ލައިފް ( 6 ވަނަ ބައި)
އެ އެތި އެކުގައި ކަލީ އެއޮތް. ކުއްޖަކު ބުނެލިއެވެ. އިބްރާހިމްބޭގެ މޫނަށް ފާޑެއްގެ ހިނިތުން ވުމެއް ވެރިވިއެވެ. އެއީ ފިލްމު އެއިގެން ކާޓުން ފެންނާލީ ބަލަން ތިބެބަލަ އިރުކޮޅަކުން ފެންނާނެ! އިބްރާހިމް ބެ ބުނެލިއެވެ.
ޓީވީއާއި ދިމަ ބަލަބަލާ ތިއްބާ ކުރިން ފެނުނު މީހުންތައް ގެއްލި މުޅި ބިއްލޫރިގަނޑު އެކުގައި ކަޅުވެގެން ދިޔައެވެ. އިރުކޮޅެއް ހިގައްޖެއެވެ. މުޅިތަން އަލިވެގެންދިޔައީ ޓީވީ އެކުގައި ހުދުކުލައި ދިއްލިގެން ދިއުމުންނެވެ. ބޭއިޚްތިޔާރުގައި މޫނުގައި އަތް އެޅުނެވެ. އަލިގަދަ ކަމުންނެވެ. ދެލޯ ހުޅުވާލެވޭވަރަށް ވުރެވެސް އަލި ގަދައެވެ. ކުއްލިއަކަށް ބޮޑު މިނިކާވަގެއް ޓިވީން ފެނިގެން ދިޔައެވެ. ހުރިހާކުދިން ސިއްސައިގެން ގޮސް ކޮޅަށް ތެދުވިއެވެ. ޢޭގެ ވަރުގަދަ އަޑޫ ގޮވާލުމުން ބައެއްކުދިން ގަތްފައި ހުރި ބިރު އިތުުރުވެގެން ދިޔަކަން ހާމަވިއެވެ. ނަވަވެސް ސައުގުވެރިކަމާއި އެކު ދެލޯ ތަންމިނަށް ހުޅުވައިގެން ހުރިހާކުދިން ޓިވީއާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. ދެންފެނިގެންދިޔައީ ކުޑަކުޑަ މީދަލެއް ހިގާލާފައި ތުމުން ފުމެމުން ފުނެމުން އަންނަ މަންޒަރެވެ. އަނެއްކޮޅުން ބުޅަލެއްވެސް އޭގެ ގޮތުގައި އަންނަތަން ފެނުނެވެ. އެ ދޭތީގެ ކޯޅުން ތަކާއި އެކު ޓީވީ ބަލަން ތިބި ކުދިންގެ ހިނގަނޑު ފަޅައިގެން ގޮސް ކޮޓަރިތެރޭ އަޑު ގުގުމާލިއެވެ. އެންމެން ދަންނަ ޓޮމް އެޑް ޖެރީގެ ކާޓުން ބަލާލުމުގެ ޝަރަފް އަހަރެންނަށް ވެސް ލިބުނިއެވެ.
މިދުވަހަކީ އަހަރެންގެ ވިސްނުން މުޅިން ބަދަލުކޮށްލި ދުވަހެވެ. ޓެކްނޮލޮޖީއަށް މަސްތުވި ދުވަހޭވެސް ބުނެވިދާނެއެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ޓީވީއާއި ކާޓޫންގެ މޮޅުވާހަކަ ކުދިންގެ ދުލުކުރިން ފިލައޮގެން ނުދެއެވެ. ވާނީވެސް އެހެންތާއެވެ، އެހާވެސް ފުރިހަމަ އެވެ. އަދިވެސް ފެނުމުގެ އިންތިޒާރު ހިތުގައި އޮވެއެވެ.
ދެންއިވުނީ އުފާވެރި ކަން ދެގުނަށް ގެނެސް ދިން ޚަބަރެކެވެ. ގެއާއި މާދުރު ނޫން ހިސާބެއްގައި ހުރި ގެއަކަށް ޓިވީ އެއް ގެނައިވާހަކައެވެ. ފުރަތަމަފަހަރަށް އަމިއްލަ މީހަކު ޓީވީއެއް ގެނައީއެވެ. ފުރަތަމަ ސޯ ރައްޔިތުންނަށް މަގުމަތީ ދެއްކުމަށް ހަމަޖެއްސިއެވެ. އުފަލުގެ ކޮޅެއް ނެތެވެ. ކުދިބޮޑު އެންމެން އެގޭކައިރިން މުގޯލި އެޅުން ކެޑިގެން ނުދެއެވެ. އިރުއޮސްސުނު އިރު އެގޭކައިރިއަށް އެންމެން އެއްވެއްޖެއެވެ. ކުދިބޮޑު އެންމެންނެވެ. ޓީވީ ކައިރީގައި މަގުމަތީ ވެލިގަނޑުގައި އިށީދެ ތިބެ ތޮއްޑު ބަނޑިޔާ ގުރޫޕްގެ ފަރިނެށުންތައް ބަލަމުންދިޔައިރު ވަޖިދުވެ ބައެއްމީހުން ޓީވީކުރިމަތީ ނަށަމުންދިޔައިރު އަނެއް ބަޔަކު އަތްޖަހަމުން ދިޔައެވެ.
*****
ގްރޭޑް 5 ނިމުނީއެވެ. ނަމަވެސް އިތުރުކުލާހެއް ސްކޫލުގައި ދެން ކިޔަވަން ނެތުމުން އަނެއް އަހަރުވެސް ގްރޭޑް 5 ގައި ހުންނަން ޖެހުނީއެވެ. އާއަހަރުގެ ކިޔެވުން ފެށި ފުރަތަމަ ޓާމް ނިމި ދެވަނަ ޓާމް ފެށުނު އިރު، އާމުދައްރިސެއް ސްކޫލާއި ވަނީ ގުޅިފައެވެ. މިއާއި އެކު ފުތަތަމަފަހަރަށް އިނގިރޭސިބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށް ހަމަޖެހިގެެން ދިޔަވާހަކަ އިވިިގެެން ދިޔައެވެ. “އިނގިރޭސިބަސް” އަހަރެން ނަސްވެސް ދެން އިނގިރޭސިން ވަހަކަ ދައްކަން އިނގޭނެތާ!
ދެވަނަޓާމްގެ ކިޔެވުން ފެށުނީއެވެ. ހުރިހާކުދިންވެސް މިއަދު ސްކޫލަށް އައިސްފައިވަނީ އާ އަޒުމަކާއެކުގައި ހެން ހީވެއެވެ. ހުރިހާކުދިންްްްްްްްްގެ ވާހަކަތައް އަމާޒުވެފައިވަނީ މިމާއްދާއަށެވެ. ކޮންމެކުއްޖެއްގެ ދަބަހަށް ފޮތެއް އިތުރުވީއެވެ. ރަތް ކުލައާއި ނޫކުލައިން ރޮނގުދެމި 80 ނަމްބަރުގެ ފޮތެވެ. ފޮތުގެ ބޭރުގައި ކަރުދާސްލާ ތަފާތު ގޮތްގޮތަށް އިނގިރޭސި ލިޔެ ފޮތް ޒީީނަތް ތެރިކޮށްލައިފައިވާއިރު ކިހާވަރަކުން ދާނެބާއޭ ހިތައް އަރާކުއްޖަކު ނެތްކަހަލައެވެ. ހުރިހާކުދިންގެ އުންމީދުތައްވެސް ގުޅިފައިވަނީ މިފޮތާއޭ ހިވާކަހަލައެވެ.
ދުވަހުގެ ތިންވަނަ ގަޑިއަކީ އިނގިރޭސި ގަޑިއެވެ. ގަޑި ޖެހުމާއެކު ހިމަތޮޅި ދިގު އޮޅަލި ކުލައިގެ އުމުރުން 20 ނުވަތަ 22 އަހަރުގެ ދިވެހި ޒުވާން ފިރެހެން މުދައްރިސެއްއ ސްކޫލަށް ބޮޑު ފޮތްބައެއް ހިފައިގެން ވަނެވެ. މަޑުނޫކުލައިގެ ގަމީހެއް ލައި ނަމްބަރ 4 ފަޓުލޫނެއްގައި ބެގީކޮށްފައިވާއިރު ހުރީ ވަަރަށްްވެސް ފިރެހެން ވަންތަ ގޮތަކަށެވެ. ޖަހާފައިވާ ސެންޓްގެ ވަސް މުޅިކުލާސް ތެރެއަށް ފެތުރިގެން ދިޔައެވެ. އަދި މިހާތަނަށް ފެނިފައިނުވާ މިމުދައްރިސްގެ ފުރަތަމަ ފެނިލުން ހުރިހަ ކުދިންނަށްވެސް ކަމުދިޔައެވެ. އަނެއް މުދައްރިސުންނާއި މިމުދައްރިސްގެ ތަފާތު އެހާބޮޑެވެ. ހެދުނު ސްކޫލަށް އަންނަ އިރު ފެންވަރާ ކަމެއް ނުވަރާކަމެއް ނޭގެއެވެ. ބޯހާވަލެވި، ވާއަތުގެ ނިޔަފަތިތަކުން ކަނާއަތު ނިޔަފަތިތަށް ސާފުކުރަމުން ސްކޫލަށް ވަންނަ އިރު އަތުގެ އޮޅަބުށި ކޮޅުގައި މަހު ހުޅުބު ހުންނަ އިރު، ކޮށްފައިހުންނަ ބެގީ ހުންނާނީ ފަޅައިގެންގޮސްފައިވާ ބަސްތަާއެއް ހުންނަހެން ހުންނަތަންވެސް ބައެއް ނުދައްރިސުންގެކިބައިން ފެނިގެން ގޮސްފައިވެއެވެ. ހީވާނީ ކުލާހަށް ފަރުގެނެސް ވައްޓާލާހެންނެވެ.
އައްސަލާމް އަލައިކުމް! ކުލާހަށް ވަދެ ހަމަޖެހެލުމަށްފަހު ކުލާހާއި މުާހާތިބް ކޮށްލިއެވެ. ހުރިހާކުދިން ސަލާމް ބަލައިގަތެވެ. މަޑުމަޑުން ހުރުމަށް ފަހު ޗޯކްފޯލި ނެގުމަށްފަހު ބޯޑުގައި ޖުމްލަ އެއް ލިޔެލިއެވެ. އިނގިރޭސިބަހުންނެވެ. އެނީވަން ނޯސް ވަޓްއިޓް އިޒް؟ ހުރިހާކުދިން މަޑުމަޑުން ބުނާނެއެއްޗެއް ނޭގިފައިތިއްބެވެ. މުދައްރިސް އަނެއްކާވެސް އެބަސް ތަކުރާރުކޮށްލިއެވެ. ބުނީ ކޯޗެއްކަން އިގޭ ހަމަ އެކަމުވެސް ނެތެވެ. ބޯހަލުވާލާނެގޮތެއްވެސް އިނގޭނީ ކޮންވެސް ވަރަކަށް ދޭހަވާނަމަތާއެވެ. ބޭރުތެރޭން ކޮންމެވެސް ވަރަކަށް އިނގިރޭސިބަސް އަޑުއިވިފައިވީނަމަވެސް އެއްވެސް އެއްޗެއް ދޭހައެއް ނުވެއެވެ. މުދައްރިސް ސިވެހިބަހުން ވާހަކަ ދައްކަން ފެށިއެވެ، ލިޔެފައިވާ އެއްޗެއް އެއްވެސް ކުއްޖަކަށް އިނގޭތަ؟ ނޫން މުދައްރިސް ހުރިހާ ކުދިން އެއްފަހަރާ ޖަވާބްދިނެވެ. އޯކޭ! މުދައްރިސް ލިޔެފައިއެއިނީ މުދަސްރިސްގެ ނަން. މައި ނޭމް އިޒް އަހުމަދު ރިޔާޒް. މިގޮތަށް ކޮންމެ ކުއްޖަކުވެސް ކޮޅަށްތެދުވެ ކުރިއަށް މައިނޭމްއިޒް ލައި ނަން ބުނެލަދީބަލަ.
ވަރަށަް ބުރަމައްކަތުން އަހަރެންނާއި ޖެހެންވާއިރަށް އެހެން ކުދިން ބުނާ އަޑު އަހައިގެން މައިނޭމްއިޒް ހުސައިން މިހެން ކިޔަން ދަސްކޮށްފީމެވެ. އަދި ހަމަޖެހުމާއި އެކު އަވަހަށް ތެދުވެ ކިޔާލީމެވެ އަދި ރަގަޅުހޭ އަހާލީމެވެ. މުދައްރިސް ބޯހޫރާލީއެވެ. ކުލާސް ނިމިގެން ދިޔައީވަރަށް ޝައުގުވެރިކަމާއެކުގައެވެ. ފޮތުގައި އޭ، ބީ، ސީ އަދި ޑީ މިއަކުރުތައް ލިޔެދީ ދަސްކޮށްގެން އައުމަށް މުދައްރިސް ހަވާލުކުރިއެވެ. އެހެން ހުރިހާ މަސައްކަތެއް ދޫކޮށް އިނގިރޭސި ފިލާވަޅު ދަސްކުރުމާއިގެން އަވަސްވެގަތީމެވެ. ގެއަށް ވަދެވުމާއެކު ދަބަސް ބަހަައްޓާ ޔުނީފޯމް ބަދަލުކޮށް އިނގިރޭސިފޮތް ނަގާ ދަސްކުރަން ފެށީމެވެ. ކިޔާގޮތް ހަދާން ނުވެދާނެތީ ކޮންމެ އަކުރެއް ކައިރީ ދިވެހިން ލިޔުމުގެ ސަބަބުން ދަސްކުރާކަށް މާއުދަގުލެއް ނުވިއެވެ. ކަންތައް މިހިސާބައްދަޔައިރު ބައެއްމާއްދާތައް އިންގްލިސް ލޭންޖުއޭޖަށް ބަދަލުކުރުމުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ. އަލުން ބިސްމި ކިޔަން ޖެހެނީތާއެވެ. އަދި މިއުޅެނީ އިގިރޭސި އަކުރުތައް ކިޔަން ނޭގިގެންނެވެ.
މިކަންތައް ބޮޑުވިހަމައެކަނި އަހަރެމެން ކިޔަވާކުދިންނަކަށް ނޫނެވެ. ބެލެނިވެރިންނަށް މާބޮޑުކަމަކަށް ވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހިބަހުން ލިޔެފައިހުންނަ އެއްޗެހި ރަނގަޅަށް ފިލިޖަހައިގެން އެވެރިންނަށް ކިޔައިދޭން ނޭގިގެން އުޅެނިކޮށް އަނެއްބަސް ކުދިންނަށް ކިޔައިދޭން އިގޭނެހެއްޔެވެ. ބެލެނިވެރިންތައް ސްކޫލަށް ހާޒިރުވެ މިކަމާ މަސްވަރާކޮށް ހައްލެއް ހޮދިއެވެ. ހުރިހާ މާއްދާތައް މިއަހަރު ދިވެހިބަހުން ކުރިއަށް ގެންގޮސް އަންނަ އަހަރު ފެށުމަށެވެ.
******
މިހާހިސާބަށް ދިޔައިރު ދެން އިވިގެން ދިޔައީ އަތޮޅުފެންވަރުގައި ބެއްވުނު މަޒުމޫން ލިއުމުގެ މުބާރާތަކުން ސްކޫލު ކުއްޖަކު ފުރިހަމަ އެއްވަނަ ހޯދި ޚަބަރެވެ. މިހަބަރު ދިވެހިރާއްޖޭގެ އަޑުންވެސް ގޮވައިފިއެވެ. މިކަން ވެގެންދިޔައި މިކުއްޖާ މިކުޑަކުޑަ އާބާދީން އެކުއްޖާ ވިދާލައިގެން ދިޔަކަމަކަށެވެ. އަހަރެންނަށް ވުރެ އެއްގުރޭޑް ދަށުން ގްރޭޑް 4 ގައި ކިޔަވަމުންދާ މިކުއްޖާއަކީ ފެންނަ ކުއްޖެކެވެ. އެކަމަކު އެއްވެސް ސަމާލުކަމެއް މިއަދާ ހަމައަށް ދެވިފައެއް ނުވެއެވެ. މިއަޑާއެކު މިކުއްޖާ ސްކޫލުގައިވެސް ވިދާލިއެވެ. މާދޮންނޫން، އިސްކޮޅުން ކުރުނަމަވެސް ބަލާބެލުމަށް ރީތިސިފައެއް ލިބިފައިވާ ހަށީގަނޑު ރީތި ކުއްޖެކެވެ. ރަށުގައި ތިބި މަދު ކުދިން ކޮޅުގެ ތެރެއިން މިބުނާ ޔަމްލީ އަކީ މިހާރު އެންމެ ބޮޑަށް އިވޭ އަޑެވެ.
8
6 Comments
Comments are closed.
މިބައިވެސް ކަކުދާނެ ކަމަށް ހީކުރަން
nice
V baraabar avaha next part genesdheebala 🙂
Kamaku nudhey maa kuda ok good
Sorry. Maa busy dhuvas kolhehviima kurukoh liyevunee. Den faharakun inshaallah digukoh levey thw balaanan
Adhi kiriyaa kiyaa hihvaakahala vaahaka akaa midhumaa v , waiting for next part