Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

މަގު..(2)

lyn
August 16, 2016
4 Mins Read
44 Views
9 Comments

އަހަރެންގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަން އުޅޭކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއްދުވަހަކު ހަވީރު އަހަރެންގެ ރައްޓެއްސެއް ފައިސަލް އަންހެނަކާއި އެކު ލަންކާގެ ހޮޓަލަކަށް ވަންނަނިކޮށް ފެނުނު ވާހަކަ ބުންޏެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ފައިސަލް މާލޭގައި ހޭދަ ކުރާ ދުވަހަށް ވުރެ ލަންކާގައި ހޭދަކުރާ މުއްދަތު އިތުރުވުން ފިޔަވައި އެހެން ބަދަލެއް އޭނަގެ ފަރާތުން ނުފެނެއެވެ. އަނެއްކާވެސް ހަމަ އެފޯން ކޯލް އޭގެ މަސްދުވަސް ފަހުން އައެވެ.

އަހަރެން ފައިސަލްއަށް ކުރަމުންއައި އިތުބާރަށް އެއްވެސް ބަދަލެއް ނުގެންނަމެވެ. އަހަރެން އަމިއްލައަށް ކަމުގެ ހަޤީގަތް ބަލަން ނިންމީމެވެ. ކަމެއް ބެލެންވީއިރު އިތުރު އެހެން މީހެއްގެ ފަރާތުންވެސް ފައިސަލް އަންހެން ކުއްޖެއް ގޮވައިގެން ލަންކާއިން ފެންނަ ވާހަކަ އިވިއްޖެއެވެ. މިވަރުންވެސް ފައިސަލްއާއިމެދު އެއްވެސް ކުއްހީއެއް ނުކުރަމެވެ. އަހަރެން ފައިސަލް ލަންކާއަށް ދިއުމުން އާއްމުކޮށް ގުޅާވަރަށް ވުރެ ގިނައިން ގުޅަން ފެށީމެވެ. އަހަރެން ގުޅަނީ ޔަގީނުންވެސް ފައިސަލްގެ މަސައްކަތައް އުދަގޫ ނުވާނެ އޭނާއަށް ހުސްހެން ހީވާ ވަގުތު ތަކުގައެވެ. އާއްމުކޮށް ރޭގަނޑުއެވެ. އަދި ކޯލްތަކުގައި ގިނަ ވަގުތު ވާހަކަ ދައްކަންވެގެން އެކިކަހަލަ ބޭކާރު ވާހަކަތައްވެސް ދައްކަން ފެށީމެވެ. އަހަރެން ދައްކާ ކޮންމެ ވާހަކައެއްވެސް ފައިސަލް އަޑު އަހާނެކަމުގެ ޔަގީންކަން އޮންނާތީއެވެ.

އެކަމަކު މިގޮތަށް ހިފަހައްޓާ ލެވުނީ ހަފުތާއެކެވެ. ފައިސަލްއަށް އަހަރެންގެ ވާހަކަތައް އަޑުއަހަން އަހަރެންނާއި ވާހަކަ ދައްކަން އުދަގޫ ކަމަކަށް ވާހެން ހީވާންފެށިއެވެ. ކުރު ޖަވާބުތަކުން އަހަންނާ ވާހަކަ ދައްކަންފެށިއެވެ. އަހަރެން ޖެހެނީ އަބަދު ވާހަކަ ދައްކާށެވެ. ބައެއްފަހަރު ބުނާ އެއްޗެއް ދެފަހަރު ބުނެގެން ނޫނީ ފައިސަލްއަށް ނުވެސްއެގެއެވެ. އަހަރެން މާގިނައިން ގުޅާތީ އެކަމުގެ ޝަކުވާވެސް ފައިސަލްއަށް ކުރެވުނެވެ. އަހަރެން ފައިސަލް މާލެ އައުމަށް އެދުނީމެވެ. އޭނާ ދެކޮޅެއް ނުހަދައެވެ. އޭނަ އައުމަށް ހަމަޖައްސާފައިވާ ދުވަހަށް ވުރެ އެއް ހަފުތާ ކުރިން މާލެއައެވެ.

އަހަރެން ފައިސަލް ނިދުމުން އޭނަގެ ފޯން ނެގީމެވެ. ފޯނުގެ ޕެޓާން ވަނީ އެހެން ގޮތަކަށް ބަދަލު ކޮއްފައެވެ. ސުވާލު އުފެދުނެވެ. ފައިސަލްގެ ފޯނުގެ ޕާސް ކޯޑް ވެސް ބަދަލު ކޮއްފައެވެ. ފައިސަލްގެ ފޯނުގެ ޕެޓާންއާއި އަދި ޕާސްކޯޑަކީ އަހަރެންގެ އިހުތިޔާރެވެ. އެކަމަކު މިއީ ސުވާލުތަކެވެ. ފައިސަލް ހޭލުމުން އޭނަގެ ފޯނުން ވަރަށް އަވަހަށް މަންމައަށް ގުޅުމަށް ފޯން ދޭން އެދުނީމެވެ. ފައިސަލް ފޯނު ނުދޭން އުޒުރު ދެއްކިއެވެ. ބިލް ނުދައްކާތީ ފޯން ކަޑާލާފައި ކަމަށް ބުންޏެވެ. އަހަރެންނަށް ޔަގީނެވެ. އޭނަގެ ފޯން ކަނޑާނުލާކަމެވެ. ފައިސަލްގެ މޫނުމަތިންވެސް ހިތްނުތަނަވަސްކަމާއި ފޫހިކަން ފާހަގަ ކުރެވުނެވެ. ބިލްދައްކާފައި އަންނަމޭ ކިޔާފައި ފައިސަލް ގެއިން ނުކުމެގެން ދިޔައީއެވެ. ފޯނާމެދު ފައިސަލް އޭހާ ބޮޑަށް ނުވިސްނާ ހުރެވުނީ ކަންނޭގެއެވެ.

އިރުކޮޅެއް ފަހުން ފައިސަލް ގެއަށް އައެވެ. ހަމަގައިމުވެސް ދިރާގަށްގޮސް ބިލްދައްކާފައި އެހާއަވަހަށް ނާދެވޭނެކަން ޔަގީނެވެ. ދިރާގުން މާއަވަހަށް ލައިން ކަޑާލީއޭ ކިޔައިގެން އޭނާ އަހަރެން ގާތުގައި ޝަކުވާ ކުރިއެވެ. ރާއްޖޭގެ އެއްވެސް ސަރވިސް އެއްދޭ ބަޔަކާއި މެދުވެސް އަހަރެންކައިރީ އެއްވެސް އެއްޗެކޭ ނުކިޔައެވެ. ފެން ބިލަށް ދިހަހާސް ރުފިޔާ އޮތްފަހަރުވެސް އަހަރެން ޝަކުވާ ކުރުމުންވެސް ފިނިފިނި ޖަވާބެއްވެސް އޭނާ ނުދެއެވެ. ކުރިން ދުވަހަކުވެސް މިފަދަ ވާހަކަތައް އޭނަ ނުދައްކާތީ އަހަރެންނަށް ހައިރާންކަން ލިބުނެވެ.

އަހަރެން ފޯން ނެގުމަށްފަހު ޕެޓާން ޖެހީމެވެ. ކުރިން އަހަރެން ޖަހައިދިން ގޮތަށް އިނީ ބަދަލުކޮށްފައެވެ. ފައިސަލް އަހަންނަށް ކަމެއް ސިއްރުކުރާކަން ޔަގީން ކުރަން މިވަރުން އަހަންނަށް އެއްވެސް ޝައްކަކާއި ނުލައި ޔަގީންވިއެވެ. އަހަރެން ބޭނުންވީ ފައިސަލްއާއި ސީދާ ސީދަލަށް މިވާހަކަތަށް ދައްކާށެވެ. އަހަރެންގެ ދަރިންގެ މުސްތަގުބަލަށް ޓަކައެވެ. އަހަރެންގެ ދިރިއުޅުމަށްޓަކައެވެ. އެރޭ ފައިސަލް ގެއަށް އަންނަންދެން އަހަރެން އިންތިޒާރު ކުރީމެވެ. އޭނާއާއި ވާހަކަ ދައްކާނެގޮތްވެސް ވިސްނީމެވެ.

ރައްޓެހިންގެ ފަރާތުން އިވުނު ވާހަކަތަކާއި އަދި ފައިސަލްގެ ފޯނުން އޭނަ ހެދި މަކަރުތައް ވަރަށް މަޑުމައިތިރި ކަމާއެކު އަހަރެން ފައިސަލްއަށް ކިޔައި ދިނީމެވެ. އޭނާ ރުޅިއެއް ނާދެއެވެ. އެކަމަކު ހިތްހަމައެއް ނުޖެހުނެވެ. އަހަރެން ކުރި ކޮންމެ ސުވާލަކަށް އޭނާ ޖަވާބު ދިނެވެ. “އަހަރުމެން ދެމީހުންގެ ގުޅުން ފެނިފަ ބައެއްމީހުންނަށް އަސަރު ކުރަނީ.. އަސްލު ޝަހޫގެ ވެސް ހިއްސާގެ ސަބަބުން ދޯ އަހަރެން ކާމިޔާބު މީހަކަށް މިވެވުނީ. ލަންކާގައި އަހަރެންގެ ހޮޓާ ނިމޭތީ އެކަމަށް ކެތްނުވާ މީހުން އެހެން އެކިޔަނީ”. ފައިސަލް އަހަރެން ބުނި ވާހަކައަށް ދިން ޖަވާބަކީ މިއެވެ. އަންހެން ކުއްޖަކާއި އެކީ ހޮޓަލަށް ދަނީ އިމާރާތުގެ އިންޓީރިއާ އާއި ބެހޭގޮތުން ވާހަކަ ދައްކަން ކަމަށް ބުންޏެވެ. ފޯން ޕެޓާންތައް ބަދަލު ކުރީ ލަންކާގައި އުޅޭތީ ސެކިއުރީ އަށޭ ބުނުމުން އަހަރެން ގަބޫލު ކުރީމެވެ.

އަހަރެން ފައިސަލް އާއި މެދު ކުރި ޝައްކުތައް އެއްފަރާތް ކުރީމެވެ. ޖެހިގެން އައި ދުވަހު އަނެއްކާވެސް އޭނާ ލަންކާއަށް ދިޔައެވެ. އަހަރެންގެ ހިތަކަށް ފުރިހަމަ ހަމަޖެހުމެއް ނައެވެ. ކޮންމެވެސް ކަހަލަ ބޮލުގެ ރިހުމެއްވެސް ހުރެއެވެ. ފައިސަލް ލަންކާއަށް ދިޔަތަނާ ހަފުތާއެއް ފަހުން އަހަރެންގެ ފޯނަށް ލަންކާގެ ނަންބަރަކުން  ފައިސަލް އަންހެނެއްގެ އަތުގައި ހިފައިގެން ރެސްޓޯރެންޓެއްގައި އިންދާ ނަގާފައި އިން ފޮޓޯއެއް ލިބުނެވެ. އަހަންނަށް ރޮވުނެވެ. ވަގުތުން ފައިސަލްއަށް ފޮޓޯ ފޮނުވުމަށްފަހު ގުޅީމެވެ. އަހަރެން ރޮމުން ވާހަކަ ދެއްކީމެވެ. ފައިސަލް ފޮޓޯއަކަށް އިންކާރެއް ނުކުރެއެވެ. އަދި އެއީ އަސްލު ފޮޓޯއެއްކަމަށް އެއްބަސްވިއެވެ. އަހަރެންގެ ގިސްލުން ބާރުވިއެވެ. އަހަރެންގެ ގިސްލުމުގެ އަޑުއިވުމުން އަހަރެން ހަމަޖައްސަން ދެރަ ނުވާށޭ ބުންޏެވެ. ވަގުތުން މާލެ އައުމަށް އެދުނީމެވެ. އެކަމަކު އިމާރާތުގެ މަސައްކަތްތައް އަވަހަށް ނިންމަން ބޭނުންވާތީ އޭނާ މާލެ އަންނަން ދެކޮޅު ހެދިއެވެ. މަސްދުވަސް ފަހުން މަސައްކަތް އެއްކޮށް ނިންމާފައި މާލެ އަންނާނެ ކަމަށް ބުންޏެވެ.

ކަންތައްތަށް ގޯސްވީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ނުދަންނަ ނަންބަރަކުން އައި ފޯން ކޯލެކެވެ. މާއުދަގުލެއް ނެތި ލަންކާއިން އައި ކޯލެއްކަން އެގުނީ އެގައުމުގެ ކޯޑް އެގޭތީއެވެ. ވާހަކަ ދެއްކީ އަންހެނެކެވެ. ހަފުތާއެއް ފަހުން ފައިސަލްއާއި އޭނަ އިންނަން އުޅޭކަން އަންގާލީ ކަމަށް ބުންޏެވެ. ފައިސަލް އަކީ ހަމައެކަނި އަހަރެންގެ މީހެއްނޫނޭ ކިޔައިން އޭނާ އަހަންނަށް މަލާމާތް ކުރިއެވެ. އެވާހަކަތައް އަޑުއަހަން އަހަންނަށް ކެތެއް ނުވިއެވެ. ކުއްލިއަކަށް މިގޮތައް ކަންތައް ވާނެ ކަމަކަށް ހިއެއެއްނުކުރަމަމެވެ. އަހަރެން ފައިސަލްއަށް ގުޅީމެވެ. ފައިސަލްގެ ފޯނު ނެގީވެސް މިއަންހެން މީހާއެވެ. އަހަރެން ގަބޫލު ކުރަން ބޭނުންނުވި ހުރިހައި ކަމެއް ގަބޫލު ކުރަންމަޖުބޫރުވީ އޭނާ ފޯނު ނެގުމުންނެވެ. އޭނާ ކިޔާނެހާ އެއްޗެއް ކިޔުމަށްފަހު ފައިސަލްއަތަށް ފޯނު ދިނެވެ.

އަހަރެން ރޮމުން ފައިސަލް ގާތުން އެދުނީމެވެ. އަވަހަށް މާލެ އައުމަށެވެ. އަހަރެމެންގެ ދަރިންގެ މަތިން އޭނާއަށް ހަނދާން ކޮއްދިނީމެވެ. ބޮޑު ދަރިފުޅުގެ އޯލެވެލް ކައިރިވި ވާހަކަވެސް ހަނދާން ކޮއްދިނީމެވެ. ދަރިންނަށް ލިބިދާނެ ނިކަމެތިކަން ހަނދާން ކޮއްދިނީމެވެ. އެއްވެސް ވާހަކައެއް އޭނާއަކަށް މުހިއްމެއް ނުވިއެވެ. އިތުރަށް އެކަމާ މެދު ވާހަކަ ނުދެއްކުމަށް އޭނާ ބުންޏެވެ. އަހަރެން މަންމަމެންނަށް ގުޅީމެވެ. މިވާހަކަތައް ހިއްސާކުރީމެވެ. އެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. ގަބޫލު ކުރަން އުދަގޫވިއެވެ. އެމީހުން ހިތްވަރު ދިނެވެ. އިތުރަކަށް އެއްވެސް ކަމެއް ކޮއްނުދެވުނެވެ. ފައިސަލްގެ އާއިލާގެ މީހުންނަށް ވެސް ގުޅީމެވެ. އެމީހުންނަށްވެސް ފައިސަލްގެ ހިޔާލު ބަދަލެއް ނުކުރެވުނެވެ.

ފައިސަލް މާލެ އައީ އޭގެ މަސްދުވަސް ފަހުންނެވެ. އޭނަ މާލެ އައިތާ ދެދުވަސް ފަހުން ފެމިލީ ކޯޓުން އަހަންނަށް ގުޅިއެވެ. ލިބުނީ ހައިރާން ކަމެކެވެ. އަހަރެން ކޯޓަށް ހާޒިރު ކުރެވެނީ ފައިސަލް އަހަރެން ވަރިކުރަންކަން އެގުނެވެ. ކޯޓަށް ދިއުމުގެ ކުރިން ފައިސަލް ގާތު އެތައް ވަރަކަށް އާދޭސްކޮށް ރުއީމެވެ. އެކަމަކު އަހަރެންގެ އެއްވެސް ވާހަކައެއް އަޑެއް ނޭހިއެވެ. އެހެންމީހަކާ އިދެގެން އުޅުނަސް މައްސަލައެއް ނެތޭ ބުނީމެވެ. އަހަރެން ވަރިކުރަންޖެހޭ ސަބަބެއްވެސް ފައިސަލް އަކަށް ބުނެނުދެވުނެވެ. ކޯޓުގައި ދަރިންގެ ހަރަދުތައް ހަމަޖަސްސައި ދޭނެ ކަމަށާއި ދިރިއުޅުމުގެ އެހެން ހަރަދުތައް ހަމަޖަސްސައި ދޭން ފައިސަލް އެއްބަސްވިއެވެ. އަހަރެން ވަރި ކުރުމަށްފަހު ފައިސަލް ލަންކާއަށް ދިޔައެވެ. އެއީ އިންސާނެއްބާއޭ އަހަރެން ހިތައްއެރިއެވެ.

އަހަރެން ވިސްނާ ވިސްނާ ސިކުޑި ސުމަކަށްދާން ފެށިއެވެ. ގޭގެކުލި ފުރަތަމަ ދެމަހު ދެއްކިއެވެ. ތިންވަނަ މަހު ލޯނަށް ފައިސާ ދައްކަން ދަތިވެގެން ދިނީ ކުލީގެ އެއްބައެވެ. ދަރިފުޅުގެ ޓިއުޝަން ފީ ދައްކަން އެތައްވަރަކުން ގުޅައިގެން އޯލެވެލް ނިމެންދެން ދައްކައިދިނެވެ.(ނުނިމޭ)

 

 

1
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

lyn

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 4

Next

އާވާރާކަން…. (ހަވަނަބައި)

Next
August 16, 2016

އާވާރާކަން…. (ހަވަނަބައި)

Previews
August 16, 2016

ނޭނގޭހެ ހާދަ ލޯބިވޭ 4

9 Comments

  1. ayya says:
    August 16, 2016 at 12:11 pm

    nimuneeetha story…..reethi mibaives

    1. sabeeha says:
      August 16, 2016 at 12:57 pm

      nunimey

  2. HaaZii says:
    August 16, 2016 at 12:23 pm

    vv reethi

  3. sabeeha says:
    August 16, 2016 at 12:58 pm

    vv reethi..??

  4. juma says:
    August 16, 2016 at 1:00 pm

    v salhi

  5. zoooo says:
    August 16, 2016 at 1:58 pm

    Reethi

  6. butterfly says:
    August 16, 2016 at 3:37 pm

    Nice

  7. Rafa says:
    August 16, 2016 at 5:03 pm

    ???

  8. Mary says:
    August 16, 2016 at 8:01 pm

    Mi real story ehtha hama…. Mi. Story liyaa kuhjaa aa tok kohlah beynun ???

Comments are closed.

All Right Reserved!