ޒަޔާންމެން ކުލާހައް ވަނުމާއެކުހެން ފަތިވަރުތައް އަމުނާފެށިއެވެ. ދުލައްއައިހާއެއްޗެއް ކިޔަމުންދިޔައިރުވެސް ސަޔާން އަޅާވެސްނުލާ އިސްދަށައް ޖަހައިގެންއިނެވެ. ހިތައްތަދުވިނަމަވެސް ކެއްކޮއްލައިގެން އިނީއެވެ. މިކަންވެސް އެކުދިންނައް ހަޖަމެއްނުވިއެވެ. ބާރުހިގުމެއްގާ ޒަޔާނުއައިސް ސަޔާންގެ ގިރުވާނުގަހިފާ ބާރުކޮއްލިއެވެ. “އަމިއްޔާތް މީދަލޯބި ލޯބިމޫނެއް ކަމަނާ ހާދަހާސްވެފަ! ބުނީމެއްނުން ލިޕުސްޓިކް ޖައްސައިގެނޭ އަންނަންވާނީ ކީތްވެތަ ކައޭ މަބުނާގޮތައް ކަންތައްނުކުރަނީ ! ހުރެބަލަ މިފަހަރު މަންޖެގެލިޕު ރެޑު ކޮއްލާނަމޭ” ޒަޔާން މިހެންކިޔާ ޖީބުންނެގި މާކަރުފެނުމުން ސަޔާންތެޅިގަތީ އޭނަކުރަންއުޅޭ ކަންތައްއެގުމުންނެވެ. “މީދަރަނޑާ ކަލޭމަޑުންހުރޭ މަގޭއަތުން ބޮނޑިއެއްނުބޮއި މަޑުންހުރޭ! ސަޔާން ގަދަހަދާ […]
ހެނދުނު އަރައިގެންއައި އިރާއެކުހެން ސަޔާން ފެންވަރާ ތައްޔާރު ވަމުންއެދަނީ ގަޑިނުޖެހި ސުކޫލައްދިޔުމަށެވެ. އިރުއިރުކޮޅާ އަތުކުރީގަޑިޔައް ބަލާލަމުން ފާރުގަހަރުކުރެވިފަވާ މޫނުބަމޫނުބަލާލޯގަނޑު ކުރިމަތީހުރެ ބޮލުގެއިސްތަށިތައް ކޮޅައްޖަހަމުން ގެންދަނީ ފަރުވާތެރިކަމާ އެކުގައެވެ. ހިންހަމަޖެހޭވަރައް ބޮލުގެ އިސްތަށިތައް ކޮޅައްޖަހާ ސުޕައިކުޖައްސާލެވުމުން މޭޒުމަތީހުރި ފެހިކޯލަވާޓަަރުފުޅިނަގާ އަތުފުރެންދެން އަޅާލުމައްފަހު މުޅި ޔުނީފޯމުގާ އުގުޅާލަމުން ދަބަސްނަގާކޮޑުގަ އަޅުވާލުމައްފަހު ބާރުހިގުމެއްގާ ގެއިންނިކުމެ މިސްރާބުޖެހީ ސުކޫލާދިމާލަށެވެ . މިޔަދަކީ ސަޔާނައް ވަރައްހާއްސަ ދުވަހެކެވެ. ސަޔާން އެންމެލޯބިވާ މުދައްރިސް ނަޒުރާ ދުވަސް ތަކަކައްފަހު […]
އެކިމީހުންގެ ހަޔާތުގަ ދިމާވެގެންދާ އެކިކަހަލަ ވަާހަކަތައް އިންތިޒާރު ކޮއްލައްވާ”
ދުނިޔެ އޭގެ ޒާތުގައި ދައުރުވަމުންދާއިރު އަހަރެމެންގެ ހަޔާތުންވެސް އަހަރުތަކެއް ފާއިތުވެ މާޒީގެ ތެރެއަށް އޮޔާ ދަމުންދެއެވެ. ނިޢުމަތްތައް އޮހި ބަންޑުންވަމުންދާ މީހުން އޭގެއިން އެމީހުންގެ ދިރިއުޅުންތައް އާރާސްތުކުރަމުން އަންނަނީ ނުހަނު ބާރަށެވެ. މިލްކިއްޔާތުގައިވާ ހުރިހާ އެއްޗަކަށް ފާރަވެރި ވަމުން ބިންގާތައް އަޅަމުން އަންނަަނީ މިއީ ދުވަހކު ނިމުމެއް ނެތް ކަމެކޭ ބުނާ އުސޫލުންނެވެ. އަހަންނަކީ އާދައިގެ ދިރިއުޅުމެއް ވޭތަ ކުރަމުން އަންނަ މީހަކީމެވެ. ކުޑަ ކުޑަ އާއިލާއަކަށް ނިސްބަތްވިނަމަވެސް އަހަރެންވެސް އުޅެމުން އައީ އަހަރެންގެ އާއިލާއާ އެކީ […]
އަހަރެން އިނީ މޭޒުކައިރީ ފަހާށެވެ. ހައިލަމް ވަރަށް ބާރަށް މަންމާއޭ ކިޔާފަ ގޮވައިލިއެވެ. އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. އޭނާ އޮތީ ކޮޓަރި ތެރެއަށް ވެއްޓިފައެވެ. އަވަހަށް އައިޝާއަށް ގުޅީމެވެ. ހޮސްޕިޓަލުގެ އިމަޖިންސީ ބަޔަށް ހައިލަމް ވެއްދިއިރު އަހަރެންގެ ލޯފުސްވަމުން ދިޔައެވެ. މަޑުމަޑުން މަންޒަރުތައް ގެއްލެމުން ދިޔައެވެ. އަހަރެންހޭއެރިއިރު އޮތީ ހޮސްޕިޓަލްގެ އެދެއްގައި ބާއްވާފައެވެ. ހައިލަމް ގޮވާލި އަޑު އަހަރެންނަށް ތަކުރާރު ވަމުންދިޔައެވެ. އަހަރެން ބާއްވާފައި އޮތް އެދުން ތެދުވަން މަސައްކަތް ކުރީމެވެ. އެކަމަކު ކައިރީގައި ތިބި މީހުން […]
އަހަރެން ވިސްނާ ވިސްނާ ސިކުޑި ސުމަކަށްދާން ފެށިއެވެ. ގޭގެކުލި ފުރަތަމަ ދެމަހު ދެއްކިއެވެ. ތިންވަނަ މަހު ލޯނަށް ފައިސާ ދައްކަން ދަތިވެގެން ދިނީ ކުލީގެ އެއްބައެވެ. ދަރިފުޅުގެ ޓިއުޝަން ފީ ދައްކަން އެތައްވަރަކުން ގުޅައިގެން އޯލެވެލް ނިމެންދެން ދައްކައިދިނެވެ. އަހަރެންގެ ބައްޕްމެންގެ އެހީތެރިކަން ހޯދައިގެން އެއަހަރު ޑިސެމްބަރ މަހާއި ހަމައަށް ކުލިދެއްކުމާއި ބިލްތައްދައްކަމުން ދިޔައީމެވެ. އެމީހުންނަށްވެސް ހަރަދު ކުރެވޭނީ ވަކިވަރަކަށްކަން އަހަރެން އަބަދުވެސް ގަބޫލު ކުރަމެވެ. އެކަމަކު އެނޫން ގޮތެއްވެސް އެވަގުތުނެތެވެ. ފައިސަލްއަށް ގުޅިއަސް އޭނަ ފަހުން […]
އަހަރެންގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަން އުޅޭކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއްދުވަހަކު ހަވީރު އަހަރެންގެ ރައްޓެއްސެއް ފައިސަލް އަންހެނަކާއި އެކު ލަންކާގެ ހޮޓަލަކަށް ވަންނަނިކޮށް ފެނުނު ވާހަކަ ބުންޏެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ފައިސަލް މާލޭގައި ހޭދަ ކުރާ ދުވަހަށް ވުރެ ލަންކާގައި ހޭދަކުރާ މުއްދަތު އިތުރުވުން ފިޔަވައި އެހެން ބަދަލެއް އޭނަގެ ފަރާތުން ނުފެނެއެވެ. އަނެއްކާވެސް ހަމަ އެފޯން ކޯލް އޭގެ މަސްދުވަސް ފަހުން އައެވެ. އަހަރެން ފައިސަލްއަށް ކުރަމުންއައި އިތުބާރަށް […]