Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

އަހަރެންގެ މިނިވަންކަން ކޮބައި ހެއްޔެވެ؟

Arcane_Belle Level 1
October 12, 2015 3 Mins Read
49 Comments

އަހަރެންނަކީ އަންހެން ކުއްޖެކެވެ. “ދިވެހި މުސްލިމެކެވެ”. އަހަރެންނަށް އިނގޭ ގޮތުގައި ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ. މުސްލިމަކަށް ވީތީ ކޮންމެހެން ކުރަންޖެހެނީ 2 ކަމެކެވެ. އެއީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެކެވެ. އެއީ ހެދުން އެޅުމާއި އުޅުމުގައިވެސް މެއެވެ. ނަމަވެސް އަތުގެ އިނގިލިތަކުން ގުނާ ލެވޭ ވަރަށް ބުރުގާ އަޅާފައި ތިބޭ މީހުންވެސް އަހަރެން ދެކެމެވެ. ޤަބޫލު ކުރާގޮތުން ބުރުގާއެއީ މުސްކުޅިން އަޅާ އެއްޗެކެވެ. ނޫނީ އައިބެއް ފޮރުވަން އަޅާ އެއްޗެކެވެ. އަހަރެންނަށް ދީނީ ގޮތުން ކަންކަމުގެ ޙަޤީޤަތެއް އޭރަކު ނޭނގެއެވެ.

އެއްދުވަހަކު އަހަރެން ވާރެޔާއި ތެމިގެން އުޅެނިކޮށް ވެއްޓި ނިތްކުރި ވަރަށް ބޮޑަށް ފަޅައިގެން ގޮއްސިއެވެ. ރަނގަޅު ވީއިރު 2 އިންޗި ދިގު ބައި އިންޗި ފުޅާ ލަކުނެއް ނިއްކުރީގައި ލައިފިއެވެ. އަދި އެތައް ބައެއްގެ މަލާމާތް އެ ލަކުނަށް ރައްދުވާން ފަށައިފިއެވެ. އަހަރެންގެ މިނިވަންކަން ކޮބައިހެއްޔެވެ؟ އަހަރެން އެކަމާ ލަދުން އެ ލަކުނު ފިލުވަން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަށް ފޫނެތްފަޔަށް ފެންފުރުނީއެވެ. ދެން ހިތަށް އެރިއެވެ. އަހަރެން ބޮޑުވެގެން ބުރުގާ އަޅާނީއެވެ. އޭރުން އެހެންމީހަކަށް އެލަކުނެއް ނުފެންނާނެއެވެ.

އޭގެ 5 ވަރަކަށް އަހަރު ފަހެވެ. ބުރުގާ އަޅާމީހުން ގިނަވާން ފަށައިފިއެވެ. ހެދުމުގެ ކުލަވެސް ކަޅަށް ބަދަލުވާތީ ފެންނަން ފަށައިފިއެވެ. އަހަރެންނާއި އެކީގައި އުޅޭ ކުދިންވެސް މަލަމަތި ބަދަލު ކުރަންފަށައިފިއެވެ. އިސާހިތަކު މަންމަ އަހަރެން ބުރުގާ އެޅުމަށް ބުންޏެވެ. ނަމަވެސް މި ފަހަރު އަހަރެން އިންކާރު ކުރީމެވެ. ކީއްވެކަމެއް ހުދު އަހަރެންނަކަށް ނޭނގެއެވެ. އެއީ ބަޔަކު ކަމެއްކުރާތީ ކުރަން އަހަރެން ފޫހިވަނީ ކަމުގައި ވެދާނެއެވެ. މަންމަގެ ބުނުމަކަށް ބަދަލެއްނައެވެ. އެންމެފަހުން އަހަރެންވެސް ބުރުގާއަޅައި ކުލަބަދަލު ވެއްޖައީމެވެ. ގިނަދުވަސްތަކެއްނުވެއެވެ. ރައްޓެހިންގެ ސަބަބުން ކުރީގައި ނުލާފަދަ ގަޔަށް ބާރު ކުރު އެއްޗިސް ލާންފެށިއްޖެއެވެ. ބަޔަކު ކުރާތީ ކަމެއް ކުރަންވެއްޖެ ނަމަ ވާނީވެސް މިހެންތާއެވެ.

ދެންއައީ ޙަޔާތުގައިވެސް އެންމެ ލަދުގަތް ދުވަސް ތަކާއެވެ. އެއީ އަހަރެންގެ މާހައުލު ބަދަލު ވުމުންނެވެ. އެ މާހައުލުގައި އުޅުނީ ވަރަށް “އަނގަ ބޮޑު” މީހުންނެވެ. އަހަރެން ގަޔަށް ބާރު އެއްޗިސް ލުމުން އަހަރެންގެ ވަނާތަކައި ވަކި ވަކިން އެމީހުންގެ މުޑުދާރު ދުލުން ފޮށެއެވެ. އެފަދަ ކޮންމެ ވަގުތަކު ހިތަށްއަރައެވެ. އަހަރެންގެ މިނިވަންކަން ކޮބައިހެއްޔެވެ؟ އަހަރެން ވަރަށް ލަދުގަނެއެވެ. ކަރާލައި އޮޅާފައި އޮންނަ ބުރުގާ އެހެން ބުނާ ކޮންމެފަހަރަކު ތިރިކޮއްލެވެއެވެ. މުޑުދާރީ އެމީހުންގެ ދޫ އެކަންޏެއް ނޫނެވެ. އަހަރެންގެ ސިކުނޑިވެސް މެއެވެ. ނަތީޖާއަކަށްވީ އަހަރެން އެފަދަ ހެދުންތަކާ ދުރުވުމެވެ. ކުރީގައި ބާވެގެން ބަހައްޓާފައި ހުރި ދިގު ގަޔަށް ދޫ ހެދުންތަކާ ކައިރިވެވުމެވެ. އެންމެފަހުން އަހަރެންގެ ހެދުން އެޅުމުގެ މިންގަނޑު މުޅިންބަދަލު ކޮށްލީމެވެ. ބޮޑު ކަޅު ހެދުންތަކަކަށެވެ.

މި ކަޅު ހެދުމުގެ ތެރެއިން ކުރީގައި އަހަރެންނަށް ނުފެންނަ އެތަށް ކަމެއް ފެންނަން ފަށައިފި އެވެ. ދީނުގެ ކަންކަމަށް ސަމާލުކަން ދޭން ފެށިއްޖެއެވެ. ދީނީ ޢިލްމު ހޯދަން މަސައްކަތް ކުރަން ފަށައިފީމެވެ. ޙަޤިޤަތުގައި އިންޓަރނެޓްގެ ބޭނުން ހެޔޮގޮތުގައި ކުރަން ފެށުނީ ދެނެވެ. ޙިޖާބުގެ ވާހަކަތައްވެސް ކިޔަން ފަށައިފީމެވެ. އެހެންނަމަވެސް އެއީ މުޙިންމު ކަމެއް ކަމުގައި ނުދެކެވުނެވެ. އިދިކޮޅުހަދާ މީހުންގެ ވާހަކަތައް އޭރުވެސް ކޮންމެވެސް ވަރަކަށް ޤަބޫލު ކުރެވޭތީއެވެ.

ދުވަސްވަރަކީ އަހަރެންގެ ފުރާވަރުގެ ދުވަސްވަރުކަމުން ރަނގަޅު މީހަކު ޙަޔާތަށް ލިބޭތޯ ﷲ ގެ ހަޟްރަތުގައި ދަންނަވަމުން އައީމެވެ. މާގިނަ ދުވަސްތަކެއްނުވެ އަހަރެން ބޭނުންވާ ކަހަލަ މީހަކު އަހަރެންނާ ކައިވެނި ހުށައަޅައިފިއެވެ. އަދި އިސްލާމީ އެންގޭޖްމަންޓް އަކުން އެންގޭޖް ކުރެވުނެވެ. މަދު މަދުން ވާހަކަވެސް ދައްކަމެވެ.

މިހެން އުޅުމުގެ ތެރޭގައި އަހަރެންގެ ސަމާލުކަން ހުއްޓުނީ އެއްދުވަހަލު ބުނެލި ޖުމުލައަކަށެވެ. “އަހަރެންނަށް މޫނު ފެނުމުންވެސް ވަރަށް ހިތްހަމަ ޖެހުން ލިބޭ. ތި މޫނު އެހެންމީހުންގެ ފިތުނައިން ފޮރުވަންވީނު”. އަހަރެން މިކަމާ ވަރަށް ވިސްނީމެވެ. ހިތަށް އެރިއެވެ. އަހަރެންގެ މޫނަށް ބަލައި ކިތައްމީހުން އެފަދައިން ހިތްހަމަޖެހުން ހޯދާނެ ބާއެވެ؟ އަހަރެން އެންމެ ނުރުހޭމީހުންވެސް މީ މޫނަށް ބަލައި އުފާ ހޯދަނީއެވެ. މި މޫނުފެނި ކިތަށް މީހުންގެ ހިތައް ފިނިކަން ލިބިފައިވާނެ ހެއްޔެވެ؟ ހަސަދަ ވާ މީހުންގެ ކިތަކެއް ވިހަ ޖުމްލަ ތަކެއް މި މޫނަށް އަމާޒު ވެފައިވާނެބާއެވެ؟ އަހަރެންގެ މޫނުގެ އަގު ކޮބައިބާއެވެ؟ އަހަރެންގެ މިނިވަންކަން ކޮބައިބާއެވެ؟ އަހަރެންގެ މޫނުވަނީ ހިލޭ މީހުން އިންސާފު ކުރުމަށް ދޫކޮށްލެވިފައެވެ. އަހަރެންނަށް ދެރަވެ ރޮވިއްޖެއެވެ. އަހަރެންގެ ފިރިމީހާއަށްޓަކައި މި މޫނު ރައްކާ ނުކުރެވުނީތީ ލަދުގަންނަން ފަށައިފިއެވެ. އަހަރެންގެ މިނިވަންކަންވަނީ މި ހިޖާބުގައިކަން ވިސްނިއްޖެއެވެ. ވަގުތުން އަހަރެން އަޒުމް ކަނޑައެޅީމެވެ. އިސްލާމީ ފުރިހަމަ ހިޖާބުން ނިވާވެ އަހަރެންގެ މުޅި ހަށިގަނޑު ފިރިމީހާއަށްޓަކައި ރައްކާކުރުމަށެވެ. ﷲ އެކަލާނގެ މޫރިތި ކަލާމްފުޅުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅަށް ތަބަޢަވުމުގެ ގޮތުންނެވެ. .

” يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا ”

” އޭނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރި ކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ. ” (ސޫރަތުލް އަޙްޒާބު 59 )

އާއެކެވެ. މިހާރު އަހަރެންނަކީ ﷲ ގެ އިރާދަފުޅުން ފުރިހަމަ ހިޖާބުން ހިޖާބުވެ ހުރި އަތްބަކީމެވެ. އަހަރެންގެ މުޅިހަށިގަނޑު ފިރިމީހާއަށްޓަކައި ރައްކާކޮއްގެނެވެ. ފިތުނައިން ރައްކާތެރިވެގެންނެވެ. މި ފަރުދާގެ ތެރޭގައި އަހަރެންގެ ފުރިހަމަ މިނިވަންކަމާއެކުގައެވެ. ކުރީގައި އަހަރެންނާ ފޮށެ އުޅުނުމީހުން މިހާރު އަހަރެން ފެނުމުން އިސްޖަހާހައިވެއެވެ. މަގުމަތީގައި މީހުންގައިގައި ކޭތެމުން ދުވާމީހުން އަހަރެންނަށް މަގުން ހިނގާނޭތަން ދައްކައެވެ. އަހަރެންނަށް ފާރަލަމުން އައި މީހުން މިއަދު ގެއްލިއްޖެއެވެ. އަހަރެންގެ މޫނުން ހިތްހަމަޖެހުން ހޯދާ މީހުން އިނދަޖެހިއްޖެއެވެ.

އުޚްތާއެވެ! ތިބާއަށްވެސް މި ފުރުޞަތު އެބައޮތެވެ. މީހުންގެ ތެރޭގައި ނީލަން ކިޔާ މީހަކަށް ތިބާ ނުވާށެވެ. ތިބާއަކީވެސް އަގު ބޮޑު އެއްޗެކެވެ. ތި ހަށިގަނޑުފިތުނައިގެ ބަސްތަކުން ރައްކާކުރާށެވެ. ތިބާއަކީ ހިލޭ މިހުންގެ ހިތްހަމަ ޖެހުންކަމުގައި ނުވާށެވެ. ތިބާގެ ތި ފަރި ވަނާތައް ފޮރުވާށެވެ. ފުރިހަމަ ހިތްހަމަޖެހުން އޭރުން އޮތީ ތިބާއަށެވެ. ތިބާ މިނިވަންވީތީއެވެ. އެހެންމީހުންގެ ވިހަ ބަސްތަކުން ސަލާމަތްވީތީއެވެ. ﷲގެ މަގުގައި ފައިތިލަ ޘާބިތު ކުރެވުނީތީއެވެ. މި ހިތްހަމަޖެހުން މިހާރު އަހަރެންނަށް ލިބެއެވެ. الحمد لله

Share Article

Follow Me Written By

Arcane_Belle

Level 1

Other Articles

Previous

އިންތިޒާރު ( 16 )

Next

ހިޖުރަ (ސަތިރީސްވަނަ ބައި)

Next
October 12, 2015

ހިޖުރަ (ސަތިރީސްވަނަ ބައި)

Previews
October 12, 2015

އިންތިޒާރު ( 16 )

49 Comments!

  1. Faathun says:
    October 12, 2015 at 8:38 pm

    Ma sha Allah varah rythi ibraitheri vaahaka eh.

    1. Arcane_Belle says:
      October 12, 2015 at 9:45 pm

      Alhamdhulillah 🙂

  2. beauty queen says:
    October 12, 2015 at 8:41 pm

    Varah reethi…

    1. Arcane_Belle says:
      October 12, 2015 at 9:43 pm

      Alhamdhulillah

  3. dark princess says:
    October 12, 2015 at 8:41 pm

    V iburaiytheri mauloomathu kolheh.. thank u.. I hope adhives mikahal mauloomaathu muhsandhi vaahaka kolheh genesdheyne kamah..keep it up..

    1. Arcane_Belle says:
      October 12, 2015 at 9:45 pm

      Thanks Dark Princess. In Sha Allah 😀

  4. Meera says:
    October 12, 2015 at 8:42 pm

    So true.

  5. ryyn says:
    October 12, 2015 at 9:07 pm

    i lyk it… thanks fr uploading such a nyc stry.. vrh iburaiitheri.. 🙂 🙂 🙂 hope mi kahala ehn stry ehvx kiyaalan libeyne kamah.. once again i really lyk it n gd job. i appreciate ur work ….

    1. Arcane_Belle says:
      October 12, 2015 at 9:43 pm

      Alhamdhulillah 🙂 I’m glad you liked it

  6. kidy says:
    October 12, 2015 at 9:53 pm

    Varah reethi

    1. Arcane_Belle says:
      October 12, 2015 at 9:57 pm

      Alhamdhulillah 😀

  7. m.tee says:
    October 12, 2015 at 10:00 pm

    Inshaa allah.it’s a very nice article.v muhinmmu mauloomaath libinevi ibraiytheri vaahaka eh.v nice

    1. Arcane_Belle says:
      October 13, 2015 at 10:15 pm

      Alhamdhulillah

  8. humey says:
    October 12, 2015 at 10:15 pm

    Masha allah..v.ufaaveje ayathaaeku maanavaes genesdhyfa inythyve..vaahaka v.nice..ekam dhera ee akan gaboolu nukuraa kudhin ulheythyve..gaboolkuriyas amalun nufenaathyve..dhw

    1. Arcane_Belle says:
      October 13, 2015 at 2:00 pm

      Yeah. In sha allah if we work a bit, and explain them they might understand 🙂

  9. Saana says:
    October 12, 2015 at 10:39 pm

    Masha Allah v reethi iburatheri vahakah a insha Allah bless you

    1. Arcane_Belle says:
      October 13, 2015 at 1:59 pm

      Aameen. May Allah bless you too

  10. yaan says:
    October 12, 2015 at 10:42 pm

    maasha Allah.. vrh salhii mi vaahaka

    1. Arcane_Belle says:
      October 13, 2015 at 1:57 pm

      Alhamdhulillah. 🙂

  11. isha says:
    October 12, 2015 at 10:50 pm

    Maaiy Allah thibaage masaiykathugai barakaah lavvaaashiii… Aameen ginaginain mi fadha iburahtheri vaahakathah alhugandumenge dhivehi mujuthamaah khaassa kohlaigengenas dheyne kamah ummeedhu kuran..

    1. Arcane_Belle says:
      October 13, 2015 at 1:55 pm

      Aameen. May he be pleased with you as well. 🙂

  12. zai says:
    October 12, 2015 at 10:52 pm

    Masha allah mi kahala vahakathah genesdheythiiwe v ufaavey..hihvaru libey..i love hijaab btw story v v furihama

    1. Arcane_Belle says:
      October 13, 2015 at 1:53 pm

      Alhamdhulillah. Thanks zai

  13. zai says:
    October 12, 2015 at 10:54 pm

    Ameen

  14. girl says:
    October 12, 2015 at 11:13 pm

    I love it?❤

    1. Arcane_Belle says:
      October 13, 2015 at 1:50 pm

      Thanks girl 😀

  15. minnu says:
    October 12, 2015 at 11:26 pm

    It is a v good n v truthfull story.. Allah alhamen enmenah thedhumagu dhahkavaandhey. Adhi
    Allah thibaa asha alhamen enmebah heyo rahumai lahvaashi aameen

    1. Arcane_Belle says:
      October 13, 2015 at 1:42 pm

      Aameen

  16. aal says:
    October 12, 2015 at 11:36 pm

    I love this story♥♥♥♥

    1. Arcane_Belle says:
      October 13, 2015 at 1:38 pm

      <3 <3 <3

  17. nuxu says:
    October 13, 2015 at 7:08 am

    V reethi iburaytheri vaahaka eh.. jazaakallah hairann…

    1. Arcane_Belle says:
      October 13, 2015 at 1:37 pm

      Wa Iyyaaki 🙂

  18. Crazi says:
    October 13, 2015 at 10:07 am

    Masha Allah story vrh reethi

    1. Arcane_Belle says:
      October 13, 2015 at 1:37 pm

      🙂 Jazaakillah

  19. Anonymous says:
    October 13, 2015 at 6:17 pm

    ey v shauguveri.. moonu elhumaky ekamaku vaajibeh noon dhoa..

    1. Arcane_Belle says:
      October 13, 2015 at 7:22 pm

      Yeah. But it’s musthahabb. Meaning, sunnaiyy kan gadha vegen vaa sunnatheh. Plus, the wives of the prophet wore the niqab too 🙂

    2. raiee says:
      October 13, 2015 at 7:54 pm

      vaajibe nuney. e ee vaajibe anhenaage mulhihashigadu jilbaabuthakun nivaikuran innaany

    3. Arcane_Belle says:
      October 13, 2015 at 10:11 pm

      Yes. Jumhooru ilmuveringe arihugai vaajib. But there are some scholars that differs. So ikhthilaaf massala eh eiy..

    4. Anonymous says:
      October 14, 2015 at 10:03 am

      ekamaku mahsala aky mi mujuthamauga moonu alhaigen hunna meehaa baaky kohlaafa vaathy.. moonu alhaafa hunna meehakah vazaafa gandeh ves nulibey.. university thakah kiyavan dheveykan mihaaru ey hama naseeb.. aslu v ragalhu kameh hama ey.. ekamaku vaa gothaky baeh kudhin thibeyne misaalakah doctor nuvatha teacher a akah vaan beynun vefa ekamaku moonu alhaafa hunnaathy nulibi.. mi raahjeyga.. bodu burugaa alhaafa thibey kudhin nah ves baeh faharu mihen dhimaa vey… office thakun ves jaaga nulibi.. schoolakah ves nudhevey moonu alhaigen.. ?

    5. Arcane_Belle says:
      October 14, 2015 at 11:45 am

      Yeah… Aslu jeheyne dhw moonu alhaigen thibey kudhinnah ves furusathu dheyn, after all this is an Islamic country 🙁

  20. jeyys says:
    October 13, 2015 at 9:56 pm

    Alhamdhlillaah mi story kiyaalevunu kamah takaa vx shukuru adhaa kuran Allah ge hasrath ah… moonu burugaa elhumakee varah beynun vaa kameh abadhu vx…. thnkx for the nice story
    . May Allah protect u all the evils.

    1. Arcane_Belle says:
      October 13, 2015 at 10:14 pm

      Alhamdhulillah 🙂 Thanks

  21. xee says:
    October 13, 2015 at 10:06 pm

    🙁 so true… heartbreak story…

  22. umaa says:
    October 14, 2015 at 7:41 am

    Alhamdhulillah
    V nice☺??????????

    1. Arcane_Belle says:
      October 14, 2015 at 7:36 pm

      Alhamdhulillah 🙂 Jazaakillah Umaa

  23. Shau says:
    October 14, 2015 at 6:24 pm

    So true
    I love it

    1. Arcane_Belle says:
      October 14, 2015 at 7:35 pm

      Alhamdhulillah 🙂

  24. Arcane_Belle says:
    October 15, 2015 at 1:09 pm

    Maybe they just dosen’t care about anything else besides Allah, and pleasing him…. 🙂

  25. Ummu says:
    June 16, 2016 at 10:39 pm

    Mivaahaka negi site bunedheeba..

Comments are closed.


All Right Reserved!