha Allah ?????

    1. aish noor says:
      November 12, 2018 at 2:54 pm

      yess dear.. congrats.. 🙂 jazakillah khairan shaha.. 🙂

  5. Lam♡♡ says:
    November 11, 2018 at 2:41 pm

    Me first dhw…waiting for the next part ?

    1. aish noor says:
      November 12, 2018 at 2:55 pm

      dear mifaharu 3rd ehnu mi libunee dhw? 🙂 congrats dear.. 🙂 jazakillah khairan.. 🙂

  6. Lam♡♡? says:
    November 11, 2018 at 2:41 pm

    Alhey 3rd dhw

    1. aish noor says:
      November 12, 2018 at 2:56 pm

      ahaha yess dear.. 🙂 congrats.. noor reply fonuvali iru adhi mi comment nufenuny.. hehe.. 🙂

  7. rau says:
    November 11, 2018 at 3:27 pm

    Alhey next part thankolheh avahah up kohla dhehchey plx

    1. aish noor says:
      November 12, 2018 at 2:57 pm

      in sha allah miadhu up kohla dheveytho mi balanee.. 🙂 jazakillah khairan dear.. 🙂

  8. Beryl Stone says:
    November 11, 2018 at 3:31 pm

    Aee kameh nooney dear??Masha allah ???vrh vrh rythi mi prt vx???aee evaru kameh nooney dear???dandelion mi stry kiyamun dhiya iru heevii kurimathy Emanzaru thah fennamun dhiyahn??N aishy ah engeytha dandelion ge friends kairi kiyan mi stry rythi kamuge vhk???????e kudhin vx thiby noor sis ah hiyyvaru dhiyumuga????ly???? <3 <3 <3

  9. Ibsha says:
    November 11, 2018 at 3:54 pm

    Wow nice

    1. aish noor says:
      November 12, 2018 at 3:00 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  10. Dhaan says:
    November 11, 2018 at 3:56 pm

    Alhey so sweet aalaa. Aalaa kakkaffa dhyfiyaamun endhiyas dhaan ah hama dheyni enme myru raha ehaaves lobivey. Noor sis thy hama best ingey. Noor sis aalaa gaathu bunahchey gina ginain dhaan ah yummy foods hadhaa dheyshey?

    1. aish noor says:
      November 12, 2018 at 3:03 pm

      ahahahaha.. btw jazakallah khair ‘dhaan’.. 🙂

  11. RiY@ says:
    November 11, 2018 at 6:34 pm

    finally yayyyy!!! masha allah mi bai ves varah reethi

    1. aish noor says:
      November 12, 2018 at 10:56 pm

      al’hamdhulillaah yes dear.. 🙂 ehentha? vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. 🙂

  12. Shadha says:
    November 11, 2018 at 6:44 pm

    Masha Allah ?? vv reethi mibaives

  13. Faathii says:
    November 11, 2018 at 7:01 pm

    Varah ufaavey mikahala story liyaathy… Ginaginain Allah and ekalaange dheen mathin handhaankohdheythee.. Allah thibaa ah gina ginain liyumuge heyo thaufeeq dhevvaashi. May Allah reward u with good.
    ♥♥♥?

  14. Mal says:
    November 11, 2018 at 7:26 pm

    Yeyy finally!!!!!!!!?????i am so happii…???v nyc mi part ves…. ? ? specially dhaaniyal aalaa ge koluga hifaalaa thankolhu….?????dhn v majaa vaane kanneynge dhaan and aalaa…thankx noor sis…ekam dhn huri part thah thankolheh avahah up kohdhehchey.. ? ? ? ? btw how many parts are left…and whn next part….lots of love ❤ ? ? ? ? ? ? ? ?

    1. aish noor says:
      November 12, 2018 at 10:59 pm

      al’hamdhulillaah yess dear.. 🙂 ehentha? vrh vrh vrh ufaavehje dear ufaavefa huryma yaa mi part dear ah kamudhiyaeema.. 🙂 ahaha.. 🙂 marhabaa dear.. in sha allah, mi masahkaiyy kuranee.. 🙂 noor ah hama eh gothakah ves neynge thihen bunaakah.. ekam nimen gaaiyy v ma in sha allah noor angaalaanan ingey.. noony surprise eh gothuga ves hama last part thah athuvedhaane.. konmes eh gotheh noor choose kuraanan, in sha allah.. 🙂 up vefa innaanee mihaaru 32 vana bai.. 🙂 aww.. <3<3<3

  15. Naira says:
    November 11, 2018 at 7:34 pm

    Mi part ves v interesting. When is next part?

    1. aish noor says:
      November 12, 2018 at 11:00 pm

      ehentha dear? vrh vrh vrh ufaavehje.. 🙂 jazakillah khairan Naira dear.. 🙂 32nd part mihaaru up vefa.. 🙂

  16. Aimin says:
    November 11, 2018 at 8:00 pm

    Nice koba naseyhai

  17. Aimin says:
    November 11, 2018 at 8:04 pm

    Vvvv reethi.. when is next part…

  18. Girl says:
    November 11, 2018 at 8:10 pm

    Masha Allah.???????Vvvvvvvv reeeeethi ??????? Mi bai ves. N BEST STORY EVER.?????????. KEEEEEEP ON THE GOOOD WORK NOOR.??????

    1. aish noor says:
      November 12, 2018 at 11:02 pm

      jazakillah khairan dear… 🙂 ehentha dear? hehe.. 🙂 asluvestha? vrh vrh vrh ufaavehje noor.. 🙂 al’hamdhilillaah and jazakillah khairan dear.. 🙂

  19. Kokee says:
    November 11, 2018 at 8:49 pm

    maasha allah..v reethi mi part ves..keep it up sis..lov ya

    1. aish noor says:
      November 12, 2018 at 11:04 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 aww.. <3<3<3<3<3

  20. Ashwa says:
    November 11, 2018 at 8:54 pm

    Vvvvv reethi mi part vx next part ah inthixaaru kureveny mihaaru avahah up kohla dheythi noor dhooni

    1. aish noor says:
      November 12, 2018 at 11:05 pm

      jazakillah khairan dear.. 🙂 ahaha.. aww.. al’hamdhulillaah, mihaaru up vefaey innaanee dear.. ingey.. dhn avahah kiyaalaa 32 vana bai.. 🙂

  21. Gaaaal says:
    November 11, 2018 at 10:28 pm

    Vereynyy eh nooon bandun vaanii.. vereyny is not a word which we use for writing story.. for ur kind information.. juice gayah bandun vaaanii?
    Nd ofcrse ur storyy was damn nice.. i like itt veryy berry much

  22. Riyaa says:
    November 11, 2018 at 10:56 pm

    Masha Allah varah habeys mi part????
    And interesting ??
    Pls up next part soon

    1. aish noor says:
      November 12, 2018 at 11:07 pm

      jazakillah khairan dear.. 🙂 al’hamhulillaah, mihaaru innaanee 32nd part up vefa.. avahah e part dhn kiyaalaa ingey Riyaa dear.. 🙂

  23. Shaya says:
    November 11, 2018 at 11:32 pm

    Masha allah!!..v v v reethi mi part????..dhaaniyal aalaa edhinee hama emme best nan….hama varah suit kure enan aalaage personality ah…usually geyga hama ekani eh kujjeh hunnakamugaa vaanama e kujjeh hama vrh baby koh ulheynee vx…curiously waiting…ok eyy daily koh stry up nukuriyas as long as we knw that u will continue writing.. hoping that u will not break my trust upon u

    1. aish noor says:
      November 12, 2018 at 11:09 pm

      jazakillah khairan dear.. 🙂 hehehe.. 🙂 ehn tha.. vrh ufaavehje dear ah understand v ma.. 🙂 in sha allah noor mi try kuranee thigothah kanthah nukoh veytho.. 🙂

  24. Mai shar says:
    November 12, 2018 at 12:32 am

    Wow vvv salhi nex part kon erakun vaani.. plxx

    1. aish noor says:
      November 12, 2018 at 11:10 pm

      jazakillah khairan dear.. 🙂 mihaaru up vefa innaanee.. avahah kiyaalaa ingey.. 🙂

  25. Ishaan says:
    November 12, 2018 at 8:54 am

    alhamdhulillah…….fainally its uploaded…. ohh thank you… its very nice….masha allah……???

    1. aish noor says:
      November 12, 2018 at 11:11 pm

      al’hamdhulillaah yess.. 🙂 marhabaa dear.. 🙂 jazakallah khair Ishaan.. 🙂

  26. Xaaan says:
    November 12, 2018 at 9:15 am

    Masha Allah mi partves vvvv reethi

    1. aish noor says:
      November 12, 2018 at 11:12 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

Comments are closed.


All Right Reserved!