ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 2
”ދޮންތާ ބަލާބަލަ…”މީޝާ އެހެން ކިޔާފައި ނިފްޝާ ކޮއްޕާލީ އެތަނުން ދިޔަ ފިރިހެން ގުރޫޕާދިމާލަށެވެ. މުޅި އެތަނުގައި ހަރުލާފައި ހުރީ ނިފްޝާގެ ހަޅޭކުގެ އަޑެވެ. ނިފްޝާ ގޮސް ޖެހުނީ އެތަނުން އެންމެ މިކޮޅަށް ހުރި ކުއްޖާގެ ގައިގައެވެ. ހުށިޔާރު ކަމާއެކީ އެކުއްޖާ ނިފްޝާ ނުވެއްޓި ހިފެހެއްޓިއެވެ.
ވެއްޓެން ދިޔަ ނިފްޝާ މީހެއްގައިގާ ޖެހުމުން އެމީހާގެ ގަމީހުގައި ހިފަހައްޓާލިއެވެ. އެމީހާވެސް ހުށިޔާރު ކަމާއެކީ ނިފްޝާ ނުވެއްޓި ހިފެހެއްޓިއެވެ. އެހެންނަމަވެސް ވެއްޓިދާނެތީ ނިފްޝާ އޮތީ ދެލޯމަރައި ބާރު ކޮށްލައިގެންނެވެ. ނުވެއްޓި ގިނައިރު ވުމުން ލޯ ހުޅުވައި ބަލައިލި ނިފްޝާއަށް ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުން ތެޅިގަނެވުނެވެ. ”އައިޒަން… ސޮރީ..” ރަތްވެގެން ދިޔަ މޫނަކާއެކު އަދި އެހާމެ ލަދުވެތި ކަމާއިއެކު އައިޒަންގެ ފަރާތުން މަޢާފަށް އެދުނެވެ. ”އިޓްސް އޯކޭ ނިފްޝާ..” ހިތްހެޔޮކަމާއެކު އައިޒަން ހިނިތުންވެލާފައި ބުނެލިއެވެ. ނިފްޝާވެސް އޭގް ބަދަލުގައި ހިނިތުންވުމެއް ރައްދު ކޮށްލާފައި ހިނގައިގަތެވެ.
”އައިޒަން…. ހާދަ ވަރެކޭ ދޯ ތި ވީ….ދެމީހުން އެހެން ތިބި އިރު ހީވަނި ފޮޓޯ އަކަށް ހުއްޓިލައިގެން ހުރިހެން… ހާދަ ޗާލޭ…” އައިޒަން ގެ ގާތުގައި ހުރި ސިމާލް އައިޒަން އާ ދިމާކޮށްލިއެވެ. ”ސިމާލް ވެސް ދައްކާ ވާހަކަ ދޯ… ދެން އެކަމު އެކުއްޖާ ވެއްޓެން ދިޔާމަ ސިމާލު ނަމަވެސް ހިފަހައްޓާނެ… ހަމައެކަނި އަހަންނެއް ނޫން އިނގޭ… ދޯ ހައިޝާމް..” އައިޒަންގެ ވާހަކަ ކޮޅު ނިންމާލީ އޭނާގެ ރަހުމަތްތެރި ހައިޝަމް އަށް ދޯ އޭ ކިޔައިފައެވެ. ”އާން.. އައިޒަން އެބުނީ ހަމަ ރަނގަޅަށް.. މަށަށް ހީވޭ އަދި ސިމާލު އަށް އެފުރުސަތު ލިބުނިނަމަ އެމަންޖެ ދޫ ނުކޮށްލާނެ ހެންވެސް..” ހައިޝަމް ވެސް އައިޒަން އާ އެއްބާވެލިއެވެ. ”ހޫން ދެން ހެވޭ..”ސިމާލު ކަޑަވެފައި ބުނެލި ގޮތުން އައިޒަން އަށާއި ހައިޝަމް އަށް ނުހީ ހަމަ ނުހުރެވުނެވެ. ދެ މީހުން ސިމާލު އާ ދިމާކުރަން ފެށިއެވެ.
”ދޮންތާ! ކިހިނެއް ތި ހެދީ….” މީޝާ ހެމުން ހެމުން ނިފްޝާ ގާތު ބުނެލިއެވެ. ”ދެން މީޝާ ވެސް ނުވާނެ ދޯ އެކަހަލަ ކަންތައް ކުރާކަށް… ނަސީބެންނު އެމީހުން ކުރިމަށްޗަށް ނުވެއްޓުނުކަން ވެސް..އެހެން ނޫންނަމަ ނޭނގެ ލަދުން ވާނި ގޮތް ވެސް… އެކަމު މިހާރު މީޝާ މާ ކަންތައް ބޮޑުވަނި އިނގޭ ތި.. ސަކަރާތް ޖެހިޔަސް މީހުން ކުރާ ކަހަލަ ކަންތައްތަ އެއީ؟؟؟.. ހުވާ ދެން ނުހުރެވޭނެ މަންމަ ގާތު ނުބުނެއެއް…” ނިފްޝާ ރުޅި އައިސްފައި ބުނެލިއެވެ. ”ދޮންތާ އިނގޭތަ؟ ތި ދެ މީހުން ވަރަށް ގުޅޭ އިނގޭ… ހަަމަ ޕާފެކްޓު ކަޕުލްއެއް…” މީޝާ މިފަހަރުވެސް ބެލީ ނިފްޝާ ރުޅި އަރުވާލެވޭތޯއެވެ. ކަން ވީ ވެސް އެހެންނެވެ. ނިފްޝާ ރުޅި އައިސްފައި މީޝާ އާއި ދިމާއަށް ކުދި ކިޔަމުން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނިފްޝާއަށް ނޭނގުނުކަމަކީ މީޝާ ، އައިޒަން އާއި ނިފްޝާގެ ފޮޓޯ ނެގިކަމެވެ. މިއަދު ދެން އެ ނިފްޝާގެ މޫޑު ވެސް ހަރާބު ވީ އެވެ. އެހެންނަމަވެސް މިއަދު މިވީ ކަންތައްތައް އެނާގެ މަންމަ އަށް ކޮންމެހެން ވެސް ކިޔާދޭން އެބަ ޖެހެއެވެ. އެހެންނޫނީ މީޝާ އެކަމެއް ނުހުއްޓާނެއެވެ.
ގެއަށް ދެވުމުން ނިފްޝާ އޭނާގެ މަންމަ އަށް ލިންކުރޯޑުގައި ވީ ކަންތައްތައް އަކުރުން އަކުރަށް ކިޔާދިނެވެ. އަދި ނިފްޝާގެ މަންމަ އިނާޝާ ވަނީ މީޝާ އަށް ވިސްނެންދެން ނަސޭހަތް ދީފައެވެ. އެހެންނަމަވެސް އެ ނަސޭހަތްތަކަށް ކިޔަމަންވާނީ އެންމެ ދުވަހަކުއެވެ. ފިރިހެނަކާ ވަކި އަޅާ ކިޔޭކަށް ނެތެވެ. ނިފްޝާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އޭނާގެ ކޮޓަރިއަށް ވަދެވުމުންނެވެ. ހަމަގައިމުވެސް ދެން އޭނާއަށް އުނދަގޫ ކުރާނެ މީހަކު ނުހުންނާނެއެވެ. ފެންވަރައިލާގެން ނިކުތް ނިފްޝާގެ މޫނުމަތިން ވަރުބަލިކަމާއި ނިދީގެ އަސަރު ފާޅުވާން ހުއްޓެެވެ. އެހެން ކަމުން އޭނާ އިޝާ ނަމާދު ކޮށްލައިގެން އައިސް އެނދުމަތީގައި އޮށޯވެލިއެވެ. ނިދި އައިސްފައި ހުރި ނަަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އައިޒަންގެ މޫނު މިއަދު ނުހަނު ގާތުން ފެނުމުން ނިފްޝާގެ ހިތަށް ގޮތެއްވެލިއެވެ. މިރޭ އައިޒަންގެއެކި ހިޔާލުތައް އައިސް ނިފްޝާގެ ސިކުނޑި ވަނީ ފުރައިލާފައެވެ. އެހެން ނަމަވެސް އެއީ ގޯސް ކަމަކަށް ވުމުން އެހިޔާލު ތަކުން ދުރަށް ދެވޭތޯ ނިފްޝާ ވަރަށް މަސައްކަތްކުރިއެވެ. އެހެން އޮއްވާ ނިދި އައިސް ނިފްޝާގެ ލޮލަށް ސަވާރުވީ ކޮންއިރަކު ކަމެއްވެސް ނެނގެއެވެ.
ލޮލަށް ނިދިނައިސްގެން އުޅުނު އައިޒަން އެނދުމަތީގައި އޮވެގެން ދެފަރާތަށް ފުރޮޅެނީއެވެ. މީ ކުރިން އޭނާއަށް ވީ ކަމެއް ނޫނެވެ. ނިދަން އޮށޯތްފަހުން މިހާރު އެއްގަޑި އިރު ވަނީއެވެ. އެހެންނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރައިލާއިރަށް ސިފަ ވަނީ ނިފްޝާގެ އެ ދޮން މޫނެވެ. ފިޔާތޮށިކަން ގަދަ ތުންފަތެވެ. ކަޅު ކަންގަދަ އެސްފިޔައެވެ. މީގެ ކުރިން ނިފްޝާގެ މޫނު އެހައި ކާރިން އައިޒަން އަކަށް ނުފެނެއެވެ. މިއަދު އައިޒަންގެ ހިތުގައި ނިފްޝާގެ ސޫރަ ދުވަހަކު ފަނޑު ނުވާނޭ ވަރަށް ކުރެހުނެވެ. މީގެ ކުރިންވެސް އައިޒަންގެ ހިތުން ވަނީ ނިފްޝާއަށް ހާއްސަ މަގާމެއް ދެވިފައެވެ. އަދިއަދަށް ދާންދެން ވެސް އޭނާ ވަނީ އެންމެ ގާތް އެކުވެރިޔާއަށްވެސް އެކަން ސިއްރު ކޮށްފައެވެ. ނިފްޝާގެ ހިޔާލުތަކުގައި އޮވެ ނިދުނު އިރެއްވެސް އައިޒަން އަކަށް ނެނގެއެވެ.
*******
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުވާލުގެ ޑިއުޓީ އަށް އިރު ނުކުތީ އެތައް ބަޔަކަށް އުފާވެރިކަން އެނެއްބަޔަކަށް ހިތާމަ ގެނުވާފައިއެވެ. އަހަރުގެ ބޮޑު ޗުއްޓީ ކަމުން މަގުމަތިން ގިނަ މީހުން ފެންނާކަށް ނެތެވެ. ނަމަވެސް ފަތިސް ނަމާދު ކޮށްލައިގެން ނިފްޝާ މަގުމަތީގައި ކުނި ކަހަން އޮތެވެ. މަގުމަތިން ހާހަކުން ފަހަރަކު ނޫނީ މީހަކު ނުފެނެއެވެ. ނިފްޝާމެން ގޭގެ ފޫޓަކީ ބޮޑު ފޫޓެއް ކަމުން ކަހާ ނިމޭއިރު ހުންނަނީ ވަރުބަލިވެގެން ގޮސް ހަލާކުވެފައެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ސުކޫލް ބަންދު ދުވަހެއްވެއްޖާ އޭނާގެ މަންމަ އަށް އެހީވުމަށްޓަކައި ތަފާތު އެކި މަސައްކަތް ކޮށްދެއެވެ.ނަމަވެސް މީޝާ އަކީ އޭގެ އިދިކޮޅެވެ. ނިދައިގެން ވެސް ހޭލާނީ މެންދުރުވާފަހުންނެވެ. އެކެއްގެ ދަރިން ކަމުގައި ވީނަމަވެސް މީޝާ އާއި ނިފްޝާ އެތައް ގޮތަކުން ތަފާތެވެ. މީޝާއަކީ އަނގަގަދަ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެހެންނަމަވެސް ނިފްޝާއަކީ މަޑުމައިތިރި މީހުންނާއި ގުޅޭ ކުއްޖެކެވެ.
”ނިފޫ….. އަދިވެސް ނުނިމޭތަ ކަހައެއް.. އަވަސް ކޮށްލަބަލަ އެއްޗެއް ގަންނަން ދާން…” ނިފްޝާގެ މަންމަ އިނާޝާ ބުނެލިއެވެ. ”ނޫނޭ މަންމާ! މިނިމުނީ ހަމަ……. އަންނާނަން ތައްޔާރު ވެލައިގެން.. މިހުރިގޮތައް ދާކަށް ނުކެރޭނެ…”ނިފްޝާ އަކީ ދީނަށް ލޯބިކުރާ ކުއްޖެއް ކަމުން އޭނާ ގެއިން ބޭރަށް ނުކުންނަނީ އަބަދުވެސް ބޮޑު ހެދުން ލައިގެންނެވެ. މަދުފަހަރަކު ނޫނީ ކުރުހެދުމެއް ލައިގެން ނުނިކުންނާނެއެވެ. ”ކޯއްޗެއް ގަންނަން ވީ މަންމާ…؟؟” ނިފްޝާ ތައްޔާރުވެލައިގެން އައިސް ގަންނަންވީ ކޯއްޗެއްތޯ މަންމަ ކައިރީ އެހިއެވެ. އިނާޝާ ، ނިފްޝާއަށް ގަންނަން ވީ ކޯއްޗެއްކަން ބުނެދިނުމުން ނިފްޝާ އަވަސްވެގަތީ ފިހާރައަށްދާށެވެ. ގެއާއި ފިހާރަ އެހައި ދުރު ނޫންކަމުން ވަރަށް އަވަހަށް ފިހާރައާއި ހަމައަށް ނިފްޝާއަށް ފޯރިއެވެ. ފިހާރައަށް ވަނެ ގަންނަން ވީ އެއްޗެހި ހިފައިގެން ނިފްޝާ ކައުންޓަރު ކައިރިއަށް ދަނިކޮށް ފެނުނު މީހަކުން މުޅި މޫނު ރަތްވެއެވެ. ”މިހާ ހެނދުނާވެސް އައިޒަން އެހުރީ ފިހާރައަށް އައިސް” ނިފްޝާގެ ހިތަށް އެރިއެވެ. ”ހައި ނިފްޝާ… ކޯއްޗެއް ގަނެލަން އައިސް ތިހުރީ؟”ނިފްޝާއަށް ސިހުން ލިބުނީ އައިޒަން އައިސް އޭނާ އާ ވާހަކަ ދެއެކުމުންނެވެ. ”ހައި…. މިހިރީ ގަންނަން އައި އެއްޗެހި..” ކުރު ޖަވާބެއް ދީފައި ނިފްޝާ އެތަނުން އަވަހަށް ހިގައިގަނީ އެއީ ރަނގަޅު ކަމަކަށް ނުވާތީއެވެ. ފިރިހެން ކުދިންނާ ވާހަކަ ދެއްކުމަކީ ނިފްޝާއަށް އެންމެ އުނދަގޫ އެއް ކަމެވެ. ނެގި އެއްޗެއްސަށް ރުފިޔާ ދައްކާފައި ގެއަށް ދާން ހިނގައިގަނެވެ. އޭރުވެސް ފިހާރައިގައި ނިފްޝާގެ ހަރަކާތްތަކަށް ބަލަން އައިޒަން ތަންކޮޅެއް ދުރުގައި ހުއްޓެވެ.
***************************
މެންދުރު ނަމާދު ކޮށްލައިގެން މިސްކިތުން ނިކުތް އައިޒަން އެހެން ދުވަސްތަކާއި ހިލާފަށް މިއަދު މިސްރާބު ޖެހީ އެހެން ތަނަކަށް ދިއުމަށެވެ. ހީވާ ގޮތުން އެދަނީ އޭނާގެ ރައްޓެހި ކުއްޖެއް ގެއަށެވެ. ”ސިމާލް މަންމާ! ކޮބާތަ ސިމާލު؟”އައިޒަން ރައްޓެހި ސިމާލުގެ މަންމަ ލުބުނާ ކައިރީ އަހައިލިއެވެ. ”ކޮޓަރީގައި ވީ….” ޖަވާބުގައި ލުބުނާ ބުނެލިއެވެ. ސިމާލު ވީ ކޮންތާކު ކަން އެނގުމުން ދެން އައިޒަން ދިޔައީ ސިމާލުގެ ކޮޓަރިއަށެވެ. ”ސިމާލޫ! އަދިވެސް ތެދުވާކަށް ނުވޭތަ؟ މިހާރު އެއޮށް އެކެއް ޖެހީއޭ….. ތެދުވަންނަންވީ އިނގޭ ދެން އެހެންނޫނީ ފެން އަޅާނަން..” ސިމާލު ނިދާފަ އޮތުމުން އައިޒަން ގޮސް ސިމާލް ގެ ކަންފަތް ބުޑުގައި ހަޅޭލަވައިގަތެވެ. ”ހުމް…… އަދި ދީ ފަސް މިނަޓް.. ވަރަށް ނިދިއައިސް މިއޮތީ…” މޯޅިއަކަށް ދެމިލަމުން ސިމާލު ބުނެލި ޖުމްލައިން އައިޒަން ޖޯޑަކަށް ފެން އަޅައިގެން އައިސް ސިމާލުގެ މޫނަށް އޮއްސާލިއެވެ. ”އައިޒަން! ކީއްތިކުރީ؟” ސިމާލު މޫނުގައި ހުރި ފެން ތިކިތައް ފޮހެމުން އައިޒަން އާ ދިމާއަށް ދުއްވައިގަނެވެ. އަދި ދެމީހުން އެކި ސަކަރާތުގައި ތިބެ އައިޒަން ކުރަން އައި ކަންތައް ކޮށް ނިންމާލިއެވެ.
ނިފްޝާ ނަމާދު ކޮށް ޤުރްޢާން ކިޔަވައިގެން މީޝާ އާއެކީ ކާން އިނީ އެކި ވާހަކަ ދައްކަމުންނެވެ. މިއީ އަބަދުގެވެސް ހާލެވެ. ދެމީހުން އެއްތަނެއްގައި ހުރިއްޔާ އެތަނެއްގައި އެހެން މީހަކު ހުރިޔަކަ ނުދޭނެއެވެ. މިއަދުވެސް ދެމީހުން ދައްކާ އެކި ވާހަކައަށް ތަންކޮޅެއް ދުރުގައި އިނާޝާ ހޭން ހުރިއެވެ. ނިފްޝާވެސް މީޝާއާ ޖެހިއްޖާ އެއްތާ ދެފައި ހަރުނުލާނެއެވެ. އެހާވެސް ސަކަރާތް ބޮޑެވެ. ކައި ނިންމާލައިގެން ނިފްޝާ ދިޔައީ އޭނާގެ ލައިބްރަރީ އަށެވެ. ނިފްޝާ އަކީ ވާހަކަ ކިއުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމުން އޭނާގެ ބައްޕަ ވަނީ ކުޑަކުޑަ ލައިބުރަރީއެއް ހަދާދީފައިއެވެ. އަދި ތަފާތު އެކި ވާހަކަތައް ގަނެދީފައިއެވެ. ވާހަކަ ކިޔަން އޮވެ ފަސް މިނެޓް ނުވަނީސް ފޮތް ބާއްވަން ޖެހުނީ އޭނާގެ ރައްޓެހި ހަނާން އާއި ޝާނާ އައުމުންނެވެ. މިއީ ކުޑައިރުއްސުރެ އެކީގައި އުޅުނު ތިން ކުދިންނެވެ. މި ތިން ކުދިންގެ ރަހްމަތްތެރި ކަމަށް ދުވަހަކުވެސް ބަދަލެއްނާދެއެވެ.
ނިފޫ… އަބަދުވެސް ވާހަކަ ކިޔުމުގަ ދޯ….. މިރޭ އޮންނަ ބާބަކިއު އަށް ދާނަންތަ؟” ހަނާން ބުނެލިއެވެ. ” ނޫނޭ ހަމަ ދެންމެ މި ޖައްސާލީ ވާހަކަ ކިޔަން… އަދި ފަސް މިނަޓް ވެސް ނުވާނެ…ހެހެހެ…. ކޮން ބާބަކިއު އެއްތަ؟ ނިފްޝާވެސް ކޮށްލީ ސުވާލެކެވެ. ”ސާބަސް ނިފޫއަށް…. އެހާ އަވަހަށް ހަނދާންނެތުނީތަ؟ މުޅި ގުރޭޑު ކުދިން ބާބަކިއު އެއް ހަދާ ވާހަކަ ބުނިއެއްނު މިރޭ… ނުވައެއް ނިމުނީމަ…. ދެން ދާނަންތަ؟”ޝާނާ ، ނިފްޝާއަށް ހަނދާންކޮށްދޭ ފަދައަކުން ވާހަކަ ދެއްކިއެވެ. ”އާން……. ދާންވާނު.. ދެން ނޭނގެ ކުލާސް ކުދިންނާ ދިމާވާނެ ކަމެއްވެސް… މިރޭ އަށެއްގަ ދޯ ދާވާހަކަ ކީ؟”ނިފްޝާ ބުންލިއެވެ. ”ހޫމް…. މިރޭ އަށެއްގަ ބަލާ އަންނާނަން.. ރެޑީ ވެގެން ހުންނާތި…”ހަނާން އަމުރުވެރި ގޮތަކަށް ބުނެލިއެވެ. ”އޯކޭ މިސް…” ސަކަރާތް ޖަހާލުމުގެ ގޮތުން ނިފްޝާ ބުނެލިއެވެ.
*****************
އިޝާ ނަމާދު ކޮށްގެން ނިފްޝާ ތައްޔާރު އެ ވަނީ މިރޭ އޮންނަ ބާބަކިއު އަށް ދިއުމަށެވެ. ނިފްޝާއަކީ ގަޑިއަށް ފަރުވާތެރިވާ ކުއްޖެއް ކަމުން މިރޭވެސް އަށެއް ޖަހަން ތިރީސް މިނެޓު އޮއްވާ ނިމުނެެވެ. އޭނާގެ ރައްޓެހި ހަނާން އާއި ޝާނާ އަންނަންދެން ދެން އިނީ ޤުރްޢާން ކިޔަވާށެވެ. ޤުރްޢާން ކިޔަވަން އިންދާ ވިހި މިނަޓު ވި އިރަށް ހަނާން އާއި ޝާނާ އައެވެ. ނިފްޝާ މިރޭ ބާބަކިއު އަށް އެދަނީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުގައިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Abadhuge ves haaleve. Dhemeehun ethanegai thibiyya dhw in any? Huriyya inyma nubai dhw
BTW vaahaka v reethi ?
thanks snow….mistake bunedhinyma…. dhn faharakun thikahala mistake eh nujehe vey tho balaanan… 🙂
Masha Allah…vaahaka varah reethi…dhn genesdhey part thankolheh avahah up kohladheeba?
Thanks nuhaa?
Kobaa next???