އިރުގެ ރަން ދަޅަތަށް ދުނިޔެމައްޗަށް ފެތުރުމުގެ މަސަތްކަތް ފެށުނެވެ. ސާދަ ވިލޭރޭގެ ހަނދު ސާފު އުޑުން ފިލައިގެން ގޮސް އެ ތަޙްތުގައި އިރު ރަސްކަންކުރަންފެށިއެވެ. މުޅި ފަޒާ އެ އަލިން އަލިކުރަމުންނެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް އާ ސަފުހާއެއް ހުޅުވިގެން ދިޔައިރު ފޮނި އުންމީދުތަކެއް އެ ސަފްހާ ތަކާމެދު ކޮންމެ މީހަކުވެސް ކުރާނެކަން ގައިމެވެ. ނަމަވެސް އެ އުންމީދުތަށް ފުރިހަމަވުމުގެ ނަސީބު ލިބެނީ މަދުބަޔަކަށެވެ. އެއީ ދުނިޔޭގެ އާދައެވެ. ހިތް ރުހުނަސް ނުރުހުނަސް ތަގްދީރުގައި ލިޔުއްވާފައިވާ ގޮތަށް […]
އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އެދުވަސް ވެސް ހޭދަވެގެން ދިޔައި ނާޝިދާ އާއްމުކޮށް ކުރާ މަސައްކަތަކުގައެވެ. ޑިގްރީއަށް ކިޔަވައި ނިންމާފައި ނާޝިދާ ރަށަށް ބަދަލުވީ މާސްޓަރސް ހަދަން ދިއުމުގެ ކުރިން މަންމަ ކައިރީ ކުޑަދުވަސް ކޮޅެއް ހޭދަކޮށްލުމަށެވެ. ރަށުގައި ހުރެގެން އޭނެ އާމްދަނީ އެއް ހޯދުމުގެ ގޮތުން ކުދިންނަށް ޓިއުޝަން ނަގައިދެއެވެ. ރަށަކީ ރާއްޖޭގެ އުތުރަށް ނިސްބަތްވާ އާބާދި ބޮޑު ރަށެކެވެ. ޓިއުޝަން ނަގަން ބޭނުންވާކުދިން ފުދޭވަރަކަށް ގިނައެވެ. އެހެންކަމުން ނާޝިދާއަށް ރަނގަޅު އާމްދަނީ އެއް ލިބެއެވެ. […]
މާޒީވެގެން ދިޔަ ދުވަސްތަކުގައި މައުޝާއަށް ދިމާވި އެކި އެކި ކަންކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނޭ އޭނާގެ ހިތް އަބަދުވެސް ބުންޏެވެ. ކަޅު އަނދިރި ރޭތަކުގައި ދިމާވި ގޮތްނޭނގޭ ކަންތައްތަކާއި، ރޯދުވާލު އިހްސާސް ކުރެވޭ ގޮތްނޭނގޭ އިހްސާސްތަކަކީ މީހަކަށް ކިޔައިދޭން މޮޅު، ރީތި ވާހަކަ ތަކެއް ނޫނެވެ. އެއީ ކިޔައިދިނަސްވެސް ޤަބޫލު ނުކުރެވޭނެތީއެވެ. އަދި ޤަބޫލު ކުރެވުނަސް ވެވޭނެ އެހީއެއް، ކޮތްދެވޭނެ ކަމެއް ނޯންނާތީއެވެ. އެހެންނަމަވެސް ބައެއް ފަހަރު ހަމައެކަނި މައުޝާގެ ވާހަކަތައް ޤަބޫލުކުރާކަން ހާމަކޮށްދީ، […]
ނާޝީދާ އެނދުގައި އޮށޯވެލައި ދެންމެ ފެނުނު ހުވަފެނާއި މެދު ވިސްނާލިއެވެ. އެހުވަފެނަކީ އާ ހުވަފެނެއް ނޫނެވެ. އެހުވަފެން ފެންނަތާ މީ ދެވަނަ ރެއެވެ. ފެންނަނީ ހަމައެކައްޗެކެވެ. ފުރަތަމަ ރޭވެސް ހުވަފެނުން ހޭލެވުނީ 02:30 ގައެވެ. ހަމަ ގިފިއްޔަށް ދާން ބޭނުންވެފައެވެ. މިރޭވެސް ހަމަ އެހެންނެވެ. މިވަނީ ކީއްބާއެވެ؟ ފުރަތަމަ ރޭ އެހުވަފެން ފެނުމުން ނާޝިދާ ބިރެއް ނުގަނެއެވެ. އޭނާ އަކީ އެހާ އަވަހަށް އެހާ ފަސޭހައިން ބިރުގަންނަ މީހެއްނޫނެވެ. އެހުވަފެނަކީ ބިލާހެއްކަމަށް ބަލައި އެކަމާ ދޭތެރޭ އޭނާ […]
ޢަބްދު ﷲ ބިން މުބާރަކުއަކީ އިމާމު އަބޫ ހަނީފާގެ އެންމެ އިސްދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ވަރަށް ޞާލިޙް ތަޤްވާވެރި ބޭކަލެކެވެ. ދެރަނިކަމެތިންނާއި ދަތުރުވެރިންނާއި މިސްކީނުންނަށް އަޅާލާ އެހީތެރިވެދެއްވުމަކީ އެކަލޭގެފާނުގެ ޚާއްޞަ އުފާފުޅެކެވެ. އެއްފަހަރު ޢަބްދު ﷲ ބުން މުބާރަކު މަދީނާއިން މައްކާ އަށް ވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅެއް ފެއްޓެވިއެވެ. އެކަލޭގެފާނު ދަތުރުފުޅު ކުރައްވަމުން ވަޑައިގަންނަވަނިކޮށް ގަހެއްގެ ހިޔަލުގައި އިށީންދެ އިން އަންހެނަކު ދެކެވަޑައިގެންނެވިއެވެ. ބަލާބެލުމަށް އެއީ ފަންސާސް އަހަރަށްވުރެ ދޮށީ އަންހެނެކެވެ. އެއަންހެން މީހާގެ މޫނުމަތިން […]
ލޯތްބަކީ ފެން ކަހަލަ އެއްޗެކެވެ. އެކަކު އަނެކަކު ދެކެ އެ ލޯބި ވެވޭނެއެވެ. ކަޅެއް ދޮނެއް، ސައިޒެއް، އުމުރެއް ލޯބި ވާކަށް ނޯވެއެވެ. ހަމަ މިގޮތަށް ކުޅެދޭ މީހުންނާއި، ނުކުޅެދޭ މީހުން ވެސް ލޯބީގެ ކުރިމަތީގައި ހަމަހަމައެވެ. ލޯބިވުމާއި، ލޯބި ލިބުމުގެ ހައްޤު ކޮންމެ ހަމަ ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ. ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުން ސޮފްޙާއެކެވެ. އަހަންނަކީ އުފެދުމުގައި އުނި ސިފަތަކެއް ހުރި މީހަކީމެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އަހަރެންގެ މައިންބަފައިންނާއި، […]
ނާޝީދާ ލޯ ހުޅުވާލިއެވެ. އަދި ކައިރީގައި އިން ސޯނާ ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދަމު 02:30 ވީއެވެ. އޭނާއަށް ކުއްލިއަކަށް ހޭލެވުނީ ކީއްވެކަން ނޭންގިފައި ވިސްނަން އޮވެވުނެވެ. އެނދުން ތެދުވެ ވަށާ ނަޒަރު ހިންގާލިއެވެ. ކޮޓަރި ތެރެއިން އާދަޔާ ޚިލާފް ކަމެއް ފެންނާކަށް ނެތެވެ. ޖެހިގެން އޮތް އެނދަށް ބަލާލިއިރު މަންމަ ވެސް އޮތީ ގަދައަށް ނިދާފައެވެ. ނާޝިދާ ފުންނޭވާއެއް ދޫކޮށްލާފަ ކުޑަކޮށް ވިސްނާލިއެވެ. އޭނާއަށް ހޭލެވުނީ މީހަކު ގޮވާލިހެން ހީވެގެންނެވެ. ނާޝިދާއަކީ ވަރަށް ނިދިގަދަ މީހެކެވެ. […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ދުވަހަކީ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔަވަން ފެށުނު ދުވަހެވެ. ކުއްލިއަކަށް ކުލާސް ދޮރުމައްޗަށް މީހަކު މަޑުކޮށްލުމުން އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. ސްކޫލު ޔުނީފޯމުގައި ހުރި އަންހެންކުއްޖާއަކީ މީގެ ކުރިން ސްކޫލުން ފެނިފައިވާ ކުއްޖެއްހެންވެސް ހީނުވެއެވެ. ނަމަވެސް އެއީ ހަމަ ސްކޫލުގައި ރަން ވަނަތައް ހާސިލުކުރަމުން ހަރަކާތްތެރިކޮށް އުޅުނު ކުއްޖާއެވެ. ހައިރާންކަމާއެކު އެކުއްޖާއަށް ބަލަން އަހަރެންނަށް […]
“މިފަހަރު އަރީން އެކުއްޖާގެ ހިތް ހަލާކުކޮށްލާފަ ނޫނީ ދޫނުކުރާނެ. އެކަމަކު އެއީ ހާދަ މައުސޫމު ކުއްޖެކޭ. ވަރަށް އެކަނިވެރި ކުއްޖެއްކަމަށްވާނީ. ކޮންމެވެސް ހިތާމައެއްކުރާހެންވެސް ހީވޭ. އަރީން މިކުއްޖާއަށް ލަނޑުދޭން ފުރުޞަތު ދީގެން ނުވާނެ. ކޮންމެވެސް ގޮތެއް ހަދަންއެބަޖެހޭ” ޔާނިއު ހިތަށް އެރިއެވެ. ޔާނިއުމެން ދަތުރުކުރި ފެރީ މާލޭ ޖެޓީއަށް ކައިރިކުރުމާއެކު އެންމެ އަވަހަށް ފޭބި މީހުންނާއެކު އިނާޝާ ފެރީން ފައިބައިފިއެވެ. އަރީން އަވަސްއަރުވާލައިގެން ފެރީން ފައިބާން އުޅެގަތެވެ. “އޭބަލަ އަވަސް އަރުވައިލައިގެން ތިއުޅެނީ ތަނަކަށްދާން ގަޑިޖެހުނީތަ؟” ޔާނިއު […]