Skip to content
އެސްފިޔަ

ހުރިގޮތްހޭމީ-2

ޒަޔާންމެން ކުލާހައް ވަނުމާއެކުހެން ފަތިވަރުތައް އަމުނާފެށިއެވެ. ދުލައްއައިހާއެއްޗެއް ކިޔަމުންދިޔައިރުވެސް ސަޔާން އަޅާވެސްނުލާ އިސްދަށައް ޖަހައިގެންއިނެވެ. ހިތައްތަދުވިނަމަވެސް ކެއްކޮއްލައިގެން އިނީއެވެ. މިކަންވެސް އެކުދިންނައް ހަޖަމެއްނުވިއެވެ. ބާރުހިގުމެއްގާ ޒަޔާނުއައިސް ސަޔާންގެ ގިރުވާނުގަހިފާ ބާރުކޮއްލިއެވެ. “އަމިއްޔާތް މީދަލޯބި ލޯބިމޫނެއް ކަމަނާ ހާދަހާސްވެފަ! ބުނީމެއްނުން ލިޕުސްޓިކް ޖައްސައިގެނޭ އަންނަންވާނީ ކީތްވެތަ ކައޭ މަބުނާގޮތައް ކަންތައްނުކުރަނީ ! ހުރެބަލަ މިފަހަރު މަންޖެގެލިޕު ރެޑު ކޮއްލާނަމޭ” ޒަޔާން މިހެންކިޔާ ޖީބުންނެގި މާކަރުފެނުމުން ސަޔާންތެޅިގަތީ އޭނަކުރަންއުޅޭ ކަންތައްއެގުމުންނެވެ. “މީދަރަނޑާ ކަލޭމަޑުންހުރޭ މަގޭއަތުން ބޮނޑިއެއްނުބޮއި މަޑުންހުރޭ! ސަޔާން ގަދަހަދާ ދެކޮޅައް ބޯހޫރުވަންފެށީ ޒަޔާން އޭނަގެތުންފަތުގާ މާކަރުންކުރަހަން އުޅޭކަންއެގުމުންނެވެ. ސަޔާންގެ ހަރަކާތްހުރިގޮތުން ޒަޔާންގެ ރުޅިގަނޑު ހަމައިން ނެއްޓިކަހަލައެވެ. އަތައްލެވުނުހާ ބާރެއްލާފަ ސާޔާންގެ މޫނުމަތީ ވީއްލާލީ އެއްވެސްރަހުމެއް ކުލުނެއްނެތިއެވެ. މޫނައްއެރި ދިލަޔާ ތަދުގެސަބަބުން ސަޔާން ވަގުތުކޮޅަކައް ހިމޭންވެގެން ދިޔައެވެ. މާކަރުން ތުންފަތުގަ އެވަރައްއުގުޅާ ބޯޑުފުހޭ ފޮތިގަނޑުމޫނުގަ އުގުޅިއިރުވެސް ހިމޭންވެފައިނީ އެނިކަމެތި ހިތައްކުރި އަސަރެއްގެ ބޮޑުކަމުންކަން ބަލާލުމުން އެނގެއެވެ. ނޫނީ އިތުރައް އެނިކަމެތި ހަށިގަނޑައް އިތުރުއަނިޔާއެއް ލިބެންބޭނުން ނުވާތީއެވެ. އޭރުވެސް ކުލާހުތިބި ކުދިން ބިދިބިދިފާ ހެމުން ގެންދިޔައެވެ. ޒަޔާންހިތްފުރޭވަރު ވުމުން އިތުރުބޮޑިއެއް ސަޔާންގެ ފުށަބޮލައް ވީއްލާލުމައްފަހު ނިކުމެގެން ހިގައްޖެއެވެ. ކުލާސްތެރެއިން ކުރަމުންދާ މަލާމާތައް ކެއްނުވެގެން ސަޔާން ކުލާހުންނިކުމެ ފާހާނަޔާވީ ދިމާލައް ދުއްވާގަތެވެ. އޭރު އެފަކީރުގެ ލޮލުން ކަރުނަވިދަމުން ދާކަންބަލާލުމުން އެގެއެވެ. ކުލާސްތަކުގެ ކޮރިޑޯތެރެއިން ކުދިން ކުދިންގައިން ރެކެމުން ފާހާނަޔާވީ ދިމާލައް ލަބާލުމާއެކުހެން ދުރުން އަންނަމުންދިޔަ ޒަރީނާމިސްފެނި ސަޔާންއިތުރައް ހިތުގާޖެހުނެވެ. ޒަރީނާމިސް އަތުންހަނާ އަޅާލުމާއެކު ސަޔާން އެދިޔަގޮތައްގޮސް ޒަރީނާމިސް ގައިގަބައްދާލާ ރޯންފެށިއެވެ. ހިތުގެހުރިހާ ޝަކުވާއެއް ބޭރުކޮއްލުމުގެ ގޮތުންނެވެ. މުޅިސުކޫލުންވެސް ސަޔާންގެ އިހުސާސްތައްއިގޭ އަޅާލާމީހަކީ މިއީކަމުގަވާތީއެވެ. އެހެނަސް ކަންތައްވީ ހީކުރިގޮތާ މުޅިންކހިލާފަށެވެ. ޒަރީނާމިސް އަހަރެންގެ ކޮޑުގަހިފާ ކޮއްޕާލީ އަތުހުރިބާރެއްލާފައެވެ. މިކަމައް ނުވިސްނާހުރި ސާޔާން ވިއްސައިގެންގޮސް ބިންމައްޗައް ގުޅަޔަކައްޖެހުނުއިރު ހައިރާންވެ އަންތަރީސް ކަމާއެކު ބަލަންހުރީ ގަބޫލުނުކުރެވިފައެވެ. ” ހުރިހަޔާތް ކުޑަކަން ކަލޭލަދެއް ނުގަނޭތަ މަގޭގަޔައްއަރަން މަމީކަލޭގެ މުދައްރިސެއްކޭ’ ލަދުކުޑަ ކަލޭގެހުރި ނުލަފާކަން” ޒަރީނާމިސް ދުލުންބުނެލާ ކޮންމެބަހެއް ސަޔާންގެ ކަންފަތައް އިވެމުންދިޔައީ ހޮނުގުގުރިއެއް ފަދައިންނެވެ. ލޮލުންހޯސްލާފަ ކަރުނަތައް ފާބައިގަތީ ނިކަމެތިހިތައް ކެއްނުވެގެންނެވެ. މުޅިމާހައުލައް އެއްވެފަވާ ކުދިންނާ ޓީޗަރުން ސަޔާނައް ނަފުރަތުގެ ނަޒަރުން ބަލަމުންދާއިރު ބިންމަތީ ތެދުވަންވެސް ނޭންގިފަ ސަަޔާންއިނީ ޖެހިބުދެއްހެންނެވެ. ކޮޅައްތެދުވެލާނެ ހިތްވަރުވެސް ނެތްފަދައެވެ. ކުރިމައްޗައް ވައްޓާލި ފޮތްދަބަހާއެކު ސަޔާންއިސްއުފުލާ ބަކާލިއެވެ. ކުރިމަތީ ސުކޫލުގެ ޕުރިންސިޕަލް ހުރިއިރު އޭނަގެ މޫނުމަތިން އިންތިހާއައް ރުޅިވެރިކަން ފެނިގެންދިޔައެވެ. ” ތިކަހަލަ ވިޔާނުދާ ދަރިވަރުންނަކައް މިސުކޫލުން ޖާގައެއްނެތް’ މިޔަދުންފެށިގެން ސަޔާންތީ މިސުކޫލުގެ ދަރިވަރެއްނޫން” އަޑުއިވިއްޖެ. ގެޓުއައުޓު” ޕުރިންސިޕަލްގެ ތާކުންތާކުނުޖެހޭ މިނިންމުމާއެކު އަހަރެންތެދުވެ ހިގައިގަތީމެވެ. ގޭޓުންނިކުމެ ފަހުފަހަރައް ސުކޫލުތެރެއައްބަލާލީ ސުކޫލައްވަދާއީ ސަލާމް ކުރުމުގެ ގޮތުންނެވެ.

Comments (18)

  1. cham

    V reethi… Ekam haa dha kurey story

    1. laama
      cham

      Cham thanks for comment
      Kuriyah Liyevey bai dhiguvaane
      Inshaa Allah

  2. rose

    vr salhi.. ekm maa kureeyey

    1. laama
      rose

      Rose shukuran
      For comment

  3. Isha

    V fakaa ingey maa kuree

    1. laama
      Isha

      Isha thaks for comment
      Kuriyah oii baa fakaa vamun dhaanee

  4. Sabeeha

    vv reethi..?? aslu vs mibai kiyaafa v dera vehjje ?

  5. mash

    Rythi Bt thankolheh kury dhn mistake vx ebahuri ekamah balailaigen liyunyma v furihama Vaane keep it up

    1. laama
      mash

      Thanks sabeeha for Ccomment

  6. yaana

    V reethi

    1. laama
      yaana

      Yaana ah shukurihyaa thikuri
      commentah”

  7. SoMeOnE

    reethi but maa kuree

    1. laama
      SoMeOnE

      SoMeOnE thank you for comment

  8. Madhy

    Story v v touching and v salhi ???

    1. laama
      Madhy

      Madhy thanks for comment

  9. Shaa

    Hey vvvvv reethi knduvahakuntha anehbai up kurany

  10. Nux

    Nice but varah kuru ??? v nice vaanehen hevay good luck laamaa ????

  11. lol

    mee hama hagygy vaahakaehtha?

Comments are closed.