އިސްމާޢީލްއަލީ ރ.ކަނދޮޅުދޫ ހަނދެއްފަދަ މޫނަކަށް ހަދަން ބޭނުންވެއެވެ. ތިންދުވަހުން ދޮންވާ ކްރީމް އުނގުޅީމެވެ. ތިންމަސް ވީއިރުވެސް ބަދަލެއްނައެވެ. އުފެއްދެވުމުގައި ހުރިގޮތް އެންމެ ރަގަޅުކަމުގައިބެލީމެވެ. ދޮންކުރުމަށް ހޭދަވާ ވަގުތު ފައިދާ ހުރިކަމެއްގައި ހޭދަކުރެވޭގޮތްވިއެވެ. ދޮންކުރުމަށް ހޭދަކުރާ ފައިސާ ފައިދާ ހުރިކަމަކަށް ހޭދަކުރެވޭގޮތްވިއެވެ. ދޮންނޫނަސް ރީތި ވެދާނެގޮތް ވިސްނުނެވެ. ދޮނުގައި ކެއްކޭނެ ރިހައެއްނެތްކަން ހާމަވިއެވެ. މިރަށުގައި އިން އެންމެ ދޮންކުއްޖާގެ ހާލު ހެނގޭ ހެއްޔެވެ؟ މިހާރުވަނީ ބަދުނާމުގެ ލައްތަކުން މޫނު ކަޅުވެފައެވެ. މާދަމާ އެކަނިވެރި ބޮލެއް ދުނިޔެއަށް އިތުރު ކުރާނެއެވެ. […]
އިސްމާޢީލް އަލީ ރ.ކަނދޮޅުދޫ އަހަރެން އިނީ ފެންޑާގައި އެލުވާފައިވާ އުނދޯޔެއްގައެވެ.އެވަގުތު ޚިޔާލު ކުރެވެނީ ހަންހެނުންގެ ކޮއްކޮއާމެދުގައެވެ.އަންހެނުންގެ ކޮއްކޮ ވަނީ ފޮޅޭން ތައްޔާރު ވެފައިވާ މަލެއްފަދައިން ފުރާފުރިހަމަ ވެފައެވެ.ޖަންބު ކުލައަރާ ކޯތާފަތާއި،ރަތްޖޭމެއްފަދަ ދެތުންފަތް އެކަމަށް ހެކިދެއެވެ.މިދުވަސްކޮޅު މިގެއަށް އައިސް އެއިންނަނީ ޗުއްޓީ ދުވަސްކޮޅަކަށްވާތީއެވެ.އެމަންޖެގެ ޚިޔާލުތައް އަހަރެންގެ ހިތުން ފިލުވައިނުލެވިގެން މިއުޅެނީ ކިއްވެ ކަމެއްނޭގެއެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ގޯތިތެރޭގައިހުރި ޖޭމުގަހަށެވެ.އެގަހުގައިވަނީ ޖޭމު އަޅާ ފުރިފައެވެ.މަޑުމަޑުން ތެދުވެގެންގޮސް ޖޭމުކޮޅެއް ބިނދެލައިގެން އަތްގޮށްޓަށް އަޅައިގެން އައިސް އުނދޯލީގައި އިށީދެގެންއިނދެ ޖޭމުކާން […]
އިސްމާޢީލް ޢަލީ،ކަނދޮޅުދޫ ވިލާތަކުގެ ތެރެއަށް ހަނދު ނިވާވުމާއިއެކު ކަނުއަނދިރިކަން ދުނިޔެއަށް ވެރިކުރުވައިފިއެވެ.އަހަރެން އިނީ އަތިރިމަތީގައެވެ.ބިރުވެރިކަން އިޙްސާސްކުރެވޭމެއެވެ.އެހެނަސް ފަހުން ލިބޭނެ ހިތްހަމަ ޖެހުން ބޮޑުވާނެތީއިންތިޒާރު ކުރެވެނީއެވެ.ގޭމީހުންނަށް އެނގިގެން ހަޅޭއްލަވާ ތަންގަނޑު އެންމެންނަށް ބޭޒާރު ވިޔަސް އެއުފާވެރި އިޙްސާސްތަކާއި ދުރެއްނުވެވޭނެއެވެ.އެބީހިލުމުގައިވާ އަރާމު ހިތަށް އިޙްސާސް ކުރެވުމުން މައިމީހާ ކޮންމެ ދުވަހަކު ކިޔާ އެއްޗިއްސާއި،ކުރާ އަނިޔާގެ ސަބަބުން ހަށިގަޑަށް ލިބޭ ވޭން ފިލައެވެ.އެއުފާވެރި ބައްދަލުވުން ނުބޭއްވިއްޖެނަމަ މޫޑު އެއްކޮށް ޚަރާބުވެއެވެ. ފިރާޝް އަހަރެން ދެކެ ލޯބި ވެއެވެ.ކޮންމެ ގޮތަކުން ވިޔަސް […]
* ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މެންދަމުގެ ވަގުތެވެ. ޖަހާލި ބާރު ގުގުރިއާއިއެކު ސިހިފައި އަހަރެންނަށް ހޭލެވުނެވެ. އެ އަޑާއި އެކުވެގެން ކަހަލަ ގޮތަކަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދެލޯ އުނގުޅާލަމުން އަވަސްއަވަހަށް ޖެހިގެން ހުރި ކުޑަ އެނދަށް އަހަރެން ބަލާލީމެވެ. ތިން އަހަރަށްދާ އެ ކުޑަކުއްޖާ ގެނެސް އަހަރެންގެ މޭގެތެރޭ ބޮނޑިކޮށްލީމެވެ. އެ ކުޑަކުޑަ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭރުވެސް އެކުއްޖާގެ ރުއިމުގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. “ދޫނީ.. އަވަހަށް ހުއްޓާލާ.. ޑެޑީ […]
އާޅެން ނަސީބުގެ މާތައް ބިންނާށެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޚުލްޤު ހެޔޮވުމީ ފިޔަޖަހާ ތަރިތަކެއް ފަދައިން އުޖާލާވާ ކަމެކެވެ. ރިވެތި ޚުލްޤު ނެތުމީ ކަޅުފޮއިރޭގަޑެއް ފަދައިން އަނދިރިވާކަމެކެވެ. ޢިލްމުވެރި ކަމުގެ ފާހަގައަކީ،މީހާގެ ޢަމަލުތައް ހެޔޮވުމެވެ. އަޚްލާޤް ނެތުމީ،ޢިލްމުވެރި ކަމަށް ހިރަފުސް ބުރާ ކަމެކެވެ. މޭވާނާޅާ ގަހަކުން ކުރެވޭނެ ބޭނުމެއް ނެތްކަން ވިސްނަން ވާނެއެވެ. އިންސާނާ ނެތިފަނާވެދާނެކަން ޔަޤީނެވެ. ގެއްލި ނުދާނެ އެއްޗަކީ،ކުރެވޭ ހެޔޮޢަމަލެވެ. ހެޔޮކަމުގެ ތިލަފަތް ބަރުކުރުމީ ވާޖިބެކެވެ. ހެޔޮކަމުގެ ދޮރުވަނީ ހުޅުވިފައިކަން ކަށަވަރެވެ، ޓިކެޓާއި ނުލައި […]
މާތް ﷲ، ސަދޫމު ސަހަރާއި، އެ ސަހަރުގެ މީހުން ހަލާކުކުރެއްވިއިރު، لوط عليه السّلام އާއި، އެކަލޭގެފާނުގެ އަހުލުބައިތުން ސަލާމަތްކުރެއްވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައެވެ. ހަމައެހެންމެ،نوح عليه السّلام ގެ ޤައުމުގެ މީސްތަކުންނަށް އަޛާބުދެއްވައި ހަލާކުކުރެއްވިއިރު އެކަލޭގެފާނުގެ ދަރިކަލުންނާއި އަނބިކަނބަލުންވީ އަޛާބު ލިބި ގަރަޤުވި މީސްތަކުންގެ ތެރެއިންނެވެ. أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها ވިދާޅުވެފައިވެއެވެ. ޖިބްރީލުގެފާނު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ޚަބަރުދެއްވިއެވެ. ނޫޙުގެފާނުގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަށުވިގަޑެއްފަދަ އިސްތަށިގަޑު ވަނީ ހާވާލެވިފައެވެ. ދެތުންފަތް ވަނީ ރޫޖެހިފައެވެ. ކޯތާފަތް ހީވަނީ ހުދުކަފަގަޑެއް ހެންނެވެ. ލޮލުން ފެންނަނީ ވީރާނާކަމެވެ. ކުޑަހިނދުކޮޅެއްތެރޭ އެފަރި ނާޒުކުކަން ގެއްލުނީ ކީއްވެބާވައެވެ! ފޭރިގަތުމުން ދެންބާކީ އޮންނާނީ ކޮންއެއްޗެއް ހެއްޔެވެ؟ ފޭރިގަތީ ރީތިކަން އެކަންޏެއްނޫނެވެ. އަބުރުގެ ދާވަނިވެސް ހަފުސްކޮށްލީއެވެ. އަބުރުވެރި ގޮތުގައި ޖިންސީ ބާރުތައް ބޭނުންކުރެވެން އެބައޮތެވެ . ކުކުޅުހާލަށްވުރެ ދަށު ދަރަޖައަކަށް ވެއްޓެނީ ކީއްވެހެއްޔެވެ؟ އަރާމާއިއެކު ލިބެވޭން އޮތް އުފާ ދަންތުރައަކަށް ހަދަނީ ކީއްވެހެއްޔެވެ؟ ހިތުން ބިރުވެރިކަން ނުފިލާނަމަ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޤީޤަތް ފޮރުވުމަށްޓަކައި، ލައްކައިން ފައިސާ ޚަރަދު ކުރިއެވެ. އިންޖެކްޝަން ލިބުނު މުނާސަބާ ފާހަގަ ކުރިއެވެ. ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ. ދުނިޔޭގެ މީހުންގެ ލޮލުގައި އަނދުން އެޅުވިއެވެ. ދުނިޔެ ދޫކުރީ ފާފަތަކުގެ ޝިކާރަ އަކަށް ވެގެންނެވެ. ދުނިޔޭގެ ޙަޤީޤަތަކީ،ނެތިދިއުމެވެ. ދިރިއުޅުމުގެ ޙަޤީޤީ ބޭނުމަކީ،ފަހުދުވަހަށް ތައްޔާރު ވުމެވެ. ޙަޤީޤީ މައިންބަފައިންނަކީ،ރަގަޅު ކަންތައް ކުރުވާ މީހުންނެވެ. ޙަޤީޤީ މުއްސަނދި ކަމަކީ، ފުދުންތެރި ކަމެވެ. ޙަޤީޤީ ރީތި ކަމަކީ،ރިވެތި އަޚްލާޤެވެ. ޙަޤީޤަތް ޒަހަރަށްވުރެ ހިތްޗެވެ. ޙަޤީޤަތް މާމުޔަށްވުރެވެސް […]