މަގު…… ހަމަ ޔަގީނުންވެސް އަހަރެންގެ އުއްމީދަކަށް ދުވަހަކުވެސް ބަދަލެއް ނުގެންނަމެވެ. ހެޔޮލަފާ ދިރިއުޅުމެއް އުޅުމަކީ އަހަރެންގެ އަޒުމެވެ. އަދި އަހަރެންނަށް ލިބުނު 2 އަންހެން ދަރިންނާއި 2 ފިރިހެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކޮއްކޮއް އަހަރެން ފޫއްސެއްވެސް އަދި ވަރުބަލި ވުމެއްވެސް ނެތެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވުމަކީ ހެޔޮ މިންވަރަށް އީމާންވާ ފަދައިން ނުބައި މިންވަރަށްވެސް އީމާންވެގެން ނޫނީ ފުރިހަމަ ނުވާނެ ކަމެކެވެ. އެނޫން ގޮތެއް ނެތީމައެއް ނޫނެވެ. އަހަރެންގެ ވެރި […]
އެނދުމަތީ ފުރޮޅިލަ ފުރޮޅިލާ އީވާ އޮތީ ދެލޯމަރާ ތަގުޅިކޮށްލައިގެންނެވެ. ޑިއުޓީ ނިމިގެން ކޮންމެ ދުވަހަކުވެސް ގެއަށް އައިސް އީވާ ބޭނުންވަނީ ނިދާލާށެވެ. ރޭގަނޑު ނިދޭލެއް ލަސްވީމައާ އެކު ކަންނެތްކަމާއި ބުރަހެލިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް މިއަދު ނިދި ލޮލާ ވަނީ ދުރުއެއްޗަކަށް ވެފައެވެ. އޭސީގެ ފިނި ވައިރޯޅިތަކު ތެރޭ ބޯ ރަޖާ ގަނޑު ދަށުގައި އޮންނައިރު ހަށިގަނޑަށް ލިބެމުންދާ އަރާމަށްވުރެ އީވާގެ ސިކުނޑީތެރޭގެ ހައިޖާނުގަނޑު ބޮޑެވެ. ކުރެވެނީ ފޮނި އިންތިޒާރެކެވެ. މާގިނަ އިރެއްނުވެ އިންތިޒާރުގެ ނިމުން އަތުވެދާނެކަން […]
( މިވާހަކައަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ވާހަކައެއް، މީގެ ކުރިން އޮންލައިންކޮށް ބައެއް ސައިޓްތަކުގައި ގެނެސްދީފައިވާނެ، އަދި “ދާސްތާން” ނަމުގައި ޗާޕްކޮށްފައިވާ ކުރުވާހަކަ ފޮތުގައި މިވާހަކަ ހިމެނޭނެ) “މަންމާ…ކޮބައިތަ މިތާ އޮތް ފޮތް…” އަހަރެން ލިޔަން ގެންގުޅުނު ފޮތް ބޭއްވިތާކު އެއެއް ނެތެވެ. އަހަރެންގެ އެސުވާލަކަށް މަންމަ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ފޮތްއަލަމާރިއާ ދިމާއަށް ބަލައިލި ވަގުތު އަހަރެންގެ ލޯ އަމާޒުވީ ވެއްޓިފައި އޮތް ފޮޓޯ އަލްބަމަށެވެ. އަލްބަމް ނަގައި އޭގައި ހުރި ފޮޓޯތައް ބަލަން ފެށީމެވެ. ހޯދަން އުޅުނު ފޮތުގެ މަތިން ހަނދާންނެތުނީ އެހެންވެގެންނެވެ. އޭގައި އޮތް ކޮންމެ ފޮޓޯއަކުން އެތައް ވާހަކައެއް ބުނެދެއެވެ. އެތައް ހަނދާންތަކެއް އައުކޮށްދެއެވެ. މިއަދު […]
އެއީ އުމުރުން ސާދަ އަހަރުގައެވެ. އަހަރެމްގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގެއަށް ދިޔަ ދުވަހެވެ. އެއީ އަހރެމްގެ ފުރަތަމަ ބެސްޓު ފުރެންޑެވެ. ސަކަ މިޒާޖެއްގެ މީހެކެވެ. އަހަރެންނަށް އެ ދުވަހު ވަރަށް ބޮޑު ކަމެއް ވިއެވެ. އެދުވަހު އޭނާގެ “ކަޒިންސް” ހުރުމުން އޭނަގެ ލަވްލައިފް ވާހަކަ ނުދައްކާށޭ ބުންޏޭވެ. ނަމަވެސް އޭނަގެ މިޒާޖުން އޭނާ އެބުނީ ސީރިއަސް ކޮށްކަން ނޫނީ މަޖަލަކަށް ކަން ނޭނގުނެވެ. އެހެންވެ އޭނަގެ ލަވްލައިފްއާ ބެހޭ ގޮތުން ވާހަކަ ދެއްކީމެވެ. އެގަޑީގަވެސް އެވާހަކަ ނޫދައްކާށޭ ބުނުމުން އަހަރެން ހީކުރީ އެއީ މަޖަލަށް ކަމަށެވެ. އަނެއް މައްސަލައަކީ އޭނާއަކީ އެހާ ކިޔެވުމާ ގާތް ކުއްޖެއް ކަމުންނޫން އޭނާއާ ބެހޭގޮތުން އޭނާގެ މަންމަ ވާހަކަ ދެއްކުމުން އަހަރެންނަށްވެސް އޭނާގެ މަންމައާ އެއްބައިވެވުނީއެވެ. އެގެއިން ދިޔައިރު ހުރިހާ ކަމެއްވެސް ރަނގަޅެވެ. ގޯސްވީ އަހަރެން އޭނާ ކައިރީގައި އެހުމުންނެވެ. އޭނާ ހުރީ 50/50 ގައެވެ. ނަމަވެސް އަހަރެން ސޮރީ އޭ ބުނުމުންވެސް އޭނާ ހުރީ ރުޅއައިސްފައެވެ. އެރޭ ސުއިސައިޑް ކުރުމުގެ ވާހަކައާ އެކި އެކި ވާހަކަތައް ދެކެވުނެވެ. ނަމވެސް އެންމެ ފަހުން އަހަރެންވީ އޭނައަށް އުނދަގުލަކަށެވެ. އޭނާއަށް ނުވުސްނެއެވެ.އޭނާގެ ލަވްލައިފްގައި އެހީވީމަވެސް އޭނާ އަހަރެން ދެކެ ރުަޅީ އައީއެވެ. އެނާ ބުނީ އިތުބާރަކީ ކަރުދާސްކޮޅެކެވެ. އަހަރެން ބުނީ މިހާރު ވީދިފައިވާ ކަރުދާހުން ކަރުދާސް ހެދޭ ކަމެވެ. އެގޮތައް އެކި މިސާލު ދެއްކި އިރުވެސް އޭނާ އަހަރެން ދެކެ އަދިވެސް ރުޅީއައެވެ އިތުބާރަކީކަރުދާސް ކޮޅެކެވެ. ވީދާލެވިއްޖެނަމަ އަލުން އާ ކަރުދާހަކާށް ބަދަލު ކުރެވެ އެއްޗެކެވެ. […]
ހިތްތަކަށް ބިރުވެރިކަން ވައްދައިދޭފަދަ ތަފާތު އެތައް ހާދިސާ ތަކަކާއެކު….! ލޮލުން ކަރުނަ ހިލުވާލާފަދަ ފުން އަސަރު ތަކަކާއެކު…..! މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަޤިޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް!….. “ހިމާޔަތް” އަންނަނީ!…. އިންތިޒާރުކޮށްލައްވާ!!
ނޯޓް: މިއީ 28 ޖޫން 2010 ގައި ޔަނާބީ ޑޮޓް ކޮމް ގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ. އަދި މިއީ ޙަޤީޤީ ޙާދިޘާއެއް ކަމުގައިވެސް ދަންނަވަމެވެ. އަހަރެން އެންމެ ފުރަތަމަ ޔުނިވަރސިޓީ ފެށިއިރު އެހެން މުސްލިމު އަޚަކާ ބައްދަލުވިއެވެ. އަހަރެމެން އެކުވެރި ރަހުމަތްތެރިންތަކަކަށް އިސާހިތަކު ބަދަލުވެއްޖެއެވެ. އެހެނަސް މިއީ އާދައިގެ ރަހުމަތްތެރިކަމެއް ނޫނެވެ. އަހަރެން ހުރީ އޭނާއަށް ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށެވެ. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ މީހެއް ފަދައެވެ. ޔުނިވަރސިޓީގެ އެންމެ ފަހު އަހަރު، މިއަޚާ […]
“މަންމާ…ބައްޕާ… އަހަަރެން ސަލާމަތް ކުރޭ…” އަހަރެން ބާރަށް ހަޅޭއް ލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ރޮވޭވަރުން އަޑު ބޭރުވީވެސް ހަމަ ކިރިޔާއެވެ. ވަރަށް ދަތިހާލުން ތެދުވެ ދުއްވައިގަންނަން ކުރި މަސައްކަތް ބޭކާރުވީ ދެފައިމައްޗަށް ތެދުވިތަނާ ފައިން ވާގިގޮސްގެން އަނގަވަތަށް ވެއްޓުމުންނެވެ. އަހަރެންގެ ހިތްވަރުއެލި އިތުރަށް މާޔޫސްވިއެވެ. ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތްކަން އެނގުމުން ދެލޯމަރައި ބާރުކޮށްލީމެވެ. އޭރުވެސް ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުންދިޔައެވެ. ހަށިގަނޑުގައި އެއްވެސް ވަރެއްނެތުމުން އިތުރަށް ކުރެވޭނެ ހިތްވަރެއް ނެތްކަން އެނގުނެވެ. އިންތިޒާރު ކޮށްލައްވާ….
“އަހަރެންނާ އަދި އެންމެ ފަހަރަކު ބައްދަލު ކޮށްލަދީ” އެންމެފަހުން ފޯނަށް އައިސްފައި އިން މެސެޖް ޑިލީޓް ކޮށްލިއިރު ނައުމާގެ ލޮލުން ކަރުނައިގެ މުތީއެއް ނީރާލާފައި ވެއެވެ. މިޔަދު މިދުވަސް އަންނާނެކަން އެނގުނުނަމަ އޭނާ އަދި ކެތްކުރީހެވެ. އަދި އެއްރޭ ހިތްދަތި ކަމުގައި ކަރުނަ އަޅާލައަޅާލާ އޮވެ ނިދީހެވެ. އަދިއެއްރޭގެ ނިދިން މަހުރޫމުވެ ދެލޯފަދަ ލޯބިވާ ދެކުދިންގެ ހައްޤުގައި ހޭލާ މަސައްކަތްކުރަން އިނީހެވެ. އަދިއެއްރޭ އެ އެކަނިވެރިކަމުގެ ދާންމަތީގައި ފުރޮޅިލަފުރޮޅިލާ އޮތީހެވެ. އަދި އެއްރޭ އިންތިޒާރުގައި އަލިވިލެންދެން އޮތީހެވެ. […]
އެވަގުތު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. ލިބުނު ހައިރާންކަމާއި ހިތަށްކުރި އަސަރުން މުޅިމީހާ ހުއްޓުން އެރިއެވެ. ވަށައިގެންވާ މާހައުލު ހުއްޓި ހިމޭންވިއެވެ. “ޒޭބާ… ޒޭބާ..” ޝާން އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އަހަރެންނަށް ހަމަހޭވެރިކަންވީ އެހިސާބުންނެވެ. ޝާންގެ މޫނަށްބަލަންހުރެ އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. އޭރު ޝާންވެސް ހުރީ ފެންކަޅިވެފައެވެ. އަހަރެންގެ ލޮލުން އޮހިގަތްކަރުނަތަށް ދެކެން ޝާންއަކަށް ކެތެއްނުވިއެވެ. ޝާންގެ މެޔާލައި އަހަރެން ބޮނޑިކޮށްލިއިރު އޭނާއަށްވެސް ބާރަށް ރޮވިއްޖެއެވެ. އިންތިޒާރު ކޮށްލައްވާ….